Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާވަރު އަންގަދޭހިތްވޭ 4

Annna Level 510 Stories100 Comments100 Login
October 1, 2020 5 Mins Read
38 Comments

ހަތަރުވަނަބައި

“މިހާރު އެއީ ކޮން ދުވަހެއް.. ދެއަހަރު ކުރިންވީ ކަންތައް އަދިވެސް ފިރާ ހަނދާން ހުރިޔަސް އަހަރެން ހަނދާނެއް ނުވޭ..” ވިޝާލް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.

***

“އެދުވަސް އަނބުރާ ގެނެވޭނެ ނަމަ މިހާރު އަހަރެންވާނީ ވިޝާލްގެ އަންހެނުންނަށް.. އެޒިލާ ގަނޑެއް ނޫން..” ފިރާ ވާހަކަ ދެއްކީ ޒިލާ ދަށްކޮށްލައިގެންނެވެ. “ފިރާ އަކަށްވެސް މިހާރު އަހަރެންގެ ވާން އުޅޭ އަންހެނުން ނަކާއި ނުބެހެވޭނެ.. އިރެއްގައި އަހަރެން ފިރާ ދެކެ ލޯބިވިއަސް މިހާރު ނުވޭ.. އެހެން ނޫނަސް އެދުވަހުގެ ފަހުން އަހަރެން ފިރާގެ މަތިން ހަނދާން ނައްތައިލައިފިން.. ފިރާ އަކީ އަހަރެން ހީކުރި ކަހަލަ ކުއްޖެއްނޫން.. އަހަރެންނަށް ކަމުދާ އެއްވެސް ސިފައެއް ފިރާގެ ގައިގައި އަށަގަނެއްފައެއް ނެތް..” ވިޝާލް ފަރުވާ ކުޑަ ރާގަކަށް ބުނެލިއެވެ.

“ދެން އޭރު ކުރި ވައުދު ތަކޯ… އަހަރެން ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ކިޔާފައި ކުރި ވައުދޯ.. އަހަރެން ނޫން އެހެން މީހަކު ވިޝާލްގެ އަނބިމީހާގެ މަގާމަކަށް ނާންނާނޭ ބުނި ވައުދޯ.. އަހަރެން ނޫން މީހެއްދެކެ ދުވަހަކުވެސް ލޯބި ނުވާނަމޭ ވިޝާލް ބުނި ވައުދޯ.. އެހުރިހާ ވައުދުތައްވީ ރާޅު ޖަހާ ހިސާބު ވެލީގައި ލިޔުނު ބަސްތަކަކަށް.. އައި ރާޅާއެކު ފުހެވިގެން ގޮއްސި.. ވިޝާލް އަށްވެސް ވީ އެހެން.. އަހަރެން ދޫކޮށްލަން ހިތައް އެރީމަ އެވައުދުތައް ނުވި އެކައްޗަކަށްވެސް…” ފިރާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

“އޭރު އަހަރެން އެހެން ބުނީ ފިރާ ބަދަލު ވާނެ ކަމުގެ އުންމީދު އޮތީމައި.. އަހަރެމެންގެ ގުޅުމަށް އަހަރެއް ވީއިރުވެސް ފިރާ ބަދަލު ނުވީމައި އަހަރެންނަށް މަޖުބޫރުވީ ފިރާ ދޫކޮށްލަން.. އަހަރެންނަށް އެނގޭ ފިރާ އަހަރެންގެ މައިބަފައިންނަށް ވެސް ކަމުނުދާނެކަން.. މިއަދުވެސް އަހަރެން ދުށިން ފިރާ ފެނިފައި މަންމަ އާއި ބައްޕަގެ މޫނުމައްޗައް އެރި ކުލަވަރު.. މިއަދު ފިރާ މިގެއަށް އަހަރެންގެ އަންބެއްގެ މަގާމަށް ގެންނަން މިގެއަށް ގެނައިކަން އެނގިއްޖެއްޔާ މަންމަމެން މިގުޅުމަށް ނުރުހޭނެ ވަރު އަހަރެންނަށް އަންދާޒާ ކޮށްލެވުނު..” ވިޝާލް ވެސް ނުރުހިފައި ބުނެލިއެވެ.

