Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޫކޮށްނުލާނަމޭ ކަލާ – 12

Flame Gurl Level 210 Stories
December 22, 2020 3 Mins Read
0 Comments

“ކިހިނެތްވީ ދަހޫ؟” އަޒްލާން އެއްސެވެ.

“ބައްޕަ ހޮސްޕިޓަލުގައި ބާއްވައިފި.. މަަންމަ ބުނީ ދާށޯ..” ދަހްލާ ބުންޏެވެ.

“ދެން އެހެންވިއްޔާ ދޭ އަވަހަށް.. އައި ވިލް ހޭންޑަލް ދިސް..” އަޒްލާން އެހެން ބުނުމުން ދަހްލާ ޝުކުރު އަދާކޮށްފައި ދިޔައެވެ.

އަޒްލާން ޔަލީނާއަށް ބަލައިލިއިރު ޔަލީނާއަށް އޮތީ ނިިދިފައެވެ. އަޒްލާން ޔަލީނާގެ މައުސޫމުކަމުން ފުރިފައިވި މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. ޔަލީނާ އިތުރަށް އަޒްލާންގެ ގަޔާއި ކައިރިކޮށްލުމަށްފަހު ޔަލީނާގެ ބޯމަތީގައި އޭނާގެ ބޯ އެޅިއެވެ. އަޒްލާންވެސް ވަރުބަލިފައި ހުރުމާއިިއެކު އެންމެ ދެތިން ސިކުންތުތެރޭގައިިިިިިިިި އޭނާއަށް ނިދީގެ ފުން ކަނޑަކަށް ގެނބުނެވެ. ޔަލީނާއަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ނަމަވެސް ކައިރީގައި އަރާމުކޮށް ނިދިފައިއޮތް އަޒްލާން ފެނުމާއިއެކު އިންތަނުން ތެދުވާން ޖެހިލުންވިއެވެ. އެހެންކަމުން އޭނާއަށް އަނެއްކާވެސް އެހެން އިންދާ ނިިދުނެވެ.

“އެހެމް…” އަރާމުކޮށް ނިދިފައިިވި އަޒްލާންއަށާއި ޔަލީނާއަށް ސިއްސައިގެންގޮސް ހޭލެވުނީ މީހަކު ކަރުހެކިިިލި އަޑަށެވެ.

ދެމީހުންވެސް ރަނގަޅަށް ލޯ ހުޅުވައި ބަލައިލިިއިރު ދަހްލާ ، ރައާ އަދި އީހަން އުކުޅުގައި އަތް ވިއްދައިގެން ސީރިއަސްގޮތަކަށް ތިއްބެވެ. ޔަލީނާއާއި އަޒްލާން ދެން ބަލައިލީ ދެމީހުން ތިިބި ގޮތެވެ. އަޒްލާން ހުރީ ޔަލީނާގެ އުނަގަނޑުގައިި އަތް ވަށައިލައިގެންނެވެ. ޔަލީނާހުރީ ކިރިިޔާ އަޒްލާންގެ މޭގައި ނުޖެހިއެވެ. ދެމީހުންވެސް ދެލޯ ބޮޑުކޮށްލުމަށްފަހު ދުރަށް ޖެހިިލައި ކުއްލިއަކަށްކޮޅަށް ތެދުވިއެވެ.

“ވަޓްސް ގޮއިން އޯން؟” އީހަން އެއްސެވެ. އީހަން އާއި ދަހްލާ އާއި ރައާގެ ބޭރު ފުށުން ކިތަންމެ ސީރިއަސްކަން ފެނުނުކަމުގައިވިއަސް އެތެރެއިން ހުރީ ހީހީގޮސް ހަލާކުވާވަރުވެފައެވެ.

“މީ…… ލީނާ…. ” އަޒްލާންއަށްވީ ގޮތް ފެނިފައި ތިން މީހުންނަށްވެސް ހިނިގަނޑު ކޮންޓްރޯލްކުރުންވީ އުނދަގޫ ކަމަކަށެވެ.

“އަހަ… އަހަރެން އެ..ކަނި ގޭ..ގަ އުޅޭތީ..ތީވެ..” ޔަލީނާ މަޑު ތުރުތުރުވުމަކާއިއެކު ޖަވާބުދިނެވެ.

“އަޒޭ!!!” އިހަން ރުޅިއަންނަގޮތް ދައްކައިލަމުން ބުންޏެވެ. އަޒްލާންއާއި ޔަލީނާހުރީ ބިރުން ހަލާކުވާވަރުވެފައެވެ. ދެން އިވުނީ ދަހްލާއާއި ރައާ އާއި އީހަން ހޭއަޑެވެ.

