Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަޅު ފިނިފެންމާ… 7 ވަނަ ބައި

Hoody Level 310 Stories100 Comments
June 1, 2015 5 Mins Read
26 Comments

ޑޮކްޓަރުން ބަރު އެއްޗެހީގައި ހިފުން މަނާކުރި ހަނދާން އޭނާގެ ހުރިހެއްނެއް ހިޔެއްނުވެއެވެ. ތިރިވުމަށްފަހު ފޮށިގަނޑުގައި ހިފާ މައްޗަށް ބާރުލައިފިއެވެ. ހުރިހާ ބަރެއް ލެވުނީ ބަނޑަށެވެ. އެއާއެކު އަރައިގެން ތަދުން މޫނުމައްޗަށް އަނދިރިވެގެންދިޔައެވެ. ބަނޑު ކޮންޓްރޯލުން ނައްޓާލިއެވެ. ހަށިގަނޑަށް ލުއިވެގެންދިޔައީ އިންތިހާއަށެވެ. ހީވީ ގައިގެތެރެއިން ބަރު އެއްޗެއް ފައިބައިގެން ދިޔަހެންނެވެ. މުޅި ތަޅުންގަނޑުމަތީގައި ލޭގެ ކޯރެއް ދެމެންފެށިއެވެ.

***

ސީމާ ޖަމުއްޔާގެއިން ނުކުމެގެން އައިސް ގެއާއަރާހަމަވިއިރު މަގުމަތި ކުނިކަހާފައިވުމުން ހައިރަންވިއެވެ. ކުނިކެހީ ކާކުބާއެވެ؟ ހަމަގައިމުވެސް އޭނާ ދިޔައީ ކުނި ކަހާފައެއް ނޫނެވެ. މަގުމަތީ އޮތް އިލޯށިފަތި ލޮލުގައި އަޅައިގަތީ އެވަގުތެވެ. ޝައިމާ ކުނިކެހީކަން ގައިމެވެ. ސީމާ ޗޮކެއް ކަނޑާލުމަށްފަހު ވަނީ ގެއަށެވެ. ޝައިމާގެ ހިލަމެއް ނުވެއެވެ. ނަމަވެސް ބަދިގެ ދޮރު ހުޅުވިފައިހުރުމުން ސީމާ އެ ދިމާއަށް ހިނގައިގަތެވެ.

ހުޅުވިފައި ހުރި ދޮރުން ސީމާ ވަނުމާއެކު ހަޅޭލަވައިގަނެވުނީ ފެނުނު މަންޒަރުންނެވެ. މޫނުމައްޗަށް އަނދިރިވާންއުޅުނަސް އޭނާ ހިތްވަރުކުރިއެވެ. ތުރުތުރު އަޅައަޅާ އޮތްއަތުން ފޯނުގެ ފިތްތަކަށް ފިތައިގަތުމަށްފަހު އެމްބިއުލާންސްއަށް ގުޅާލިއެވެ. ވާހަކަ ދެއްކުނީވެސް ކިރިޔަ ކިރިޔާއެވެ.

އެމެރޖަންސީ ސައިރަން އަޅަމުން އައި އެންބިއުލާންސް ހޮސްޕިޓަލް ކައިރިއަށް މަޑުކުރުމާއެކު ޝައިމާ އޭގެން ބޭލިއެވެ. އަދި އަވަސް އަވަހަށް އައިސީޔޫއަށް ވެއްދިއެވެ. ސީމާގެ މުޅި ހަށިގަނޑު ރޫރޫ އަޅަމުންދިޔައެވެ. އެ ދެލޮލުން ކަރުނަ ހިކޭނެ ވަގުތެއް ނާދެއެވެ.

***

ޔައީޝް އިނީ ކޮންޕިއުޓަރުން އެއްޗެއް ޓައިޕްކުރާށެވެ. މިއަދު 2 ޖެހުމުގެ ކުރިން ނިންމަންޖެހޭ ބައިވަރު ޑޮކިއުމަންޓްސް ހުރުމުން އޭނާ މަސައްކަތްކުރަމުންދިޔައީ ހަލުވި ކަމާއެކުގައެވެ. ފަޒީލްވެސް އިނީ ފައިލްތަކެއްގައި ސޮއި ކުރާށެވެ. މިއަދުމީ ހުރިހާ މުވައްޒަފުން ވެސް ބިޒީ ދުވަހެކެވެ.