“ވިޝާލް ޕްލީސްސް.. އަދިވެސް ވަގުތު އެބައޮތް.. އެޒިލާ ދޫކޮށްލާ.. އަހަރެން ބަދަލު ވާނަމޭ.. އަހަރެން އަދިވެސް ވިޝާލްދެކެ އިންތިހާ އަށް ލޯބިވޭ.. އަހަންނަކަށް ނޭނގެ އަހަރެން ލޯބިވާވަރު ވިޝާލް އަށް އަންގަ ދޭނީ ކިހިނެތް ކަމެއްވެސް..” ފިރާ އޭނާ ދެރަވާކަން މޫނުމައްޗައް ގެންނަމުން ބުނެލިއެވެ.

“ތިބަސްތަކަކީ އަހަރެން އަޑު އަހާ އަހާ ފޫހި ވެފައި ހުރި ބަސްތަކެއް.. ދެއަހަރު ކުރީގައި ވެސް އަހަރެން ތިދުލުން އެހެން ބުނާއަޑު އިވުނު.. އެކަމު، މިއަދު މިވަނީ ވަގުތު ފާއިތުވެފައި.. އަހަރެންނާއި ޒިލާގެ ކައިވެނި ކުރެވޭނެ.. އެކަމުގައި ފިރާ ކިތަންމެ ނުރުހުނަސް… އަދި އެއްވާހަކަ.. އަހަރެން އޭރު ފިރާދެކެ ލޯބިވިއަސް މިހާރު އަހަރެން ލޯބިވަނީ ޒިލާދެކެ.. ހަމަ އެކަނި ޒިލާދެކެ.. އެކަން ފިރާ ހަނދާން ކުރާތި..” ވިޝާލް އިންޒާރެއް ފަދައިން ބުނެލިއެވެ.

“ހެހެ.. އަހަރެން ކޮން ހަނދާނެއް ކުރަންވީ..؟ އެންމެ ފުރަތަމަ ވިޝާލް އެއް ނު ހަނދާން ކުރަންވީ އަހަރެން ކައިރީ ބުނި ވާހަކަތައް..” ފިރާ ވިޝާލް އަށް ބަލަމުން ބުނެލިއެވެ. “ހެހެ.. އަހަރެންތަ އަދިވެސް ހަނދާން ކުރަންވީ.. ފުރަތަމަ ފިރާ ހަނދާން ކޮށްބަލަ އަހަރެން ފިރާ ދޫކޮށްލި ސަބަބު..” ވިޝާލް އެއްމިޔަނަކުން ހިނިތުންވެލަމުން ބުނެލިއެވެ.

ވިޝާލް މިހެން ބުނުމުން ފިރާގެ މޫނުމަތި ބަނަވިއެވެ. ވަގުތުން ތުންދަމާލަމުން އެތަނުން ނިކުންނަން ދިޔައީ ވިޝާލްގެ އަނގައިން ނޭރުމުން ނެވެ. “ބަލަ ބަސް ހުސްވީތަ..؟” ދޮރުހުޅުވާފައި ނިކުންނަން މިސްރާބު ޖެހި ފިރާ އަށް އަޑު އިވޭވަރަށް ވިޝާލް ބުނެލިއެވެ. “ޔޫވިސް ރިގްރެޓް ދިސް ވިޝް ބޭބީ..” އެދެމީހުން ރައްޓެހިވެގެން އުޅުނު އިރު ފިރާ އާންމުކޮށް ކިޔާނަމުން ގޮވާލިއެވެ.

“ހައް.. ވިޝް ބޭބީ އޯ.. މައި ފުޓް..” ވިޝާލް މޫނަށް ފޫހި ޗައްތަރެއް ޖައްސަމުން ބުނެލިއެވެ. އެވަގުތުވީ ވިޝާލްގެ ފޯނަށް މީހަކު ގުޅަން ފެށުމުން ވިޝާލް ކަނާއަތު ޖީބުގައި އޮތް ފޯނު ނަގަމުން އެއަށް ބަލާލިއެވެ. ސްކްރީނަށް އަރާފައި އިން ނަން ފެނިފައި ވިޝާލްގެ ދެލޯ ދިއްލުނެވެ. ވަގުތު ބޭކާރު ނުކޮށް އަވަހަށް އެކޯލު ނެގިއެވެ.

