ޖެނީ (3)
*ޕިސް ޕިސް ދެން ދޯ.. މި ޒުވާބު ނިންމާލާފަ މިކަން ހައްލު ކުރަން މަސައްކަތް ކުރަން ހިނގާ.. އެހެންނޫނީ ކަމެއް ގޯސް ވެދާނެ..’ ހުދު އިސްތަށިގަނޑު ލީ މީހާ ދެ އަތް މައްޗަށް ނަގާ ވާހަކަ ދައްކަން ފެށުމުން ބާކީ ތިބި އެންމެން ހައްޕު ކިޔައިގެން ތިރި ބަލަން ފެށިއެވެ.*
ފަސް މީހުންގެ ލޯތައް ވަނީ އަހަރެންނަށް އަމާޒު ވެފައެވެ. އަހަރެންވެސް އެމީހުންނާއި ދިމާލަށް ބަލަން ހުރީމެވެ. އެކަކުވެސް ވާހަކަ ނުދައްކާތާގައި އެކޮޓަރި އަށް ވެރިވެފައި އޮތް ހަމަ ހިމޭން ކަމުން އަހަރެންގެ ހިތައް އުނދަގުލެއް ކުރިމަތި ވިއެވެ. އޭރު ވެސް އަހަރެންގެ މި ހިތް ދިޔައީ އާދަޔާ ހިލާފަށް ބާރަށް ތެޅެމުންނެވެ.
‘އޭތި ކީއްވެ އެހާ މަޑުން އެހުރީ…’ އެންމެފަހުން އެތަން ވެރިކުރަމުން ދިޔަ ހަމަ ހިމޭންކަން ފޫދުއްވާލީ ރަން ކުލައިގެ އިސްތަށިގަނޑުލީ ޒައިން ހުދު ކުލައިގެ އިސްތަށިގަނޑުލީ ނައިޒަކް އަށް ވައި އަޑުން ވާހަކަ ދެއްކުމުންނެވެ.
އަހަރެން އަޑު ނީވޭ ކަމަށް ހަދައިގެން އެއިން ގޮތަށް އިނީމެވެ.
‘އަސްލު ތިބުނާ ‘އޭތި’ އަކީ އިންސާނެކޭ ޒައިން..’ ނައިޒަކް އޭނާގެ އިސްތަށިގަނޑު ހާވައިލަމުން ވާހަކަ ދެއްކިއެވެ. ‘އިންސީންގެ ތެރޭގައި ކޮންމެ މީހަކަށްވެސް ވަކި ޖެންޑަރ އެއް އޮންނާނެ.. މީނަ އަށް ބަލާލާއިރު މީ އަންހެން އެއްޗެއް.. ސޯ ދެޓްސް އަ ޝީ..’
‘ޒައިން ވެއްޖެއެއްނު ސްކޫލްއިން ކިޔަވައިދޭ އެއްޗިސްސަށް ބޮޑަށް ފަރުވާތެރިވާން..’ ރިހި ކުލައިގެ އިސްތަށިގަނޑު ލިބިފައިވާ އަޒަން ބޯ ހޫރައިލަމުން ވާހަކަ ދެއްކިއެެވ. ‘އެހެންނާ.. މިދިޔަ ހަފްތާގަ ވިއްޔަ ދުނިޔެ އާއި އިނސާނުންގެ ވާހަކަ ކިޔަވައިދިނީ..’
‘އެކަމް.. އެކަމް ކިހިނެތް ނައިޒަކް އަށް އެއީ އަންހެނެއްކަން އެނގުނީ..؟‘ ޒައިން މައުސޫމު ކަމާއެކު ބޯކަހާލަމުން ނައިޒަކް އައި ސުވާލުކުރިއެވެ.
‘ޒައިން ރީއްޗަށް އެކުއްޖާއާއި ދިމާލަށް ބަލާބަ..’ ޒިވިން ލާނެތް ގޮތަކަށް ހީނލަމުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ނުވީތާކަށް ޒައިން މައުސޫމު ކަމާއެކު އަހަރެންނަށް ބަލަން ފެށިއެވެ.
ވިއަރޑޯސް..
