Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 18

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 7, 2020 6 Mins Read
4 Comments

“މިންނު އިޒް ދިސް ޓްރޫ؟” ޔޫސުފް ދުވަމުން ކަހަލަ ގޮތަކަށް އައިސް ފޯނު މިންހާއަށް ދައްކައިލިއެވެ. މިންހާ އޭނާގެ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީނލައިގެން އިނދެ ބޯ ޖަހައިލިއެވެ. “ގޯޑް އައި ސޯ ހެޕީ. އައި ކާންޓް ވެއިޓް ފޯރ ދިސް ޓު ހެޕަން” އެއީ ތެދެއްކަން ޔަޤީން ވުމާއެކު ޔޫސުފް ގޮސް މިންހާ އަދި ނަވާރް ގައިގައި ބައްދައިގަތެވެ.

****

 

އިންޓަނޭޝަނަލް ބްރޭކްގައި ވޯލްޑް ކަޕް ކޮލިފައިން އަދި ޔޫރޯ އާއި އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ މެޗުތަކުގެ ސްކޮޑުން އިޝަލްއަށް އަދި ފްރާންސްގެ ސްކޮޑުން އެރިކްއަށް ފުރުސަތު ލިބުނެވެ. ސްކޮޑުން ޖާގަ ލިބުނު ކަމަކަށް ބުނެފައި ކޮށްފައި އިން މެސެޖު ފެނުމުން ވެސް އެރިކްއަށް އެއީ ތެދެއްކަން ޤަބޫލު ކުރަން ދަތިވިއެވެ. އޭނާއަށް ހީކުރެވުނީ އެއީ އޮޅުމަކުން އޭނާއަށް ލިބިފައި އިން މެސެޖެއް ކަމަށެެވެ. ނަމަވެސް ފްރާންސް ފުޓުބޯޅަ ޓީމުގެ ރަސްމީ އިންސްޓްގްރާމް އަދި ފޭސްބުކް ޕޭޖުގައި ސްކޮޑްގެ ލިސްޓު ނެރިފައި އޮތް އިރު އޭނާގެ ނަން ވެސް އޮތެވެ.

 

އިޝަލްއަށް އޭނާ ޤައުމީ ޓީމަށް ނެގިކަން އެނގުމާއެކު އެކުވެރިންނާ އެކަން ޙިއްސާ ކޮށްފައި އެންމެ ފުރަތަނަ ވެސް ގުޅީ މިންހާއަށެވެ. މިންހާއަށް ގުޅާފައި އޭނާއަށް ޤައުމީ ޓީމުން ޖާގަ ލިބުނު ވާހަކަ ބުނުމުން މިންހާ ފުރަތަމަ ވެސް ހަޅޭއްލަވައި ގަތީއެވެ. އަދި އެ ވަގުތުން ވަގުތަށް އާއިލާ މެމްބަރުންގެ ވައިބާ ގްރޫޕްގައި އެ ވާހަކަ ޖަހައިލިއެވެ.

 

 

އެރިކްމެން އަވަށު މީހުންނަށް އެރިކް ޤައުމީ ޓީމަށް އެރިކަން އެނގުމާއެކު މުޅި އަވަށުގައި އުފާފާޅު ކުރިއެވެ. ގިނަ ބަޔަކު އެރިކްމެން ގެއަށް ގޮސް އެރިކްގެ އާއިލާއަށް މަރުހަބާ ކިޔެވެ. މުޅި އަވަށް ވެސް ވަނީ އެރިކްއާ މެދު ފަޚުރުވެރި ވެފައެވެ. ކުޑައިރު އެންމެ ގާތްކޮށް އުޅުނު އެކުވެރިން ވަގުތުން އެރިކްއަށް ވީޑިއޯ ކޯލު ކޮށްގެން އެރިކްއަށް މަރުހަބާ ކިޔެވެ.