އިރުކޮޅަކުން މޭޒުމަތީ އޮތް ޔައީޝްގެ ފޯނު ‘ބިރުވެރިގޮތަކަށް’ ވައިބްރޭޓް ވާންފެށިއެވެ. ޔައީޝް ބަލައިލިއެވެ. ގުޅަނީ ސީމާއެވެ. އެ ފޯން ކޯލުގެ ނުރައްކާތެރިކަން އިހުސާސްނުވާ ހާލު ޔައީޝް، ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ދެވަނަ ސިކުންތު އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ތެޅި ފޮޅިގަތުމަށްފަހު ފޯނު ނަގައިގެން އޭނަ ދުއްވައިގަތީ ހޮސްޕިޓަލާ ދިމާއަށެވެ. ސައިކަލަށް އަރައިގެން ބާރު ސްޕީޑުގައި އައިސް ހޮސްޕިޓަލް ދޮށަށް މަޑުކޮށްލަމުން ސައިކަލު އެތަނަށް ވައްޓާލުމަށްފަހު ޔައީޝް އެތެރެއަށް ދުއްވައިގަތެވެ.

ޔައީޝް ހާސްކަމާއެކު އައިސީޔޫ ދޮށަށް ދުވެފައިދިޔައިރު އޭނަގެ ގަމީސްވަނީ ދަލުން ފޯވެފައެވެ. ގަމިސްވަނީ ހަށިގަނޑުގައި ތަތްލަފައެވެ. ރިސެޕްޝަނުގައި ތިބި ދެތިން އަންހެން ކުދިން ކަޅިޖަހާނުލަ ޔައީޝްއަށް ބަލަހައްޓައިގެން ތިއްބެވެ. ޔައީޝް އައިސީޔޫ ކައިރިއަށް ހުއްޓުނުއިރު ސީމާ އެތަހުރި ގޮނޑިބަރިތަކުން ގޮނޑިއެއްގައި މޫނުގައި އަތްއަޅައިގެން އިނެވެ.

ޔައީޝް އައިސް ސީމާ ކައިރީ އިށީނުމާއެކު ސީމާ ޔައީޝްގެ ގައިގާ އޮޅުލައިގަތުމަށްފަހު ރޯންފެށިއެވެ. މަންމަގެ މި ހިތްދަތިކަން ފެނުމުން ޔައީޝްގެ ހިތަށް ވަކިން އަސަރުކުރިއެވެ. ލޯ ފުރިގެން ބަންޑުންވިއެވެ. ދެ ލޯމަރާލަމުން މަންމަގެ ބޮލުގައި ފިރުމާލިއެވެ.

ސީމަ ރޮއެ ރޮއެ ފައި އޭނާއަށް ފެނުނު މަންޒަރު ސިފަކޮށްދެމުންދިޔައިރު އެ އަޑު ތުރުތުރު އަޅަމުންދިޔައެވެ.

“މަގޭ ދަރިފުޅު!!” ސީމަ އިރުއިރުކޮޅާ މިހެން ކިޔާ ރޮއެ ގަނެއެވެ. “މަގޭ ދަރިފުޅު މަންމަ ދޫކޮށްފައެއް ނުދާނެ!!” ދެރަވެގެން ހިތްކުދިކުދި ވާފަދަ ގޮތަކަށް ސީމާ ރޮމުންދިޔައެވެ.

ޔައީޝް އިނީ ފާޑަކަށް ގަނޑުވެފައެވެ. ލޮލުން ކަރުނަ އައިނަމަވެސް ލޯ ހުއްޓިފައިވަނީ އެންމެ ދިމާއަކަށެވެ. އައިސީޔޫގެ ދޮރަށެވެ.

އެ ކުޑަ ދަރިފުޅާ ދޭތެރޭ އޭނާ އެތަށް ފޮނި އުންމީދެއް ކުރިއެވެ. އެތަށް ކުލަގަދަ ހުވަފެންތަކެއް ދުއްޓެވެ. ރަނުގެ ގަނޑުވަރުތަށް ހުވަފެނުގައި ބިނާކުރިއެވެ. ނަމަވެސް މި ހުރިހާކަމެއް ގައި ރެނދުއެޅީއެވެ. ނުވިތާކަށް ކުދިކުދި ވެގެން ފޭބީއެވެ. އަލުން އެ ރޭވޭ ވަރަށްވުރެވެސް ހިމުންވެގެންދިޔައީއެވެ.

