Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝައިން ( ޕާޓް-9 )

shaai Level 110 Stories
May 26, 2015 4 Mins Read
13 Comments

ބައިގަނޑި އިރު އިންތަނުން ހިރިލަންވެސް ނޭނގިފައި އިން ޝައިން ކުކުރި ކުކުރިފައިވެސް ތެދުވީ އިތުރައް އެހީވާނެ މީޙަކު ނާންނާނެކަން ޔަގީންވާތީއެވެ.. އަތުން އޮހޮރެމުން ދިޔަ ލެއިން މުޅި ބަދިގޭގެ ކަން ފެވިފައިވާއިރު ހުނު ދޭފަތް ޖެހުނު ތަނުން ދިލަނަގާވަރުން ކެތްކުރެވޭވަރެއްނޫނެވެ… ފިރުކިފަކަހަލަ ގޮތަކަށް ކޮޓަރިއާއި ހަމައްށް ދެވުނުތަނާ ގޭގެ ދޮރުމަތިން އިވުނު އަޑުން ހިތުގައި ސުވާލު އުފެދި ހައިރާން ކަމާއިއެކު އެ ދިމާލައް ބަލާލެވުނެވެ….

މެރޫން ކުލައިގެ ޓީޝާޓަކާއި ހުދު ސްކްނީގައި ހުރި އިޒާން ފެނި ހިތަށް ހަމަޖެހުމެއްލިބުނީ ލިބެމުންދާ ވޭނައް ހައްލެއް ހޯދަ ދެވޭނެ ފަރާތަކީ އެއީކަމުގައި ވާތީއެވެ.. މަންމަގެ ބިޒްނަސްގެ ވެރިމީހާއަށް އިޒާން ވީ ދުވަހު އިޒާންގެ ހިތް އަތުލަން  ފޮނުވުމުން އެ ނިޔަތުގައި އަތްވެސްނުލިއެވެ.. އޯގާތެރި ކަމާއި އެކު ފިރުމާލުމައްފަހު އެކުވެރިއެއްކަމަށް ދެކެން އެދުނު ފުރަތަމަ މީހާއަކީވެސް ހުދު އިޒާންއެވެ…

އިޒާން އައުމާއެކުހެން ޒުހުރާ އިޒާން ގެ އިސްތިގްބާލްގައި ހުއްޓެވެ.. ޝައިން މަތިން ހަދާން ނެތި ހުރީ އިޒާން ހެދުނަ ހެދުނާ ޑީލެއްގަ ނޫނީ ނާންނާނެތީއެވެ..  “އަހަ… އިޒާން .. ކޮޅައްނުހުރެ އައިސް އިށިންނަންވީނު… މިހާ ހެދުނާ އަނެއްކާ ކިހިނެއްވީތަ؟ ރަގަޅު ޑީލެއް ލިބުނީތަ… ހެހެހެހެހެ..ެހެހެހެ…” މުޅީ ހިސާބައް ވެރިވެގެން ދިޔައީ ޒުހުރާގެ ބަރު އަޑުން އިއްވާލި ހިނިގަޑުގެ އަޑޭވެ..  އިޒާންގެ ގައިގައި ޖެހޭ ނުޖެހޭވަރަށް ޒުހުރާ އިށިންދެލައިގެން އިންއިރު  އޭނާގެ ކޮލު ދަތްތައް ފެންނަ ވަރަށް ހީގަނެގެން އިނެވެ..

ކޮޓަރީ ދޮރުކަނީގައި ލެގިލައިގެން އިން ޝައިން އިޒާން އަަށް ގޮވާލަން އަނގަ ހުޅުވާލެވުނު ކަން އެކަންޏެވެ… އަޑު ނިކުތުމުގެ ކުރިން މީހެއްގެ އަވަސް ހަރަކާތް ތަކާއެކު ޝައިން ކޮޓަރީ ތެރަށް ދަމައިގަތެވެ.. ފުރަގަހުން އިސްތަށިގަނޑު ހިފައި ދަމަމުން އެމީހާ ޝައިން ގެންގޮސް ފާހާނާއަށް ވެއްދިއެވެ..  އެއްވެސް ރަހުމެއްނެތި އެމީހާ ހުނުފެން މާގަނޑު ޝައިންގެ މޫނާ އަމާޒުކޮއްލިއެވެ..

