“އަޒްލާން ސްޓޮޕް އިޓް! އައުޗް.” ޔަލީނާގެ މުލައްދަނޑިއަށް ތަދުވާން ފެށުމުން ބުނެވުނެވެ.
“ޔަލޫ ތިހަދަނީ ހުސް ދޮގު! ހުސް ދޮގު! ޔަލޫ ޔަޝްދެކެ ލޯތްބެއްނުވޭ. ހަމައެކަނި ލޯބިވަނީ މަދެކެ. އިނގޭތަ އެނގުނީ ކިހިނެއްކަން؟ އިއްޔެ ޔަލޫ ބުނީ އޭނާއަށް ބޭވަފާތެރިވާކަށް ބޭނުމެއްނުވެޔޭ. ދުވަހަކުވެސް ނުބުނޭ ޔަޝްއަލް ދެެކެ ލޯބިވެއެކޭ. ދުވަހަކުވެސް.. ނޫންތަ؟ މަ ޔަލޫދެކެ ލޯބިވެއޭ ބުނީމަ ޔަލޫ އުފާވި. އެކަމަކު ޔަޝްއަލްގެ މަތިން ހަނދާންވުމުން އުފާވެރިކަމުގެ މައްޗަށް ހިތާމައާއި ރުޅިވެރިކަން އިސްކުރީ. ޔަލޫ ކިތަންމެ ވަރަކަށް ދޮގު ހެދިއަސް މިތެދު ދުވަހަކުވެސް ދޮގަކަށް ބަދަލެއްނުވާނެ. ހަނދާންކުރާތި! ޔަލޫ ޔަޝްއަލްދެކެ ލޯތްބެއްނުވޭ.. ހަމައެކަނި ލޯބިވަނީ އަހަރެންދެކެ.” އަޒްލާން ދަތްކުނޑި ވިކައިލަމުން އެހެން ބުނުމަށްފަހު އަދި އިތުރަށް ޔަލީނާގެ މުލައްދަނޑިއަށް ބާރުކޮށްލިއެވެ.
ޔަލީނާ ދެލޯ ބޮޑުކޮށްލުމަށްފަހު އަޒްލާންއަށް ބަލައިލި ދަނޑިވަޅުގައި އަޒްލާން އޭނާގެ ކައިިރިއަށް ޔަލީނާ ކޮއްޕައިލިއެވެ. މިފަހަރުވެސް ޔަލީނާ އައިސް ޖެހުނީ އަޒްލާންގެ މޭމަތީގައެވެ. ޔަލީނާ ސިހިފައި ދުރަށް ޖެހިލަން އުޅެއުޅެ ދުރަށް ނުޖެހެވުނީ އަޒްލާން އޭނާގެ އުނަގަނޑުގައި އަތް ވަށައިލައި އަދި އިތުރަށް ގަޔާއި ކައިރިކޮށްލުމުންނެވެ.
“އަޒްލާން…” ޔަލީނާ ސީދާ އަޒްލާންގެ ދެލޮލަށް ބަލައިލުމަށްފަހު މަޑުމަޑުން ގޮވައިލިއެވެ.
“ހްމމމ.” އަޒްލާންގެ ޖަވާބު ވަގުތުންއައެވެ.
“މަ ޔަޝްދެކެ ލޯ….ބި ވާކަން ނޭނގެނީތަ?” ޔަލީނާގެ ބަހެއް ކަނޑަކަނޑައގެން ދިއުމުން އަޒްލާން ހިނިތުންވެލިއެވެ. ނަމަވެސް އިސްޖަހައިލައިގެންހުރި ޔަލީނާއަކަށް މިތަނެއް ނުފެނެއެވެ.
“ހްމމމމ..” އަޒްލާން ބުނެލިއެވެ. ނަމަވެސް ޔަލީނާއަށް ކިރިޔާ އަޑުއިވޭ ވަރަށެވެ.
“ދެން މަށާއި ޔަޝްގެ ކައިވެނިކުރާތަން ބަަލަން ރެޑީތަ?” ޔަލީނާ އެހެން ބުނިއިރު އެއަޑުގައި ގިސްލުމުގެ އަޑު އެކުލެވެއެވެ.