 

 

ރާއްޖޭ ޓީމާއި އެއްކޮށް ކޭމްޕް ކުރަން ރާއްޖެ ދިއުމުގެ ކުރިން އިޝަލް ލަންޑަންއަށް ދިޔައެވެ. އޭނާ ލަންޑަންއަށް ދިޔައީ މާމަ އަފްރީން އަދި ކާފަ އަރްޝާދް ލަންޑަންއަށް އައިސް ހުރިހާ ކުދިން ދެކިލަން ބޭނުން ވެގެން ބުނުމުންނެވެ. އަފްރީން އަދި އަރްޝާދްގެ އެދުމަށް ޔޫސުފް އާއި މިންހާ ވެސް ލަންޑަންއަށް އައެވެ.

 

ގޭ އެންމެން ހަމަވުމާއެކު މުޅި ގޭތެރެ ވަނީ ހަލަބޮލި ވެފައެވެ. އަލާޔާ އާއި އަކްޔަން ވެސް ހީވަނީ ދެ ޢީދު އެއްފަހަރާ އައިސްގެން އުޅޭހެންނެވެ. ޔަޒަން އާއި އާޔާ އަދި ލައިޝާ އައުމުންނެވެ. ނިދާ ގަޑި ފިޔަވާ ހުރިހާ ވަގުތެއްގައި އެކުދިންގެ ކަމަކީ ކުޅުމެވެ.

 

 

އައިރާއަށް އޭނާގެ ކޮއްކޮގެ އުޅުމަށް އައި ބަދަލު ފާހަގަ ކުރެވުނެވެ. ކުރިއަށް ވުރެ އަހާން ބަސް މަދު ވެފައި އަބަދުވެސް ހުންނަނީ ހުވަފެނީ ދުނިޔެއަކަށް ގެއްލިފައެވެ. ޒާޔާއަށް އުނދަގޫ ނުކޮށް އެންމެ ސިކުންތަކަށް ވެސް ނުހުރެވޭ އަހާން މިހާރު މަސައްކަތް ކުރަނީ ޒާޔާއާ ވީހާވެސް ދުރަށް ދާށެވެ. ޒާޔާ ޖެއްސުމަށް އެއްޗެއް ބުނި ނަމަވެސް ހަމަ އެކަނި ހިނިތުންވުމަކުން ފުއްދާލަނީއެވެ.

 

 

ޒާޔާ އަދި އަހާންއާ އެކު ކޮލެޖު މަސަައްކަތެއް ކުރަން މިއާ އެ ގެއަށް ދިޔައެވެ. މިއާ ލާން ގޮއްސައި އެރިކް އެތެރެއަށް ވަނީ އަހާން ވަންނަން އެދުމުންނެވެ. ގޭތެރެއަށް ވަން ގޮތަށް އެރިކްގެ ދެލޯ ހޯދައިލީ މިންހާއެވެ. މިންހާ ލަންޑަންއަށް އައިންސުރެ އެކުއްޖާ ފެނިލުމަށް އޭނާގެ ހިތްވަނީ ބޭގަރާރުވެފައެވެ. ދެ ދުވަސް ތެރޭ ފްރާންސް ޓީމާއި ގުޅެން ފްރާންސަށް ދާއިރު މިންހާ ނުފެނި ދާން ޖެހިދާނެތީ އެރިކް ހުރީ މާޔޫސްވެފައެވެ.

 

އިޝަލް އާއި މިންހާ މަޖާ ވާހަކައެއްގައި ތިބެގެން ސިޑިން ތިރިއަށް ފޭބިއެވެ. އިޝަލް ދެއްކި ވާހަކަ އަކުން މިންހާ ހުއްޓައި ނުލާ ހެމުން ދިޔައެވެ. “ހުވާ މި ބުނީ ދެން ހުއްޓަ. އަހަރެން ހީހީ މޮޔަ ވެދާނެ” އިޝަލް ކޮނޑުގައި ހިފަހައްޓައިގެން ގުދަށް އޮވެ މިންހާ ހުނެވެ.

