Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ވާވަރު ބުނެދޭ ހިތްވޭ -2

Eleven Anuahs Level 1
October 27, 2020 4 Mins Read
0 Comments

އަފްތިމް ކާރި އެވާހަކަ އިތުރަށް ނުދެއްކުމަށް އާފާޒް އެދުމުން ދޮންބެގެ އެދުމަށް އޭނާ އެއްބަސްވީ އިތުރު ގޮތެއް ނެތުމުންނެވެ. މީހެއް ކާރީ އެކަހަލަ ވާހަކައެއް ކިޔާފިނަމަ އާފާޒް ހަދާލާނެ ގޮތް އަފްތިމްއަށް ހަމަ ރަނގަޅަށް ވެސް އިނގެއެވެ. އާފާޒް އާއި އަފްތިމްއަށް ގެއަށް ވަދެވުނު އިރު ގޯތި ތެރޭގައި ހުރި ކޮފީ މޭޒު ކައިރީގައި އަފީފާ އާއި އައްފާންގެ އިތުރުން އަފްނާން ކޮފީ ބޯން ތިއްބެވެ. ދެ މީހުން ގެއަށް ވަތް ތަން ފެނި އަފީފާ ކޮފީ ބޯން އައުމަށް ބުންޏެވެ. ދެ މީހުން އައިސް މޭޒު ދޮށުގައި އިށީނުމާއެކު ދެ ތަށި ކޮފީ އަފީފާ ގެނެސް ބެހެއްޓިއެވެ.
“ދަރިފުޅާ އާފާޒް..މިއަދު އޮތް އިންޓަވިއުއަށް ވާންހުރި ހުރިހާ ތައްޔާރީތަކެއް ނިމިއްޖެތަ؟” އައްފާން މިއަދުގެ އިންޓަވިއުގެ ކަންތަކާ ބެހޭގޮތުން ސުވާލު ކޮށްލިއެވެ.
“ހޮވިފަ ތިބި މީހުންނަށް އިންޓަވިއުއަށް ކިޔާފަ ވާނީ..މިއަދު އިންޓަވިއުކޮށްފަ އެންމެ ޤާބިލް މީހަކު ހޮވީމަ ރަނގަޅުވާނެއެއްނުން” އާފާޒް ޖަވާބުގައި ބުނެލިއެވެ.
“އެންމެ ރަނގަޅު. ދަރިފުޅަށް ފެންނަ އެންމެ ރަނގަޅު ކުއްޖެއް ހޮވާ” އައްފާން ބުނެލިއެވެ.
އައްފާންއަކީ ރާއްޖޭގެ ނަން މަޝްހޫރު ކޮމްޕެނީއެއް ކަމަށްވާ ‘އޭ.އެފް’ ކޮމްޕެނީގެ އިސްވެރިޔާއެވެ. އާފާޒް ވެސް ކިޔެވީ ބިޒްނަސް ކަމުން އޭނާ ވެސް ބޭނުންވީ އޭނަގެ ބައްޕަގެ ކޮމްޕެނީ ގައި މަސައްކަތްކުރާށެވެ. އުމުރުން 20 އަހަރުވެފައިވާ އިރު އާފާޒް އަކީ ރުޅިގަދަ، ކުރާ ކަމެއް ވިސްނުންތެރި ކަމާއެކު ކުރާ ހަރުކަށި މިޒާޖެއްގެ ޒުވާނެކެވެ. އަފްތިމްއަކީ އޭގެ އިދިކޮޅެވެ. ސަކަރާތް ޖެހުމާ ޖެއްސުން ކުރުން އެއީ އަފްތިމްގެ އާދައެކެވެ. އުމުރުން 18 އަހަރު ވެފައިވީ ނަމަވެސް އުޅެނީ އެންމެ ކުޑަ ކުދިން އުޅޭ ގޮތަށެވެ. އަފްތިމް ބޭނުންވީ އޭނާގެ ދޮންބެ ބައްޕަގެ ބިޒްނަސްއާ ގުޅުމުން އެހެންކަމެއް ކުރާށެވެ. އެހެންކަމުން އޭނާ ޙިޔާރުކުރީ ޕޮލިހެވެ. 18 އަހަރު ވުމާއެކު ޕޮލިހަށް ވަދެވި ދެން އޮތީ ޓްރެއިނިން އަށް ދިޔުމެވެ.
