Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 8 ވަނަ ބައި

Hoody Level 310 Stories100 Comments
June 2, 2015 5 Mins Read
21 Comments

ޒާހިރާމެންގެ ގެ ހުރީ އެ ގެއާ ޖެހިގެންނެވެ. އެހެންކަމުން ޝައިމާމެންނަށް އެގެ ހުރަސްކުރަން މަޖުބޫރެވެ. އެ ގެއާ އަރާ ހަމަވިއިރު ޝައިމާގެ ހިތް ހީވަނީ ފުންމާލަފާނެހެންނެވެ. ކުއްލިއަކަށް އިވުނީ އަންހެނަކު ވަރަށް ބާރަށް ހަޅޭލަވައިގަނެ ރޮއެގަތް އަޑެވެ. އެ އަޑު އައީ އެ ގޭތެރެއިން ކަން ކަށަވަރެވެ. ޝައިމާ ސިހިފައި ޔައީޝްގެ ގައިގާ ހިފައިގަނެވުނެވެ. އެއިރު ޔައީޝްގެ ޓީޝާޓްވަނީ ޝައިމާގެ އަތުތެރޭގައި ބޮނޑިވެފައެވެ.

“ކާމް ޑައުން ބޭބީ!” ޔައީޝް ޝައިމާ ހަމައަކަށް އަޅުވާލުމަށްޓަކައި ކުޑަކޮށް ބައްދާލިއެވެ. “އެއީ ސައިކޯ މީހެއް!”

ޝައިމާއަށް އެގެއަށް ބެލެނީ އެހެން ނަޒަރަކުންނެވެ. އެގޭތެރޭގައި ކޮންމެވެސް ސިއްރެއް ވާނޭކަން އޭނާގެ ހިތް ބުނެއެވެ. ޒާހިރާމެން ގެއަށް ވަން އިރުވެސް ޝައިމާ ހުރީ އެގެއަށް ބަލާށެވެ.

“އަހަނ! ދަރިފުޅުމެންތަ؟” ޒާހިރާއަށް ޔައީޝްމެން ފެނުމުން އޭނާ ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު އައެވެ.

“ދަރިފުޅާ ޝައިމާ! ކައިވެނި ކުރިރޭ ދައްކާލިގޮތަށް އަދިކިރިޔާ މި ފެނުނީ!” ޝައިމާގެ ބޮލުގައި ފިރުމަލަމުން ޒާހިރާ ވާހަކަދެއްކީ ލޯބިންނެވެ.  “ގެ ދުރުކަމުން ދާންވެސް އުނދަގޫވިއްޔަ!”

“އާނ! ބޮޑައްތަ ނުފެންނަތާ ގިނަދުވަސްވެގެން އެހެންވެ ޝައީ ގޮވައިގެން މި ޖައްސާލީ!” ޔައީޝް އާއި ޝައިމާ އެތާހުރި ޖޯލިފަތީގައި އިށީނެވެ.

“ޝައިމާއަށް ދިމާވިކަމަކުން ބޮޑައްތަ ވަރަށް ހާސްވި! އުޅުނިން ދާންވެސް! އެކަމު ރަށުން ބޭރަށް ދާންޖެހިގެން ނުދެވުނީ! ކޮބާ މިހާރު ކިހިނެއް؟ ޑޮކްޓަރު ބުނީ ކީކޭ؟”

“ޑޮކްޓަރުން އަންގަނީ އެހާ އަވަހަށް ދެން ކުއްޖަކު ނުހޯދުމަށް!” ޔައީޝް ޝައިމާގެ ޝޯލް އާ ކުޅެލަމުން ބުންޏެވެ.

“ނުހާ! ދަރިފުޅާ ނުހާ!” ޒާހިރާ އޭނާގެ ދަރިފުޅަށް ގޮވަން ފެށިއެވެ. “ނުހާ އާދެބަލަ އަވަހަށް!”