 

އިޝަލްގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވީ މިންހާގެ ހުނުން ފެނިފައެވެ. މިންހާގެ އެ ހުނުން އޭނާއަށް ނުފެންނަތާ ލައްކަ ދުވަސް ވެއްޖެއެވެ. ދެލޯ މަރައިގެން ކުދި ދަތްތައް ފެންނަ ވަރަށް ހެމުން ދިޔައެވެ. އެއަށްވުރެ ރީތި މަންޒަރެއް އިޝަލް ދުވަހަކު ވެސް ނުދެކެއެވެ. ވަށައިގެންވީ ހުރިހާ ކަމެއް ހަނދާންނެތި މިންހާއަށް ގެއްލިފައި އިޝަލްއަށް ހުރެވުނެވެ. އިޝަލްގެ ލޮލަށް ރަނގަޅަށް ބަލައިފި މީހަކަށް މިންހާއަށް ޓަކައި ވީ އިޙްސާސްތައް ލޮލުން ފެންނާނެއެވެ.

 

 

މިންހާ ހުނުމުގެ އަޑު އިވިގެން ސޯފާގައި އިށީންދެލައިގެން އިން އެރިކް ބަލައިލިއެވެ. ސިޑި މަތީގައި ތިބި މިންހާ އާއި އިޝަލް އޭނާއަށް ފެނުނެެވެ. އިޝަލް މިންހާއަށް ބަލަން ހުރި ގޮތް ފެނުމާއެކު އެރިކް ހިތުގަައި ރިއްސައިލިއެވެ.

 

ކަޅި ވެސް ޖަހައި ނުލައި އޭނާއަށް ބަލަން ހުރި އިޝަލް ފެނުމުން މިންހާއަށް ވަގުތުން ހުނުން ހުއްޓައިލެވުނެވެ. އޭނާގެ ކޯތާފަތަށް ޖަންބު ކުލަ އަރައިގެން ދިއުމާއެކު މިންހާ ނިކަން އަވަހަށް އިސްޖަހައިލިއެވެ. އޭރު މޭތެރޭ އޮތް އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

 

“ސަހާދެއް މިތިބަ ދެމީހުން ވެސް ދޯ. ހީވަނީ ދެ ލޯބިވެރިންހެން ހުއްޓުން އަރާފަ މިތާ ތިބޭއިރު. ބަލާބަ އެރިކް އެތާ ސޯފާގައި ހުންނަތާ ކިހާ އިރެއް ވެއްޖެ އެލެކްގެ އިންތިޒާރުގަ” މިންހާ އަދި އިޝަލް ވެސް ސިހުނީ ޒާޔާ އައިސް ކުދި ކިޔައިގަތުމުންނެވެ. ދެ މީހުންނަށް ވެސް އަވަހަށް ބަލައިލެވުނީ ސޯފާއަށެވެ.

 

“އޭ ބްރޯ މަށަށް ނުވެސް އެނގޭ ބްރޯ އައި ކަމެއް” އިޝަލް ގޮސް އެރިކްއާ ސަލާން ކޮށްލިއެވެ. ދުވަސްގަނޑަކަށް ފަހު އެރިކް ފެނުމުން އޭނާ ހުރީ އުފާވެފައެވެ. “ހޫމް އެލެކް އެހެން ކަންކަމާ ބިޒީ ވީމަ ނޭންގޭނެއްނު” މިންހާއާ ދިމާއަށް ވަށް ކަޅިން ބަލައިލަމުން ވަރަށް ނުސީދާކޮށް އެރިކް ބުނެލިއެވެ. “އޭ ކޮންއިރަކުން ފްރާންސަށް ދަނީ؟” އެރިކްއަށް ދޭނެ ޖަވާބެއް ނޭންގުމުން އިޝަލް އަވަހަށް ވާހަކަ ބަދަލުކޮށްލިއެވެ. އެންމެ ގާތް އެކުވެެރިޔާއަށް ވެސް ހިތުގެ ހާލު އަންގާކަށް އިޝަލް އަދި ތައްޔާރެއް ނޫނެވެ. މިންހާއަށް ޓަކައި އޭނާގެ ހިތުގައި ވަނީ ކޮން އިޙްސާސެއް ކަން ޔަޤީން ނުވަނީސް އޭނާގެ ހާލަތި އެއްވެސް މީހަކަަށް އަންގާކަށް އިޝަލް ބޭނުމެއް ނޫނެވެ.

