ޖެނީ (5)
ކީއްވެ އަހަރެން..؟ އަޅެ ކީއްވެ އަހަރެން..؟ އެހެންނާ އަހަރެން ވިއްޔާ މިމީހުންގެ ތެރެއިން އެންމެ ބޯ ހަމަ ޖެހެނީ..’
އަހަރެން ސޯފާ މަތީގައި އެއްވެސް އެއްޗެކޭ ނުކިޔާ ކުރިމަތީ ދެކޮޅަށް ހިނގަމުން ދިޔަ ޒިވިން އާއި ދިމާލަށް ބަލަން ހުރީމެވެ. އޭނާ އެގޮތަށް އުޅޭތާ ގާތް ގަނޑަކަށް ތިރީސަ ވަރަކަށް މިނެޓު ވެދާނެއެވެ.
ނައިޒަކް އާއި އަޒަން ދެންމެ އަކު އިންޝުއަރެންސް އޮފީހަށް ދިޔައިރު ޒައިން އާއި ކައިވާން އެމީހުންގެ ‘ސްކޫލް’ އަށް ދިޔަތާ އިރުގަނޑެއް ވީއެވެ. ނަމަވެސް ޔޫކިން އާއި ކައިޒަން ވީތަނެއް އަހަރެމެންނަކަށް ނޭނގެއެވެ.
ޒިވިން ވަނީ އެމީހުން ދިރިއުޅޭ އެގެ ބަލާ ފާސް ކޮށް އަހަރެން އެގެއަށް ވައްދާފައެވެ. އެއީ އެގޭ ފުރާޅު ނުވެއްޓޭނެ ކަން ޔަގީން ކޮށްފައެވެ. އަހަރެން މި ބޮޑު ގެއަށް ވަން ހާތަނުން ޒިވިން ވަނީ އެގޮތަށް ދެކޮޅަށް އެނބުރެން ފަށާފައެވެ.
ކުރިން ބުނި މީހާ އިރުކޮޅަކު އަހަރެންނާއި ހަތަރު ކަޅި ހަމަ ކޮށްލުމަށްފަހު އަނެއްކާވެސް އޭނާގެ އެއްކަލަ ކިޔެވެލި ކިޔަމުން ދެކޮޅަށް ހިނގަން ފެށިއެވެ. ‘އަހަރެންނަށް ކިޔެވުން ވަރަށް މުހިންމު.. އަދި އަހަރެން ބޭނުމީ ފައިދާ ކުރުވަނިވި ވަޒީފާއެއްގައި އުޅެން.. އެކަމް އަހަރެން އެކަނި ވިއްޔާ.. މިތަނުން އެންމެ ރީތިކޮށް ވިސްނެނީ.. އަޅެ ކީއްވެ.. ކީއްވެ އަހަރެން..؟’
‘ޒިވިން..’ އަހަރެން އޭނާ ހުއްޓުވަން މަސައްކަތް ކުރަން އުޅުނު ނަމަވެސް ޒިވިން އޭނާގެ ވާހަކައިގެން ކުރިއަށް ދިޔައެވެ.
‘އެހެންނާ ޔޫކިން އަބަދު ކުރާކަމަކީ ނިދުން.. އެހެންނޫނީ ކައިޒަން އާއިއެކު ފިހާރައަށް ސެންޓު ފުޅި ގަންނަން ގޮސް.. އެންޑް ކައިވާން އާއި ޒައިން އަބަދުމެ ކުރާކަމަކީ ކްލާސް ކަޓް ކުރުން.. އަހަރެންނަކަށް ވެސް ނޭނގެ އެމީހުން ކުރާނުކުރާ އެއް.. މިދިޔަ ހަފްތާ އެ ދެމީހުން ކުރި ކަމެއް އިނގޭތަ..؟’ ޒިވިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ.
އަހަރެން އާށޯހުވެފައި ހުރެ ބޯހޫރައިލީމެވެ. ޒިވިން ރުޅިއައިސްފައި ހުރެ ވާހަކަދެއްކި އިރު އޭނާގެ އިސްތަށިގަނޑު ދިޔައީ ފަނޑު ގޮތަކަށް ދިއްލެމުންނެވެ. ނަމަވެސް އޭނާގެ ދެ ލޯ ހީވީ ނޫކުލައިގެ ތިން އިރު އެއްކޮށްލައިފައި ހުރި ހެނެވެ.
‘ދޯސް ޓޫ އިޑިއަޓްސް ޓެސޓު ގަޑީގައި ސްކޫލު ވަށާ ދުވަމުން ‘ޒިވިނީ ޒާވޯ’ އޭކިޔަމުން ހަޅޭއްލެވީ..’
ޒިވިން އޭނާގެ ވާހަކަ މެދު ކަނޑާލަމުން އަހަރެންނާއި ދިމާލަށް ގޮތަކަށް ބަލާލިއެވެ. ‘އަމް.. އައިމް ސޯ ސޮރީ.. އިޓް މަސްޓް ބީ އޯފުލް..’ އަހަރެން މޫނުމައްޗަށް ދެރަވާ ކަމުގެ އަސަރު ދައްކަމުން ބުނެލީމެވެ. ނަމަވެސް ޒިވިން އޭނާގެ ލޯ ކުޑަކޮށްލިއެވެ. ‘ޒާވޯގެ މާނައެއް އިންސިއަށް ނޭނގޭ ދޯ..’
‘ޒުވާރި.؟’ އަހަރެން ހިޔާލެއް ދިނީމެވެ.
