Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

އެ ބިރުވެރި ރޭ ( އެއްވަނަ ބައި )

Lilly Aish Level 110 Stories
November 2, 2020 2 Mins Read
1 Comment

އާދައިގެ މަތިން ޔަމާނީ ރޭގަނޑުގެ އެކްސްޓަރ ކުލާސް ނިންމާފައި ގެއަށް ދާން ހިނގައި ގަތީ އެކަނިމާ އެކަންޏެވެ އެވެ. ރޭގަނޑުގެ އަނދިރިކަމުގެ ސަބަބުން ޔަމާނީގެ ހިތަށް ވަނީ ބިރުވެރި ކަމެއް ވެރިވެފައި އެވެ. އޭނާ ފޮތްތައް މެއާއިލާ ބޮނޑިކޮއްލީ ގަސްތަކުގެ ތެރެއިން ވާލެއް ރޮއެގަތް އަޑަށެވެ. އޭނާގެ ގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ތަންކޮޅެއް ދުރުގައި ކަމުން ޔަމާނީ ކެތްތެރި ކަމާއެކު ހިނގަމުން ދިޔަ އެވެ. ކުއްލިއަކަށް ޔަމާނީގެ ރީތި ކަޅުކަން ގަދަ ފަން ދިގު އިސްތަށިގަނޑު ގައި ހިފާ މީހަކު ދަމައިގަތެވެ.

ޔަމާނީއައް ވަގުތުން އެއީ ކާކުގެ ޖެެއްސުމެއްކަން ނަގައިގަނެވުނެވެ. ވީތަދުންނާައި އައި ރުޅިން އޭނާ ވަގުތުން ފަހަތަށް އެނބުރި ހަޅޭލަވައިގަތެވެ. ”ނުފައިލް! ތީ ކޮންކަމެއް. މަގުމަތިން ދާހާ ކޮންމެ އަންހެން ކުއްޖެއްގެ ފަހަތުން މިކަހަލަ ރޭގަނޑު ދުވާކަށް ލަދެއް ނުގަނޭތަ ؟މިހާރު ވެސް އަހަރެންނަށް ކުރެވޭ ޖެއްސުންތައް ކުޑަ ވެގެން އަހަރެންގެ ގަޔަށް ބޮލަށް އަރަން ފެށީ ދޯ ؟ “ ”އުނދަގުލެއް ނުކުރާނަމޭ މަށާއި ރައްޓެހި ވީމަކާ. ޔަމާނީގެ ތި ރީތި ފެހިކުލައިގެ ކަޅި އަހަރެންނާއި ދިމާއަށް ހުއްޓައިލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ހާދަ އަސަރު ކުރެއޭ. އަޅެ ބުނެބަލަ ތިޔަކަހަލަ ރީތި މަލެއް ބޭނުން ނުވާނީ ކާކުތަ ؟ “ޔަމާނީގެ ލޯބި ފޮއްފޮއް ދޮން މޫނުގައި ބީހިލަމުން ނުފައިލް ބުންޏެވެ.

ނުފައިލްގެ ވާހަކަތައް ހުރި ގޮތުން ޔަމާނީގެ ކުޑަކުޑަ ހިތަށް ބިރުވެރިކަމެއް ވެރިކުރުވިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ނުފައިލްގެ އަތްފޮޅުވައި ލުމަށްފަހު ޔަމާނީ ހަޅޭލަވައިގަތެވެ.” ހަބަރުދާރު! މަގޭ ގައިގައި އަތް ނުލާތި! ދެން މަގައިގައި އަތް ލައިފިއްޔާ މަމީ ކާކު ކަން އަންގައިލާނަން! ނުފައިލް ޖަހާހާ ބެރަކަށް ނަށާކަށް މަމީ ނުފައިލްގެ ބުދެއް ނޫނޭ! “ޔަމާނީ ހަމަ އެހެން ބުނުމާއެކު ނުފައިލް ޔަމާނީގެ ހިމަހިމަ އުނަގަނޑުގައި ހިފާ އޭނާގެ ކައިރިއަށް ދަމައިލިއެވެ. ”ކީއްކުރެވޭނީ ؟“ ނުފައިލް ނުލަފާ ގޮތަކަށް ހީލުމަށް ފަހު އެއް ބުމަ ހިއްލައިލާފައި ބުންޏެވެ. ނުފައިލް ހަމަ އެހެން ބުނެލިތަނާ، ޔަމާނީ ބަލަން ބަލާކަށް ނުހުރެ ނުފައިލްގެ މޭގައި އަތް އަޅާ ކޮށްޕައި ލުމަށްފަހު ދުއްވައިގަތެވެ. އެކަހަލަ އެއްވެސް ކަމަކަށް ތައްޔާރު ނުވެ ހުރި ނުފައިލް ،އޭނާގެ ހަށިގަނޑު ބެލެންސް ނުކުރެވުމުގެ ސަބަބުން ވެއްޓުނެވެ. ނުފައިލް އައި ރުޅިން ގޮށްމުށް ކަވާފައި ބިންމަތީ ޖަހާފައި ހަޅޭއްލަވައި ގަތެވެ. ” ޔަމާނީ! މިއަދު ޔަމާނީއަށް ތިހެން ދެވިދާނެ. އެކަމަކު މާދަމާ އެއީ އަހަރެންގެ ދުވަސްކަން ހަނދާން ބަހައްޓާއްޗޭ! “ ޔަމާނީއަށް ވަރުގަދަ އިންޒާރެއް ދެމުން ނުފައިލް ތެދުވެ ހިނގައިގަތެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilly Aish

Level 110 Stories

Other Articles

Previous

ތިޔަ ލޯބި އަދު ލިބޭނެބާ 14

Next

އެސޫރަ – 03

Next
November 2, 2020

އެސޫރަ – 03

Previews
November 2, 2020

ތިޔަ ލޯބި އަދު ލިބޭނެބާ 14

One Comment

  1. Fathimath Midhuha says:
    November 2, 2020 at 5:36 am

    Hey guys I am 15 years old and I love to read and write stories hope you like it ☺️

Comments are closed.

Next Episodeއެ ބިރުވެރި ރޭ ( ދެވަނަ ބައި )←


All Right Reserved!