Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ހިތި ނިމުން 2

kudhoo Level 310 Stories100 Comments
October 5, 2020 4 Mins Read
13 Comments

މަސްވިއްކާ ނިމުމުން ބައްޕަ އަހަރެންނަށް ގޮވާފައި ބަރޯ ހިފައިގެން ކައިރިއަށް އައުމަށް ބުންޏެވެ. އަބަދުވެސް ބަރޯގައި މަސް ގެއަށް ގެންދާނީ ބައްޕައެވެ. ” ދަރިފުޅާ! ސައިބޯގެންތަ ބައްޕަ ހޯދަން ތިއައީ؟..” ބައްޕަ އަހާލިއެވެ. އެއީ ބައްޕަ އަބަދުވެސް ރަށަށް ފައިބާ އެންމެ ފުރަތަމަ ވެސް ކުރާނެ ސުވާލެވެ. މަންމަޔާ އަހަރެން ކައިގެން ހުރިތޯ ނުވަތަ ސައިބޮއިގެން ހުރިތޯއެވެ. ” އާނ! ފުރަތަމަ ފަތިސްނަމާދު ކޮށްލައިގެން މަންމަ ދިން ކަޅު ސައި ތައްޓެއް ބޮއިލައިގެން.. ދެން ހެނދުނު މަންމަ ހުރި ވަރަށް މީރުކޮށް މަސްހުންޏާ ރޮއްޓާ ކަޅުސައި ހަދާފަ .. އެހެންވެ ވަރަށް މީރުކޮށް ސައިބޮއިލާގެން މިހުރީ..” އަހަރެން ބުނީމެވެ.

*********************************************************

” ހަލީލް، ނަފީސާގެ ހާލު ރަގަޅުތަ؟.. ބޮޑަށް ތިބި ދެބެއިންވެސް ރަގަޅުތަ؟..” މަންމައަކީ ދުވަސްކޮށްފައި ރައްޓެއްސަކު ފެނިއްޖެނަމަ ވަރަށް ސުވާލު ގިނަ މީހެކެވެ. ” އާނ! އެންމެންވެސް ރަގަޅު.. އެންމެ ބޮޑު މީހާ އަޒުމް ވީ މިހާރު ރާއްޖެއިން ބޭރުގަ…އެހެންވެ ވަރަށް ޚަބަރެއް ނުވޭ.. ދެން ހުރި އަމާން ވީ މާލޭގަ.. ކިޔަވަން ދިޔައީ..އެކަމަކު ކިޔަވަކިޔަވާ ހުރެފަ ހުއްޓައިލައިފި… މިހާރު ކިޔަނީ މީހަކާ އިންނަން އުޅޭވާހަކަ..އެކަމަކު އެއީ އަވަސް މުސްތަޤުބަލުގައި އޮތް ކަމެއްހެން ހިޔެއް ނުވޭ..” ހަލީލް ކިޔައިދިނެވެ. ” ދެން މިހާރު ރަށުގައި ކުރަމުން ތިއަންނަ ވަޑާމުގެ މަސައްކަތް ކިހިނެއްތަ؟..” އަނެއްކާވެސް މަންމަ އަހާލިއެވެ. ” އެމަސައްކަތްވެސް ރަގަޅު.. ވަރަށް ފައިދާވެސް ޖެހޭ.. މިހާރު އަމިއްލައަށް ހުރިހާ ކަމެއް ކުރަން ވީމަ ތަންކޮޅެއް ބުރަކަމުން ދޭއްތައް ކުދިން އެތަނަށް ވައްދައިގެން މިއުޅެނީ… ސްކޫލް ދައުރު ނިންމިޔަސް ރަށުން އެ ކުދިންނަށް ރަގަޅު ވަޒީފާއެއްވެސް ލިބޭނީ ހާލަކުން ފަހަރަކު ވިއްޔާ… އެގޮތަށް ކުޑައެތިކޮޅެއް ދިނަސް މަސައްކަތް ކޮށްލަން އަންނާނެއެއްނޫ..” ހަލީލް ބުންޏެވެ.

