އާޒީން 1
އާޒީން ހުރީ އޭނާގެ ދޮންބެ އާލިކް އާއިއެކު ބަނދަރު މަތީގައެވެ. އާޒީންއަކީ އެހެން މީހުންނާއި ޚިލާފަށް ރީތި ‘ބްލޯންޑް’ ދިގު ފަން އިސްތަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. އަދި ޤުދުރަތީގޮތުން ބޮޑު ނޫކުލައިގެ ދެ ލޯ ވެސް އޭނާއަށް ލިބިފައިވެއެވެ. އޭނާއަކީ އިސްކޮޅުން ދިގު ހަމުގެ ކުލަވެސް ދޮން ކުއްޖެކެވެ. އާޒީން އަކީ ބަލާބެލުމަށް ރީތި އަންހެން ކުއްޖެކެވެ. އޭނާގެ އުމުރުން މިހާރު ވަނީ ފަނަރަ އަހަރުވެފައެވެ.
އާލިކްއަކީވެސް ހަމުގެ ކުލަ އަލި ކުއްޖެކެވެ. އޭނާ ގެ އިސްތަށިގަނޑުގައި ގަދަ މުށި ކުލައެއް ހުންނައިރު ތޫނު ކަޅުކަންގަދަ ދެލޯވެސް އޭނާއާއި ނިކަން ގުޅެއެވެ. އޭނާއަކީ ސަތާރަ އަހަރު ފުރިފައިވާ ކުއްޖެކެވެ. އަދި އޭނާއަށް ދިގު އިސްކޮޅެއް ލިބިފައިވާއިރު ކަސްރަތީ ބިޔަ ހަށިގަނޑެއްވެސް ލިބިފައިވެއެވެ. މީގެ ސަބަބުން އާލިމް ފެންނަނީ އޭނާގެ ޢުމުރަށްވުރެ ޒުވާންކޮށެވެ.
“ޕިސް…. އަޅޭ! ކޮބާތަ އެ ލޯންޗުގަނޑު.” އާޒީން ޝަކުވާކުރާ ރާގަކަށް ބުންޏެވެ. “އާޒް މިހާރު ކެތްކުރަން ދަސްކުރަންވެއްޖެ ނުން؟ ކެތް….” “މިހާރު އާޒްމެން އައިތާ ބައިގަޑީރު ވެއްޖެ. އާޒްއަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށް ނުން؟” އާލިކްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އާޒީން ބުންޏެވެ.
އާލިކްއަށް ލޯންޗު ތަންކޮޅެއް ދުރުން އަންނަތަން ފެނުނެވެ. ކުއްލިއަކަށް އައި ޚިޔާލަކުން އޭނާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “އާޒް! އެއޮތް އަންނަނީ އާޒް މުޅި ދުނިޔެއިން ވެސް އެންމެ ލޯބިވާ އެއްޗޯ!” އާލިކް ލާނެތް ފާޑަކަށް އެހެން ބުނެލަމުން އަނެއް ފަރާތަށް މޫނު އަނބުރައިލީ ހެވިދާނެތީއެވެ. “ކޯއްޗެއް؟” އާޒީން އެއްބުމަ މައްޗަށް އަރުވައިލަމުން ބުންޏެވެ.
“ނައިސްގެން އުޅުނު އެއްޗެއްނުން…. ލޯންޗެއް ނުން. ދޯ؟” އާލިކް ވަރަށް ނޫން ކަމަށް ހަދައިފައި ބުންޏެވެ. “ދޮންބެގަނޑާ!” އާޒީން އައްސަ ހުރި ރުޅިން އާލިމްގެ ކަނާއަތުގައި ވަރަށް ބާރަށް ޖެހިއެވެ. އާލިކް ހޭން ފެށިއެވެ. “ހުނ! އާޒް ދެން ދޮންބެއަކަށް ވާހަކައެއް ނުދައްކާން” އާޒީން ތުން އޫކޮށްލައިގެން އެނބުރުނު ގޮތުން އަދިވެސް އާލިކް އުޅުނީ ހިނިގަނޑު މަތަނުކުރެވިގެންނެވެ. “ސާބަސް ތި ދެ ކުދީންނަށް” މި ކަންތަށް ބަލަންހުރި އާއިޝާ އެންމެ ފަހުން އައިސް ބުންޏެވެ.
އާޒީން ސިއްސައިގެންގޮސް މޫދަށް ވެއްޓެން އުޅެނިކޮށް އާލިކް ހުށިޔާރު ކަމާއިއެކު އާޒީންގެ އަތުގައި ހިފެހެއްޓިއެވެ. “އާޒް!” ބިރުންހުރި އާޒީންއަށް ލޯ ހުޅުވަން އެނގުނީ އާލިކް އޭނާއަށް އެއްފަހަރު ގޮވައިލުމުންނެވެ. އާޒީން އޭނާގެ އަތް ދަމައިގަތް ގޮތަށް އާލިކް އާއި އާއިޝާ ހުރި ފަޅި ނޫން އަނެއް ފަޅިއަށް އެނބުރުނީ ރުޅި މޫނު ހަދައިގެންނެވެ. އާލިކް އާއި އާއިޝާގެ ބަޑި ފަޅައިގެން ދިޔައެވެ.