ރޭއްސުރެ ކާއެއްޗެއް ނުކައި ހުރި ޝައިން އައް ކޮޅައް ތެދުވެލާނެހާ ހިތްވަރުވެސް ނުލިބުންވީ އެ އަނިޔާވެރިޔާއަށް ފަތަހަ ލިބުން ކަހަލަ ކަމަކަށެވެ.. އިރުކޮޅަކުން ހުނުފެން މާގަނޑުގެ ދަށަށްވާ ގޮތަށް  ޝައިން ލައް ކޮއްލުމަށްފަހު އެމީހާ ނިކުމެގެން ދިޔައެވެ.. ނަމަވެސްއިންތަނުން ތެދުވެ އެ މާގަނޑު ނިވާލާނެހާ ހިތްވަރު ނެތީތީވެ ޝައިން އިނީ ލިބެމުންދާ އަނިޔާއަށް ކެތްކުރެވޭނެ އެންމެ ބޮޑަކަށް ކެތްކޮށްލާގެންނެވެ..

ކުއްލިއަކަށް މީހަކު އައިސް ފާހަނާގެ ދޮރު ހުޅުވާލުމާއި އެކު އެމީހާ އެތެރަށް ވަދެގަތެވެ.. މަރުވެފައިވާ މައްޔިތެއްހެން އިން ޝައިން މަޑު މަޑުން ދެލޯ ހުޅުވާލިއެވެ.. ކުރިމަތީގައި ހުރި ސޫރަ ފެނި ލިބެން އުޅޭ އަނިޔާ އިހްސާސްވި ކަހަލައެވެ.. ކުއްލިއަކަށް ޝައިންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބައިގަތެވެ..  ނަމަވެސް އެ ކަރުނަތައް ދިޔައީ ހުނުފެނާ އެކުވެގެން ބިންމައްޗައް އޮހެމުނެވެ..

“ކަލޭ ހީކުރީތަ މީހަކު ކަލެއާ އިންނަން އަންނާނޭ.. ކަލޭ މިތަނުން ގެންދާނޭ.. ބަލަ އަހަރެންގެ އަތްބަކަށް ނުވިޔަސް ކަލޭތީ އަހަރެންގެ އަޅެއް… ކަލޭ އަހަރެން ކޮއްކޮގެ މަގާމްގަ ހުރުން އެއީ މަގޭ ކުށެއް ނޫން.. އަދި އެންމެއް ހިތްކިޔާހާ ރީތިކޮއް ހުރުންވެސް އެއީ ކަލޭގެ ކުށް… ” ޝައިން ގެ ދޮންބެ އަމްރު ޝައިން އާއި ދިމާލަށް ގުދުވަމުން ބުނެލިއެވެ… އޭރުވެސް ޝައިންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކަކަށް ނިމުމެއް ނާދެއެވެ.. އަސަރުން ފުރިގެންވާ ބެލުމަކުން ބަލަން އިން ޝައިން  ސިހިގެން ދިޔައީ އޭނާގެ އަތުގައި ވަޅިހަރައިލާފައި އިންތަނަށް އަމްރުގެ އިގިލި ހަރާލުމުންނެވެ..

“ތަދުވީ ދޯ… ހައްހައްހާ…އެހެނޭވާނީ މަގޭ  އެދުންތަކަށް އިންކާރުކުރަންޏާ… މަށަށް މިރޭ ޗާންސް ދޭނަން ދޯ.. މިހާރު ރޭޕް ކޮށް ކޮށް ވަރުބަލި ވެއްޖެ.. މިހާރު ބޭނުމީ ރުހިގެން ލޯބިން ކުރަން.. ވާނެ ދޯ….” އެއްމިޔަކަނައް ހެވިލާފައި އަމްރު ބުނެލިއެވެ.. ޝައިން މަޑުމަޑުން ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ…

