އާބާދުވީހަޔާތޭ
އާފާގް އަހަރެންގެ ހަޔާތައްއައީ ނަޔާ ބަހާރެއް ފަދައިންނެވެ. އަހަރެންގެ ދަރިފުޅު ނާވީއަށް އުނިވި ބައްޕައެއްގެ ލޯބި އާފާގް ދެނީ ފުރިއިތުރުވާ މިންވަރަށެވެ. އަހަރެންނަކީ މިހާރު ކާމިޔާބު ނަރުހަކީމެވެ. އާފާގް އަހަންނަށްދިން އިހުތިރާމާއި ލޮތްބަކީ ދުވަހެއްގެ ކޮޅުންވެސް ބަދަލު ދެވޭނެފަދަ ކަންތައްތަކެއް ނޫނެވެ.
ނާވީ ނިންދަވަން އަހަރެން އިނީ ގޭގެ ޓެރަހުގަ ހުރި ކުޑަ އުނދޯލީގަ އެވެ. ޖެހިލާ މަޑުވަ އިރޯޅި އިން މޭގައި ފިނިފެން އެއްޗެއް އަޅާލާ ކަހަލައެވެ. އުޑުމަތީގައި ރަސްކަންކުރަމުންދާ ތަރިތައް ފެނި އަހަރެންގެ ހިތައް އުފާވެރިކަން ވެރިވެގެންދިޔައެވެ. އަހަރެންގެ ލޯކުރިމަތިން ސިފަވަމުން ދިޔައީ މީގެދެތިން އަހަރުކުރީގެ ހަނދާންތަކެކެވެ. ޝާވީ އާއި އަހަރެންނާއި ދިމާވީ ނާސިން ކިޔަވަން ކޮލެޖުގައި އުޅުނު ދުވަސްވަރުގައެވެ.
ޝާވީގެ ފުރަތަމަ ފެނިލުމުންވެސް އަހަރެންގެހިތް ޝާވީއަށް ލަންބާލިއެވެ. ދުރުދުރުން ފެނިގެން ރަހުމަތްތެރިކަން އުފެދިގޮސް އެގުޅުން ލޮތްބައް ބަދަލުވާން މާގިނަ ދުވަސްތަކެއް ނުނެގިއެވެ. މަންމަޔަށް ޝާވީ ތައާރަފުކުރީ އަހަރެންގެ އުފަންދުވަހު ބޭއްވި ޕާޓީތެރެއިންނެވެ. އެހެނަސް އަހަރެންގެ އުފަލުން ފުރިގެންވީ ހިތްމަރާލީ ޝާވީ އާއި ލޯބީގެ ގުޅުމެތް ބޭއްވުމަށް މަންމަގެ ރުހުން ނެތްކަން އެނގުމުންނެވެ.
އެހެނަސް އަހަރެން ހުރީ ހަތިޔާރު ބަހައްޓައި ޝާވީ އަހަރެންގެ ހަޔާތުން ނެރެލާ ގޮތަކަށް ނޫނެވެ. ޝާވީ ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރުމަށެވެ. އަހަރެން އެގޮތާއި ރުހުނީމެވެ. މަންމަގެ ރުހުމެއް ނުލިބޭނެކަން އެނގިހުރެމެ އަހަރެން ނިއްމީ ޝާވީ އަހަރެންގެ ހަޔާތަށް ގެންނާށެވެ. އަހަރެންގެ ހަޔާތުގެ ހުންގާނު ޝާވީ އަށް ވުރެން ވަކި މޮޅަށް އެހެންމީހަކަށް ނުހިންގޭނޭ އަހަރެންގެހިތް ބުނީތީއެވެ.