އާފާޒް ދެން ދިޔައީ ފެންވަރާ ތާޒާ ވެލާށެވެ. ފެންވަރާގެން ނިކުމެ އޮފީހަށް ދިޔުމަށް ތައްޔާރު ވާން ފެށިއެވެ. ހުދު ގަމީހުގެ މަތިން ކަޅު ކުލައިގެ ކޯޓު ލުމަށްފަހުގައި އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓު ބުރުވާލިއެެވެ.
އަދި އަތަށް ގަޑި ހެޔޮވަރު ކޮށްލަމުން ފޯނު ނަގައި ފަޓްލޫނުގެ ޖީބަށްލިއެެވެ. އާފާޒް ބޭރަށް ނުކުތް އިރު ޑްރައިވަރު އާފާޒްގެ އިންތިޒާރުގައި އިނެވެ. ކާރަށް އަރައި ހަމަޖެހިލުމާއެކު ޑްރައިވަރު ކާރު ދުއްވާލީ އޭ.އެފް ކޮމްޕެނީއަށް ދިޔުމަށެވެ.
*******************************************************************
ރައުނާ ތައްޔާރު ވެލައިގެން ނިކުމެ ކާރެއް ހުއްޓުވުމަށްފަހު ކާރަށް އަރާ މިސްރާބު ޖެހީ އޭ.އެފް ކޮމްޕެނީގެ އިންޓަވިޔުއަށެވެ. މި ވަޒީފާއަށް އޭނާ ކުރިމަތިލީ ވަޒީފާގެ މުސާރަ ރަނގަޅު ވުމާއެކު އެއީ ނަން މަޝްހޫރު ކޮމްޕެނީއެއް ކަމަށް ވާތީއެވެ. ނަމަވެސް އޭނާ ހިތުގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ އެ ވަޒީފާއަށް އޭނާ ކަހަލަ ނިކަމެތި އަންހެން ކުއްޖެއް ހޮވާފާނެކަމެވެ. ޙިޔާލުތަކުން އެއްކިބާ ވެވުނީ ޑްރައިވަރު މަންޒިލަށް އާދެވިއްޖެ ކަމުގައި ބުނުމުންނެވެ. ކާރަށް ލާރި ދެއްކުމަށްފަހު ރައުނާ މިސްރާބު ޖެހީ ކޮމްޕެނީގެ އެތެރެއަށެވެ.
*******************************************************************
އާފާޒް ކޮމްޕެނީއަށް ވަނުމާއެކު އޭނާ ބައްޕަގެ ޕާރސަނަލް ސެކެޓްރީ އައިސް މިއަދުގެ އިންޓަވިއުގެ ތާވަލް ހަވާލުކޮށްލިއެވެ. މިއަދުގެ އިންޓަވިއުއިން ހޮވާނީ އާފާޒްގެ ޕާރސަނަލް ސެކެޓްރީއެވެ. އިންޓަވިއުގެ ތާވަލާ އެއްގޮތަށް ކޮންމެ މީހަކު ވެސް ނަން ގޮވާލުމުން އެތެރެއަށް ވަދެ ނިކުމެގެން ދަނީ ފުޅާ ހިނިތުންވުމަކާ އެކުގައެވެ. މިތަން ފެނި ރައުނާ އިނީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. ރައުނާއަށް ގޮވާލުމުން މަޑު ހިންގުމެއްގައި ގޮސް ވަދެ އެތާ ހުރި މީހާ އިޝާރާތް ކުރި ގޮނޑީގައި އިށީނދެލިއެވެ. އެވަގުތަކީ އާފާޒް އިސް އުފުލާލި ވަގުތެވެ. ރައުނާއަށް ފެނުނީ މިއަދު ހެނދުނު ކަސްރަތު ކުރަން ގޮސް އުޅެނިކޮށް ފެނުނު ޒުވާނާއެވެ. އާފާޒްއަށް ވެސް ވީ ހަމަ އެފަދަ ގޮތެކެވެ. މިއަދު ހެނދުނު ފެނުނު ފަތްމިންޏެއް ފަދަ އަންހެނަ ކުއްޖާ އެއިނީ އޭނާގެ ކުރިމަތީގައެވެ. ކުރަމުން ގެންދިޔަ ސުވާލުތަކަށް އެއްވެސް ޖެހިލުމެއް ނެތި ޖަވާބު ދެމުން ދިޔައީ ހިތުގައިވާ ހުރިޙާ ނުތަނަވަސްކަމެއް ފިލުވާލަމުންނެވެ.
