ނުރުހުން ވިއަސް………(4)
އަލްޔަޝް ބިރުގަންނަނީ ރަނާނީންވެސް އެހެންމީހުން ފަދައިން އަލްޔަޝް އާ މެދު ދެކޭގޮތް ބަދަލު ވެދާނެތީއެވެ.އަލްޔަޝް އަށް ހީވީ ހިނގަމުން ދިޔަ ދުނިޔެ ހުއްޓުނު ހެންނެވެ.
************************
ސްޓާފްރޫމް ދޮރުމަތީ ހުއްޓިލައިގެން ހުރި އަލްޔަޝް އިނތިޒާރު ކުރަމުން ދިޔައީ ސްޓާފްރޫމް ތެރެއަށް ވަތް ހުދާމިސް ނުކުންނާނެ އިރަކަށެވެ.އަލްޔަޝް އަށް ފަހަތުން ގޮވާލި ތޫލި އަޑާއެކު ހީވީ ކަންފަތު ތޫރިވެސް ފަޅައިގެން ހިނގައިދާނެ ހެންނެވެ.އަލްޔަޝް ފަހަތަށް އެނބުރުނީ އެއީ ލަމާނީކަން ޔަގީންވާ ހާލުގައެވެ.”އަލްޔަޝް”އަލްޔަޝްގެ ކުރިމައްޗަށް ހުއްޓުނު ލަމާނީ އެދޮން މޫނަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ.”އާލް ކީއްވެތަ މަށާ ވާހަކަ ނުދައްކަނީ؟ ރަނާނީން ނޫނަކަސް ހަމަ މަވެސް އާލްގެ ފްރެންޑަކަށް ހެދިދާނެއްނު!!” ލަމާނީގެ ތޫލި އަޑު އިއްވާލުމާއެކު އަލްޔަޝްގެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.ލަމާނީގެ އެ ތުއި ކަމާއި ފޮނިކަމަށް އަލްޔަޝްގެ ސަމާލުކަމެއް ނުހޯދުނެވެ.”އާލް ޕްލީޒް މަށާ ވާހަކަ ދައްކަބަލަ…..އިހައް މަޑުކޮށްބަލަ އާލް ޕްލީޒް”ދުރަށް ހިނގައިގެން އަލްޔަޝްގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގުގައި ލަމާނީ ބުނެލިއެވެ.”ގައިގައި އަތް ނުލާ ދުރުގަ ހުރެގެން ވާހަކަ ދައްކާ.. މީ ސްކޫލޭ..”ލަމާނީގެ އަތް ފޮޅުވާލަމުން މިހެން ބުނިއިރު އަލްޔަޝް ހުރީ ރުޅި އައިސް ރަތްވެފައެވެ.”އާލް ރީތިކޮން މަށާ ވާހަކަ ދައްކަން މަޑުކުރިނަމަ މިހެންނެއް ނުވިސް ދޯ…އޭރުން….”ލަމާނީގެ ޖުމްލަފުރިހަމަ ނުވަނީސް އަލްޔަޝް ވާހަކަ ދައްކަން ފެށިއެވެ.”މަ ރަނާނީން އާ ވާހަކަ ދައްކާ ރަނާނީން ކިތަންމެ ގާތްކުރިޔަސް ލަމާނީއާ އެގޮތަށް ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ……ކުރިންވެސް ބުނީމެއްނު މަށާވާހަކަ ނުދައްކާށޭ މަމީ ލަމާނީހާ މާތް މީހެއް ނޫނޭ އެނގެއެއްނު އެކަން”މަޑުމަޑުން ވާހަކަ ދައްކަން ބޭނުންވިނަމަވެސް އެކަން ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން އަލްޔަޝްއަށް ޖެހުނެވެ.ހަގީގަތުގައި އަލްޔަޝް އާ ހިތުން ރުހުމުން ވާހަކަ ދައްކާ ކޮންމެ މީހަކަށް އަލްޔަޝްވެސް ވާހަކަ ދައްކަން ބޭނުމެވެ.އެކަމަކު ލަމާނީ ފިޔަވައެވެ.އާއެކެވެ.ލަމާނީގެ މައިންބަފައިން އަލްޔަޝްދެކެ އަންނަ ރުޅިއަކީ ވަންހަނާވެފައިވާ ކަމެއް ނޫނެވެ.އެމީހުން އަލްޔަޝް އާމެދު ދެކޭގޮތާ އަލްޔަޝް އާ ލަމާނީ ވާހަކަ ދެއްކުން މަނާކޮށްފައި ވާކަން ހުދު އަލްޔަޝްއަށް ވެސް އިނގެއެވެ.ވީއިރު ލަމާނީ ކޮންމެހެން އަލްޔަޝް އާ ވާހަކަ ދައްކަން ޖެހޭހެއްޔެވެ؟އަދި އަމުދުން އަލީ ހަންމާނު ދަރިއަކަށް ވުމުން ވަކިން އަލްޔަޝް ލަމާނީދެކެ ފޫހިވެއެވެ.