“ޔަލޫ ރޮނީތަ?” ޔަލީނާގެ ދަތްދޮޅީގައި ހިފައި އިސްނަގުވަމުން އަޒްލާން އެއްސެވެ.
އެއިރު ކަރުނަ ތިއްކެއް އޭނާގެ ކޮތާފަތް މައްޗަށް ދެމިފައިއިނެވެ. ޔަލީނާ މިފަހަރު އެއްޗެއް ބުނުމުގެ ބަދަލުގައި މޫނު އަނބުރައިލީއެވެ. އަޒްލާން ދެބުމަ ކައިރިކޮށްލައިގެން އިންއިރު ހީވަނީ ދެން ތި ސަމާސާކުރުން ހުއްޓައިިލާށޭ ބުނަން އުޅޭ ހެންނެވެ. އަޒްލާން އެހެން ހެދި ދަނޑިވަޅުގައި ޔަލީނާ އަވަހަށް އަޒްލާންގެ އަތުން ދެމިގަނެ ކޮޓަރި ދޮރު ހުޅުވަން ތަޅުދަނޑީގައި ހިފިއެވެ. އަޒްލާން ކުޑަކޮށް ސިހުނު ނަމަވެސް ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތަށް ގެންނަމުން ހަރަމް ބަނެލިއެވެ. ޔަލީނާ ދޮރު ހުޅުވަންއުޅެ އުޅެ ނުހުޅުވުނެވެ. ދެން ޔަލީނާ އޭނާގެ ޝޯލްއިން ޕިނެއް ނަގައި ދޮރު ހުޅުވޭތޯ މަސައްކަތް ފެށިއެވެ. އަޒްލާން ފުން ނޭވާއެއްލުމަށްފަހު ބަށިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއް ހިފައިގެން ފާޚާނާއަށް ވަނެވެ. އަޒްލާން އެއެއްޗެހި ލައިގެން ފާޚާނާއިން ނިކުތްއިރު ޔަލީނާ ކޮޓަރި ދޮރު ކައިރީގައި އިށީނދެ ގޮތްހުސްވެފައި އިން މީހަކު ފަދައިން އިނެވެ.
“ނިމުނީތަ?” އަޒްލާން އެއްބުމަ މައްޗަށް އަރުވައިލަމުން ބުނެލިއެވެ.
ޔަލީނާ އަޒްލާންއަށް ކަޅި އަޅައިލިއެވެ. އަޒްލާން ހީލިތަން ފެނިފައި ޔަލީނާ ކުއްލިއަކަށް ކޮޅަށް ތެދުވެލިއެވެ. އަދި އައިގޮތަށް އައިސް އަޒްލާންގެ ކޮލާއި ދިމާއަށް އަތް ހޫރުވައިލިއެވެ. ނަމަވެސް އަޒްލާން ހުށިޔާރުކަމާއިއެކު ޔަލީނާގެ އަތުގެ ހުޅުގައި ވަރަށް ބާރަށް ހިފެހެއްޓުމާއިއެކު ހީވީ އެތަން ބިންދައިގެން ހިގައިދާނެހެންނެވެ.
“އަޒްލާން…ތަދު…ވެޔޭ..” ޔަލީނާއަށް ބުނެވުނެވެ. އަޒްލާން ކުއްލިއަކަށް ޔަލީނާގެ އަތުގެ ހުޅުން ދޫކޮށްލުމާއިއެކު ޔަލީނާއަށް އެތަނުގައި އަތް އަޅައިލެވުނެވެ.
“ޔަލޫ ބުނެބަލަ..” އަޒްލާން ވާހަކަ ދެއްކި އަޑަށް ޔަލީނާ އަޒްލާންއަށް ބަލައިލިއެވެ.
“މަ ޔަލޫގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓީ.. ދެން ޔަލޫ މަގޭ ހިތަށް ތަދުކޮށްލީ..” އަޒްލާން އެންމެ ފަހު ޖުމުލަ ބުނެލީ ވަރަށް އަސަރުގަދަ ކަމާއިއެކުއެވެ.
