އިންތިހާ – 17
ލާމިއު އާއި އެކު އެއާރޕޯރަށް އާދެވުމުން ޗެކިންގެ ކަންތައް ނިންމާލުމަށް ފަހު، ފުރާމީހުން ވަންނަ ދޮރުން އެތެރެއަށް ލައިބާ ހިނގައިގަތީ، ދުރުގައި ހުރި އޭނާގެ ބައްޕައަށް ހަނާ އަޅާލަމުންނެވެ. ކޮލެޖުގެ ފަރާތުން ވިޔަސް، މައިންބަފައިންނާއި ދުރަށް އޭނާ ދާ މީ ފުރަތަމަ ފަހަރުކަމުން، ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ. އަދި ރޭގައި އިނގުނު ކަންތަކަށްފަހު ސުވާލުމާރކެއްގެ ތެރޭގައި ހުރެ ފުރަން ޖެހުމުން އޭނާ ހުރީ ނުތަނަވަސް ވެފައެވެ. އެ އައިޑީކާޑު ކޮޕީތަކުގައި ވާމީހުނާއި އޭނާއާއި ގުޅުމެއް ވޭބާއެވެ. މިކަމުގައި ފޮރުވިފައިވަނީ ކޮން ސިއްރެއް ބާއެވެ.
ނަމަވެސް، އޭނާގެ ޤާބިލުކަމާއި ހުނަރަށް އިތުބާރުކޮށް ކޮލެޖުން ދިން މި ފުރުސަތުގ ބޭނުން އެންމެ ފުރިހަމައަށް ހިފައި، އައު އެއްޗެހި ދަސްކޮށް އުނގެނެން އޭނާ ބޭނުމެވެ. ފްލައިޓަށް އެރުމުގެ ކުރިން އައިމަންއަށް މެސެޖެއް ފޮނުވާލައި، އޭނާ ފުރާކަން ލައިބާ އައިމަންއަށް އަންގާލިއެވެ. އިއްޔެ ހަތަރުދަމު އޭނާ ގުޅައި ގުޅައި އައިމަން ފޯނު ނުނެގުމާއިއެކީ، ފުރަން އުޅޭ ވާހަކަ އޭނާއަށް އައިމަންއަކާއި ހިއްސާއެއް ނުކުރެވުނެވެ.
ފްލައިޓު ރަންވޭއިން ނައްޓާލުމާއިއެކީ ފުސްވަމުންދިޔަ މާލޭގެ މަންޒަރަށް ލައިބާ ބަލައިލީ، ބަދަލުވާން މިއުޅޭ އޭނާގެ ހަޔާތުގެ ހިލަމެއްވެސް ނުވާ ހާލުގައެވެ.
*********
ލޭސް ފަރުދާއިން ފޭދިގެން އައި އިރުގެ ރަންދޯދިތައް ލޮލަށް އެޅުމާއިއެކީ، އުނދަގޫގޮތަކަށް އެސްފިޔަތައް ތަޅުވާލަމުން ނޫރް އޭނާގެ ދެލޯ ހުޅުވާލިއެވެ. އެއާއިއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ އޭނާގެ ހަށިގަނޑުގައި ދެއަތް ވަށާލައިގެން ފުން ނިންޖެއްގައި އޮތް އިވާން ފެނުމުންނެވެ. ފަން އިސްތަށިކޮޅުތައް އިވާންގެ ނިއްކުރި މައްޗަށް އެޅިފައި ހުރިއިރު، އަބަދުމެ ވެރިކޮށްގެން ހުންނަ ހަރުކަށިކަމުގެ ކަންފުޅެއްވެސް އެމޫނަކު ނެތެވެ. ތުނިކޮށްލެވިފައިވީ ތުނބުޅި އިވާންގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ބޭއިހްތިޔާރުގައި އިވާންގެ މޫނުގައި ނޫރްއަށް ފިރުމާލެވުނެވެ. އޭރު އެ މޫނުމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ.
