އާޒީން 2
*”ޕޮއް!” ކޮންމެވެސް މީހަކު އާޒީން ސިއްސުވައިލިއެވެ. “އާ!” އާޒީން ހަޅޭލަވައިގަތީ ޖިންނިއެއް ކަމަށް ހީކޮށެވެ. އަދި އޭނާ އެތާ ހުރި ގަހެއްގެ ފަހަތަށް ވަނީ ކިރިޔާ ނުރޮވި ހުރި ޙާލުގައެވެ. “އިނާ؟!؟ ” އާޒީން ހައިރާންކަމާއިއެކު ޒައިނާ އާއި ދިމާއަށް ބަލަން ހުރެވުނެވެ. ދެ ވަނަ ސިކުންތުގައި އުފަލުން ގޮސް ޒައިނާ ގައިގައި ބައްދައިލިއެވެ. “އާޒް! އައި މިސްޑް ޔޫ ސޯ ސޯ މަޗް. ޑިޑް ޔޫ މިސް މީ؟” ޒައިނާވެސް ވަރަށް އުފަލުންހުރެ ބުންޏެވެ. “ދެން ދޯ. އާޒްވެސް މިސް ވާނެއެއްނުން އިނާ މަތިން. އަދި އާޒް ހަމަ އައިތަނާ އިނާ ވެސް އާޒް ހަމަ ސިއްސުވައިލަން ވެއްޖެ ވިއްޔާ. އާޒް ހީކުރީ ޖިންނިއެއް ކަމަށް!” އާޒީން ލާނެތް ފާޑަކަށް އެހެން ބުނުމަށްފަހު ޒައިނާ ކޮށްޕައިލިއެވެ.*
ޒައިނާ ގޮސް ޖެހުނީ އޭނާގެ ދޮންބެ ޒައީމްގެ ފައި ބުޑަށެވެ. “އޫޕްސް… ސޮރީ އިނާ.” އާޒީން ބުންޏެވެ. “އިޓްސް އޯކޭ. އަތަށްވެސް ތަދުވެއްޖެއޭ.” ޒައިނާ އާޒީނަށް ލޯ އަޅައިލަމުން ބުންޏެވެ. “އާލް! އާދެވިއްޖެ ނުން ދޯ؟” ޒައީމް އާލިކްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލާފައި ބުންޏެވެ. “ޒައީވެސް ތިޔައީ މާލެއިންނެއް ނޫންތަ؟ އަހަރެން ކައިރީ ނުވެސް ބުނެއޭ އަދި ދިޔައީ ވެސް.” އާލިކް ހިތްހަމަނުޖެހި ހުރެ ބުންޏެވެ.
“ކުދިންނޭ! ހިނގާ ދާން. ކުޑާއްތަމެން މިހާރު އެބަހުރި ލަސްވެފަ!” ޢާއިޝާ ބުންޏެވެ. ހުރިހާ އެންމެން ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. އެވަގުތު އާލިކްއަށް ފެނުނީ މުޅި އުޑުމަތި ބަނަވި މަންޒަރެވެ. “މަންމާ! އެއޮތް ވިއްސާރަގަނޑެއް ހެދީ.” އާލިކް ބުންޏެވެ. “ހިނގާ އަވަހަށް ދެވޭތޯ ބަލަމާ؟” ޢާއިޝާގެ ހިނގުން ތަންކޮޅެއް ބާރުކޮށްލަމުން ބުންޏެވެ. ހަމަ ގެއަށް ވަދެވުނު ތަނާހެން ވަރަށް ބޯކޮށް ވިއްސާރަވެހެން ފެށިއެވެ.
“އަހާ؟ އާޒްމެން އައީ ދޯ؟” ބަދިގެއިން ނުކުތް ނަދީމާއަށް އާޒީންމެން ގެއަށް ވަތްތަން ފެނުމުން ބުންޏެވެ. “ކުޑާއްތާ! ކޮބާތަ ނޫއްކޮ؟” އާޒީން އެއްސެވެ. “ނޫއްކޮ ދޯ؟ ނޫއްކޮވެއްޖެ މަލަކާމެން ގޭގަ. ހިއެއް ނުވެ މިރޭ ނުވައެއް ޖެހުމުގެ ކުރިން އަންނާނެ ހެންނެއް. އެކަމަކު ނިޝޫ އެބައުޅޭ ކަންނޭނގެ ކޮޓަރީގަ.” ނަދީމާ ބުންޏެވެ. “ދަރިފުޅުމެން ދޭބަލަ މި ފޮށިތަކާއި ދަބަސްތައް ކޮޓަރިއަށްލާފައި އަންނަން.” ޢާއިޝާ ފޮށިތަކަށް އިޝާރާތް ކުރަމުން ބުންޏެވެ.