‘އޭތް..’ އަހަރެން ކަކުލުގައި ބައްދައިގެން ހުރެ ފަހަތަށް ޖެހިގަތެވެ. ‘ވަޓް..؟’ ޒިވިން އަހަރެންނަށް ބުމަ އަރުވާލިއެވެ. އެވަގުތު އަހަރެންނަށް ވީގޮތެއް ނޭނގުނެވެ. ވަގުތުން މޫނު ފޮރުވާލައި އިސްދަށަށް ޖަހާލީމެވެ.
‘ޒިވިން..’ ނައިޒަކް ބޯ ހޫރައިލުމަށްފަހު ޒިވިންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ‘އެ އިންސި އަށް ނުބެހިބަ..’ ‘އެކީއްވެ..؟’ ޒިވިން ނައިޒަކް ގެ މޫނަށް ބަލާލިއެވެ.
‘ކަޒް އިޓްސް ރޫޑް..’ އަހަރެން މާނޭވާލާހާލު ޒިވިން އާއި ދިމާލަށް ދެލޯ ބޮޑުކޮށްގެން ހުރެ ބަލާލިއެވެ. ‘އެންޑް އަހަރެންނަށް އިންސިއޭ ކިޔާގެން ތި ވާހަކަ ދައްކަނީ އޭޒް އިފް ޔޫ އަރެންޓް ހިއުމަންސް..’ އަހަރެންގެ އަޑުގައި އަދިވެސް ބިރުވެރިކަމުގެ އަސަރު ހުއްޓެވެ.
‘އާން.. އަހަރެމެން މީ އިނސީންނެއް ނޫން..’ އަޒަން ނޯއްދަމާލިއެވެ. ‘އަހަރެމެން ކައިރި އެއްވެސް ނުވާނެ ތި މޮޔަ އިނސީންނަކާ..’
‘އަހަރެމެން އިންސީން މީ މޮޔައިންނެއް ނޫން..!’ އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. ‘އަހަރެމެން މިވަނީ ޓެކްނޮލޮޖީ ގެ ދާއިރާއިން އެހާވެސް މައްޗަށް ގޮސްފަ.. އަހަރެމެން ޔުނިވަރސް ގައ ވެސް ވަނީ ޓްރެވެލް ކޮށްފައި.. އަހަރެމެން..’
‘ވަނީ މޫދަށް ކުނި އަޅާ މުޅި ދުނިޔެ ގްލޯބަލް ކްރައިސިސް އަކަށް ވައްޓާލާފައި..’ ނައިޒަކް މަޑުމައިތިރި ކަމާއެކު އަހަރެން ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލިއެވެ. އެއަށްފަހު ފެހި އިސްތަށިގަނޑުލީ ކައިވާން އަތް ހިތްލާލިއެވެ. ‘އިންސާނުން އެކި ތަންތަނުގައި ފާޑު ފާޑުގެ ހަނގުރާމަތައް ފަށާ..’
‘އެކަމް..’ އަހަރެން ރައްދު ދޭން އަނގަ ހުޅުވާލީމެވެ. ނަމަވެސް މިފަހަރު ޒައިން އަހަރެންގެ ވާހަކަ މެދުކަނޑާލިއެވެ. ‘އިންސާނުން މާރާމާރީ ހިންގާފަ ޖަލުތަކުގައި އެމީހުންގެ ދިރިއުޅުން އާބާދުކުރޭ..’
‘އެނގޭ އެކަމް..’
‘އިންސާނުން އަމިއްލައަށް ގައިގަ އަލިފާން ރޯ ކޮށްގެން ވިޔަސް އަމިއްލައަށް މަރުވޭ..’ ޒިވިން އެއް މިޔަކަނުން ހީނލާފައި ލޯއަޅައިލިއެވެ.
‘ތިވެސް އެނގޭ އެކަމް..’ އަހަރެން އަނެއްކާވެސް ވާހަކަދައްކަން މަސައްކަތް ކުރީމެވެ.
‘ލައިކް އައި ސެއިޑް.. ހިއުމަންސް އާރ އިޑިއަޓްސް..’ އަޒަން އާފުރިލިއެވެ. އޭނާގެ މޫނުމަތިން ފޫހިކަން ފާޅުވާން ހުއްޓެވެ. އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އެވަގުތު އެވެ. ‘އަދި އެބަ ވާހަކަ ދައްކައެއްނު.. އަމިއްލަ އަށް އިންސާނެއް އެމީހަކުގެ އަރާމު ގެއިން ނަގާ.. މި ގޮތް ނޭނގޭ ތަނަކަށް ގެނެސްފައި އެބުނީނު.. ހިއުމަންސް އާރ އިޑިއަޓްސް އޭ.. ހަހް.. މައި ފުޓް..’ ހުދު އަހަރެންވެސް އަހަރެން މި ދިން ރައްދާއި މެދު ހައިރާންވީމެވެ. އެހެންނޫންނަމަ އަހަރެންނަކީ އެންމެން ދަންނަ މަޑުމައިތިރި ކުއްޖަކީމެވެ.