ކުރެވުނު ކަންތައް ރޭކައިލުމުން ކަރަންޓު ޝޮކެއް ޖެހުނު މީހެއް ފަދައިން ނޫރް އެނދުން ތެދުވިއެވެ. ނިއުޅިފައިވީ އޭނާގެ ގަދަ މުށިކުލައިގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ހަމަޖެހިލަން މަސައްކަތް ކުރި ގޮތުން ހީވަނީ ކޮށްގެން ނުވާނެ ބޮޑު ކުށެއް ކުރެވިގެން އުޅޭ މީހެއް ހެނެވެ. ދެލޯ މަރާލަމުން އޭނާގެ މެޔާއި ދިމާލުގައި ނޫރްއަށް އަތް އަޅާލެވުނެވެ. އަވަސްވެފައިވީ އަމިއްލަ ހިތުގެ ތެޅުން އިހުސާސް ކުރެވުމާއިއެކީ، ބޯހޫރުވާލަމުން އެނދުމަތީގައި އޮތް އިވާންއާއި ދިމާލަށް ނޫރް ބަލައިލީ ބިރެއް ފެނުނު ފަދައިންނެވެ.
އޭނާއަށް މިވަނީ ކިހިނެއް ހެއްޔެވެ. ޖެހިލުންވެ ބިރުގަންނަ އެތަކެއް ދަނޑިވަޅުތަކަކާއި ކުރިމަތިވެފައިވީ ނަަމަވެސް، އެހެން މީހެއްގެ މަދަދަށް އޭނާ އެދިފައެއް ނުވާނެއެވެ. އެހީއެއް ހޯދައިފައެއް ނުވާނެއެވެ. ލޯތްބާއި، އޯގާތެރިކަމާއި އަޅާލުމަކީ، އޭނާގެ ދިރިއުޅުމުގައި އެއްވެސް ޖާގައެއް ދެވިގެން ނުވާނެެއެވެ. އޭނާގެ ހަޔާތުގެ ބިންގާވެސް އެޅިފައިވަނީ ނަފްރަތުގެ ކަޅުކަމުގެ މައްޗަށްކަމަށް ވީއިރު، އެހެން ޖަޒުބާތަކަށް އޭނާގެ ހަޔާތަށް އައުމުގެ ހައްޤެއް ނެތެވެ.
އިވާންއަކީ އޭނާގެ ހަތުރެކެވެ. އޭނާގެ ވޭންތަކާއި ރިހުމުގެ އަސްލަކީ އިވާންގެ އާއިލާކަމަށް ވީއިރު، އިވާންއަށް އޭނާއަށް އޯގާވެ، އެ ވޭންތައް ދުރުކޮށްދިނުމުގެ އެއްވެސް ހައްޤެއް ނޯންނާނެއެވެ. ނަމަވެސް، ނޭނގިނަމަވެސް އިވާންގެ އޯގާތެރިކަމަށް އޭނާއަށް އެދެވިއްޖެ އެވެ. އިވާންގެ ކިބައިން ރައްކާތެރިކަން އިހުސާސް ކުރެވިއްޖެއެވެ. އިވާންގެ ގާތްކަމަށް އޭނާއަށް އާބަސް ބުނެވިއްޖެއެވެ.
ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އިވާންގެ ސަަބަބުން އޭނާގެ މަޤުސަދަށް ވާސިލުވުމުގެ މަގަކުން އޭނާއަކަށް ކަސިޔާރެއް ނުވެވޭނެއެވެ. އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބޭނީ އިވާންގެ އާއިލާއާއި، އެ އާއިލާއާއި ގުޅުން ހުރި ކޮންމެ މީހެއްގެ ކިބައިން ބަދަލު ހިފުމުންނެވެ. ވޭނާއި ތަކުލީފުގައި އެމީހުން ކެތްނުކުރެވިގެން ތެޅޭ މަންޒަރު ފެނުުމުންނެވެ.
އޭނާ އިވާންއާއި ދިމާލަށް ބަލަަހައްޓައިގެން ހުރި ނަޒަރު ނަފުރަތަށް ބަދަލުކޮށްލަމުން ނޫރް ގޮސްވަނީ އެކޮޓަރި ތެރޭގައި ހުރި ފާހަނައަށެވެ.
**************
“އައިއްކޯ! އައިއްކޯ ނިކަން ދޮރު ހުޅުވާލަބަލަ ދަރިޔާ….ފިޒާމް އެބަހުރި ދަރިފުޅާ ބައްދަލުކުރަން އައިސް…” އައިމަންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން އާދިލާ ގޮވައިލީ ކަންބޮޑުވެ ހުރެއެވެ. އިއްޔެ ކޮޓަަރިއަށް ވައިން އައިމަން އަދިވެސް ކޮޓަރިން ނުނިކުންނަ އިރު، ވީގޮތް އޮޅުންފިލުވުމަށް އުޒްވާގެ ގާތުގައި ސުވާލުކުރެވުނު އަދަދެއް ނޭނގެއެވެ. އެދެވޭ ޖަވާބެއް ނުލިބުނު އިރު، އަރައިގެން އައި އިރާއިއެކު އުޒާމްއާއި އުޒްްވާ އެދެމީހުންގެ މަސައްކަތަށް ރަވާނާ ވެއްޖެއެވެ.
