Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 39

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
December 11, 2020 3 Mins Read
3 Comments

“ހިނގާދާން އެހެރަ ގަސްތަކުގެ ހިޔަލަށް.” ކުރިމަތީގައިވާ ހިޔާގަނޑު ދައްކާލަމުން ފަހުދު އަފީފާއާ އެކު ހިނގައިގަތެވެ.

އަފީފާއާއެކު ފަހުދު ކުރިޔަށް ހިނގަމުން ދިޔައީ ފަޚުރުވެރި ކަމާއިއެކުއެވެ. އެތައް ދުވަހެން ވަންދެން ފޮރުވައިގެން އުޅުނު ގޮތްނޭނގޭ ހަޤީގަތް އަފީފާގެ ދުލުން ބޭރުކޮށްލާނެ ދުވަހަކަށް ފަހަދު ކުރީ އަމަށަކު އިންތިޒާރެއް ނޫނެވެ.

އަފީފާ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނޭނގުނަސް ފަހުދުގެ ވިސްނުމާއި ޚިޔާލު އެކިފަހަރު އެކިގޮތަށް ބަދަލުވެއެވެ. މާ ފަޚުރުވެރި ކަމާއެކު ހިނގަމުން ދިޔަސް ބައެއް ފަހަރަށް ފަހުދަށް ވިސްނެނީ އަފީފާ ކޮންމެސް މޮޅުއެއްޗެއް ބުނެލަފާނެތީއެވެ. ގިނަފަހަރަށް އަފީފާއަކީ ފަހުދަށް ވަށްބަހުން މަލާމާތްކޮށްލަން ކެރޭ ހަމައެކަނި އަންހެނާއެވެ. އަފީފާގެ ވާހަކަތަކުން ގިނަ ފަހަރަށް ފަހުދުގެ އަމިއްލަ ނަފްސުވަނީ އަފީފާއާ ސިއްރުން ނަމަވެސް ލަދުގަނެފައެވެ.

އެހެން ނަމަވެސް ފަހުދު މިވަގުތު ބޭނުންވަނީ އަފީފާއަށް ފުރުޞަތު ދޭށެވެ. ފަހަރެއްގައި އަފީފާގެ ވަރީގެ ސަބަބުން ފަހުދާ ހިއްސާ ކޮށްލަން ބޭނުންވާ ވާހަކަ ތަކެއް ހުރީ ކަމަށް ފަހުދު އުންމީދު ކުރިއެވެ.

ޚަދީޖާގެ އަތް މަޑުމަޑުން މަސައްކަތް ކޮށްލިއެވެ. އަމިއްލަ ދެލޮލުން އޮހޮރިގެން ދިޔަ ފެން ތިކިތައް އޭނާގެ އަތުގެ ނުފުށުން ފޮހެލުމަށެވެ. އަނެއްކާވެސް ހިނދުކޮޅަކަށް ދެލޯ މަރާލީ މާޒީގެ ޞަފްޙާތަކަށް ތަން ދެމުންނެވެ.

“އަހަރެންގެ ނުރުހުމުގަ ސަމީރު ތިކައިވެނި ކުރަން ބޭނުމިއްޔާ އަވަހަށްދޭ.. މިގޭގަ އުޅެން ހިތުވެސް ނުލާތި. އަހަރެންނާ ދެކޮޅުހަދާފަ ދަންޏާ އަހަރެން ދުޢާ ކުރާނަން ކަލެޔަށް ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް ނުދައްކަވާތޯ! ކަލޭ ބައްޕަ ގޯތީގަހުރި މީހުން ނޫޅޭ ގެގަނޑުގަ ގޮސް އުޅޭ. މިއަދު އަހަންނަށް ދިން ފައިސާތައް ދެން ބޭނުން ކުރަންޖެހޭނީ ކަލޭ. އަހަރެންގެ ކުރިމަތިން ދޭ އެ ފައިސާތައް ހިފައިން.. ކަލޭގެ ފައިސާއާ އެހީއެއްގަ އަހަރެން ޖެހެން ޖެހިދާނެ ކަމަށް ހީވެސް ނުކުރާތި.” ޚަދީޖާގެ ވާހަކަ ނިންމާލީ އެހިސާބުންނެވެ.

ޚަދީޖާ ބާއްވާފައިވާ އެނދު ކައިރީ ގޮނޑިއެއްގައި އިން ސަމީރަށް ކުރަމުން ދިޔައީ ފުން އަސަރެކެވެ. އޭނަގެ މަންމަގެ ދެލޯ އެހާވަރުގެ ހިތާމައެއް ކުރާތަން ފެންނާތީއެވެ. ޚަދީޖާގެ ލޮލުން އޮހޮރެމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއްގާ ފޮރުވިފައިވާ ސިއްރު ހޯދަން ސަމީރު އިނީ ކެތްތެރިކަން ކޮޅުން ލާފައެވެ. އޮޕްރޭޝަނަށް ހުރިހާ ތައްޔާރީއެއް ވެވުމުގެ އުފާ ލިބުނު ވަގުތު ޚަދީޖާގެ ޖަޒްބާތުތަކާ ކުޅެމުން ދަނީ ކޮން ސިއްރެއްބާއޭ ސަމީރުގެ ހިތަށް އެރިއެވެ.