2 ގަޑިއިރު ފަހުން އޮޕަރޭޝަން ޑޮކްޓަރ ދޮރުހުޅުވަލުމަށްފަހު ނުކުމެގެން އައެކެވެ. މޫނުމަތިން ހާސްކަމުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ. ޔައީޝްއަށާއި ސީމާއަށް ކޮޅަށް ތެދުވެވުނީ އެއްފަހަރާއެވެ.

“ޔޯރ ވައިފް އިޒް ސޭފް!” ޑޮކްޓަރ ބުނެލީ ހިތްދަތިގޮތަކަށެވެ. ” ބަޓް….. ޔޯރ ބޭބީ އިޒް ޑެޑް!”

ޔައީޝްގެ ކަންފަތް ދޮށުގައި ޑޮކްޓަރުގެ ފަހު ބަސްތަށް ގުގުމައިގެންދިޔައެވެ. ޝައިމާ ސަލާމަތްވުމުން ހިތުގެ އެއްފަޅި ހަމައަކަށް އެޅުނު ނަމަވެސް އަނެއްފަޅި ކުދިކުދިވިފަދައެވެ. އޭނާއަށް ކުރެވުނި މައްސުނި އިހުސާސްތަކެކެވެ. ވާންވީ އުފާހެއްޔެވެ؟ ނޫނީ ކުރަންވީ ހިތާމަހެއްޔެވެ؟

އިރުކޮޅަކުން އެނދުގައި ޝައިމާ ނެރުނުމަންޒަރު ފެނުނެވެ. ސީމާ ދުވެފައި ގޮސް އެނދު ކައިރިއަށް ހުއްޓުނެވެ. ޔައީޝްވެސް އެހާލެވެ.

އެނދު ދުއްވާފައި ގެންގޮސް ވާރޑްއަށް ވެއްދިއެވެ. ސީމާ ޝައިމާ ގާތުން ދުރަށް ނުދެއެވެ. ޔައީޝް ޝައިމާގެ ހަށިގަނޑުގައި ބައްދާލައިގެން އިނދެ ރުއީ ހިތް ހަލާކުވާފަދަ ގޮތަކަށެވެ. އޭނާގެ ފިރިހެންވަންތަ ކަން ދިޔަ ތަނެއްވެސް ނޭނގެއެވެ.

“ހޭއަރާވަގުތު ރިއެކްޝަން ތަފާތު ވުމަކީ އެކަށީގެންވާކަމެއް! ޝޮކް އަކަށްވެސް ފަހަރެއްގައި ގޮސްދާނެ!” ޑޮކްޓަރ، ޔައީޝްގެ ބުރަކަށީގައި ޖަހާލުމަށްފަހު ނުކުމެގެން ދިޔައެވެ.

3 ގަޑިއިރު ވަންދެން އެއްވެސް ހަރަކާތެއް ނެތިފައި ޝައިމާ އޮތުމަށްފަހު އެސްފިޔަތަށް ތަޅުވާލިއެވެ. ޔައީޝް ސަމާލުވެލިއެވެ.

“މަގޭ ދަރި!!” ކުއްލިއަކަށް ހަޅޭ ލަވައިގަނެފައި ޝައިމާ ތެދުވެއްޖެއެވެ. އަދި ބާރަށް ރޯން ފެށިއެވެ. “ކޮބާ މަގޭ ދަރި!؟ ކޮބާހޭ މަގޭ ދަރި؟”

ޔައީޝް ޝައިމާ އެނދުގައި ބޭއްވިއެވެ. ޝައިމާ ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ. އެވަގުތު ނަރުސްކުދިން އައިސް ޝައިމާއަށް އެހީވަންފެށިއެވެ.

