ދޫކޮށްނުލާނަމޭ ކަލާ – 5
އަޒްލާންވެސް ބެލް ޖަހަން ކައިރިވުމުންގޮސް ކުލާހަށްވަނެވެ. އޭނާގޮސް ގޮނޑީގައި އިށީނުމުން ކޮންމެވެސް ފަޅުކަމެއް އިޙްސާސްކުރެވުނެވެ. ޔަލީނާގެ ސީޓަށް ބަަލައިލުމުން ޔަލީނާ މަތިން ވަރަށް ހަނދާންވިއެވެ. އެކަހަލަ މައުސޫމް ކުއްޖަކު ދޮގު ހަދަންވީ ކީތްވެބާއޭ ހިތަށް އެރިއެވެ. އަޒްލާންއަށް ހުރިހާ ގަޑިއަކު ޔަލީނާއާއި ދޭތެރޭގައި ވިސްނުނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އަޒްލާންމެންގެ ކްލާސް ނިމުމުން ކްލާހުން ނިކުމެ ތަންކޮޅަކަށް ދިޔަތަނާ ފެނުނު މަންޒަރުން އޭނާގެ ލޭކެކިގަތެެވެ.
ލައާލީ ހުރީ ކޮންމެވެސް ފިރިހެން ކުއްޖެއްގެ ކައިރީގައި ކޮންމެވެސް އެއްޗެކޭ ކިޔާށެވެ. އަޒްލާން ވަރަށް ފިލައިގެންގޮސް ލައާލީ ދައްކާ ވާހަކަ އަޑު އަހައިލަން ގަހެއްގެ ފުރަގަހަށްވަނެވެ.
“ކިނާން! އެއްކަލަ ޔަލީނާ ފިލައިފި. އަހަންނަށް ރަނގަޅު. އެކަމަކު ކަލޭ ބޭނުމީ އޭނާގެ ދުވަސްދުއްވައިލަން ދޯ؟ އަހަރެންނަށް އެކަން ކާމިޔާބުވެދާނެ.” ލައާލީ ނުބައި ގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.
“އެ ޔަލީނާ ދިޔައިއްޔޭ؟؟؟ ދެން ކިހިނެތް އެކަން ކާމިޔާބުވާނީ؟ އެޔަލީނާ އަހަރެންގެ ލޯތްބަށް ފުރަގަސް ދީފަ އެހެންނެއް ނޫޅެވޭނެ!” ކިނާން ބުންޏެވެ.
“ކަލޭގެ ކޮއްކޮއަކީ ޔަލީނާގެ ބެސްޓް ފްރެންޑް. އަދި މިހާރު އަހަރެންގެ ބީއެފްއަކީ ޔަލީނާއާއި ގުޅުންހުރި މީހެއްހެން ހީވަނީ. ގޮތަކަށް ރައްޓެއްސެއް. އެކަމަކު މިހާރު އެރައްޓެހިކަން ނަފްރަތުގެ ހުޅުގަނޑަކަށް ބަދަލުވެއްޖެ. އަހަރެން އޭނާގެ ހިތުގައި ޔަލީނާއާއި މެދު ނަފްރަތު އުފެއްދީ.” ލައާލީ ފަޚުރުވެރިވެލައިފައި ބުންޏެވެ.
“ހޫނ! ރަނގަޅު……އަހަރެން ބޭނުމީ އެޔަލީނާގެ ދުވަސް ދުއްވައިލަން. އެކަމަކު ކިހިނެތް؟ ތިޔަ އަޒްލާންއަށް ވާނެތަ އެކަން؟” ކިނާން އެއްސެވެ.
“އާނ! ޔަޤީނެއްނުން؟ އަހަރެން ހަދާނެ އެއްޗަކީ އަޒްލާން ކައިރީގައި ޔަލީނާ ކޮބައިތޯ އަހާނީ. ދެން އޭނާ އެހެން ޤައުމަކަށް ގޮއްސިއޭ ބުނީމަ އާދޭސްކޮށްފަ އަހަރެން ބުނާނީ އޭނާއަށް އެހެން ހެދީ ކީއްވެހެއްޔޭ؟ ދެން އޭނާ ބުނާނެ ދޯ އަހަރެން ބުނި ވާހަކަ. ދެން އަހަރެން ބުނާނީ އެއީ އަހަރެންގެ ކޮއްކޮއެއްފަދަ ކުއްޖެކޭ. އޭނާއަށް އެހެން ނަހަދާށޭ! ދެން އެއިރުން އަޒްލާންމެން ޔަލީނާ ކޮންމެވެސް ތަނަކުން ހޯދާ ނެރޭނެ ދޯ؟” ލައާލީ އޭނާގެ ރޭވުން ކިޔައިދިނެވެ.
