ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (8)
*’އަނެއްކާ ލިޒީއަށް ކަމެއް ވީބާ..’ ޔޫލީން އެގޮތަށް ބުނެވެވުނީ ތަންކޮޅެއް ބާރަށެވެ. ޔޫނުސް އަށް އެއަޑު ވަރަށް ސާފުކޮސް އިވުނެވެ. ނަވްރީންއަށް ވެސް އިވުނެވެ. ނަމަވެސް ބާކީ ތިބި ކުދިންނަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އެކުދިން ތިބީ އެކުދިންގެ އަމިއްލަ ހިޔާލީ ދުނިޔޭގައެވެ.*
ގާތް ގަނޑަކަށް ދެ ގަޑިއިރު މާލެ ވަށައިގެން ބުރު ޖެހުމަށްފަހު ޔޫނުސް ކާރު ހުޅުމާލެކޮޅަށް އަނބުރާލިއެވެ. މާލޭގައި ކާރު ދުއްވި ވަގުތު ވާހަކަ ދެއްކީ ޔޫލީން، ޔޫނުސް, ނަވްރީން އަދި ނައިލީ ނޫން ހުރިހާ އެންމެނެވެ. ބައެއް ފަހަރު ‘އައި ސްޕައި’ ކުޅުނު އިރު އަނެއްބައިފަހަރު ‘ޓްރުތް އޯރ ޑެއަރ’ ކުޅެއެވެ. ދަތުރުގެ މަޖާގައި ބައިވެރި ނުވާ ހަތަރު މީހުން ތިބީ އަގައިންވެސް ނުބުނެއެވެ. ހުޅުމާލެއަށް އަރާ ހޮޓެލާއި ހަމަ އަށް ދެވުމާއިއެކު ޔޫނުސް ކާރު ގަރާޖުގައި ޕާކު ކުރުމަށް ފަހު ހޮޓެލުގެ އޭނާގެ ކޮޓަރިއަށް އެއްވެސް ބަހެއް ބުނުމެއް ނެތި ވަދެ ތަޅުލިއެވެ. ކާރުން ފޭބި އަންހެން ކުދިންތައް ހައިރާންވެފައި އެދިމާލަށް ބަލާލިއެވެ. ނަމަވެސް ކޮނޑު އަރުވާލުމަށް ފަހު އެކުދިން އެކުދިންގެ ކޮޓަރިތަކަށް ވަނެވެ.
**އަނެއް ދުވަސް**
‘ކޮބާ ހުރިހާ ކުދިން.. އަވަސް މިއަދު ޑޭ އޮފް އެއް ދޭން މިއުޅެނީ ހުރިހާ ކުދިންނަށް.. އެހެންމަ ހޭލާގެން ބޭނުން ތާކަށް ގޮސް ބޭނުން ކަމެއް ކުރޭ.. މިއަދު އެއްކޮށް ފްރީ..’ ޔޫނުސް އެދުވަހު ހޭލި ގޮތައް ކޮޓަރިތަކުގެ ދޮރުތަކުގައި ތަޅަމުން ބާރަށް ގޮވަމުން ދިޔައެވެ. ފެށިއެވެ. އިއްޔެއާއި ހިލާފަށް މިއަދު އޭނާ ފެންނަނީ ތަންކޮޅެއް އުފާވެރިކޮށްގެންނެވެ. ނަމަވެސް އޭނާގެ ލޯ ރަތް ވެފައި ހުރުމުން އޭނާ އެހުރީ ރޮއެފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެވެ. އެހެން އޭނާ ދޮރުތަކުގައި ތަޅަމުން ފަތިވަރު ގޮވަމުން ގޮސް ނިޒްކާއާއި ތުގާގެ ކޮޓަރި އާއިހަމަ އަށް ފޯރައިފިއެވެ. އެވަގުތު ނިޒްކާ ފާހަނައަށް ވަންނަނީއެވެ. ‘އޯތް.. ޔޫނުސޫ.. މިހާރު ޑޭ އޮފް އެއްވެސް ދިނީ..’ ނިޒްކާ ދޮރުކައިރިއަށް ހިނގައިގަންނަމުން ވާހަކަދެއްކިއެވެ. އޭނާ ދޮރު ހުޅުވަން ނޫޅުނީ އޭނާ ހުރީ ތުވާލި އެކަނި އަނދެގެން ކަމަށް ވުމުންނެވެ. ތުގާ އޭރު ގަދަ ނިދީގައި ބޯހާވާލައިގެން އޮތެވެ. އަލް ސުދައިސީގެ ޤުރުއާން ކިޔެވުމުގެ އަޑު މުޅި ކޮޓަރީގައި ގުގުމައިލާފައިވެއެވެ. ‘ހްމްމް.. އެއީ މިއަދު އެބަޖެހޭ ވަރަށް މުހިންމު މީޓިންގް އަކަށް ދާން.. އެތަނަށް ނުދެވިދާނެތީ..’ ޔޫނުސް ދޮރުގެ ތަޅު ކައިރިއަށް އަނގަ ގެންނަމުން ބުނެލިއެވެ. އޭނާގެ ހިތުން ނިޒްކާއަށް އަޑު ސާފުކޮށް ނީވެނީއެވެ.