ސިމާ އޭނާގެ ރަތްވެފައިވާ ދެލޮލުން ޝައިމާއަށް ބަލަހައްޓައިގެން އިނީ ލޯބިންފުރިފައިވާ ނަޒަރަކުންނެވެ. އޭނާ އަށް ހީވީ މީ އޭނާގެ އަމިއްލަ ކުށް ހެންނެވެ. އޭނާ ޝައިމާ އެކަނި ގޭގައި ބަހައްޓާފައި ދެވުނު މޮޔަ ހީވިއެވެ. ޝައިމާ މަސައްކަތްކުރަން ފޯރި ހުންނަވަރުން އިލޯށިފަތިތަށް ފޮރުވީމައިވެސް ހޯދައިގެން ކުނިކަހައިފިއެވެ. އަދި އެވަރުނުވެގެން ބަދިގޭގައިހުރި ފޮށިގަނޑުވެސް އުފުއްލަން އުޅެފިއެވެ. ސިމާ އޭނާގެ މި ދެލޯ ފަދަ ދަރިފުޅަށް ކުރިއަށް އޮތްތާ އަޅާލަން ހިތާހިތުން އަޒުމް ކަނޑައެޅިއެވެ.

ނަރުހުން ޝައިމާއަށް ބޭސް ކާންދިނުމުން އިރުކޮޅެއްނުވެ ނިދައިފިއެވެ. ޔައީޝް ޝައިމާގެ ކޮލުގައި ފިރުމާލުމަށްފަހު ނުކުމެގެން ދިޔައީ ސިކުނޑިއަށް ބާރުބޮޑުވެގެންނެވެ. ބޯހީވަނީ ދެފަޅިވެދާނެހެންނެވެ.

މަޑު ފިރިހެންވަންތަ ހިނގުމެއްގައި ޖީބަށް އަތްޖަހާލައިގެން އައިސް ޔައީޝް ހުއްޓުނީ އަތިރިމަތީގައެވެ. ޖެހޭ މަޑު ވައިރޯޅިތަށް އޭނާގެ ފަން އިސްތަށިކޮޅަށް ގޮނާ ކުރަމުންދިޔައެވެ. އެ ދެލޮލުގައި ކަރުނައިގެ އަސަރު އޭރުވެސް ހުއްޓެވެ. އެ ދެލޮލަށް ބަލާލިމީހަކު ރޮއްވާލާހާ އެ ދެލޯ ހިތާމަވެރިއެވެ. މޫނުމަތި ވަނީ މިލާފައެވެ.

ހިތްފުރޭހާ އުފާވެރި ވަގުތުކޮޅަކަށްފަހު ހިތާމައިން ފޯވުމަކި ދުނިޔޭގެ އާދައެވެ. އުސްގަނޑަކަށް ފަހު އަޑިގަނޑެއް އައުމަކީ މި އިންސާފުވެރި ދުނިޔޭގެ އުސޫލެވެ. ޔައީޝް އޭނާގެ ބޯ އިސްތަށިގަނޑުތެރެއަށް އަތް މަހާލަމުން ދެލޯ މަރާލިއެވެ. އެވަގުތު ޝައިމާގެ މައުސޫމް ހުނުމުގެ އަޑު އޭނާގެ ކަންފަތްދޮށަށް އެކޯވެގެން އައެވެ. އެ ބޮޑު ދެލޮލުގެ ސާފުކަމާއި މައުސޫމްކަން ސިފަވެގެން ދިޔައެވެ. ދިގު އެސްފިޔަތަކުގެ ލޯބިވެތިކަން ހަނދާންނަށް އައިސް ޔައީޝްގެ ލޮލުން އަނެއްކާވެސް ކަރުނަ އަންނަންފެށިއެވެ. އޭނާ ވަގުތުން ދެ ލޯ ފުހެލިއެވެ. މިހާ ފިނޑިވެގެން ނުވާނެއެވެ. ދިރިއުޅުން އަދި ކުރިއަށް އޮތީއެވެ. ކެތްކުރަން ޖެހޭނެއެވެ. ޔައީޝް އަނެއްކާވެސް ހިނގައިގަތީ ހޮސްޕިޓަލާ ދިމާއަށެވެ.

އޭނާ ވޯޑަށް ވަންއިރު ޝައިމާ ކައިރީ އިނީ ސީމާ އެކަންޏެވެ. ޔައީޝް ގޮސް ޝައިމާ ކައިރީ އެނދުގައި އިށީނެވެ.

އެވަގުތު ނިދީގައި ޝައިމާ ޔައީޝްގެ އަތުގައި ހިފިއެވެ. އަދި މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ކިޔަންފެށިއެވެ. ކިޔާ އެއްޗެއް ސާފުނުވިއަސް އެ ބަސްތަކުގެތެރެއިން ފުރޭނިގެން “ދަރިފުޅު” މި ބަސް ޔައީޝްގެ ކަންފަތާ ހަމައަށް ފޯރިއެވެ.