“ކިހިނެތްވީ؟؟؟؟” އަޒްލާންހުރީ ވާނުވާގައެވެ.

“ހަހަހަ…. ދެންދޯ؟ މެރީކޮށްގެންނުން ދެމީހުންވެސް ރޮމޭންސްކުރަންވާނީ…ހަހަަހަ…” ރައާ ހެމުން އަޒްލާންކުރި ސުވާލަށް ޖަވާބުނުދީ ބުންޏެވެ. ޔަލީނާހުރީ ލަދުންގޮސް ވިރޭވަރުވެފައެވެ.

“ހަހަހަ…. ނުބުނާނަމޭ ޔަޝް ކައިރިއަކު..” ދަހްލާ އެހެން ބުނުމުން ޔަލީނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“ލީނާ ، މިހާރު ފައި އޯކޭތަ؟” އީހަން ސަމާސާގޮތްގަނޑު ކަނޑައިލައިފައި އެއްސެވެ.

“ހޫމް…. ކުޑަކޮށް އޯކޭ… ކީތްވެ ރައާ ތިއައީ؟” އީހަންގެ ސުވާލަށް ޖަވާބުދިނުމަށްފަހު ޔަލީނާގެ ހިތުގައިއޮތް ސުވާލުކޮށްލިއެވެ.

“ލީނާ ބަލިކަން އެނގުނީމަ އޮފީހަށް ދެވޭތޯ މިއައީ.” ރައާ ބުންޏެވެ.

“ދާނަން..” ޔަލީނާ ބުންޏެވެ. “އެހެންވިއްޔާ ދަނީ..ކަލޭމެން ދެމީހުން ތިބޭ ދެން މިތާ ރޮމޭންސް ކުރަން. ހަހަހަ..” ދަހްލާ އެހެންބުނުމުން ރައާ އާއި އީހަންއަށް ހެވުނެވެ. އަދި ކޮޓަރިން ނިކުތެވެ.

“ސޮރީ އިނގޭ.. އަސްލު ލީނާ ހަޅޭލަވައިގަތުނީމަ ދާން ނުކެރުނީ.” އަޒްލާން އޭނާގެ ފަން އިސްތަށިގަނޑު ތެރެއަށް އަތް މަހައިލަމުން ބުންޏެވެ.

“އިޓްސް އޯކޭ.. ދެން ނޭނގެ އެމީހުން ޖެއްސުން ނުކުރާނެކަމެއްވެސް.” ޔަލީނާ ކަންބޮޑިވުމާއިއެކު ބުންޏެވެ.

އެވަގުތު އަޒްލާންއާއި އެހާ ކައިރިވެވުނު ވަގުތު ހަނދާންވުމާއިއެކު އޭނާގެ ކޮލަށް ރަތްކުލަ ފާއްދައިލިއެވެ. އަދި އޭނާގެ ރަތްކުލަ އަރަން ގާތްވެފައިވާ މަޑު ތުންފަތަށް ރަކި ހިނިތުންވުމެއް ގެނުވަމުން އިސްޖަހައިލިއެވެ. އަޒްލާންއަށް މިމަންޒަރު ކިތަންމެހާވެސް ރަނގަޅަށް ފެނުނެވެ. އަޒްލާންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އަދި ޔަލީނާއާއި ކައިރިއަށް ޖެހިލުމަށްއެދި އޭނާގެ ހިތްގޮވައި އާދޭސްކުރަން ފެށިއެވެ. އަޒްލާން ޔަލީނާގެ ކައިރިއަށް ޖެހިލިއެވެ. އަދި ޔަލީނާގެ މޫނުގައި ދެއަތުން ހިފަހައްޓަމުން އޭނާގެ އިސްނެގުވިއެވެ.

“ޔަލޫއަށް އިނގޭތަ ތިގޮތަށް ބްލަޝްވަންޏާ ޔަލޫގެ ރީތިކަން އިތުރުވާކަން؟ ތިހެން ހަދަންޏާ މަށަށް ޔަލޫދެކެ ލޯބިވެވިދާނެ.. އެހެންވީމާ ދެން ފަހަރަކުން ތިގޮތަށް ބްލަޝްވެއްޖެޔާ މަށަށް ޔަލޫދެކެ ލޯބިވާ ވާހަކަ ބުނެވިދާނެ.. ޔަލޫ މަދެކެ ލޯބިނުވާ ވާހަކަ ބުނެފިއްޔާ މަ މަރުވާނަން އަމިއްލައަށް..” އަޒްލާން ޔަލީނާގެ ކަތްފަތް ދޮށަށް ގުދުވެލުމަށްފަހު ސިއްރެއްފަދައިން ޔަލީނާއަށް ކިރިޔާ އަޑު އިވޭވަރަށް ބުންޏެވެ. އަދި އަޒްލާން ޔަލީނާގެ ކޮލަށް ދޮނެއް ދިނުމަށްފަހު ކޮޓަރިން ނިކުތެވެ.

