ޖެނީ (2)
އްބޫސް އަހަރެމެންނަށް ކީއް މިކުރެވުނީ..!’ ‘އާތް މަންމާ..!’ ‘އަހަރެން ބުނީމެންނު މިކުރެވެނީ ރަނގަޅު ކަމެއް ނޫނޭ..!’
**2**
(ޖެނީގެ ނަޒަރުން)
‘އޭތި ގޮސްފިތަ،،؟’ އެތަނުން އެކަކު ވާހަކަދެއްކިއެވެ. އެދައްކަނީ އަހަރެންގެ ވާހަކަ ކަމެއް ދަނެގަންނާކަށް އަހަރެންނަށް އުނދަގުލެއް ނުވިއެވެ. ‘އަހަރެން ބުނީމެންނު އަޒަން ކައިރީގައި ގައިރޯގައި އަތް ލައިގެން ނުވާނެޔޭ..’ ‘ޒައިން ވާހަކަ ނުދައްކަ ހުރެބަ..’ ‘ތެދެކޭ.. އަހަރެމެން މަޑުން ހުރެއްޖެ ނަމަ އޭތި ގޮސްފާނެއްނުން..’ އެ ގޮތް ނޭނގޭ ތިން މީހުން ކައިރީގައި މިވަނީ ކިހިނެތްތޯ ސުވާލު ކުރަން ބޭނުން ވީ ނަމަވެސް އަހަރެން ހިޔާލު ކުރީ މަޑުން ހުންނާށެވެ. އަނެއްކާވެސް އެތަނުން މީހަކު ވާހަކަ ދެއްކިއެވެ. ‘އެ..އެ.. އެނބުރި އައި ތަނަކަށް ގޮސްފާނަންތަ..’ އޭނާގެ އަޑުގައި ބިރުވެރިކަމުގެ އަސަރު ހުއްޓެވެ. އަހަރެން ހައިރާންވެ ހުރެ ނޭވާއެއް ދޫކޮށްލީމެވެ. ‘ކައިވާންއަށް ސާބަސް.. ދެންވެސް ވާހަކަ މަދު ކޮށްބަ..’ އަހަރެންނަށް މީހަކު ވައި އަޑުން ވާހަކަ ދެއްކި އަޑު އިވުނެވެ. އެއަށްފަހު އަނެއްކާވެސް އަހަރެންނާއި އަހަރެންގެ އަތުގައި ހުރި މާވަށިގަނޑަށް ބަލާލުމަށްފަހު ބުޅަލެއް ފެނިގެން ދުއްވައިގަތް މީދާތަކެއް ފަދައިން އެމީހުން އަވަސް އަވަހަށް ދުވެފައި ގޮސް ކައިރީގައި ހުރި ފާހަނަ ތެރެއަށް ވަދެ ދޮރު ބަން ލައި ޖަހާ ތަޅުލިއެވެ. އޭރު ވެސް އެ ތިން މީހުން ދިޔައީ ވައި އަޑަކުން ވާހަކަ ދައްކަމުންނެވެ.