ކޯޓުގައި ކައިވެނިކޮށް ގާތް ރައްޓެހިންނަށް ކުޑަ ސަޔެއް ބޭއްވީމެވެ. އަހަރެންގެ ކައިވެނީގެ އުފަލުގައި މަންމަ ބައިވެރިނުވިއެވެ. ޝާވީގެ އަންބަކަށް ވެވުނީތީ އަހަރެންހުރީ ވަރަށްވެސް އުފަލުންނެވެ. ކައިވެންޏަށްފަހު އަހަރެން ޝާވީގެ ގެޔަށް ބަދަލުވީމެވެ. ޝާވީގެ އަޅައިލުމާއި ލޯބި އަހަންނަށް ދިޔައީ ލިބެމުންނެވެ. ށަކުވާކުރާނެ ޖާގައެއް ޝާވީ އަހަންނަކަށް ނުދެއެވެ.
ކައިވެންޏަށް ފަސްމަހުގައި އަހަރެން އިނީ އަަހަންނާއި ޝާވީގެ އަލަތު ދަރިފުޅަށް ބަލިވެ އެވެ. ބަލިވެއިން ފަހުން ޝާވީ އަހަންނަށް އެތައް ގުނައެއް އޯގާތެރިއެވެ. އަޅާލައެވެ. ވަޒީފާގައި ކިތަންމެ ބުރަކޮށް އުޅެފައި އަޔަސް އަހަރެންގެ ހިދުމަތުގައި ހުރެދެއެވެ. އަހަރެންނަށް މީރުހެން ހީވާ ކޮންމެ އެއްޗެއް ކައްކާފައި ކާންދޭނެއެވެ. އަހަރެން ލައްވައި ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރުވައެވެ.
ދަރިފުޅު ދުނިޔެ އަށް އަންނާނެ ދުވަހަކަށް މާގިނަ ދުވަހު އިންތިޒާރުކުރާކަށް އަހަންނާއި ޝާވީއަށް ނުޖެހުނެވެ. އަހަރެންގެ ބަނޑަށް ހަތްމަހުގައި އަހަރެން ވިހެއީ ލޯބިލޯބި އަންހެން ކުއްޖެކެވެ. ޝާވީގެ ލޮލުން ކަރުނަ އައިތަން އެދުވަހު ނޫނީ އަހަންނެށް ނުދެކެމެވެ. ކޮންމެޔަކަސް އަހަރެންގެ ދިރިއުޅުން ފުރިހަމަވީ އެވެ. ނާވީއަކީ އަހަރެންނާއި ޝާވީގެ ކުޑަކުޑަ ދުނިޔެ އެވެ.
ކުޑަކުޑަ ނާވީ އާއި އެކު ޝާވީ އަދި އަހަރެން އުޅެމުންދިޔައީ ވަރަށްވެސް އުފާވެރިކޮށެވެ. އެހެނަސް އަހަރެމެންގެ ހަމަޖެހޭ އުފާވެރި ދިރިއުޅުމަށް ބަނަ އަނދިރިކަން ވަށައިލީ ހަމަ ކުއްލިއަކަށެވެ. ޝާވީ އަހަރެންނާއި ދުރުވާންފެށިއެވެ. ގޭގައި އުޅެނީ މަދުވަގުތަކު އެވެ. ދަރިފުޅު ނާވީގެ ކަންކަމުގައި އަހަރެން އަވަދިނެތި އުޅޭއިރު އަނގައިންވެސް ބުނެނުލާނެ އެވެ. އަހަރެން ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް ޝާވީ ހޫމް އަކުން ނިއްމާލާނެ އެވެ.
ޝާވީގެ އުޅުމަށް މިއައި ބަދަލަކުން އަހަރެންގެ މޭނުބައި ކުރަންފެށި އެވެ. އެހެނަސް މައުސޫމް ދަރިފުޅު ނާވީގެ ހައްގުގައި ކެތްތެރިވީމެވެ. ހަމަޖެހިގެން ޝާވީ އާއި ވާހަކަދަ އްކަންވެސް އުޅެފީމެވެ. އެހެނަސް ޝާވީ އަހަރެންނާއި އަނގަޔަކުން ނުބުނެ އެވެ. މައްސަލަޔަކީ ކޮބައިކަމެށް ނޭގި އަހަރެންގެ ސިކުނޑި ފަޅައިގެން ދާވަރުވި އެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލި އެވެ.
