ޖެނީ (4)
*’އާނ.. އަމް.. އަހަރެން ދެންމެ ބުނި ގޮތަށް އަމްމް.. ޑޯންތް ގެޓް މޭޑް އޯކޭ..’ އަޒަން ހާސްވެފައިހުރެ ކެއްސާލިއެވެ. ‘ބަޓް އަމްމް.. ކައިވާން އާއި ޒައިންމެން ދެމީހުން ފާޑަކަށް އަމްމް.. އެހެމް.. ގޭގެ ވާތް ފަޅިގައި ހުރި ހަޓް ގޮއްވާލައިގެން މިއުޅެނީ.. ލައިކް.. އަމް.. ސޯޓް އޮފް އޭން އެކްސްޕްލޯޝަން..’*
*(ޖެނީގެ ނަޒަރުން)*
ކުރިމަތީގައި އޮތް އަނދާ އަޅިއަށް ވެފައި އޮތް ކުޑަ ކޮޓަރި ނުވަތަ ‘ހަޓް’ އަށް ބަލަހައްޓައިގެން އަހަރެމެންނަށް ހުރެވުނެވެ. އަޅި ކުލައިގެ ދުންތަކެއް އޭގެއިން ނުކުންނަމުން ދިޔައިރު ވައިގެ ތެރޭގައި ކޮންމެވެސް ކަހަލަ ވަހެއް ދުވަމުންދިޔައެވެ.
އަހަރެންނަށް ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލީމެވެ. އުޑުމަތި ބަނަކޮށް އޮތް އިރު އެކި ކޮޅުކޮޅުން ބޮޑެތި އިމާރާތްތައް ފެންނަން ހުއްޓެވެ. އެހުރިހާ ތަނެއްގެ ކުލައަކީ ގަދަ އަޅި ކުލައެއް ނުވަތަ ކަޅު ކުލައެވެ. މަޑު ނޫ ކުލައިގެ ބޮކި ތަކުން އެ ތަންތަން ޒީނަތް ތެރި ވެފައިވެއެވެ.
އަހަރެމެން ތިބި ހަޓް ގޮވުމުގެ ހާދިސާ އަހަރެންގެ ބޮލުގައި ފިލްމެއް ފަދައިން ފެންނަމުން ދިޔައެވެ. އެ ހާދިސާއަށް އަދި ފަސް މިނެޓުވެސް ނުވާނެއެވެ.
އެއް ސިކުންތުގައި ކައިވާން އެ ގައިރޯ ގައި އަތް ޖައްސާލައިފައި ރޯކޮށްލި ހިނދު އަނެއް ސިކުންތުގައި ޒައިން ކިޔެވެލި ކިޔަވަން ފަށާފިއެވެ. ދެން އެއިވެނީ އެ ގައިރޯ ބޮމެއް ފަދައިން ގޮވާ އަޑެވެ. އެވަގުތު އަހަރެން ވިއްސައިގެން ގޮސް ފަހަތުގައި ހުރި ފާރުގައި ބުރަކަށިޖެހުނެވެ. ލިބުނު ސިހުމުން ސަލާމަތް ވުމަށް އަހަރެން މަސައްކަތް ކުރި ވަގުތު ނޫކުލައިގެ އިސްތަށިގަނޑު ލީ މީހަކު، ޒިވިން، އަހަރެންގެ އަތުގައި ހިފާ އަނދަމުން ދިޔަ އެ ތަނުން ނުކުންނަން ދުއްވައިގަތެވެ. ބާކީ ތިބި ހަތަރު ޖިންނީން ޒުވާބު ކުރަމުން ހބޮލުގައި އަތް އަޅައިގެން ހުރެ ނުކުންނަނީއެވެ.