ދެތިން މިނެޓުފަހުން އައިމަން ދޮރު ހުޅުވާލި އިރު، މާމަދަރީގެ މޫނުމަތީގެ އަސަރުތައް ފެނި ވަރަށް ބޮޑު ކަމެއް ހިނގައިފިކަން އާދިލާއަށް ނަގައިގަނެވުނެވެ. އެހެންޏާ އަބަދުމެ ނުފިލާ ހިނިތުންވުމެއް ވާ އައިމަންގެ މޫނުމަތީގައި އެއްވެސް ތާޒާކަމެއް، ދިރުމެއް ނެތެވެ. މިލާފައި ވާ މޫނާއި ރަތްވެ ދުޅަވެފައި ވާ ދެލޮލުގެ އިތުރުން ދެލޮލުގެ ތިރިއަށް އެޅިފައިވީ ހިޔަނި، އޭނާއަށް ހަމަ ނިދި ނުލިބޭކަމަށް ހެކިދެއެވެ.
“ކޮބާ ފިޒާމް؟” ކުރަކިވެފައިވީ އައިމަންގެ އަޑު އިވުމާއިއެކު އާދިލާ އިތުރަށް ހައިރާންވިޔެވެ. އެއްޗެކޭ ނުބުނެ ސިޑިއާއި ދިމާލަށް އާދިލާ އިޝާރާތް ކޮށްލުމާއިއެކީ، ހަލުވި ފިޔަވަޅު ތަކެއްގައި ސިޑިން ފައިބައިގެން އައިމަން ދިއައެވެ.
“މޭން…ހާދަ ވަރަކަށް ގުޅައިފީމޭ…ފޯނަށް ކީތްކޮށްގެން ތަ ތިއުޅެނީ؟” ސޯފާގައި އިށީނދެ އިން ފިޒާމް ކޮށްޅަށް ތެދުވެ ވާހަކަ ދެއްކީ ސިޑިން ފައިބައިގެން އައި އައިމަންއާއެވެ. އިއްޔެ ކަންވެދިޔަ ގޮތުގެ ސަބަބުން އޭނާ ހުރީ އައިމަންއާއި ވާހަކަދައްކާލަން ނުހަނު ބޭނުންވެފައެވެ. ނަމަވެސް އިއްޔެ ހަތަރު ދަމު ގުޅީ އިރުވެސް އައިމަންގެ ފޯނު އޮތީ ނިއްވާލައިފައެވެ.
ލައިގެން ހުރި ޖިންސުގެ ޖީބުން އޭނާގެ ފޯނު ނަގައި، ނިވިފައި އޮތް ފޯނު އައިމަން ހުޅުވާލިއެވެ. އެއާއިއެކު އެންމެ ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ލައިބާ ކޮށްފައިވާ މެސެޖުތަކާއި ކޯލުތަކެވެ. “ޗާރޖު ގޮސްގެން ނިވިފަ އޮތީ….ކޮފީއަކަށް ދަމާ؟” ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން އައިމަން ދޮރާއި ދިމާލަށް ހިނގައިގަތީ ފޯނު ނަގައި ޖީބަށް ޖަހައިލަމުންނެވެ. ފިޒާމްގެ ސައިކަލުގައި ދެ ޒުވާނުން މިސްރާބުޖެހީ ކިންގްސް ލޯންޖް އާއި ދިމާލަށެވެ.
ކިންގްސް ލޯންޖްގެ ތެރެއަށް ވަދެގެން ދިޔަ އައިމަންއަށް އެތާގައި ހަރަކާތްތެރި ވަމުން ދިޔަ ގިނަ ބައެއްގެ ނަޒަރު އަމާޒުވެގެން ދިއައިރު، އެކަމަށް ފަރުވާލެއް ނުބަހައްޓައި ދެ ޒުވާނުން ގޮސް ހުސްކޮށް ހުރި މޭޒެއްގައި އިށީނދެލިއެވެ. ރަތާއި ކަޅު އަދި ރަން ކުލައިން މުޅިތަން ޑިޒައިން ކޮށްފައިވާއިރު، ފާރުތަކުގައި އަޅުވާލާފައި ހުރި ބޮޑެތި ކުރެހުންތަކުން ފެންނަނީ ތާރީހީ މަންޒަރުތަކެވެ. ކުރެވިފައިވީ އިންޓީރިއާގެ ސަބަބުން ޝާހީކަމާއި އެކު ބޮޑަށް ވައްތަރީ ޢަރަބި ހިސާބުގެ ތަނަކާއެވެ. ރަތް ކުލައިގެ ލެދާރ ސޯފާ ގޮނޑިތަކެއް މޭޒުތަކުގެ ވަށައިގެން ޖަހައިލެވިފައި ހުރިއިރު، މުޅި މާހައުލުގައި ވަނީ ފަނޑު އައްޔެކެވެ.