‘ވައި މީ..؟’ ޒިވިން އަނެއްކާވެސް ޝަކުވާކޮށްލިއެވެ. ‘ދެން ނައިޒަކް ކުރާ ކަމަކީ އަބަދު ކަކުނި ތަކާ ކުޅެ.. އޭނާ ހަލާކު ކުރި ކޮންމެ އެއްޗަކަށް އިންޝުއަރެންސް ބިލް ދެއްކުން.. އާން.. އަދި އެއް ކަންތަށް..’
އޭނާ އަހަރެންގެ ދަތް ދޮޅީގައި ކޮޓާލަމުން ބުނެލިއެވެ. ‘މިގޭގެ ފާހަނަ ބޭނުން ކޮށްގެން ނުވާނެ.. ކޮށްފިޔާ އެ ސިކުންތުގަ މުޅި ގެ ފެން ބޮޑުވާނެ.. ނައިޒަކް އަދި އިނޝުއަރެންސް ހޯދާކަށް ނުދޭ އަދި..’
އަހަރެން ގެ އަނގަ ތަން މިނަށް ހުޅުވުނެވެ. ‘ދެން އަހަރެން ކިހިންތް ފާހަނަ ކުރަނީ..؟ ކޮންތާކަށް އަހަރެން ފާހަނަ ކުރަންވީ.؟’
‘ބޭރަށް ގޮސް ކުރާކަމެއް އެހެރަ ގަސް ބިއްދޮށުގައި ކުރޭ..’ ޒިވިން އަތް ހޫރުވައިލިއެވެ. ‘އަހަރެމެން އެންމެން ވެސް މިއުޅެނީނުން.. މިހާރު ދެ މަސް ދުވަސް މިވަނީ..’
‘އެކަމް އަހަރެން ކިހިނެތް ގަހެއް ބިއްދޮށު.. އާހް.. އައި ޖަސްޓް ނޯ..”ކީއްވީ..؟ ނުލާހިކު ފަސޭހަ ވިއްޔާ.. ޖަސްޓް ސްޓޭންޑް.. އެއިމް.. އެންޑް..’ ޒިވިން ކޮނޑު އަރުވާލިއެވެ، ‘ޑޫޑް.. އަމިއްލަ އަށް ތިމާ ތީ އިންސާނުން އެންމެ ރަނގަޅަށް އެނގޭ މީހާއޭ ބުނާ އިރު އަހަރެން މީ އަންހެން ކުއްޖެއްކަން ހަނދާން ނެތުނީތަ..؟’
އަހަރެންގެ އަނގައިން އެ ބަސްތައް ނުކުތް އިރު އަހަރެން ހުރީ ލަދުން ހަލާކުވެފައެވެ. ޒިވިން އަހަރެންނާއި ދިމާލަށް ބޯ އަރިކޮށްލައިފައި ބަލަން ހުއްޓެވެ. އެއަށްފަހު އޭނާ އަށް އެއްޗެއް ވިސްނުނު ފަދައިން ހީނލިއެވެ.
‘އޯހް.. އޫޕްސް އަހަރެން ހީކުރީ-‘ ޒިވިން ނިންމަން އުޅުނު ޖުމުލަ ފުހިހަމަ ކުރާނޭ ފުރުސަތެއް ނުލިބުނެވެ. އަހަރެން ސޯފާ މަތީގައި އޮތް ބާލީސް ނަގާ އެ އޭނާގެ މޫނާއި ދިމާލަށް ހޫރައިލީމެވެ. ‘ސްޓޮޕް އިޓް..!’ އަހަރެން ހަޅޭއްލަވައިގަތީމެވެ. ‘ކަމް އޯން އިޓްސް ސައިންސް..’ ޒިވިން ކޮނޑު އަރުވާލިއެވެ.
‘އޯހް މައި ގޯޑް..’ އަހަރެންނަށް ބުނެވެވުނެވެ. ޒިވިން ހިނިގަނޑެއް ޖަހާލުމަށްފަހު އޭނާ އަހަރެންނާއި ޖެހިގެން ސޯފާގައި އިށީނުމަށް އައެވެ. އަހަރެން ވަގުތުން އެތަނުން ތެދުވީމެވެ. ‘ނޯ.. ޒިވިން އަކަށް މިތާޚު ނީންދެވޭނެ..’ ‘އެކީއްވެ..؟’ ޒިވިން ދެރަ ވާކަމަށް ހަދާލިއެވެ. އަހަރެން ޖެއްސުން ކުރާ ގޮތަކަށް ހީންލީމެވެ. ނަމަވެސް ޒިވިން ކުއްލިއަކަށް އަހަރެންގެ އަނގަމަތީ އަތް އަޅާލިއެވެ. ސިހިފައި އަހަރެންނަށް ލޯ ބޮޑު ކޮށްލެވުނެވެ. ‘އަހަރެންނަކީ މިތަނުގައި ޖެނީ ބަލަހައްޓާ މީހާ.. އެހެންމަ ޔޫ ހޭވް ޓު ޑޫ ވަޓް އައި ސޭ..’ ޒިވިން އޭނާގެ އަޑު މަޑޫ ކުރަމުން ބުންޔެވެ.
‘ހޫމް..’ އަހަރެން ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް ޒިވިންގެ އަތް އަހަރެންގެ އަނގަމަތީ ކުރިޔަށްވުރެން ބާޜު ކޮށްލިއެވެ. އަހަރެން އޭނާގެ އަތުގައި ދޫލައިގެން ނަމަވެސް އެ އަތް ނައްޓުވަން ބޭނުންވީމެވެ. އެހެނަސް އޭނާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