 

ފޯނެއް އައިސްގެން އިޝަލް ދިއުމުން މިންހާ އަދި އެރިކް އެކަނިވިއެވެ. މިންހާ ހީކޮށާގެން އިނީ އިޝަލް ދިޔައިމަ އެރިކް ވާހަކަ ދައްކާނެ ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް އޭނާ އެތާ ހުރި މީހަކަށް ވެސް ނަހަދައި އެރިކް ފޯނާއި ކުޅެން ފެށީއެވެ. އެެރިކްގެ އެ ފަރުވާ ކުޑަ ޢަމަލުން މިންހާ ހިތަށް ފުން އަސަރެއް ކުރިއެވެ. ހިތުގައި ޖެހި ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އެންމެ ސިކުންތެއް ވެސް އެތަނުގައި މަޑު ކުރަން ބޭނުން ނުވުމުން މިންހާ އެތަނުން ދާން ހިނގައިގަތެވެ.

 

ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނާޅާ ހުއްޓެން މިންހާއަށް މަޖުބޫރުވީ އޭނާ އަތުގެ ކުޑަ ހުޅާއި ދިމާލުން ބާރުގަދަ އަތަކުން ހިފެހެއްޓުމުންނެވެ. އެ އަތް ފޮޅުވައިލައިފައި ދާން ކުރި މަސައްކާތް ވީ ބޭކާރެވެ. އެއީ އެރިކްގެ ކަމެއްކަން އެނގޭތީ މިންހާ ރުޅިގަދަވިއެވެ. އެއޮަށް ހުރިހާ އިރު އާނގައިން ނުބުނެ ހުރެފަ އޭނާ ދާން ހެދުމުން ކޮންމެހެން ހިފަހައްޓަނީ ކީއްކުރަން ހެއްޔެވެ.

 

“އެރިކް އަހަރެން ހަމަ މިހާރު ދޫކޮށްލާ!” ހަރުކަށި ކަމާއެކު އަޑަށް ބާރުލައިފައި މިންހާ ބުނެލިއެވެ. މިންހާ ބުނި ރާގުން ވެސް އޭނާ ހިތްހަމަ ނުޖެހިފައި ހުރި ވަރު ހާމަވެއެވެ.

 

މިންހާ އަތުން ދޫ ކުރުމުގެ ބަދަލުގައި އެރިކާ އޭނާއާ ދިމާއަށް މިންހާ އަނބުރައިލިއެވެ. އިތުރަށް ހިތްހަމަ ނުޖެހިފައި އެއްޗެއް ބުނަން އުޅުނު މިންހާގެ ދެލޯ ބޮޑު ވެގެން ދިޔައީ އެރިކް ބަދަލުގައި އޭނާ އަތުގައި ހިފައިގެން ހުރި އިޝަލް ފެނިފައެވެ. ގަތް ލަދާއެކު މިންހާގެ މޫނު އެކީރަތްވެގެން ދިޔައެވެ. އިޝަލްއާ ދިމާއަށް ބަލައިލަން ނުކެރިގެން މިންހާ އިސްޖަހައިލިއެވެ.

 