***

އެރޭގައި ބާޒާރު ކުރަން ގޮސް ޕާރޓީ އަށް ބޭނުންވާނޭ ބައިވަރު ސާމާނު ގަތެވެ. އަދި ޒިލާގެ ހެދުން ފަހަން ރީތި ޑިސައިނެއް ބުނުމަށްފަހު މިންނަގައިގެން ޒިލާ ގެއަށް ލާން ދިޔައިރު އެގާރަޖަހަނީއެވެ. ބާޒާރުކޮށް ނިންމާލައިގެން ޑްރައިވަރަށް ގުޅާ ގެނެސް ކޮތަޅުތައް ފޮނުވާލާފައި އެމީހުން އެރީ ރެސްޓޯރެންޓްއަކަށެވެ.

ލައުރާ ކޮޓަރިއަށް ވަތް އިރު އެގާރަގަޑި ބައިވަނީ އެވެ. އަވަހަށް ފާހާނައަށް ވަދެ ތާޒާ ވެލައިގެން އައިސް އެނދުގައި އޮށޯތީ ނިދާށެވެ. މާދަމާ އަކީ ކޮލެޖައް ދާން ޖެހޭ ދުވަހެވެ. އޮށޯވެލިތަނުން އައި ނައި ތަނެއް ނޭނގި ލައުރާގެ ބޮލުގައި އެއްކަލަ ކުއްޖާގެ ޚިޔާލު ކޮއްޓާލިއެވެ.

އެދުވަހު އެކުއްޖާ ކޮށްލި ކޮންމެ ހަރާކާތެއް ލައުރާގެ ހިތުގައި ބިންވަޅު ނެގިފައި ހުއްޓެވެ. އޭނާ އެވާޙަކަ ޒިލާ ކައިރީވެސް ބުނެލިއެވެ. ޒިލާ ބުނި ހެއްވާ މަޖާ ވާހަކަ އަކުން ލައުރާ އަށް ހައިރާން ކަން ލިބުނެވެ. އޭނާ އަށް ނުވެސް ދަންނަ ކުޑަމިނުން ނަންވެސް ނޭނގޭ ޒުވާނެއްދެކެ ލޯބި ވެވުނީ ހެއްޔެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވުމަކީ އެއީ ހެއްޔެވެ.

ލައުރާ ދެފަރާތައް ބޯހޫރުވާލިއެވެ. ނޫނެކެވެ. އެހެން ވާނީ ކިހިނެތްހެއްޔެވެ. އިއްޔެ ބައްދަލްވި ޒުވާނަކާއި ދޭތެރޭގައި އެފަދަ ނަޒަރަކުން ދެކޭނީ ކިހިނެތް ހެއްޔެވެ. އެއީ ޒިލާ ބުނި އެއްޗަކަށް ނުވާނެއެވެ. ނަމަވެސް ކޮންމެ ފިރިހެން ކުއްޖެއް ފެނުމުން ނުވާ ގޮތްތަކެއް އެޒުވާނާ ފެނުމުން ލައުރާ ހައިރާން ވެސް ވެއެވެ.

ބައެއްފަހަރު ޒިލާ ބުނީ ތެދެކޭ ހިތަށް އަރާފަހަރުވެސް އާދެއެވެ. ނަމަވެސް ދެވަނަ ވިސްނުމަކަށް ނުގޮސް ލައުރާ ދެފަރާތައް ކޮންމެ ފަހަރަކުވެސް ބޯހޫރުވާލަނީ އެކަމާއި އެއްބަސް ނުވާން ވެގެނެވެ.

އެގޮތަށް ވިސްނުމުގައި ލައުރާ ވަރަށް ގިނައިރު އޮތެވެ. ނަމަވެސް ވެފައި ހުރި ވަރުބަލިކަމާއި ލޮޑުކަމާއެކު ލައުރާގެ ދެލޮލަށް ބަރުވެ ނިދީގެ އަރާމުކަމަށް ގެނބުނެވެ.

***

ކޮޓަރީގައި އިން ސޯފާ ގައި އޮތް ވިޝާލްގެ ނަޒަރު ހުރީ ކުރިމަތީގައި އަޅުވާފައި އިން ޓީވީ އަށެވެ. އޭގެއިން ދައްކަމުން ދިޔަ އިނގެރޭސި ފިލްމަކަށް ދެލޯ ހުއްޓިފައި ހުރިއިރު ޚިޔާލު ހުރީ މިއަދުގެ ފޯނު ކޯލާއި މެދުއެވެ.

