މި ވާވަރު ބުނެދޭ ހިތްވޭ -1
ފަތިސް ނަމާދު ބަންގީގެ އަޑަށް އެނދުގައި ނިދާފައި އޮތް އަފްނާން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އަފްނާންއަކީ އުމުރުން 16 އަހަރުގެ އަޙްލާޤް ރަނގަޅު ގެވެހި އަންހެން ކުއްޖެކެވެ. ކާމިޔާބަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތްކުރާ ކިޔެވުމަށް މޮޅު ދަރިވަރެކެވެ. އާއިލާގެ އެންމެ ހަގު ކުއްޖާއަށް ވުމުން މަންމައާއި ބައްޕަގެ އިތުރުން އޭނާގެ ދެ ބޭބޭ ވެސް އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ބައްޕައަކީ މާލޭގެ މުއްސަނދި މީހެއްކަމުން އުޅެމުން އަންނަނީ ވަރަށް ވެސް އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ. ގްރޭޑް 9 ނިންމާލީ އޭނާ އުންމީދު ކުރި ނަތީޖާއަކާ އެކުގައެވެ. ފަސް މާއްދާއިން އޭ ސްޓަރ ހޯދި އިރު ތިން މާއްދާއިން އޭ ހޯދިއެވެ. އަފްނާން ކިޔަވަމުން އަންނަނީ ޖަމާލުއްދީން ސްކޫލްގައެވެ.
ފަތިހުގެ ފިނި ވަގުތުގައިވެސް ފެންވަރައި ތާޒާ ވެލުމަކީ އަފްނާންގެ އާދައެކެވެ. ފެންވަރައިގެން ވުޞޫ ކޮށްލައިގެން ނިކުމެ ފަތިސް ނަމާދަށް އެރުމަށް ދޮޅި އަޅައި ތައްޔާރުވި ވަގުތު އެއީ އަފްނާންގެ މަންމަ އަފީފާ އައިސް ދޮރުގައި ޓަކި ޖެހި ވަގުތެވެ.
” ދަރިފުޅާ ނާން ނަމާދު ކުރަން ތެދުވޭ” އަފީފާ ދޮރުގައި ޓަކި ޖަހަމުން އަޑުހަރުކޮށް ގޮވާލިއެވެ.
” މަމް. ހޭލާފީމޭ” ދޮރު ހުޅުވާލަމުން ފުޅާ ހިނިތުންވުމަކާއެކު އަފްނާން ބުނެލިއެވެ.
ނަމާދުކޮށް ނިންމާލާގެން ސިޓިންގްރޫމްއަށް އަފްނާން ނުކުތެވެ. ތަނަވަސް އެ ސިޓިންގްރޫމް ފަރުމާކޮށްފައި ވަނީ ކަޅާއި ހުދު ކުލައިންނެވެ. ސީލިންގްގައި ބޮޑު ޗާންދަލިޔާއެއް ހަރުކޮށްފައިވުމުން އެތަނުގެ ފުރިހަމަކަން އިތުރު ކޮށްދެއެވެ. އެތާނގެ މެދުގައި ބޮޑު ސޯފާ ސެޓެއް ބަހައްޓާފައިވާއިރު އެ ސޯފާ ސެޓުގެ ކުރިމަތީގައި ބޮޑު ބިއްލޫރި މޭޒެއް ބެހެއްޓިފައިވެއެވެ. ސޯފާ ސެޓުގެ ކުރިމަތީގައި ބޮޑު ޓީވީ ރެކެއް ހުރި އިރު ފުޅާ ސްމާރޓް ޓީވީއެއް އެ ރެކުގައި ބެހެއްޓިފައިވެއެވެ. އެކި ވައްތަރުގެ ފޮތްތަކާއި ނޫސް މަޖައްލާތައް ތަރުތީބު ކަމާއެކު އެ ރެކުގައި ބެހެެއްޓިފައިވެއެވެ. ބަލާލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ ޝާޙީ ކަމެވެ. ތަރުތީބުކަމެވެ. ސްކޫލްތައް ހުޅުވެން އެއް ހަފްތާއަށް ވެފައިވުމުން އަފްނާން ގިނަ ވަގުތު ހޭދަކުރަނީ ކިޔެވުމުގައެވެ. ގޯތިތެރެއަށް ނިކުމެލި އަފްނާންއަށް އޭނާގެ ދޮންބެއާއި ތިއްތި ދުވަން ދާން ތައްޔާރުވަމުން ދާތަން ފެނުނެވެ.
“ތިދަނީ އަންހެން ކުދިންގެ ހިތްތަށް ކަތިލަންތަ” ލާނެތް ހިނިތުންވުމަކާއެކު އަފްނާން އެ ދެމީހުންނާ ދިމާކޮށްލިއެވެ.