“އެންމެ ރަނގަޅު ގޮސްލިޔަސް. އިންޓަވިއުއިން ވަޒީފާއަށް ހޮވިއްޖެ ކަމުގައިވާނަމަ މިރޭ ގުޅާލާނެ. ވަޒީފާ ލިބިއްޖެނަމަ މާދަމާއިން ފެށިގެން ވަޒީފާއަށް ނިކުމެވޭނެ ކަމުގެ ޔަގީން ކަން ދެވިދާނެތޯ” އާފާޒް ސުވާލު ކޮށްލިއެވެ.
” ލައްބަ. ވަޒީފާއަށް ނިކުންނަން ބުނާ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުމެވޭނެ ކަމުގެ ޔަގީން ކަން އަޅުގަނޑު ދެން” ރައުނާގެ އަޑުގައިވަނީ ސާބިތުކަމެވެ.
އިންޓަވިއު ނިންމާލާފަ ނިކުތް ރައުނާގެ ހިތުގައި ވަޒީފާ ލިބޭނެ ކަމުގެ އުންމީދުގެ ހުޅުކޮޅު ރޯވެގެން ދިޔައެވެ.
ކެބިން ތެރޭގައި ހުރި އާފާޒް ބައްޕަގެ ޕާރސަނަލް ސެކެޓްރީ އުމައިރު އަތަށް ހޮވަންވީ ކުއްޖާގެ މައުލޫމާތު ދިނުމަށްފަހު އާފާޒް ދިޔައީ މެންދުރު ކެއުމަށެވެ.
******************************************************************
ރޭގަނޑު 8:30 ވި އިރަށް ރައުނާގެ ފޯނަށް އޮފީސް ނަންބަރަކުން ގުޅަން ފެށުމުން ރައުނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ނެގުމާއެކު މާދަން ވަޒީފާއަށް ހެނދުނު 8:00 ފެށިގެން އައުމަށް އެންގިއެވެ. އަދި ގަޑިއަށް ފަރުވާތެރި ވުމަށް އެންގިއެވެ. ރައުނާ އެރޭ ނިދީ ވަރަށް އުފަލުންނެވެ. ދިރިއުޅުމުގައި ކުރިޔަށް ދިޔުމަށްޓަކައި ރަނގަޅު ފިޔަވަޅެއް ކުރިޔަށް އަޅާލެވިއްޖެ ކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ.
*******************************************************************
ހެނދުނު 7:30 ވިއިރު އާފާޒް ހުރީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ގަދަ ނޫކުލާގެ ކޯޓު ފަޓްލޫނުގައި ހުރި އިރު ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެން ނިކުތް އިރު ކާރު އޮތީ ތައްޔާރަށެވެ. ކާރަށް އެރުމާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ،