‘ކަލޭމެންނަށް އެނގޭތަ އިންޝުއަރެނސް އޮފީހުން އަހަރެން މަރާލާނެ މިންވަރެއް މިހެން ވެގެން.. އޭން..؟’ ނައިޒަކް އޭނާ ގެ އިސްތަށިގަނޑު ގައި ހިފާލިއެވެ. ‘މީ އަހަރެން އެތަނަށް މި މަހު ދާތާ ދިހަ ވަނަ ފަހަރުކަން އެނގޭތަ..؟’
‘އާން.. އެހެންވީރު ކާކުގެ ސަބަބުން އައިސް އަލަމާރީގެ ދޮރު ހަލާކުވެ، މައިކްރޯވޭވް އެނދީ.. އެހެންނާ.. ފޮއިލްގަންޑު ނުނައްޓާ ރޮށި ހޫނުކޮށް އުޅޭނީ އަޅެ ފަހެ ކާކުތަ..’ ޒިވިން ރުޅިއައިސް ހުރެ ނައިޒަކް އާއި ދިމާލަށް އަތް ދިތް ކޮށްފައި ވާހަކަ ދެއްކިއެވެ. ނައިޒަކްގެ އަޑު އޭނާގެ ކަރުގައި ތާށިވިއެވެ. ނަމަވެސް އިރުކޮޅެއް ނުވެއޭނާ ވާހަކަ ދެއްކިއެވެ. ‘ތިހެން ވިޔަސް އިންޝުއަރެންސް ލޭޑީ އިޒް ގޮނަ ކިލް މީ..’
‘އަހަރެމެން އެންމެނަށްވެސް މިއުޅެނީ އަދަބު ލިބެން..’ އަޒަން އޭނާގެ އައިފޯން އެގާރަ ޕްރޯ ޖީބަށް ލަމުން ބުނެލިއެވެ. ‘ޔޫކިން އެބަ އާދޭ..’
މީހަކު އެންމެންގެ ތެރެއަށް އެ އެންމެންގެ އާއިލާތައް ގެއްލިއްޖެކަން އިއުލާން ކުރުމުން ހަމަ ހިމޭންވާފަދައިން އެ އެންމެހާ ޖިންނީން ހަމަ ހިމޭން ވިއެވެ. އަހަރެމެން އެންމެން ލައިގެން މިތިބި ހެދުމުގައި ގައިރޯ ގޮވިވަގުތު އޭގެއިން ނުކުތް އަޅިތަކާއި ދެލިތައް ހޭކިފައި ހުއްޓެވެ. އަދި ބައެއް ކޮޅުކޮޅުން ވީދިފައިވެސް ހުއްޓެވެ.
‘ޔޫކިން އެހާ ބޮޑަށް ރުޅިއަންނާނެހެނެއް ހިޔެއް ނުވޭ ދޯ.. މިބުނީ މިތާ ހުރީ ހަމައެކަނި އަނދާފައި އޮތް ހަޓަކާއި އިންސާނެއް..‘ ބިރުންގޮސް ތުރު ތުރު އަޅާހާލު ޒައިން ވާހަކަ ދެއްކިއެވެ. އެހެނަސް އަޒަން އޭނާއާއި ދިމާލަށް މޫނު ކުނި ކޮށްލިއެވެ. ‘އަހަރެމެން އޭނާ އާއި ކައިޒަން ގެ ޝޮޕިންގ ގަޑި މެދުކަނޑާލީނުން މި..’
‘ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާއްކޮ.. ޔޫކިން އައުމުގެ ކުރިން މިއަޅާގެ ފުރާނަ ގެންދަވާންދޭވެ..’ ކައިވާންގެ ތެޅެމުންދިޔަ ދެއަތް އުފުލަމުން އޭނާ ދުއާ ކޮށްލިއެވެ.
‘ޔޫކިން އަށް މިތާ އިންސާނެއް ހުރިކަން ނޭނގެއެއްނު..’ ޒައިން ކުރިއަށް ޖެހިލިއެވެ. ‘އެހެންވީމަ އަދި ވަގުތު އެބޯތެންނު.. ހިނގާ ޖެނީ ފޮރުވަން.. އޭރުން ޔޫކިން އަށް ނޭނގޭނެ އެކައްޗެއްވެސް..’