ޝާވީ ގެއައް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި އަހަރެން ހުރީ ނުނިދާ ހޭލައެވެ. މެންދަމުން އަލިވެ ތިނެއް ޖެހިތަނާ ޝާވީ ގެއައް އައިސްވަނެވެ. އަހަރެން އެނދުން ތެދުވެ ޝާވީ އާއި ވާހަކަދައްކަން ފެށީމެވެ. “ޝާވީ…. ތިގޮތައް މޫނު ކުނިކޮއްގެން ނުހުރެ ބުނެދީފާނަންތަ ތިބަދަލުތަކެއް އައިސްގެންތި އުޅެނީ ކީއްވެގެންކަން. އަހަރެން ވަރުބަލިވެއްޖެ. ޝާވީ ނުރުހޭކަމެށް އަހަރެންނެށް ނުކުރަން. ވީއިރު ޝާވީ ތިފަދަ ގޮތަކަށް އަހަންނާއި ދޭތެރޭ ކަންތައްކުރަންވީ ސަބަބެއް ނޭގުނު. އަހަރެންދެކެވީ ތެދުވެރި ލޯބި ކޮބާ?… އަހަރެންދެކެ ފޫހިވީތަ..?ސަބަބު ބުނެދޭންވެއްޖެ އެއްނު… އިންސާނަކަށް ކެއްވާނީވެސް ވަކިވަރަކަށް. ޝާވީގެ ތިއަމަލްތަކުން އަހަރެންވާނެ ދެރަޔެށް ހިތުގަޖެހޭނެވަރެށް ޝާވީއަށް ހަމަ ނޭގެނީތަ. ނޫނީ އެނގޭކަމަށް ނެހެދެނީތަ?… އަހަންނަށް ރޮވެންފެށުނެވެ.”
ޝާވީ ވާހަކަ ދައްކަންފެށި އެވެ. ” އީރާ… އަހަރެން އެއްވެސް އިރެއްގަ އީރާ ދެކެ ލޯތްބެއްނުވަން. ރައްޓެއްސަކަށް ކުރި ބެޓެއްގަ އީރާ އާއި ރައްޓެހިވެ ކައިވެނިކޮށް މިހާހިސާބަށް މިއައީ. އަހަރެންގެ ކެރޭކަން ދައްކަންވެގެން. ފަހަރެއްގަވެސް އީރާދެކެ ލޯބިވެގެނެ އްނޫން. އަހަރެންގެ ބޭނުން އަހަންނަށް ފުދިއްޖެ. ސޯ އީރާ… ލިސެން ކެޔާފުލީ.. ޔުއާ ނޮޓް މައި ވައިފް އެނީމޯ…ސޯ ޑޯންޓު އެކުޓު ލައިކް އަޓިޕިކަލް ވައިފް. އީރާ ގެޓުވެއްޖެ ކަމަށް އަހަރެންމި ބަލަނީ..” ޝާވީ ދުލުން ބޭރުކުރި ކޮންމެ ލަފުޒެއް ކޮންމެބަހެއް އަހަރެންގެ ސިކުނޑިތެރޭ ގުގުމަމުންދިޔައެވެ.