އިރުކޮޅަކުން ދުވަމުން ދުވަމުން ގޭތެރެއިން ނުހާ ނުކުތެވެ. ނުހާ އަކީ 16 އަހަރުގެ ކުއްޖެއް ކަމަށްވިއަސް އުޅުން ހުންނަނީ ކުޑަކުއްޖެއް ހެންނެވެ. މޫނުމަތިންވެސް އެފަދަ މައުސޫމްކަމެއް ފެނެއެވެ. ފަން އިސްތަށިކޮޅު ދެބައިކޮށްލުމަށްފަހު ދެ ވޫލްކޮޅުން އައްސާލާފައިވާއިރު ވަކިން ކުޑަކުއްޖެއް ވައްތަރު ޖަހައެވެ. އެ ބޮޑު ދެލޮލާއި ދަތްދޮޅިކޮޅަށް ހިމަކޮށް ހުރި މޫނު ފެންނަމީހަކު ލޯބިން ފުރޭނެއެވެ. ހަންގަނޑުގެ އޮމާންކަމުން މޮޑެލް އެއްފަދައެވެ.

ނުހާއަށް ޝައިމާ ފެނުމައެކު ފުންމަމުން ފުންމަމުން އައީ އުފާވިލެއް ބޮޑުކަމުންނެވެ.

“ޝައީ ފަހަރީ!” ނުހާ ޝައިމާއާއި ޔައީޝްގެ ދޭތެރޭގައި އިން ކުޑަ ހުސްތަންކޮޅަށް އެރިގަތެވެ. “ވެޑިން ނައިޓް ގަ ފެނުނުގޮތަށް ޚަބަރެއްވެސް ނުވަމެއްނު! ވަރަށް މިސްވި!”

ނުހާ ޝައިމާ ދެކެ ލޯބިވަނީ އެއްބަނޑު އެއްބަފާ ކުއްޖެއް ފަދައިންނެވެ. ޝައިމާވެސް ނުހާ ގެ އުޅުން ހުންނަގޮތުން ބައެއްފަހަރު ހިނިއާދެއެވެ. ދުވަހަކު މަޑުން ހުރެވެނީކީ ނޫނެވެ. އަބަދުވެސް ކޮންމެވެސް ކަމެއް ކޮށްލަކޮށްލަހުންނަހިތްވާ ސިޔާސަ ކުއްޖެކެވެ.

“އަންނާނަން ސައި ތައްޔާރު ކޮށްލާފަ! ސައިބޮއެގެން ދާން މަޑުކުރާތި!” ޒާހިރާ އެތަނުން ދިއުމުން ނުހާ ފުންމައިގެން ތެދުވިއެވެ. އަދި ޝައިމާގެ އަތުގައި ހިފާ ނަގައިގެން ގޭގެ އެކި ތަންތަން ދައްކަ ދައްކާފައި އުޅުނެވެ.

***

“ނަންނީ! މިގޭގަ ސައިކޯ މީހެއް އުޅޭ ދޯ؟” ލިބުނު ދަނޑިވަޅު ބަލާފައި ޝައިމާ ނުހާ ގާތު އަހާލިއެވެ.

“ހުމްމް! އަބަދު ހަޅޭ ލަވާ އަޑު އިވޭނެ! ބައެއް ރޭރޭ ނިދަން ވެސް އުނދަގޫ! ބައެއް މީހުން ބުނާއަޑުއިވޭ އެ ގޭގަ އުޅެޔޭ ބްލެކް މެޖިކް ހަދާ މީހެއް! އޭނަގެ ވައިފް އޯ އެ ހަޅޭލަވާ އަޑުއިވެނީ! އެކަމަކު ދުވަހަކުވެސް އެ ބުނާ މީހަކު މަށެއް ނުދެކެން!” ނުހާ ފިނިފެންމާގަހުން މަލެއް ބިނދެލުމަށްފަހު ޝައިމާގެ ޝޯލްގައި ހަރުކޮށްލިއެވެ. ޝައިމާ ހުރީ ވިސްނުމަކަށް ގެއްލިފައެވެ. ދެ ބުމަ ހުރީ ގޮށްޖެހިފައެވެ. ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދެން ފެށިއެވެ.