‘އަޅޭ.. އެކަމް ދެން ބޭނުން ތަނަކަށް ދެވޭނެދޯ..’ ނިޒްކާ ކުޑަކޮށް އުފާވެލައިފައި ވާހަކަދެއްކިއެވެ. އަދި އެއް އަތުން ތުވާލީގައި ހިފައިފައި އަނެއް އަތުން ތުގާ ގެ މޫނުގައި ޖަހަމުން ދިޔައެވެ. ‘އާން ހަމަ ދާ ތާކަށް ދޭ..’ ޔޫނުސް ކުޑަކޮށް ފޮނިވެލިއެވެ. އަދި ތެދުވެ ކެންޓީނާއި ދިމާލަށް ހިނގައިގަތެވެ. ހެނދުނުގެ ނާސްތާ ކޮށްލުމަށެވެ. ‘އޭތް ތީ ކޮންކަމެއްތަ ނިޒޫ.. ދެން.. ނިދަންވެސް ވަގުތެއް ނޯވޭ މީނައަކާ ހެދި..’ ތުގާ ބޯމަތީގައި ބެޑްޝީޓު އޮޅައިލަމުން ސްކޫލް ކުއްޖަކު ހެނދުނުގެ ވަގުތުގައި ނުހޭލަން ބޮޑާހާކާ ފަދައިން ބޮޑާހޭކިއެވެ. މިކަން ނިޒްކާއަށް ވީ ވަރަށް މަޖާކަމަކަށެވެ. އަވަހަށް ފާހަނައަށް ވަދެ ގަޔަށް ފެން ތަޅާލުމަށް ފަހު އައިސް ބްލޫ ސްކިނީ އަކާއި ހުދު ކުލައިގެ ޓީޝާޓެއް ލުމަށް ފަހު ބޮލުގައި ހުޅިއެއް ޖަހާ ކުޑަ ދައްޗެއް ހަރުކޮއްލިއެވެ. އަދި އޭނާ ގެ ފެންފުޅިނަގާ ފެން ފޮދެއް ބޯލުމުގެ ކުރިން ތައްޓެއްގެ މެދާއިހަމައަށް ފިނި ފެންފޮދު އެޅުމަށްފަހު ތުގާގެ ބެޑްޝީޓު މައްޗަށް އޭތިކޮޅު އޮއްސާލިއެވެ. އޭނާ ހީކުރި ފަދައިން ތުގާ ދުން ޖަހާފައި ފުންމައިގެން ތެދުވިއެވެ. އޭނާ ތެދުވިލެއް އަވަސްކަމުން އޭނާ ގޮދަޑި މަތީ ދެތިންފަހަރަކު ‘ބައުންސް’ ވެވުނެވެ. ‘އާތް މަންމާ..!’ ތުގާ ހަޅޭއްލަވާގަތެވެ. ނިޒްކާގެ ހިނިގަނޑު ފަޅައިގެން ދިޔަ ވަގުތު އަނގައިގައި ހުރި ފެންފޮދު ބުރުއްސައިގެން ތުގާގެ މޫނަށް ދިޔައެވެ. ‘އައްޗީޑި.. ނިޒްކާ.. ހަމަ މިހާރު މިތަން ސާފު ކުރަ..’ ތުގާ ރުޅި މޫނު ހަދާލަމުން އެނދުން ފޭބި އެވެ. އޭރު ނިޒްކާ ބަނޑުގައި އަތް އަޅައިގެން ހުރެ ހެނީއެވެ. އޭނާއަށް ނޭވާލެވެނީވެސް ކިރިޔާއެވެ. ދޭތެރައަކުން ފުން ކޮށް ނޭވާއެއް ލައެވެ. ލޮލުން ކަރުނަވެސް ހިލިފައި ހުއްޓެވެ. އަތުގައި އޮތް ބާލީސް ދުރަށް ހޫރާލަމުން ތުގާ ފާހަނަ އަށް ވަދެ ބަން ކިޔާފައި ދޮރުލެއްޕުމަށްފަހު ތަޅުލިއެވެ. ނިޒްކާ ހިނިގަނޑު މަތަ ކޮއްލުމަށްފަހު ކޮޓަރީގައި ހުރި ހަރުގަނޑުން ތުގާގެ ތުވާލި ފާހަނައިގެ ދޮރުގެ ތަޅުގައި އަޅުވައިލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