***

“ވައަލައިކުމް ސަލާމް ސާހިލް.. ކިހިނެތްތަ ކަންތައްތައް..” ވިޝާލް އުފާވެލާފައި ބުނެލިއެވެ. “އަހަރެންވެސް ރަނގަޅޭ އަލްޙަމްދުލިއްﷲ.. އަހަރެން މިއަދު ކޮލެޖައް ނިކުންނަން ފެށީ.. ވަރަށް ބޮޑައް ޖަޒާކަﷲ ޚައިރަން ވިޝާލް އަށް އަހަރެންނަށް ދެއްވި ހިތްވަރުން..” އެޒުވާނާ ނުވަތަ ސާހިލް ބުނެލިއެވެ. އަޑުން ވެސް ސާހިލް ވިޝާލް އަށްވުރެ ހަގުވާނެކަން ގައިމެވެ.

“ހެހެ.. ބާރަކަﷲ.. ކޮބާ ފުރަތަމަ ދުވަސް ކިހިނެތްތަ..؟” ވިޝާލް ފިރާގެ މަތިން އެއްކޮށް ހަނދާން ނެތި ފޯނަށް އޭނާގެ ޝައުގު ހުއްޓުނެވެ. “އަހަރެން އިށިންދެގެން އިންނަން ޖެހުނީ އަންހެން ކުއްޖެއް ކައިރީ..” ސާހިލް ބުނެލި ގޮތުން ވިޝާލް ގެގާތައް ހިނި އަތުވިއެވެ.

“ރީތި އަންހެން ކުއްޖެއްތަ..؟” ވިޝާލް ދިމާ ކުރާރާގަކަށް ބުނެލިއެވެ. “ދެންންނ.. ހަޑި އެކޭ ނުބުނެވޭނެ ދޯ.. އާނ ރީތި އަންހެން ކުއްޖެއް..” ސާހިލް ވަރަށް ފާޑަކަށް ބުނެލިއެވެ. “ހާދަ ފާޑަކަށް.. ހިތް ކިއީތަ..؟” ވިޝާލް ދިމާ ކުރާ ރާގަކަށް ބުނެލިއެވެ.

“ދެން ވިޝާލްވެސް ދައްކާ ވާހަކަ.. ހިތެއް ނުކިޔާ.. އެކަމް އޭނަގައިގައި އަހަރެން ކަމުދާ ސިފަތަކެއް ހުރި.. އެކަމް އެންމެ މައްސަލައެއް.. ވިޝާލް އަށް އަބަދުވެސް އެނގޭނެ އަހަރެންނަކީ ދީނަށް ލޯބިކުރާ ދީނަށް އުޅޭ މީހެއްކަން.. އޭނާ ހުންނަނީ އިސްތަށިގަނޑު ފޮރުވާފައެއްނޫން.. އެކަމް އިސްތަށިގަނޑު އިސްތިހާރު ކުރަން ނެތް އެއްވެސް ކަމެއް ކޮށްފައެއް.. ހަމަ ވަރަށް ސިމްޕަލް..” ސާހިލް އޭނާ އަށް ފެންނަ ގޮތަކަށް ބުނެލިއެވެ.

“އެއީ ކޮންކުއްޖެއްތަ..؟” ވިޝާލް އަހާލިއެވެ.

“އަދި ނަމެއް ނޭނގެ.. އެކަމް ވިޝާލް ބުނަން.. އޭނާ އަހަރެންނާއި ދިމާ އަށް ވަރަށްބެލި.. އަހަރެން އިނީ ހަމަ އެތެރެއަށް ހިނިގަނޑު ހިފަހައްޓާލައިގެން…” ސާހިލް މަޖާވެލާފައި ބުނެލިއެވެ. “އޭ.. ސީރިއަސް ކޮށްތަ.. ސާހިލް ބުނަން.. ތީ ރަނގަޅު ފުރުސަތެއް.. އަހަރެންގެ ނަސޭހަތަކީ ކާމިޔާބުވޭތީ މަސްކަތް ކޮށްލަބަލާށޭ..” ވިޝާލް ހެޔޮއެދޭ ރަހުމަތް ތެރިއެއް ފަދައިން ބުނެލިއެވެ.

“ނޭނގޭނެ އެއްނު އޭނާގެ ބައިވެރިއެއް ނުހުންނަ ކަމެއް..؟” ސާހިލް އޭނާ އެންމެ ޖެހިލުންވާ ސުވާލު ކުރިއެވެ. “އިހަށް މަސައްކަތް ކޮށްލަބަލަ.. އޭރުންނެއްނު އެނގޭނީ..” ވިޝާލް ހިތްވަރު ދޭފަދައިން ބުނެލިއެވެ.