“ޔަލޫ؟!؟” ޔަލީނާގެ ކޮލުގައި އޭނާގެ އަތުން ފިރުމައިލަމުން އަޒްލާން އޭނާއަށްދިން ‘ވަނަން’ ކިޔައިލިއެވެ. އަދި ހިނިތުންވެއެލިއެވެ. އޭނާ ހީކުރީ އަޒްލާން ސަމާސާއެއްކޮށްލީ ކަމަށެވެ.

ޔަލީނާ ފާޚާނާއަށްވަދެ ފެންވަރައިލައިގެން ނިކުމެ އަތްކުރު ކަޅުކުލައިގެ ޓޮޕްކޮޅަކާއިއެކު އޮރެންޖު ކުލައިގެ ޖެކެޓެއްލިއެވެ. އަދި ކަކުލާއި ހަމައަށް އަރާވަރުގެ އޮރެންޖުކުލައިގެ ސްކާޓެއްލިއެވެ. ދެން އޭނާގެ އެ ގަދަ ކަޅުކުލައިގެ ދިގު ރާޅުބާނީ އިސްތަށިގަނޑު މިނިވަންކަމާއިއެކު ދޫކޮށްލުމަށްފަހު އޭނާގެ ގަޔަށް ސެންޓުކޮޅެއް ބުރުވައިލިއެވެ. އަދި މޫނުގައި ކުޑަ ފުއްކޮޅެއް ޖަހައިލުމަށްފަހު އޭނާގެ ތުންފަތުގައި ފިޔައިތޮށި ކުލައިގެ ލިޕްގޮސްކޮޅެއް ޖައްސައިލިއެވެ. އޭނާ ކޮޓަރިން ނިކުތްއިރު ދަހްލާ ސައި ތައްޔާރުކޮށްފައި ހުއްޓެވެ.

“ހާދަ ރީތިވެލައިގެން؟” ޔަލީނާ ނިކުތުމާއިއެކު ރައާ އާއި ދަހްލާއަށް އެއްފަހަރާ އެހުނެވެ.

“މަ އެކަންޏެއް ނޫނޭ.. ބަލައިބަލަ ރައާ އާއި ދިމަ.. ޔަޤީން ދޮންބެއަށް ދައްކަންކަން.” ޔަލީނާ ރައާއަށް އިޝާރާތްކޮށްލުމަށްފަހު ބުންޏެވެ.

ޔަލީނާ ބުނީވެސް ދޮގެއްނޫނެވެ. ރައާހުރީ ރީތި ރަތްކުލައިގެ ކަކުލާއި ހަމައަށް އަންނަވަރުގެ ހެދުމެއް ލައިގެންނެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ފަހަތަށް އައްސައިލައިފައިވީއިރު އޭނާގެ ތުންފަތުގައި ވަނީ މަޑު ރަތްކުލައެއް ޖައްސައިލެވިފައެވެ. ޔަލީނާގެ އަނގައިން އީހަންގެ ނަން ހަމަ ނިކުތުމާއިއެކު އޭނާގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ. ދަހްލާއަށާއި ޔަލީނާއަށް މިމަންޒަރު ފެނުމާއިއެކު އެދެމީހުންނަށް ހީގަނެވުނެވެ. ދަހްލާ ރައާގެ ކޮނޑުގައި ޖަހައިލުމާއިއެކު ރައާއަށް ލަދުން އިސް ޖަހައިލެވުނެވެ. އަޒްލާންއަށް އޭނާގެ ކޮޓަރިއަށް ވަދެވުމާއިއެކު އޭނާއަށް އެނދު މައްޗަށް ވެއްޓިގަނެވުނެވެ. އޭނާ ވިސްނަމުން ދިޔައީ މިއަދު ހެނދުނު ވީ ކަންތަކާއި މެދުގައެވެ. ޔަލީނާގެ ކޮލަށް ރަތްކުލަ ފާއްދައިލި މަންޒަރު ސިފަވުމާއިއެކު އަޒްލާންއަށް ހީލެވުނެވެ. އަސްލުވެސް…. އަސްލުވެސް އޭނާއަށް ޔަލީނާދެކެ ލޯބިވެވިއްޖެއެވެ. އޭނާގެ އެރީތި ހޭޒެލް ދެލޮލަށް ބަލަހައްޓައިގެން އިންނަން އޭނާ އަބަދުވެެސް ބޭނުން ވެއްޖެއެވެ. އޭނާގެ އެންމެ ބޮޑު ޚަޒާނާ ޔަލީނާ އަތުލައިފިއެވެ. އޭނާގެ ހިތް ޔަލީނާ އަތުލައިފިއެވެ. ޔަލީނާގެ ހިނިތުންވުން އަޒްލާންގެ ހިތުގެ އެންމެ ފުން ނާރަށް އަސަރުކޮށްފިއެވެ. ޔަލީނާ އޭނާގެ މިލްކަކަށް ހަދަން އޭނާގެ ހިތްގޮވައި އާދޭސްކުރަން ފެށިއެވެ. އޭނާގެ ހިތުގެ މަލިކާއަށް ޔަލީނާ ވެއްޖެއެވެ. މިޚިޔާލުތަކުކައި އޮއްވައި އީހަން ކޮޓަރިއަށްވަނެވެ. އަޒްލާން އެނދުގައި އޮށޯވެއޮތްތަން ފެނުމުން އީހަން އަޒްލާންއަށް ޖެއްސުންކޮށްލާ ހިތްވިއެވެ.