ގެއާ ހަމައަށް އާދެވުނު އިރުވެސް މަންމަގެ ވާހަކަތައް ހުހެއް ނުވެއެވެ. ހީވަނީ ފަހުން ދައްކާނެ ވާހަކައެއް ނުބަހައްޓާ ހުސްކޮށްލަނީހެންނެވެ. އެކަމަކު އެއީ އަހަރެންނަށް ހީވާ ގޮތެވެ. އަހަރެންގެ މަންމަޔަކީ މީހުންނާ ގުޅޭ ވަރަށް ރަގަޅު މީހެކެވެ. ޚާއްސަކޮށް އެކުވެރިންނާ މަންމަ އަބަދުވެސް ވަރަށް ބޮޑަށް ގުޅުން ބާއްވާނެއެވެ. ” ދަރިފުޅާ ދޭ ހަލީލްބެމެންގެ ސާމާންތައް ކޮޓަރިއަށް ވައްދަން..” ބައްޕަ އަހަރެން ކައިރީ ބުންޏެވެ. ” ހަލީލް އާދޭ އިހަށް ސައިފޮދެއް ބޯލަން… ލައްކަ ގިނައިރު ވެއްޖެއެއްނު އެއްޗެއް ނުކާތާ…. މި މަންޖެވެސް މިހުރީ ދޯނި މަތިން އެއްޗެއް ދިނީމަވެސް ނުކާ…އަވަހަށް އާދޭ..” ވަލީދު ހަލީލް ކައިރީ އެހެން ބުނެ ބަދިގެއަށް ވަނެވެ.

އަހަރެން އެއްޗެހިތައް ކޮޓަރިއަށް ވައްދައިފައި އައިރު ކުޑަކުޑަ ބަދިގޭގެ ދިގަށް ބަހައްޓާފައި ހުރި މޭޒު ދޮށުގައި އެންމެން އިށީދެގެން ސަޔަށް އިންސާފުކުރަން ތިއްބެވެ. އަހަރެން ހެނދުނު ސައިބޮއިގެން ހުރީތީ އިތުރަށް ބަނޑުފައި ނުވާތީ ފިލާވަޅު ހަދަން ކަމަށް ބުނެ ވަނީ އެތެރެއަށެވެ. އަހަރެން ފިލާވަޅު ހަދަން ބޭނުން ވިޔަސް އެކަމެއް ވާގޮތެއް ނުވިއެވެ. ލޮލު ކުރިމަތިން ސިފަވަނީ އަމްނާއެވެ. ހިޔާލުތައް ސިނކުޑިއަށް ގިނަކަމުން އަހަރެންނަށް މަސައްކަތް ހެދުނީވެސް ވަރަށް އުނދަގުލުންނެވެ. ހިސާބު މަސައްކަތަކަށް ވާއިރު ރަގަޅަށް ހެދުނު ކަމެއްވެސް ނޭނގެއެވެ. އިތުރަށް ރަގަޅުތޯ ބަލަންވެސް ނަހަދާ މެންދުރު ސްކޫލަށް ދާންވާއިރަށް ޓޭބަލަށް ފޮތްހަމަކޮށް ދަބަހަށް އަޅާލީމެވެ.

