Skip to content
އެސްފިޔަ

ވީރާނާ ވެފައިވާ ހަޔާތް

ފިރުޝާން މިދިލިގަހެއްގައި ލެގިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވެފައިވާ އޭނާގެ ހަޔާތާމެނދުގައެވެ. އެ ވޭނީ އިހްސާސްތައް މުޅި ހަށިގަނޑުން ވެސް ކުރާކަހަލަ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓައި މަރުގެ އިންޒާރު ލިބުމަކީ ކޮންމެ މީހަކަށް ވެސް ބިރުވެރި އިޙްސާސެއް ކުރެވޭނެ ކަމެކެވެ. އެޅުނު ކަތިފިޔަވަޅެއްގެ ސަބަބުން ފިރުޝާންއަށް ވަނީ އޭނާ ދިރިހުރުމުގެ މަގުސަދު ހަދާންނެތި ފައެވެ. އުންމީދުގެ ހުޅުކޮޅު ނިވިފައެވެ. އެހެން ހުއްޓާ އޭނާގެ މާޒީގެ ސަފްޙާތައް އޭނާގެ ކުރިމަތީގައި އެކި ކުލަކުލައިގައި ސިފަވާން ފެށިއެވެ. އެއީ މީގެ 3 އަހަރު ކުރިއެވެ.

ފިރުޝާންގެ އާއިލާއަކީ ނުހަނު ކުޑަ އާއިލާއެކެވެ. ފިރުޝާންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަކީ ފިރުޝާންއެވެ. ހުރި ހަމައެކަނި ދަރިފުޅަށް ވުމުން ފިރުޝާންގެ މަންމަ އާއި ބައްޕަ ފިރުޝާން ބަލާބޮޑުކުރީ ފިރުޝާންއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެމުނެވެ. ލޮލުގެ ކޮއެފަދައިން ލޯބިދީ ހެވާއި ނުބައި ވަކިކޮށް ދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ފިރުޝާން ވަނީ އިސްކޫލުގައި ހިމެނޭ އެންމެ މޮޅު ދަރިވަރުންގެ ތެރެއިން ދަރިވަރަކަށް ވެފައެވެ. މައިންބަފައިން ފަޚުރުވެރިވާފަދަ ކުއްޖަކަށް ވެފައެވެ. މިހެން މިކަން އޮތުމުން ފިރުޝާންގެ މައިންބަފައިން ބޭނުންވީ އިތުރަށް ފިރުޝާންއަށް ކިޔަވައި ދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފިރުޝާން ފޮނުވާށެވެ. ފިރުޝާން ބޭނުންވީ މެޑިސިން ކިޔަވައި މޮޅު ޑޮކްޓަރަކަށް ވާށެވެ. ފިރުޝާންގެ މައިންބަފައިން ހިޔާރުކުރީ ފިރުޝާން ކިޔެވުމަށްޓަކައި މެލޭޝިޔާއަށް ދާށެވެ.( ނުނިމޭ)

*މީ އަޅުގަނޑުގެ ފުރަތަމަ ވާހަކައަށް ވުމުން ހުރި ކުށްތަކަށް ނީހާޔަތަށް މާފަށް އެދެމެވެ.*

 

 

Comments (1)

  1. Maash

    I’m mi storyge writter esfia com ah wanna password hadhaan nethumun dhen maash mi vaahaka liyaany alun ragister vefa ehen name akun. Hop u all like my story ?

Comments are closed.