ނިޒްކާ ދިޔަ ގޮތައް ގޮސް ޒައިނީ އާއި ލަވްޒާގެ ކޮޓަރީ ދޮރުގައި ތަޅައިގަތެވެ. ‘އޭތް އޯތް.. ޔޫނުސް އަހަރެމެންނަށް ޑޭ އޮފް އެއް ދީފި އޭތް އޯތް..’ ޒައިނީ އެވަގުތު ރީތި ވެގެން ނުކުތެވެ. އަދި ނިޒްކާއާއި ދިމާލަށް ބަލާލައިފައި ބާރުބާރަށް ހޭން ފެށިއެވެ. ނިޒްކާ ވާނުވާގައި ހުރެ އޭނާއަށް ބަލަން ހުއްޓެވެ. ޒައިނީ އަވަސް އަވަހަށް ނިޒްކާ ކޮޓަރިއަށް ވެއްދިއެވެ. ‘ކީއްވެގެން ތި ވެއްދީ.. ދެން ބޭކާރު ކަންކަމަށް ހެނީ ކީއްވެތަ؟؟’ ނިޒްކާ އެނދު މަތީގައި އިށީންނަމުން ބުނެލިއެވެ. ‘ބަލަ ނިޒް ކާޖާގަނޑޫ.. ކުރީޒަމާނުގައި ރަށަށް ހަބަރެއް ފަތުރާގޮތަށް މުޅި ތަނުގައި ދުވަމުން އޭތް އޯތް އޭ ގޮވައިއިރު އަމިއްލަ މީހާއަށް ބަލައިލިންތަ..؟؟’ ޒައިނީ ކަބަޑު ހުޅުވައިލުމަށްފަހު އެއްޗެއް ހޯދާފަދައިން އެތެރެ ހާވަންފެށިއެވެ. ‘ކީކޭ؟ ނިޒް މިހުރީ ރީތިކޮށް.. ކީއްވެ ތިހެން ތިބުނީ؟’ ނިޒްކާ އަދިވެސް ހުރީ އޮޅުންގަނޑުގައެވެ. ލަވްޒާ ޝޯލު އަޅައިގެން ފާހަނައިން ނުކުތް ތަން ފެނި ނިޒްކާއަށް ބޮލުގައި އަތް ޖައްސާލެވުނެވެ. ބޯ ނިވައިނުކުރެވޭކަން ހަނދާންވީ އެވަގުތުއެވެ. އަދި އޭނާ ލައިގެން ހުރި ޓީޝާޓަށް ބަލައިލިއެވެ. ވަގުތުން އޭނާއަށް ލަދުން އިސް ޖަހައިލެވުނެވެ. ‘ދެން ލަދު ގަންނާނެ ކަމެއް ނެތް… ވީ ކަމެއް ވީ.. އަން.. މީތި ލާ.. ކޮޓަރިއަށް ގޮއްސަ ބޭނުން އެއްޗެއް ލިޔަސް ހެޔޮ ނުލިޔަސް ހެޔޮ..’ ޒައިނީ ކަބަޑުގެ އެންމެ އަޑިން ނޫކުލައިގެ ޝޯލް އަކާއި ފައިގެ ތަނބި ކަށްޓާއި ހަމަ އަށް ދާ ގަދަ ނޫ ކުލައިގެ އަބާޔާ އެއް ނެގިއެވެ. އަދި އެއް މިޔަކަނުން ހީނލިއެވެ. ‘އަސްތަޣުފިރުﷲ.. މިހާރު މަ މޫނު ބުރުގާ އަޅުވަންތަ ތިއުޅެނީ؟’ ނިޒްކާ އެ ހެދުމަށް ހައިރާންވެފައި ބަލާލަމުން ބުނެލިއެވެ. ‘ޒައި އަށް ނޭނގެ.. އެނގޭހާވެސް އެއްޗަކީ ނިޒް އެއް ފަހަރު މާތް ބަހުން ވާހަކަ ދައްކައިފައި އަނެއްބައި ފަހަރު އާދައިގެ ރާގެއްގަ ވާހަކަ ދައްކާކަން.. ލޮލް ތީ ހަމަ އަހަރެމެންގެ ނިޒް ކާޖާއެއްނުން… ހަމަ ސާބަސް..’ ޒައިނީ ހެވިހައިހުރެ އެއްކަލަ އަބާޔާ ނިޒްކާގެ ފައިމައްޗަށް ލުމަށް ފަހު ލަވްޒާ އާއެކު އޭނާ ކޮޓަރިން ނުކުތެވެ. ‘އޭ މިއަދު ޝޫޓިންގ ނޯވޭ..!’ ޒައިނީ ހަމަ ނުކުތުމާއެކު ނިޒްކާ ބާޜރަށް ގޮވާލިއެވެ. ޒައިނީ އަށް އަޑު އިވުނު ނަމަވެސް އޭނާ އަޅައިނުލާ ކުރިއަށް ދިޔައެވެ. ‘އެނގޭ.. އެހެންވެ ޒައިނީ އެއުޅެނީ މާލެއަށް ދާން ވެގެން.. ލަވް މިއުޅެނީ ހުޅުމާލޭގައި އަލަށް ބިންހިއްކި ހިސާބަށް ދާން..’ ލަވްޒާ ދޮރުމަތީ މަޑުކޮށްލައިގެން ހުރެ ވާހަކަ ދެއްކިއެވެ. ‘އޭން؟ ފޭސް ޓޫ އަށް؟ އަދި އެތަން ނުހުޅުވައެންނުން؟’ ނިޒްކާ އެނދުން ތެދުވެ އެއަބާޔާ ގަޔަށް މަހާލަމުން ބުނެލިއެވެ. ‘ނޫން މިދިޔަ ހަފްތާ އެތަން ހުޅުވައިފިއޭ.. ވަރަށް ރީތި ހިސާބެއް އެއީ.. ދާނަން؟’ ‘އުހުން އެހެން ދުވަހަކުން ނިޒް ދާނީ.. މިއަދު މިއުޅެނީ ޝޮޕިންގއަށް ގޮސްލަން..’ ނިޒްކާ މިހެން ބުނެލުމަށްފަހު އޭނާއަށް ލިބުނު ޝޯލު އަޅައިލިއެވެ. ލަވްޒާ އެއްޗެކޭ ނުބުނެ ބޭރަށް ނުކުތެވެ.
ގާތްގަނޑަކަށް އިރުކޮޅެއް ފަހުން ނިޒްކާ ހުރީ ތައްޔާރުވެ ނިމިގެންނެވެ. ހަމަ އެވަގުތު ތުގާ އެ ކޮޓަރިއަށް ވަދެ ނިޒްކާގެ އަތުގައި ހިފާ އެ ކޮޓަރިން ނެރުނެވެ. ‘އާދޭ.. މިހާރު މި ކޮޓަރީގަ ތަ ހުންނަނީ؟ ދެން ހެޔޮ.. އެކަމްހިގާ ދާން.. އަވަސްކުރޭ..’ ތުގާ ފައްޗަކަށް ވާހަކަ ތަށް އަމުނާލުމަށްފަހު ނިޒްކާ ގޮވައިގެން ހޮޓެލް އިން ބޭރަށް ނުކުތެވެ. އެވަގުތު ބަސް ސްޓޮޕުގައި މަޑުކޮށްލައިގެން އޮތް ބަސް ނައްޓާލަން ތައްޔާރު ވީއެވެ. ކުއްލިއަކަށް ނިޒްކާ ތުގާގެ އަތުން ދޫކޮށްލާ ދުވެވުނުހާ ބާރަކަށް އެ ބަހާއި ދިމާލަށް ދުއްވައިގަތެވެ. ތުގާއަށް އަށްވެސް ފަހަތުން ދުއްވައިގަތެވެ. ނަމަވެސް ބަހާއި ދިމާލަށް އަތް ހޫރުވަމުން ގޮވަމުން ދިޔުމުންވެސް ބަސް ސްޓޮޕް އާއި ހަމައަށް ފޯރިއިރު ބަސް އޭގެ މަންޒިލަށް ދިޔުމަށް ދަތުފަށައިފިއެވެ. ވީ ވަރުބައްޔާއެކު ދެ ކުދިންނަށް ރުޅި އިސްކުރެވުނެވެ. ‘ތުގާއަހަރެންގެ އަތުގައިހިފައިގެން ހުރެއްޖެޔޭ ހަމަ.. ދެންކިހިނެތް ދާނީ؟’ ‘އަދިވެސް މަ ދޯ ކުއްވެރި ތިކުރަނީ.. ބަލަ ނިޒްއެއްނޫންތަ ޒައިނީ މެންގެ ކޮޓަރިތެރޭ ވެލައެއްހެން ލޯގަނޑު ކުރިމަތީ އުޅުނީ.. އޭން..؟’ ތުގާ އާއި ނިޒްކާ އެގޮތަށް ޒުވާބު ކުރަމުން ދިޔަ ވަގުތު އެދެކުދިންނަށް ނޭގުނު ކަމަކީ އެހަމަހިމޭން މަގުގައި އިތުރު ބަޔަކު އެދެކުދިންނަށް ބަލަމުން ދިޔަ ކަމެވެ.
*******************************************
‘އެތިބީ ނިޒްކާ އާއި ޒައިނީ ދޯ؟’ ޖިޔާން ބަސް ސްޓޮޕްގެ ފަހަތުގައި ފިލައިހުރެ ކައިރީގައި އިން ނައުފަލްއާއި މަޑުމަޑުން ސުވާލުކުރިއެވެ. ‘ސާބަސް ޖިޔާން އަށް.. ނިޒްކާ ރަނގަޅު އެކަމް ދެން އެހުރީ ތުގާއޭ..’ ނައުފަލް ޖިޔާންގެ ކޮނޑުގައި ޖަހާލަމުން މަޑު ހިނިގަނޑެއް ޖަހާލިއެވެ. ‘ދެން.. އަހަރެންވެސް ޔަގީން ކޮއްލީއޭ..’ ޖިޔާން އަނގައަށް ވައްތަރެއް ޖައްސާލަމުން ބުންޔެވެ. އެވަގުތު ނިޒްކާ ބަސް ސްޓޮޕްގެ ގޮނޑި ބަރީގައި އިށިންތަން ދެމީހުންނަށްވެސް ފެނުނެވެ. ޖިޔާން ނޭވާ ހިފަހައްޓައިލައިގެން ހުރީ ނިޒްކާއަށް އަޑު އިވިދާނެތީ ބިރުންނެވެ. ނައުފަލް އަނގައިންވެސް ނުބުނެ ހަމަ އެހުރި ގޮތަށް ހުއްޓެވެ. ނިޒްކާއާއި ޖެހިގެން ތުގާ އިށީންނަ އިރައް ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި ފިލަ ފިލައިގެން އެމަގުން ނުކުމެ އެމީހުން އުޅޭ ހޮޓެލް ކައިރިއަށް ދިޔައެވެ. ‘އަޅޭ ދެޓް ވަޒް ސޯ ކްލޯސް..’ ‘އިތުރަށް މަޑުކުރިނަމަ ބަސްޓް ވެފަ ކަންނޭގެ އޮންނާނީ..’ ‘ޔަގީންތާ..’ ނައުފަލް ވެސް އެއްބައިވެލިއެވެ. އަދި އެދެމީހުންނަށް ހޮޓެލް އާއި ހަމަ އަށް ފޯރައިފިއެވެ. އެވަގުތު ދޮރުމަތީގައި ހުރި ޖިމްޔާން ފެނި ދެމީހުންނަށް ހިނިތުން ވެލެވުނެވެ. ‘ޖިމީ ކޮންތާކަށް ތިދަނީ.. އޮން އަ ޑޭޓް؟’ ނައުފަލް އަށް ޖިމިން ފެނުމުން އޭނާއަށް ދިމާކޮށްލިއެވެ. ‘ނޫނޭ..