އަހަރެންނަށް ހުރެވުނީ އެ ހުސް ކޮޓަރިތެރޭގައި ހުއްޓުން އަރާފައެވެ. މި ވީ ކިހިނެތް ހެއްޔެވެ..؟ އަހަރެން މިހުރީ ކޮންތާކުހެއްޔެވެ..؟ އެމީހުންނަކީ ކޮންބައެއް ހެއްޔެވެ..؟ އަހަރެންގެ ސިކުނޑިތެރޭގައި މި ސުވާލުތައް އެނބުރެން ފެށިއެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. ނަމަވެސް އަހަރެންގެ ލޯ އެ އަނދިރިކަމަށް ހޭނެން ފެށުމާއިއެކުހެން ކޮންމެވެސް މީހަކު އެކޮޓަރީގެ ބޮކި ތައް ދިއްލާލިއެވެ. އެބޮކިތައް އެހާ އަލި ގަދަ ނޫނަސް މަޑު ނޫ ކުލަޔާއި ހުދު ކުލަ އެއްކޮށްލައިފައިވާ އެއަލީގެ ސަބަބުން އަނެއްކާވެސް އަހަރެންގެ ލޮލަށް އެ ކޮޓަރީގެ އަލިކަމަށް ހޭނެން މަސައްކަތް ކުރަން މަޖުބޫރު ވިއެވެ. ‘މިތާ މިވަނީ ކޮންކަމެއްތަ އަޅެފަހެ؟ އެހެންނާ މީހަކަށް ސިންގާ އެއް ފެނިގެން އުޅޭ ފަދަ ވިއްޔަ..‘ އަހަރެން އެގޮތަށް ހުއްޓިގެން ހުއްޓަ ފިރިހެނެއްގެ އަޑު ކޮޓަރިތެރޭގައި ގުގުމާލިއެވެ. އެމީހާގެ އަޑުގައި މަލާމާތުގެ އަޑު އެކުލެވިފައިވާ އިރު ހިތްހަމަ ނުޖެހުމުގެ އަސަރުވެސް ފާޅުވާން ހުއްޓެވެ. އަހަރެންނަށް ސިހުން ލިބުނީ އެމީހަކު އެކޮޓަރިއަށް ވަދެ އޭނާގެ ހިނގުމުގެ އަޑު އަހަރެންނާއި ކައިރިވާން ފެށުމުންނެވެ. ކުރާނެ ކަމެއް ނޭނގިފައި ހުރެ އަހަރެން ބިރުންހުރެ ފަހަތަށް ޖެހެންފެށީމެވެ. އޭރު އަހަރެންގެ ލޯ އެ އަލިކަމަށް ހޭނިއްޖެއެވެ. ދެ ތިން ފަހަރަކު އެސްފިޔަ ތަޅުވާލުމަށް ފަހު އަހަރެންގެ ކުރިމަތީހުރި މީހާއަށް ބަލާލީމެވެ. އެމީހާގެ ހަށިގަނޑު އިންސާނެއްގެ ހަށިގަނޑާއި މާބޮޑު ތަފާތެއް ނެތް ނަމަވެސް އެއީ އިންސާނެއް ނޫންކަން އަހަރެންނަށް ނަގައިގަނެވުނެވެ. ފުދޭވަރަކަށް ވަރުގަދަކަމެއް އެ ހަށިގަނޑަށް ލިބިފައިވާއިރު އޭނާ އަޅައިގެން ހުރި މަޑު އަޅިކުލައިގެ ހުޑީގެ އަތް ކޮޅު އޮޅާލައިފައު ވާއިރު އެ އަތުގެ ވަރުގަދަކަން ފާލުވާން ހުއްޓެވެ. އަދި އެ ފިރިހެން މީހާ ލައިގެން ހުރި ކަޅު ކުލައިގެ ބާރު ޖީންސް އިން އޭނާގެ ފިރިހެން ވަންތަ ކަން އިތުރު ކޮށްދެއެވެ. ނަމަވެސް އަހަރެންނަށް އެންމެ ކަމުދިޔައީ އޭނާގެ ދޮން މޫނެވެ. މަޑު ކޯތާފަތެއް ލިބިފައިވާ އިރު ވަރަށްވެސް ‘ޝަރޕް’ ދަތް ދޮޅިއެއް އޭނާގެ އެ މޫނު ފުރިހަމަ ކޮށްދެއެވެ. އެވަގުތު އަހަރެންނަށް އޭނާގެ ނޫ ކުލައިގެ އެ ބޮޑު ދެ ލޮލަށް ބަލާލެވުނެވެ. އެދެލޯ މަޑު އަދި ހިތްގައިމު ގޮތަކަށް ދިއްލިފައިވާއިރު އޭނާގެ ގަދަ ނޫ ކުލައިގެ އިސްތަށި ގަނޑާއި ވަރަށްވެސް ގުޅެއެވެ.