ކައިނިމިގެން ދެބަފައިން ހުންނަން ހަމަޖެއްސި ކޮޓަރި ދެއްކުމަށް މޫނިސާ އެތެރެއަށް ވަނެވެ. އަމްނާ ބޭނުންވީ ވެފައި ހުރި ވަރުބަލިކަމުގައި އަވަހަށް ޖައްސައިލުމަށެވެ. އަމްނާ ޖައްސައިލުމުން ހަލީލް ނިކުތީ ބޭރަށެވެ. ” ހަލީލް މީ ދެން އަހަރެންނާ ބެހޭ ކަމެއްވެސް ނޫން.. އެކަމަކު އަނގަގަދަ ކަމުން މިހެންވެސް ނުކިޔާ ނުހުރެވިގެން..” މޫނިސާ ވާހަކަ ދައްކަމުން ދިޔައެވެ. ” މޫނިސާއަށް ނުދެއްކޭނެ ވާހަކައެއް ނޯންނާނެ..ކޮންވާހަކައެއްތަ؟..” ހަލީލް އަހާލިއެވެ. ” އަމްނާ އެއީ މިހާރު ބޮޑު ކުއްޖެއްނޫންތަ.. އޭނަ އެހާކުރު އެއްޗިހި ލައްވާ ބުރުގާ ނާޅާ ހުންނާތީ.. އަންހެން ކުދިން އެކުދިންގެ އައުރަ ނިވާ ކުރާ އުމުރަށް އެޅުމުން އަހަރެމެން މައިން ބަފައިންގެ ވާޖިބެއްނޫންތަ.. ވީވަރަކުން އެދަރިން އައުރަ ނިވާ ކުރުވުން..” މޫނިސާ ބުންޏެވެ. ” ތިކަން އެނގޭ.. އަހަރެން ހޯދައިދެން..އެކަމަކު ދެން އެއީ ނަފީސާގެ ކަމެއް ނޫންތަ.. ނަފީސާ ބުނޭ..އެކަމަކު އަމްނާއަކީ ވަރަށް ގޮތްދޫނުކުރާ ކުއްޖެއް.. އެލާ އެއްޗިހި ނޫން އެހެން އެއްޗެއް ކަމަކު ނުދާނެ..އަހަރެން ވަރަށް ދަރިންގެ ކަންތައްތަކާ ނުބެހެން.. ފާޑު ކިޔާވެސް ނޫޅެން .” ހަލީލް ބުންޏެވެ.

” އެއީ މަންމަގެ އެކަނި ޒިންމާއެއް ނޫނޭ..ހަލީލް އަދި ހޯދައިދިނުމުން ނިމުނީއެއް ނޫނޭ… ބުނަންވެސް ޖެހޭނެ.. މަޖުބޫރުންވެސް ކުރުވަން ޖެހޭނެ..އެއީ އަހަރެމެން މައިންބަފައިންގެ ޒިންމާއެއް ނޫންތަ؟..” މޫނިސާ ބުންޏެވެ. ގެއިން ނިކުންނައިރު ބޭރު ދޮރު ކައިރީ އެއްފަރާތަކަށް ވާގޮތަށް ހަދާފައިވާ އަށީގައި މަންމަ ހުރިއިރު ހަލީލްބެ ހުރީ ޖޯލީގައި އިށީދެގެނެވެ. އޮލަ ވާހަކައެއްގައި ތިބި މޫނިސާއާ ހަލީލް ފެނުމުން ވަލީދު ވާހަކަ ދެއްކިއެވެ. ” ހާދަ އޮލަ ވާހަކައެއްގަ..” ވަލީދު ބުންޏެވެ. އާނ!.. ބުޅާ މަސްކޮޅު ގެންގޮސްފާނެތީ މިތާގަ ވާހަކަ ދައްކަން މިތިބީ.. ހިނގާ އަވަހަށް މަސްކަނޑައި ދޭން..” މޫނިސާ ބުންޏެވެ. ވަލީދު މަސްކަނޑަން ފެށުމުން މޫނިސާ ތެއްޔަށް ފެންއަޅާ އުނދުންމައްޗަށް އުދާލިއެވެ. އެއަށްފަހު ދަރުތައް ރޯކޮށްފައި ވަލީދު މަސްކަނޑާ ތަނުގެ ކައިރިއަށް ދިޔައެވެ.

