ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (3)
ހޫން ދެން ހެވޭ.. އޭތް.. މިތަނަށް ކިޔަނީ ކީކޭތަ އަނެއްކާ؟. ސަންސެޓް ޕާކް އޭތަ؟’ ނައިލީ ވާހަކަ ބަދަލު ކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެއާއެކު އެތާ ތިބި ހުރިހާ ކުދިންތައް ހޭން ފެށިއެވެ. ‘ނޫނޭ ނައި.. ސެންޓްރަލް ޕާކޭ މީ.. ސަންސެޓް ޕާކެއް ނޫން..’ ހެމުން ހެމުން ޔޫލިން ބުންޏެވެ. އެއާއެކު ޔޫނުސް ކެމެރާ ތަކެއް ހިފައިގެން އައިސް އެކި ތަންތާގައި ބަހައްޓަން ފެށުމުން ހުރިހާ ކުދިންވެސް ވާހަކަ ދެއްކުން ހުއްޓާލިއެވެ.*
އޯކޭ އެހެންމަ ހިނގާ ދޯ މިއަދުގެ ޝޫޓިންގް ފަށަން..’ ޔޫނުސް ހުރިހާ ކެމެރާތަކެެއް އަތުރާ ނިމުމުން އަތުގެ ނުފުށުން އޭނާގެ ނިއްކުރީގައިވާ ދާތިކިތައް ފުހެލަމުން ބުންޔެވެ. ކަޅު ބޭސްބޯޅަ ތޮތްޕަކާއި ހުދު ގަމީސް ފަޓުލޫނުގައި އޭނާ ފެންނަނީ އެހާމެ ރީތި ކޮށެވެ. ބަލާލާ މީހަކަށް އޭނާއަކީ ތިރީހުގެ އަހަރުތައް ގުނާ މީހެކޭ ހިތަށްވެސް ނޭރުވޭނެއެވެ. އޭނާ އަޅައިން ހުރި ރޯލެކްސް ގަޑިިން އޭނާއަކީމުއްސަނދި މީހެއްކަން ހާމަވެއެވެ. ‘ހޫން.. މިހާރުވެސް މާ ލަސްވެއްޖެ..’ ނަވްރީން އޭނާގެ ދަބަސް އެއްކައިރީގައި ބަހައްޓަމުން ބުނެލިއެވެ. އީނާލް އާއި ނިޒްކާވެސް ހަމަ އެދިމާލުގައި ފެންފުޅިތަކާއި ދަބަސްތައް ބެހެއްޓިއެވެ. ‘ތެދެކޭ.. އަދި މިއަދު މެންދުރު ދާން ވާނެ މާލެއަށް.’ ޔޫލިން ވިނަތައް މަތީ އިށީންނަމުން ޔޫނުސް އާއި ދިމާލަށް ބެލިއެވެ. ‘އާން ޔޫނުސް އަހަރެމެން މެކް ޑޮނަލްޑްސް އަށް ގެންގޮސްދީބަ..’ ނަވްރީން އާއި އީނާލް ވެސް އެއްބައިވެލިއެވެ. އެއާއެކު ޔޫނުސް ހޭން ފެއްޓިއެވެ. ‘ހަހަހަހަ މެކް ޑޮނަލްޑްސް އަށް ގެންދެވިދާނެ މުސްތަގުބަލުގައި..ހަހަހަ.’ ޔޫނުސް ހެމުން ވާހަކަ ދެއްކިއިރު ހުރިހާ އަންހެން ކުދިންވެސް އެކަކު އަނެކާއި ދިމާލަށް ބަލާލިއެވެ. އެގޮތައް ތިން ވަރަކަށް މިނަޓު ފަހުން ޔޫލީން ވާހަކަ ދެއްކިއެވެ. ‘ސޯ ޔޫ މީން މާލޭގައި މެކް ޑޮނަލްޑްސް ބްރާންޗް އެއް ނުހުރެޔޭތަ؟ އެހެނެއް ނުވާނެންނުން..’ ‘އާނ ޔޫލިީ އަދި އޭގެ ތަނެއް މާލޭގަ އަދި ނުހުރޭ.. ހަހަހަހަ.. ތިކުދިންވެސް ދެން ދޯ..’ ޔޫނުސް ކައިރީގައި އިން ބެންޗުގައި އިށިނދެލަމުން އަނެްކާވެސް ހޭން ފެށިއެވެ. ‘އަޅެ ޔޫނުސޫ… މޮޔަ ވީތަ..؟ މިސާލަކަށް ޔޫނުސް ބޭނުން ތާކަށް ނުދެވިއްޖެއްޔާ އަހަރެމެން ހޭން ފަށާފިއްޔާ ކިހިނެތްތަ ވާނީ..’ އީނާލް ޔޫނުސް އާއި ދިމާކޮށްލިއެވެ. ހަމައެއާއެކު ޔޫނުސް އަވަސް އަވަހަށް ހުނުން ހުއްޓާލައިފައި ދަބަހުން ސްޕީކަރެއް ނަގާ ބެންޗުން ތެދުވެ ކެމެރާ އަކަާއި ދިމާލަށް ހިނގައިގަތެވެ. ނައިލީ އީނާލްގެ ކޮނޑުގައި ޖަހާލިއެވެ. ‘މައި އެލަފެންޓް އޭނާގެ އަނގަ ބަންދު ކޮށްލައިފިއޭ.. ވަރަށް މޮޅު އިނގޭ..’ އެއަށްފަހު އޭނާ އީނާލް ގައިގައި ބައްދާލިއެވެ. ‘އެލަފެންޓޭ؟؟ އީންއަށްތައް ތިހެން ތިގޮވީ؟’ އީނާލް ނައިލީ ދުރަށް ޖައްސާލަމުން ބުންޏެވެ. ‘އާން ކީއްވީ.. އީން ވެސް.. އުހުން.. އެލަފެންޓް ވެސް ނައި އާއި ދިމާލަށް ނެސްޓަމް އޭ ގޮވީމެންނުން.. އެހެންވެ ނައި އަށް ވެސް އޮންނާނެ ހައްޤު’ އީނާލްގެ މޫނުގައި ފިރުމާލަމުން އޭނާ ދުރަށް ހިނގައިގަތެވެ. ވީ ކަމަށްވެސް ނަހަދައެވެ.
‘ހުން.. ކޮން ހައްޤެކޭ ކިޔާކައް.. އަދިވެސް ގޮވާނަން ނެސްޓަމް އޭ..’ ހިތާހިތުން ނައިލީ އާއި ދިމާލަށް ކުދިކިޔާލަ ކިޔާލަ އީނާލަށް ހުރެވުނެވެ. ނައިލީ ފަހަތަށް އެނބުރިލާފަށް ހީނލަމުން އަނެއްކާވެސް ދުރައްހިނގައިގަތެވެ. މޫނު ކުނި ކޮށްގެން ހުރި އީނާލްގެ މޫނު އިތުރަށް ކުނި ކޮށްލިއެވެ. ނަމަވެސް ޔޫނުސް ކެމެރާ ޖައްސާލުމަށްފަހު ލަވައެއް ޖަހާލުމުން އެހެންކުދިން ތިބި ދިމާލަށް އޭނާ ދުއްވައިގަތެވެ. އެއާއެކު އެދުވަހުގެ ޝޫޓިންގ ފެށުނެވެ. ހަމަ އެހެންމެ ޕާކުތެރޭގައި ވަގުތު ހޭދަ ކުރަމުން ދިޔަ މީހުން ވީހައިވެސް ކައިރިން ފޮޓޯއާއި ވީޑިއޯ ނެގޭތޯ އުޅުނެވެ. ނަމަވެސް މީހުން މާ ގިނަ ވާން ފެށުމުން ބަންގްޓަން ގަރލްސްގެ ސްޓާފުންނަށް މަޖުބޫރު ވީ އެމީހުން ދުރަށް ފޮނުވާލާ ތަން ހުސް ކުރާށެވެ. މީހުންތައް ދިޔުމުން އަނެއްކާވެސް ޝޫޓިންގ ކުރިއެކޭވެސް އެއްފަދައިން ކުރިޔަށް ދިޔައެވެ.