އެވަގުތު ކުއްލިއަކަށް ޝައިމާ ލޯ ހުޅުވާލިއެވެ. އަދި މައުސޫމް ގޮތަކަށް ޔައީޝްގެ މޫނަށް ބަލައިލިއެވެ. އެ ދެލޮލުން ފެންނަނީ ސުވާލު މައިކެކެވެ. ޝައިމާ އޭނާގެ ނާޒުކު ދެއަތުން ޔައީޝްގެ މޫނުގައި ފިރުމާލިއެވެ.

“ޔައީޝް!” އެ އަނގައިން އަޑު ނުކުންނަނީ ކިރިޔަ ކިރިޔާއެވެ.

“ޝައީ!” ޔައީޝް ޝައިމާގެ ނިކުރީގައި ބޮސްދިނެވެ.

“ކޮބާ އަހަރެމެންގެ ބޭބީ؟ ބޭނުން ބަލައިލަން!” ޝައިމާއަށް އަދިވެސް ކަންތައްތައް ދިޔަގޮތް ސާފުވާގޮތް ވެފައި ނުވާތީ ސުވާލުކުރެވުނެވެ.

ޖަވާބުގައި ޔައީޝްގެ ދެލޮލުން އޮހޮރިގަތީ ހޫނު ކަރުނައެވެ. އެ ހިތަށް ކުޅަދާނަ ނުވީއެވެ. ކައިރީގައި އިން ސީމާއަށް ވެސް ރޮވުނެވެ. ޝައިމާގެ އަތުގައި ހިފާ ފިއްތާލެވުނެވެ.

ޝައިމާއަށް ޖަވާބު ލިބުނުފަދައެވެ. އޭނާ ހަމަހިމޭންވީ ތޫފާނެއް އައުމުގެ ކުރިން ޖައްވަށް ވެރިވާ ހަމަހިމޭންކަން ފަދައިންނެވެ. ދެން އޭނާގެ ކަޅި ގޮސް ހުއްޓުނީ ސީލިންގަށެވެ. ދެލޮލުން ކަރުނައިގެ ކޯރުތަށް ދެމެން ފެށިއެވެ. މަޑުމަޑުން ގިސް ލެވެންފެށިއެވެ. އިސާހިތަކު އެ ގިސްލުން ހިތް ހަލާކުވާފަދަ ރުއިމަކަށް ބަދަލުވެގެންދިޔައެވެ. ޔައީޝް ޝައިމާގެ ކަރުނަތަކަށް ބަލަހައްޓައިގެން އިނީއެވެ. ޝައިމާ ބޭނުންވަރަކަށް ރޯން ދޫކޯށްލާށެވެ. އެ ހިތުގައިވާ ހިތާމަތަކާއި އުދާސް ބޭރުވާނީ އޭރުންނެވެ.

ގިނައިރުވަންދެން ރުއިމަށްފަހު ޝައިމާ ހަމަޖެހިލިއެވެ. މޫނުމަތީގައިވާ ވަރުބަލިކަން ފިލަން ފެށިއެވެ. ހިތުގެ ތެޅުން ހަމަޖެހެމުންއައިސް ނޯމަލް ވިއެވެ. ނަމަވެސް އަދިވެސް އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ.

ޝައިމާ ގެއަށް ފޮނުވާލީ އޭގެ ދެތިން ދުވަސް ފަހުންނެވެ. ޔައީޝްވެސް ހަފްތާއެއްގެ ޗުއްޓީ ނަގައިގެން މަޑުކުރީ ގޭގައެވެ. ޝައިމާއަށް މިދުވަސްކޮޅު ފިރިމީހާގެ އަޅާލުން ވަރަށް މުހިންމެވެ.

އަބަދުވެސް ގަބު ވެފައި އިންނަތީ ޔައީޝް އެތަށް ވާހަކައެއް ދައްކައިގެން ޝައިމާ ކޮޓައިން ބޭރަށް ނެރުނެވެ. އަތިރިމައްޗަށް ދިޔައީ ދެ މީހުން އަތްގުޅުވާލައިގެންނެވެ. ދުވަހަކީ ވައި މަޑު ރީތި ދުވަހެއްކަމުން ކަނޑުވެސް ނުލާހިކު ހަމަހިމޭނެވެ. ހީވަނީ ޝައިމާގެ ހިތާމައިގާ ބައިވެރިވާހެންނެވެ.

