އިމްތިޙާން 31
ލަހުމާގެ އެއްވެސް ހަރަކާތެއް ނެތް ހަށިގަނޑުން ގުނަވަނެއް ހޭލާފައި ނުވާފަދައެވެ. އެ މޫނުމަތީގައި ތާޒާ އެއްވެސް އަސަރެއް ނެތެވެ. މިލާ މޯޅިވެފައިވާ މަލެއްގައި ހުންނާނީ ދެން ކޮން ފުރިހަމަ ކަމެއް ހެއްޔެވެ؟ ލަޠީފްގެ ފިޔަވަޅުގެ ލުއިލުއި އަޑު ލަހުމާއަށް ދެނެގަންނަން ވަރަށް ފަސޭހަވިއެވެ. އެއަޑަށް ލަހުމާގެ ހުރިހާ ހިއްސެއް އެއްފަހަރާ ހޭލިހެން އޭނާއަށް އަމިއްލައަށްވެސް ހީވިއެވެ.
“އަހަރެން… ކަލޭ މަރާލާކަށްވެސް ޖެހިލުމެއްނުވާނެ.” ލަޠީފާ ދިމާލަށް ބަލާވެސް ނުލާ ލަހުމާ ބުނެލި ޖުމްލައިން ލަޠީފްގެ ހިތަށް ހީވީ ތޫނުއެއްޗެއް ހަރާލިހެނެވެ.
“އަޑުއަހާ!.. އަހަރެންގެ ވާހަކަ އަދި ނުނިމެ.. އަހަރެންގެ ވާހަކަ އަދި މިފަށަނީ….ލަހުމާގެ ޚިޔާލުތައް މާޒީގެ އެތައް ސަފުހާއެއްގެ ތެރެއަށް ގެއްލުވާލަމުން ވާހަކަތައް ކިޔައިދޭން ފެށިއެވެ.
ހޮސްޕިޓަލުން ދޫކޮށްލުމާއެކު ލަހުމާގެ ބޮޑުދައިތައާއެކު ގެއަށް އައިސް ވަނެވެ. އޭރުވެސް ލަހުމާގެ ގައިގައި އިތުރު ހަކަތައާއި ބާރެއްނެތެވެ.
“ލަހުމާ! ބޮޑުދައިތަ ދެން ދަނީ.. ބައްޕަގެ އެންމެ ފަހުގެ އެދުންވެސް މި ފުރިހަމަ ކޮށްދެވުނީ ބޮޑުދައިތައަށް… ބައްޕަ ނެތް ދުނިޔެއަކު ދެން މިގެއަށް ވަދެއުޅުމުގެ ހުއްދަ ބޮޑުދައިތައަށް ލިބޭނެހެން ހިޔެއްނުވޭ. އެކޮއެ މަންމައަކީ ކޮންކަހަލަ މީހެއްކަން އިނގެޔެއްނު؟ ބޮޑުދައިތަ ކިޔާދޭނެ އެއްޗެއް ނެތް.. ބޮޑުދައިތަވެސް މިހިރީ މުސްކުޅިވެފަ.. ބޮޑުދައިތަ ނެތް ދުވަހަކުންވެސް އެކޮއިވާނެ ބަސްއަހައިން އުޅެން.” ލަހުމާގެ ބޮޑުދައިތަ ބުނި ވާހަކައިން ލަހުމާއަށް ރޮވެން ފެށިއެވެ.
“އަހަރެންގެ ބައްޕަ މަރުވީދޯ؟ އަހަރެން އަޑުއެހިން ސިފައިންގެ މީހާ ކީއެއްޗެސް. އޭރު ހުން ހުރިވަރުން މާރަނގަޅަށް ނޭނގުނީ.. އެކަމަކު މިހާރު ޔަޤީން ވެއްޖެ..” ރޯންފަށަމުން ލަހުމާ ވާހަކަ ދެއްކިއެވެ.