“ކާކަށް އެންމެ ތަދުވާނީ?” އަޒްލާން ޔަލީނާގެ ކޮނޑުގައި ހިފެހެއްޓުމަށްފަހު އެއްސެވެ.
ޔަލީނާގެ އަނގަ ބަންދުވި ކަހަލައެވެ. ޔަލީނާ އަޒްލާންއަށް ބަލައިލީ ތީ ދެން މިހަކު ކުރާކަހަލަ ސުވާލުހެއްޔޭ އާހާފަދަ ގޮތަކަށެވެ.
“ކާކަށްހެއްޔޭ އެންމެ ތަދުވާނީ?” އަޒްލާން އަނެއްކާވެސް ޔަލީނާގެ މުލައްދަނޑީގައި ވަރަށް ބާރަށް ހިފަހައްޓަމުން އެހެން ބުނިއިރު އެއަޑުގައި ހަރުކަށިކަން އެކުލެވެއެވެ.
“އަޒްލާން..ޕްލީޒް ތަދުވެޔޭ..” ޔަލީނާ އަޒްލާންގެ އަތް އޭނާގެ މުލައްދަނޑިން އަތް ނައްޓުވަން މަސައްކަތްކުރަމުން ބުންޏެވެ.
“މަގޭ މިސުވާލަށް ޖަވާބުދިނީމަ ނޫނިއްޔާ މިކޮޓަރިންނެއް ނުނިކުމެވޭނެ.” އަޒްލާން ދިނީ އިންޒާރެކެވެ. އަދި ޔަލީނާގެ މުލައްދަނޑިން އަތް ނައްޓުވައިލިއެވެ.
“ފައިން!!!!!! އަ…ޒް….ލާ….ން…އަށް ..” ޔަލީނާ ދެލޯމަރައި ބާރަަށް ތަގުތަޅިކޮށްލަމުން ބުންޏެވެ.
“ދެން ޕްލީޒް އަޒްލާން.. ދޮރު ހުޅުވާބަލަ.. މިހާރު ދަހޫމެންނަށް ލަސްވެފަ ތިބޭނެއޭ.” ޔަލީނާ އާދޭހާއިއެކު އެދުމުންނާއި އެމީހުން ޔަލީނާ ލަސްވެގެން ހޯދާނެތީވެ އަޒްލާންގޮސް ތަޅުދަނޑި ނަގައިގެން ދޮރު ހުޅުވައިދިނެވެ.
ޔަލީނާ ދޮރުން ނިކުންނަނިކޮށް އަޒްލާން ޔަލީނާގެ އަތުގައި ހިފައި އަޒްލާންއާއި ދިމާއަށް ދަމައިލިއެވެ. އެވަގުތަށް ހުށިޔާތުވެގެންހުރި ޔަލީނާ ހަމަ އެހުރިގޮތަށް ގުޑިވެސްނުލައި ހުއްޓެވެ. އަޒްލާން ޔަލީނާއާއި ކައިރިވެލިއެވެ.
“އިޓްސް ނޮޓް އޯވާ ޔެޓް ޔަލޫ! އެންޑް ވަން މޯރ… މަށަށް އަދި މާ ރީތި ތިގޮތަށް ޔަލޫ ޝޯލް އަޅައިފައި ހުންނައިރަށް..” އަޒްލާން އަދި އިތުރަށް ކައިރިވެލުމަށްފަހު ޔަލީނާގެ ކަންފަތް ކައިރީގައި ސިއްރެއްހެން ބުނެލިއެވެ.