” މޫނިސާ! ސަމީރު ސްކޫލަށް ދާގަޑި ނުޖެހޭތަ؟.. ” ވަލީދު އަހާލިއެވެ. ” ނޫން.. މިހާރު ގާތްވެދާނެ..އަހަރެން ނުބުންޏަސް އޭނަ ތައްޔާރުވާނެ.. މިސްކިތައް ދާން އެއްކޮށް އޭނަ ތައްޔާރުވާނީ.. ސްކޫލަށް ދާ މަގުމަތީ ނަމާދު ކޮށްލައިގެން ދާނީ..” މޫނިސާ ބުންޏެވެ. ” އަހަރެން ވަރަށް ހިތްހަމަޖެހޭ މޫނިސާ އެސޮރު ތަރުބިއްޔަތު ކުރާގޮތަށް..” ހިނިތުން ވުމަކާއެކު ވަލީދު ބުންޏެވެ. ” ކޯއްޗެއްތަ މެންދުރަށް ކައްކަނީ..” ވަލީދު އަހާލިއެވެ. ” ރަށަށް އަންނަކަން އެނގުމުން އިއްޔެ އޮޅަށް ގޮސް އަލަ ކަނޑާފައިނީ..  އަލަކޮޅު މިލުވާފަ ހުރީ… ޚަލީލް ވެސް އަންނަ ވާހަކަ ބުނެފަ ހުރީމަ އެހާ ވަރަކުން ދިޔައީވެސް.. މިދުވަސްކޮޅު ވާރޭ ވެހިފަ އޮޅުގަވެސް ބޮޑު ފެންގަނޑު..” މޫނިސާ ބުންޏެވެ. ” ދެން ބަތް ކޮޅެއްވެސް ކައްކާލަން ވާނެއެއްނު.. ސަމީރު އަލަ ނުކާ ވިއްޔާ.. އަނެއްކޮޅުން ހަލީލްގެ ދަރިވެސް ކާނެ ކަމެއް ނޭނގެ..” ވަލީދު ބުންޏެވެ. ” އެކުދިންނަށް ވަކިން މަސްރިހަ އާ ބަތާ ކައްކާނީ..” މޫނިސާ ބުންޏެވެ.

އަހަރެން ކޮޓަރިން ނިކުތީ ސްކޫލަށް ދިޔުމުގެ ކުރިން ކާލުމަށެވެ. ބަދިގެ ހުންނަނީ ގެއާވަކިން ކަމުން އަހަރެން ބަދިގެއަށް ވަނުމަށްޓަކައި ބޭރަށް ނިކުތީމެވެ. އޭރު އަމްނާ ފޭރުގަހުގައި އެލުވާފައި އޮތް އުނދޯއްޔެއްގައި އޮށޯވެލައިގެން އޮތެވެ. އޭނަގެ ރާޅުބާނި އިސްތަށިގަނޑު ވަނީ ބިއްދޮށަށް ވާގޮތަށް އަށްސާލެވިފައެވެ. ލާގެން ހުރި ފަލަ ހަރުވާޅާ ކުރު ޓޮޕްކޮޅު އަމްނާއާ ވަރަށް ގުޅެއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަހަރެން އަމްނާއާ ވާހަކަ ދައްކާ ހިތްވިއެވެ. ނޭނގުމެއްތެރޭ އަމްނާ ހުރި ދިމާލަށް އަހަރެންގެ ފިޔަވަޅުތައް ނެގެން ފެށުނެވެ. އަހަރެންގެ ފިޔަވަޅުތައް ހުއްޓުނީ އަމްނާގެ ފުރަގަހުން އުނދޯލި ހެއްލާލީމަ ނުޖެހޭ ހިސާބުގައެވެ. މީހަކު ހުރިހެން ހީވެގެން އަމްނާ އެބުރި ބަލާލިއެވެ. އަހަރެންނަށް އަމްނާގެ އެ ފުރިހަމަ ކަމަށް ބަލަން ހުރެވުނީއެވެ.