“އާނ ދަރިފުޅާ ދެން ހުއްޓާލާ! ދަރިފުޅު ހުންގަދަކަމުން ދުނިޔޭން މޮޔަވާ ވަރުގެ ވަގުތުތައްވެސް ދިޔަ.. އެހެންވެ ހާލަތު ރަނގަޅު ނޫންވީމަ މޫނު ބަލާލަންވެސް ޑޮކްޓަރުން ދޫނުކުރީ..” ލަހުމާއަށް އެ ހާދިޘާ ހިނގާ ދިޔަގޮތް ތަފްޞީލު ކޮށްދެމުން ލަހުމާގެ ބޮޑުދައިތަ ކިޔައިދިނެވެ.
“ދެން ބޮޑުދައިތަ މިދަނީ.. ހީވަނީ އެކޮއެ މަންމަވެސް އިރުކޮޅަކުން އަންނާނެހެން.. ރަނގަޅަށް ބޭސް ކާތި އިނގޭ.” ލަހުމާގެ ބޮޑުދައިތަ އެގޭން ނުކުމެގެން ދަމުން ބުނެލިއެވެ.
މުޅި ގައިގާ ރަޖައެއް އޮޅައިން އިން ލަހުމާގެ ނަޒަރު އިރު އިރުކޮޅާ ހުއްޓާލެވެނީ ފާރުގައި ހުރި ގަޑިއަށެވެ. ލަހުމާގެ ބޮޑުދައިތަ އެގޭން ދިޔަފަހުން ބަރާބަރު ހަ ގަޑިއިރުވާން ކައިރިވީއެވެ. ތާނިޔާ ސްކޫލަށް ދިޔަސް ގެޔަށް އަންނާނީ އަންނާނެ އިރަކުންނެވެ. އެއީ ތާނިޔާގެވެސް އާދައެވެ. ގަޑިއަށް ބަލައިލުމަށްފަހު އަނެއްކާވެސް ލަހުމާއަށް ވިސްނެން ފެށީ ރަޝީދާ ގެއަށް އައުން ލަސްވަމުން ދާތީއެވެ. ކުއްލިޔަކަށް ގޭގެ މައިދޮރު ހުޅުވާލިއަޑު ލަހުމާއަށް އިވުނެވެ.
“މަ.. މަންމާ! އާދެބަލަ ގައި މޮޑެލަދޭން.. އަދިވެސް ވަރަށް ހުންގަދަ.. ފިރުމާލަ ދީބަލަ..” ލަހުމާއަށް އޭނަގެ މަންމަ ރަޝީދާ ފެނުމާއެކު ހިނިތުންވުމެއް ވެރިކޮށްލަމުން ބުނެލެވުނެވެ. އެހެން ނަމަވެސް ލަހުމާގެ އެ އެދުމުގައި ވަނީ އާދެހެވެ. އޯގާތެރި ފިރުމުމަކަށް ބޭނުންވެފައިވާ ލަހުމާގެ އުންމީދުތައް ފޮންޏެވެ.
“ނުވާނެ މަށަކަށް.. ކަލެޔާހެދި މިއުޅެން ޖެހުނީ ނޭވާލާނެ ވަގުތެއް ނުލިބި.. ކަލޭ ބައްޕަ މަރުވީމަ ގޮސް ހޮސްޕިޓަލުގަ.. ސަހަރާގަ.. ފުލުސް އޮފީހުގަ.. ނޫނީ ކޮންމެސް ރަސްމީ އޮފީހަކަށް ދުވަން..” ރަޝީދާގެ ދެކޮޅު ނުޖެހޭ ޝަކުވާތައް ލަހުމާގެ ކަންފަތު ހިނދުރީގައި ގުގުމަން ފެށިއެވެ. ލަހުމާއަށް އޭނަގެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. އިރުކޮޅެއް ތެރޭގައި ލަހުމާގެ ލޮލުން ކަރުނަ އޮހޮރިގެން ދާންފެށިއެވެ.
“ނޫން.. ނޫން މަންމާ.. ތިހެން ނުބުނޭ.. އަހަރެން ބަލިވީމަ އެހީވާން މިތާހުރި..” ލަހުމާގެ އަޑުގައި ވަނީ އޯގާތެރި ކަމެވެ.