“ހޫން.. އެއްކަލަ ނާން” އާފާޒް ލޯ އަޅާލަމުން ބުނެލިއެވެ.
“ދެން ދޮންބެ ކޮން އެއްކަލަ ނާން އެކޭ ކިޔާކަށް…ހަމަ އަންހެން ކުދިންނަށް ފޮނި ދައްކަން ތިދަަނީ މާ ރީތި ވެގެން” ދޫ ނެރިލަމުން އަފްނާން ބުނެލިއެވެ.
“މިދަނީ ދުވާކަށް ނުން.. އަންހެން ކުދިންނަށް ފޮނި ދައްކާކަށް ގައިމުވެސް އަހަންނެއް ނޫޅެން… ދެން ދޮންބެ ގޮތެއް ނޭނގެ” ލޮލުގެ ހިމަކޮޅުން އާފާޒްއަށް ބަލާލަމުން އަފްތިމް ބުނެލިއެވެ.
ދެ މީހުން ވެސް ލައިގެން ތިބީ ކަޅު ކުލައިގެ ސޯޓަކާއެކު ގައުމީ ޓީމްގެ ޖޯރޒީ އަދި ކަޅު ކުލައިގެ ނައިކް ބޫޓަކަށެވެ. ބަލާބެލުމަށް ވައްތަރީ އެއްމާބަނޑު ދެމީހުންނާއެވެ. ނަމަވެސް އަފްތިމްއަށް ވުރެ ދެ އަހަރު އާފާޒް ބޮޑެވެ. ދެ މީހުން އެއްކޮށް ގެއިން ނުކުމެ ބޭރުމަގަށް މިސްރާބު ޖެހިއެވެ.
*******************************************************************
ދެ ކަންފަތަށް އެއާރޕޮޑު ޖަހާގެން ދުވަމުންދިޔަ އަންހެން ކުއްޖާގެ އެއްވެސް މިސްރާބެއް ނެތެވެ. ލައިފައިވާ ބާރސިލޯނާ އަތް ކުރު ޖޯރޒީއާއި ކަޅުކުލައިގެ ޓްރެކްޝޫޓްގެ ވަނީ އެ އަންހެން ވަންތަ ހަށިގަނޑުގައި ހިފައިލައިފައެވެ. ކަނދުރާއާ ހަމައަށް އަރާ ފަން ކަޅު އިސްތަށިގަނޑު ވޫލް ކޮޅަކުން ވަނީ އައްސާލެވިފައެވެ. އެ އަޅި ކުލާގެ ކަޅީގައި ވަނީ ބަޔާން ކުރަން ދަތި އަސަރުތަކެވެ. އެ އަންހެން ކުއްޖާއަށް ކިޔަނީ ރައުނާއެވެ. ހަނދާންހުންނަން ފެށީއްސުރެން އޭނާ އުޅެމުން އަންނަނީ ހިޔާގައެވެ. އާއިލާއެއް ހުންނަ ކަމެއް ނޭނގެއެވެ. ރައުނާއަކީ މިހާރު އަމިއްލަ ދިރިއުޅުމެއް އުޅެމުން އަންނަ ހީވާގި ކެތްތެރި އަންހެން ކުއްޖެކެވެ. އުމުރުން 18 އަހަރު ވެފައިވީއިރު ތައުލީމު ހާސިލް ކުރީ ގްރޭޑް 12 އާ ހިސާބަށެވެ. އެއަށްފަހު އަމިއްލަ އޮފީހެއްގައި މަސައްކަތް ކުރަމުން ބިޒްނަސްގެ ދާއިރާއިން އިތުރު ކޯހެއް ހެދިއެވެ. އޭނާ ބޭނުންވަނީ އެއަށްވުރެ މުސާރަ ރަނގަޅު ވަޒީފާއެއް އަދާކުރާށެވެ. އޭނާ އުޅެމުން އަންނަނީ އެއް ކޮޓަރި އެޕާރޓްމެންޓެއްގައެވެ.