‘ވަޓް..؟’ އެމީހަކު އަހަރެންނާއި ދިމާލަށް ވާނުވާގައި ހުރެ ބަލަމުން ބުނެލިއެވެ. އޮރުކޮޅަކު އަހަރެންނާއި ދިމާލަށް ބަލަން ހުރެފައި އަހަރެން ހުއްޓިގެން ތަނާއި ފަސް ވަރަކަށް ފޫޓު ދުރުގައި ހުރި ކުޑަ މޭޒާއި ދިމާލަށް ހިނގައިގަތެވެ. އަހަރެންވެސް އެދިމާލަށް ބަލަން ހުރީމެވެ. އެވަގުތު އެމީހާ މޭޒު މަތީގައި ހުރި އެއްޗަކަށް ގުދުވެލިއެވެ. ހުދު ކުލައިގެ އެ ވަށްބުރުން ގަދަ އައްޔެއް ނިކުމެ ނިކުމެ ހުއްޓެވެ.
‘ޔޫ އިޑިއަޓްސް.. ތި މީހުން އަނެއްކާވެސް ޓެލެގައިރޯ އާއި ބެހުނީތަ؟’ މޭޒު ކައިރީ ހުރި މީހާ ހަޅޭއްލަވައިގަތެވެ. އޭރު އޭނާގެ ދެލޯ ވަރަށް ގަދަ ނޫ ކުލައަކުން ދިއްލެމުން ދިޔައެވެ. އޭނާގެ އިސްތަށިގަނޑުންވެސް ކޮންމެވެސް ވަރަކަށް އައްޔެއް ނުކުންނަމުންދިޔައެވެ. އަހަރެން އެ މީހާއާއި ދިމާލަށް ބަލާލައިފައި ޓެލެގައިރޯ އޭ އެބުނާ އެއްޗަށް ނަޒަރު ހިންގާލީމެވެ. ‘ޒިވިން އޭތި ކައިރިން ދުރައްދޭ.. އިޓް މައިޓް ޓޭކް ޔުއަރ ލައިފް..’ ފާހަނަ ތެރެއިން އެތަނުން މީހެއް ހަޅޭއްލަވައިގަތެވެ.
އަނެއްކާވެސް ނޫކުލައިގެ އިސްތަށިގަނޑު މީހާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެންގެ ގަޔަށް ތިރިން މައްޗަށް ނަޒަރު ހިންގާލުމަށް ފަހު އަހަރެންގެ އަދިވެސް ހިފައިގެން ހުރި މާވަށިގަނޑަށް ބަލާލިއެވެ. ‘ވަށިގަނޑު ބަހައްޓާ.’ އެމީހާ އަހަރެންނަށް އަމުރުވެރި ރާގަކަށް ބުނެލިއެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކު އަހަރެން ބޯހޫރައިލީމެވެ. ‘އަހަރެން ބުނީ ތީތި ބަހައްޓާށޭ..’ މިފަހަރު އޭނާ އަހަރެންނާއި ދިމާލަށް ހިނގައިގަންނަމުން އަނެއްކާވެސް އަމުރު ތަކުރާރު ކޮށްލިއެވެ. ‘އަހަރެން ކައިރއަށް އެންމެ ފިޔަވަޅެއް އަޅާލިޔަސް ތި މީހަކުގެ ފުލު ގަ މީގެއިން ޖަހާނަން..’ އެ ވަށިގަނޑު އެމީހާއާއި ދިމާލަށް ތަޅުވާލަމުން އަހަރެން ރައްދު ދިނީމެވެ. އޭނާ ބިރު ގަންނާނެ ކަމަށް އުންމީދު ކުރަމުންނެވެ. އޭނާ ހުރި ދިމާލަށް ހުއްޓެމުން ބޯ އަރި ކޮށްގެން ހުރެ މަލާމާތް ކުރާ ފަދަ ގޮތަކަށް އަހަރެންނާއި ދިމާލަށް ބަލަން ހުއްޓެވެ. އޭނާގެ ލޮލުން ނޫކުލައިގެ ވިދުމެއް ހުއްޓެވެ. އަހަރެންނަށް އޭނާ އެހުރީ ލެންސް ލައްވާގެން ނޫން ކަން ވަރަށް ފަސޭހައިން ދެނެގަނެވުނެވެ.