އެއްވެސް ވާހަކަ އެއް ނުދައްކާން ސަމީރު އިނީ މަންމަގެ އެދުން ފުރިހަމަ ކޮށްދިނުމުގެ ނިޔަތުގައެވެ. ޚަދީޖާގެ މުށުތެރޭގައިވާ ކުޑަ ރުމާ ނަގާ އެއިން ދެލޯ ފޮހެލިއެވެ. އެ ދެލޮލުން ފޭބި ހަމަ ކޮންމެ ކަރުނަ ތިއްކެއް އިސާހިތަކު އެ ރުމާ ތެރެއަށް ވަންނަމުން އޭގެ ތެރެއަށް ފެތުރިގަތީ ދާދި އަވަހަށެވެ.

“ސަ.. ސަމީރު.. ދަ. ދަރިފުޅާ! ދައްކަބަލަ އަތް..”

ޚަދީޖާގެ އަޑު އިވުމުން ސަމީރަށް ދިރުމެއް ލިބުނެވެ. އަދި އަވަސް އަވަހަށް މަންމަގެ އަތުގާ ސަމީރު އަތް ޖައްސާލިއެވެ.

“އަހަންނަށް މަންމައެއްގެ މަޤާމު އޮޅިނީ އޭރު.. މަންމައެއްގެ ދަރަޖައާ ދަރިއެއްގެ ނިޢުމަތަށް ފުރަގަސް ދެވުނު މީހެއް އަހަންނަކީ… އޭރު އަހަރެން ހީކުރީ ހާމިދުގެ ދެކުދިން އަހަރެން ބަލާނެކަމަށް. އެކަމަކު ހާމިދުއާ ވަރިވާން ޖެހުނު މައްސަލައިގަ އަހަރެން ދެކެ ރުޅިއައިސްގެން ކޮށްޕާލީމަ ވެއްޓި ލިބުނު އަނިޔާގެ ސަބަބުން އަހަރެންގެ މި ލޮލުގެ ފެނުން ދިޔައީ.. އަހަރެން މިއަދު ވަރަށް ދެރަވޭ.. އަހަންނަށް ބުނެވުނު ހަނދާންވޭ.. އަހަރެންގެ ލޯ އަނދިރި ވިޔަސް ސަމީރުގެ އެހީއަށް ނޭދޭނަމޭ.. އަހަންނަށް ބުނެވުނު ހަނދާންވޭ.. އެފަދަ ދުވަހަކުން އަހަންނަށް އަޅާލާނީ އެކުދިންނޭ. އެކަމު މިއަދު އެކުދިންވެސް އަހަރެންގެ ހާލެއް ނުބަލާ.. އެމީހުނަށް ރަނގަޅުވީ އެމީހުންގެ ބައްޕަ..” ޚަދީޖާ ބުނާކަހަލައެވެ. ސަމީރުގެ އަތުން މިހާރު ދޫކޮށްލަން ދުވަހަކުވެސް އޭނާ ބޭނުމެއް ނޫނެވެ.

“އެކަމަކު ބަލާބަލަ އަހަންނާ ދޭތެރޭ ކަންތައް ރޭވި ނިމި ދިޔަގޮތް.. އަހަރެން މިއަދު ލަދުގަނޭ އަހަންނަށް މިގޮތް މެދުވެރި ވީމަވެސް.. އަހަރެން ބުނިންދޯ އެދުވަހު ފަރީދާއާ އޭނަގެ އާއިލާގެ އެހީއާ ފައިސާގަ އަހަރެން ޖެހޭނެ ކަމަށް ހީނުކުރާށޭ..”

“އެކަމަކު.. އެކަމަކު އަހަރެންގެ މުޅި ފުރާނައާ ހަނގުރާމަ ކުރަން މިޖެހުނީ ފަރީދާގެ ދޮންތަ ދޭ ފައިސާއިން.. ފަރީދާގެ ކިބައިން މާފަށް އެދެން އަހަރެންނަށް ދެން ކުރެވޭނީވެސް ވަކި ކޮންކަމެއް؟”

ރުއިމުގެ ވޭނީ އާހް ތަަކާއެކު ޚަދީޖާ ދިޔައީ ސަމީރުގެ ކުރިމަތީ ކުޑަ ކަކޫ ޖެހިފައިވާ މީހެއް ފަދައިން މަޢާފަށް އެދެމުންނެވެ.

