Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އެސިއްރު……….. އެއް ވަނަ ބައި

maie Level 1
April 23, 2013 2 Mins Read
2 Comments

” ހޭ ބޭބް ސޮރީ، މާބޮޑަށްވެސް ލަސްވެއްޖެދޯ؟ އަސްލު މާވިން އަންގާވެސްނުލާ ކާރު ގެންދިޔައީ” ފިޒާން އެއްނޭވާއަކުން ހުރިހާ އެއްޗެއްކިޔާ ނިންމާލިއެވެ. މާއީ އޭރުވެސް އިނީ ފިޒާނަށް ފުރަގަސްދީގެންނެވެ. މާއީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިންހަމަ ­­­ނުޖެހިފައިކިން ފިޒާނަށް އެގުނެވެ. އެންމެފަހުން ފިޒާންގޮސް މާއީ އިށީދެގެން އިން ބެންޗު ކައިރީގައި މާއީގެ ކުރިމައްޗަށް ވާގޮތަށްއިށީނެވެ. ކައިރީގައިން ބޮކިދަނޑީގެ އަލިން މާއީގެ މޫނަށް އަލިއެޅިފައިވާއިރު ހީވަނީ ސާދިވިލޭރޭ ހަނދު ފާޅުވެފައި ހުރިހެންނެވެ. ފިޒާންއަށް ކަޅިޖަހާނުލާ އެރީތިދޮންމޫނަށް ބަލަން ހުރެވުނެވެ. އެރީތި މަޑުމުށިކުލައިގެ ލޮލަށް ނަޒަރު ހިންގާލައިފިނަމަ އޭގެތެރެއަށް ގެނބިގެން ނުދާނޭ ހަމައެންމެ ޒުވާނެއްވެސް ނުހުންނާނޭކަން ކަށަވަރެވެ.ފިޒާންއަށް މަޑު އާހް އަކާއެކު ވާއުއޭ ބުނެލެވުނީ ބޭ އިޚްތިޔާރުގައެވެ. އެއަޑާއެކު މާއީގެ އެތުނިތުނި ރަތް ތުންފަތާ ކުޅެލީ މަޑު ހިނިތުންވުމެކެވެ. “އެކަމަކުވެސް ފިޒް ބަލާބަ މިހާރު އެމޫވީ ނިމެން އުޅެނީ” މާއީ ތުންފަތަށް ގޮތެއް ހަދާލާފަ އެހެން ބުނުމުން ފިޒާންގެ ގާތަށް ހިނިއައެވެ. “ދެން އެހެން ރެއަކުން ދޯ ދާނީ މޫވީއަށް، ހިނގާ ގެއަށް ދާން ޝަހީ މޯމް މަށަށްދޭން ވަރަށް މީރުކޮށް ޑިނާ ތައްޔާރުކޮށްފަ ހުރި ވާހަކަބުނި” ފިޒާން އާއި މާއީ ޕާކުންނިކުމެގެން މާއީގެ ގެޔާދިމާލަށް މިސްރާބު ޖެހިއެވެ.

މާއީ އާއި ފިޒާން ލޯބީބެ ގޮތުން ގުޅިގެން އުޅޭތާން މިހާރު އެން އަހަރަށް ވުރެން ގިނަ ދުވަސް ވެދާނެއެވެ. ފިޒާންގެ އުމުރުން އެންްމެ ނުވަ އަހަރުގައި ކެނެޑާއަށް އޭނާގެ އާއިލާގެ ދިރިއުޅުން ބަދަލުކުރި އިރުވެސް މާއީގެ އާއިލާ ދަނީ އެތަނުގައި ދިރިއުޅެމުންނެވެ.އޭރުއްސުރެ ދެއާއިލާގެ ދެމެދުގައި ވަނީ ވަރަށް ގާތްގުޅުމެއް އުފެދިފައެވެ. އަދި ފިޒާން އާއި މާއީ ލޯބީގެ ގޮތުން ގުޅުން ވެގެން ދިޔައީ މިދެ އާއިލާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުވި ކަމަކަށެވެ.