ޝައިމާ، އެ ހުދު ދޮންވެލި ގަނޑުމަތީ އިށީނެވެ. ޔައީޝް ޝައިމާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ޝައިމާއާ ޖެހި ފިތިގެން އިށީނެވެ. ޝައިމާގެ ނަޒަރު ހުއްޓިފައިހުރީ ވެލިގަނޑަށް ބީއްސާލާ ކުދިކުދި ރާޅު ބައިނިތަކަށެވެ. އެ ދެލޮލުގައި އަދިވެސް ހިތާމައިގެ އަސަރު ހުއްޓެވެ.

“ޝައީ! ތިހެން އަބަދު ދެރަފެވަ ނީނދެބަލަ! ޕްލީޒް!” ޝައިމާގެ ބުރުގާތެރެއިން ނުކުމެފައިވާ ފަން އިސްތަށިކޮޅު އެތެރެއަށް ވައްދާލަ ދެމުން ޔައީޝް ވާހަކަ ދެއްކިއެވެ.

“އަހަންނަށް ދެން ބޭބީ އެއް ލިބޭނެތަ؟” ޝައިމާ ސުވާލުކޮށްލުމަށްފަހު ޔައީޝްގެ މޫނަށް ބަލައިލިއެވެ. މި ސުވާލުގެ ޖަވާބަށް ބޭނުވެފައިހުރިވަރު އެ ދެލޮލުން ޔައީޝްއަށް ފެނުނެވެ.

“ޔަގީނެއްނު!” ޝައިމާގެ ނޭފަތުގައި ކޮށްޓާލަމުން ޔައީޝް ހީލިއެވެ. “އެކަމު ޑޮކްޓަރ ބުނީ 1 އިއަރ އެންޑް 6 މަންތްސް ފަހުންނޯ ދެން ބޭބީ އެއް ހޯދާނީ! އެހެންނޫނީ ޝައީ ގެ ހަށިގަނޑަށް ނުރައްކާވެދާނެ ޔޯ! ޝައީ އެއްކޮއް ރިކަވާރ ވަންދެން ޖޭހޭނީ ކެތްކުރަން!”

ޝައިމާގެ ތުންފަތަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އެ ދޮންވެލި ތުނޑިމަތީ ތިބެގެން އެތަށް ވާހަކައެއް އެ ދެމަފިރިން ދެއްކިއެވެ. ދުވަސްތަކަށްފަހު އަނެއްކާވެސް ޝާއިމާ އޭނާގެ ކުރީގެ ދިރިއުޅުމަށް ރުޖޫއަ ވިއެވެ. އެ މޫނުމަތިން ހިނިތުންވުން ފެންނަން ފެށިއެވެ. ޔައީޝްއާ އެކު ސަމާސާކޮށް ހީ ހަދައެވެ.

މި މަންޒަރުތަށް ފެނުމުން ސީމާ އުފާވެއެވެ. އަނެއްކާވެސް އޭނާގެ ދަރިފުޅު މަރުވެފައި އުފަންވިކަހަލައެވެ. އެ މައުސޫމް ހިނިތުންވުން އަލުން އަނބުރާ އައީއެވެ.

***

ޔައީޝް އާއި ޝައިމާ އަތުގުޅާލައިގެން ހިނގާލާފައި ދިޔައީ ޔައީޝްގެ ބޮޑު ދައިތަ ޒާހިރާ ގެ ގެއަށް ދިއުމަށެވެ. ހަވީރުގެ ހިޔާ އަރާފައިވާ ވަގުތަށްވުމުން ދެމީހުންވެސް ފެންނަނީ ނުހަނު ތަޒާކޮށެވެ. ޝައިމާ ރެއިންބޯގެ ކުލަތަށް އެކުލެވޭ ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލާފައިވައިރު ލަފައިވަނީ ރީނދޫކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުމެކެވެ. ތިރިން ކަޅު ސްކިނީއެކެވެ. އޭނާ ފެންނަނީ ކުރިއާ މުޅިން ތަފާތުކޮށެވެ. ކުރިން އޭނާ މުޅިންވެސް އަޅާނީ ބުރުގަލެވެ. ނަމަވެސް ޔައީޝްއާ އިންފަހުން އޭނާ ބޭރަށް ނުކުންނަނީ ޝޯލް އަޅައިގެންނެވެ.