މިދަނީ މާލެއަށް..’ ޖިމްޔާން ހިނިތުންވުމެއް ރައްދު ކޮށްލަމުން ބުނެލިއެވެ. ނައުފަލް އަށާއި ޖިޔާންއަށް އަނެއްކާވެސް އެކަކު އަނެކަކަށް ބަލާލިއެވެ. ‘އެ ކީއްކުރަން؟’ މިފަހަރު ސުވާލެއް އުފެއްދީ ޖިޔާންއެވެ. ‘ދެން.. ރަސްފަންނު އޭ އެކިޔާތާގަ ހުންނަ ގްލޯރިއާ ޖީންސް ކެފޭއަށް މިދަނީ.. އޯކޭތަ؟ މައި ލޯބިވާ ބިގް ބްރޯ އެންޑް ވޯރލްޑްސް ކިއުޓެސްޓް ލީޑަރ؟؟’ ޖިމްޔާން ދެ މީހުންގެ އަތުގައި ހިފައި އޭނާ ހިނިތުންވެލިއެވެ. އޭނާހިނިތުން ވެލާ ކޮންމެ ފަހަރަކު ލޯ ކުޑަ ވެލާ ގޮތުން ކޮންމެ މީހަކުވެސް އޭނާއަށް ލޯބި ޖެހޭނެ އެވެ. ނައުފަލްއަށް ހިނިތުންވެލެވުނެވެ. ބީޓީއެސް އަށް އެންމެ ފަހުން ވަން ޖިމްޔާން އަށް ވެވޭ ލޯތްބެއްގެ ސަބަބުންނެވެ. ‘ދެން އޯކޭނުވެއެއް ނުދާނޭ.. ތި ދާ ތާކަށް ގޮސްފަ އާދޭ..’ ޖިޔާން ޖިމްޔާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ‘އަޅޭ ކިހިނެތް އެކަމު ދާނީ ކާރެއް ނެތޭ..’ ޖިމްޔާން ތުން ދަމާލިއެވެ. މިކަން ޖިޔާން އަށާއި ނައުފަލްއަށް ވީ ހިނިގަނޑު ފަޅައިގެން ދިޔަ ސަބަބަކަށެވެ. ‘އަހަހަ.. ގެންގޮސްދޭންވީދޯ.. އޯކޭ އަރާ ކާރަށް.. ސެޖީންވެސް ގޮއްސި ކޮންމެސް ތަނަކަށް.. އެހެންމަ އަހަރުން ދުއްވަންތާ ޖެހޭނީ.. ބާކީ އެންމެން އޮންނާނެ އެނދުގައި ދެމިފައި ނިދާން’ ޖިޔާން ޖިމްޔާންގެ އަތުގެ މުލަށްދަނޑީގައި ހިފާލަމުން އެމީހުންގެ ކާރު ހުރި ދިމާލަށް ހިނގައިގަތެވެ. ޖިޔާން ވާހަކަ ދެއްކި ގޮތުން ޖިމްޔާނަށް ހީނލެވުނެވެ. ‘އަހަރެން އެބަ އަންނަން.. ދެން ނައުފަލް ކޮންމެސް ކަމެއް ކޮށްލާ އަންނަންދެން..’ ޖިޔާން ކާރު ނައުފަލް ކައިރީ މަޑުކޮށްލުމަށްފަހު ކުޑަދޮރުތިރި ކޮށްލަމުން ވާހަކަ ދެއްކިއެވެ. ނައުފަލް ބޯ ޖަހާލުމާއެކު ޖިޔާން ކާރު ދުއްވާލިއެވެ. ޖިމްޔާން އެކާރު ތެރޭގައި ފޯނު ކުޅެމުން ޖިޔާންއާއި ވާހަކަދައްކަމުން ދިޔައެވެ. ނައުފަލު އިރުކޮޅަކު އެދިމާލަށް ބަލަން މަޑުކޮށްލުމަށްފަހު ހޮޓެލް ތެރެއަށް ވަދުނެވެ.