“ދަރިފުޅުމެން އާދޭ ސައިބޯންއަވަހަށް!” ޒާހިރާ ގޮވާލިއަޑުއިވުމުން ޝައިމާއާއި ނުހާ އަދި ޔައީޝް ހިނގައިގަތީ އެތެރެއަށެވެ.

********

އަނެއްކަވެސް ޔައީޝްއާއި ޝައިމާގެ ދިރިއުޅުން އަމާންވެގެން ދިޔައީއެވެ. މި ގޮތުގައި ދުވަސްތަސް ހޭދަވަމުން ދިޔައީ ނުހަނު ހަލުވި ކަމާއެކުގައެވެ. ނަމަވެސް ޔައީޝް އާއި ޝައިމާ ދެން ކުއްޖެއް ހޯދަން ނިންމީ 2 އަހަރުފަހުންނެވެ. އެއީ ޝައިމާގެ ރައްކާތެރިކަމަށްޓަކައެވެ. ސީމާއަށް މިއީ ދިގު މުއްދަތަކަށްވިއަސް ޝައިމާގެ ރައްކާތެރިކަމައްޓަކައި ހިތްހަމަ ޖައްސާލައިގެން ދުވަސްތަށް ގުނަން ފެށިއެވެ…….

***

ޖަޒްލާ އޭނާގެ 3 އަހަރުދުވަހުގެ ކޯހައިގެން ކުރިއަށް ދިޔައެވެ. ބުރަ މަސައްކަތާއެކު އޭނާ ކިޔަވަމުންދިޔައެވެ. ހަދަން ޖެހޭ ޕްރޮޖެކްޓް ތަށް ފަރުވާތެރިކަމާއެކު ރަނގަޅަށް ހަދައެވެ. ދަސްކުރަން ޖެހޭ އެއްޗެހި ދަސްކުރަމުންދިޔައީ ކެތްތެރިކަމާއެކުގައެވެ. އޭނާގެ އަމާޒަކީ ޔައީޝް ހާސިލް ވުމެވެ. ނަމަވެސް ޔައީޝްއަކީ އެހެން ކުއްޖެއްގެ ހައްގެއްކަމެއް އޭނަ އަކަށް ނޭނގެއެވެ. އެކަން އެނގިއްޖެނަމަ ވަގުތުން އޭނަ ރާއްޖެ އަންނާނެކަން ކަށަވަރެވެ.

***

ޔައީޝް އާއި ޝައިމާ އަދައިގެ ދިރިއުޅުމެއް އުޅެމުންދިޔައެވެ. ނަމަވެސް ކުރިއަށްވުރެ ބޮޑަށް ސިމާއާއި ޔައީޝް ޝައިމާއަށް އަޅާލައެވެ. ކުރާ ނުކުރާ ކަންތައް ބަލައެވެ. މަސައްކަތްކުރާކަށް ވަގުތެއް ނުދެއެވެ.

މި ފަދަ ގޮތަކަށް ދުވަސްތަށް ދަމުންގޮސް 2 އަހަރާއި 6 މަސްވީއިރު ޝައިމާގެ ބަނޑަށް 2 މަހެވެ.  ދެވަނަ ފަހަރަށް ބަލިވެ އިންކަން އެނގުމާއެކު އެ އާއިލާގެ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ގޭތެރެއަށްވެސް ހީވީ ދެއީދު އެއްފަހަރާ އައި ހެންނެވެ. މިފަހަރު ސީމާ އާއި ޔައީޝް ޝައިމާ ބެލެހެއްޓީ ކުޑަކުއްޖެއް ފަދައިންނެވެ. ކުރިން ކުރިފަދަ މޮޔަކަމެއް ކޮށްފާނެތީ ސީމާ އަބަދުވެސް ޝައިމާއަށް ބަލައެވެ. އެ ފަދަ ހިތާމައެއް ދެވަނަ ފަހަރަށް ތަހަންމަލު ކުރާހާ ކުޅަދާނަކަމެއް މިހާރަކު އެ ނިކަމެތި ހަށިގަނޑަކު ނުހުންނާނެއެވެ.