ކޮފީއަކަށް އޯޑަރުދިނުމަށްފަހު ދެ ޒުވާނުން ހަމަޖެހިލިއެވެ. “އައިމަން…ވީ ހޭވް ޓު ޑޫ ސަމްތިންގް…” ފިޒާމްގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. “ފިޒް ތީ ސްޓާރލައިޓުގެ މުއައްޒަފެއް….ކުންފުނިން އަހަރެން ބޭރުކޮށްލުމަށްފަހު އައި އޭމް ނޯ ލޯންގާރ ޔުއާރ ރެސްޕޮންސިިބިލިޓީ….ޑޯންޓް ވޮރީ އެބައުޓް މީ….އައި ވިލް ޑޫ ފައިން…އެނޫނަސް ޕަބްލިކްގެ އެއްވެސް ސުވާލަކަށް ދޭނެ ރަނގަޅު ޖަވާބެއް އަދިއެއް އަހަރެންގެ އަތުކު ނެތް….ބަޓް ސޫން އައި ވިލް ފައިންޑް އައުޓް” ފަހު ޖުމުލަ އައިމަން ބުނެލީ ވަރުގަދަ އަޒުމަކާއި އެކީގައެވެ.
“މަށަށް އިނގޭ އައިމަންއާ އައިމަންގެ އިމޭޖް ރެޕިއުޓޭޝަން، އެކައްޗަކީވެސް މިހާރު އަހަރެންގެ ޒިންމާއެއް ނޫންކަން…ބަޓް ބްރޯ އަހަރެމެން މީ އެކުވެރިންނެއް ނޫންތަ! ހަމަގައިމުވެސް އައިމަންއަށް ކުރިމަތިވާ އެއްވެސް ކަމެއްގަ އެހީނުވެ އަހަރެންނެއް ނުހުންނާނަން….” ފިޒާމްގެ އަޑުގައިވީ ސާބިތުކަމެވެ. އެކުވެރިޔާއަށް އެހީވެ، ދިރިއުޅުމުގައި ކުރިމަތިވެފައިވާ މި އަނދަވަޅުން އައިމަން ސަލާމަތްކޮށްދޭން އޭނާ ބޭނުމެވެ.
*************
ޕްލެޓިނަމް ރެސިޑެންސްގެ ދޮރު މައްޗަށް މަޑުކޮށްލި އަޅިކުލައިގެ ބީއެމް ޑަބްލިއު ކާރުން ފޭބި އުޒާމްގެ މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ކާރުގެ އަނެއްފަޅީ ދޮރުން ފޭބި ތޯރިޤުއާއި ދެމީހުން ގޮސް އެ އިމާރާތުގެ ތެރެއަށް ވަދެގެން ދިއައީ ހަރު ހިނގުމެއްގައެވެ.
ސެކިއުރިޓީ ގާރޑަށް އޭނާގެ އަތުގައި އޮތް ކާރޑު ދައްކައިލަމުން އުޒާމް ގޮސް އިމާރާތުގެ ލިފްޓުގެ ކުރިމަތީގައި ހުއްޓިލިއިރު، އޭނާގެ ފަހަތުން ތޯރިޤުވެސް ދިއައެވެ. ދެމީހުންވެސް ރަސްމީ ކޯޓު ފަޓުލޫނުގައި ތިބުމުން ބަލާބެލުމަށް ހީވަނީ ސަރުކާރުގެ އިސް މަޤާމެއްގައި ތިބި ދެމީހަކު އެ އިމާރާތް ބަލައި ފާސްކުރުމަށް އައިސްގެން އުޅޭހެނެވެ.