“ހުމްމް.. ތީރަނގަޅު ޚިޔާލެއް..” ސާހިލް އެއްބަސް ވަމުން ބުނެލިއެވެ. ސާހިލް އެގޭގެ ހުރިހާ އެންމެންނަށް ސަލާމް ބުނެފައި ފޯނު ކަނޑާލިއެވެ.

***

ވިޝާލް ޚިޔާލު ތަކުން ނިކުމެވުނެވެ. ސާހިލް އަކީ ވިޝާލް އާއި ދިމާވި ވަރަށް ފަޤީރު ކޮށް އުޅުނު ޒުވާނެކެވެ. ވިޝާލް އަށް ވުރެ ސާހިލް ދެއަހަރު ހަގެވެ. ސާހިލް އަކީ ވެސް ބިޒްނަސް އަށް ލޯބިކުރާ މީހަކަށް ވުމުން ވިޝާލް ސާހިލް ބޭނުންވާ ފުރުސަތު ފަހި ކޮށްދިނެވެ. ސާހިލް ކިޔަވަމުން ދަނީ ވިޝާލްގެ ޚަރަދުގައެވެ. ކޮންމެފަހަރަކު ސާހިލް އެފައިސާ އަނބުރާ ދައްކާނަމޭ ބުނެއެވެ. ނަމަވެސް އެނުދިނަސް ސާހިލް އަށް ރަނގަޅައް ކިޔެވިއްޖެއްޔާމުން ނިމުނީ އޭ ވިޝާލް ޖަވާބުގައި އަބަދުވެސް ބުނެއެވެ.

***

ހެނދުނު ލައުރާ ތެދުވެފައި ކޮލެޖައް ދާން ތައްޔާރު ވިއިރުވެސް ހަނދާން ވީ އެނުދަންނަ ޒުވާނާ މަތިންނެވެ. އެކަމާއި ލައުރާ ހިތްހަމަ ނުޖެހިފައި ހުރެ ތައްޔާރު ވެލައިގެން ސައިބޯން ކާކޮޓަރިއަށް ދިޔައެވެ. އެހެން ދުވަސް ދުވަހަށް ވުރެ މަޑުން އިނދެ ކާތަންފެނި ވަސީލްގެ އިތުރުން ވިޝާލް އާއި ލިއުޝާވެސް ހައިރާން ވިއެވެ. “ދަރިފުޅާ ހާދަ މަޑުން އިނދެ ތިކަނީ..” ވަސީލް އަހާލިއެވެ.

ބަދަލުގައި ލައުރާ އެއްވެސް އެއްޗެކޭ ނުބުނެ ހަމައެކަނި ހިނިތުންވެލިއެވެ. މަޑު މަޑުން އިނދެ ކައިނިންމާލައިފައި ކަޅުސައި ތަށިވެސް އެއްފަހަރުން ބޮއެ ހުސްކޮށްލިއެވެ. ވިޝާލް އަށް ހުރެވުނީ ކޮއްކޮގެ ތަފާތު މިޒާޖުން އަނގަނެގިފައެވެ. “މެއްސެއް ވަދެ ދާނެ..” ލައުރާ ދިމާ ކުރާ ރާގަކަށް މިހެން ބުނުމުން ވިޝާލް އަތައް ނެގި ފެންބޯތަށި ތުނބުގައި ޖައްސާލިއެވެ.

ލައުރާ ފޮތްދަބަސް ހަމަކޮށްގެން ނިކުތް އިރު ވިޝާލް ސައިކަލުގައި އިނެވެ. ލައުރާ ކޮލެޖައް ބޭލި އިރު އެތާގެ ގޭޓް ކައިރީގައި އިން ޒިލާފެނި އޭނާ އަށް ހިނިތުން ވެލާފައި ވިޝާލް ދިޔައެވެ. ޒިލާ އާއި ލައުރާ ގޮސް އެދެމީހުން ކުރިން ދުވަހުވެސް އިށިންދެލައިގެން އިން ބެންޗުގައި އިށިންދެލިއެވެ.