ލޮލުން ކަރުނަ އައެވެ. ގިސްލެވެންފެށުނީ އަހަރެންގެ އިހްތިޔާރުން ބޭރުގައެވެ. އެހެނަސް ފިޑިވެރޯކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ވަފާތެރިކަމުގެ އަގު މިފަދަ ގޮތަކަށް ދޭންޖެހިދާނެ ކަމަކަށް ދުވަހަކުވެސް އަހަރެންގެ ހިތައް ނާރުވަމެވެ. އަހަރެންނާއި ދަރިފުޅު ނާވީގެ އަންނައުނުތައް ފޮއްޓަށް އަޅައި ބަންދުކުރުމަށްފަހު ދަރިފުޅު ނާވީ ނަގައި އުރާލަމުން އަހަރެން ޝާވީގެ ގެއިން ނުކުތީމެވެ. ދުވަހެއްގެ ކޮޅުންވެސް ޝާވީގެ ދިރިއުޅުމަށް އަނބުރާ ނައުމަށް ހިތުން ވައުދުވަމުންނެވެ. ޝާވީ ކަހަލަ މަކަރުވެރިޔެއްގެ ދަލުގަޖެހުމަކީ އަހަރެންނަށް މިދުނިޔެމަތީގައި ހެދުނު އެންމެބޮޑު ގޯހެވެ. އެހެނަސް މިއަދު އަހަރެންގެ ލޯ ހުޅުވިގެން ގޮސްފި އެވެ.
ޓެކުސީއެއްގައި މަންމަގެ ގެޔަށް ދިޔައީމެވެ. ދޮރުގައި ދެތިންފަހަރު ޓަކިދިންތަނާ މަންމަ ދޮރުހުޅުވި އެވެ. އަހަރެންގެ މޫނުފެނި މަންމަ ހައިރާނެއް ނުވިއެވެ. އަހަރެންގެ ގައިގައި ބައްދާލަމުން މަންމަ އަހަންނަށް ހިތްވަރުދިނެވެ. މަންމަގެ ނުގަބޫލުގައި ޝާވީ އާއި ކައިވެނި ކުރެވުނީ އަހަރެންގެ މޮޔަކަމުންނެވެ. އެހެނަސް މަންމަގެ ހިމާޔަތް ލިބުނީތީ އަހަރެން ﷲ އަށް ހަމްދުކުރީމެވެ. ނާވީއަށް އަހަރުވީ ދުވަހު ކުޑަ ހަފުލާއެއް އަހަރެންނާއި މަންމަ ބޭއްވީމެވެ.
މަންމަގެ ދެބޭންގެދެދަރި ބަަޔަކުވެސް އެހަފުލާގައި ބައިވެރިވުމަށް އައިސްތި އްބެއްވެ. މަންމަ އަހަންނަށް އާފާގް ތައާރަފުކުރިއެވެ. މަންމަގެ އެދުމަށް އަހަރެން އާފާގް އާއި ކައިވެނިކުރީމެވެ. މަންމަގެ އެދުމެއް ބޮލާލާޖަހަން އަހަރެން ދެނެއް ބޭނުމެއް ނޫނެވެ. ލޯބިނުވި ނަމަވެސް އާފާގް އާއިއެކު އުފާވެރިހަޔާތެއް ވޭތުކުރެވޭތޯ ބެލުމަށް އަހަރެން އަޒުމް ކަނޑައެޅީމެވެ.
އާފާގް އާއި އެކު އުޅެންފެށުމުން އަހަރެންގެ ހަޔާތައް ދިޔައީ އެދެވޭ ހެޔޮބަދަލުތައް އަންނަމުންނެވެ. ބަރާބަރަށް ނުކުރެވޭ ނަމާދުތައް ބަރާބަރަށް ގަޑިން ގަޑިޔަށް ކުރެވުނެވެ. މަޑުމަޑުން އަހަރެންގެ ހިތްވެސް އާފާގްއަށް ލެނބެންފެށި އެވެ. އަހަރެންގެ ދަރިފުޅަށް އާފާގް ލޮތްބާއި ކުލުނުވެރިކަން ދެނީ އަމިއްލަ ދަރިޔަކު ފަދައިންނެވެ. ވީއިރު އާފާގްގެ ވަފާތެރިކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. މަގުގެއްލިފައި ވީހިނދު އަހަރެންގެ އަތުގައި ހިފައިގެން ކުރިޔަށް ދިޔައީ އާފާގްއެވެ.