މުޅި ކޮޓަރިއަށް ހަމަހިމޭންކަން ވެރިވިއެވެ.
‘އަސްލު.. އެކުއްޖާ އެބުނީ ތެދެއް..’ ކައިވާން ނުކެރިފައި ހުރެ މަޑުމަޑުން ބުނެލިއެވެ. އެވަގުތު އަޒަން އޭނައާއި ދިމާލަށް އަނގަ ހަދާލާފައި ބަލަން ހުއްޓެވެ. ނައިޒަކް ބޯހޫރައިލައިފައި އަނެއްކާވެސް އަހަރެންނާއި ކުރިމަތިލިއެވެ. ‘އޯކޭ ކުއިޓް އިޓް.. އިންސިގެ ނަމަކީ ކޮބާ..؟’ އަހަރެންނަށް ނައިޒަކްގެ އަޅި ކުލައިގެ ލޮލަށް ބަލާލުމަށްފަހު ތިރި ބަލާލީމެވެ.
‘ސްޓރޭންޖަރ ޑޭންޖަރ..’ އަހަރެން ގްރޭޑް 4 ގައި އުޅުނު އިރު ކިޔަވައިދިން ފިލާވަޅު މަތިން ހަނދާންވުމުން އަހަރެންނަށް މަޑުމަޑުން ބުނެވުނެވެ.
‘އޯކޭ ސްޓްރޭންޖަރ ޑޭންޖަރ.. އެހެންވީމާ-‘ ‘ނޯ..!’ އަހަރެންނަށް ނައިޒަކް އާއި ދިމާލަށް ގޮވާލެވުނުލެއް ބާރުކަމުން ޒައިން އަށް ސިހިފައި ފުންމައިގެން ތެދުވެވުނެވެ. އަދި އަވަސް އަވަހަށް އަޒަންގެ ގާތަށް ޖެހުނެވެ. ‘އަޒަން.. އިންސި އަންހެން ކުދިން ހާދަ ކްރީޕީ އޭ..’ އޭނާ އަޒަންގެ ހެދުމުގެ ކޮނޑަށް ދަމާލަމުން ބުނެލިއެވެ. އަޒަން އަށް ލޯއަޅައިލުން ނޫން ކަމެއް ނުކުރެވުނެވެ.
‘ހޫން.. ދެން އެހެންވީރު ކަލޭގެ ނަމަކީ ކޮބާ..؟’ ނައިޒަކްގެ އަޑުގައި ރުޅިވެރިކަމާއި ކެތްމަދުކަން ފާލުވާން ހުއްޓެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. ކޮޓަރީގައި ތިބި އެންމެން ގެ ލޯތައް އަހަރެންނަށް އަމާޒުވިއެވެ.
‘ޖެނީ..‘ ވައި އަޑުން އަހަރެން ބުނީމެވެ. އެގޮތް ނޭނގޭ ‘ކްރީޗަރޒް’ އަށް އިވޭނެ ކަމަކަށް އުއްމީދު ކޮށްގެނެއް ނޫނެވެ. ‘ޖެނީ.. އެއީ ޒިރިޔަލް ގެލެކްސީ ގައި ދިރިއުޅޭ ރާމާމަކުނުގެ ބާވަތައް ކިޔާނަމެއްނޫންތަ..؟’ އަޒަން ބުމަ ކައިރިކޮށްލަމުން ބުނެލިއެވެ. އަހަރެން ވާނުވާގައި ހުރެ އޭނައާއި ދިމާލަށް ބަލަން އިނީމެވެ. ‘އެނީވޭސް..’ ނައިޒަކް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ‘ޖެނީ.. އަހަރެމެންނަށް މިހާރު ތީ އިންސާނެއްކަން ޔަގީން ކުރެވިއްޖެ.. އެހެންވީރު ޒިވީންއަށް އަނބުރާ ދުނިޔެއަށް ދާން އެނގޭތަ؟’
‘އަހަރެންނަށް އެނގޭނަމަ މިހާރު އަހަރެން ހުރީހީ އަހަރެންގެ ގޭގައި އެއްނުން.. ވިއަރޑޯ..’ އަހަރެން އަނގަ ހަދައި ހުރެ ފަޔާ ދިމާލަށް ބަލަން ހުރީމެވެ. ‘އަދިވެސް ތިމީހުންނަކީ ކޮންކަހަލަ ބައެއްކަން އަހަރެންނަށް ކިޔާނުދެމެންނު..’