އިފް ޔޫ ވޭކް އަޕް ވިތްއައުޓް ހާރ
ޔޫ ޑޯންޓް ނޯ ވަޓް ޔޫ ވުޑް ޑޫ
ޔޫ ތޯޓް ޔޫ ވުޑް ބީ ސިންގަލް ފޯރ އެވަރ
ޓިލް ޔޫ މެޓް ހާރ
ޔޫޝަލީ ޑޯންޓް ބީ ފޯލިން ބީ ފޯލިން ފޯލިން ފަސްޓް
ޔޫ ގޮޓް އަ ވޭ އޮފް މޭކިން ޔޫ ކަމިން ބެކް ޓު ބެކް

އީހަން ‘ސެވޭޖް ލަވް’ ގެ އެއްބައި ލަފްޒުތައް ބަދަލުކޮށްލައިގެން އެލަވަ ކީ އަޑަށް އަޒްލާންއަށް ސިއްސައިގެންގޮސް އޮށޯވެއޮތް ތަނުން ތެދުވެވުނެވެ.

“ހަހަަހަ…. އަދި ކިރިޔާ ދޯ ޑްރީމް ވޯލްޑުން ތި ހޭލީ؟ ލީނާއާއި ހެދި ހަމަ ދީވާނާވެއްޖެ އަޒޭ..” އީހަން ހެމުން ހެމުން ޖެއްސުންކޮށްލިއެވެ.

“ހޫނ! ހޫނ! ތިވަރަށް މަށަށް ޖެއްސުން ނުކުރިއަކަސް ހެވޭ.. ރައާ ކައިރިއަށް ދާންވެގެންނުން ރޭގަ ތިޔަ އޮފީހަށް ފޯމުލީވެސް..” އަޒްލާން އެނދުގައި އިށީންނަމުން ބުންޏެވެ.

“މަ ބުނެފަނުން އޮންނާނީ އަޒޭ ކައިރީގަ މަށަށް ރައާދެކެ ލޯބިވެވިއްޖެއޭ..” އީހަންވެސް އެނދުގައި އިށީނުމަށްފަހު ބުންޏެވެ.

“އާނ ދެން މީހަކަށްވެސް ލޯބިވެވޭނީވެސް ތިޔަ ވަރަކަށްނުން. ރައާ އުޅޭ ތާކުނޫނީ އުޅެގެންނުވޭ. ރައާ ކުރާކަމެއްނޫނީ ކޮށްގެން ނުވޭ. ރައާ ކާއެއްޗެއް ނޫނީ ކައިގެންނެއް ނުވޭ.. ރައާއަށް ދައްކަން މިއަދުވެސް ތިއައީ އެހާ ރީތިވެގެން ދޯ؟ ދޮގެއްތަ؟” އަޒްލާން ބުނެލިއެވެ.

އީހަންހުރީ ކަޅު ޖެކެޓެއްގެ ދަށުން މިންޓް ގްރީން ކުލައިގެ ޓީޝާޓެއްއަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެންނެވެ. އަދި އޭނާގެ ރީތި ބުޅި އިސްތަށިކޮޅު ވަރަށް ފުރިހަމައަށް ސްޓައިލްކޮށްފައިވީއިރު އޭނާގެ ގައިން ހޮޓް އައިސް ސެންޓުގެ މީރުވަސް ދުވައެެެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

މިޝްކާ (ފުރަތަމަބައި)

Next

(Mishka (dhevanabai

Next
December 22, 2020

(Mishka (dhevanabai

Previews
December 21, 2020

މިޝްކާ (ފުރަތަމަބައި)



All Right Reserved!