***

ޖަޒްލާ އޭނާގެ ކޯހުގެ ފަހު ދުވަސްތަކުގައި ބުރަ ކަމާއެކު ކިޔަވަމުންދިޔައެވެ. ކޯހުން ރަނގަޅު ނަތީޖާއެއް ނެރެގެން ރާއްޖެއައިސް ޔައީޝްގެ އޮފީހުން ވަޒީފާއެއް ހޯދަން އޭނާ ބޭނުމެވެ. އޭރުން އޭނާގެ ހުވަފެނުގެ ދެބައިކުޅައެއްބައި ފުރިހަމަވީއެވެ.

ކޯހުގެ ސެޓްފިކެޓް ދޫކުރި ހަފްލާގައި ޖަޒްލާގެ ނަން އިޢުލާނު ކުރެވުނީ ކޯހުގެ އެންމެ މޮޅު 2 ވަނަ ދަރިވަރުގެ ގޮތުގައެވެ. އެއީވެސް އޭނާގެ ނަޒަރުގައި ވަރަށް ބޮޑުވަރެކެވެ. ސެޓްފިކެޓް ހިފައިގެން ސްޓޭޖުން ފޭބިއިރު އޭނާގެ ލޮލަށް ޖަމާވެފައިވަނީ އުފާވެރިކަމުގެ ކަރުނައެވެ. ރާއްޖެ އަންނަ ދުވަސް ކައިރިވަނީއެވެ. އޭނަގެ ޖާނުފަދައިން ލޯބިވާ ޔައީޝްގެ ގާތަށް ދެވެނީއެވެ. އޭނާ ގެއަށް އައިސް ކޮޓަރިއަށްވަދެ ޑައިރީ ނެގިއެވެ. އަދި ފަންސޫރަކުން ޔައީޝްގެ އަނެއްކާވެސް ފޮޓޯއެއް ކުރަހަންފެށިއެވެ. އޭނާގެ ކާމިޔާބީގެ ވާހަކަ މަންމަމެންނަށް ޚަބަރު ކުރުމަށްވުރެވެސް ޔައީޝްގެ ފޮޓޯއެއް ކުރަހާލުން އޭނާއަށް މާ މުހިންމެވެ.

***

ފްލައިޓް އައިސް ރަންވޭގައި ޖެއްސިއިރު އާސިފާއާއި އައިނީ ތިބީ އެއާޕޯޓަށް ޖަޒްލާ ބަލާ އައީހެވެ. ފްލައިޓުން މީހުންފައިބަން ފެށުމާއެކު އައިނީ ބޯ އަރިކޮށްކޮށްފައި ދޮންތަ ފެނޭތޯ ބަލަންފެށިއެވެ.

މީހުންތަކުތެރެއިން ފަރިހިންގުމެއްގައި ހިނގާލާފައި އަންނަ ޖަޒްލާ ފެނުމާއެކު އައިނީއަށް ހަޅޭ ލަވައިގަނެވުނެވެ.

މިވީ 3 ވަރަކަށް އަހަރު ތެރޭ ޖަޒްލާއަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަށް އައިސްފައެވެ. ހަށިގަނޑު ރީތިވެ ޒުވާންވެފައެވެ. އިސްތަށިގަނޑުގެ ތަންތަންކޮޅު ހައިލައިޓްކޮށްލާފައިވާއިރު ގައިގެ ހަންގަނޑު ކުރިއަށްވުރެ ދޮންވެފައި އޮމާނެވެ. ދަނބުކުލައިގެ އަތް ދިގު ޓީޝާޓްމަތިން ޖިންސް ފޮތީގެ ޖެކެޓް ކޮޅެއް ލާފައި ވުމުން އެމެރިކަން ވައްތަރުޖަހައެވެ. އަރާފައިވާ ހައިހީލްގެ ސަބަބުން އޭނާގެ އިސްކޮޅު މާ ދިގުކަމަށް ދައްކައެވެ.

“ދޮންތީ!” އައިނީ ދުވެލާފައި ގޮސް ޖަޒްލާ ގައިގާ އޮޅުލައިގަތެވެ.

