ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (4)
*ދެން ނިޒްކާ އަށް ޖެހިލަމާ ހެއްޔެވެ. ނިޒްކާގެ ތަޢާރަފެއް ވާނީ ޕާޓް 1 ގައި ގެނެސް ދީފައެވެ. ނަމަވެސް ކުޑަ އަލިއަޅުވާލުމަކަށް ދަމާހެއްޔެވެ. އުމުރުން14 އަހަރުގައި ބަންގްޓަން ގަރލްސް އަށް ވަން އިރު އޭނާ އަށް ވަނީ އެކި އެކި އިންޒާރު ތަކާއި ކުރިމަތި ލާން ޖެހިފައެވެ. އެކަންކަމަށް އަޅާނުލާ އޭނާ ދިޔައީ ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ. އެކަމުގެ ފޮނި ނަތީޖާ އޭނާއަށް ވަނީ ލިބިފައި އެވެ. އޯލެވެލް އިން ގަދަ 10 ގައި އޭނާގެ ނަން ރަން އަކުރުން ފަވާލެވިފައިވަނީ އެއް ވަނައިގައެވެ. މައިންބަފައިންގެ ބަސްއެހުމުގެ ވެސް ނަތީޖާއެވެ.*
އުމުރުން18 އަހަރުގެ ނައިލީއަކީ މުއްސަނދި މަންމަ އަކާއި ބައްޕަ އެއްގެ ހުރި ހަމަ އެކަނި ކުއްޖާއެވެ. އެހެންނަމަވެސް އޭނާ އުޅެބޮޑުވީ އޭނާގެ މާމަ ކައިރީގަ އެވެ. މަޑު މައިތިރި މިޒާޖެއް ލިބިފައިވި ނައިލީ އަކީ އެހެން މީހުންގެ ބަސްއަހާ ކިޔެވުމަށް މޮޅު ކުއްޖެކެވެ. އޭނާއަކީ މިހާރު ސީއެޗްއެސްސީ ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.. އުމުރުން 13 އަހަރުގައި ނައިލީ ބަންގްޓަން ގަރލްސް އަށް ވަނީ ވޯކަލިސްޓް އެއްގެ ގޮތުގައާއި ބެކްއަޕް ޑާންސަރ އެއްގެ ގޮތުގައެވެ. ރީތި ހަށިގަނޑެއް އޭނާއަށް ލިބިފައިވުމުން އޭނާ އަށް ކޮންމެ ދުވަހަކުހެން ފިރިހެން ކުދިންގެ ހުށަހެޅުންތަށް ލިބެއެވެ. ނަމަވެސް އޭނާގެ ޖަާބަކީ އަބަދުވެސް ‘ނޫން’ މި ލަފުޒެވެ.
ތުގާ އަކީ ވެސް އުމުރުން 18 އަހަރުގެ ކުއްޖެކެވެ. ނަމަވެސް އޭނާ ނައިލީ އައްވުރެ ކުޑަ ވާނީ ހަމަ އެންމެ މަސްދުވަހެވެ. މެދު ފަންތީގެ އާއިލާއަކުން އައިސްފައި ވީނަމަވެސް އޭނާ ބޮޑުވަމުން އައީ ބޭނުންވި އެއްޗެއް ހާސިލް ކުރަމުންނެވެ. ސްކޫލް ދައުރުގެ ފުރަތަމަ ދުވަސްވަރުގައި އޭނާ ދުވަސް ހޭދަ ކުރަމުން ދިޔައީ ކުދިންނަށް ހަނގާ ކުރިމުގައާއި ބޭރުތެރޭ ހިނގުމުގައެވެ. ނަމަވެސް ދުވަސްތަކެއް ފަހުން އޭނާގެ މަންމަ ދިން ނަސޭހަތް ތަކުގައި ހިފައި ކުރިއަށް ދާން ފެށުމުން އޭނާގެ އުޅުން ވަނީ އިންތިހާއަށް ރަނގަޅު ވެފަ އެވެ. އުމުރުން 14 އަހަރުގައި ބަންގްޓަން ގަރލްސް އަށް ވޯކަލިސްޓް އެއްގެ ގޮތުގައި ވަން ނަމަވެސް މިހާރު އޭނާ އަކީ މެއިން ރެޕަރ އެެވެ. ތުގާ އަކީ އެހެން ކުދިންނާއި ނުހަނު ގުޅޭ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އެެހެންނަމަވެސް އޭނާއަކީ ރުޅި ކޮންޓްރޯލު ކުރަން އުނދަގޫ ކުއްޖެކެވެ.