މާއީއާއި ފިޒާނަށް ގެއަށް އާދެވުނުއިރު ޝަހީމާ އިނީ ކާމޭޒުމަތި ތައްޔާރުކުރާށެވެ. ތަފާތުއެކި ވައްތަރުގެ ކާތަކެތިން މޭޒުމަތިވަނީ ޖަރީކޮށްފައެވެ. ފިޒާން އާއި މާއީ ފެނުމުން ފުރަތަމަ ވާހަކަ ދެއްކީ ނަދީމެވެ.” އަހަ! ދަރިފުޅުމެން ހާދަ އަވަހަކަށް ތިއައީ، ބައްޕަ ހީކުރީ ތަންކޮޅެއް ލަހުން ކަމަށް އާދެވޭނީ.”

“މާވިންގެ ކަަންތަކާހުރެ މޫވީ މިސްވީ” ނަދީމްގެ ސުވާލަށް ޖަވާބުދިނީ ފިޒާންއެވެ. “ދަރިފުޅުމެން އާދޭ އަވަހަށް ކާން” ޝަހީމާގެ އަޑާއެކު އެންމެން ކާމޭޒު ދޮށާދިމާލަށް ދިޔައެވެ. ކާމޭޒުދޮށުގައި ހަތަރު މީހުން ކާތަކެއްޗަށް އިންސާފުކުރަމުން އެކިތަފާތު ވާހަކަދައްކަމުން ދިޔައެވެ. ވާހަކަތަށް މެދުކެނޑުނީ ފިޒާންގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފިޒާން އަވަސްއަވަހަށް ފޯނަށް ޖަވާބުދިނެވެ. “ބޭބް އެގުޅީ އެޑްރިއަން، އޯވާނައިޓް ކޭމްޕަކަށް އިންވައިޓުކުރީ، ބޭބް ދާނަންތަ؟

ފިޒާން ފޯނު ބާއްވަމުން ވާހަކަ ދެއްކިއެވެ. ފިޒާން އެސުވާލު ކުރުމުން މާއީ ބެލީ ޝަހީމާ އާއި ނަދީމުގެ މޫނަށެވެ. އެދެމީހުންގެ މޫނުމަތިންވެސް ހިނިތުން ވުމުގެ އަސަރު ފެނުމުން އެދިނީ އާ ބަސްކަން މާއީއަށް އެގުނެވެ.

“ކޮންއިރަކުން ދަނީ؟” ނަދީމް ސުވާލުކުރީ ފިޒާން އާއިއެވެ. ސުވާލުގެ ޖަވާބުގައި މާދަމާ މެންދުރު ގެއިން ނަށްޓާލާ ވާހަކަ ބުނެފައި އަދިއިތުރަށް ކުރަންޖެހޭ ތައްޔާރީތައް ހުރިވާހަކަ ބުނެފައި ފިޒާން ތަންކޮޅެއް އަވަހަށް އެގެއިން ދިޔައެވެ.

އޭގެ އަނެއްދުވަހަށް އިރުއަރައިގެން އައިއިރު މާއީ އާއި ފިޒާންގެ އިތުރުން އެމީހުންގެ އެކުވެރިންވެސް އަވަދިނެތި ތައްޔާރުވަމުން ދިޔައީ މެންދުރު ހަމަޖައްސާފައިވާ ގަޑިއަށް ނައްޓާލެވޭތޯއެވެ.

ކޭމްޕަށް ދާންއުޅޭ ހިސާބަކީ ފަރުބަދަމަތީގައިވާ ބޯޖަންގައްޔެއް ކަމުން ތިންދުވަހަށް ބޭނުންވާ ވަރަށް ހުރިހާ އެއްޗެއް ގެނެސްފައި ހުރިތޯ ބަލަން އިނީ ކޭޓް އެވެ. ” ހޭ ގާއިސް، އައިގެސް ވީނީޑް އަލިޓުލްމޯ ފުޑް، އާފްޓަރ އޯލް ޑޭވް އިޒް ހިއާ” ކޭޓް އަނގަޔަށް ވައްތަރެއް ޖައްސާލާފަ ޑޭވްއާ ދިމާކޮއްލުމުން އެންމެން އެކީ އެންއަޑަކުން ހޭންފެށިއެވެ.