މިފަހަރު އަހަރެންނަށް އޭނާގެ ލޯ ވަރަށް ބޮޑަށް ދިއްލުނު ތަން ފެނުނެވެ. ކުއްލިއަކަށް އަހަރެން ހިފަހައްޓައިގެން ހުރި ވަށިގަނޑު ސަތޭކަ ކިލޯ އަށް ބަރުވި ފަދައެވެ. ލިބުނު ސިހުމުގައި އަހަރެންގެ އަތުން އެ ވަށިގަނޑު ކައްސައިގެން ވެއްޓި މެދުން ފަޅިވިއެވެ. އަހަރެންނަށް ފުންމައިގެން ދުރަށް ޖެހިގަނެވުނެވެ. އަނެއްކާވެސް އެމީހާ ވާހަކަ ދެއްކި އެވެ. ‘އޭތި އަހަރެމެންނަށް ގޮތެއް ނަހަދާނެ.. އޭއްޗަށް ތިރީސް ކިލޯ ގެ އެއްވެސް އުފުލޭ ގޮތެއް ނުވި..’ އޭނާ މޭމަތީގައި އަތް ހުރަސްކޮށްލަމުން ހިނިގަނޑެއް ޖަހާލިއެވެ. އަހަރެންނަށް ލޯބޮޑު ކޮށްލެވުނެވެ. ‘ވަ-ވަޓް؟’ އަހަރެންނަށް ވާހަކަ ދެއްކުނީ އަނގަ އޮޅި ފައެވެ. އެމީހާ.. ނުވަތަ ފިލައިގެން ތިބި ތިން މީހުން ވާހަކަ ދެއްކި ގޮތުގައި ނަމަ ޒިވިން، އަނެއްކާވެސް ބޯ އަރިކޮށްލަމުން އަހަރެންނާއި މުޚާތަބު ކުރިއެވެ. ‘އާރ ޔޫ އަ ހިއުމަން؟’ އަހަރެންނަށް ހުރެވުނީ އާގަމަދެމިފައެވެ. އެއީ ދެން ސުވާލެއް ހެއްޔެވެ.. އަހަރެން ހިތާހިތުން އޭނާއަށް ކުދި ކިޔަމުން ޒިވިން އާއި ހަތަރު ކަޅި ހަމަކޮށްލީމެވެ. ‘އަހަރެން މި ބުނީ ތީ އިންސާނެއް ހެއްޔޭ..؟ ދުނިޔޭގައި އުޅޭ ކަހަލަ؟’ މިފަހަރު އޭނާ ކެތް މަދުވެފައި ހުރެ ސުވާލު ކުރިއެވެ. އެވަގުތު ޒިވިންގެ ފަހަތުގައި ހުރި ފާހަނައިގެ ދޮރު ތަންކޮޅަކަށް ހުޅުވި ތިން މީހަކުގެ ބޯ އެތަނުން ދިއްކޮށްލިއެވެ. އެތިން މީހުންގެ އިސްތަށިގަނޑުގެ ކުލަ އަލިވެފައި ތަފާތެވެ. އެކަކު ފެހި، އަނެކަކުގެ އިސްތަށިގަނޑު ރިހި ކުލައިގައި ވާއިރު ދެން ހުރީ ރަން ކުލައިގެ އިސްތަށިގަނޑު ރަސްކަން ކުރާ މީހެކެވެ. ‘އަ-އާނ..އަހަރެން މީ އިންސާނެއް’ އަހަރެންގެ ދެ އަތް ފިނި ވިއެވެ. އަހަރެން މިހުރީ އެހެން ދުނިޔެއެއް ގައި ކަން އެނގުމުން ކަންނޭގެ އެވެ. އަހަރެން އެއްކަލަ ތިންމީހުންނާއި ދިމާލަށް ބަލާލުމާއެކު އެމީހުން އަވަސް އަވަހަށް ދޮރު ލެއްޕި އެވެ. ‘އައްދޯތް އެއީ މަގޭ އަތޭ ޒައިން.. ޔޫ ލިލް ނަޓް ހެޑް..’