ކުއްލިއަކަށް މީހަކު ބަލާހެން ހީވާތީ އާޒީން ކުރިމައްޗަށް ބަލައިލިއެވެ. ބަނދަރު މަތީގައި ތިބި އެންމެންހެން ތިބީ އާޒީން އާއި ދިމާއަށް ކަޅި ޖަހައިނުލައި ބަލާށެވެ. އާޒީން ކުއްލިއަކަށް އެއްޗެއް ހަނދާންވެގެންހެން އޭނާގެ ބޯ މަތީގައި އަތް ހިންގައިލިއެވެ. އާޒީން ލައިގެން ހުރި ނޫ ކުލައިގެ ހުޑީގެ ބޯ އޮތީ ވެއްޓިފައެވެ. އާޒީން ލަދުގަތް ވަރުން އާލިކްގެ ފުރަގަހަށް ވަދެ ފިއްޔެވެ.
އެވަގުތު ލޯންޗު އައިސް މާލެއަށް ޖެއްސިއެވެ. “އާލް، އާޒް! އެއޮތް ލޯންޗު ބަނދަރަށް ޖެއްސީއެއްނު.” ޢާއިޝާ ހަމަ އެހެން ބުނިތަނާހެން އާޒީން ގޮސް ލޯންޗަށްއަރައި އެންމެ ފަހަތު ސީޓުގައި އިށީނެވެ. އަދި ހުޑީ އޭނާގެ ބޮލަށް ހެޔޮވަރުކުރިއެވެ. އާއިޝާ އާއި އާލިކް ހުރީ އާޒީން އުޅުނު ގޮތުން ހިނި އައިސްފައެވެ. އާއިޝާ އާއި އާލިކްވެސް ލޯންޗަށްއަރައި އާޒީން ކައިރީގައި ފަހަތު ސީޓުގައި އިށީނެވެ.
5 ގަނޑީރެއް ހައި ދަތުރެއްގެ ފަހުން ޅ.ހިންނަވަރަށް ލޯންޗު ލެފިއެވެ. އެ ތިން މީހުން ލޯންޗުން ފޭބީ އެންމެ ފަހުންނެވެ. “އޭތް! މަންމާ ، ދޮންބޭ ، ބަލާބަލަ. އެ ތިބީ ކުޑާއްތަމެންނެއް ނޫންތަ؟” އާޒީން ކޮންމެވެސް ބަޔަކާއި ދިމާއަށް އިޝާރާތް ކުރަމުން ބުންޏެވެ. “ނޭނގޭ މަންމައަކަށް.” ޢާއިޝާ ބުންޏެވެ. “ދެން. މަންމާ ހަމަ އަސްލުވެސްތަ؟” ޢާއިޝާ ދޮގު ހަދަނީކަމަށް ހީކޮށް އާޒީން ތުން އޫކޮށްލަމުން ބުންޏެވެ.
“ޕޮއް!” ކޮންމެވެސް މީހަކު އާޒީން ސިއްސުވައިލިއެވެ. “އާ!” އާޒީން ހަޅޭލަވައިގަތީ ޖިންނިއެއް ކަމަށް ހީކޮށެވެ. އަދި އޭނާ އެތާ ހުރި ގަހެއްގެ ފަހަތަށް ވަނީ ކިރިޔާ ނުރޮވި ހުރި ޙާލުގައެވެ. “އިނާ؟!؟ ” އާޒީން ހައިރާންކަމާއިއެކު ޒައިނާ އާއި ދިމާއަށް ބަލަން ހުރެވުނެވެ. ދެ ވަނަ ސިކުންތުގައި އުފަލުން ގޮސް ޒައިނާ ގައިގައި ބައްދައިލިއެވެ. “އާޒް! އައި މިސްޑް ޔޫ ސޯ ސޯ މަޗް. ޑިޑް ޔޫ މިސް މީ؟” ޒައިނާވެސް ވަރަށް އުފަލުންހުރެ ބުންޏެވެ. “ދެން ދޯ. އާޒްވެސް މިސް ވާނެއެއްނުން އިނާ މަތިން. އަދި އާޒް ހަމަ އައިތަނާ އިނާ ވެސް އާޒް ހަމަ ސިއްސުވައިލަން ވެއްޖެ ވިއްޔާ. އާޒް ހީކުރީ ޖިންނިއެއް ކަމަށް!” އާޒީން ލާނެތް ފާޑަކަށް އެހެން ބުނުމަށްފަހު ޒައިނާ ކޮށްޕައިލިއެވެ.
ނުނިމޭ
2ވަނަ ބަޔަށް އިންތިޒާރުު ކުރައްވާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


Nice story …keep it up ? ? ?
Thnxxx Lavender
Nice ??????
Waiting for the next part ☺️☺️☺️☺️
thnxxx kookie dear
Mihaaru esfiya site ah up kuranee dhw.
Thankx AFSHEEN
yer…… hama nukiyaa thibey meehun kiyaalan vegen ….. welcome dear ……..
Wow Mi part ves varah reethi
Keep it up ????
thnxxxx SHAIBAKKO 🙂
Asfheen sis kon dhuvahakun 18 vana part anaany i can’t want I luv your story
Wait*