އެވަގުތު ޒިވިން ހީގަތެވެ. ‘އަޅެ ޖެނީއަށް އަސްލުވެސް ނޭނގެނީތަ..؟ އިޓްސް އޮބްވިއަސް އަހަރެމެން މީ ޖިންނީން..’
‘އަހަހަހަ ޖިންނީން މައި ފުޓް.. ސޯ ފަނީ..’ އަހަރެން ބިރުން ހުރެ ނަމަވެސް ޒިވިން ދެންމެ ބުނި ވާހަކައަށް އަހަރެން ހީނގަތީމެވެ. ‘އަހަރެމެން މިހަދަނީ ދޮގެއް ނޫނޭ..’ ޒިވިން ދެތިން ފަހަރަކު އެސްފިޔަ ތަޅުވާލިއެވެ. ‘އެއީ އަޒަންގެ ޖޮބް..’
‘ތި- ތި މީހުން ނުވާނެ ޖިންނީންނަކަށް..’ ‘އެ ކީއްވެ؟’ ޒިވިން ބުމަ އަރުވާލަމުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައި “؟” އެއް ކުރަހާލައިފައިވާފަދަ އެވެ. އަހަރެންގެ ހާލަކީ ތޯއްޗެވެ. ‘ޖިންނީން އެ-އެއް ނުބުނާނެ ހަމަ ހުރެލާފަކާ ތިމަންނަ މީ ޖިންނިއެކޭ..’ އަހަރެން ލޯ ބޮޑުކޮށްގެން އިނީމެވެ.
‘އެކަމް އަހަރެން މި ބުނީނުން..’ ޒިވިން ބޯ ކަހާލިއެވެ.
‘އެކަމް މޫވީސް ތަކުގަ އެހެންނެއް ނޫން ވަނީކީ..’ އަހަރެން ހަޅޭއްލެވީމެވެ. ‘މޫވީސް ތަކުގަ ޖިންނީން ކުރާކަމަކީ އިންސީން އަވަލައި، އެމީހުންގެ ބުއްދި ގޯސް ކޮށް، އެންމެ ފަހުން އެމީހަކު މަރާލައިފަ އެމީހުންގެ މަސްގަނޑުކާނީ..’
‘ވަޓް ދަ-‘ ކައިވާން އަހަރެންނާއި ދިމާލަށް ދެލޯ ބޮޑުކޮށްލިއެވެ. އަހަރެންވެސް އޭނާ އާއި ދިމާލަށް ލޯ ބޮޑު ކޮށްލީމެވެ. އެގޮތަށް ހަތަރު ވަރަކަށް މިނެޓު ފަހުން އެންމެން ހޭން ފެށިއެވެ. ލޮލުން ފެން އަންނަ ވަރަށް ހޭން އެމީހުން އެތައް އިރަކު ހުއްޓެވެ.
އެންމެ ފަހުން ނައިޒަކް ހިނިގަނޑު މަތަ ކުރަން މަސައްކަތް ކުރަމުން ވާހަކަ ދެއްކި އެވެ. ‘އަޒަން.. މި އިންސި މިތަނަށް ގެނައީ އަޒަން ކަމަށް ވެއްޖިޔާ.. އޭނާ އަނބުރާ އައި ތަނަށް ފޮނުވާލަން އެނގޭތަ؟’ އަޒަން ދެލޯ ފުހެމުން ނައިޒަކް ގެ ބޮލުގައި ހިފާލިއެވެ. ‘މަށަށް ނޭނގެ.. އަރެންޓް ޔޫ ދަ ވަން ވިތް ޓޫ ތައުޒަންޑް އައި ކިއު..’ ‘ދެ ހާހޭ..؟؟ ތިވަރަށް އަދި ނާރާ އިނގޭ ބްރޯ..’
