Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 13

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
December 10, 2020 5 Mins Read
1 Comment

މިއަދު ވެސް ހުރިހާ ކުދިން ބައްދަލު ވީ ސްކޫލް ގޭޓު ދޮށުންނެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި ތިބެ ސަކަރާތް ޖަހަމުން ދިޔައިރު އެކަކު ވެސް އެއްޔެ ހިނގާ ދިޔަ ހާދިސާ ހަނދާން ނެތް ކަހަލައެވެ. އެކަމަކު ޙަޤީޤަތަކީ އެއީ އެއް ނޫނެވެ.

އެ ހާދިސާ އަށް ފަހު ތާރާގެ ސިކުނޑި ތެރޭގައި އެނބުރެނީ ހުސް އެޔެވެ.

ކިޔާންގެ ހާލަކީ ތޯއެވެ؟ އޭނާގެ ސިކުނޑި ތެރޭގައި އަދިވެސް އެނބުރެމުން ދިޔައީ ތާރާ ހީހީފައި އެ އާ ފިރިހެން ކުއްޖާ އާއި ވާހަކަ ދައްކާ މަންޒަރެވެ. ކޮންމެ ފަހަރަކު އެ ހަނދާން ވާއިރަށް އޭނާގެ ހިތު ތެރޭގައި ވާ ހައިޖާނުގަނޑު ބޮޑުވެއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ކެތްކުރަމުން ދިޔައީ އޭނާގެ މަގުސަދު ހަނދާން ކޮށްފައެވެ.

 

ތާރާ އާއި ކިޔާންގެ މި ދުރުމިން ފެނިފައި ޖައިލަމް ހުރީ އުނދަގޫ ވެފައެވެ. ބައެއްފަހަރު ކިޔާންއަށް ހަމަބުއްދި  ލިބެންދެން އޭނާގެ ބޮލުގައި ލަޓިބުރިއަކުން ބާރަށް ޖަހާފާނަމޭ ވެސް ހިތަށް އަރައެވެ. އެދެމީހުން އެހާ ދުރު ދުރުން އުޅޭހާ ހިނދަކު ޖައިލަމަށް ހަމަ ނޭވާއެއް ނުލެވޭނެކަން އޭނާއަށް ވަރަށް ރަނގަޅަށް އިނގެއެވެ.

ޖައިލަމް ތާރާ ގާތު ކިޔާނަކީ ފަހަރުގައި ތާރާއަށް އެންމެ އެކަށޭނެ ޒުވާނާ ނޫން ކަމަށް ބުންޏަސް، ޖައިލަމް އަމިއްލަ ނަފްސަކަށް އެކަމެއް ގަބޫލެއް ނުކުރެވެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ތާރާއަށް އެންމެ އެކަށޭނެ އަދި އެންމެ ގުޅޭ ޒުވާނަކީ ކިޔާނެވެ. އަދި ކިޔާނަށް ތާރާއެވެ.

އޭނާ ގަބޫލުކުރާ ގަބޫލު ކުރުމަށް ހެއްކެއްގެ ގޮތުގައި އޭނާ ގަބޫލުކުރަނީ ކިޔާނާއި ތާރާގެ ލޮލުގައި ވާ ލޯތްބެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް ސިއްރު ސިއްރުން ވަށްކަޅިން ބަލާ ބެލުން ތަކެވެ.

އެއީ ލޯބި ނޫނީ ނުވާނެ ނޫން ހެއްޔެވެ؟

ޖައިލަމް އަޒުމް ކަނޑައެޅިއެވެ. ކިތަންމެ ވަރެއް ކޮށްފައިވެސް އޭނާ ކިޔާނަށް ހަމަ ވިސްނާ ދޭނެއެވެ. ނަމަވެސް އޭގެ ފަހުން ކިޔާނަށް ފުރުސަތެއް ދިނުމާއި ނުދިނުމަކީ ތާރާގެ ކަމެކެވެ. އެހިސާބުން އެދެމީހުން އެދެމީހުންގެ އަމިއްލަ އަތްމައްޗަށް އޭނާ ދޫކޮށްލާނީއެވެ. ދިރިއުޅުމުގައި އަޅާނެ ފިޔަވަޅު އެހިސާބުން ނިންމާނީ އެމީހަކު އަމިއްލައަށެވެ.

 

ބެލް އެޅުމުން ހުރިހާ ކުދިން އެކުގައި ސްކޫލަށް ވަނެވެ. އަދި އެކުއްޖަކު އެ ކުއްޖެއްގެ ކުލާހަށް ދާން ހިނގައިގަތެވެ.