“ދެން އޮތް ބައި މަށަށް.” މަކަރުވެރި ހިނިތުންވުމަކާއިއެކު ކިނާން ބުންޏެވެ.
“އާނ! އެެހެންވިއްޔާ ދެން އޮތް ބައި މަށަށް ދޫކޮށްލާ!” އެމީހުންގެ ފަހަތުން އިވުނު ރުޅިވެރި އަޑުން ދެމީހުންވެސް ސިހުނެވެ.
“އަ….އަޒޭ؟” ލައާލީ ބިރުންހުރި ވަރުން ވާހަކަވެސް ނުދެއްކުނެވެ.
“ތިގޮތަކަށް ތިކަމެއް ނުވާނެ. އަހަރެންގެ ރައްޓެއްސަކާއި އަހަރެން ދެކޮޅުވެރިކުރުވީ ކީތްވެ؟ ކޮބާތަ އޭނާގެ ކުށަކީ؟ އަހަރެންނަށް މިހާރު ލައާލީއާއި ރައްޓެހިވުމުގެ މޮޔަ ހީވެއްޖެ. އަހަންނަށް ތިކަހަަލަ މޮޔަ ނުބައި ނުލަފާ މީހަކާއި ރައްޓެހި ނުވެވުނުނަމަ!” އަޒްލާން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓަމުން ބުންޏެވެ.
“އް….އަޒޭ! ތި…ތިހެން ނުބު….ނުބުނޭ!” ލައާލީ އަޒްލާން ކައިރިއަށް ޖެހެލަމުން ބުންޏެވެ.
“ކަލޭ ކަހަލަ ރަޙުމު ކުޑަ އިންސާނަކު މަށާ ކައިރިވެގެންވެސް ނުވާނެ. ކަލޭގެ ކޮއްކޮއެކޭ ތިއުޅެނީ މަރައިލަން. އަދި ލައާލީދެކެ ޔަލީނާ ކިހާ ލޯބިވޭތަ؟ ކުޑަމިނުން އުފް ވެސް ކަލެއަކާއި ދިމާއަށް ނުބުނޭ. ކަލެއާއި ރައްޓެހިވުމަކީ އަހަރެންގެ މޮޔަކަން. މީގެ ފަހުން ކަލޭ ތިއީ އަހަރެންގެ ގާލްފްރެންޑެއް ނޫން.” އަޒްލާން މިހެން ބުނުމަށްފަހު ހިނގައިގަތީ މާލިކް ހޯދާށެވެ. އަޒްލާންއަށް މާލިކް ފެނުނީ ކޮލެޖުގެ ދޮރާއި ހަމައިންނެވެ. އެއިރިރު މާލިކް އާއި އެކު ޒަރޫންއާއި ކަލްޘޫމްއާއި ފަރްޒީން އޮލަ ވާހަކައިގައި ތިއްބެވެ.
“މް….މާލް؟” އަޒްލާން އެމީހުންނާއި ހަމައަށް އެރުމަށްފަހު ހިތާމަވެރި އަޑަކުން ގޮވައިލިއެވެ.
“އަޒޭ؟ ކިހިނެތްވީ؟” އަޒްލާން އެންމެ ހައިރާންވީ އަޒްލާންއާއި ދެކޮޅަށް އުޅުނު މާލިކް އެހާ ގާތްކޮށް އަހައިލުމުންނެވެ.
“އަހަންނަށް މަޢާފުކުރޭ! ޕްލީޒް…. އަހަރެން ދެން އެކަހަލަ މޮޔަކަމެއް ދުވަހަކުވެސް ނުކުރާނަން.” އަޒްލާން ކުށްވެރިއެއް ފަދައިން އިސްޖަހައިލުމަށްފަހު ބުންޏެވެ.
“އިޓްސް އޯކޭ ބްރޯ! އަހަރެން ވަރަށް އުފާވެއްޖެ އަޒޭއަށް ވިސްނުނީމަ.” މާލިކް ވަރަށް އުފާވެލައިފައި ބުންޏެވެ. އަޒްލާން ދެންމެ ދިމާވި ހުރިހާކަމެއް އަލިފުން ޔާއަށް ކިޔައިދިނެެެވެ.
“އަހަރެންގެ ދޮންބެވެސް މިކަމުގައި؟!؟” ކަލްޘޫމް ދެރަވެފައި ބުންޏެވެ.
“އާނ. ކަލްޘޫމް ދެރަނުވޭ. އެންމެ ފުރަތަމަ ހިނގާ ލީނާ ހޯދަން؟” އަޒްލާންގެ ބަހަަށް އެންމެން ތާޢީދުކުރިއެެވެ.
“އެކަމަކު ކިހިނެތް؟” ޒަރޫން އެއްސެވެ.
“މަށަށް ހީވަނީ ލީނާ ދަންޏާވެސް ދާނީ ރާއްޖެހެން.” ފަރްޒީން ވިސްނަން ހުރެފައި ބުންޏެވެ.