“ހުއްޓާލާ..! އެހީވާން މިތާހުރުމުގެ ބޭނުމެއް ނެތް.. އަހަރެންވެސް މިނިވަން މާހައުލެއް ބޭނުންވޭ.. ރައްޓެހިންނާއެކީ މަޖާކުރަން ބޭނުންވޭ.. އެމީހުނޭ އަހަންނަށް މިގެވެސް ރަޖިސްޓްރީ ކުރަން މޮޅެތި ޚިޔާލު ދިނީ.. ކަލޭބައްޕަވެސް އެމީހުން ދެއްކި ވާހަކަތަކަށް ހެއްލިގެން މަށަށް މިކަންވެސް ކޮށްދީފި.. ހެހެ..” ރަޝީދާ ހިނިގަނޑެއް ޖަހާލިއެވެ.
“މަންމާ!” ލަހުމާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އޭނާގެ މުޅި ހަށިގަނޑުގައި ހިނގަމުން ދިޔަ ތާޒާާ ލޭ ކުއްލިޔަކަށް ކެކެން ފަށައިފިއެވެ. ލަހުމާގެ ހިތުގާ ރަޝީދާއަށްޓަކާ ބަދަލު ހިފުމުގެ ރޫޚު އާލާވަމުން ދާންފެށިއެވެ.
“ތީ އެއްވެސް އިރެއްގަ އަހަންނާ ތާނިޔާ ކޮއްކޮއަށް ލޯބިން ވާހަކަ ދެއްކި މީހެއް ނޫން. އަހަރުމެންގެ އިހުސާސްތައް ނޭނގޭ މީހެއްތީ.. އަހަރެން މި ބައްޔާ ހަނގުރާމަ ކުރާނީ އަހަރެން އެކަނި.. ދެން މީގެފަހުން އަހަރެން ކަލެޔާ ކަލޭގެ ދިރިއުޅުމާވެސް ހަނގުރާމަ ކުރާނަން.. އަދި ބުނަންތަ؟ މީގެ ފަހުން.. މީގެ ފަހުން އަހަރެން ބޭނުމެއް ނޫން ކަލެޔަށް މަންމަ ކިޔާކަށްވެސް.” ލަހުމާގެ ދެއަތްތިލަ މުށުތެރެއަށްލާ ބާރުކޮށްލަމުން ރަޝީދާއަށް ރައްދު ދިނެވެ.
ދުވަސްތައް ވޭތުވާންފެށީ ހަލުވި މިނުގައެވެ. އިރުއަރާ އޮއްސޭ ހަމަ ކޮންމެ ދުވަހަކީވެސް ލަހުމާގެ ހަޔާތުގައި އެތަކެއް ދަތި ތަޖުރިބާތައް ކުރަންޖެހޭ ދުވަހެކެވެ. ލަހުމާގެ ދިރިއުޅުމަށް ހުރަސް އަޅަމުންއައި އެންމެ ބޮޑު ގޮންޖެހުމަކީ ރަޝީދާގެ ފަރާތުން ލަހުމާއަށާ ތާނިޔާއަށް ލިބެމުން ދިޔަ އެކަނިވެރިކަމެވެ.
މަންމަގެ ފަރާތުން އިވެމުންދިޔަ އިޙްތިރާމް ކުޑަ ބަސްތަކެވެ. އެއިން ކޮންމެ ކަމަކަށްވެސް ލަހުމާ ދިޔައީ ކެތްކުރަމުންނެވެ. އެހެނަސް… އެހެނަސް ލަހުމާގެ ހިތުގައި އަވަސް އަވަހަށް ގިނި ރޯވަމުންދާންފެށިއެވެ. ބަދަލު ހިފުމުގެ ރޫޙާއެކު ނުބައިހެން ހީވާ ރޭވުންތައް ރާވާހަދަން އޭނާގެ އަމިއްލަ ނަފްސު އޭނައަށް ދަސްކޮށްދޭން ފަށައިފިއެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ގޮސް ލަހުމާގެ އުމުރުން ފަނަރަ އަހަރު ފުރިއްޖެއެވެ. ޒުވާންކަމުގެ ތާޒާ ލޭ ލަހުމާގެ ގަށިގަނޑުގައި ހިނގަންފެށިއެވެ. ފުރާވަރުގެ މަސްތީ ހުޅު އެންމެ ގަދަޔަށް ރޯވާންފެށި ދުވަސްވަރުކަމުން އެހެން ކުދިން ފަދައިން ލަހުމާވެސް ޙަޔާތުގެ ބައިވެރިޔަކު ހޯދިއެވެ. އެއީ މާލޭގައި ގެދޮރު ނެތް މީހަކަސް ރާއްޖެތެރޭ ރަށެއްގައި އެންމެ ފުދިގެން އުޅޭ އާއިލާއެއްގެ ޒުވާން ފިރިހެނެކެވެ.