“ދެންވެސް ނުކުރާނަންތަ.. ބުނެބަލަ ސުންފާ ކުއްޖާ އާ… ހިތަށް އަރަނީތަ ތީ މާ މާތް މީހެކޭ.. ނޭނގެ ކިތައް ފިރިހެނުން ކަމެއް ބޭނުން ކުރަނީ … މާ މާތް ވެގެން މިއުޅެނީ… ބުނޭ ނުކުރާނަންތަ….”  އަމްރުގެ އަތުގައި ހުރި ލޯނުމިރުސްތައް ޝައިންގެ ކެނޑިފައިވާ އަތުގައި ހާކައިލީ މަހުގައި ޅިޔަ އަޅާފައި މިރުސް ހާކާ އުސޫލުންނެވެ… ލިބުނު ވޭނަށް ކެތް ނުވެގެން ޝައިން ހުރިހާ ކަމެއް ކޮއްދޭން އެއްބަސް ވީ ސިންގާއެއްފަދަ އެ ޖަނަވާރު ކައިރިން ސަލާމަތް ވެވޭތޯއެވެ… އެންމެފަހުން ކުސް ޖަހާލަމުން ކާމިޔާބުގެ ހިނިތުން ވުމަކާއި އެކު އަމްރު ނިކުމިގެން ދިޔައީ ހުނުފެން މާގަނޑުވެސް އިން ގޮތަށް ބައިންދާފައެވެ.

ނެތް ހިތްވަރުލައިގެން ކުޑަކޮށް ތެދުވެ ފެން މާގަނޑު ނިވާލިއެވެ.. އަދި އިށިންދެގެން އެ އިން ގޮތަށް އިނދެ ފިނިފެން އިސްކުރު ދޫކޮއްލީ ލޮނުމިރުސް އަޅާފައިވާ އަތުން ނަގަމުންދިޔަ ދިލައަށް ކެތްނުވީތީއެވެ. ވީހާވެސް ރީތިކޮށް ދޮވެގެން ނޫނީ ދިލަ ކުޑަކޮއްވެސް ނުކެނޑޭނެ ކަން އެގޭތީ ޝައިން މަޑު މަޑުން އަތް ނަގައި  އިސްކުރާ ދިމާލަށް ދިއްކޮށްލިއެވެ..  އަދި އަނެއް އަތުން ވަޅި ހަރައިލެވިފައިވާތަން ދެ އިގިލިން ދުރުކޮއްލިއެވެ.. އިންޗިއެއްހާ ބޮޑަށް ކެނޑިފައިވާ އެ އަތުން ހޯސް ލާފައި ލޭފައިބަމުން ދިޔައިރު މިރުސް ކުނޑިތައް  މަސް ގަނޑުގައި ތަތްވެފައި ހުއްޓެވެ.  ފިނި ފިނި ފެންތިކިތައް އެ އަތައް އެޅެމުން ދިޔައިރު ލިބެމުން ދިޔަ ޝިފާއަށްވުރެ އަނިޔާ ބޮޑެވެ.

އިސްކުރު ނިވާލުމަށްފަހު އިސްކުރު މަތީ އަތްއަޅާއި ތެދުވަން ހިފައިލީ ކޮޓަރިއަށް ދާން ބެނުންވީތީއެވެ.. އިސްޖެހިފައިވާ ޝާއިން ސިހިގެން ދިޔައީ ބާރު ސްޕީޑްގައި ދުވެފައި އައި  އަމްރު އައިސް ފާހާނާ ތެރެއަށް ދެމިގަނެ ދޮރުޖަހާ ތަޅުލުމުންނެވެ.. ވާން އުޅެނީ ކީއްކަން ނޭނގި ޝާއިންގެ މޭގަނޑު ހީވަނީ އަނގައަށް އައިސްދާނެ ހެންނެވެ. ” ޝާއިން.. ޝައިން… ކިހިނެއްތަ؟ މީ އިޒާން.. ހިތަށް އެރީ މިގެއަށް އައިސްލާފަ ދަމުން ޝައިން ދެކިލާފައޭ ދާނީ.. އަވަހަށް ނިކުމެވޭނެތަ؟ ފާހަނައިގެ ދޮރުގައި ތަކި ދެމުން އިޒާން ގޮވާލި އަޑުއިވުނެވެ…