ތާރާ މާޒިން ކައިރީގައި އިށީނުމާއެކު މާޒިން ކޮންމެވެސް ވާހަކައެއް ދައްކަން ފެށިއެވެ. ތާރާ އޭނާ ކިޔަމުން ދިޔަ އެއްޗެއްސަށް ބޯ ޖަހަމުން ދިޔައިރު ދޭތެރެ ދޭތެރެ ހީލުމަށްފަހު ރައްދެއް ދޭނެއެވެ.

ސަމާ އާއި ޔުކްތާ ވެސް އެކުދިންގެ އާ އެކުވެރިންނާ ވާހަކަ ދައްކަމުން ދިޔައެވެ.

 

“ކަލޭ ކޯއްޗެއް ހީކޮށްގެންތަ ތިތާ ތީނީ؟”

 

ކުއްލިއަކަށް އަންހެން ކުއްޖަކު ބާރަށް ބުނި އަޑު އިވުމުން ތާރާމެން ވާހަކަ މެދު ކަނޑާލަމުން ފަސް އެނބުރި ބަލާލި އެވެ. އޭރު ވަނާތަށް އެނގޭނެހެން ދެވަނަ ހަންގަނޑެއްހެން ގަޔަށް ހިފާފައިވާ ޔުނީފޯރމެއް ލައިގެން ހުރި އަންހެން ކުއްޖަކު ރުޅިއައިސްގެން ހުއްޓެވެ.

އެކުއްޖާ ތާރާމެނާއި ތަންކޮޅެއް ދުރުގައި އިށީނދެގެން އިން އަންހެން ކުއްޖާގެ ޔުނީފޯރމްގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރެ އެކުއްޖާ އާއި ދިމާއަށް ހަޅޭއްލަވަމުން ދިޔައެވެ. އޭރު ގޮނޑީގައި އިން ކުއްޖާ ބިރުން ވިރެނީއެވެ.

“ހަމަ މިހާރު ތެދުވޭ! ތީ އަހަރެން އިންނަ ތަން! މަ އަތުން ބޮނޑިއެއް ބޯން ނޫޅެ ތެދުވޭ!”

 

ތާރާއަށް އެކުއްޖާގެ ބޮޑާކަން ފެނިފައި ހިތްހަމަނުޖެހެވުނެވެ. އަދި ގޮނޑިން ތެދުވިއެވެ.

 

“ތި ގޯނޑީގައި ތީނަގެ ނަން ޖަހާފައި އިން ކަމަކަށް އަހަރެން ނުދެނެހުރިން.” އެންމެފަހުން ތާރާ ނުހުރެވިގެން ބުންޏެވެ. އެއާއެކު ހުރިހާ ކުދިން ހައިރާންވެފައި ތާރާއާއި ދިމާއަށް ބަލާލިއެވެ.

ތާރާ މަޑު ހިނގުމެއްގައި ގޮސް އެ ބޮޑާ އަންހެން ކުއްޖާ އާއި އާރާ ހަމަ ކުރިއެވެ. އެކުއްޖާގެ ބެޖުގައި ޖަހާފައި އިން ޓެގު ކޮޅަށް ބަލާލިއެވެ. އެ ޓެގުކޮޅުގައި އައިޝަތު އެލީނާ، ސްކޫލް ވައިސް ޕްރެޒިޑެންޓް ޖަހާފައި އިންތަން ފެނުނެވެ.

 

“އައިޝަތު އެލީނާގެ ނަން ޖަހާފައި އިންތަން އަހަންނެއް ނުދެކެން.” ތާރާ އެލީނާގެ އަތް އަނެއްކުއްޖާގެ ގިރުވާނުން ނައްޓުވަމުން ބުނެލިއެވެ. ވަގުތުން އެކުއްޖާ ތެދުވެގެން އެހެން ގޮނޑިއަކަށް ބަދަލުވިއެވެ.

“މީހަކު ތިމާ ބޭނުންވާ ތަނުގައި އިށީނުމުން ލޮލަށް ބޮލަށް އަރާ ކުކުޅެއް ހެން އުޅޭކަށް ނުޖެހެ. ރީއްޗަށް ބުނީމަ ނިމުނީ.” ތާރާ ދެން ވެސް ބުނެލިއެވެ. އޭރު އެލީނާގެ ދެލޮލުން ދިލަކަނި ބުރާ ކަހަލައެވެ.