‘އާން އާން..’ ކައިވާން އަނެއްކާވެސް ޒައިންގެ ހިޔާލަށް ތަރުހީބު ދިނެވެ. ‘މިވަގުތަށް އޭނާއަށް އެތާ އެހެރަ ރޯޒް ބުޝް ތަކުތެރޭގައި އޮވެވޭނެ..’
‘އާރ ޔޫ ކްރޭޒީ.؟’ އަހަރެންގެ އަޑަށް އެ ހުރިހާ ޖިންނީންގެ ސަމާލުކަން އަހަރެންނަށް ހުއްޓުނެވެ. ‘އަހަރެން މިތާ ހުއްޓަ ދެން ވީ ރޯޒް ބުޝް އެއްގެ ތެރެއަށް ފުންމާލަންތަ؟؟ ނޯވޭ..’
‘އަޅޭ ޕްލީޒް މިފަހަރު އަހަރެމެންނާއި އެއްގަލަކަށް އަރާބަ..’ ކައިޒަން އަހަރެންގެ ފައިކޮޅުގައި އާދޭސް ކުރަން ފެށިއެވެ. ‘އިފް ޔޫކިން ފައިންޑްސް އައުޓް އޭނާ އަހަރެމެންނަށް ކުރާނެ ކަމެއް ނޭނގެ..’
‘އަހް..’ އެފަސް ޖިންނީންގެ ފަހަތުން އާ އަޑެއް އިވުނެވެ. ‘ބަޓް ޔޫކިން ހޭޒް އޯލްރެޑީ ފައުންޑް އައުޓް..’
އަހަރެންގެ ކުރިމަތީ ތިބި ފަސް ޖިންނީން އަވަސް އަވަހަށް ބައިބައިވެ ފަހަތަށް އެނބުރުނެވެ. އެތަނުގައި ދަނބު ކުލައިގެ އިސްތަށިގަނޑު ލައިފައި ހުރި ޖިންނިއެއް ހުއްޓިގެން ހުއްޓެވެ. އޭނާގެ ދަނބު ކުލައިގެ ލޯ އެވަގުތު ދިޔައީ ރުޅިވެރިކަމާއެކު ދިއްލެމުންނެވެ.
‘ޔު-ޔޫކިން..’ އަހަރެންނަށް ކައިވާންގެ އަޑު އިވުނެވެ.
ދަނބު ކުލައިގެ އިސްތަށިގަނޑު ލީ މީހާ، ނުވަތަ ޔޫކިންގެ ފަހަތުގައި އޮރެންޖު ކުލައިގެ އިސްތަށި ގަނޑުލީ ފިރިހެން ކުއްޖަކު ހުއްޓެވެ. އޭނާގެ ލޮލުގެ ކުލަ ހަމަ އޭނާގެ އިސްތަށިގަނޑުގެ ކުލައެވެ. ދެމީހުންވެސް އަނެއް ފަސް ޖިންނީން ގޮތަށް ހަމަ އެހާމެ ޒުވާން އަދި ފިރިހެން ވަންތަ އެވެ.
‘އަހަރެންނަށް އަޒަން ގުޅާފައި ދޫންޔެއްގެ ސިކުނޑި ގެންގުޅޭ ދެމީހަކު އަހަރެމެން ދިރި އުޅޭގެ ގޮއްވާލައިފިއޭ ބުނީމަ އަވަސް އަވަހަށް އައިސް ބަލާ އިރު ގޭގެ އެއްބައި މި ތަނުން އެއްކޮށް ފުހެލާ ބަހައްޓާފަ އަނެއްކާ އަހަރެން ކުރިމަތީގަ އިންސާނެއް..’ ޔޫކިން ރުޅި އައިސް ހުރެ ވާހަކަ ދެއްކިއެވެ. އޭނާގެ އެ ދޮން މޫނަށް ރަތް ކުލަ އަރާފައި ހުއްޓެވެ.