ޔައީޝް ވެސް ލާފައި ހުރީ ރީންދޫ ކުލައިގެ ޓީޝަޓަކާއި ކަޅު ކުލައިގެ ހާފް ސްކިނީއެކެވެ. ދެމަފިރިން ނުހަނު ގުޅެއެވެ. ދެ މީހުންގެ އަތް ގުޅިފައިވުމުން ބަލާމީހުން ހަސަދަވެރިވާހާ “ރޮމެންޓިކް” އެވެ.

ޒާހިރާމެން ގެ ހުންނަނީ ފުދޭވަރަކަށް ދުރުގައި ކަމުން އިރުކޮޅަކު ހިނގާލަން ޖެހުނެވެ. އެ ސަރަހައްދަކީ ޝައިމާއަށް މުޅިން އާ ސަރަހައްދެއްކަމުން އޭނާ ދިމަދިމާ ބެލަމުންދިޔައެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ވީރާނާ ވައްތަރަކަށް ހުރި ގެއެކެވެ.

3 ފޫޓުގެ އުސް ވަށާފާރުގެ ތެރެއިން އެގެ ފެންނަނީ ނުހަނު ތަފާތު ގޮތަކަށެވެ. ކުޑަ ކޮޓަރިއެއްފަދަ އެ ގެ، ރާނާފައިވަނީ ތެޅި ގަލުންނެވެ. ގިނަދުވަސްވެ ފާރުގައި ފެހިޖަހާ ކަޅުވެފައިވުމުން ބިރުވެރިވައްތަރެއް ޖަހައެވެ. އެ ގެއަށް ވަދެވެންހުރި ބޮޑު ދޮރު ފިޔަވާ އެހެން ދޮރެއް ފެންނާކަށް ނެތެވެ. ދޮރުގެ ދެފަޅީގައިވާ ދެ ކުޑަ ދޮރުވެސް ވަނީ ފިލާ ޖަހާ ބައްދާފައެވެ. އެތެރޭގައި އުޅޭމީހަކު ވިއްޔާ ނޭވާ ހާސްވެގެން މަރުވާވަރުވާނެކަން ގައިމެވެ.

ގޭގެ ދެ ފަޅީގައި ހެދިފައިވާ ބޮޑު ދެ ބަނބުކެޔޮގަހުން މުޅި ސަރަހައްދު އަނދިރިކުރުވާފައިވެއެވެ. ޝައިމާގެ ހިތް ފާޑަކަށް ބިރުގަތެވެ. ހަށިގަނޑު ރޫރޫ އަޅައިގަތެވެ.

ޒާހިރާމެންގެ ގެ ހުރީ އެ ގެއާ ޖެހިގެންނެވެ. އެހެންކަމުން ޝައިމާމެންނަށް އެގެ ހުރަސްކުރަން މަޖުބޫރެވެ. އެ ގެއާ އަރާ ހަމަވިއިރު ޝައިމާގެ ހިތް ހީވަނީ ފުންމާލަފާނެހެންނެވެ. ކުއްލިއަކަށް އިވުނީ އަންހެނަކު ވަރަށް ބާރަށް ހަޅޭލަވައިގަނެ ރޮއެގަތް އަޑެވެ. އެ އަޑު އައީ އެ ގޭތެރެއިން ކަން ކަށަވަރެވެ…….

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ކަޅު ފިނިފެންމާ… 6 ވަނަ ބައި

Next

ެެެލޫނާ (1)

Next
June 1, 2015

ެެެލޫނާ (1)

Previews
May 31, 2015

ކަޅު ފިނިފެންމާ… 6 ވަނަ ބައި

26 Comments!

  1. Hoody says:
    June 1, 2015 at 9:01 am

    Mi part wex reethi vaane kamah ummeedhu kuran….. 🙂

  2. hoody says:
    June 1, 2015 at 9:16 am

    Dhen kon irakun anehbai part?

  3. Shaan says:
    June 1, 2015 at 9:30 am

    ވާހަކަ ވަރަށް ރީތި. ނަމަވެސް ބައެއްކަހަލަ ލޔުމުގެ ކުށްތައް އެބަހުރި.

  4. faai says:
    June 1, 2015 at 9:52 am

    wow… v v rythi mi part vx… aneh bai awhaha up kohdhehchey hoody… m waiting,, really luv it

  5. ishika says:
    June 1, 2015 at 10:14 am

    Wooo!!!!
    Hoody vareh neh.. hama balaa la irah up vefa e i y., thankx hoody.. v v nice
    Keep it up!!