“އައިއްކޯ!!” ޖަޒްލާ އައިނީގެ ކޮލުގައި ހިފާލަމުން ފިއްތާލިއެވެ. “ބަލާބަލަ އައިއްކޮ ބޮޑުވެލާފަ ހުރިވަރު. މިހާރު ދޮންތިގެ ކަންފަތާ ހަމައަށް އެބަ އަރާ!”

“ދަރިފުޅާ!” އަސިފާގެ ލޮލުން ވިދައިގަތީ ފަހުރުވެރިކަމެވެ.  އޭނަ އެކަނި މާއެކަނި ބޮޑުކުރި ދަރިފުޅު ހަރުދަނާވެ ވަރުގަދަ ޝަހުށިއްޔަތަކަށް ވުމުން ވެވޭނީ ފަހުރުވެރުވުން ނުން އެހެން ކޮންކަމެއް ހެއްޔެވެ؟ “ދަރިފުޅު ހާދަ ބޮޑު ވެއްޖެޔޭ!”

ޖަޒްލާވެސް ހުރީ އިންތިހާއަށް އުފާވެފައެވެ. ނަމަވެސް މި އުފާވެރިކަމުގެ ފުރަގަހުގައި ވަނީ ކޮންކަމެއްކަމެއް އާސިފާއަކަށްވެސް ހަޤީގަތުގައި ނޭނގެއެވެ.

***

ޝައިމާ އަނެއްކާވެސް ބޮޑު ބަނޑެއް ލައިފިއެވެ. މިފަހަރު އޭނާގެ މޫނުމަތިންވެސް މާބަނޑުކަމުގެ އަސަރު ނުހަނު ރަނގަޅަށް ފެނެއެވެ. ދެކޮލަށް މަސްއަރާ “ޗަބީ” ވެފައިވާއިރު ލޯބިކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. އަށިގަނޑުވެސް ކުރިއަށްވުރެ ރީތިވެފައި ފަލަވެއްޖެއެވެ.

ޔައީޝް އޮފީހަށްދަނީ ޝައިމާ ސީމާއާ ހަވާލު ކޮށްފައެވެ. ކުރިން ހިނގިފަދަ ގޯހެއް ހިނގާފާނެތީ ޔައީޝް ޖެހިލުންވެއެވެ. އަބަދުވެސް ޝައިމާގެ ސަލާމަތާއި ރައްކަތެރިކަމަމެދު ވިސްނެނީ އެހެންވެއެވެ. އޭނާގެ ދަރިފުޅު ދުނިޔެއަށް އުފަންވާން ދެން މާ ގިނަ ދުވަހެއް ނެތެވެ. އެދުވަހަށް ކެތްތެރިކަން ކުޑަ ކަމާއެކު ޔައީޝް އިންތިޒާރު ކުރެއެވެ.

***

ޖަޒްލާ އޭނާގެ ކޮޓަރި ތަރުތީބު ކޮށްލުމަށްފަހު އަނެއްކާވެސް ޔައީޝްގެ ފޮޓޯތަކުންކޮޓަރި ފުރާލިއެވެ. ކޮންމެ ދިމާއަކުންވެސް ފެންނަނީ ޔައީޝް ގެ މޫނެވެ. އޭނަ ކޮޓަރީގައި އެނބުރިއެނބުރިފައި އެނދުމައްޗަށް ވެއްޓިގަނެއްޖެއެވެ. އަދި ޓޭޑީ ބެއާއެއްގައި ބައްދާލަމުން ލޯމަރަލީ ޔައީޝް މަތިން ހަނދާންކުރަމުންނެވެ. ޔައީޝް މިހާރު ކޮބާ ބާއެވެ؟ ދެކިލާހިތުން މޮޔަވަނީއެވެ. އޮފީސް ހެދުމުގައި ފެންނަލެއް ހަދަ ސްމާޓްވެފައި ރީއްޗެވެ. ދުވަހަކުވެސް ބަލާ ބަލާ ފޫހި ވާނެކަމެއް ނޭނގެއެވެ.