“ކަލޭ މާ ފެންވަރު މަތިވެގެން ނޫޅޭ އިނގޭ!” އެލީނާ އައި ރުޅީގައި އަތް ނަގައި ތާރާގެ މޫނުމަތީގައި ޖަހަން އުޅުނެވެ. ނަމަވެސް ތާރާ ހުޝިޔާރު ކަމާއެކު އެ އަތުގެ މުލައްދަނޑީގައި ހިފާ މަތަކުރިއެވެ.

“އަހަރެންތަ ފެންވަރު މަތިވެގެން އުޅެނީ؟ ނުވަތަ އެލީނާތަ؟ އަހަރެން ނޫޅެމޭ ގޮނޑިއަކާ ހެދި މީހުންގެ ލޮލަށް ބޮލަށް އަރާކަށް!” ތާރާ އެލީނާގެ އަތް ހޫރާލަމުން ބުނެލިއެވެ.

 

“ކަލޭ ކިޔާން މެނާ ވާހަކަ ދެއްކޭތީ ފޮނި ނުވޭ އިނގޭ! އެމީހުން އެއީ އަހަރެންގެ ޙައްޤެއް. ކަލޭ ކޮންމެހެން މި ސްކޫލަށް ވަދެ ގަނެގެން އެމީހުން އަހަރުންގެ އަތުން އަތުލަން ނޫޅޭ އިނގޭ!” އެލީނާ ހަޅޭއްލަވައިގަތެވެ.

“ވާވާ! މަޢުލޫ ބަދަލު ކުރަން ވަރަށް މޮޅު. އެކަމަކު ބުނަންތަ ރީތި ވާހަކައެއް؟ ކިޔާން ފަހަރުގެ އެލީނާގެ ފަހަތުން ހިނގައި ދާނެ. އެކަމަކު އީކަން އާ ޖައިލަމެއް ނުދާނެ ކަތުވަޅިއަކުން ބޯ މެދުން ފަޅިކޮށްލިޔަސް. އެއީ ކަލޭ ކަހަލަ ކަޓު މީހުން ފަހަތުން އުޅޭ ބައެއް ނޫނޭ!” ތާރާ ވެސް ގޮތްދުލެއް ނުކުރިއެވެ.

“ހަހް! މާ ދަންނަ ކަމަށް ހެދޭނެ ކަމެއް ނެތް، ވަނަބީ ގަރލް!”

 

“ޔޫ ވިލް ބީ ސަޕްރައިޒްޑް އަހަރެންނަށް އެމީހުންނާ ބެހޭގޮތުން ދަންނަ ވަރު އިނގޭނަމަ.” އެއް މިޔަކަނުން ހީލަމުން ތާރާ ބުނެލިއެވެ. އަދި އެލީނާ އަށް ފުރަގަސްދެމުން އޭނާ ކުރިން އިން ސީޓަށް މާޒިން ކާރިއަށް ބަދަލުވިއެވެ.

 

“ބިޗް!!!” އެލީނާ ހަޅޭއްލަވައި ގަންނަމުން އެއްކަލަ ކުއްޖާ އިން ގޮނޑީގައި އިށީނެވެ.

“އޮހް ހަނީ! އައި ނޯ އައިމް އެ ބިޗް. އެން އައި ލައިކް އިޓް ހިޔަރ ވިތައުޓް ޔޫ!” ތާރާ ރައްދު ދިނެވެ.

“ޔޫ ވިލް ރެގްރެޓް ކްރޮސިން ޕެތް ވިތް މީ.” އެލީނާ ހަޅޭއްލަވައި ގަތެވެ.

“އެން ޔޫ ވިލް ރެގްރެޓް އަންޑަރއެސްޓިމޭޓިންގ މީ!” ތާރާ ބުނެލިއެވެ.

 

…………………

 

ވައި ޑިޑް ޔޫ ޑޫ ދެޓް؟” ޔުކްތާ ތާރާ ގާތު އެހިއެވެ. “ވެލް އައިމް ނޮޓް ގޮނާ ސިޓް ލައިކް އެ ޕޮޓޭޓޯ އެ އުޅޭ އެލީ އެއް ބެލީ އެއް އެހެން މީހުންނާ ބުލީ ކުރާ އިރަކު. ހީވަނީ ތިމާ ސްކޫލް ވައިސް ޕްރެޒިޑެންޓަށް ވީމަ ދެން ރަސްކަން ކުރަންވީ ހެން ވިއްޔަ. ހުއް.” ތާރާ އަދިވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ.