“އޭތް! މަށަށް މަޢުލޫމާތު ލިބިއްޖެ މަގޭ ބައްޕަގެ އޮފީހަށް އަންހެން ކުއްޖަކު ހޮވުނު ވާހަކަ. މަށަށް ހީވަނީ އެއީ ލީނާހެން.” އަޒްލާން ބުންޏެވެ.
“އޯކޭ! ސޯ މި ލައާލީމެންނަށް މިކަންތައް ފޮރުވުމަށް އަހަރެމެންގެ ތެރެއިން އެކަކު ޖެހޭނެ އަޒޭއާއިއެކު އުޅެން. ދެން ތިބި މީހުން އަޒޭއާއި ރުޅިކަމަށް ހެދިގެން އުޅޭނީ. އެއިރުން އޭނާއަށް ޝައްކެއް ނުވާނުން؟” ޒަރޫން ބުންޏެވެ.
މިކަމަށް އެންމެން އެއްބަސްވުމުން ހުރިހާ އެންމެން ގެއަށް ދާން ހިނގައިގަތެވެ. ވަކި ހިސާބަކުން ކަލްޘޫމްއަށް އޭނާގެ ދޮންބެ ކިނާން ފެނުނެވެ. އެހެންކަމުން އެންމެންނަށް ‘ޓާޓާ’ ކިޔައިލުމަށްފަހު ކިނާން ކައިިރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ.
“ދޮންބޭ!” ކިނާންއަށް ކަލްޘޫމް ގޮވާ އަޑު އިވުމުން ފަހަތް ބަލައިލިއިރު ވަރަށް ރުޅިއައިސްފައިހުރެ އޭނާއާއި ދިމާއަށް އަންނަތަން ފެނުނެވެ.
ކިނާން ހީކުރީ ކިނާން ލައާލީއާއި އެއްބައިވިކަން ކަލްޘޫމަށް އެނގުނީ ކަމަށެވެ. އެހެންކަމުން ކިނާންހުރީ ވަރަށް ކަންބޮޑުވެފައެވެ. އަނެއްފަރާތަށް އެނބުރި ދާން އުޅެނިކޮށް ކަލްޘޫމް ދުވެފައި އައިސް ކިނާންގެ ގިރުވާނުގައި ހިފިއެވެ.
“ކަ….ކަލް….. ކި….ކިހިނެތްވީ؟” ކިނާން ހާސްވެފައި ހުރި ވަރުން ވާހަކަ ދެއްކުނީވެސް އަޅައިގަނެގެންނެވެ.
“މަށަށް ދޯ ކަމެއްވެގެން މިއުޅެނީ؟” ކަލްޘޫމް ކިނާންގެ ގިރުވާނުން އަތް ދޫކޮށްލުމަށްފަހު ދެލޯ ހަނިކޮށްލަމުން ބުންޏެވެ.
“ޕިސް ޕިސް…… ތިހެން ނުހުރެ ކިޔައިދިނިއްޔާ ކަލްގެ އަނގައިން ލޭ އަންނަނީތަ؟” ކިނާންއަށް މިފަހަރު ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.
“ޕިސް..ޕިސް….. މަށަށް ގަނެދެން ބުނެފައި އޮތް ފޯނު ކޮބައިތަ؟ ދޮންބިސް ބުނީ އޭތި ހިފައިގެން ނޫނީ ގެއަކަށް ފިޔަވަޅެއްވެސް ނާޅާނަމޯ! ދޮގުބެ! ހުނ!” ރޭގެ ވާހަކަތައް ހަނދާންކޮށްލަމުން ކަލްޘޫމް ބުންޏެވެ.
“އެންމެ ފުރަތަމަ މަށަކީ ދޮންބިހެއް ނޫން. މަށަކީ މަގޭ ކުރިމަތީގައިހުރި ފޮނިފާތުމަގެ ދޮންބެ. ދެވަނަ ކަމަކަށް މަމިއުޅެނީ ފޯނު ގަންނަން ދާން.” ކިނާން އަތުގެ އިނގިލިތައް ބިންނަމުން ބުންޏެވެ.
“ތިހެން ކީމަވެސް ދެން މަ ކިޔާނީ ދޮންބިސް.” މަޖާ ރާގަކަށް އެހެން ބުނުމަށްފަހު ކައިރީގައި ހުރި ކަލްޘޫމްގެ އެޕާރޓްމެންޓަށް ވަންނަން ކަލްޘޫމް ދުއްވައިގަތެވެ.
“ފޮނި ފާތުމާ!” ކިނާންވެސް ކަލްޘޫމް ފަހަތުން ދުއްވައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Wow this story is really nice . And all so this part is very nice too . Can’t wait to read the next part . Waiting for the next part . Love this part