‘ސަތޭކަ ޕަސެންޓް އިންސާނެއްތަ ތީ؟’ ޒިވިން ލޯ އަޅާލަމުން އަނެއްކާވެސް ސުވާލުކުރިއެވެ. ‘އެހެންވީރު ތިބުނަނީ އަހަރެން މީ ހާފް ބޯވާ އެކޭތަ؟’ އަހަރެން އަމިއްލަ ގައިގައި ބައްދާލަމުން ރުޅި މޫނު ހަދައިގެން ހުރީމެވެ. އަހަރެން މީ އިންސާނެއްނޫން ހެއްޔެވެ.
ޒިވިން ތުން އޫ ކޮށްލުމަށްފަހު ފާހަނައިގެ ދޮރާ ދިމާލަށް އެނބުރުނެވެ. ‘މި މީހުން އިންސާނެއް މިތަނަށް ގެންނަން ވެއްޖެޔޭ.. އަދި އެއީ އެހާ ބޯހަރު މީހެއް ވިއްޔަ..’ ‘ޒިވިން ދެން ރުޅި ނައިސްބަ..’ ދޮރު ތެރެއިން ވަރަށް ކުޑަ އަޑަކުން މީހަކު ވާހަކަ ދެއްކިއެވެ. އެ އަޑުން އެ މީހަކު އެހުރީ ބިރުންކަން ދަނެގަންނާކަށް އަހަރެންނަށް އުނދަގުލެއް ނުވިއެވެ. އަހަރެންވެސް ނޫ އިސްތަށިގަނޑުގެ ކުއްލި ރުޅިގަނޑު ފެނިފައި ހިންދިރުވައިލެވުނެވެ. ޒިވިން ރުޅި އައިސްފައި ހުރި އިރު އޭނާގެ ލޯ ކުރިއަށްތުރެންވެސް ގަދަޔަށް ދިއްލެމުންދިޔައެވެ.
އެވަގުތު އަހަރެންގެ ބޮލަށް އައި ފުރަތަމަ ކަމެއް ކުރަން ނިންމީމެވެ. އަވަސް އަވަހަށް އެ ކޮޓަރީގައި ހުރި ސޯފާގެ ބިއްދަށަށް ގުދުވެ ސިފައިނުން ފިރުކޭފަދައިން ފިރުކިފައި ދޮރާއި ދިހަ ފޫޓުކައިރި އަށް ދެވުނެވެ. އަހަރެންގެ ހިޔާލަކީ ފިލާތިބި މީހުނާއި ވާހަކަދައްކަން ގެއްލިފައިހުރި ޒިވިން އެގޮތަށް ވާހަކަ ދައްކަން ހުއްޓާ އޭނާ އެ ކޮޓަރިއަށް ވަން ދޮރުން ނުކުމެ އަނބުރާ އަހަރެންގެ ގެއަށް ދެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރުމެވެ.