އޭނާއަކީ އެރިކް ކަމަށް މިންހާ ހީކުރުމުން އިޝަލް ހިތުގައި ރިއްސައިލިއެވެ. އެރިކް އެ ގޮތަށް އައިސް މިންހާ އަތުގައި ހިފުމަށް މިންހާ އުއްމީދު ކުރަނީ ހެއްޔެވެ؟ މިންހާ ހިތުގައި އެރިކްއާ މެދު ހަޤީޤަތުގައި ވެސް އިޙްސާސްތަކެއް އުފެދުނީ ހެއްޔެވެ؟ ‘ސެލެބްރިޓީ ކްރަޝް’ އަކަށް ވުރެ ބޮޑަށް އެރިކްގެ ނަން މިންހާގެ ހިތުގައި ލިޔެވިފައި ވަނީ ހެއްޔެވެ؟ އިޝަލް ހިތަށް އެއްފަހަރާ އެތައް ސުވާލެއް އަރައި ފައިބަމުން ދިޔައެވެ. އެ ހުރިހާ ސުވާލެއްގެ ޖަވާބު ނޭންގެނީސް އޭނާގެ ހިތާއި ސިކުނޑިއަށް ވެސް ހަމަޖެހުން ނުލިބޭނެއެވެ.

 

“މިންހާ ބޭނުމީތަ އެރިކް މިންހާ އަތުގައި ހިފަން؟” ހިތުގައިވި ސުވާލު ދުލުން ބޭރުވިކަން އިޝަލްއަށް ރޭކައިލީ މިންހާ އިސްއުފުލާލައިފައި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލުމުންނެވެ.

 

ސޯފާގައި އިން އެރިކް އިނީ ހިނިގަނޑު ހިފަހައްޓައިގެންނެވެ. އިޝަލް އައިސް މިންހާ އަތުގައި ހިފުމުން އެއީ އޭނާ ކަމަށް މިންހާއަށް ހީވުމުން އެރިކް ކުޑަކޮށް ފޮނި ވެސް ވިއެވެ. އެރިކް މިންހާއާ ވާހަކަ ނުދެއްކީ މިންހާ ކަންތައް ކުރަނީ ކިހިނެއްތޯ ބަލާށެވެ. އޭނާ ވާހަކަ ނުދެއްކުމުން އިސްވެ ވާހަކަ ދައްކާތޯއެވެ.

 

އިޝަލް އިތިރު އެއްޗެކޭ ބުނުމެއް ނެތި މިންހާ އަތުން ދޫކޮށްލިއެވެ. އޭނާ ހިތުގައިވި އިޙްސާސްތައް ބޭޒާރު ވެދާނެ ކަމުގެ ބިރަށް މިންހާއާ ދިމާ ކުރާ ކަމަށް ހަދައިފައި ހޭންފެށިއެވެ. އޭނާ ހޭންފެށުމުން މިންހާ އޭނާއާ ދިމާއަށް ކަޅި އަޅައިލިއެވެ. މިންހާ އަތް ދަމާލި ގޮތުން އެ އުޅެނީ ކީއްކުރަން ކަން އިޝަލްއަށް ވިސްނުނެވެ. މިންހާ އަތު ނުޖެހެން ވެގެން އިޝަލް ދުއްވައިގަތީއެވެ. އިޝަލް ގޮސް ސިޑިން މައްްޗަށް އެރުމާއެކު މިންހާ ދިޔަ ގޮތަަށް ގޮސް އެރިކްގެ އަތުގައި ތަޅައިގަތެެވެ. “އައުޗް. މިނީ މައުސް ހާދަ ބާރު ވެސް ގަދައޭ” މިންހާ އެކަހަލަ ކަމެއްކޮށް ފާނެ ކަމަށް ނުވިސްނާ ހުއްޓާއި ކުރުމުން އެރިކްއަށް ލިބުނީ ސިހުމެކެވެ. ދެލޯ ކުޑަކޮށް ތުން ދަމައިގެން މިންހާ އިން އިރު ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. “މިނީ މައުސް ތިހެން އިންނަ އިރު ވަރަށް ލޯބި. އަބަދުވެސް ރުޅި އަރުވައިފައި ދޯ ބައިންދަންވީ” އެރިކް ބޭނުންވީ ކުރިއަށް ވުރެ ބޮޑަށް މިންހާ ރުޅި އަރުވައިލާށެވެ. “ވަރަށް ފޫހިވޭ. ނޫޅެން އެރިކްއާ ވާހަކަ ދައްކާ ކަށް ވެސް. މި އޮށް ހުރިހާ ވެސް ވާހަކަ ނުދައްކާ އިނީނު. ދެން ކޮންމެހެން މިހާރު އައިސް ވާހަކަ ދައްކަނީ ކީއްކުރަން؟” ރުޅިއަށް ވުރެ ބޮޑަށް މިންހާ އަޑުގައިވީ ހިތާމައެވެ. “އަހަރެން ވާހަކަ ދައްކަންތަ މިންހާ ބޭނުމީ؟” ސަމާސާ ގޮތް ގަނޑު ދޫކޮށްލުމަށް ފަހު ވަރަށް ސީރިއަސް ކަމާއެކު އެރިކް އަހައިލިއެވެ. އެރިކް ލޮލުގައިވި އަސަރުން މިންހާގެ ނޭވައި ކަރު ތާށިވިހެން ހީވެއެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެތަނުން ފިލައިގެން ދާން ބޭނުންވިއެވެ. “ސޮރީ މިނީ ދެރަކުރެވުނީމަ. މިންހާ މޫނު މަތިން ހިތާމަ ވެރިކަން ފެނުމަކީ އަހަރެން ދެކެން ބޭނުންވާ ތަނެއް ނޫން. އަބަދުވެސް ބޭނުމީ މިންހާގެ ރީތި ހިނިތުންވުން ދެކެން” މިންހާ އާއި އެރިކްގެ ދެލޯ ބައްދަލުވި ހިނދު ދެހިތުގެ ވިންދު އަވަސްވިއެވެ. ދެލޮލުން އެކަކު އަނެކަކަށް އެތައް ވާހަކައެެއް ބުނެދިނެވެ. ހިތުގެ ހާލު ދުލުން ބަޔާން ނުކުރި ކަމުގައި ވިއަސް ލޮލުން ހިތުގެ ގޮވުން ބުނެދެމުން ދިޔައެވެ.