އާއެކޭ ބުނެ ހުރިހާ އެއްޗެއް ކިޔާ ދޭން ހިތަށް އެރި އެރުން ވީ ބޭކާރެވެ.. އަމްރު ޝައިން ގާތަށްޖެހި އިސްތަށި ގަނޑުގައި ހިފުމަށްފަހު ނޫނެކޭ ބުނުމަށް އަމުރު ކުރިއެވެ..” އިޒާން .. އަހަރެން ހަމަ ދެންމެ ފާހަނާ އަށް މި ވަދުނީ.. ހިޔެއް ނުވެ އެހާ އަވަސް ވާނެހެނެއް.. އިޒާން އަށް ލަސްވެދާނެ.. އަހަރެން ފަހުން އިޒާންއާ ދިމާ ކުރާނަން…” އަމްރުގެ ބަސް ގަބޫލު ކުރުން ނޫން ގޮތެއް ނެތީތީ  މަޖުބޫރުވެފައިވާ ޝައިން ބެދިފައިވާ އަޑަކުން ބުނެލިއެވެ.. އިޒާން އޯކޭ އޭ ކިޔައި ދިޔަ އަޑު އިވުމާއި އެކު އަމްރު ވެސް ނިކުމެގެން ދިޔައީ ރޭގަނޑު ވާނެ އިރަކަށް އިންތިޒާރު ކުރާ ވާހަކަ ބުނަމުންނެވެ..

މަޑުމަޑުން ފާހަނައިން ނިކުމެގެން އެނދުމަތީގައި އިށިންދެލިއެވެ.. އޭރުވެސް އަތުން ފައިބަމުން ދިޔަ ލޭ މަތަނުވެއެވެ. އެންމެ ފަހުން ކައިރީގައި އޮތް ޝޯލް އަތުގައި ލެވުނުހާ ބާރެއް ލައިފައި އޮޅާލީ އިތުރު ގޮތެއް ނެތީތީއެވެ.. އެނދު މަގަތުގައި އޮށޯއްވެލައިގެން އޮތްއިރު އަމިއްލަ ހާލާއި މެދު ވިސްނި ހިތް ކުދި ކުދި ވަމުން ދިޔައެވެ.. ގިސްލަ ގިސްލާ ރޯން އޮތް ޝާއިން ސިހުނީ ދޮރުން ބޯދިއްކޮއްލި ޒުހުރާ ފެނިފައެވެ.

” މަހަރާނީ.. މިހާރު ހޭ ވެރިކަން ވެއްޖެ ދޯ.. ހެހެހެ.. އަން މިއޮތީ ކަލޭގެ ލޯބިވެރި އަކު ދިން އެއްޗެއް… މި ހިފާގެން އޮވޭ… ހުއް …” ޒުހުރާ އަތުގައި އޮތް ފޮށި ޝައިން އާއި ދިމާލަށް އެއްލަމުން ބުނެލިއެވެ.. އަދި ނިކުމެގެން ދަމުން ދޮރުވެސް ލެއްޕީ ތަޅުލާފައެވެ..  ޝާއިން އޮތް ހާލަތައް ހަމްދަރުދީ ވުމުގެ ބަދަލުގައި ޒުހުރާ އާއި ދެން ތިބި މީޙުން ދެނީ އަނިޔާއެވެ..

