Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކުށްކުރީ އަހަންނެވެ.

Ina Level 1
December 2, 2020 2 Mins Read
0 Comments

ކީއްވެ ހެއްޔެވެ؟ ކީއްވެހެއްޔެވެ؟ އަޅެ އެންމެފަހަރަކު ނަމަވެސް ބުނެލަބަލާށެވެ. އަހަންނަށް މިފަދަ ބޮޑު އަނިޔާއެއް ތިޔަދިނީ އަހަރެންގެ ކޮންކުށެއް އޮވެގެންހެއްޔެވެ؟ ތިހަދާން އަހަރެންގެ ހިތުން ފިލައިގެން ދާނަމަ ކިތަންމެހާވެސް ރަނގަޅެވެ. ނޫނީ އެއީ ހުވަފެނަކަށް ވާނެނަމައެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަންނަށް ތިދެއްކި ހުވަފެންތައް ހަދާންނެތީހެއްޔެވެ؟ އަހަރެން ހާދަ އުއްމީދެއްކުރީމެވެ. ހާދަ ގިނަ ހުވަފެންތަކެއް ދެކުނީމެވެ. އެ ހުވަފެންތަކުގައި ކުލަޖެހޭނޭ ކަމުގައި އުއްމީދުކޮށްގެން ހުރީމެވެ. އަހަންނަށް ކަޅާހުދުގެ އެ ހުވަފެންތައް ދެއްކީ ކީއްވެހެއްވެ؟ އެހުވަފެންތައް ހިތައްއަރާ ކޮންމެފަހަރަކު ހިތުގެ އެންމެ ހިމަ ނާރުތަކަށް އަސަރުކުރުވައެވެ. އަހަންނާ ވާހަކަދައްކަން ފެށިއިރުވެސް މިއީ ނިވިފައި އިން ހުޅުކޮޅެއްކަން ނޭގެނީހެއްޔެވެ؟ އަޅެ ނިކަން ބުނެބަލާށެވެ. ނިވިފައިވި މި ހުޅުކޮޅު އަލުން ރޯކޮށްލީ ކީއްވެގެންހެއްޔެވެ؟ އަހަރެންގެ ކުށަކީކޮބައިކަން ބުނެދީބަލާށެވެ. އަހަރެންގެ ސިފަ ހުތުރީ ހެއްޔެވެ؟ އަހަރެންގެ ގައިގައި އުނިކަމެއް ހުރީހެއްޔެވެ؟ އަޅެ އެއްމެފަހަރަކު އަހަންނަށް ހެދުނުގޯހެއް ނޫނީ އަހަރެންގެ ކިބައިގައިހުރި ތިބާ ހިތްހަމަނުޖެހޭ ސިފައެއް ބުނެބަލާށެވެ. އެސިފައެއް ބަދަލުކުރެވޭތޯ އަހަރެން ބަލާނަމެވެ. ތިބާއަށްޓަކައި އަހަންނަށް ވެވެންއޮތް ކޮންމެކަމެއްކުރަން އަހަރެން މިހިރީ ތައްޔާރަށެވެ. ކުރަންވީ ކޮންކަމެއްކަން އުޅެންވީ ކިހިނެއްކަން ނިކަން ބުނެދީބަލާށެވެ. ތިބާ އަހަރެންގެ ހަޔާތުގައި ދަތުރުގައި ބައިވެރިކުރުމަށް އަހަރެން އެދޭވަރު ތިމާއަށް ނޭގެނީހެއްޔެވެ؟ އަހަރެންގެ ހަޔާތުގެ މި ނަވުގެ މާލިމީއަކަށް ތިބާވުން އަހަރެން ބޭނުމެވެ. ތިބާ އެފުރުސަތު ނަގާތިޔަލަނީ ކީއްވެ ހެއްޔެވެ. ވިސްނަމެވެ. ރެޔާދުވާލު އެދުވަސްތަކުގެ މަތިން ހަނދާންކުރަން އޮންނަމެވެ. އަހަންނަށް ގޯސްކޮށްކުރެވުނީ ކޮންކަމެއްކަން އެނގެން ބޭނުންވާތީއެވެ.

އެންމެފަހަރަކު އެނބުރި އަހަންނާ ދިމާލަށް ބަލާލަބަލާށެވެ. އެނެމެފަހަރަކު އަހަރެން ކައިރިއަށް އާދެބަލާށެވެ. ތި ނެވާގެ ހޫނު އަހަންނަށް އަދިވެސް އިހުސާސްކުރެވޭ ކަހަލައެވެ. ތިބާއެދޭ ކޮންމެ މަގަކުން ހިނގަން އަހަރެން ތައްޔާރަށްހުރިކަން ތިބާއަށް ނޭގެނީހެއްޔެވެ؟ ތިބާއަށް އަހަރެންގެ ފަރާތުން ނުލިބެނީ ކޮންއުފަލެއްހެއްޔެވެ؟ އަހަރެންގެ މުޅި ނަފުސު ތިބާގެ އަތްމައްޗަށް ދޫކޮށްލީ އެއްވެސް ޖެހިލުމެއްނެތިކަން ތިބާ ހަނދާން ނައްތާލީ ކީއްވެހެއްޔެވެ؟ ތިބާއަކީ އެހެންމީހުންފަދައިން ވާނޭ މީހެއްނޫންކަން އަހަރެން ޤަބޫލުކުރަން ބޭނުންނުވިދުވަހު ތިބާ ބުނިބަސްތައް އަދިވެސް އަހަރެންގެ ހިތުގެ އެންމެ ފުންމިނުގައި ލިޔެވިފައިވާކަން ނޭގެނީހެއްޔެވެ؟ ތިޔައީ ބަގީޗާގައިގައި ފޮޅިފައިއިންނަ ކޮންމެމަލަކަށް ތިރިކޮށްއުޅޭ މާބުރެކޭ މީހުންބުނި އަޑު ކިތަންމެވަރަކަށްވެސް އެހީމެވެ. އެބަސްތައް އަހަރެންގެ ސިކުޑި ކިތަންމެވަރަކަށް ޤަބޫލުކުރަން ބޭނުންވިޔަސް މި ހިތް އެކަމަކަށް އެއްބަސްނުވުމުގެ ނަޖީޖާ ރަނގަޅަށްވެސް އަހަންނަށް ފެނިއްޖެއެވެ.

