Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredކުރުވާހަކަ

ކިރުތަށި

Unknown girls Level 210 Stories
November 16, 2020 3 Mins Read
2 Comments

އެއްސަހަރެއްގައި އެކަނި ދިރިއުޅެމުން އަންނަ ފިރިހެން ކުއްޖަކު އުޅުނެވެ. މިކުއްޖާ އަކީ ހިތްހެޔޮ ރަނގަޅު މިޒާޖެއްގެ ކުއްޖެކެވެ. އެއްދުވަހު ހަމަ އެހެން ދުވަސް ތަކެކޭ އެއްފަދައިން ޝަހުދު ފަންސޫރާއި ކަރުދާސް ވިއްކަން ނިކުތެވެ. “މިހިރީ ފަންސޫރާއި ކަރުދާސް. އަވަހަށް އާދޭ ގަންނަން އާދޭ! ” ޝަހުދު އެހެންޏާ ވެސް ގޮވާ ގޮތަށް ގޮވަން ފެށިއެވެ.

މިހެން ދަނިކޮށް ދިގުވެފައި ހުރި ވިނަގަނޑެއް ކޮށަން ހުރި މުސްކުޅި ދައިތަ އަކާއި ދިމާވިއެވެ. “ދައިތާ ފަންސޫރާއި ކަރުދާސް ގަންނާނަންތަ.” ޝަހުދު ދައިތަ ފެނުމާއި އެކު ހެން ބުންޏެވެ. “ނޫން ކޮއްކޮ! ތިއީ ދައްތަ ބޭނުން ކުރާ އެއްޗެއް ނޫނޭ” ދައިތަ ޝަހުދު އަށް ބުނެލައިފައި ވިނަގަނޑު ކޮށުމައިގެން ކުރިއަށް ދިޔައެވެ. “ދައިތާ ތި ވިނަ ގަނޑު ގެނޭ ކޮށާލަދޭނަން” ޝަހުދު ދައިތަ އަށް ވިނަ ގަނޑު ކޮށާލަ ދިނެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ ކޮއްކޮ. ކޮއްކޮ ނެތް ނަމަ ހާދަ އުނދަގޫ ވާނެ އޭ” އެ ދައިތަ ޝަހުދު އަށް ޝުކުރުކުރަމުންނެވެ އަދާކުރިއެވެ. ” ނޫނޭ! ތީ އެއްވެސް ކަމެއް ނޫނޭ” ޝަހުދު އަނެއްކާވެސް މަގަށް ނިކުތެވެ.

އެހެން ދަނިކޮށް ގަހެއްގެ ދަށުގައި ކުޅެން ތިބި އޭނާގެ އެކުވެރިންނާއި ދިމާވިއެވެ. “ޝަހުދު އަންނަގަ ކުޅެން” ހަމްދާން ޝަހުދު އަށް ގޮވިއެވެ. ” ވަގުތެއް ނެތް ބައެއް އެއްޗެހި ވިއްކާލަން ވެސް ޖެހޭ އެބަ” ޝަހުދު އޭނާގެ އެކުވެރިންނަށް ބުނެފައި އަނެއްކާވެސް ހިނގައިގަތެވެ.