ޔަލީނާގެ އަތުން އަޒްލާން ދޫކޮށްލުމާއިއެކު ޔަލީނާ ދޮރު ހުޅުވައިފައި ނިކުމެ އެއްވެސް މީހަކު ނެތުމުން އެޕާޓްމެންޓުން ބޭރަށް ނިކުތެވެ. އެވަގުތު އަޒްލާން ބެލްކަނީއަށް ދިޔަ ވަގުތުކަމުން ޔަލީނާ ފެނުނެވެ. އެ އެޕާޓްމެންޓްހުރި ގޯޅިއަކީ ވަރަށް ފަޅު ގޯޅިއެއްކަމުން ވަަރަށް މަދުން ނޫނީ މީހަކު ނުފެނެއެވެ. ޔަލީނާއަށް ތަންކޮޅަކަށް ނުދެވެނީސް ކަޅުކުލައިގެ މާސްކެއް އަޅައިގެންހުރި މީީހަކުއައިސް ޔަލީނާގެ އަނގައިގައި ފޮތިގަނޑެއް އެޅިއެވެ. އެއާއިއެކު އެމީހާގެ އަތްދަނޑި މައްޗަށް ޔަލީނާ ދެމުނެވެ. ދެން އެމީހާގެ ކައިރީގައި ހުރި ކަޅުކުލައިގެ ކާރަކަށް ޔަލީނާ އެރުވި ގަޑީގައި އަޒްލާން އަވަހަށް އެޕާޓްމެންޓުން ނިކުންނަން ދިޔައެވެ. ނަމަވެސް އަޒްލާން ބޭރަށް ނިކުތްއިރު ކާރުފެންނަން ނެތް ތާނގައި އެމީހާގެ ހިލަމެއްވެސް ނުވެއެވެ. އަޒްލާން އަވަހަށް އީހަންއަށާއި އަކްމަލްއަށް ގުޅިއެވެ. އަދި ވަރަށް އަވަހަށް އައުމަށް އެދުނީ ވަރަށް މުހިންމު ކަމެކޭ ބުނެފައެވެ. ފަސް މިނެޓެއްނުވެ ދެމީހުންވެސްއައެވެ. އަޒްލާން ދެންމެ ހިނގި ހާދިޘާ ކިޔައިދިނުމުން ތިން މީހުން މަޝްވަރާކޮށްފައި ނިންމީ މުޅި މާލެ ވަށައި ހޯދާށެވެ. މުޅި މާލެވަށައި ހޯދިއިރުވެސް ޔަލީނާއެއް ނުފެނުނެވެ. އެންމެ ފަހުން އަޒްލާން ޔަލީނާގެ ލޮކޭޝަން ފޯނުން ބަލައިިގެން އެދިމާއަށް ކާރު މިސްރާބުޖެހިއެވެ. ޔަލީނާ ލޯހުޅުވައިލިއިރު ފެނުނީ ކަނު އަނދިރިކަމެވެ. ގިނައިރު އެތާ އިނުުމުގެ ސަބަބުން އަނދިރިއަށް ހޭނޭކަށް މާކަ ގިނައިރެއް ނުނެގިއެވެ. އިރުކޮޅެއްނުވެ އެތަނުގެ ދޮރު ހުޅުވުނު އަޑަށް ޔަލީނާ ދޮރާއި ދިމާއަށް ބަލައިލިއެވެ. ވަދެގެން އައި ދެމީހުން ފެނިފައި ޔަލީނާގެ ދެލޯ ބޮޑުވިއެވެ. އެއީ ޒަރޫންއާއި ޔަޝްއަލްއެވެ.
“ޔަޝް!!!!” ޔަލީނާގެ އަނގައިން ޔަޝްއަލްގެ ނަން ނިކުތެވެ.
“ހުމމމ..ކިހިނެއް ވީތަ ލޯބީ??? ހަހަހަ..” ޔަޝްއަލް މަލާމާތުގެ ރާގަކަށް އެހެން ބުނުމަށްފަހު ނުލަފާވައްތަރަކަށް ހޭން ފެށިއެވެ.
“ޔަޝް މަދެކެ ލޯތްބެއް ނުވޭތަ?” ޔަލީނާ ދެބުމަ ކައިރިކޮށްލަމުން ބުނެލިއެވެ.
“ނޫނޭ މަ ވަރަށް ލޯބިވޭ!” ޔަޝްއަލް އަނެއްކާވެސް މާލާމާތުގެ ރާގަކަށް ބުންޏެެެވެ.