 

 

 

އިންޓަނޭޝަނަލް ބްރޭކްގައި ރާއްޖެ އެންމެ ފުރަތަމަ ކުޅެން އޮތީ ވާދަވެރި ސައުތްކޮރެއާއާ އެކު އެކުވެރިކަމުގެ މެޗެކެވެ. ސައުތް ކޮރެއާގައި ކުޅޭ އެ މެޗު ބަލަން އެންމެން އެކީ ކޮރެއާއަށް ދިޔައެވެ. އިޝަލް ކުޅޭނެކަން ޔަޤީން ނުވިއެއް ކަމަކު އެ މެޗު ބަަލަންދާން އަކްމަލް ބޭނުންވިއެވެ. ދަރިފުޅު ޤައުމީ ޓީމުގެ ބެންޗުގައި ހުރުމަކީ ވެސް އޭނާއަށް ލިބޭ ފަޚުރެކެވެ.

 

 

“ހަނދާން ވޭންތަ އެންމެ ފުރަތަމަ ތި މީހުން ކުޅުނު ފައިނަލް މެޗުގެ އަހަރުން ސަޕްރައިޒް ދިން ހަނދާން؟” ކުރީގެ ހަނދާނެއް އާ ކުރަމުން އިޝްމާ އަކްމަލް ގާތު އަހައިލިއެވެ. އެ ދުވަހުގެ ހަނދާންތައް އިއްޔެ ވީ ކަމެއް ފަދައިން އިޝްމާގެ ހަނދާނުގައި ވިއެވެ. އަކްމަލް ހެވިފައި ބޯ ޖަހައިލީ އެ ދުވަހުގެ ހަނދާންތައް އާ ވުމުންނެވެ. “ހޫމް އެ ދުވަސް ދޯ. މަ ހަނދާން އެބަހުރި ސްކޫލްގަ މެޗު ބެލި ހަނދާން. އަހޫ ކުޅޭތަން ބަލަން ނާޔާމެންނާ އެއްކޮށް ހާދަ ދާ ހިތުންނޭ މަ ހުރީ” އަހުސަމް ވެސް އިޝްމާއާ ބައިވެރިވެ އެ ދުވަހުގެ ހަނދާންތައް އާ ކުރިއެވެ.