“ޔޫ ނޯ ވަޓް؟ އައި ވޮޒްންޓް ސަޕްރައިޒްޑް ވެން ޔޫ ޑިޑް ދެޓް. ރަށު ސްކޫލްގަ އުޅުން ޒިދްނާ މެން ވެސް ކުދިންނާ އެގޮތަށް ބުލީ ކުރަންޏާ ތާ ނުހުންނާނެ މަޑަކުން.” ސަމާ ހީލަމުން ބުނެލިއެވެ.

“އެހެން ދޯ ވާނީ. މާ ގޮތްބޮޑު ވެގެން އޭނާ އުޅެންޏާ.” ތާރާ ބުނެލިއެވެ.

 

އެކުދިން ލަންޗްރޫމަށް ވަންނަން ފިޔަވަޅު ނެގިތަނާ ކުރިމައްޗަށް އައިސް ހުއްޓުނީ އެއްކަލަ އެލީނާ އެވެ.

“އެހާ އަވަހަށް ހަނދާން ނެތުނީތަ؟ އަހަރެން ބުނިން ދޯ އައި ވިލް މޭކް ޔޫ ރެގްރެޓް އޭ.” އޭނާ އެއްމިޔަކަނުން ހީލިއެވެ. “އެން އައި ސެއިޑް ޔޫ މައި ޑިއަރެސްޓް އެލީނާ ވިލް ރެގްރެޓް އަންޑަރއެސްޓިމޭޓިންގ މީ.” ތާރާ ވެސް ބުނެލިއެވެ.

“ތާ. ލެޓްސް ގޯ.” ލަންޗް ރޫމްގައި ތިބި ހުރިހާ ކުދިންގެ އަމާޒު އެދިމާއަށް ހުއްޓެމުން ދިޔުމުން ސަމާ ބުނެލިއެވެ. އަދި ތާރާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަން އުޅުނެވެ. ނަމަވެސް އެލީނާގެ އެކުވެރި ކުދިންތައް އެކުދިންގެ ކުރިމައްޗަށް އަރައި މަގު ބަންދު ކޮށްލިއެވެ.

 

“ކޮންތާކަށް ތިހާ އަވަހަށް ދާކަށް؟ ޝޯވ އަދި ނުވެސް ފެށޭ.” އެލީނާ ބުނެލިއެވެ.

 

“އެހެންތަ؟ އަސްލު ވެސް؟ އައިމް ސޯ ސްކޭރޑް.” ތާރާ ބިރުގަންނަ ކަމަށް ހެދިލަމުން ބުނެލިއެވެ. އަދި އެއަށްފަހު ބާރު ބާރަށް ހިނިގަނޑެއް ޖަހާލިއެވެ.

“ވަޓް އަރ ޔޫ ގޮނާ ޑޫ؟ ސްލޭޕް މީ؟ ޕަންޗް މީ؟ އޮރް ކިލް މީ؟” ތާރާ އަހާލިއެވެ.

 

ދެވަނަ ސިކުންތުގައި ފެނިގެން ދިޔައީ އެލީނާ ތާރާގެ މޫނުމަތީގައި ޖަހަން އަތް ނެގި ތަނެވެ. ނަމަވެސް ތާރާގެ މޫނުމަތީ ޖެހުމުގެ ކުރިން ތާރާ ތިރިވެލިއެވެ. އެހެންކަމުން އެ އަތް ދިޔައީ ވައިގެ ތެރެއިން ލާފައެވެ. އަދި ގޮސް ޖެހުނީ އެލީނާގެ އެކުވެރިއެއްގެ މޫނުމަތީގައެވެ. ވަގުތުން މުޅި ތަނުގައި ހުނުމުގެ އަޑު އިވިގެން ދިޔައެވެ. އެކުއްޖާ ވީ ތަދުން ހަޅޭއްލަވައި ގަންނަމުން އެތަނުން ދުވެފައި ދިޔައެވެ.

“ނައިސް ޓްރައި، އެލީނާ.” ތާރާ ތެދުވެ ލަމުން ބުނެލިއެވެ.

 

“ޔޫ.. ޔޫ.. ޔޫ އަރ އަ ބިޗް!” އެލީނާ ގަތް ލަދުންނާއި އައި ރުޅިން ހަޅޭއްލަވައި ގަތެވެ.

