އަފްތިމް ކާރި އެވާހަކަ އިތުރަށް ނުދެއްކުމަށް އާފާޒް އެދުމުން ދޮންބެގެ އެދުމަށް އޭނާ އެއްބަސްވީ އިތުރު ގޮތެއް ނެތުމުންނެވެ. މީހެއް ކާރީ އެކަހަލަ ވާހަކައެއް ކިޔާފިނަމަ އާފާޒް ހަދާލާނެ ގޮތް އަފްތިމްއަށް ހަމަ ރަނގަޅަށް ވެސް އިނގެއެވެ. އާފާޒް އާއި އަފްތިމްއަށް ގެއަށް ވަދެވުނު އިރު ގޯތި ތެރޭގައި ހުރި ކޮފީ މޭޒު ކައިރީގައި އަފީފާ އާއި އައްފާންގެ އިތުރުން އަފްނާން ކޮފީ ބޯން ތިއްބެވެ. ދެ މީހުން ގެއަށް ވަތް ތަން ފެނި އަފީފާ ކޮފީ […]
ފަތިސް ނަމާދު ބަންގީގެ އަޑަށް އެނދުގައި ނިދާފައި އޮތް އަފްނާން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އަފްނާންއަކީ އުމުރުން 16 އަހަރުގެ އަޙްލާޤް ރަނގަޅު ގެވެހި އަންހެން ކުއްޖެކެވެ. ކާމިޔާބަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތްކުރާ ކިޔެވުމަށް މޮޅު ދަރިވަރެކެވެ. އާއިލާގެ އެންމެ ހަގު ކުއްޖާއަށް ވުމުން މަންމައާއި ބައްޕަގެ އިތުރުން އޭނާގެ ދެ ބޭބޭ ވެސް އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ބައްޕައަކީ މާލޭގެ މުއްސަނދި މީހެއްކަމުން އުޅެމުން އަންނަނީ ވަރަށް ވެސް އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ. ގްރޭޑް […]