“ކޮބާ.. އަހަރެން ބުނީ ހަމަ ރަނގަޅަކަށްނު.. އަލަށް އައި ކުއްޖާ އަށް ހަމަ ރަނގަޅައްވެސް ހިތް ކިޔައިފި.. އެހެންނު..” ޒިލާ ލައުރާ އާއި ދިމާ ކޮށްލިއެވެ. “ދެން ޒިލްލް.. އަހަރެން ހިތެއް ނުކިޔައޭ..” ލައުރާ އަތުގައި އޮތް ފޮތަކުން ޒިލާގެ ގައިގައި ޖަހާލަމުން ބުނެލިއެވެ.

“ހެހެ.. ކިތަންމެ ނޫން ކަމަށް ހެދުނަސް ހެޔޮ.. ލައުގެ ތި މިޒާޖަކީ ކުރިން އަހަރެން ދުއް އެއްޗެއްނޫން.. އަހަރެން ބުނާނެހާވެސް ވާހަކަ އަކީ ލައު ތިއިހުސާސް ތަކަށް ކިތަންމެ ވަރަކަށް ފިލަން ދުވިއަސް އެއީ ނެތް އިހުސާސް ތަކަ ކަށް ނުވާނެ.. މިއަދު ނޫނީ މާދަން އެއާއި ފޭސްކޮށް އެއްބަސް ވާންޖެހޭނެ..” ޒިލާ ސީރިއަސް ވެލިއެވެ.

“ހުމްމް.. ދެން އަހަރެން ބުނަންވީ.. އޯ.. މަގޭ ހިތް އޭނާ އަށް އެދެން ފަށައިފި.. އައި ލަވް ދެޓް އަންނައުން ގާއި..” ލައުރާ ބުނެލިއެވެ. “ހެހެ.. ލައު ކިތަންމެ ނުވިއަސް ހެޔޮ.. ޔޫ ވިލް ލަވް ސަމްޑޭ.. އެނީވޭ.. އަހަރެން މިދަނީ ކްލާހަށް..” ޒިލާ ތެދުވަމުން ބުނެލިއެވެ.

ލައުރާވެސް ގޮސް ކުލާހަށް ވަނެވެ. އޭނާ ކުރިން ވެސް އިން ގޮނޑީގައި އިށީންދެލިއެވެ. އިރުއިރު ކޮޅަކާއި ކުލާހަށް ވަންނަ ދޮރާއި ދިމާ އަށް ބަލާލަނީ ކުލާހަށް އެޒުވާނާ ވަދެގެން އާދޭތޯއެވެ. “ހެހެ.. އެމް އައި ކްރޭޒީ.. ކީއްވެ އޭނާ އާދޭތޯ ނޫނީ ނާދޭ ތޯ އަހަރެން ބަލަންވީ..” ލައުރާ އޭނާގެ އަމިއްލަ ނަފްސައް މަލާމާތް ކޮށްލިއެވެ.

ލައުރާ މިކަހަލަ ޚިޔާލުތަކެއް ގައި ހުއްޓާ އެޒުވާނާ ވަދެގެން އައެވެ. އައިސް ހަމަ ލައުރާކައިރީގައި އިށިން ދެލިއެވެ. “ހައި އައިމް ސާހިލް..”

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ހިތި ލޯބި

Next

ހިތި ނިމުން 1

Next
October 1, 2020

ހިތި ނިމުން 1

Previews
October 1, 2020

ހިތި ލޯބި

38 Comments!

  1. A aaR says:
    October 1, 2020 at 11:09 pm

    🙂 here is the 4th prt.. hope u would love it.. stay safe..

  2. ?Ril? says:
    October 1, 2020 at 11:30 pm

    Wow vrh sali mi part ves
    Masha Allah
    Firaa ragalahvss agabanduvehje dhw heheeh
    Saahil aa Laura is so cute
    Btw waiting for the next part
    Love uuuuu❤️?
    Stay safe❤️?

    1. A aaR says:
      October 5, 2020 at 6:06 pm

      Jazaakallah khairan Ril.. lyt

  3. Blink says:
    October 2, 2020 at 12:40 am

    This story is the best I think

    1. A aaR says:
      October 5, 2020 at 6:07 pm

      Jazaakallah khairan Blink

  4. Maany says:
    October 2, 2020 at 5:56 am

    Wow mi part vx varah reethi masha Allah
    Keep it up sis
    Waiting for the next
    Luv u

    1. A aaR says:
      October 5, 2020 at 6:08 pm

      Jazaakallah khairan Maany.. lyt

  5. Nuzu says:
    October 2, 2020 at 10:13 am

    ?Wow? varah sahi mi part ves
    Masha Allah ????