‘ދެން ދެ ތިން ކުޑަ ދޮރާއި މި ހަޓް ގޮވީމަ އެދެން ނުވާނެ ދޯ މިތަނުން އެއްކޮށް-‘ އަޒަން ހިންދިރުވާލަމުން ވާހަކަ ދައްކަން ފެށިއެވެ.
‘ކަލޭ..!’ ޔޫކިން އަހަރެންނާއި ދިމާލަށް އޭނާގެ ރުޅިވެރިކަމާއެކު ދިއްލެމުން ދިޔަ ދަނބު ކުލައިގެ ދެލޮލުން ބަލާލަމުން ގޮވާލިއެވެ. އަހަރެންނަށް ސިހިފައި އޭނާއާއި ހަތަރު ކަޅިހަމަ ކޮށްލީމެވެ. ‘ވައި އިން ދަ ވޯރލްޑް އާރ ޔޫ ހިއަރ..’
އަހަރެންގެ ސިކުނޑި ވަގުތު ކޮޅަކަށް ހުސް ވިއެވެ. އެ ކުރު-ނަމަވެސް-އަހަރެންނަށް-ވުރެ-ފަސް-އިންޗި-ދިގު އެ ޖިންނި ގެ ރުޅިގަދަ ކަން ފެނީފައި ކަންނޭގެ އެވެ.
‘އެ-އެއީ.. ބައެއް ދު-ދޫނިތަކެއްގެ ސި-ކުނޑިތަކެއް ގެނގުޅޭ ބަޔަކު އަހަރެން މިތަނަށް ގެނައީމަ..’ އަހަރެން ހިން ދިރުވާލީމެވެ. ޔޫކިންގެ ދަނބުކުލައިގެ ލޯ ނިވެމުން ގޮސް ދަނބު ކުލައިގެ ފޮތިގަނޑެއް ގޮތަށް އޮމާންވިއެވެ.
‘އޯކޭ..’ ޔޫކިން ނޭވާ އެއް ދަމާލަމުން ލޯ މަރާލިއެވެ. ‘އަހަރެމެންނަށް އޭނާ އަނބުރާ ފޮނުވާލެވޭނެ ދޯ އެހެންމަ..’
‘އަމް..’ ޒައިން އޭނާގެ އަޅި ކުލައިގެ ހެދުމުގެ ކޮޅާއި ކުޅެމުން ވާހަކަ ދައްކަން ފެށިއެވެ. ގައިރޯ ގޮވުމުގެ ކުރިން އެ ޓީޝާޓު ހުރީ ހުދު ކުލައިގައި ކަން އަހަންނަށް ޔަގީންވިއެވެ.
‘އަސްލު އަހަރެމެންނަށް އެކުއްޖާ ގެނެވުނީ ޓެލެގައިރޯ އާއި ކުޅެން ހަދާގެން.. ދެން އަހަރެމެން ހީކުރީ އޭތި އަންދާލުމަކުން އޭއްޗާއެކު އެކު އަންދާލުމަކުން އޭނާ އެނބުރި އައި ތަނަށް ގޮސްފާނެހެން..’ ޒައިން އޭނާގެ އަޑު ސުމަކަށް ދިއައީ ޔޫކިންގެ ހިތްހަމަ ނުޖެހުމމުގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާކަން އެނުގުމުންނެވެ.
‘އެންޑް..؟’
‘ދެން.. އަމް.. އެކުއްޖާ އަނބުރާ އައި ތަނަށް ފޮނުވޭނީ އެއްކަލަ ގަނޑުކޮޅުގައި ލިޔެފައި އޮތް ރިވަރސިންގ ސްޕެލް ކީމައިކަން އެނގުނީ އަހަރެމެން އޭތި އަނދާލިފަހުން..’ ޒައިން ފަހަތަށް އެނބުރި ކައިވާން އާއި ދިމާލަށް ލޯ ކުޑަކޮށްލަކޮށްލިއެވެ.