ހަމަ އެވަގުތު އާލިކްގެ ފޯނަށް މީހަކު ގުޅިއެވެ. “އެކްސް ކިއުޒް.” އާލިކް މިހެން ބުނުމަށް ފަހު ބޭރަށްދިޔައީ ވިއްސާރަ ހުއްޓައިލައިފައި ވުމުންނެވެ. “މަންމާ! އެބަ އަންނަން ފޮށިތައް ރޫމަށް ލައިފަ.” އާޒީން މިހެން ބުނުމަށް ފަހު ގެނައި 2 ފޮށިތަށް ހިފައިގެން ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަދެވުމާއިއެކު ކުއްލިއަކަށް ދޮރު ލެއްޕުނެވެ.
އާޒީން ދޮރާއި ދިމާއަށް ބަލަންހުރުމަށްފަހު އެކަން އެއްވެސް ކަމަކަށް ނުހަދާ އެނދު ކައިރިއަށް ހިގައިގަތެވެ. “މަންމާ!!!” ކުއްލިއަކަށް ފަހަތުން ހިޔަންޏެއް ހުރަސްކޮށްލުމުން އާޒީން ސިއްސައިގެންގޮސް ހަޅޭލަވައިގަތެވެ. އެ އަޑަށް އާއިޝާ އާއި އާލިކް އާއި ނަދީމާ ކޮޓަރި ދޮރު ހުޅުވާލާފައި ވަނެވެ. އެވަގުތު އާޒީން އޮތީ ފާރުގެ ބިއްދޮށަށް ވަދެ ރޯށެވެ. “އާޒް! ކިހިނެތް ވީ؟” އާލިކް ވަރަށް ހައިރާންކަމާއި އެކު އެއްސެވެ. “ހި… ހި ޔަނި” އާޒީން ވަރަށް ހިތްވަރުން އެއްޗެކޭ ބުނެވުނެވެ. “މަންމާ! އަޅުގަނޑު އާޒްއަށް ވާހަކަ ދައްކައިލަން ދެން ކޯޓަރިން ބޭރަށް ނުކުމެވިދާނެތަ؟” އާލިކް ބުންޏެވެ.
އާއިޝާ އާއި ނަދީމާ “އާއެކޭ” ބުނުމަށްފަހު ކޮޓަރިން ނުކުތެވެ. އާލިކް އާޒީންގެ ދެކޮނޑުގައި ހިފައިގެން ނެގިއެވެ. އަދި ގެންގޮސް އެނދުގައި ބޭންދިއެވެ. “އާޒް! މި ފެންތަށި ބޮއިލާ.” އާލިކް އާޒީންއަށް ފެންތައްޓެއް ދިގުކޮށްލަމުން ބުންޏެވެ. އާޒީން ފެންތަށި އެއްފަހަރާ ދަމައިލިއެވެ. “އާޒް! އާޒް! ހަމަޖެހިބަލަ.” އާލިކް އާޒީންގެ ދެކޮނޑުގައި ހިފައި ތަޅުވައިލިއެވެ. އާޒީން އާލިކްގެ ދެއަތް ފޮޅައިލީ ކުއްލިއަކަށެވެ.
“އާޒް!؟!” އާލިކް އާޒީންއަށް ބަލައިލިއެވެ. އެއިރު އާޒީންގެ ކަރުގައި އަޅާފައިވާ ފަށް ދިއްލެން ފެށިއެވެ. އާލިކްގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އިވުނު ބާރު އަޑާއިއެކު އާލިކްގެ ކަންފަތުގައި ވަރަށް ބާރަށް އަތް އެޅިއެވެ. 1 މިނެޓެއްހާއިރު ފަހުން އެއަޑު އެއްކޮށް ކެނޑުނެވެ. އެއިރު އާޒީން އޮތީ ބިންމައްޗަށް ދެމިފައެވެ. “އާޒް!!!” އާލިކް އާޒީންއަށް ގޮވަމުން ދިޔައެވެ.
ނުނިމޭ
2️⃣ ވަނަ ބަޔަށް އިންތިޒާރު ކުރަށްވާ …….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Vvvv reethi?
N is this not 2nd part
Anyways waitng
oh..thnks dear
Vrh reethi waiting for the next part