ލިފްޓު ގޮސް ހަތަރުވަނަ ފަންގިފިލާގައި ހުއްޓުމާއިއެކު ހަލުވި ފިޔަވަޅުތަކެއްގައި ދެމީހުންވެސް މިސްރާބުޖެހީ 4ބީ ޖަހައިފައި އިން ދޮރާއި ދިމާލަށެވެ. ދޮރުގެ ކުރިމައްޗަށް އާދެވުމާއިއެކު އުޒާމްގެ ނިއްކުރިއަށް ރޫތައް ޖަމާވެގެން ދިއައިރު، ކައިރީގައި ހުރި ތޯރިޤު އެ އެޕާރޓުމެންޓުގެ ބެލް އަޅައިލިއެވެ.
ދެތިން މިނެޓު ފަހުން ދޮރު ހުޅުވިގެން ދިއައިރު ކުރިމަތީގައި ހުރީ މުސްކުޅި އަންހެނެކެވެ. “މި އެޕާރޓުމެންޓުގައި އުޅުއްވާތޯ އެން އޯ ސްކޮޔާރޑް އާރް ނަމަކަށް ކިޔާ ކުންފުނީގެ ވެރިޔާ؟” އަތުގައި އޮތް ކާރޑު ދައްކައިލަމުން އުޒާމް އަަހައިލިއެވެ. “އެން އޯ އޭ! ތިނަން އަޅުގަނޑު އަޑުއެހިވެސް މީ ފުރަތަމަ ފަހަރު….މިގޭގަ އުޅޭނީ އަޅުގަނޑާ އަޅުގަނޑުގެ މާމަ ދަރިފުޅު….އޭނަޔަކީ ކުންފުންޏެއްގެ ވެރިއެއް ނޫން….އެއީ ޕައިލެޓެއް” ހައިރާންކަމާއި އެކު އެ އަންހެން މީހާ ޖަވާބުދިނުމާއި އެކު، ކަންބޮޑުވުން އެކުލެވިގެންވީ އުޒާމްގެ ނަޒަރު ތޯރިޤަށް ހުއްޓުނެވެ.
“ތި އާއިލާ މިތާގަ އުޅޭތާ ކިހާ ދުވަހެއް ވެދާނެ؟” ޝައްކުގެ އޮއެވަރެއް ހިތުގައި ދުވެލުމާއިއެކީ ތޯރިޤު އަހައިލިިއެވެ. “ގާތްގަނޑަކަށަށް އަށް މަސް ވަރު ވެދާނެ….ކިހިނެއްވީ ތޯ؟” “ޝުކުރިއްޔާ އިނގޭތޯ” އުޒާމް ހިނގައިގަތުމާއި އެކީ އެ އަންހެންމީހާއަށް ޝުކުރު އަދާކުރަމުން ތޯރިޤުވެސް އުޒާމްގެ ފަހަތުން ހިނގައިގަތެވެ.
“ކިިހިނެއްމިވީ އޭން؟ އަނެއްކާ ލާމިއު އަހަރުންނަށް އޮޅުވާލަނީ ތަ؟” ކާރަށް އަރައި ހަމަޖެހިލަމުން އުޒާމް ވާހަކަ ދެއްކިއިރު، އޭނާގެ އަޑާއި މޫނުމަތީގައިވަނީ މާޔޫސީގެ ކުލަވަރެވެ. “ލާމިއު އަހަރުން ކުރަން ބުނާ ކަމެއް ކުރުމަށް އިންކާރުކޮށްފާނެ…އެކަމު އޭނަ ދޮގެއް ނަހަދާނެ” ކާރު ދުއްވާލަމުން ތޯރިޤު ބުނެލިއިރު އޭނާގެ އަޑުގައިވަނީ ޔަޤީންކަމެވެ.
***********
މަޑުމަޑުން ދެލޯ ހުޅުވާލި އިވާންއަށް ފުރަތަމަ ހުރިހައި މަންޒަރެއް ފެނުނީ ފުސްކޮންނެވެ. ރަނގަޅަށް ދެލޯ އުނގުޅާލުމަށްފަހު ހުޅުވާލުމާއިއެކު، ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ އެނދުގެ ކަނާތް ފޅީގައި ހުރި ރީތިވާ މޭޒުގެ ކުރިމަތީގައި ހުރި ނޫރްއެވެ. ގަދަ ނޫ ކުލައިގެ ޖިންސްއަކާއި، އޮފް ޝޯލްޑާރ މަޑު ނުލެއްގެ ޓޮޕްކޮޅެއްގައި ހުރިއިރު، ނުހަނު ތަފާތެވެ. އެހެންޏާ އަބަދު ހެދުމުގައި ފެންނަ ނޫރްގެ ރީތިކަން އިތުރުވެފައި ވީހެން އިވާންއަށް ހީވިއެވެ.