‘އަހަރެންނަށް ހީވަނީ ޔޫކިން އަށް މިކަން އަންގަން ވީހެން.. އައި މީން އޭނާ ދުނިޔެ އަށް ގޮސްފިއެއްނު އެހާ ގިނައިން..’ ޒިވިން އަޒަން ގެ ގާތުގައި އިށީންނަމުން ވާހާކަދެއްކިއެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި އަޒަން އަޑަށް ލެވުނު ހައި ބާރެއް ލައިފައި ވާހަކަ ދެއްކިއެވެ. ‘ނޫން.. ޔޫކިން އަށް މިކަން އެނގިގެން ނުވާނެ.. ފޯ ދަ ލަވް އޮފް ގްރޭވްސްޓޯންސް ނޯ ވޭ..’
‘ގައިޑްބުކް ގައި އެބޮތްތަ ކުރަން ވީކަމެއް ލިޔެފައި..؟’ ޒައިން ޓެލެގައިރޯ ކައިރިއަށް ޖެހިލަމުން މޭޒުމަތީގައި އޮތް ގަނޑުކޮޅެއް ނަގާ ކިޔަން ފެށިއެވެ. ‘މީގައި ބުނެފަ އޮތީ ޓެލެގައިރޯ އިން ގެނައި ކޮންމެ އެއްޗަކަށް ‘ގުޑްބާއި” ކިޔުމުން އެ އެއްޗަކު އާއި އޮތް ގުޅުން ކެނޑި އެ އެއްޗެއް އަނބުރާ އައި ތަނަށް ދާނެއޭ..’
‘އަމްމް.. ޒައިން.. އަހަރެންނަށް ހީވަނީ ‘ގުޑްބާއި’ ކިޔަން ޖެހޭ ވަގުތު ފާއިތު ވެއްޖެހެން..’ ކައިވާން އަހަރެންނާއި ދިމާލަށް ލޮލުގެ ކަނުން ބަލާލަމުން ބުނެލިއެވެ. ‘މިގޮތް ކީއްވާނެ..؟ ޓެލެގައިރޯ އަންދާލަން ހިނގާ..!’ ޒައިން އެ ގަނޑު ކޮޅު ދުރަށް ހޫރައިލަމުން ބުނެލިއެވެ. ‘އޭރުން އޭނާ މިތަނަށް ގެނައި އެއްޗާއި އެކު އޭނާވެސް ހިނގައިދާނެއްނު..’
‘ޔެސް ޔެސް ޔެސް.’ ޒައިންގެ ޚިޔާލަށް ތަރުހީބު ދިނުމުގެ ގޮތުން ކައިވާން އަންހެން ކުއްޖެއް ފަދައިން ފުމެން ފެށިއެވެ. އަދި ހަމަ އެވަގުތު އޭނާގެ ލޯ ގަދަ ފެހި ކުލައަކުން ދިއްލުނެވެ. ޒައިންގެ ލޯ ވެސް ހަމަ އެފަދައިން ދިއްލުނެވެ. ތަފާތަކީ އޭނާގެ ލޯ ދިއްލުނީ ރަން ކުލައަކުންނެވެ. އަދި އެމީހުންގެ ލޯ ދިއްލުނު ކުލަ ފަދަ ކުލައެއް ހުރި އަލި ގަދަ ބޯޅައެއް އެމީހުންގެ އަތުން ފާލުވިއެވެ.
އަހަރެންނަށް އެމީހުން ކުރަނީ ކީއްތޯ ބަލަން ހުރެވުނެވެ. އެވަގުތު އެ ދެ ޖިންނީން ޓެލެގައިރޯ އާއި ދިމާލަށް ގުދު ވެލިއެވެ. ‘އަމްމް.. ގާއިޒް..؟ އަހަރެންނަށް ހިޔެއް ނުވޭ ތީ ރަނގަޅު ހިޔާލެއް ހެނެއް..’ ނައިޒަކް އާއި އަޒަންއަށް އެއްފަހަރާ ބުނެވުނެވެ. އެމީހުން ހާސްވެފައި ހުރެމެ ވާހަކަ ދެއްކި ގޮތުން އަހަރެންނަށް އެބުނީ ތެދެއްކަން ޔަގީންވިއެވެ.