  6. shaali says:
    June 1, 2015 at 10:55 am

    thanks hoody . dhen kon irakun aneh part

  7. NaaN says:
    June 1, 2015 at 10:57 am

    ……☺ Veryyyy Nice

  8. me says:
    June 1, 2015 at 11:15 am

    “ޔޯރ ވައިފް އިޒް ސޭފް!” ” ބަޓް….. ޔޯރ ބޭބީ އިޒް ޑެޑް! i think these words r a bit harsh 4 a doctor to say. i think if he has even a little bit of manners he wont say it like dat. a doctor ll say “im sorry” in a situation like dat. dont u thin so?

  9. Hoody says:
    June 1, 2015 at 11:30 am

    Thnkx all…
    maadhan next part genesdheveythw balaanan…
    Asluvex dhw me…. thnkx ingey bunedhineethee… varah happy vejje… 🙂

  10. crazi says:
    June 1, 2015 at 11:35 am

    Vahaka vrh shalhi….an3hbayah inthizaar kuran

  11. Shaima says:
    June 1, 2015 at 11:41 am

    Vvv.nice… Avahah up kohdheythy enme kiyaa hihvanyy….

  12. naj says:
    June 1, 2015 at 11:45 am

    vara habeys..vara reethi
    u r such a gud writer hoody…i am really impressed;D

  13. Hoody says:
    June 1, 2015 at 12:08 pm

    Thnkx crazi . Shaima and naj… 🙂 maadhan next part up vaane In Sha Allah…

  14. yaayu says:
    June 1, 2015 at 12:17 pm

    Emme furathama ICU akah nulaane Emergency room ah gendhaany
    Pregnant meehun balaany operation doctor eh noon anhenunge doctor

  15. reesh says:
    June 1, 2015 at 12:29 pm

    vvv nice Hoody when z nxt part uploading waiting waiting

  16. xy says:
    June 1, 2015 at 12:57 pm

    Wow amazing hoody, waiting 4 next part

  17. seen says:
    June 1, 2015 at 1:54 pm

    Vvvvvvvvvvvreeeeethi

  18. yunkee says:
    June 1, 2015 at 3:18 pm

    Hoody ge edexel exams nimunytha..
    Aharemn adhi mi feshy.. any way.. mi story me hama perfect.. v v v nice, i love it

  19. Roo says:
    June 1, 2015 at 5:23 pm

    Mi story feshuniru sifa kodhyfa othy male’ge UN manzaru.. Ekamu mihaaru raajjethereyge .manzaru sifavany.. Aslu location eh neyge..

  20. jazla says:
    June 1, 2015 at 5:46 pm

    Haasaru bondi e . Avaha nunimigen ulheyhen heevani. Ibaaraai kurun vs v odd. Kiyaalaahiyvaakahala e vs sifa e nei. Vaahaka liyan neygey kan faahaga kurevey

  21. neen says:
    June 1, 2015 at 5:55 pm

    mi part ves V vvv reethi ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

  22. Huney says:
    June 1, 2015 at 9:10 pm

    Hoody I’m v v v sorry 🙁 actually I’m reading all the parts but I’m so busy that’s y I just read but not commenting u!?!? Sorry 4 tht :/ but Huney ah mibaivexx v v v v v v reeethi.. I love it… Next part konirakun???… 😀

  23. rifa says:
    June 2, 2015 at 7:16 am

    Vaahaka v v v salhi baeh than than kolhuga liumuga kuh ebahuri ekamaku ves varah reethi

  24. Hoody says:
    June 2, 2015 at 8:32 am

    Thnkx all…
    To roo… mi story ga male eh sifa kohdheefa eh noannaane… mee hama hiyaalee story eh… e meehun ulhey rashakee vex hiyaalee rasheh…. raajey ge vaki rasheh kanda alhaafa eh noon liyuneeekee….

  25. yaèesh says:
    June 3, 2015 at 1:48 am

    y3a.. eba reethi vey.. gud job hoody nw its getin interestin

  26. yash says:
    June 3, 2015 at 2:01 am

    Vahaka v v v salhi

Comments are closed.

Next Episodeކަޅު ފިނިފެންމާ… 8 ވަނަ ބައި←


All Right Reserved!