ބަންގްޓަން ގަރލްސްގެ ޝޫޓިންގ ކުރިޔަށް ދާ ވަގުތު އެކުދިންގެ ތައާރަފަކަށް ދަމާހެއްޔެވެ. މިކުދިންނަށް ދޮން ހަންގަނޑެއް ލިބިފައިވެއެވެ. މޫނުމަތީގައި އިރުއިރު ކޮޅާ މާނަވީ ހިނިތުންވުމެއް ކުޅެލައެވެ. ބަލާލާ ކޮންމެ މީހަކަށްވެސް މިކުދިންނަކީ އުފާވެރި ބައެއްކަން ދަނެގަނެވޭނެއެވެ. ލަވްޒާ އަކީ މި ހުރިހާ ކުދިންގެ ތެރެއިން އެންމެ ބޮޑަށް ހުންނަ ކުއްޖާއެވެ. އުމުރުން 20 އަހަރުގެ ލަވްޒާއަކީ ވަރަށް އާދައިގެ އާއިލާއަކުން އައިސްފައިވާ ކުއްޖެކެވެ. މައިންބަފައިންނަށް ލިބުނު ތިން ކުދިންގެ ތެރެއިން އެންމެ އެންމެ ދޮށީ ކުއްޖާއެވެ. ލަވްޒާއަކީ ކިޔެވުމުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވި ކާމިޔާބީ ދަރިވަރެކެވެ. 2016 ވަނަ އަހަރުގެ ޖީސީއޯލެވެލްގެ އެކައުންޓިންގެ ދާއިރާއިން ދުނިޔެއިން ދެވަނަ ލަވްޒާއަށް ވަނީ ހާސިލްކުރެވިފައެވެ. މަޑުމައިތިރި މިޒާޖެއް ލިބިފައިވާ ލަވްޒާއަކީ މިހާރު ބަންގްޓަން ގަރލްސްގެ އިސް ލަވަކިޔުންތެރިޔާއެވެ. ނުވަތަ މެއިން ވޯކަލިސްޓެކެވެ.
ލަވްޒާއާއި ޖެހިގެން ހުންނަނީ ޒައިނީއާއި ނިޒްކާއެވެ. ދެކުދިންނަށްވެސް ނަވާރަ އަހަރު ވިއެއް ކަމަކު ޒައިނީ ނިޒްކާ އަށްވުރެ ބޮޑު ވާނީ 3 މަހެވެ. އެހެންކަމުން ޒައިނީއަށް ޖެހިލަމާޖެއްޔެވެ. އުމުރުން 15 އަހަރުގައި ބަންގްޓަން ގަރލްސް އަށް ވަން ޒައިނީއަކީ މަޖާ މިޒާޖެއްގެ ވެރިއެކެވެ. މުއްސަނދި އާއިލާއަކުން އައިސްފައިވާ ކުއްޖެއްކަމުން އޭނާ ބޮޑުވީ ބޭނުން އެއްޗެއް ލިބެމުންނެވެ. ގިނަ މުއްސަނދި ކުދިންނާއި ޚިލާފަށް ޒައިނީއަކީ ލިބޭ ރިޒުޤަށް ޝުކުރުވެރިވެ ބޮޑާކަމުގެ އެއްވެސް ސިފައެއްނެތް ކުއްޖެކެވެ. ކިޔެވުމަށް ފަރުވާތެރިއެވެ. ރަހުމަތްތެރިން ގިނަ އެވެ. މައިންބަފައިންނާއި ކޮއްކޮމެންގެ ލޯބި އިންތިހާއަށް ލިބިފައެވެ. 2017 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ޒައިނީ އަށް ޤައުމު ފެންވަރުގެ ވަނަ އެއް ނުލިބުނަސް ސްކޫލުގެ ޓޮޕް ދިހައެއްގައު އޭނާ ވަނީ ހިމެނިފައެވެ. އެތުލެޓިކްސް ދާއިރާއިން ވެސް ރަންވަނަ ތަކެއް އޭނާއަށް ވަނީ ލިބިފައިއެވެ.
ދެން ނިޒްކާ އަށް ޖެހިލަމާ ހެއްޔެވެ. ނިޒްކާގެ ތަޢާރަފެއް ވާނީ ޕާޓް 1 ގައި ގެނެސް ދީފައެވެ. ނަމަވެސް ކުޑަ އަލިއަޅުވާލުމަކަށް ދަމާހެއްޔެވެ. އުމުރުން14 އަހަރުގައި ބަންގްޓަން ގަރލްސް އަށް ވަން އިރު އޭނާ އަށް ވަނީ އެކި އެކި އިންޒާރު ތަކާއި ކުރިމަތި ލާން ޖެހިފައެވެ. އެކަންކަމަށް އަޅާނުލާ އޭނާ ދިޔައީ ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ. އެކަމުގެ ފޮނި ނަތީޖާ އޭނާއަށް ވަނީ ލިބިފައި އެވެ. އޯލެވެލް އިން ގަދަ 10 ގައި އޭނާގެ ނަން ރަން އަކުރުން ފަވާލެވިފައިވަނީ އެއް ވަނައިގައެވެ. މައިންބަފައިންގެ ބަސްއެހުމުގެ ވެސް ނަތީޖާއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Aslu mivaahaka varah reethi. Ekam maa charcters ginaveema neyge vaanuvaa eh. Anyway stry salhi. Waiting for the other
Masha Allah Vrh salhi stry
Keep it up ???