“ޔަޝްއަލް!!!! ކީތްވެ ދެން ރައްޓެހިވީ މަދެކެ ލޯބިނުވަންޏާ? އޭނ?” ޔަލީނާ ރުޅިވެރިކަމާއިއެކު ހަޅޭލަވައިގަތެވެ.
“ކިޔައިދީފާނަން..” ޒަރޫން ބުންޏެވެ.
“އަޑުއަހާ! މަ ޔަލީނާއަށް ރައްޓެހިވީ ރުފިޔާއަށްޓަކައި.. ލައާލީ ބުނީ ރުފިޔާދޭނަމޯ.. އެކަމެއް ފަރްޒީންއަކަށާ މާލިކްއަކަށް ނޭނގޭނެ. ދެން ޔަލީނާ ދިޔައީމަ ޔަޝްއަލް ކައިރީގަ މަމި އެހީ ޔަލީނާ ރާއްޖޭގަ އެބައުޅޭ ހެއްޔޭ. އޭނަ ބުނީ ފިހާރައިގެ ސޭޓަކަށްއެބަ އިނޯ. އެހެންވެ މަ ބުނީ އޭނާއަށްށ ރުފިޔާ ދޭނަމޭ. ރައްޓެހިވާށޭ. އެހެންވެ މަ ކަލެއަށް މެސެޖު ފޮނުވީ.. ހަހަހަ މިހާރު..މިހާރު ކަލޭ ތިހިރީ އަތުވެފަ.. ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ ރުފިޔާތައް މަށަށް… ހަހަހަ..” ޒަރޫން ހުރިހާ އެއްޗެއް ކިޔައިދިނުމަށްފަހު ބުންޏެވެ.
“އަޑު އިވިއްޖެދޯ ހުރިހާ ވާހަކައެއް ކަލެއަށް?” އަނެއްކާވެސް ދެމީހަކު އެތެރެއަށް ވަނެވެ. ޔަލީނާ އެމީހަކަށް ބަލައިލިތަނާ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ލައާލީ! ވަޝްނާ!” ޔަލީނާއަށް ބުނެވުނެވެ.
“ކަލޭގެ އަނގައިން މަގޭ ނަން ކިޔައިގެންވެސް ނުވާނެ!” ލައާލީ އަމުރެއްކޮށްލިއެވެ.
“ކަލޭ މަގޭ މަންމަގެ ލޯބި ފޭރިގަތީ.! ކަލޭ މަގޭ އަޒްލާން ޖަހައިގަތީ! މިހާރު ކަލޭގެ ކަންތައްތައް މާ މައްޗަށް ތިދަނީ އިނގޭ. އަދި މާ ސޯލިޙުކަމަށް ހެދިން ބުރުގާ އަޅައިފިއެއްނުން? ކަލޭގެ ތިޔަ ރީތިކަމަށް މިހާރު މާ ފޮނިވަނީތި!” ލައާލީ ޔަލީނާއާއި ދިމާއަށް އެއްޗެހި ކިޔައިގަތެވެ.
“މިހާރު ކަލޭގެ އިނާމަކީ މަރު! ދެގޮތުން އެއްގޮތެއް ނަގާ! އަމިއްލައަށް މަރުވާނީތަ ނޫނީ ގަދަކަމުން މަރައިލަންވީތަ?” ވަޝްނާ ދެގޮތެއް ދިނެވެ.
“ނޫން!ނޫން!” ޔަލީނާއަށް ހަޅޭލަވައިގަނެވުނެވެ.
ލައާލީ ވަޅިއެއް ހިފައިގެން ޔަލީނާ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. ޔަލީނާ އިނީ ގޮނޑިއެއްގައި އައްސާފައިކަމުން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ލައާލީ ޔަލީނާ އާއި ދިމާއަށް ވަޅި މަޅައިލި ވަގުތު ޔަލީނާގެ ބާރު ހަޅޭކެއްގެ އަޑުން މުޅި އެތަން ގުގުމައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