‘ތި މީހުން ބޭނުމީ އަހަރެން ރުޅި ނާންނާކަންނު.. މިގޮތް ކިހިނެތް ވާނެ.. ތިން ހަފްތާ ވަނދެން އަހަރެންގެ ހުރިހާ ކަމެއް ދެން ބަލަހައްޓަން ޖެހޭނީ ތި ތިން މީހުން..’ ޒިވިން މިފަހަރު އަޑަށް ބާރު ލާފައި އެމީހުން ތިބި ދޮރުގައި ބާރުބާރަށް އަތުން ޖެހިއެވެ. ‘އާހް.. ދެން ނޫން..’
މިމީހުންނަކީ ހަމައަށް ވިސްނޭބައެއް ވެސް ނޫން.. އަހަރެން މިގޮތަށް ހިތަށް އަރުވަމުން ދޮރުން ބޭރަށް ދުއްވައިގަންނަން ތައްޔާރުވީމެވެ. ދޮރުން ބޭރުގައި ކޮންމެ ފަދަ އެއްޗެއް ހުއްޓަސް އަހަރެންނަށް ހެވެ. ކޮޓަރީގައި ޒުވާބު ކުރަމުން ދިޔަ އެ ހަތަރު މީހުންނާއި ވީހާވެސް ދުރަށް ދެވުމުން އެނިމުނީއެވެ.
އެކެއް…
‘އަހަރެން ޒިވިން އަށްވުރެއް ދޮށީ ވާނެ..އެހެންމަ އަހަރެންނަށް ރެސްޕެކްޓް ކުރަން ޖެހޭނެ.. އެންޑް އަހަރެން ޒިވިން އާއި ޒައިން އާއި ކައިވާން ބަލާބޮޑު ކުރީ.. އައި ލިޓަރަލީ ރެއޒްޑް ޔޫ އެންޑް ދިސް އިޒް ވަޓް އައި ގެޓް އިން ރިޓަރން؟’
ދޭއް…
‘ތިހެން ވީރު ޖިޔާން އަށް ލިބިފައި ތި އޮތް ސިކުނޑި ރަނގަޅު ގޮތުގައި ބޭނުން ކުރާން ވީނުން.. ޔޫ ޔޫޒް އިޓް ފޯރ ޑޭޑް ޖޯކްސް އެންޑެ ޔުއަރ އޯން ބިއުޓީ.. އެގޮތަށް ކަންތަށް ނުކުރާނަމަ އަހަރެން ބޮޑަށް ‘ރެސްޕެކްޓް’ ކުރާނެންނު.. ދޮށީ ޖިޔާން..’ ޒިވިން އަނެއްކާވެސް ވާހަކަދެއްކިއެވެ.
ތިނެއް..!
އަހަރެން ކޮށިން ދޫކޮށްލި ކުކުޅެއް ފަދައިން ފަޔަށް ލެވުނުހާ ބާރެއް ލައިފައި ދޮރާއިދިމާލަށް ދުއްވައިގަތެވެ. އެވެސް މީހަކު އެކޮޓަރިއަށް ވަން ވަގުތުގައެވެ.
‘އާހް..’ އަހަރެން އެމީހާގެ ގައިގައި ޖެހުމާއެކު އެމީހާއަށާއި އަހަރެންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަހަރެމެން ދެމީހުންނަށްވެސް ތިބެވުނީ ބިންމައްޗަށް ދެމިގަނެވިފައެވެ. އަލަށް ވަން މީހާ ބޮލުގެ އެއް ފަރާތުގައި ފިރުމާލުމަށްފަހު އަހަރެންނަށް ނަޒަރު ހުއްޓާލުމާއެކު އޭނާގެ ލޯ ތަން މިނަށް ބޮޑުވެގެން ދިޔައެވެ. ‘މި..މި.. އިޒް ދެޓް ވަޓް އައި ތިންކް އިޓް އިޒް؟؟’ އެމީހާ އެގޮތަށް ހުރެ އަޑުކެނޑިކެނޑިގެން ވާހަކަ ދެއްކިއެވެ. އޭނާގެ ހުދު އިސްތަށިގަނޑުގައި ފިރުމައިލަމުން އޭނާ އިން ތަނުން ކޮޅަށް ތެދުވެ އަނެއްކާވެސް އޭނާގެ އިސްތަށިގަނޑު އަތުން ހާވާލިއެވެ. އޭނާގެ އެ ހުދު ކުލައިގެ އިސްތަށި ގަނޑު އޭނާގެ އަޅި ކުލައިގެ ލޮލާއި ވަރަށް ވެސް ގުޅެއެވެ.