‘ދަ ޓެލެ ގައިރޯ.. އިޓްސް ނޯ މޯރ..’ ޔޫކިން މަތީ ދަތްދަކާއި ތިރީދަތް ތައް ފިއްތާ ބާރު ކޮށްލިއެވެ. އޭނާގެ އަތް ވަނީ ބޯޅައަކަށް ހަދާފައެވެ.
‘މަޑުކޮށްބަ..’ އަހަރެންގެ ހިތައް ނުބައި ގޮތެއް ވެލިއެވެ. ‘މިހެންވީރު އޭގެ މާނައަކީ އަހަރެން ދެން މިތާ މިހުރީ ތާށިވެފައޭތަ..؟’
ޒައިން ދެލޯ ބާރު ކޮށްގެން ހުރެ ތިރި ބެލި އިރު ކައިވާން ބާރުބާރަށް ހިންދިރުވާލިއެވެ. ނައިޒަކް އާއި އަޒަން އެހެން ދިމާލަކަށް ބަލަން ފެށިއެވެ. އޮރެނޖު ކުލައިގެ އިސްތަށި ގަނޑުލީ ޖިންނި ހުރީ އޭނާގެ އިނގިލި ތަކާއި ކުޅެލަކުޅެލައެވެ. އަހަރެންނާއި ދިމާލަށް ބަލަން ހުރީ ހަމަ އެކަނި ޒިވިން އާއި ޔޫކިން އެވެ.
‘ތިހުރިހާ އެންމެނަކީ ވެސް ސިކުނޑިއެއް ނެތް، ބޭކާރު، ސްޓޫޕިޑް ބައެއް..’ ޔޫކިން ކުއްލިއަކަށް ހަޅޭއްލަވައިގަތުމުން އެންމެން ސިހުނެވެ. ‘ޔޫކީ ޑޯންޓް ސޭ ދެޓް..’ ނައިޒަކް ކުޑަ ކުޑަ އަޑަކުން ބުނެލިއެވެ.
‘ތި ސިކުނޑި އެއްނެތް އެންމެނަށް ވެސް އެނގޭނެ.. ޑަޒްބުރެޒް ގައި އިންސާނެއް ހުރި ހަބަރު ނުބައި މީހަކަށް އަޑުއިވިއްޖެޔާ ވާނެގޮތް..’ ޔޫކިން އަނެއްކާވެސް އަޑު ކޮޅަށް ހަޅޭއްލެވިއެވެ.
‘ޑަޒް-ބޯ-ރެޑް ކޯއްޗެކޭ.؟’ އަހަރެންނަށް އެބުނި އެއްޗެއް ނަގައެއް ނުގަނެވުނެވެ. އަދިވެސް އަހަރެންގެ އަޑުގައި ބިރުވެރިކަން ހުއްޓެވެ.
‘ޑަޒްބުރެޒް..’ ޒައިން މަޑު މަޑުން ބުނެލިއެވެ. ‘އެއީ އަހަރެމެން މިތިބި ތަނަށް ކިޔާނަން.. ދުނިޔެ އަށް އާރތު ކިޔާ ގޮތަށް މިތަނަށް ކިޔަނީ ޑަޒްބުރެޒް.. ޖިންނީން ދިރިއުޅޭ ތަން…’
އޮރެންޖު ކުލައިގެ އިސްތަށި ގަނޑު ލީ ކުއްޖާ އަހަރެންނާއި ދިމާލަށް ފިޔަވަޅެއް އަޅާލަމުން ވާޙަކަ ދެއްކިއެވެ. ‘މީގެ މާނަ ތި ކުއްޖަކަށް އެނގޭތަ..؟’
‘ދެޓް އައި އެމް ސްޓަކް އިން ދަ ހޯމް އޮފް ޖިންނި؟؟’ އަހަރެން ބުމައަރުވާލީމެވެ.