“ހައު މެނީ ޓައިމްސް އޭމް އައި ސަޕޯސްޑް ޓުސޭ އައި ނޯ ދެޓް އައިމް އެ ބިޗް؟” ތާރާ އަހާލިއެވެ.

 

“ވަޓްސް ގޮއިން އޮން ހިޔަރ؟” އިވިގެން ދިޔައީ އީކަންގެ އަޑެވެ. އަޑު އައި ދިމާއަށް ބަލާލިއިރު އީކަން އާއި، ޖައިލަމާއި އަދި ކިޔާން ވެސް ހުއްޓެވެ.

“އީކް! މިހިރަ އާ ކުދިންތައް އައިސް އެލީ އާ ދިމާއަށް ހަޅޭއްލަވަނީ!” އެލީނާ ދުވެފައި ހޮސް އީކަންގެ އަތުގައި ހިފެހެއްޓިއެވެ. “ޕެތެޓިކް.” ތާރާ އަށް ބުނެލެވުނެވެ.

 

އެލީނާ އީކަންގެ އަތުގައި ހިފި މަންޒަރު ފެނިފައި ޔުކްތާ ގާތަށް ރުޅި އާދެވުނެވެ. ނަމަވެސް އީކަން އެލީނާގެ އަތުން އަމިއްލަ އަތް ނައްޓުވާލުމަށްފަހު ދުރަށް ޖެހުމުން ޔުކްތާ ހީލިއެވެ.

 

“އެލީނާ. ބުނަން ވާހަކައެއް. އަހަންނަށް ވަރަށް ރަނގަޅަށް ތާރާ އާ، ސަމާ އާ، ޔުކްތާ އިނގޭ. އެމީހުން ސަބަބަކާއި ނުލާ ދާގޮތަށް ގޮސް ހަޅޭކެއް ނުލަވާނެ.” އީކަން އެހެން ބުނުމަށް ފަހު ތާރާ މެން ގާތު ހުއްޓުނެވެ. އަދި ޔުކްތާގެ އަތުގައި ހިފަމުން ދާން ހިނގާށޭ ބުންޏެވެ. އެހެންކަމުން 3 އަންހެން ކުދިންވެސް އެކުގައި ވަނެވެ. ފަހަތުން ޖައިލަމާއި ކިޔާން ވެސް ވަނެވެ.

އެލީނާ އާއި އޭނާގެ އެކުވެރިން ތާރާ މެނާއި ދިމާއަށް ލޯ އަޅައިގެން ތިއްބެވެ.

 

“ވާވް. ތާ ހާދަ ކެރެއޭ ދޯ؟ މި ސްކޫލް ގިނަ ކުދިން އެލީނާ ފެނިއްޖެއްޔާ ހުންނާނީ ބިރުން ވިރި ވިރި.” ވީ ގޮތް ކިޔާ ދިނުމުން ޖައިލަމަށް ބުނެލިއެވެ.

 

“ހެއި. ޔުކް މިއުޅެނީ ޔުކްގެ ނިއު ފްރެންޑް ޔޫނާ އާއި ރާޔާ އާ އެއްކޮށް މިއަދު ޕިއްޒާ ކާން ދާން. ޔޫ ގާއިސް ވެސް ތިމީހުންގެ ފްރެންޑްސް ގޮވައިގެން އަންނަން ވާނެ.” ޔުކްތާ ބުނެލިއެވެ. އެއާއެކު އެންމެން އެއްބަސް ވިއެވެ.

 

……………

 

އެދުވަހު ގެއަށް ގޮސް ތާރާ މާޒިންއަށް މެސްޖުކޮށް މިއަދު ހަވީރު މިލްނާ ވެސް ގޮވައިގެން ދެވޭނެތޯ އެއްސެވެ. އަދި އެކުދިން އާދެވޭނެ ކަމަށް ބުނުމުން ތާރާ ހުރީ ވަރަށް އުފާވެފައެވެ.

 

°°°°°°°°

މި ޕަރޓް ވެސް ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް އުންމީދު ކުރަން.

»ޝައިމާ«

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

އެކުއްޖާ 2 – 3

Next

ތީއޭ އުފަލަކީ…

Next
December 10, 2020

ތީއޭ އުފަލަކީ…

Previews
December 10, 2020

އެކުއްޖާ 2 – 3

One Comment

  1. Jumaa says:
    December 10, 2020 at 2:14 pm

    Varah reethi mi part ves ????masha Allah ❤❤

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 14←


All Right Reserved!