ދުވަމުން ދިޔަ ރައުނާ ހުރީ މުޅިން އަމިއްލަ ދުނިޔެއެއްގައެވެ. އޭނާގެ އަމިއްލަ ދުނިޔެއިން ނިކުމެވުނީ މީހެއްގައިގައި ޖެހި އަރި އަޅާލަން ދަނިކޮށެވެ. ނަމަވެސް އޭނާގެ އަމިއްލަ ހަށިގަނޑު ވަރަށް ފަސޭހަކަމާއެކީ ވެއްޓުމުގެ ކުރިން ބެލެންސް ކޮށްލިއެވެ. ކުރިމަތިން ފެންނަން ހުރީ ރައުނާގެ މުޅި އުމުރުގައިވެސް ދެކިފައި ނުވާ ފަދަ ރީތި ޒުވާނެކެވެ. ފަޅަން ފަށާފައިވާ ތުނބުޅިއާއި އެ ފިރިހެންވަންތަ ބައިމަތި ފުޅާ ހަށިގަނޑުގެ ސަބަބުން އެ ޒުވާނާގެ ރީތިކަން އިތުރު ކޮށްދެއެވެ. ނޫ ކުލާގެ ކަޅީގެ ސަބަބުން އެ ޒުވާނާ ފެންނަނީ ހިތްގައިމު ގޮތަކަށެވެ. އާފާޒް ވެސް ހުރީ ހަމަ އެފަދަ ހާލަތެއްގައެވެ. ކުރިމަތިން ފެންނަން ހުރި ފަތްމިންޏެއް ފަދަ އަންހެން ކުއްޖާއަށް ގެއްލި ހުސްވެފައިވާ ހާލު މާހައުލުގައި ހިނގާ އެއްވެސް ކަމެއް އެދެމީހުންނަކަށް ނޭނގެއެވެ. ދެމީހުން ދެމީހުނަށް ގެއްލި ހުސްވެފައިވާ ގޮތް ފެނުމުން އަފްތިމް ހުރީ ހީހީ ގޮސް ބަނޑަށް ތަދުވެފައެވެ. އެންމެފަހުން އަފްތިމް ކަރުކެހިލުމާއެކު ދެމީހުންނަށް ހޭވެރިކަމެއް ވިއެވެ.
“ސޮރީ ތަނަކަށް ތަދުވިތަ…” ބުނާނެ އެއްޗެއް ނޭނގުމުން އާފާޒް ބޯކަހާލަމުން އަހާލިއެވެ.
“ނޫން ނުވެ.. ސޮރީ ބަލާ ނުލާ އާދެވުނީމަ” އެހެން ބުނުމަށް ފަހު އެތަނުން ދިޔުމަށް ރައުނާ ދުއްވާގަތެވެ.
ރައުނާ ދިޔަ ދިމާލަށް ބަލަހައްޓާގެން ހުރި އާފާޒް ފެނުމުން އަފްތިމް ޕަކަ ޕަކަ އަޅާފައި ހީގަތެވެ.
” ކިހިނެއްވީ.. އަފޫ ކޮންކަމަކާ ތިހެނީ” ދެބުމަ ގާތް ކޮށްލަމުން އާފާޒް ރުޅި އަންނަ ކަމަށް ހެދިލިއެވެ.
” ކޮންމެހެން ރުޅި އަންނަ ކަމަށް ހެދޭނެ ކަމެއް ނެތް.. މިއޮއް ހުރިހާ އިރު ތިހުރީ އިޝްޤުގަ ޖެހިފަ..” ހެމުން ހެމުން އަފްތިމް ބުނެލިއެވެ.
” ހުހް.. ބޭކާރު ވާހަކަ ނުދައްކާ” ބުނާނެ އިތުރު އެއްޗެއް ނޭނގުމުން އެހެން ބުނުމަށްފަހު އާފާޒް ދުއްވައިގަތެވެ.
(ނުނިމޭ)
ނޯޓް: މިއީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކަ. ހުރިހާ ކިޔުންތެރިން ދެކިލައްވާ ގޮތް ކޮމެންޓްގެ ޒަރީއާއިން ހިއްސާކޮށްލަދެއްވާ! މި ވާހަކަ ރީތި ވާނެ ކަމަށް އުންމީދު ކުރަން. މި ވާހަކަ ގެނެސްދެވޭނި ކޮންމެ ހަފްތާއްއެއްގައި 2 ދުވަހު.
14 Comments!
Comments are closed.

Me first ☺️☺️☺️☺️
Vara reethi Maasha Allah ????
Waiting for the next part
Yes congrats♥️you first..thank u kookie..next part varah avahah..?
Maasha Allah vaahaka varah reethi. Cant wait for the nxt part???
Thank you??..next part soon. Insha allah❤?
Maasha Allah mi part Varah reethi ????????when next part ???????
Thank you ??suru??.. next part soon❤
Vrh reethi mi part ves…… Masha Allah……. curiously waiting for the next part…….❤️?❤️?❤️?❤️?stay safe
Thank you Naako❤❤..miadhu next part submit kohllaanan??..stay safe
Masha Allah mi part vrhh furihama??
When is the next part??
Thank you Nayaa❤❤???…Next miadhu submit kohllaanan.❤
Wow vrh sali Mi part
Masha Allah keep it up
And waiting for the next part
Stay safe
Thank you ?Ril?..
Stay safe♥️
Anuahs Kon irakun 4th vana part kiyaalan libeynee.. Plx avahah up kohdhehchey ingey
Midhuvaskolhu kudakoh busy veema up nukurevigen miulheny…insha allah varah avahah up kohdheynan.. thank you ?LamHaa?..stay safe♥️