‘ޑަޒްބުރެޒްގެ އަކަކަށް ވެސް އެނގިގެން ނުވާނެ މިތަނުގަ އިންސާނެއް އުޅޭ ވާހަކަ..’ ނައިޒަކް އޭނާގެ ހުދު އިސްތަށި ގަނޑުގައި ފިރުމާލަމުން ބުންޔެވެ. އޭނާގެ ލޯ އޭރު ހުދު ކުލައިން ދިއްލެމުން ދިޔައެވެ. ‘އެހެންމެ އަންޓިލް ވީ ފައިންޑް އަ ވޭ އަހަރެމެން ޖެހޭނީ އެކުއްޖާ ރަނގަޅަށް ކައިރިން ބަލަން.’
އެއާއެކު މުޅިތަން އަނެއްކާވެސް ހަމަ ހިމޭން ވިޔެއެވެ.
‘ލައިކް.. އަ ބޭބީ ސިޓަރ..؟’ އަހަރެން ލޯ އަޅާލީމެވެ. އަހަރެން މިހުރި ދޯނީގެ މިސްރާބު ހުރީ ރަނގަޅު ދިމާލަކަށް ނޫންކަން އެވަގުތު އަހަރެންނަށް ނަގައިނަގެވުނެވެ.
‘ޔެޕް.. އަ ބޭބީ ސިޓަރ..’ ނައިޒަކް ނިންމާލިއެވެ. އަހަރެން ލޯ ބޮޑު ކޮށްލީމެވެ. ‘އޯހް ހެލް ނޯ ވޭ.. އަހަރެން ނޫޅެން ގެންގުޅޭ ކުކުޅެއް ގޮތަށް އުޅޭކަށް..’
‘ބޯ ހަރު..’ ޔޫކިން ވައި އަޑުން ބުނެލިނަމަވެސް އަހަރެންނަށް އެއަޑު ވަރަށް ސާފު ކޮށް އިވުނެވެ. ‘ކައިޒަން.. ކައި.. ހިނގާ ގެއަށް ލިބިފައި ހުރީ ކިހާ ބޮޑު ގެއްލުމެއްތޯ ބަލަން..’ ހަޓްއާއި ތަންކޮޅެއް ދުރުގައި އޮތް ބޮޑު ގެއާއި ދިމާލަށް އަތް ދިއްކޮށްލަމުން އޭނާ ގެއަށް ވަންނަން ހިނގައިގަތެވެ. ކައިޒެން ވެސް އޭނާގެ އެކުވެރިޔާގެފަހަތުން އެގެއަށް ވަދުނެވެ.
އަނެއްކާވެސް އެއްކަލަ ފަސް ޖިންނީން އަހަރެންނާއެކު އެކަނި ވިއެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތައް ވެރިވި ނުތަނަވަސްކަން ދުއްވާލަން މަސައްކަތް ކުރުމުގެ ގޮތުން އަހަރެންގެ ތިރީ ތުންފަތުގައި އަހަރެން މަޑުމަޑުން ދަތް އަޅާލީމެވެ. އެ ފަސް ޖިންނީންވެސް އެކަކު އަނެކަކަށް އިރުއިރުކޮޅާ ބަލާލައެވެ.
‘އަހަރެންނަށް ދުނިޔެއާއި އިންސީން ކިޔަވާދިން ފަހުން ނެގި ޔުނިޓް ޓެސްޓުން ލިބުނީ 2.34%.. ސޯ އަހަރެންނަށް ގައިމުވެސް އެކުއްޖާ ނުބެލެހެއްޓޭނެ..’ ޒައިން އޭނާގެ ކަރުގެ ފަހަތުގައި އަތް އުނގުޅައިލަމުން ބުނެލިއެވެ.
‘އަހަރެން ދާން ޖެހޭނެ ސްކޫލަށް ދާން..’ ކައިވާންވެސް ޒައިން އާއި އެއްވަރަށް ގަދަ ދައްކާލިއެވެ. ‘އަހަރެމެން މިހާރު ކިޔަވަމުން މިދަނީ ޖިނަގްރަފީ.. ވަރަށް އިންޓަރެސްޓިނ ފިލާވަޅެއް.’