“އަހަރެން ބޭނުން ވަރަށް އަވަހަށް ކައިވެނި ކުރަން.. މަންމަ ޤަބޫލިއްޔާ ހިނގާ މިކަން އަވަސް ކުރަމާ؟” ލަހުމާ ވަރަށް ހާސްވެފައި އިނދެ އޭނާގެ ޙަޔާތުގެ ބައިވެރިޔާއާ ވާހަކަ ދެއްކިއެވެ.
“ނޫން ކީއްކުރަން ތިހާ އަވަސް އަރުވާލަނީ؟ އަދި މިކަމަށް ވަގުތު ބޭނުންވާނެ ލަހުމާ.. އެހާ އަވަހަށް ކައިވެނި ނުކުރިޔަސް އަހަރުމެން ބޭނުން ގޮތަކަށްނު މިއުޅެނީ.. ކަމެއް ބަލާނެ މީހަކު ކަމެއް މަނާ ކުރާނެ މީހަކު ނެތެއްނު.. ރަނގަޅުވާނެޔޭ..” އެ ފިރެހެންމީހާ ކައިވެންޏަށް ދެކޮޅު ހަދަމުން ވާހަކަ ދެއްކިއެވެ.
“އަހަރެންގެ ހަށިގަނޑުގަ މިހާރު ތަފާތު އިހުސާސްތަކެއް ހިނގާހެން ހީވޭ.. އަހަރެން.. އަހަންނަށް ހީވަނީ އަހަރެން..” ލަހުމާ ވާހަކަ ދައްކަން އުޅުމުން އެފިރެހެން މީހާ އެކަން ހުއްޓުވިއެވެ.
“ހޫމ.. ހޫމްހޫމްމް.. ޕިސް. އެންމެ ރަނގަޅު ލަހުމާގެ ރަހުމަތްތެރިޔާ ފޮނުވާ މަންމަ ކައިރި މިވާހަކަ އަހަން.. އަހަރެން ވަރަށް ލޯބިވާ މީހެއްތީ.. އަހަރެން ވަރަށް އަވަހަށް ކައިވެނި ކުރާނަން..” އެމީހާ ކައިވެންޏަށް އެއްބަސް ވަމުން ގޮތް ނިންމިއެވެ.
ލަހުމާ އޭނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ލަޠީފަށް ބަލައިލިއެވެ. އޭރު ލަހުމާގެ ކުރިމަތިން ހުރި ގޮނޑީގައި ހަމަޖެހިލައިން ލަޠީފް އިނެވެ.
“އަހަރެން ކައިވެނީގެ ވާހަކަ އަހަރެންގެ ބައިވެރިޔާ ކައިރި ބުނިއިރު އަހަރެން އިނީ އޭނަގެ ދަރިއަކަށް ބަލިވެ. އަހަރެން ބަލިވެ އިންކަން އިނގޭނީވެސް އަހަރެންގެ ރަހުމަތްތެރިޔާއަށް އެކަނި. އަހަރެންގެ ވާން އުޅުނު ފިރިމީހާއަށްވެސް އަހަރެން ބަލިވެ އިންކަން ނޭނގޭނެ.. އަހަންނަށް ސީދާ ސީދާ އަވަހަށް ކައިވެނި ކުރަން ބޭނުންވި ސަބަބު އޭނަކައިރި ބުނާކަށް ނުކެރުނު..” ލަހުމާ ކަރުނަތައް ފޮހެލަމުން ނޭފަތް ދަމާލިއެވެ.
