މިހިތުގެ ލޮތްބޭތީ
މަންމަގެ ރުހުންނެތަސް އަހަރެންގެ ދިރިއުޅުމުން ތާޝާ ބޭރުކުރާކަށް ނެތީމެވެ. އެއީ ތާޝާއަށްޓަކައި އަހަރެންގެ ހިތުގައިވަނީ ތެދުވެރި ލޮތްބެއް ކަމުގައިވާތީ އެވެ. އަހަރެމެންގެ އާއިލާއަކީ މާލޭގައި ނަންހިނގާ މުއްސަނދި އާއިލާއެކެވެ. ނަމަވެސް ތާޝާ އަކީ ވަރަށް ފަގީރު ދެމަފިރިޔަކަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެންފަދައިން ތަނަވަސް މީހަކަށް ތާޝާ ނުވިޔަސް އަހަރެންގެ ހަޔާތަށް ތާޝާ ނޫން އިތުރު އަންހެންކުއްޖެއް ގެނައުމަކީ ހަމަހޭގައިހުރެގެން އަހަރެން ކުރާނެ ކަމެށް ނޫނެވެ.
ސާނަވީ އިމްތިހާނު ނިމި މަންމަމެން އިތުރަށް ކިޔަވައިދިނުމަށް އަހަރެން ޔޫކޭއަށް ފޮނުވާލިއެވެ. ތާޝާ އާއި ބައްދަލުކޮށްލަން ފުރުސަތެއް ނުލިބި ދާންޖެހުނީތީ އަހަރެން ހުރީ އިންތިހާޔަށް ދެރަވެފައެވެ. ކަންތައްތައް ވެގެންދިޔަ ގޮތް ބަޔާންކޮށް ތާޝާ އަށް މެއިލް ފޮނުވީމެވެ. ހިތްހަ މަނުޖެހިފައި ހުރިނަމަވެސް ތާޝާ އަހަންނަށް މާފުކުރިއެވެ.
ކިޔެވުމުގެ ކަންތަކާއިގެން ބުރަކޮށް އުޅޭތީ ތާޝާ އާއި ވާހަކަދެއްކެނީ ވަރަށްވެސް މަދުންނެވެ. ސެމިސްޓާރ ބަންދުގައި މާލެދިޔުމަށް އަހަރެން ހުރީ ނިންމައިގެންނެވެ. އެހެނަސް ކިޔެވުންއެކީ ނިއްމާލުމަށްފަހުގައި ނޫނީ މާލެ އަންނަން ހުއްދައެއް ނުދޭނަންކަމުގައި ބައްޕަ ބުންޏެވެ. އަހަރެން އެގޮތާއި ނުރުހުނު ނަމަވެސް ބައްޕަގެ ނިންމުމާއި ދެކޮޅު ހަދާކަށް އަހަންނަކަށް ނުކެރުނެވެ.
ކަލަންޑަރުގައި ބޮޅުއަޅަމުން އަހަރެންދިޔައީމެވެ. މާލެ ދިޔުމަށް ހިތް އެދޭލެއް ބޮޑުކަމުންނެވެ. ތާޝާގެ ގާތަށް ދާން އަހަރެންގެހިތް ރޮނީއެވެ. އެހެނަސް ހާލަތު ނިޔާކުރާގޮތުން އަދި އަހަރެންގެ އެދުންފުއްދޭނެ ފަދަ އަލިމަގެއް ފެންނާކަށްނެތެވެ. އިހަށް ކެތްތެރިކަމާއި އެކު އިންތިޒާރުކުރުން ނޫން އެހެންގޮތެއް އަހަންނަކަށްނެތެވެ. ހިތްވަރާއި އަޒުމާއެކު ކިޔަވުން އަހަރެން ކުރިޔަށް ގެންދިޔައީ މެވެ. ރަނގަޅު ނަތީޖާ ހޯދައި ނަފާވާނެ ދިރިއުޅުމަކަށް އަދައިގެންނެވެ. ތާޝާ އާއި ކައިވެނިކުރަން އަހަރެން ބޭނުމީ ރަނގަޅު ހަރުދަނާ މީހަކަށްވެގެންނެވެ. މައިންބަފައިންގެ މުއްސަނދި ދިރިއުޅުމާއި ވަކިން ތާޝާ އާއި އެކު އުޅެވޭނީ ރަނގަޅު ވަޒީފާއެއްވެސް އަހަންނަށް ލިބިގެން ކަމުގައި ވާތީވެސްމެއެވެ.