ނަވްރީން އާއި ޔޫލިން މެން ދެކުދިންނަށް ވެސް ވީ 17 އަހަރެވެ. ދެ މަސް ދުވަހެއްގެ ތަފާތެއް ވީ ނަމަވެސް ދެކުދިންނަކީވެސް ކުޑައިރުއްސުރެން ގާތް އެކުވެރިންނެވެ. މާލޭގައި އުޅެބޮޑު ވި ނަމަވެސް ދެކުދިންނަކީވެސް މެދު ފަންތީގެ އާއިލާއަކުން އައިސްފައިވާ ދެކުދިންނެވެ. މަޖާ މިޒާޖެއްގެ ދެކުދިން ކަމަށް ވުމުން މި ދެކުދިންނަށް ވެސް ވަނީ އެހާމެ ގިނަ އެކުވެރިން ތަކެއް ލިބިފައެވެ. ނަވްރީން ބަންގްޓަން ގަރލްސް އަށް ވަނީ އުމުރުން 13 އަހަރުގައި ވޯކަލިސްޓެއްގެ ގޮތުގައާއި ޑާންސަރ އެއްގެ ގޮތުގައެވެ. އޭނާއަކީ އެ ގްރޫޕް ގައި ތިބި ހުރިހާ އަންހެންކުދިންގެ ތެރެއިން ބުރުގާ ނާޅާ ހުރި ހަމައެކަނި ކުއްޖާއެވެ. ޔޫލިން އުމުރުން 12 އަހަރުގައި އެ ބޭންޑް އަށް ވަނީ ވެސް ވޯކަލިސްޓެއްގެ ގޮތުގައެވެ.
ބަންގްޓަން ގަރލްސްގައި އެންމެ ހަގަށް ހުންނަ އީނާލް އަކީ އުމުރުން އެންމެ 11 އަހަރުގައި ބޭންޑްއަށް ވަން ކުއްޖާއެވެ. މިހާރު އުމުރުން 16 އަހަރު ވީ އިރު އޭނާ ވަނީ މީގެ 2 މަސް ދުވްހެއްހާ ކުރިން އޯލެވެލް ނިންމާފައެވެ. މުއްސަނދި އާއިލާއަކުން އައިސްފައިވީ ނަމަވެސް އީނާލްގެ ބައްޕަ ނިޔާވިފަހުން އީނާލްއާއި އޭނާގެ މަންމަ އުޅުނީ ވަރަށް ހާލުގައެވެ. ނަމަވެސް އޭނާ ވަނީ ސްކޫލް ދައުރުގައި ދެމައިން ފަޚުރުވެރިވާ ފަދަ ނަތީޖާތަކެއް ހާސިލް ކޮއްފައެވެ. އެއަހަރުގައި އީނާލް ވަނީ ސްކޫލް ގެ ކެޕްޓަން ކަން ކޮށްފައެވެ. އަދި ސްކޫލުގެ ބާސްކެޓްބޯޅަ ޓީމް ގައި ހިމެނި އޭނާ ވަނީ ޓީމްގެ ކެޕްޓަންކަންވެސް ކޮށްފައެވެ. އީނާލް އަކީވެސް ރީތި ހަށިގަނޑެއް ކިބިފައިވި ކުއްޖެއްކަމުން ދޭތެރެއަކުން އޭނާއަށް ވެސް އަންނަނީ ފިރިހެން ކުދިންގެ ހުށަހެޅުންތައް ލިބެމުންނެވެ. ނައިލީއެކޭ އެއްފަދައިން އޭނާވެސް އެއިން އެއްވެސް ކުއްޖަކަށް އާނ ބަސް ނުބުނެއެވެ.