“އެހެންވެ އަހަރެން.. އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ ކައިރި އެދުނީން އަހަރެންގެ ޙާލަތު ކިޔައިދިނުމަށްފަހު އަހަރުމެން ބޭނުންވާ ގޮތަށް ކައިވެނީގެ ވާހަކަ މަންމަ ގާތު ބުނުމަށް. އެކަމު.. އެކަމު.. އެއީ އަހަރެންގެ ހަޔާތް ބަރުބާދު ކޮށްލި މީހަކީ.. މަންމަ ކައިރި އަހަރުމެންގެ ވާހަކަ ދައްކާ ދޭތެރެ ޖައްސަމުން ހިނގީވެސް އޭނަ.. އަހަރެން އަބަދުވެސް އޭނައަށް ނަފުރަތު ކުރަން.” ލަހުމާގެ ވާހަކަ ކުޑަ އިރުކޮޅަކަށް މަޑު ޖައްސާލިއެވެ.
“މަންމަގާތު އޭނަ ބުނީ އަހަރެމެން އަވަހަށް ދުރު ކުރުވާށޭ. އެ ފިރިހެން މީހާ އުޅެނީ އަހަރެން މަންމަގެ މުއްސަނދިކަމާ ގެދޮރަށް ފެން ބޮވައިގަނެގެންނޭ.. މަންމައަށް އޭނަ ވިސްނައިދިނީ އަހަރެންގެ ލޯބިވެރިޔާއަކީ އެތައް މަލަކުން ފޮނި ބޮމުންދާ މާބޫރެއް ކަމަށް.. އަދި ބުނި ލަހުމާއާ ކައިވެނި ކުރުމަށްފަހު އެމީހާ އެއުޅެނީ ރަޝީދާ ދައްތަގެ ކަރަށް ފައިން އަރަންނޭވެސް.. އަހަރެން އެއްވެސް އިރަކު ހިޔެއް ނުކުރަން އެވަރުގެ ވިހަގަދަ ރައްޓެއްސެއް ކަމަށް އެއީ.. އެހުރިހާ ވާހަކައެއް އަހަރެންގެ މަންމަ ކައިރި ދައްކަނިކޮށް އަހަންނަށް އަޑު އިވުން.” ލަހުމާ އަނެއްކާވެސް މޫނު ފޮހެލިއެވެ.
( ނުނިމެ )
އަންނަ ހަފްތާގައި!! ?
“ވާހަކައެއް ބުނަންތަ؟ ކުރިން ދުވަހެއްގަ އަހަންނަށް ފެނިއްޖެ ފާއިދުގެ ކުރަހާ ފޮތް.. ވަރަށް ދުވަސް ވެއްޖެ އެ ފެނޭތޯ ފާރަލާތާވެސް.. އޭނަގެ އުމުރާބަލާފަ އެ ކުރަހާފަ ހުރި އެއްޗެސް ހަމަ ރަނގަޅަށް ދޭހަވޭ.. އެ ކުރެހުންތައް އެންމެ މޮޅު ނޫނަސް އޭގެން ބުނެދޭ މެސެޖްތަށް އަހަންނަށް އިނގޭ.. އިނގޭތަ އޭގަ ކުރަހާފަ ހުރީ ކޯއްޗެއްކަން..؟؟” އެނދުމަތީ އިން ތުގާ ކުޅެމުން ދިޔަ ބޯޅަ ވެއްޓުމާއެކު އެ ބޯޅަ ނަގައިދެމުން ސީމާ ވާހަކަ ދެއްކިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.







Mi part ga nei dho ehen baegge vaahakaeh ..
Ekamves v bodu hageegathei ingigen gossfi.
Waiting next part ah
Yeah aslu meeheigge maazeege haadhisaa ineema ehn evee.
Ehnveema baehfaharu maazeege handhaanthah kiyaadhey iru vaahaka liyeveyne mi gothahves.
Dhen shaleenge komme part eh kuruveemaves ehen vedhaane
Hadhiyaa v kamugosfi
Heekuree Seema kamah preg vee
Ekam lahumaage past dho mikiyaadhenee
Faaidhge baeh naannaathy miss v ???
Thanks dear
Hadhiyaa kamudhiyaima.
Ohhh aslutha?? Ekam Seema eh noon dho mifaharu..
Ya lahumaage past ei
Dhen wait dho faaidhge baives adhi kiyaalan libeyne in sha Allah
?
vrh nice..vrh lwbi
Aswn! Thank you ???