“އައްދިއްޔޯތް” ޝަހުދު އަށް އައިދިން ހަޅޭއްލަވައި ގަތް އަޑު އިވުނެވެ. ޝަހުދު ބާރަށް ދުވެފައި އެދިމާއަށް ދިޔައެވެ. އޭރު އައިދިން ގަސް ކައިރިއަށް ވެއްޓިފައި އޮތެވެ. އޭނާގެ ދެ އެކުވެރިން އޭނާގެ ކައިރީގައި ހުއްޓެވެ. “އަވަސް ކުރޭ ގެނޭ ފޮތިކޮޅަކާއި އައިސް ފެންފޮދެއް. އެކަކު ވެސް ކައިރި ނުވާތި ” ޝަހުދު އަވަހަށް އޭނާގެ އެކުވެރިންނަށް ބުންޏެވެ. ޝަހުދު ފޮތިކޮޅު އައްސާލިއެވެ ” ދެން އެކަކު ވެސް ކައިރި ނުވާތި.. މި ފަޔަށް ލުއި ވީމާ ނޫނީ މި ފައި ބޭނުން ނުކުރާތި އިނގޭ” ޝަހުދު އައިދިން އަށް ބުންޏެވެ. “ވާ ސަރީ މިހާރު ވެސް ލުއި ވެއްޖެ. ޝަހުދު ހާދަ މޮޅޭ.” އައިދިން ޝަހުދުގެ ހުނަރަށް ތަޢުރީފު ކުރިއެވެ. “އާނ ޝަހުދު ހަމަ ޖެހޭނީ ޑޮކްޓަރަކަށް ވާން” ނޫހު ވެސް ހުރީ އަޖައިބު ވެފައެވެ. ޝަހުދު އިސް ޖަހާލިއެވެ. އޭނާގެ ހުވަފެނަކީ ވެސް ޑޮކްޓަރަކަށް ވުމެވެ. މިހާރުވެސް ސޫކޫލުގެ ފީވެސް ހަމަޖެއްސެނީ ކިރިޔާއެވެ. “އަހަރެންގެ މޮޔަ ކަމާއެވެ. މިވަރުން ޑަކުޓަރަކަށް ވެވޭނެ ހެއްޔެވެ؟ ޑަކުޓަރަކަށް ވުމުގެ ވިސްނުން ދޫކޮށްލަންވީއެވެ.

ޝަހުދު ހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. ފެންފޮދެއް ލިބޭތޯ އޭނާ ފެނުނު ގެއަކާއި ދިމާއަށެވެ. ގޮސް އެ ގޭގެ ދޮރުގައި ޓަކި ޖަހާ ލިއެވެ. އެކޮޅުން ދޮރު ހުޅުވީ އޭނާގެ ސުކޫލު ކުއްޖެއް ކަމަށްވާ ސަމާ އެވެ. “ސަމާ އަހަރެންނަށް ފެން ފޮދެއް ދެވިދާނެތަ ” ޝަހުދު ސަމާ ގާތު ފެންފޮދަކަށް އެދުނެވެ. ޝަހުދު ހުރީ ވަރަށް ބޮޑަށް ވަރުބަލިވެ ވަރު ދެރަވެފައެވެ. ޝަހުދު ވަރުބަލިވެފައި ހުރުމުން ސަމާ ބަދިގެއަށް ވަނެވެ. ޝަހުދު އެތަނުގައި ހުރި ސޯފާ ގޮނޑީގައި އިށީނދެލިއެވެ. އިރުކޮޅެއް ފަހުން ސަމާ އައީ ބޮޑު ކިރު ތައްޓެއް ހިފައިގެންނެވެ. ސަމާ އައިސް ޝަހުދު އަށް ކިރުތަށި ދިއްކޮށްލިއެވެ. ޝަހުދު ކިރުތަށި މީރުކޮށް ބޯލިއެވެ. “މި ކިހާވަރަކަށް” ޝަހުދު ހުރީ އެހާ ބޮޑު ކިރުތައްޓެއް ކަމަށް ވުމުން އަގު އަރާނެކަން އޭނާއަށް އެނގެއެވެ. “އަގަކީ ޝަހުދުގެ ހިތްހެޔޮކަމާއި މީހުންނަށް އެހީވާ އެހީވުން. އަދި އެމީހަކު ކުރާ ރަނގަޅު ކަމެއް ބޭކާރެއް ނުވާނެއެވެ. އަނބުރާ ކޮންމެވެސް ދުވަހަކުން ލިބޭނެއެވެ.” ސަމާގެ ހިތްވަރުން ޝަހުދުގެ ހިތްވަރު ގަދަ ވިއެވެ. އޭނާ އެގެއިން ނިކުތެވެ. ކިރުތަށި ބޯލުމުން ޝަހުދުގެ ގައިގައި ވަރު ޖެހި ސިކުނޑި ތާޒާ ވިއެވެ.