*******************************************
‘ކީއްވެތަ އަހަރެމެންނަށް ބަންގްޓަން ގަރލްސް ފާރަލެވެނީމި؟’ ކައިލާން ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ހުރެ ޒަކުވާން އަށް ވާހަކަ ދެއްކިއެވެ. ‘ނޭނގެ ދޯ..’ ޒަކުވާންވެސް އެއްބައިވެލުމުގެ ގޮތުން ކޮނޑު އަރުވައިފިއެވެ. އެވަގުތު ނައުފަލް އައިސް އެ ކޮޓަރިތެރެއަށް ދެމިގަތެވެ. ‘ނިޒްކާ އާއި ތުގާ ބަސް ސްޓޮޕް ގައި ޒުވާބު ކުރާތަން ބަލާފަ މިއައީ..’ ނައުފަލް އެ ކޮޓަރިއަސް އައީ ސިޑިން އަރައިގެން ކަމުން އޭނާ ވަރުބަލިވެގެން އެނދުގައި އޮށޯވެލައިގެން އޮތް ޒަކުވާންއާއި ޖެހިގެން އޮށޮވެލިއެވެ. ނަމަވެސް އިރުކޮޅެއްނުވެ އޭނާގެ ގައިމަތީގައި ޒަކުވާން ފައިބާއްވާލިއެވެ. ނައިފަލް ޒަކުވާން އައި ދިމާލަށް ބަލާލުމަށްފަހު ބޯ ހޫރައިލިއެވެ. ޒަކުވާންއަށް މިތަން ފެނުމާއިއެކު ކުޑަކުއްޖަކު ހެން އޭނާ ނައުފަލާއި ދިމާލަށް ހީނލިއެވެ. ‘ބަލަ.. އެއޮއްދަނީ ކާކުތަ؟’ ކައިލާން ކުޑަދޮރު ގައި އަތް އަޅުވައިލަމުން ތިރިއަށް ގުދުވެލިއެވެ. ނައުފަލް އަށް މިތަން ފެނުމާއެކު އެނދުން ފުންމައިގެން ތެދުވެ ކައިލާންގެ ކޮނޑުގައި ހިފައިމައްޗަށް ނެގިއެވެ. ‘ސާބަސް ދެންމެ ވެއްޓުނުނަމަ ކޯންޗަކަށް ވާނީ..؟’ ކައިލާންއާއި ދިމާލަށް ކުދިކިޔާލަމުން ނައުފަލް ލޯއަޅައިލިއެވެ. ‘ދެން ބަންގްޓަން ގަރލްސްގެ ކުއްޖަކު ފެނުނުހެން ހީވީމައޭ..’ ކައިލާން އަނެއްކާވެސް ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލިއެވެ. ނަމަވެސް މިފަހަރު ނައުފަލްވެސް ބައިވެރިވިއެވެ. އޭރު ދެ އަންހެން ކުދިން މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ތިއްބެވެ. ‘ސާބަސް އެއީ ބަންގްޓަން ގަރލްސްގެ ކުދިންނެއްނޫނޭ..’ނައުފަލް ޗުސް ތަޅައިލުމަށްފަހު އަނބުރާ އެނދަށް އެރިއެވެ. ޒަކުވާން ކުޑަދޮރާއި ދިމާލަށް ބަލާލައިފައި އޭނާގެ ފޯނު ނަގާ އެ ކުޅެން ފެށިއެވެ. ނައުފަލް އެތަނުން ވާހަކަ ފޮތެއް ނަގާއެ ކިޔަން ފެށިއެވެ. ކައިލާން ގޮނޑިއެއް ގެނެސް ކުޑަ ދޮރު ކައިރީގައި ބަހައްޓައި އިށީނެވެ.
*ނުނިމޭ*
ᕕ( ͡° ͜ʖ ͡°)ᕗ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Alhey….bts aee dho…yayy….mi part vrh salhi ingey girls ?????
Wow mi part vx vvvvvvrah reethi masha Allah mi part kiyaafa Heehee bandah thadhu vehje
Waiting for the next
Luv uuu gurls ❤️❤️❤️
Wow mi part vess vrh sali ❤️❤️❤️❤️❤️
Masha Allah keep it up ❤️❤️❤️❤️❤️
Hehehehheheheheheheh heeeheee balivehje this girls and boyss are so funny ???????
Adhi bantan girls heevey Maa majaa hen hehhe ???????????❤️❤️❤️❤️❤️
Btw vvvvvv sali❤️❤️❤️❤️❤️
Love u sooo muc hurihaa sis❤️❤️❤️❤️❤️❤️
Stay safe and take care❤️❤️❤️