Skip to content
އެސްފިޔަ

ސިނގު ރުޅި

ފާތުމަ އިލޮށިފަތި ހޯދަނީ އެވެ. އެއްވެސް ތާކުން އިލޮށިފައްޗެއް ނުފެނުނެވެ. ފާތުމަ ގޮސް މަންމަ ގާތުގައި އިލޮށިފަތި ވީ ކޮންތާކުތޯ ސުވާލުކުރުމަށް މަންމަ ބުނީ އިލޮށިފަތި ވީތަން މަންމައަށް ނޭނގޭ ކަމަށެވެ. ފާތުމަ ރުޅިއައިސްގެން ފަތިވަރެއް އަމުނައިލުމަށް ފަހު އަނެއްކާވެސް އިލޮށިފަތި ހޯދުމަށް އެތަން މިތަނަށް ހާވަން ފެށިއެވެ. ހޯދާ ހޯދާ ވަރުބަލި ވީއިރު ވެސް ފާތުމައަކަށް އިލޮށިފައްޗެއް ނުފެނުނެވެ. ފާތުމަ ރުޅިއައިސްގެން މޫނު ކޮނިކޮށްފައި ހަޅޭއްލަވަމުން ލަވަމުން ގޮސް ކޮޓަރިއަށް ވަދެ އަތުގައި ހުރި ހުރިހާ ބާރެއްލާފައި ކޮޓަރި ދޮރު ބަންލާފައި ޖެހިއެވެ. އެއާއެކު އެއްޗެއް ވެއްޓުނު އަޑަށް ސިއްސައިގެން ގޮސް ފާތުމަ ތިރިއަށް ބަލައިލިއެވެ. ވެއްޓިފައި އޮތީ ފާތުމަ ހޯދާ ހޯދާ ވެސް ނުފެނުނު ފާތުމަގެ އެއްކަލަ އިލޮށިފައްޗެވެ. ފާތުމަ ލަދުން ހުރެ ގޮސް މަންމައަށް އިލޮށިފަތި ދައްކައިލުމަށްފަހު މައާފަށް އެދުނެވެ. މަންމަ ހީލުމަށް ފަހު ބުންޏެވެ. ކަންކަމުގައި މާއަވަހަށް ރުޅިއަންނަންޏާ ވާނީ ތިހެންނެވެ. ތިޔަށް ކިޔާނީ” ސިނގު ރުޅި “ އެވެ.

ނިމުނީ

Comments (3)

  1. NERF

    MI keen gr 2 ge dhuvehi fothun, but story is awesome, keep going midhoo, mashallah

    1. Fathimath Midhuha
      NERF

      Thanks NERF ☺️☺️

  2. Fathimath Midhuha

    Mii one of my favourite story. Hope you like it

Comments are closed.