އަހަރެންގެ ހިތުން ޝާވީގެ ހަނދާންތައް ނެރެ އެއްލައިލީމެވެ. އާފާގް އާއި ދަރިފުޅު ނާވީ އާއި އެކު އުފާވެރި ހަމަޖެހޭ ދުވަސްތަކެއް ވޭތުކުރުމަކީ އަހަރެންގެ އުއްމީދެވެ. ދެދުނިޔޭން އެދޭނެ އެދުންވެސްމެއެވެ. “ދޫނީ…. ދަރިފުޅު ނިދީތަ. ކޮން ހިޔާލަކަށް ގެއްލިފަ.. ހިނގާ އެތެރެޔަށް.. ފިނިބޮޑުވެގެން ދަރިފުޅު ރޯގާ ޖެހިއްޖިއްޔާ މާދެރަ އެއްނު..” ހިޔާލީ ދުނިޔެއިން އަހަރެން ނެރެދިނީ އަހަރެންގެ ލޯބިވާ ފިރިމީހާ އާފާގް އެވެ. އަނދިރިކަމުން އަމާންކަމަށް އަހަރެން ގެނެސްދިނީވެސް ހަމަ އާފާގް އެވެ. ކަނިވަމުންދިޔަ ހުޅުކޮޅު ނިވިޔަނުދީ ގަދަ ކަނޑުގެ ބާނިތަކުގެެރޭ އަހަރެންގެ އައްޑަނަޔަކަށް ވެދިނީވެސް ފިރިމީހާ އާފާގް އެވެ. އާފާގް ގެސަބަބުން އަހަރެންގެ ހަޔާތް އާބާދުވެއްޖެއެވެ. އާފާގް އާއި ނުލައި އަހަރެންގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ. އަހަރެންގެ އެންމެފަހު ނޭވާޔާ ޖެހެންދެން އާފާގްގެ މީހެއްގެ ގޮތުގައި ހުންނާނަމެވެ. އާފާގްއަކީ އަހަރެންގެ ދިރިހުރުމުގެ ބާރެވެ. ދިރިއުޅުމެވެ.
ނިމުނީ
17 Comments!
Comments are closed.


Me first dhwwww °¬°
V vvv ^¬^ reethi ??
Meethi Keehve Bodhu series eh gothah nukerunee
Ekm vess vvvvvvvvvv ~reethi (@MASHA ALLAH)
ThankYou So Much For Commenting On My Story!
?
Thanx for the story athifa love you so much when you write stories
Aishath Lam’aa Fuad ThankYou So much for commenting on my story!
This made my day?❤
this story is being underrated!!
WHY WHY WHY !!!!
haahda reeechey Maa Shaa Allah
author i dunno what to say
Awwwn ThankYou So much Dear❤
YUK bunin dhw dhigu vaahaka liyaashe ekam athi ekan nukri ?? i hate you. But i love you. VVVVV reethi igey emme loabivaa ekuveriyaa ❤❤??
My Dear Yuky
You know about how busy I am. Well In Sha Allah I will bring a long story to you and my readers soon. I love you more babe❤?
Stry Vrh salhi Masha Allah
ThankYou ARU?
Owwwwwwn… vvvvvvvv very nice story .. dear… keeep it up…?????????????????????
ThankYou Dear❤?
Ooooooooooh, wow,,, vvvvvvvvvvvvvvvvvvvv nice story, you are so talented, ???????????????Unmeeedhu kuran mikahala Ehen vaahakaeh varah avahah libeynekamah….❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Ingeyyyy… ????????? all the best ????????????????????????????????????????
ThankYou So much Dear?
Wow, wow, wow… Varah nice Ingeyyyy,, , ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️and also very iburaitheri,???????????? ginaginain mikahala vaahaka ey dhw kiyan V…….???Hehe…… ☺️☺️☺️☺️☺️☺️☺️☺️☺️☺️ Athi ge Ehen vaahaka akah inthizaaru kuran…… ????????????Ingeyyyy??????? all the best…… ???????????