7:45 ވުމާއެކު ރައުނާ އޮފީހަށް ދާން ނުކުތެވެ. ލައިގެން ހުރި މަޑު ނޫ ކުލައިގެ ޖިންސަކާއި ކަކުލާ ހިސާބަށް އަރާ ހުދު ކުލައިގެ ހެދުމެކެވެ. އަރާފައި ހުރީ މިޒަމާނުގެ ރީތި ތިރި ފައިވާނަކަށެވެ. އަތުގައި އެޕްލް ގަޑިއެއް އަޅާފައިވާއިރު ކަޅުކަން ގަދަ ކަނދުރާ އާ ހިސާބަށް އަރާ ފަން އިސްތަށިގަނޑު ވަނީ ދޫކޮށްލެވިފައެވެ. އެ ދޮން މޫނުގައި އެއްވެސް މޭކަޕެއް ކޮށްފައިނުވާއިރު ފެންނަނީ ވަރަށް ސާދާކޮށެވެ. އަތުގައި ކަޅު ކުލާގެ ރީތި އަތް ދަބަހެއް އޮތެވެ. އޭނާ އުޅޭ ގެއާ ކޮމްޕެނީ އާ އެހާ ދުރު ނޫންކަމުން އޭނާ ޙިޔާރު ކުރީ ހިނގާލާފައި ދިޔުމަށެވެ.
ގަޑިއަށް ބަލައިލި ރައުނާ ސިއްސާގެން ދިޔައީ ގަޑި ޖެހެން ހަ މިނެޓަށް ވެފައިވާ ތަން ފެނިފައެވެ. ވަރަށް ބާރު ހިންގުމެއްގައި ގޮސް ވަތް ރައުނާ ލައިގަތީ ކޮމްޕެނީއަށް ވަންނަން ދިޔަ އާފާޒް ގައިގައެވެ. ތޫލި އަޑެއް އޭނާގެ އަނގައިން ބޭރުވީ ބެލެންސް ކަޓާ ވެއްޓެން ދިޔުމުގެ ސަބަބުންނެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތެއްގެ ހިމާޔަތް ލިބުނު ކަމުގެ އިހްސާސް ރައުނާއަށް ކުރެވިގެން ދިޔައެވެ. ލަސްލަހުން ލޯ ހުޅުވާލި ރައުނާގެ ދެލޮލަށް ބަލަހަށްޓައިގެން އޮތް އާފާޒް ފެނުމުން ރައުނާގެ ހިތު ވިންދު އަވަސް ވެގެން ދިޔައެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު ބުނެދެން ނޭނގޭ އިހްސާސެއް ދެ މީހުންގެ ހިތުގައި ވެސް ހިނގިއެވެ. އޮވެވުނު ގޮތް ހިތަށް އެރުމާއެކު އަވަސް އަވަހަށް ރައުނާ ތެދުވެ ހަމަޖެހިލިއެވެ. އަދި މާފަށް އެދުމުން އެއްވެސް އެއްޗެއް ނުބުނެ އާފާޒް އެތަނުން ދިޔައެވެ.
ކޮމްޕެނީ ތެރެއަށް ވަދެވުމާއެކު ލިފްޓަށް އަރާ 12 ވަނަ ފްލޯއަށް އާފާޒް ފިއްތާލިއެވެ. ރައުނާ އައިސް ރިސެޕްޝަނުގައި ދާންވީ ކޮންތާކަށް ކަން ސުވާލުކޮށްލުމާއެކު 12 ވަނަ ފްލޯގައި ހުރި އާފާޒްގެ ކެބިންއަށް ދާން އެންގިއެވެ. ކުރަންވީ ކަންތައް އާފާޒް ކިޔާދޭނެކަމަށް ރިސެޕްޝަނުގައި އިން ކުއްޖާ ބުނެލިއެވެ.
12 ވަނަ ފްލޯއަށް ލިފްޓް ހުއްޓުމާއެކު ރައުނާ ނުކުމެގެން ގޮސް އާފާޒްގެ ކެބިން ދޮރުގައި ޓަކި ޖަހާލުމުން އެތެރެއަށް ވަނުމަށް އެންގިއެވެ. އަދި ރައުނާ ވަނުމާއެކު ގޮނޑިއަށް އިޝާރާތް ކޮށްލަމުން އިށީންނަންއެދުނެވެ.
” ރައުނާގެ ވަޒީފާއަކީ އަހަރެންގެ ޕާރސަނަލް ސެކެޓްރީ. އަހަރެންގެ ކަންތައް އެކަނި ރައުނާ ބަލަން ޖެހޭނީ. ދުވަހުގެ ތާވަލް ވެސް ތައްޔާރު ކުރާނީ ރައުނާ. އަދި އަހަރެން ބުނާ އިތުރު ކަންތައްތައް ވެސް ރައުނާ ކުރަން ޖެހޭނެ.” ރައުނާ ކުރަން ޖެހޭ ކަންތައްތައް ވަރަށް ހަރުކަށިކޮށް އާފާޒް ކިޔާދިނެވެ.