ރޮއި ރޮއި އޮތް ޝައިން އަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.. ހޭލެވުނީ ބަނޑުހައި ވެފަހުރި ވަރުންނާއި މީހެއްގެ ފިރުމުން ތަކުގެ އިޙްސާސް ވެގެންނެވެ. އެމީހަކު އެއީ ކާކު ކަން ނޭނގުނަސް އެމީހެއްގެ ހޫނު ނޭވާ އާއި އެކު ކަރުނަތައް ޝައިންގެ ކޯތާފަތް މައްޗައް ފެވެމުން ދިޔައެވެ. ދެލޯ ހުޅުވާލުމާއި އެކު ފެނުނު ސޫރައިން ބޭއިޙްތިޔާރުގައި ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ..  ދެލޯ ތަންމިނަށް ހުޅުވާލުމާއި އެކު ޝިބާން މޫނަށް ބަލާލެވުނެވެ. ލޯބިން ބައްދާލަން ބޭނުންވެ ނެނގި އަތުން ޝިބާން ވަށާލިއެވެ.

އެނދުން ވެއްޓެން ދިޔަ ޝައިން އަށް ހަގީގީ ދުނިޔެއަށް އާދެވުނީ ދެނެވެ.. ފެނުނީ ހުވަފެނެއް ކަން އެނގީ ޝައިންގެ ލޯ ކަރުނުން ފުރުނެވެ.. އެތައްއިރަކު އިންތަނުގައި އިނދެ ރޮއެރޮއެފައި ތެދުވެ އަލަމާރިން ހެދުމެއް ނެގިއެވެ.. ވަރައް ހާލުން އުޅެގެން ހެދުން ބަދަލް ކޮއްލުމައްފަހު ބޭރަށް ނިކުންނަން ބޭނުންވީ ބަޑުހައި ވެފައި ހުރި ވަރުންނެވެ.. ނަމަވެސް އެކަން ކާމިޔާބު ނުވީ ޒުހުރާ ދޮރު ބޭރުގައި ލައިފައިހުރު އެޕޯލޯ ތަޅު އަަޅުވައިފައި ހުރުމުންނެވެ.. މާޔޫސް ވެގެން އެބުރި އެދުމައްޗަށް އައިސް ޖެހެގަނެވުނެވެ..

ކައިރީގައި އޮތް ފޮއްޓަކީ މީގެ އިރުކޮޅެއް ކުރިން ޒުހުރާ އެއްލި ފޮއްޓެއްކަން ޝައިން ހަދާންވީ ދެނެވެ.. ފޫހިވެ ހާންތި ވެފައިހުރި ޝައިންއަށް ފުންމައިގެން ތެދުވެވުނީ ފޮށީގައި ޖަހާފައި އިން ނަން ފެނުމުންނެވެ. އަވަސް އަވަހަށް ފޮށިކަނޑައިލީ އޭގައި އޮތީ ކޮންއެއްޗެއްތޯ ބަލާލުމަށް ހިތް ތެޅިގަތް ވަރުންނެވެ.. ފޮށި ކަނޑާލުމާއި އެކު އެރި މީރުވަހުން ބަނޑު ފުރުނު ކަހަލައެެވެ. އެކިކަހަލަ މަފިންއާއި ޗޮކްލެޓްތަކުން ފޮށިވަނީ ފުރިފައެވެ.. ޝާއިން އަވަސް އަވަހައް މަފިން އެއްނަގައި ކާލިއެވެ.. ހައްސަ ދުވަހު ނުކައި ހުރި މީހެކޭ ޝައިންއެކޭ އެއްވަރެވެ.. ދެވަނަ މަފިން ނެގުމާއެކު އެތެރޭގައި އޮތް ލިޔުންކޮޅު ފެނި އެ ނަގައި ކިޔާލިއެވެ..

” ޝައިން.. ޝާއިން ކިހިނެއްތަ.. ރެއިންސުރެ އަހަރެންގެ ލޮލާ ނިދި ވަނީ ރުޅިވެފަ.. ކިތަންމެ ވަރަށް މަސައްކަތް ކުރިޔަސް ޝާއިން މަތިން ހަދާން ނުނެތޭ.. މިއީ އަހަރެން ޝައިންއަށް ފޮނުވި ކުޑަ ހަދިޔާއެއް. އައި ހޯޕް ޔޫ އިލް އެކްސެޕްޓް.. ޓޭކް ކެއަރ.. ބައި.. ޝައިން ދެކެ ލޯބިވާ ޝިބާން..”