ތިންއަހަރުގެ ކިޔެވުން ޙަލާސްކޮށް އަހަރެން މާލެ އަންނަން ދަތުރުފެށީމެވެ. ތާޝާ ކައިރިޔަކު އަހަރެން މާލެ ދާ ވާހަކައެއް ނުބުނަމެވެ. ދުވަސްތަކަކަށްފަހު ކުއްލިޔަކަށް ކުރި މަތިން ފެނިލު މުން ތާޝާ އަށް އެލިބޭ އުފާވެރިކަން ބަލައިލާން އަހަރެން ބޭނުންވީއެވެ. ދިގު ދަތުރަކަށްފަހު އަހަރެންގެ އިންތިޒާރަށް ނިމުމެއް އައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓުގައި ފުލައިޓު ޖެއްސުމާއެކު ދަބަސް ކޮނޑުގައި އަޅުވާލަމުން އަހަރެން ފުލައިޓުން ފޭބީމެވެ.
އަހަރެންނަށް މަރުހަބާ ކިޔުމަށްޓަކައި ގޭއެންމެން އައިސްތިއްބެވެ. ގެއަށް ގޮސް ފެންވަރައިގެން އަހަރެން އަވަސްވީ ތާޝާ ކައިރިޔަށް ދެވޭތޯއެވެ. ތާޝާއަށް ގެނައި ހަދިޔާ ހިފައިގެން ސައިކަލަށް އަރައި އަހަރެން ދުއްވާލީ މެވެ. ތާޝާގެ ގެ ކައިރީގައި ސައިކަލް ޕާކުކުރު މަށްފަހު އަހަރެން އެގޭގެ ދޮރުގައި ދެތިން ފަހަރަކު އަތުން ތަޅައިލީމެވެ. ނަމަވެސް އެތެރެއިން މީހެއްގެ ހިލަމެއްނުވިއެވެ.
އަހަރެން ފޯނުނަގައި ތަޝާގެ ނަންބަރަށް ގުޅާލީމެވެ. އިތުރަށް މާޔޫސްވީ ތާޝާގެ ފޯނުނިއްވާފައި އޮތުމުންނެވެ. ރައްޓެއްސަކާއެކު ކޮފީއަކަށް ދިޔުމަށް ސައިކަލު އަހަރެން ދުއްވާލީމެވެ. ސޯލްޓުކެފޭ އަށްވަދެ ލަވާޒާ ކޮފީއަށް އޯޑަރު ކޮށްގެން އިންދާ އަހަރެންގެ ރައްޓެހި މިނާން އައެވެ. ” ސޮރީ ޒޭން… ކުޑަކޮށް ލަސްވީ..އަހަރެންގެ މަންޖެ ޑިއުޓީއަށް ލާންދިޔައީ މަ ކުޑަކޮށް ލަސްވީ… ޒޭން ކޮބާ ތާޝް އާއި ދިމާވެއްޖެތަ…?” ” މިނާން ވަރަށް ސަކަރާތޭ…. ތާޝް ފޯނެއް ނުނަގާ އަހަރެން ގުޅައިފިން. ފޯނު ނިއްވާލާފަޔޯ ބުނަނީ… ހިނގާބަ ތާޝް ހޯދަން ނިކުންނަން..” އަހަރެން ބުނީމެވެ.
އަހަރެން ގެއައް އައިސް އެނދުގައި ޖައްސައިލި ގޮތަށް ނިދުނީއެވެ. އަހަންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ މިނާން އެވެ. ފޯނު ކަންފަތުގައި ޖައްސައިލީ މިނާން މިއޮތް ދަންވަރުގެ ވަގުތު ގުޅި ސަބަބެއް އެނގެން ބޭނުންްް ވެފައިވާލެއް ބޮޑުކަމުންނެވެ. “” މިނާން ކިހިނެކޭވީ?” އަހަރެން ބުނީމެވެ. ޒޭން….. ތާޝާ އެކުސިޑެންޓުވެގެން ހޮސްޕިޓަލުގައި އޮތީ…. އަހަރެން މިދަނީ ޒޭން ބަލައި ތި ގޭދޮށަށް. ވަރަށް އަވަސްކޮއްލައިގެން ނިކުމޭ ބޭރަށްްްް އިނގޭ…” އަހަންނަށް ހިތާހިތުން ދުޢާ ކުރެވެންްްފެށުނެވެ. ތާޝާއަށް އެއްްވެސްކަހަލަ ގެއްލުމެއް ނުވުމައްއެދިގެންްްްްްްްނެވެ.