މުށިކުލައަކަށް ދާ ދިގު އިސްތަށިގަނޑު މިނިވަންކަމާއިއެކު ފަހަތަށް ދޫކޮށްލެވިފައި އޮތް އިރު، ތެތް އިސްތަށިގަނޑުން ދިއައީ ފެންތިކި ޖަހަމުންނެވެ. ބަލައި ފޫހި ނުވާނެހައި ހިތްގައިމު މަންޒަރެކެވެ. “އިވާންއަށް އިނގޭތަ ގަޑިއަށް ފަރުވާތެރިވުމުގެ މުހިންމުކަން؟ ތިމާގެ ޒިންމާދާރުކަން އެ ސިފައިން ވަރަށް ރަނގަޅަށް ފެންނާނެ….” އިވާންއާއި ދިމާލަށް އެނބުރިލަމުން ނޫރް ބުނެލިއިރު، އިވާން ހުރީ ނޫރް ބުނަން އެއުޅެނީ ކީކޭކަން ނަގައިނުގަނެވިފައެވެ.
“ސޯ؟” އެނދުން ތެދުވަމުން އިވާން އަހައިލީ، އެއްޗެކޭ ނުބުނެ ނޫރް ހުންނަން ފެށުމުންނެވެ. “ސޯ ހަރީ އަޕް….ވީ ހޭވް އަ މީޓިންގް އިން 20 މިނެޓްސް!” ނޫރް ބުނެލުމާއިއެކު ބޯޖަހައިލަމުން އިވާން އެކޮޓަރިން ނިކުމެގެން ދިއައިރު، އިވާން ދިޔަ ދިމާ ބަލަންހުރި ނޫރްގެ ތުންފަތުގައި ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
އޭގެ ފަނަރަ މިނެޓު ފަހުން ނޫރްއާއި އިވާން ތިބީ މީޓިން އޮތް ސަރަހައްދުގައެވެ. އެއީ އައްޑު ސިޓީގައި ގެދޮރު ބިނާކުރަން ހަމަޖެހިފައިވާ ބިމެވެ. “ވަން މޯރ ތިންގް….އެއްވެސް މީހެއް ކައިރީ ނޫރްއަކީ އިވާންގެ ކުންފުނީގެ ހިއްސާދާރެކޭ ބުނެގެން ނުވާނެ!” ނޫރްގެ ޖުމުލައާއިއެކު އިވާން ނޫރްއާއި ދިމާލަށް ބަލައިލީ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުންނެވެ.
“ހެލޯ މިސްޓާރ އިވާން” އެތަނަށް އައިސް ހުއްޓުނު ފިރިހެން މީހާގެ އަޑާއިއެކު އިވާންއާއި ނޫރްއާއި ދެމީހުން އެމީހާއަށް ސަމާލުކަން ހުއްޓާލިއެވެ. “އަޅުގަނޑަކީ ހިތަދޫގެ ކައުންސިލަރެއް…ދާނިމް…ތީ އިވާން ދެއްތޯ…އެންޑް މީ؟؟ ވައިފް ތޯ؟” އަމިއްލައަށް ތަޢާރަފުވެލަމުން ދާނިމް އަހައިލި ސުވާލާއިއެކު ނޫރްއާއި އިވާންއާއި ދެމީހުނަށް އެކަކު އަނެކަކާއި ދިމާލަށް ބަލައިލެވުނެވެ.
“ހެހެ ޔެސް… މައި ވައިފް ނޫރް” އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން ދާނިމް ބުނި ބަހަށް އެއްބަސްވެލަމުން، ސަލާމަށް ދާނިމް ދިއްކޮށްގެން ހުރި އަތުގައި ހިފައި އިވާން ސަލާމްކޮށްލިއެވެ. ވަގުތުން އިވާންއާއި ދިމާލަށް ލޯއަޅައިލަމުން މޫނުމައްޗަށް ޕްލާސްޓިކު ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ، ނޫރްވެސް ދާނިމްއާއި ސަލާމް ކޮށްލިއެވެ.
މުހިންމު ކަންކަން މަޝްވަރާ ކޮށްލުމަށްފަހުގައި ދާނިމްގެ އެދުމަށް ހެނދުނުގެ ސަޔަށް އިންސާފުކުރުމަށް ތިން ޒުވާނުން ދިއައީ ރެސްޓޯރެންޓަކަށެވެ. ހަލަބޮލި، މީހުން ގިނަ މާހައުލެއް ނަމަވެސް، ކެތްކޮށްލައިގެން ނޫރް އިނީ ދެއްކުންތެރިކަމުގެ ހިނިތުންވުމެއް ވެރިކުރުވައިގެނެވެ.