‘ޕިސް ޕިސް.. އެއަށް ކިޔަނީ ޖިއޯގްރަފީ އޭ.. ކައި..’ ނައިޒަކް ތުން އޫކޮށްލިއެވެ. ‘އަހަރެންނަކަށް ވެސް ނެތް ކުރެވޭކަށް.. އިންޝުއަރެންސް ލޭޑީ ކައިރިއަށް ގޮސްނިންމާފަ އަހަރެންޖެހޭ ވަޒީފާ އަށް ދާން..’ އޭނާ ވާހަކަ ނިންމާލީ ނުކެރިފައި ހުރެ ހެމުންނެވެ.
‘އަހަރެން ނައިޒަކް އާއެކު އެ ލޭޑީ އެއް ގާތަށް ދާން ޖެހޭ..’ އަޒަން އަވަސް އަރުވާލައިފައި ބުނެލިއެވެ. ‘އަނެއްކާ ޒެކް މިގޭ ދޮރު ހަލާކުކޮށްނުލާނެ ކަމެއް ނޭނގެ އެއްނުނ.. ދޯ ނައިޒަކް..’
އެ އެންމެން ދެން ޒިވިން އާއި ދިމާލަށް ބަލާލިއެވެ. އެ ހުރިހާ އިރަކު އޭނާ ހަނު ހުރުމުން ކަންނޭގެ އެވެ.
ޒިވިން އާއި އަހަރެން ދެމީހުން ދެލޯ ބޮޑުކޮށްލައިގެން ހުރެ ހަތަރު ކަޅި ހަމަ ކޮށްލިއެވެ. އަހަރެންގެ ދެ އަތް ހީވީ ފިނި ވެގެން ގޮސް ގަނޑުފެންގަނޑަކަށް ވެދާނޭ ހެނެވެ.
‘ޒިވިނީ..’ އަޒަން އެ ނޫ ކުލައިގެ އިސްތަށިގަނޑުލީ ޖިންނި އަށް ރާގަކަށް ގޮވާލިއެވެ. ‘ނޯ..!’ އަހރެންނާއި ޒިވިން އަށް އެއް ފަހަރާ ބުނެވެވުނެވެ.
‘ޒައިން އަށްވުރެ މާ މޮޅަށް އަހަރެންނަށް ކިޔެވުން މުހިންމު..’ ޒިވިން މާޔޫސް ވެފައި ހުރެ ބުނެލިއެވެ. އަހަރެން އެވަގުތު ދެ އަތުން އަހަރެންގެ އިސްތަށިގަނޑުގައި ބާރަށް ހިފައިލިއެވެ.
‘އެކަމް ޒިވިންންން.. ޒިވީނީ ތީ ދެން ކްލާހުންވެސް އެންމެ މަތީގައި އުޅޭ ސްޓޫޑެންޓް އެއްނުނ… ޔޫކިން އަށް ފަހު ދެން ޒިވިން އަށްނު އިންސާނުން އެންމެ ރަނގަލަށް އެނގެނީ..’ އަޒަން ކުޑަކުއްޖެއް ފަދައިން އެސްފިޔަ ތަޅުވާލަމުން ބުންޔެވެ. ‘އެހެންނާ.. ޔޫ ގޮޓް ނައިންޓީ ނައިން ސަމްތިންގ އިންސައްތަ އެންމެ ފަހުން ނެގި ޓެސްޓުން..’
‘ޔާހް.. އެކަމް..’ ޒިވިން އަނެއްކާވެސް ހުރީ ގޮތް ދޫ ކުރާ ހާލެއްގައި އެއްނޫނެވެ.
‘އިޓްސް ހަމަ ސަތޭކަ ޕަސެންޓް އަ ޕަރފެކްތް މެޗް..’ އަޒަން އަނެއްކާވެސް ބުނެލިއެވެ. ‘ޖެނީ އެންޑް ޒިވިން.. އައި ޕްރެޒެންޓް.. ބޭބީސިޓަރ އެންޑް ބޭބީ ސިޓީ..’ އެއާއެކު އެ އެންމެން އަތް ތިލަބަޑި ޖަހަންފެށިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