މިނާން އާއިއެކު އަހަރެން ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެމެޖެންްްްސީބައިގެ ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ތާޝާގެ މަންމަ ރުބީނާ ހުއްޓެވެ. ގާތްގަނޑަކަށް ބައިގަޑިއިރުފަހުންް ޑޮކުޓަރު އެމެޖެންްސީ ބައިގެ ދޮރުހުޅުވައިފައި ބުނީ ތާޝާގެ ހާލު ރަނގަޅުކަމަށެވެ. ތާޝާގެ ބޮލުގެ ފަޅައިގެންގޮސްފައިވާ ތަނުގައި ބޮޑު ބެންްްޑޭޖުގަންޑެއް ވަނީ އަޅާފައެވެ. ތާޝާ ކައިރިޔަށް އަހަރެންދިޔައީމެވެ.
ތާޝާ….. އަޅެ ބަލައިގެން އުޅެބަލަ. ކަމެއް ދިމާވެގެން ތާޝްއަށް ގޮތެއް ވެއްްޖިއްޔާ އަހަރެން މަރުވެދާނެ. އަހަރެންގެ މީހަކަށް ތާޝާ ވެދީ… މަންމަމެން ރުހުނަސް ނުރުހުނަސް ތަޝާ އާއި ކައިވެނިކުރަން އަހަރެންްް ބޭނުންް. ސޯ ބީރެޑީ ޓުބީ މައި ވައިފް ސޫން…” ތާޝާ ހިނިތުންވެލިއެވެ. އަދި އަހަރެންގެ އަތުގައި ބާރަށް ހިފެހެއްޓީ އެތަނުން އަހަރެން ނުދިޔުމަށް އެދޭ ފަަދަޔަކުންނެވެ.
މަަންމަޔާއި ބައްޕަ ކައިރީ ތާޝާ އާއި ކައިވެނިކުރަން ބޭނުންްވާ ވާހަކަބުނީމެވެ. ބައްޕައެކަމާ ގަބޫލުވިއެވެ. އެހެނަސް މަންްމަ ބޭނުންވީ މުއްސަނދި އާއިލާއެއްގެ ކުއްޖަކާ އަހަރެން ކައިވެނިކުރުމަށެވެ. އެގޮތް އަހަރެންްްްްްްްްްްްްު ބޭނުމެއް ނޫނެވެ. މަންމަގެ ރުހުންނެތަސް ތާޝާއާއި އަހަރެންް ކައިވެނިކުރީމެވެ. އަހަރެންހުރީ އުފަލުންްނެވެ. ތާޝާ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށްް ވީމައެވެ. ތާޝާއާއި އަހަރެން ދެމީހުންގެ ކައިވެންޏަށް އަހަރެއްވީތަނާ އަހަންނަށް ލިބުނީ ދުނިޔޭގައި ހުއްްޓާ ލިބޭނެ އެންމެ އުފާވެރި ހަބަރެވެ. ތާޝާ ބަނޑުބޮޑުކަންް އެނގުނު ހިނދު އަހަރެންގެ ހިތްް އުފަލުންް ފޮޅުނެވެ.
ތާޝާ ބަނޑުބޮޑުވި ހަބަރު ލިބުމާއެކު މަންމަ އަހަންްނާއި ތާޝާއަށް މަރުހަބާކިޔަން އައެވެ. އަދި ތާޝާއަކީ އަހަންްނަށް ލިބުނު ޖަވާހިރެކޭ ބުނެ އަހަރެންގެ ހޮވުމަށް ތައުރީފުކުރިއެވެ. މަންމަގެ ރުހުންވެސްްް ލިބިގެންދިޔައީތީ އަހަރެން ﷲއަށް ހަމްދުކުރީމެވެ. ތާޝާ އަކީ އަހަރެންގެ ހިތުގައިވާ ލޮތްބެވެ. ތާޝާ އާއި ނުލައި ސިކުންތުކޮޅެއްވެސް ހޭދަކުރުމަށް އަހަރެން ނުކުޅެދެއެވެ. ތާޝާގެ ލޯބި އަހަރެންގެ އެންމެ ފަހުނޭވަޔާ ޖެހެންްދެންވެސް ލިބިގެންދިޔުމަކީ އަހަރެންގެ ދުޢާއެވެ.
ނިމުނީ