“ހިތަދޫގެ ބިމަކީ އެއީ….ދެން އަދި ފޭދޫގެ ބިންތައް ބަލާލަން ދެ ދުވަސްފަހުން އެކޮޅަށް ތި ދެބޭފުޅުން ދުރުވެލަން ޖެހޭނެ” ދާނިމް ކިޔައިދިނެވެ. “އެކޮޅުގަ ވަރަށް ގެސްޓް ހައުސް ކަހަލަ ތަންތަނުގެ ފެންވަރު ކަޑަވާނެ….އަހަރެންގެ އަންހެނުން އުޅޭނީ އެކޮޅުގަ…އެހެންވީމަ ހުރުން ހަމަޖެހޭނެ…އެންމެ ރަނގަޅު ތޯ މި ގޮތް؟” ދާނިމް އަހައިލިއެވެ. “އެންމެ ރަނގަޅު” ނޫރްގެ މޫނަށް ބަލައިލަމުން އިވާން އެއްބަސްވިއިރު، ނޫރްގެ ތޫނު ނަޒަރު އަމާޒުވެފައިވަނީ އިވާންއަށެވެ.
**********
އާދުވަހަކަށް އިރުއެރީ އޭގެ ހޫނުން ދުނިޔެ ފިއްސަމުންނެވެ. ހެނދުނު ހެނދުނާ ހޭލައިގެން ވޯރކްޝޮޕަށް ގޮސްފައި އައި ލައިބާ އައިސް އެނާ ހުންނަ ގެސްޓް ހައުސްގެ ކޮޓަރިއަށް ވައިންއިރު، އެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. ހޫނުގަދަ ދުވަހައް ކަމުން ދާހިއްލާފައި ހުރުމުން އޭނާ އަވަސްވެގަތީ ފެންވަރައި ތާޒާ ވެލުމަށެވެ.
ހަވީރުއަތަށް އެޅުމާއިއެކީ ވައިޖެހެން ފެށިއިރު، ވޯރކްޝޮޕުން އެކުވެރިވީ ދެތިން ކުދިންނާއިއެކު ލައިބާ ހިނގައިލާން ނިކުތީ އެކުދިންގެ އެދުމަށެވެ. އެކުދިންނަނީ އެރަށަށް ނިސްބަތްވާ ކުދިންކަމުން، ރަށުގެ ރީތި ތަންތަނާއި މަންޒަރުތަށް ލައިބާއަށް ދައްކައިލާން އެމީހުން ބޭނުންވީއެވެ.
***********
ހަވީރުގެ ހިތްފަސޭހަ ވަގުތަށް ވެފައި ކުރާނެ މާ ބޮޑު ކަމެއް ނެތުމުން ރަށުތެރެ ބަލައިލަން ނިކުތް ނޫރް ހިނގަމުން ދިއައީ އަތުގައި އޮތް ފޯނުން މެޕް ބަލައިގެނެވެ. އަތިރި މައްޗަށް އާދެވުމުން ފޯނު ނަގައި ޖީބަށް ޖަހައިލަމުން ބޮޑު ހިރުނދޭ ގަހުގެ ހިޔަލުގައި މަޅުން ހަދާފައި ހުރި ހޮޅުއަށިތަކުން ހުއައްޓެއްގައި ނޫރް އިށީނދެލިއެވެ. ކުރިމަތިން ފެންނަން އޮތް ހުދު ދޮންވެލިގަނޑާއި، ވިލުނޫ މޫދާއި އަދި ކަނޑާއި ފަރު ގުޅޭ ހިސާބަށް ނަޒަރު ދަތުރު ކޮށްލަމުން ނޫރް ފުން ނޭވާ އެއް ދޫކޮށްލިއެވެ.
ދެލޯ މަރާލަމުން ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ހަމަޖެހުމެއް ހޯދުމަށް އޭނާ މަސައްކަތް ކުރިއިރު، އެ މޫނުމަތީގައި ވީ ހިނިތުންވުމެކެވެ. އިރުކޮޅެއްފަހުން ދެލޯ ހުޅުވާލި ނޫރްގެ ލޮލުގައި އަޅައިގަތީ އޭނާ އިށީނދެގެން އިން ދިމާލު ވެލިގަނޑުގައި އައިސް އިށީންނި ކުޑަ ދެ އަންހެން ކުދިންނެވެ. އެދެކުދިންގެ އުމުރުގެ ފަރަގުގައި ހުންނާނީ ދެތިން އަހަރެވެ.