ޖަޒްލާ މިހާރު މަޑުކޮށްގެން އެ ހުންނަނީ ޔައީޝްމެންގެ އޮފީހުން ވަޒީފާގެ އިޢުލާނެއް ނެރެންދެނެވެ.

***

ބޭރަށް ނުނިކުމެވޭތާ ގިނަދުވަސްތަކެއްފަހުން އަނެއްކަވެސް ޔައީޝް އާއި ޝައިމާ އަތުގުޅާލައިގެން ބޭރަށް ނުކުމެއްޖެއެވެ. ހަވީރުގެ ވަގުތަށްވުމުން މަގުތަކަށް ވެރިވެފައިވަނީ ހިތްގައިމު ފިނިކަމެކެވެ. ހަވީރު ފިންޏަށް މީހުން މަގުތަކުގައި ހަރަކާތްތެރިވަމުންދިޔައިރު ޔައީޝްމެންގެ ރީތި ޖޯޑަށް މީހުންގެ ނަޒަރު ހުއްޓޭލެއްވެސް މަދެއް ނޫނެވެ.

***

ޖަޒްލާ ޑްރެސިންގް ޓޭބަލް ކައިރީހުރެގެން ރީތިވަމުންދިޔައެވެ. އިސްތަށިގަނޑު އެމެރިކަން ސްޓައިލަކަށް މައްޗަށް ހުޅިއެއް ޖަހާލުމަށްފަހު ތުންފަތުގައި މަޑު ފިޔާތޮށި ކުލަށް ޖައްސާލިއެވެ. ދެލޯ ކަޅު އަނދުނުން ފަވާލުމަށަފަހު މަސްކަރާއިން އެ ދިގު ބޯ އެސްފިޔަތައް ކުލަ ގަދަ ކޮށްލިއެވެ.

ރީތިވެ ނިންމަލުމަށްފަހު އަލަމާރީގެ ބޮޑު ބިއްލޫރިގަނޑު ކުރިމައްޗަށް ޖަޒްލާ ހުއްޓުނެވެ. އެ ބިއްލޫރިގަނޑުން އޭނަގެ ފައިން ފެށިގެން ބޮލާހަމައަށް ފެނެއެވެ.

ރަތްކުލައިގެ އަތްކުރު ޓީޝާޓްއަކާއި ކަޅު ސްކިނީއެއްގައި ޖަޒްލާ ފެންނަލެއް ސުޕާރ މޮޑެލް އެއްފަދައެވެ. އިސްތަށިގަނޑު އައިލައިޓް ކޮށްލާފައިވުމުން ރީތިކަން ދެގުނަ އިތުރުވެފައިވެއެވެ. ރަތް ކުލައިގެ ހައި ހީލްއަކަށް އެރުމަށްފަހު އައިނީ ގޮވައިގެން އޭނާ ނުކުތީ މަގުމައްޗަށެވެ.

***

ޔައީޝް އާއި ޝައިމާ ހިނގަމުން ދިޔައީ އަތިރިމައްޗާ ދިމާއަށެވެ. އެ ދެމަފިރިންގެ އަތް ވަނީ ގުޅި ލާމެހިފައެވެ. ރަށުގެ ތުނޑިއަށް ނުކުމެވެން އޮތް ހަނި މަގު ކަޑައްތު ކުރުމަށްފަހު އަތިރިމައްޗަށް ނުކުމެވުމައެކު ޝައިމާއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުގެ ސަބަބުން އޭނާގެ ހިތަށް ހަމަޖެހުންލިބިގެން ދިޔައެވެ.

***

ޖަޒްލާއާއި އައިނީ ސަކާރާތް ޖަހަމުން ހެމުން ހިނގާލާފައި އައީ ތުނޑިއަށެވެ. ހިތްގައިމު ހަވީރަކަށްވުމުން ޖެހިލާ ވައިރޯޅިތަށްވެސް ފިނިވެފައި އަރާމެވެ.