‘ވަޓް..’ ކައިވާން އެ ދެމީހުންނާއި ދިމާލަށް ބަލާމުން ބުނެލިއެވެ. އޭރު ޒައިންގެ އަތް އެ ހުދު ކުލައިގެ ވަށްބުރު ގެ މަތީގައި ބާއްވަނީއެވެ. އޭނާގެ މޫނު މަތީގައި އޭގެއިން ނުކުތް ހުދު އަލި އެޅިފައި ހުއްޓެވެ. ޒިވިންވެސް ނައިޒަކް މެންނާއި ދިމާލަށް ޖެހިލިއެވެ. ‘އެއްވެސް ކަމެއް ނުވާނޭ.. ކަޓް އިޓް ޔޫ ސްކެއަރްޑީ ކެޓްސް..’
(ލިޔުންތެރިޔާގެ ނަޒަރުން)
*ކައިނަމައިޓް މޯލް.. ގަޑިން ރޭގަނޑު ނުވަ ގަޑި ބައި*
ދަނބު ކުލައިގެ އިސްތަށިގަނޑެއް ލިބިފައިހުރި، ޒުވާން ފިރިހެން ކުއްޖަކު ފިހާރައިގެ ހަރުގަނޑުން ސެންޓު ފުޅި އެއް ނަގާ ވަށިގަނޑަށް ލަމުން އޭނާ ނޭވާއެއް ދޫކޮށްލިއެވެ. މިއިންދުވަހަކުވެސް ނޭވާއެއް ނުލާ އުޅުނު ފަދައެވެ. އޭނާ ކައިރީގައި ހުއްޓިގެން ހުރި އޮރެންޖު ކުލައިގެ އިސްތަށިގަނޑު ލިބިފައި ހުރި ޒުވާން ކުއްޖާ އުޅުނީ އޭނާގެ ދަބަހުން އެއްޗެއް ހޯދައެވެ. ދަނބު ކުލައިގެ އިސްތަށިގަނޑު ލީ ކުއްޖާ އޭނާގެ އެކުވެރިޔާއަށް ބަލާލައިފައި ލޯއަޅައިލިއެވެ. ‘އަނެއްކާވެސް ވޮލެޓު ގެއްލުވާލީތަ؟ ކައިޒަން؟’ އޭނާ ‘ކައިޒަން’ ކިޔާ ނިންމާލީ އަޑަށް ބާރުލާފައެވެ. ކައިޒަން އަވަސް އަވަހަށް ބޯހޫރައިލަމުން އޭނާ ގެ ދަބަހުން މުށި ކުލައިގެ ލެދަރ ވޮލެޓެއް ނަގާ އެ ފިރިހެން ކުއްޖާ (އެކްޗުއަލީ ޖިންނި) އަށް ދިއްކޮށްލިއެވެ. ‘ޔޫކީ އަށް ވެސް އެނގޭނެއްނު ދެން އަހަރެން މީ ވަރަށް ކަންކަމަށް ފަރުވާތެރިވާ މީހެއްކަން..’ ކައިޒެން ފޮނި ކަނޑާލުމުގެ ގޮތުން ބުނެލިއެވެ. ޔޫކިން އަނެއްކާވެސް ލޯ އަޅައިލިއެވެ. އަދި އޭނާގެ އެކުވެރިޔާގެ ދޮން އަދި މަޑު އަތުގައި ހިފާލަމުން ކައުންޓަރާއި ދިމާލަށް ހިނގައިގަތެވެ. ‘ޔޫކިން ވެއްޖެ ގިނައިން ހޭން..’ ކައިޒަން އިރުކޮޅަކު ހުރެލައިފައި ބުނެލިއެވެ. އޭރު މޭޒު ފަހަތގައި ހުއްޓިގެން ހުރި ކޭޝިއަރ އެ ދެ އެކުވެރިން ގަތް އެއްޗެހިތައް ވަށިގަނޑަށް އަޅަނީއެވެ. ‘ޝަޝް ޔޫ ލިލް..’ ޔޫކީން މިފަހަރު ކައިޒަން ގެ ބޮލުގައި ޖަހާލިއެވެ. ކައިޒަން އެހުރި ގޮތަށް ހުރެ ހީނގަތެވެ. ‘އަދިވެސް އެ ލާނެތް ގޮތް ގަނޑު..’ ޔޫކިން ތުން އޫކޮށްލިއެވެ. ‘ބައި ދަ ވޭ ޔޫކިން..’ ކައިޒަން ކޭޝިއަރ ގެ އަތަށް ލާރި ކޮޅެއް ލަމުން އޭނާ ވާހަކަ ދެއްކިއެވެ. ‘ޔޫ އަށް ހީވޭތަ މިކުރެވުނީ ރަނގަޅު ކަމެއްހެން..؟’ ‘ކޮން ކަމެއް؟’ ޔޫކީން ކައުންޓަރު ކައިރީގައި ހުރި އާފަލު އަޅާފައި ހުރި ވަށިގަނޑާއި ހަމަ އަށް ދަމުން އޭނާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.