V ufaavejje author ehge commenteh alhugandah libuneema.
Gavaidhun balan kiyaaleveytho you ge vhk ves mifaharu innaane emme fahun nukui part ah commentves dheefa.
Thanks again
Lysm ❤️❤️❤️
V reethi
Vaahaka therein maazy genesdheefa in goy
V salhi vaahakaige haadhisaathah.
Adhi v ibraitheri
Thanks for hadhiyaa
Waiting Hama ebai kiyaalan
Thank you
V ufaavejje commentga bunelaafa in vhk in.
Yes plz wait
Good good
Vaahaka kuriyah dhaagoy
Dhen v ufaavey ingey mi vaahaka aa dheytherey
Hmmmm thanks v bodah
Dhekey goy haama kollyma
?
Hi mi vaahaka aslu v hihgaimu
V reethi aadhathakaa
Meehunge kibaiga hunna nubai aadhathahhves kiyaadheefa hunnaathy
Hama v ves salhi
Dhen next partge inthizaaruga mihuree
Hehe thanks for ingey v bodah.
Aslu beynumakeeves ei dho vaahakaegge.
So I am trying my best Hama
Again thanks a lot
Shaleen
Aslu Shara heekuree afeefa kamah preg vee
Bt guess Dhimalei nuvi mifaharu.
Dhen hithah araa eyga kurahaafa hunnaanyves konkahala ehchessei baaey
So eyeh balaalanves curiousvey eba
❤️❤️❤️
Aslutha?
Yeah afeefa eh noon mifaharu dho..
Let’s c faaidhge kurehumuga vanee konkahala ehcheissehtho dho.
Plz wait kollaa next part ah ?
Mifaharu miothee Huss lahumaage maazeege vaahakathah dho.
Ekamves vaahaka gengossa ingoi v salhi mi partga ves
Keep it up
Next part ah v v v v inthizaar kuran ?
Hmm lahumaage vaahaka eynage maazee dho.
Thanks a lot ingey.
Years plz wait
Lys Quin me❤️
V v salhi ingey
Ekam lahumaage mamma dhen haadha goahey Lim hithah araa
Storythah gengulhelaafa huri goy nikah kamudhey.
Waiting mihaaru faaidhuge kurehunthah engen
Heheh
Awwn thanks
Hmm v ufaavejje ingey thi comment libuneema
Dhen wait kollaa next part ah anekaa
????????????????
??????????
Next part ge inthizaaruga
Hmmmmm dho
Ehenviyyaa saabithuve hurey ?
Next partah Hama inthizaaru Kureveny.
Dhen lahumaage mammayo ekamaku.
Hama evvahthareigge baeh dho mee.
Ekamves ehaa goasvaan nuvaanennu alhey
Shaleen Avas kollahche ingey next prt
Hehehe ehntha dhen Hama wait kollaa ingey
Hmm rasheedha ves goasthaa
Thibuneethedhei dhen lahumaaves goas nuvinama dho.
Ekam lahuma e ulheny v rulhi aissigen eyna mom dheke dho.
Hehe hm shaleenves Hama next week ga up kollaanan in sha Allah
Nexxxxxxt partttttt plzzzzz
????
Yeah next weekga in sha Allah
Pls wait kollaa
Alhe mi lahumaa aa eyna mom aa haadha ehcothey dho
Dhen anekkaa lahumage friend adhi haadha goahey dho
Pis pis
Alheyyy faaidh ge kurehunthah hurigoy ingen beynun
Hmm lahumaanenge story inee ehendho.
Dhen lahuma friendves Hama goas thibunaahen.
Hmmm next partga ingeytho balamaa faaidhge kurehunthakaa gulheygothum
Asluves v reethi
Vrh tricky
Vr obiness
Varah waitinga
Maasha allaah.. mipartves vvvv reethi.. lahumaamenge hagygaihvex mihaar mi enguny dhw.. hama obinoavey…keep it up.tvgc.lysm
.
Thank you
V ufaavejje thi comment libuneema
Dhen Hama bunelaanee wait kollahchey
Next week ga dhen part in sha Allah
Lysm ,❤️❤️❤️❤️