    1. A aaR says:
      October 5, 2020 at 6:08 pm

      Jazaakallah khairan Nuzu

  6. Army forever says:
    October 2, 2020 at 11:12 am

    Masha Allah vrh reethi mi part vex

    1. A aaR says:
      October 5, 2020 at 6:09 pm

      Jazaakallah khairan Army Forever

  7. Lisa says:
    October 2, 2020 at 11:17 am

    Masha Allah varah reethi mi pertves.thankolhe avahah 5 vana part nereythi.?????

    1. A aaR says:
      October 5, 2020 at 6:10 pm

      Jazaakallah khairan lisa

  8. Jennie says:
    October 2, 2020 at 11:21 am

    Wow .varah reethi mi part.♥️♥️????
    Next part avahah ap Kolathi???

    1. A aaR says:
      October 5, 2020 at 6:11 pm

      Jazaakallah khairan Jennie

  9. TaeKook says:
    October 2, 2020 at 11:22 am

    Woww … vrh Salhi mi part vex… 5 vana part avahah up kohlaathi.

    1. A aaR says:
      October 5, 2020 at 6:11 pm

      Jazaakallah khairan taekook

  10. Shau says:
    October 2, 2020 at 11:23 am

    Ok

    1. A aaR says:
      October 5, 2020 at 6:12 pm

      Jazaakallah khairan shau

  11. Hater says:
    October 2, 2020 at 11:26 am

    Varah hadhi abadhu thi BTS meehunge photo many.???

    1. A aaR says:
      October 5, 2020 at 6:12 pm

      🙂

  12. Lisa says:
    October 2, 2020 at 11:29 am

    Photo ahthr balnjehenii.vaahaka reethi thw balaani.

  13. Hater says:
    October 2, 2020 at 11:32 am

    Lisa ah the egenii aharen bunan vaa ehcheh???

  14. ?ރޯސް says:
    October 2, 2020 at 12:08 pm

    ,,ލައުރާ އާއި ސާހިލް ގުޅުވާލާ??????⁦❤️⁩އަދި ޒިލާ އާއި ވިޝާލް ގެ ރޮމް ބަޔަކަށް އިންތިޒާރުކުރެވޭ

    1. A aaR says:
      October 5, 2020 at 6:13 pm

      Jazaakallah khairan Rose

  15. ?KIMTAETAE-JEONKOOKIE? says:
    October 2, 2020 at 3:52 pm

    vvv reethi?
    when next

    1. A aaR says:
      October 5, 2020 at 6:17 pm

      Jazaakallah khairan kimtaetae jeonkookie

  16. Aalif...xl....brake heart??? says:
    October 2, 2020 at 8:51 pm

    Vrh salhi..mi part vesss

    1. ? LALISA ? says:
      October 3, 2020 at 7:15 pm

      Dhw

    2. A aaR says:
      October 5, 2020 at 6:13 pm

      Jazaakallah khairan Aalif xl brake heart

  17. ❤shyn❤ says:
    October 3, 2020 at 10:00 am

    V.reethi mi prt ves??????????????????curiously waiting for the nxt prt ?????????stay safe ?????????????lysm???????????????????????????

    1. A aaR says:
      October 5, 2020 at 6:14 pm

      Jazaakallah khairan shyn

  18. ? LALISA ? says:
    October 3, 2020 at 7:14 pm

    Wow

    1. A aaR says:
      October 5, 2020 at 6:15 pm

      Jazaakallah khairan lalisa

  19. Anonymous says:
    October 4, 2020 at 9:49 pm

    V v v salhi masha allah
    Tc A aaR
    Stay safe❤❤

    1. A aaR says:
      October 5, 2020 at 6:15 pm

      Jazaakallah khairan Anonymous

  20. Shaima shaee says:
    October 5, 2020 at 8:47 am

    Vrrrr Reethi mipartves waiting for the next part…….???????????????tc
    Stay safe

    1. A aaR says:
      October 5, 2020 at 6:16 pm

      Jazaakallah khairan shaima shaee

Comments are closed.

Next Episodeލޯބިވާވަރު އަންގަދޭހިތްވޭ 5←


All Right Reserved!