ދެކުދިން އެކީގައި އެކުދިންގެ އަތުގައި ހުރި ކުޅޭ އެއްޗިއްސުން ވެލިގަނޑު ހާވަމުން ދިއައިރު، އިރުއިރުކޮޅާ އެކަކު އަނެކަކާއި ދިމާލަށް ބަލާފައި ހީލާ ގޮތް ނުހަނު ލޯތްބެވެ. އެ ދެކުދިންގެ މައުސޫމު ހަރަކާތްތަކަށް ގެއްލިފައި އިން ނޫރްގެ ހަނދާނަށް އައީ އޭނާގެ މާޒީގެ އުފާވެރި ސަފުހާއެކެވެ.
“ދޮންތިގެ މަލީ ވެއާރ އާރ ޔޫ” ދެލޯ މަރާލަމުން ނޫރް ބުނެލިއިރު، އޭނާގެ ބޯ އެސްފިޔަތައް ފޫއަޅުވައިލައި ކަރުނަތައް ފައިބައިގަތެވެ.
**********
އެކުވެރިންނާއި އެކު ގޮނޑު ދޮށުގައި އެކި ވާހަކައިގައި ތިބެ ހިނގަމުން ދިޔަ ލައިބާގެ ލޮލުގައި އަޅައިގަތީ، ހޭޅިފަށުގެ ހޮޅުއަށީގައި އިން އަންހެން ކުއްޖާއެވެ. ދެލޯ މަރާލައިގެން އިން އިރު، އެ އަންހެން ކުއްޖާ ރޮނީކަން ލައިބާއަށް ޔަޤީންވިއެވެ.
އެކުވެރިންގެ ގާތު އެބަ އަންނަން ކަމުގައި ބުނެ އެ އަންހެން ކުއްޖާގެ ގާތަށް ދިއުމަށް ލައިބާ ހިނގައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



Sorry for the delay guys! I was a lil bit busy! Here after i will upload inthihaa every friday and tuesday insha allah♥️
ދެން މި ވާހަކަ އަޕްކުރަން އަޅުގަނޑު ނިންމާފައިވާނީ ކޮންމެ ހުކުރު އަދި އަންގާރަ ދުވަހެއްގައެވެ.
ޝުކުރިއްޔާ
Thankyou sis up kohdhineema huhtaa nulaaa…mi new updates aa eku ma vx varah esfiya nubalan vaikamun!
But story hama habeys as always! Uzaam ah bolheh dho ahahahahahah noor kamana ge kulhadhaaana kamaa eve.
Tc sis✨♥️
wow sis mi prt vrh reethi…???? mihaaru comment nukureveythr vrh dhuvas vehje dhw.?? hehehehe.. sis kihineh thr..? mi prt vrh reethi hama… vrh salhi..
stay safe and take care..?
luv yah..?
It’s ok aphxx, ehen ves vedhaane hama, story hama varah reethi ingey, konme episodakah comments nukuriyas gavaidhun kiyaa like dhen, varah reethi sifakurunves, waiting for the next part, take care stay safe
Heiiiii sis
Mi part vesss vrh sali
Masha Allah keep it up sis
Waiting for the next ingey
Love u sooo muc
Stay safe
And Kobaa tha hurihaa frnds
Noor, ivaan, laiba, shaayan, Aiman
Login vaan jehey Thee naadevigen dhw thioleny
Miss u allll sooo sooo much
Yeye mee first dhw..vrh vrh reethi mi part vx..
Photo edit kurani kihineh ????
Mibuni ekimeehun laigen namaai eku?
Vrah reethi mibai☺️☺️
Pic collage and pics art use kurany? thankyou♥️
MaShaaAllah varah Reethi ingey sisoooo! Finally the sisters met.. ? ? ?
Lysm sis and ❤️❤️❤️❤️❤️❤️
MaShaaAllah varah Reethi ingey sisoooo! Finally the sisters met.. ? ? ?
Lysm sis ❤️❤️❤️❤️❤️❤️
Pic collages use kurani kihineh?
And pic arts?
Alhugandu vaahaka eh liyaahithun hureema mibuneli
Thank you Varah bodah
Mihaaru get vehje… ?????? Thank you Varah bodah
Welcome♥️