“ކޮން މެޗެއް ބަލަން؟” އަހާން އައިސް މަންމަ ގާތު އިށީންނަމުން އަހައިލިއެވެ. އިސްރާ އޭނާގެ ހަގު ދަރިފުޅަށް ކޮންމެސް ވަރަކަށް މާޒީގެ އެ ދުވަސް ކިޔައިދިނެވެ.

 

އަކްމަލް އޭނަ އިޝަލްއާ މެދު ފަޚުރުވެރިި ވާ ވަރު ކިޔަމުން ދިޔައިރު އަހާންއަށް އޭނާގެ ބައްޕައަށް ބަލައިލެވުނެވެ. ޔޫސުފް އާއި އިޝަލް އެކޭ އެއް ގޮތަށް އޭނާ ވެސް މޮޅު ފުޓުބޯޅަ ކުޅުންތެރި އަކަށް ވުމަށް އޭނާގެ ބައްޕަ ބޭނުންވިއެެވެ. ޚުދު އޭނާ ވެސް ބޭނުންވީ މޮޅު ފުޓުބޯޅަ ކުޅުންތެރި އަކަށް ވާށެވެ. ޤައުމަށް ބައްޕަ ހޯދައި ދިން ފަދަ ރީތި ނަން ހޯދައިދޭން އޭނާ ވެސް ބޭނުންވިއެވެ. ނަމަވެސް އަހާން ތަޤުދީރުގައި ދެކުނު ހުވަފެން ހަޤީޤަތަކަށް ވާކަށް ނެތެވެ. އޭނާގެ ހުވަފެން ވެގެން ދިޔައީ ހަމަ އެކަނި ބިލާހަކަށެވެ.

 

 

މާއިޒްއާ ކުރިމަތި ލާން ޖެހުމުން ރިއަން ޖެހިލުންވިއެވެ. މާއިޒްއާ ހަތަރު ކަޅި ހަމަކޮށް ބަލައިލަން ވެސް ރިއަން އަކަށް ނުކެރެއެވެ. ޤައުމީ ޓީމުގެ ކޯޗަކަށް މާއިޒް ހުއްޓައި އޭނާއަށް ޓީމުން ފުރުޞަތު ލިބިދާނެ ކަމަށް ރިއަން އުއްމީދެއް ނުކުރެއެވެ. ޓީމުން އޭނާއަށް ޖާގަ ލިބުނު ކަމަށް މެސެޖު އައުމުން ރިއަންއަށް ހީވީ ހޭލައި ހުއްޓައި އޭނާއަށް ހުވަފެން ފެންނަނީ ހެންނެވެ.

 

ނުނިމޭ

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ނޭދެމޭ ވަކިވުމެއް-25

Next

ފެވިފާނަން ވިޔޭހިތުގާ-3

Next
November 7, 2020

ފެވިފާނަން ވިޔޭހިތުގާ-3

Previews
November 6, 2020

ނޭދެމޭ ވަކިވުމެއް-25

4 Comments!

  1. ?Ril? says:
    November 7, 2020 at 12:42 pm

    Heiiiii sis❤️❤️❤️???
    Vrh sali Mi part vess ❤️❤️❤️
    Masha Allah keep it up sisoo❤️❤️❤️
    Ishal aa Eric aa demeehun vess Minha beynun vey dhw aleyyy❤️❤️❤️
    Waiting for the next part❤️❤️❤️
    Love u sis ❤️❤️❤️
    Stay safe ❤️❤️❤️❤️

    1. Kiyara says:
      November 7, 2020 at 6:29 pm

      Thanks dear♥️

  2. Kiyara says:
    November 7, 2020 at 3:19 pm

    Salam all hereis the 18th episode of Manzil. Hope u all enjoyed reading. Stay safe and take care everyone

  3. Aishath Naseem says:
    November 7, 2020 at 7:00 pm

    Ĺ

Comments are closed.

Next Episodeމަންޒިލް 19←


All Right Reserved!