‘އާހް.. އިޓްސް ފައިނަލީ ޓުވެލްވް.. ހިނގާ ނަމާދު ކޮށްގެން މާލެ ދާން..’ ކައިރި ހުރި ބެންޗެއްގައި އިށިންނަމުން ނަވްރީން އާފުރެލިއެވެ. ޖެހިގެން އިން ހުސ ޖާގައިގައި އީނާލްވެސް އިށީނެވެ. ‘މާލެއްށޭ؟ ކީއްކުރަން.. އެތާނެތޭ މެކް ޑޮނަލްޑްސް އެއްވެސް..’ އީނާލް ނަވްރީންގެ ކޮނޑަށް އަތް ވައްޓާލިއެވެ. ‘ދެން ނަވް އުޅެ ބޮޑުވީ މާލޭގަ.. އެތާ ހުންނާނެ އެހެން ތަންތަން ވެސް.. އެހެންނޫނަސް ނަވް މެން ރާއްޖޭގަ ނެތް ދުވަސްވަރު ވެސް އާތަނެއް ހުޅުވަފާނެންނުން..’ އެވަގުތު ޔޫނުސް އަށް އެދެކުދިންގެ ވާހަކަ އަޑު އިވިފައި ހީލެވުނެވެ. ‘ގަރލްސް.. އަޅެ ހަމަ ނޭނގޭ ދޯ.. އެހެހެ.. ކޭއެފްސީ ހުރޭ މާލޭގަ.. ހިނގާ އެތަނަށް ދާން..’ އެއަށްފަހު އޭނާ ކެމެރާތައް ނަގަން ހިނގައިގަތެވެ. ‘އޯއެމްޖީ.. މިހާރު ކޭއެފްސީ އަށް ނުދާތާ ޤަރުނެއް ވީ.. މާލޭގަ ވެސް ހުޅުވައިފި އޯ.. ގަރލްސް.. ތި އަވަސް ކޮށްގެން ހިނގާބަ އަވަހަށް.. މީ ވަރަށް ހައި ވެއްޖެ..’ އީނާލް އިން ތަނުން ފުންމައިގެން ތެދުވެ ދަބަސްތައް ބަހައްޓާފައި ހުރި ދިމާލަށް ދުއްވައިގަތެވެ. ނަވްރީން އެ އިން ގޮތައް އިރުކޮޅަކު ހުރެފައި އަތުން އޭނާގެ މޫނު ފޮރުވާލިއެވެ. މި މަންޒަރު ފެނުނު ޔޫލީން އަށް ދުރުގައި ނުހުރެވި އޭނާ ނަވްރީން ގާތަށް ދިޔައެވެ.
‘ނަވް.. ކިހިނެތް ވީ؟ ހާދަ މަޑުން ހުންނަ ދުވަހެއް.. ކަމެއް ގޯސް ވީތަ؟ ޔޫލިންއަށް އޮޅިގެންނޭ ނަވްގެ އިސްތަށިގަނޑަށް ދަމާލެވުނީ..’ އޭނާ ނަވްރީންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ. ‘ހެހެ.. އެހެން ވެގެންއެއް ނޫނޭ…’ ނަވްރީން ޔޫލީންގެ ކޮނޑުގައި ބޯއަޅާލިއެވެ. ‘ވީ ކަމެއެް ބުނެބަ.. އައި ކުޑް ހެލްޕް ޔޫ ވީވަރަކުން.. ސޮ ކިހިނެތްތަ ވީ؟’ ޔޫލިން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. ‘ދެން ހަމަ ކުޑަ ކަމަކާ ވިސްނެނީ..’ ނަވްރީންގެ ޖަވާބު އެހާވެސް ކުރެވެ. އެކަމަކު ޔޫލީން އަނެއްކާވެސް ހަމަ އެ ސުވާލު ތަކުރާރު ކުރަން ފެށުމުން އެންމެފަހުން ނަވްރީން އަނެއް ފަރާތައް އެނބުރިލަމުން ބުންޔެވެ. ‘އަމް.. އެއީ ނަވް އަށް ބީޓީއެސްގެ މެމްބަރސް ފެނުނުހެން ހީވީމަ..’
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.



Wow mi part ves vrh sali.
Masha Allah keep it up all❤️❤️❤️❤️???
And 3 kiyaafin I gey❤️❤️?? Ril and inaane enme furathma 3 ❤️❤️❤️❤️nerunuthanaa cmnt kohfaa??? ❤️❤️❤️❤️
Wow this girls are amazing❤️❤️❤️❤️
Bts entry vaan uleny thr omg so exited❤️❤️❤️
Sis Sis men ge bais akee kaaku thr Ril ge V❤️❤️❤️
But i like others too hehhe❤️❤️❤️❤️???
So exited for the next part❤️❤️❤️
Waiting for the next part ❤️❤️❤️
Saarangey ❤️❤️❤️
Josimheyo ❤️❤️❤️❤️
Wow I am first this time
Yessss??❤️❤️❤️❤️❤️???
Heii guys… Kaaku thugaa ge part liyunyy Haadha vahtharu eyy n***** aa.. Can’t tell her name.. Oops.. Hehe miss you guyx.. Love it.. Yaqeen blossom kan liyunyy.. Hehe.. Umm can you tell nixx viber in habareh velaashey I need to talk to her very urgently… Varah big problem akaa behey gothun.. Love you guyx miss you
okay.. no xaxa thugaa ge part liyuny A**.. i cant say her name also.. LOL..