ހުދު ފިނިފެންމަލެއްގެ ފޮނިމީރުކަން ދޫކޮށްލާ ކުލަގަދަ ވިހަގަދަމަލަކަށް ތިރިކޮށްލީ އެއްވެސް ޖެހިލުމެއްނެތި ހެއްޔެވެ. ނޫނީ ތިބާއަށް އެހީ ވިހަގަދަ މަލެއްކަން ނޭގެނީހެއްޔެވެ. ތިބާއެނބުރި އަންނާނެކަމަށް ކިތަންމެ އުއްމީދުކޮށްގެން ހުއްޓަސް އެކަމެއް ހުވަފެނުގައިވެސް ނުވާނެކަންވެސް އަހަންނަށް އެނގެއެވެ. އެހެނީ މަލުގެ ފޮނިކަން ހުސްވުމަށްފަހު އެމާ ބޭނުންވާނީ ކާކުހެއްޔެވެ. މަލުގެ ފިޔަތައް މޯޅިވެ ފިޔައަކަށްފަހު ފިޔައެއް ބިންމައްޗަށްވެއްޓި ވެއްޔާއެކުވެދިޔައަސް އެނބުރި ބަލާނުލާނެކަން އެނގޭއިރުވެސް އެކަމަށް މި ހިތްއެދޭވަރު އަހަރެން ބަޔާންކޮށްދޭނީ ކިހިނަކުންހެއްޔެވެ. މަލުގެ ފިޔަތައް ހުސްވެގެންދިޔައަސް މިމަލުގައި އިތުރު ގަހެއް މިދުނެއަށް އިތުރުވާނެފަދަ އޮށެއްވާކަން އަހަރެން ތިބާކައިރީގައި ބުނެފިނަމަ ތިބާ އެނބުރި އަންނާނަންހެއްޔެވެ. ތިބާމަތިން ހަނދާން ނައްތާލަން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު އަހަރެން އެ ކުޑަކުޑަ މައުސޫމު ފުރާނަޔަށް ބަލާލާ ކޮންމެފަހަރަކު އެދުވަސްތަކުގެ މަތިން ހަދާންވާނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން ދުނިޔެއާ މިކުރިމަތިމިލަނީ އަހަރެންގެ ހިތުގެ ދެވަނަވިންދަށްޓަކައެވެ. ހިތްވަރުކުރާނަމެވެ. މިދުނިޔެއާ ވަކިވެގެން ދަންދެން ހިތްވަރުކުރާނަމެވެ.  ތިބާއަށް ތިކުރެވުނީ ކިހާބޮޑު ކުށެއްކަން އެނގޭނެނަމައެވެ. ނޫނެކެވެ. ކުށްކުރެވުނީ އަހަންނަށެވެ. ތިބާދެކެ އިންތިހާއަށް ލޯބިވީ އަހަންނެވެ. ތިބާއަށް އިތުބާރުކުރީ އަހަންނެވެ. އަހަރެންގެ ހުރިހާކަމެއް ތިބާގެ އަތްމައްޗަށް ދޫކޮށްލީ އެއްވެސް މަޖުބޫރުކަމެއްނެތިކަން އަހަރެން ހަދާނެއްނުނެތެއެވެ. މީހުންދެއްކި ވާހަކަތަކަށް ބީރުކަންފަތެއް ދިނީ އަހަންނެވެ. ކުށްކުރެވުނީ އަހަންނަށެވެ. އަހަރެންގެ ކޮށް އަހަރެން ޤަބޫލުކުރަމެވެ. އެކަމުގެ އަދަބުވެސް ލިބެންޖެހޭނީ އަހަންނަށެވެ.

(ނިމުނީ)

Share Article

Follow Me Written By

Ina

Level 1

Other Articles

ram n layaan
Previous

ބީވެދާކަށެއްހުވާ ނޭދެމޭ ޔާރާ

Next

އެކުއްޖާ 2 – 1

Next
December 2, 2020

އެކުއްޖާ 2 – 1

Previews
December 2, 2020

ބީވެދާކަށެއްހުވާ ނޭދެމޭ ޔާރާ

ram n layaan


All Right Reserved!