އެތަށް ދުވަހެއް ފަހެވެ. ސަމާ ބޮޑު ވެއްޖެއެވެ. ސަމާ ވަރަށް ބޮޑަށް ބަލިވިއެވެ. އެހެން ކަމުން ޑަކުޓަރަށް ދައްކަން ޖެހިއްޖެއެވެ. ސަމާ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. ސަމާގެ ޑަކުޓަރު ސަމާ ވަރަށް ރަނގަޅަށް ބަލައެވެ. ދެތިން ހަފްތާގެ ތެރޭ ސަމާ މުޅީން ރަނގަޅު ވިއެވެ. “ބައްޕާ އަހަރެން ތިން ހަފުތާ މިއުޅުނީ ހޮސްޕިޓަލުގައި އަދި ލާރި ނުދައްކަމެއްނު. މިހާ ގިނަ ލާރި ކިހިނެއް ހޯދާނި؟” ސަމާ ބައްޕަ ކުރެން އަހާލިއެވެ. ބައްޕަ އެތާގައި އުޅޭ ރިސެޕްޝަންގައި މަސައްކަތް ކުރާ ކުއްޖާ ގާތު ކިހާވަރެއްތޯ އެހިއެވެ. އެކުއްޖާ ހީނލާފައި ބުންޏެވެ. ” ލާރި ވަނީ ދައްކާ ނިމިފައި” އެކުއްޖާ ގަނޑު ސަމާ އަށް ދިއްކޮށްލިއެވެ. “އެކަމަކު ކާކު ” ސަމާ އާއި އޭނާގެ ބައްޕަ ހަލީލް ހުރި ހައިރާންވެފައެވެ. ” ސަމާގެ ޑަކުޓަރު ޑޮކުޓަރ ޝަހުދު” އެކުއްޖާ ޖަވާބު ދިނެވެ. ސަމާ ގަނޑުގެ ފަހަތް ބަލާލި އެވެ. “މިއީ އަހަރެންނަށް ދިން ކިރުތަށި އަގެވެ. ސަމާ ބުނިހެން އެމީހަކު ކުރާ ރަނގަޅު ކަމެއް ބޭކާރެއް ނުވާނެއެވެ. ލިބެނީ އަނބުރާ އެވެ. ސަމާގެ ހިތްވަރުން މިއަދު މިހުރީ ޑަކުޓަރަކަށް ވެފައެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ” ސަމާ ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ. ސަމާ ހަނދާން ވިއެވެ. މިއީ އޭނާ ކިރުތަށި ދިން ކުއްޖާއެވެ. ސަމާ އަށް ރޯވުނެވެ. މިއީ ވެސް ހަމަ ހަޤީގަތެވެ.

ނިމުނީ

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ތިޔަ ލޯބީގާ 4

Next

ތިން ލަފްޒުން (17)

Next
November 16, 2020

ތިން ލަފްޒުން (17)

Previews
November 16, 2020

ތިޔަ ލޯބީގާ 4

2 Comments!

  1. Iyaadh says:
    November 17, 2020 at 5:39 pm

    Mi vaahakaige aslu vany badhalu kurevifa….. hageegy vaahaka eh liyaairu aslu badhalu kurun ragalheh Nuvaane… Ehen v ma hageegy vaahaka liyaairu mikanthakah samaalu vun edhen…
    Alhugadu mi kanthah mi faahaga kohly ehves varakah rulhi ais genneh noon
    Anyways reethi vaahaka eh miaky

  2. Unknown girls says:
    November 18, 2020 at 6:16 pm

    Mi ee khiyali vaahaka eh…….. Hagigi vaahaka eh noon

Comments are closed.



All Right Reserved!