ޖަޒްލާ އޭނާގެ އުސް ފައިވާ އަތަށް ނެގުމަށްފަހު ފައިކުރި އޮޅާލަމުން އެ ފިނި ދޮން ވެލިގަނޑުގައި ކުޑަކޮށް ހިނގާލިއެވެ. މާދުރަށް ދެމިފައިވާ މި ބޮޑު ދޮންވެލިގަނޑަކީ ފަތުރުވެރިންވެސް މޮޔަވާވަރު ތަނަކަށް ވާނެއެވެ. އެހާވެސް ގުދުރަތީކަން ބޮޑެވެ. އެ ބޮޑު ތުނޑީގެ އެކިހިސާބުތަކުގައި ކުދި ދޫނިތަށް ޖައްސަފައި ތިބި މަންޒަރު އެހާވެސް ހިތްގައިމެވެ. މުޅި ހިސާބުގަނޑުގައި ވަނި ދޮންވެލިގަނޑުމައްޗަށް ބީއްސަލާ ކުދި ރާޅުތަކުގެ މިއުޒިކީ އަޑެވެ.

އައިނީ ވެލިގަނޑުމަތީ އިށީނދެ ސޭންޑް ކެސްލް އެއް ހަދަން ފެށުމުން ޖަޒްލާ އެބައަންނަމޭ ކިޔާފައި ކުޑަކޮށް ދުރަށް ޖެހިލިއެވެ. ހިމުން ދޮންވެލިގަނޑުމައްޗަށް ފިޔަވަޅުތަށް ދޫކުރަމުން އޭނާ ރާޅު ފެންކުރިން ހިނގަމުންދިޔައެވެ. ކޮންމެވެސް ދުވަހަކުން ޔައީޝްއާއެކު މިގޮތަށް ހިނގާލަން ލިބޭނެ ނަމައެވެ. ދޮންވެލިގަނޑުމަތީ ދެމީހުން ‘ރޮމާންސް’ ކުރަން ތިބޭއިރު ހާދަ މަޖަ ވާނެއެވެ.

***

ދުވަސްތަކަކަށްފަހު އަތިރިމައްޗަށް އާދެވުމުން ޝައިމާހުރީ ހިތްހަމަޖެހިފައެވެ. ވެލިގަނޑުމަތީ މަޑުމަޑުން އިށީނދެލިއެވެ. އަތުން އެ ހިމުން ވެލިގަނޑުގެ ތެރެއަށް އަތްބާނާ ވެއްޔާ ކުޅެން ފެށިއެވެ. ޔައީޝް ކޮއްޅަށްހުރީ މި މައުސޫމް ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ.

***

އެކަނިމާއެކަނި ތުނބުންފުމެމުން ހިނގާލާފައި އައި ޖަޒްލާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ހުވަފެނެއް ފަދައިން އޭނާގެ ލޯބިވާ ޔައީޝް ފެނުމުންނެވެ. މިފަދަ ވަގުތެއްގައި އެންމެ ހިތް އެދޭ މީހާ ފެނުމުން އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަތްފައި ފިނިވިއެވެ. ހީބިހި ހިލުވާލިއެވެ. ޔައީޝް އާ ގަތަށް ދިއުމަށް ނެގި ފިޔަވަޅު ހުއްޓުމަކަށް އައީ ޔައީޝް ކައިރީ އިށީނދެ އިން އަންހެން ކުއްޖާ ފެނުމުންނެވެ. ޖަޒްލާ ދެ ލޯ ބޮޑު ވެގެންދިޔައެވެ. ހިތުގެ ތެޅުން އެއްފަހަރާ ހުއްޓުނުކަހަލައެވެ…..

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ެެެލޫނާ (1)

Next

ފަނާ 18

Next
June 2, 2015

ފަނާ 18

Previews
June 1, 2015

ެެެލޫނާ (1)

21 Comments!

  1. Hoody says:
    June 2, 2015 at 8:44 am

    Hey all readers… varah sakaraai vejje ingey…. dhn neynge next part up vaane dhuvaheh vex…. miulhenee Internet ge massalaeh jehigen…. but varah try kuraanan avahah next part up kureveythw…. 🙁
    mi part vex reethi vaane kamah ummeedhu kuran….