“ސަމީރު.. މިއޮތީ އަހަރެން ސަމީރަށްދޭ އެންމެ ފަހުގެ ހަދިޔާކަމަށް ހީކޮށްލާ.. ބުނީމެއްނު ސަމީރުގެ ޙާލަށްޓަކާ ޙަމްދަރުދީގެ އެންމެ ކަރުތިއްކެއްވެސް ވައްޓާލަދޭށޭ.. މިއޮތީ.. މި ރުމާލުގެ ތެރެއަށް ސަމީރު ބޭނުންވިކަހަލަ އެތައް ކަރުނަތިއްކެއް މިހާރުވާނީ ޙަމްދަރުދީގެ ދަރުބާރުގަ ޤައިދުވެފަ.”

“ބުނީމެއްނު މުޅި އުމުރަށްވެސް އެފަދަ އެންމެ ކަރުނަ ތިއްކެއްވެސް ފޮރުވާނަމޭ..” ޚަދީޖާގެ ހިތުގެ އެންމެ ފުންމިނަށް ވަނީ އަސަރުކޮށްފައެވެ.

ސަމީރު ދައްކާފައިވާ ކޮންމެ ވާހަކައެއް ޚަދީޖާގެ ދުވަސްވީ ހިތުތެރޭގާ ތާޒާ ކަންމަތީ ހުރެދާނެ ކަމަށް ފަހަރެއްގަވެސް ސަމީރު ހިއެއް ނުކުރެއެވެ. ސަމީރަށް ހައިރާން ވެފައި އިނދެވުނީ އެ ސަބަބަށްޓަކައެވެ. ސަމީރުގެ ހިތުގައި މިހާރު ނެތް އެތަށް ވާހަކަތަކެއް އެ މަންމަގެ ދުލުން ބޭރުކޮށް ލުމުންނެވެ. ތެދެކެވެ. ސަމީރުވަނީ މިދުވަހަށްޓަކާ އެތައް އިންތިޒާރެއް ކޮށްފައެވެ.

– ނުނިމެ –

——————-*******——–
އިމްތިޙާން 40 ވަނަ ބައިގައި ??

“ސީމައްތާ! ތިދެއްކި ހުރިހާ ވާހަކައެއް އަހަންނަށްވެސް އަޑު އިވިއްޖެ. އަހަރެން މިހާރު މިހިރީ މީހަކާ އިންނަ ޢުމުރަށް ގޮސްފަ. ދައްތަ ތިދެއްކި ވާހަކައަށް އަހަރެން ގޮތެއް ނިންމައިފިން. އަހަރެންގެ ނިންމުން ކޮންމެގޮތަކަށް ވިޔަސް އަހަރެން އުންމީދު ކުރަން ސީމައްތައާ މޫސަބެ އަހަންނަށް މަޢާފް ކުރާނެ ކަމަށް… އަދި އަހަރެން ވަރަށް އުފާވާނެ އަހަރެންގެ މި ނިންމުމަށް ތިދެމަފިރިން އިޙްތިރާމް ކޮށްފިއްޔާ” މޫސަގެ އަތުގަ ހިފައިން ކޮޓަރި ތެރެއަށް ވަންނަމުން ފާއިދު ބުނެލި ޖުމްލައިން ސީމާއާ ތުގާގެ އިތުރުން މޫސަވެސް ހައިރާން ވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ހިތި ނިމުން 20

Next

ނޭދެމޭ ވަކިވުމެއް-34

Next
December 11, 2020

ނޭދެމޭ ވަކިވުމެއް-34

Previews
December 10, 2020

ހިތި ނިމުން 20

3 Comments!

  1. Naa says:
    December 11, 2020 at 8:50 am

    Faaidh beynumy thugaa aa innan kanneyge. Waiting forthe next episode curiously

    1. Shaleen says:
      December 11, 2020 at 2:35 pm

      Furathamaves bunelaanee log in kuravvaigen mi vaahaka ah comment eh kolleema aslu shaleen v ufaavejjey ?? ehenveema v bodah shukuriyya.

      Dhen mi comment ge khaasa kamakee vaahaka ah guess kollaafa ineema . ??

      Hey Naa!!!
      let’s c dhen mi vaan ulheny kihineitho balaalan
      Hehe
      Again thanks for the C?mment

  2. Shaleen says:
    December 11, 2020 at 2:35 pm

    Furathamaves bunelaanee log in kuravvaigen mi vaahaka ah comment eh kolleema aslu shaleen v ufaavejjey ?? ehenveema v bodah shukuriyya.

    Dhen mi comment ge khaasa kamakee vaahaka ah guess kollaafa ineema . ??

    Hey Naa!!!
    let’s c dhen mi vaan ulheny kihineitho balaalan
    Hehe
    Again thanks for the C?mment

Comments are closed.

Next Episodeއިމްތިޙާން 40←


All Right Reserved!