” ކިހިނެއްވީ ތިހާވަރަށް ތި ބަލަނީ؟..” އަމްނާގެ ލޯބި އަޑުން އަހާލިއެވެ. އަހަރެންނަށް ހީވަމުން އައީ އަހަރެން މިއުޅެނީ ހުވަފެނެއްގައި ހެންނެވެ. ” އަމްނާއަކަށް ނޫންތަ..” އަހަރެން ބުނެލީމެވެ. އަމްނާ ރަކިވާ ގޮތް ވިއެވެ. މޫނުމައްޗަށް އަރަމުން ދިޔަ ކުލަތަކުން އެކަން ކިތަންމެ ރީއްޗަށް ފެންނަން ހުއްޓެވެ. އަހަރެން ފޭރުގަސްދޮށުގައި އޮތް ގަލެއްގެ މަތީ އިށީނީމެވެ. ” އަމްނާ ކޮން ގްރޭޑެއްގަތަ އުޅެނީ ؟ އަހަރެން މިއަހަރު މިއުޅެނީ އަށެއްގަ..” އަހަރެން ބުނެލީމެވެ. ” ހަތެއްގަ.. މި ރަށް ވަރަށް ރީތި ދޯ؟.. ގެއަށް އާ މަގުމަތީ ފެނުނު ތަންތަނުން ވަރަށް ރީތި ކަމަށް ފެންނަނީ..” އެކުވެރި ރާގެއްގައި އަމްނާ ބުންޏެވެ. އާނ! ވަރަށް ރީތި ވާނެ… މަންމަ ކައިރީ ބުނެބާ ރަށް ބަލާލަން ދާން.. އަހަރެން މިހާރު ސްކޫލަށް ދާ ގަޑި ޖެހިއްޖެ…އެހެންވެ މިދަނީ ކާން..” އަހަރެން އަމްނާ ގޮވައިގެން ރަށުތެރެ ދައްކާލަން ދާން ބޭނުންވިއެވެ. ނަމަވެސް އެއީ މަންމަމެން ރުހޭނެ ކަމެއް ނޫންކަން އެނގޭތީ އަހަރެން އެހެން ބުނުމަށްފަހު ތެދުވީމެވެ. ” އެއްދުވަހަށް ސްކޫލް ކެންސަލް ކޮށް ނުލެވޭނެތަ؟.. އަހަރެންނާއެކު ރަށުތެރެ ބަލާލަން ދާން..” އަމްނާ ބުންޏެވެ. ” ސްކޫލް ކެންސަލް ކޮށްލީމަ ވަރަށް ގިނަ ފިލާވަޅުތައް ގެއްލޭނެ… މަންމަ އާއެއްކޮށް ދިޔާމަ ގިނަ ތަންތަން ފެންނާނެ..” އަހަރެން ބުނެލީމެވެ. އަހރެން ބަދިގެއަށް ވަންނަން ދާން ފެށުމުން އަމްނާވެސް އަހަރެންގެ ފަހަތުން ބަދިގެއަށް ވަންނަން އައެވެ.