‘ނައިޒަކް އާއި އަޒަން މެން ދެމީހުން ލައްވާ ޒިވިން އާ ޒައިން އެންޑް ދެޓް އީވެލް ބްރެޓް ކައިވާން ބަލަހައްޓަން ޖެއްސުން..؟’ ކައިޒަން އޭނާގެ އޮރެންޖު ކުލައިގެ އިސްތަށިގަނޑުގައި އަތް ކާއްތާލިއެވެ. އޭނާގެ ހަމަ އެކުލައިގެ ދެލޮލުން ވަރުބަލި ކަން ފާޅުވޭވޭ ހުއްޓެވެ. ‘އަހަރެމެން ގެއާއި ދުރަށް ދިޔަތާ އަދި އެންމެ ތިން ގަޑި އިރު މި ވީ..’ ޔޫކީން އާފަލެއް ނަގާލަމުން ކައިޒަން ގެ މޫނަށް ބަލާލިއެވެ. އެދެމީހުން އެކަކު އަނެކަކާއި ހަތަރު ކަޅި ހަމަ ކޮށްލަމުން ޗޮކެއް ޖަހާލިއެވެ. ‘ވަޓް ޑެމޭޖް ކުޑް ދޭ ޕޮސިބްލީ ޑޫ..’
އޭގޮތަށް ދެ ޖިންނިން އެ އާފަލު ވަށި ގަނޑުން އާފަލު ތަކަށް ބަލަ ބަލާ ހުއްޓާ ޔޫކިންގެ ފޯނު ރިންގު ވާން ފެށިއެވެ. ފޯނުގެ ސްކްރީންގެ ކޯލަރ އައިޑީއަށް ‘އެނޯޔި ޒަން’ އަރާފައި އޮތުމުން އޭނާގެ މޫނުމަތިން ފޫހިކަމުގެ އަސަރު ކުޅެލިއެވެ. އެހުރި ގޮތަށް މޫނު ހަދައިގެން ހުރެ އޭނާ ފޯނު ނެގިއެވެ. ‘ހަލޯ..’
‘ޔޫކިން.. ޔޫކީ.. ރުޅި ނާންނަޗޭ.. އިނގޭ..؟’ ޔޫކިން ވާހަކަ ދައްކަން ހަމަ ފެށުމާއިއެކު ހެން އަޒަން އޭނާގެ ވާހަކަ މެދު ކަނޑާލިއެވެ. އޭނާ ހިންދިރުވާލިއަޑު ފޯނުގެ އަނެއް ކޮޅަށް އިވިގެން ދިޔައެވެ. ‘ވަޓް..؟’ ޔޫކިން އަށް ދެ ބުމަ ކައިރި ކޮށްލުނެވެ. ‘ރީއްޗަށް ބުނީމަ ދޯ ރުޅި- ވެއިޓް.. އެ އިވެނީ ފިލާ އަނދާ އަޑުތަ-؟’
‘އާނ.. އަމް.. އަހަރެން ދެންމެ ބުނި ގޮތަށް އަމްމް.. ޑޯންތް ގެޓް މޭޑް އޯކޭ..’ އަޒަން ހާސްވެފައިހުރެ ކެއްސާލިއެވެ. ‘ބަޓް އަމްމް.. ކައިވާން އާއި ޒައިންމެން ދެމީހުން ފާޑަކަށް އަމްމް.. އެހެމް.. ގޭގެ ވާތް ފަޅިގައި ހުރި ހަޓް ގޮއްވާލައިގެން މިއުޅެނީ.. ލައިކް.. އަމް.. ސޯޓް އޮފް އޭން އެކްސްޕްލޯޝަން..’
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