ޝިބާން ގެ އެ ބަސްތަކުން ޝައިންއަށޤ ފަރުވާލިބެމުން ދިޔަކަހަލައެވެ.. ރަނގަޅަށް ބަނޑު ފުރައި ކާލުމަށްފަހު ފޮށި ބަންދުކޮއް އެނދު ދަށަށް ކޮއްޕާލިއެވެ. ފެންބޮއެގެން އެދަންއަރައި ރަޖާއަޅާލުމާއި އެކުހެން ޝައިން ފޮނި ފޮނި ނިންޖަކައް ގެބިގެން ދިޔައެވެ…

“ޝައިން.. ޝައިން… ލޯހުޅުވާލަބަލަ.. ޕްލީޒް..” ގާތުގައި ހުރި މީހާ ޝައިންގެ މޫނުގައި ފިރުމާލަމުން ޝާއިންއަށް ގޮވަމުން ގެންދިޔައެވެ..ފުން ނިދީގައި އޮތް ޝައިން އަށް ފުންމައިގެން ތެދުވެ އިށިންދެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލް ނުކުރެވިގެންނެވެ.. ދެލޯ މަރައި ތަގުޅި ކޮއްލުމާއެކު އެމީހާ ޝައިންގެ ގައިގައި ދެއަތުން ވަށާލިއެވެ. އެއާއި އެކު ޝައިންގެ ނޭވާހިގުން ހުއްޓުނުކަހަލައެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shaai

Level 110 Stories

Other Articles

Previous

ފަނާ 15

Next

އިންތިޒާރު 29

Next
May 26, 2015

އިންތިޒާރު 29

Previews
May 25, 2015

ފަނާ 15

13 Comments!

  1. Elysha says:
    May 26, 2015 at 12:39 pm

    Wow… Fabulous… Lv it .. Next part ves avahah up kohladhyy… Cnt wait to read….

  2. mary says:
    May 26, 2015 at 1:00 pm

    reethi ingey…. up the next part soon 🙂 and i am the first

  3. marikko. says:
    May 26, 2015 at 1:18 pm

    V reethi
    Next part avahah up kohdhehchey

  4. july says:
    May 26, 2015 at 2:23 pm

    nice mipart ves….next part ves avahah up kohlladhy

  5. alma says:
    May 26, 2015 at 3:19 pm

    vvvvvvv.nice waiting for next part

  6. neel says:
    May 26, 2015 at 7:11 pm

    Huriha vaahaka ehga aniya aniya v foooohi

  7. me says:
    May 26, 2015 at 9:53 pm

    fanaa vaahaka n mi vaahaka haadha eh gothey…. thafaathakee fanaa ga jinsee aniyaa libeny kuda kuhjjakah… meega bodu kuhjjakah

  8. Funny says:
    May 26, 2015 at 10:12 pm

    Kobaa?? Next prt haadha lasveyey eba!!?!! :/. Vaahaka salhi v .. But lasvaathy mihaaru hasveyey.. 😛

  9. flower says:
    May 26, 2015 at 10:43 pm

    alhe noooooooon Shaai plz shine ah dhera goyeh goyeh nuhadhaba …lonu mirus elhi than…it feels someone came n put lonumirus gandu on my hand,,, assu eyyy…BTW story v nice..keep it up…but thankolheh lahy genesdhevey leh.hope next part will get us soon 🙂

  10. s gg says:
    May 27, 2015 at 5:50 am

    nice story

  11. irey says:
    May 28, 2015 at 12:42 am

    Vaaoh salhi dhenoeh bayah inthijaaruga mihury

  12. neem says:
    June 6, 2015 at 11:57 pm

    Alhe mivx hama esfiyaaage liun therinnah jehey bali jehunytha..
    Haadha foohssey thihen hadhaathy
    Beynunha dhuvahehgga up kuran thibeyny
    Kannei baeh
    Thivarah kannethiyya thikan nukuryma v nu

  13. nazi says:
    June 8, 2015 at 7:38 pm

    haadhahaa dhuvahekey dho

Comments are closed.

Next Episodeޝައިން ( ޕާޓް-10 )←


All Right Reserved!