ރައުނާ އިނީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. މީ ހާދަހާވާ ކަންތައް ފަލަ ފިރިހެނެކޭ ރައުނާގެ ހިތަށް އެރިއެވެ. އާފާޒް ދައްކާ ވާހަކައަށް ހަމަ އެކަނި ބޯ ޖަހާލުން ފިޔަވާ އިތުރު ކަމެއް ރައުނާ ނުކުރެއެވެ.
” ދެން ރައުނާ މަސައްކަތް ކުރާނީ މިތާ ތެރޭގަ. މިހުރީ ރައުނާގެ ޓޭބަލް” އެތާ ޖެހިގެން އިން މޭޒު ދައްކާލުމަށް ފަހު އާފާޒް ވާހަކަ ދެއްކިއެވެ.
” އަދި އެއް ކަންތައް. ކޮންމެ ދުވަހަކު ހެނދުނު ކޮފީ އެއް ގެނެސްދެންވާނެ” އާފާޒް ބުނެލިއެވެ.
ކޮފީއެއް ގެނެސްދެން އެދުމާއެކު ކެބިން އިން ނިކުމެ އެ ފްލޯގައި ހުރި ކޮފީ މެޝިނުން ކޮފީއެއް ހަދާގެން ގެނެސް އާފާޒްގެ މޭޒުމަތީގައި ރައުނާ ބެހެއްޓިއެވެ.
*******************************************************************
އައްފާން ވެސް އޮފީހަށް ދިޔުމާއެކު ގޭގައި އުޅުނީ އަފްނާން އާއި އަފީފާ އެކަންޏެވެ. އަފްތިމް ވެސް ދިޔައީ ޓްރެއިނިންއަށް ދިޔުމަށް މާދަމާ ފުރަން ޖެހުމާއެކު ބޭނުންވާ ބައެއް ތަކެތި ހަމަކޮށްލުމަށް ފިހާރައަށެވެ.
“ދަރިފުޅާ ނާން..މަންމަ މިދަނީ ފޫހިވެގެން ފާތުމައްތަ މެން ގެޔަށް.. ކޮޓަރި ތަޅުލާގެން އިންނައްޗޭ” ކިޔަވާ މޭޒު ކާރި ފޮތް ކިޔަން އިން އަފްނާން އަށް ބަލާލަމުން އަފީފާ ބުނެލިއެވެ.
މަންމަ ދިޔުމާއެކު އަފްނާން ކޮޓަރި ތަޅުލިއެވެ. އޭނާގެ މަންމަ ދިޔައީ ގެ ތަޅުލާފައި ކަމުން އަފްނާން އިނީ ވަރަށް ހަމަޖެހިލާގެން ފިލާވަޅު ދަސްކުރާށެވެ.
*******************************************************************
ޓެނިހެއް ގަންނަން ސްޕޯރޓްސް ޕަވަރ އަށް އަފްތިމް ވަނީ އޭނާ މިހާރު ގެންގުޅޭ ޓެނިސް ޓްރެއިނިންގައި ހަތަރު މަސް ދުވަހު ނުހިފަހަށްޓާނެކަން ޔަގީން ވާތީއެވެ. ބޭނުންވާ ވައްތަރުގެ ޓެނިހެއް ފެނުމުން އޭތި ނަގަން އަތްލި އަފްތިމް ސިހުނީ އެ ޓެނިހުގައި އެހެން މީހަކުވެސް ހިފުމުންނެވެ.
(ނުނިމޭ)

Share Article

Follow Me Written By

Eleven Anuahs

Level 1

ꋪꀤꌚꏂ ꍏꌃꂦ꒦ꏂ ꓄ꀍꏂ ꌚ꓄ꂦꋪꎭ ꍏꈤꀷ ꌩꂦꀎ ꅐꀤ꒒꒒ ꎇꀤꈤꀷ ꓄ꀍꏂ ꌚꀎꈤꌚꀍꀤꈤꏂ?♥️?

Other Articles

Previous

އާޒީން 7

Next

ފެވިފާނަން ވިޔޭހިތުގާ-1

Next
October 27, 2020

ފެވިފާނަން ވިޔޭހިތުގާ-1

Previews
October 27, 2020

އާޒީން 7



All Right Reserved!