  2. saadhy says:
    June 2, 2015 at 8:59 am

    Mi part vex v salhi.. Avahah up kohdhehchey and ma first :p

  3. sam says:
    June 2, 2015 at 9:03 am

    Oh thivy v dhera gotheh…. bt v v reethi

  4. aana says:
    June 2, 2015 at 9:36 am

    V v v reethi mivaahaka.avahah Up Kohdheythee V Kamudhey.next Part Avahah Kiyaalan Libeyne Kamah Ummeedhu Kuran.a

  5. jenny says:
    June 2, 2015 at 10:22 am

    Next part vvvv avahah up kohdheeba…vvvvvv salhi mi stry…

  6. naj says:
    June 2, 2015 at 10:49 am

    Vara reethi ….I understand hoody ..but pls try to up the next part soon

  7. nihaa says:
    June 2, 2015 at 10:55 am

    Vrh reethi BT haadha dheraey thi v goiyy..

  8. zilaa says:
    June 2, 2015 at 11:12 am

    V v reethi vaahaka

  9. Billa bong says:
    June 2, 2015 at 11:17 am

    Thi v vrh dhera gotheh…ekam next part avahah up kohladhevey thoa balahchey…. AnywyasAnyways Di story is awsme

  10. Huney says:
    June 2, 2015 at 11:22 am

    Huvaatha hoody haadha dheraey 🙁 but v v salhi mibaivexx try kurahchey avahah up vey tho??!!?

  11. yash says:
    June 2, 2015 at 11:23 am

    Alhe hoody dhen plzzzzz avahah up kohdhehchey vv nice mi vaahaka

  12. crazi says:
    June 2, 2015 at 12:07 pm

    Plz ahvaha update kurachey….waitn gah

  13. faai says:
    June 2, 2015 at 12:25 pm

    Wow,, v v rythi.. Anehbaige inthizaaruga alhugandu mi iny

  14. Raa e says:
    June 2, 2015 at 1:53 pm

    Wow v nice storyeh avahah upkohdhehchey internet ge mahssala rangalhuvyma.:-):-):-)

  15. shahu says:
    June 2, 2015 at 2:18 pm

    Mi vaahakaiga yseesh n jaxla ulheny kn rashegga.baeh faharu hyvey male nun hn vx aneh baifaharu hyvey male hen

  16. kaka says:
    June 2, 2015 at 8:23 pm

    shahu thibunee rangalhah

  17. Story reader says:
    June 2, 2015 at 9:31 pm

    Saabahey Shahu…. Hoody bunejje nuntha mee hiyaalee story ehekey… emynu ulhenee vex hiyaalee rasheh gaey….. kmme hen male’ ah vaan jeheytha?

  18. jazla says:
    June 2, 2015 at 10:59 pm

    Heevani jazla beyra kiyavan e dhiya ee yaeesh bunegen hen. Kiyavaigen aaima thimanna jaxlaa yaa rahtehivaanamey. Ajaaibe dhen moya e tha mi. Loabi haasil kuran kohmehen e ofeehakun vazeefaa hoadhan jeheytha. Moya vaahaka vs kiyan ekan mivaruge moyavaahaka akaa mi dhimaa v ala. Vaanuvaa

  19. neem says:
    June 2, 2015 at 11:56 pm

    Thats too sad. .!!Ohh
    V reethiii..Any way mi story vareh neh..
    V haa vx avahah up khdhehchey
    Waiting for next part eagerlyy

  20. yash says:
    June 3, 2015 at 2:15 am

    Varah furihama mibaives

  21. Hoody says:
    June 3, 2015 at 9:00 am

    Thnkx all….
    To jazlaa… mi story ga ulhey jazlaa akee yaish aa hedhi ‘moya’ vefa huri kujjeh nu dhw… ehen vee ma ehen ulhe dhaane…. 🙂

Comments are closed.

Next Episodeކަޅު ފިނިފެންމާ… 9 ވަނަ ބައި←


All Right Reserved!