އަހަރެން އޭނާގެ ލޮލުން ނަޒަރުވަކި ކޮށްލަމުން އަވަސް އަވަހަށް ފަހަތަށް ޖެހެން ފެށީމެވެ.
‘ނައިޒަކް..!’ ފާހަނައިގެ ދޮރު ކުއްލި އަކަށް ހުޅުވި ކުރިން އެތަނަށް ވަދެގެން ތިބި ތިން މީހުން އަވަސް އަވަހަށް ކޮޓަރިތެރެއަށް ދެމުނެވެ. ‘އަ-އައި ކެން އެކްސްޕްލެއިން..’ އެވަގުތު ޒިވިން އެމީހުންނާއި ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. ‘ޒައިން، ކައިވާންއަދި ޖިޔާންމެން ތިން މީހުންވެގެން ނައިޒަކް އެމީހުންނަށް ދިން ޓެލެގައިރޯ އާއި ކުޅެން ހަދާގެން އިންސިއެއް މިތަނަށް ސަމަން ކުރީ..’
‘އަސްލު ޖިޔާން ޓެލެސްޕެލް ގަ ހުރި ބަސްތަށް ގައިރޯ ކުރިމަތީގައި ކީ..’ އެތަނުން އެކަކު، ރަން ކުލައިގެ އިސްތަށިގަނޑެއް ލައިފައި ހުރި މީހާ ބިރުން ހުރެ ވީ ގޮތް އޮޅުން ފިލުވައިދޭން މަސައްކަތް ކުރިއެވެ. އޭރު އޭނާ ދިޔައީ ޒިވިންގެ ‘ޑެޑްލީ’ ބެލުމުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަމުންނެވެ. އަހަރެން އެ ފަސް މީހުންގެ މޫނުތަކަށް ވަކި ވަކިން ބަލާލީމެވެ. އެފަސް މީހުންނަކީވެސް ވަރަށް’ހޭންޑްސަމް’ މީހުންނެވެ.
ރިހި ކުލައިގެ އިސްތަށިގަނޑު ލީ މީހާ ހުދު އިސްތަށިގަނޑު ލީ މީހާ ކައިރިއަށް ގޮސް ފައި ރުޅި މޫނު ހަދާލިއެވެ. ‘ކޮންމެސް ކުއްޖަކު މިއަދުން ފެށިގެން އަމިއްލަ ހެދުންތައް ދޮންނަން ތިން ހަފްތާ ހޭދަ ކުރަން ޖެހިއްޖެ ކަންނޭގެ..’ ރިހި އިސްތަށިގަނޑު މީހަކަށް ކިރިޔާ އަޑު އިވޭ ވަރަށް ބުނެލިއެވެ. ‘ކޮކޮނަޓް ހެޑް..’
‘ޕިސް ޕިސް ދެން ދޯ.. މި ޒުވާބު ނިންމާލާފަ މިކަން ހައްލު ކުރަން މަސައްކަތް ކުރަން ހިނގާ.. އެހެންނޫނީ ކަމެއް ގޯސް ވެދާނެ..’ ހުދު އިސްތަށިގަނޑު ލީ މީހާ ދެ އަތް މައްޗަށް ނަގާ ވާހަކަ ދައްކަން ފެށުމުން ބާކީ ތިބި އެންމެން ހައްޕު ކިޔައިގެން ތިރި ބަލަން ފެށިއެވެ.
*ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