ހަތަރު ގަޑިއިރުގެ ދިގު ރާސްތާއަކަށްފަހު މާއީ މެންނަށް އެމީހުންގެ މަންޒިލަށް އާދެވުނުއިރު ވިއްސާރަވިލާތައް ވަނީ ބޯމަތިވެފައެވެ. އިރުއޮއްސި މޫސުން އިތުރަށް ގޯސްވުމުގެ ކުރިން ޓެންޓު ޖަހާ ނިންމާލުމަށް އެންމެންނަށް އަންގާލަމުން ފިޒާން އާއި މާއީ އެމީހުންގެ ޓެންޓު ޖެހުމުގެ މަސައްކަތްފެށިއެވެ. ޓެންޓުޖަހާ ނިމުނުތަނާހެން ކޭޓް އައިސް އެންމެނަށް ކޮފީ އެރުވިއެވެ. މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ސްޓީވްގެ ރާގުތަކުންނެވެ. އޭނާ ގިޓާއިން ކުޅެމުންދިޔަ ރާގާއެކު އެންމެން ލަވަކިޔާ މަޖާކުރަންފެށިއެވެ. ކުއްލިޔަަށް ގަދަވަޔާއިއެކު ވާރޭ ވެހެންފެށިއެވެ. އެއާއިއެކު އެންމެން އެބައެއްގެ ޓެންޓާދިމާލަށް ދުއްވައިގަތެވެ. ފިޒާން އާއި މާއީއަށް ޓެންޓާ ހަމަޔަށް އާދެވުނު އިރުވެސްތިބީ ހިސާބަކަށް ތެމިފައެވެ.

މާއީ އެދިޔަގޮތަށް ގޮސް އިށީނީ ޓެންޓު ތެރޭ އޮތް ސްލީޕިން ބޭގް މަތީގައެވެ.

މާއީގެ ނަޒަރު އެވަގުތު ފިޒާންއައް ހުއްޓުނީ އޭނާ ދެޖީބަށް އަތްޖަހާ ހުއްޓިލައިގެން ހުރިގޮތް ފުރިހަމަ ކަމުންނެވެ. ފިޒާންގެ އެހުރީ ކޮންފަދަ ރީތި ކަމެއްހެއްޔެވެ. ދިގު އިސްކޮޅަކާއި ބާމަތި ފުޅާ ބިޔަ ހަށިގަނޑެކެވެ. އެބާރުގަދަ ދެ މުލަތްދަނޑި ފަދަ އަތުތެރޭ މުޅި އުމުރުހޭދަކޮށްލަން އެވަގުތު މާއީ ބޭނުންވިއެވެ. ބަލަންހުރެ އެންމެ ފަހުން ކެތްނުުރެވިގެންް ގޮސް މާއީ ފިޒާންގެ ފުރުގަހުން އޭނާގެ ގައިގާ ވަރަށް ބާރަށް ބައްދާލައިގަތެވެ. ފިޒާން ފުރަގަހަށް އެނބުރުނު ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވުމާއިއެކު ހީވީ ވަށައިގެންވާ މާހައުލު ހަމަހިމޭން ކަމުގެ ސުކޫތެއް ގެނުވިހެންނެވެ. މާއީގެ އެފުން ދެލޮލުގެ ތެރެއަށް ފިޒާން ގެނބިގެންދިޔައެވެ……..

(ނުނިމޭ…)

Share Article

Follow Me Written By

maie

Level 1

Other Articles

Previous

ޑިމީ.. އަލަތު ލޯބި…

Next

އެސިއްރު……….. އެއް ވަނަ ބައި

Next
April 23, 2013

އެސިއްރު……….. އެއް ވަނަ ބައި

Previews
April 22, 2013

ޑިމީ.. އަލަތު ލޯބި…

2 Comments!

  1. testing carried says:
    May 3, 2015 at 9:15 pm

    i am first.. nice dw

  2. Arw says:
    June 23, 2016 at 7:41 pm

    heevey v nice vaanehen mi story… V salhi feshun… Best of luck ?

Comments are closed.



All Right Reserved!