_ARMY_
Ril ah vureh min eh Las v but it’s OK ?????
Heheheh dhw xaxa Yh OK dhw ??????❤️❤️❤️❤️❤️❤️
Guysssss!!!!!….. Mi bai vs vrh salhi hingeyyy….. Alheyyy vrh hini aadheyy bangtan gurls ulheyy gothun… ??… Huvaa… Dhn in part kiyaa hithun hama moya vey eba… Hehehe…. Avahah up kohdheyne kamah uhmeedhu kurannn….. Lysm bulletproof gurls….. Tc… Well daisy queen ge story dhn continue nukurany tha??… I think now it has been a month that u have not uploaded the next part… Plxxx e story ge aneh bai ves up kohdheebala…. Vrh kiyaa hiyy vaa story eh eii… Lysssssssm…
Heii lwbiii???awwwn thank uu darl????ehehhe dhw bangtan girls vrh naughty dhw heheh??????????insha allah vrh avahah up kohla dheynan??????luv you too darlin???????❤❤❤❤❤
Nooney midhuvas kolhu kanthah huri gothun up nukurevign miulheny??yhhh i am very very very swrry inge wait kohlaan jehunyma inshaallah vrh avahah up kohlaanan??❤❤❤eheheh thnks inge ????love uuu vrh vrh vrh vrh big koh?❤?????❤????❤?????❤????❤??❤??❤????????
-daisy queen-
This might be the forth time that I tried to comment on this lavly stryy but komme faharakuvx pending ah dhaathy hehe??.. Btw bunelaanyy kuri ekey eh gothah hama vrh rythi stry eh myy???..This is one of my fav❤????!!..Aslu BTS members ulheythy kiyan feshy vx??..umm n yahh can u guyss say ur fav person/s from BTS❤❤.. Mine is Taehyung n Jin???..n yesss daisy queen darl I wanna ask u something? r u the one mal I ah introduce kohdheyn ulhunu? Ehnviyyaa hi ngeyy.. N pleeesh tell my regards to all of the authors??!!..Saranghae moreeeeeeee??
Awwwwwwwwwwwn thank u magnum darl??????????❤???????????????❤?❤thank uu so much sis????????????????????????darlin vx thii army eh dhw?alhugndu ge bias aky jungkook?yesh mii hama e kujja heheheh❤❤❤❤heii magnum sis???????yesh…..?????
Luv uu moreeeee??????????????
*oops thats me inge name nujehi eynii*
-daisy queen-
Mine is Namjoon
-ARMY-
Labba darlinn I vx myy army eh??!!.. n thi in kuhjaku use kuran thr discord nuuny telegram??.. If so can u guys gimme ur id❤?
Miss Blank#3612
i use discord..
–
and dats my id
-army-
army dhw emme ginain comments ah reply mikurany.. lol
–army–
NAAN thanks a lot
And Stry Vrh nice u all keep it up
Guys Masha Allah Vrh cute I don’t like Bts but the stry is the best
Once again naan thi kohdhin kanthakah Vrh bodah Thnkss
Love u all
Tc
Stay safe ❤️❤️❤️❤️❤️
Vrh reethi. It’s so nice to see ARMYs in Maldives. My bias is Jungkook. And this story is really awesome too?. I’m just so happy to read a BTS related story in dhivehi. We should team up and ask BigHit Entertainment to let BTS come to Maldives, hehehe ??. Wish you best if luck, army’s ? salanghae??
Heheheheh I ves beynun vrh thigotha vaan
I really want meet them or attend there concerts
Its like so amazing dhw
Bts come to Maldives it will be like a dream come true
jazaakillah khaira kookie..??? yea.. it’s really nice aslu dhw..? hehehe…thank you..? glad we could help…? yesshhhuuuuu.. we should srsly do that..? thanks again kookiee..??? ulineun neoleul salanghae ❤️❤️❤️
yesshuuu dhw aslu it would be a dream come true… yea… it would be awesome to meet them and attend their concerts…
Why don’t you guys write a story on history of Bts from the very start of 2013 debut song no more dreams till 2020 hit song dynamite… Mihen Mi buny Aslu Army’s fiyavaa No one knows Bts life ga success vaan Varah hard koh work kurikan…
As an army i want the world to know that they worked hard to achieve there goals.. They actually don’t deservet the hate they get from Anti-armys.. And stry nice girllllssss keep it up….?????? Purple You ?????