” ދަރިފުޅާ ހާދަ ލަހަކުން.. މިހާރު ބަންގި ދޭ ގަޑިވެސް ގާތްވެއްޖެ..” މަންމަ ބުންޏެވެ. މަންމަ ހުރީ މޭޒު މައްޗަށް ކާއެއްޗިހި ހޯދައިގެން ތައްޔާރުކޮށްފައެވެ. ” އަހަނ! އަމްނާވެސް ވަރަށް ބަނޑުހައި ވެއްޖެ ދޯ؟.. އަވަހަށް އާދޭ ކާން” މަންމަ އަމްނާ ކައިރީވެސް ކާން އައުމަށް ބުންޏެވެ. އަމްނާ އިށީނީ އަހަރެންގެ ކުރިމަތީ މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައެވެ. މަންމަ އަހަރެމެން ދެމީހުންނަށް ފެންތައްޓެއް އެޅުމަށް މޭޒުގެ އަމްނާއާ ވީފަރާތު ހުރި ގޮނޑިއެއްގައި އިށީނެވެ. ” އަމްނާ ތިއުމުރަށް ދާ ގިނަ ކުދިން މިހާރު ތިބެނީ ބުރުގާ އަޅައިގެން… ދަރިފުޅު ބުރުގާ އަޅާކަށް ނުވޭތަ؟..” މަންމަ އަމްނާއާ ވާހަކަ ދައްކަން ފެއްޓިއެވެ. މަންމަޔަށް ނުފެނުނަސް އަމްނާގެ މޫނު މައްޗަށް އެރި ކުލަވަރު އަހަރެންނަށް ފެނުނެވެ. އަމްނާއަށް އަހަރެން ބަލައިގެން ހުރިކަން އެނގުމުން އަވަހަށް އޭނަގެ މޫނު މަތި ރީތި ކުރިއެވެ. ” ދައްތާ.. މިހާ ހޫނުއިރު ވަރަށް ދާހިއްލާ… ދެން ގައިގަ ދުވާނީ ކުނިވަސް… އަނެއްކޮޅުން މާގިނައިން ދާހިއްލަންޏާ ގައިން ބިހިވެސް ނަގާ..” އަމްނާ ހިނިތުންވުމަކާއެކު މަންމައަށް ބަލާލަމުން ބުންޏެވެ. ” އަންހެން ކުދިން އައުރަ ނިވައި ނުކޮށް އުޅެންޏާ މިއަށް ވުރެން ހޫނު ދުވަހަކާ ކުރިމަތިލާން ޖެހޭނެ.. އަމްނާ ތި ވިސްނުން ބަދަލުކޮށްލާ… ބުރުގާ އެޅިޔަސް މިހާރުވެސް ވާ ހޫނެއް ވާނީ… ދައްތަމެންވެސް ބުރުގާ އަޅައިގެން އުޅޭތާ ކިތައް އަހަރު..” މަންމަ ބުންޏެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ލޯބީގެ ހައްގުގައި 20

Next

ފިޔަފަތް 29 ( ފަހު ބައި )

Next
October 5, 2020

ފިޔަފަތް 29 ( ފަހު ބައި )

Previews
October 4, 2020

ލޯބީގެ ހައްގުގައި 20

13 Comments!

  1. kudhoo says:
    October 5, 2020 at 7:15 am

    Kudhoo ge vaahaka ah inthizaaru kuraa kudhin… miothee vaahakaige dhevana bai… kiyaalaafa coment kollaathi…
    ??kudhooge vaahaka kiyaa kiyun therin dhevvaa ehbaaru lumah varah bodah shukuriyya??

  2. Esfiya.com says:
    October 5, 2020 at 9:42 am

    Salhi

    1. kudhoo says:
      October 5, 2020 at 10:46 am

      Thank you

  3. Ram says:
    October 5, 2020 at 12:35 pm

    Maasha allah vvvv reethi mibai ves ??????

    1. kudhoo says:
      October 5, 2020 at 12:47 pm

      ?? Thank you Ram??

  4. Thiththaa?????? says:
    October 5, 2020 at 7:27 pm

    Maasha allah kudhu mi baives varah reethi???❤️❤️❤️

    1. kudhoo says:
      October 5, 2020 at 7:54 pm

      ?? Thank you Thiththaaa??

  5. Aanaa says:
    October 5, 2020 at 9:52 pm

    Vv reethi mi part vs…

    1. kudhoo says:
      October 5, 2020 at 11:02 pm

      ??THANK YOU Aanaa ??

  6. Aishath Lam'aa Fuad says:
    October 6, 2020 at 12:01 pm

    Kudhooge age kihaavareh LAM ge 12 years old. Born on 11th April 2008. When is your birthday.
    By the way varah reethi

    1. kudhoo says:
      October 6, 2020 at 6:13 pm

      ?? Thank you… sorry nu…??

  7. ✨Naako✨ says:
    October 6, 2020 at 9:08 pm

    Vrh reethi mi part ves…..

    1. kudhoo says:
      October 6, 2020 at 10:13 pm

      ??Thank you Naako??

Comments are closed.

Next Episodeހިތި ނިމުން 3←


All Right Reserved!