އޭނާގެ މުއްސަނދިކަމާއި ބޮޑާކަމާއި ކިބުރުވެރިކަން ރަށުމީހުންގެ ހިތުން ވަނީ މަތީ ޖާގައެއް ހޯދާފައެވެ.އެފަދަ ބޮޑު މުއްސަނޖެއްގެ ދަރިއަކާ އަލްޔަޝްފަދަ ނިކަމެއްޗަކާ އެކަށީގެނެއް ނުވެއެއް ނޫންހެއްޔެވެ؟”ދެން ދޭ މިތަނުން..ބުނެފީމެއްނު ވާހަކަ ދައްކާކަށް ބޭނުމެއްނޫނޭ” ކުރިމަތީހުރި ލަމާނީއަށް އަލްޔަޝް މިހެން ބުނުމާއި އެކު ތުންދަމައިގެން ހުރެ ޖެހިލިބާރު ވައިރޯޅި އެއްފަދައިން ލަމާނީގޮސް ކުލާހަށް ވަނެވެ.އެހާފަސޭހައިން ލަމާނީ ދިޔުމުން އަލްޔަޝް ހުރީ ހައިރާންވެ އަލްތަރީސްވެފްއެވެ.”ސާބަހޭ ކަލޯ އެމަންޖެ ހުތް ކޮށްލީ ދޯ” ޝަދަފްގެ އަޑުއިވުމާއި އެކު އަލްޔަޝްގެ އަޅިކުލައިގެ ނަޒަރު ޝަދަފްއަށް އަމާޒުކޮށްލިއެވެ.ހުދު ޔުނީފޯމުގައި ހުރިއިރު ބެގީ ކޮށްފައިވުމުން އަލްޔަޝްގެ ރީތިކަން އިތުރަށް ފުރިހަމަވެގެން ދެއެވެ.ފަޓުލޫނުގެ ޖީބަށް އަތްޖަހާލައިގެން ހުރެ ދެ ކޮނޑު މައްޗަށް ހިއްލައިލީ ޝަދަފްގެ ޖުމްލައަށް ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ.”ނޭނގެއޭ…އެހެންވެ އެއްނު އެދިޔައީ ތުންގަނޑު ބިމުގަ ޖައްސައިގެން….. މަ ހިތަށް އަރާ ހަންމާމު އެހާ މުއްސަނދި އިރުވެސް ކަލޭ ކީއްވެބާއޭ ލަމާނީ ދެކެ ތިހާ ތި ރުޅި އަންނަނީ ހަމަ ހުވާ މަމީ ކަލޭނަމަ އެއްފަހަރުން ސެޓުކޮށްލީމުސް އެމަންޖެ އެހާ ރީތި”ޝަދަފް އަނގައިން އަޑެއް ލައްވާލަމުން ބުނެލިއެވެ.”މަށެއް ނޫޅެމޭ މޮޔަވެގެންނެއް އޭނަ އެއުޅެނީ މަށާ ރަނާ ދުރުކުރުވަން”ބިންމަތީގައި އޮތް ކުޑަ ދަނޑިކޮޅެއް ގާ ފައިން ޖަހާލަމުން އަލްޔަޝް ބުނެލިއެވެ.ހީވަނީ ހިތުގައި ވާހައި ރުޅިވެރިކަމެއް އެ ދަނޑިކޮޅަށް ބޭލިހެނެވެ.
**********************************************************************
ލިލީހައުސް ގެއާ އަރާ ހަމަވި އަލްޔަޝްއަށް ހުއްޓެވުނެވެ.ގޭތެރެއިން ނުކުމެގެން ދިޔަ ނުދަންނަ ފިރިހެނާ ފެނުމާއެކު އަލްޔަޝްއަށް ނުބައި ގޮތެއް ވިއެވެ.ނޭނގޭ ބިރުވެރި ކަމަކުން ހިތް ތެޅިގަތެވެ.އެ ފިރިހެން މީހާ ދިޔަ ދިމާލަށް ބަލަން ހުރެފައި އަލްޔަޝް ބޮޑެތި ފިޔަވަޅުތަކެއް ނަގަމުން ގޮސް ސިޓިންރޫމް ތެރެއަށް ވަނެވެ.އޭރު މާހިރާ ޓީވީ ބަލަން ގޮނޑީގައި އިށީނދެލައިގެން އިނެވެ.”އެއީ ކާކު؟”އަވަސް ވެފައި އޮތް ހިތަކާއި އެކު އަލްޔަޝް މާހިރާ އަށް ބުނެލިއެވެ.ނަމަވެސް އަލްޔަޝްގެ އެ ސުވާލަށް މާހިރާގެ ސަމާލުކަމެއް ނުހޯދުނެވެ.މާހިރާ އިނީ ވަރަށް ނަލަވެލައިގެންނެވެ.އަލްޔަޝް ދެވަނަ ފަހަރަށް އެ ސުވާލު ތަކުރާރު ކޮށްލީ ހުޅުވާފައި ހުރި ފޮށި ޓީވީ ކުރިމައްޗަށް އަރަމުންނެވެ.އެއާއެކު މާހިރާ ފުންމައިގެން ގޮނޑިން ތެދުވިއެވެ.”އެއީ ކާކު ހެއްޔޭ؟؟؟ ހެޔޮނުވާނެ މަންމާ ތިހެން ނޫޅެބަލަ މީހުން ހުރިހާ މަލާމާތެއް ކުރަނީ އަހަންނާއޭ…ކިހިނެއް އަހަރެން އަބަދު މިހެން އުޅޭނީ ގެއިން ނުނިކުމެ ކިހިނެއް އުޅޭނީ މަންމާ ހެޔޮނުވާނެ އަހަންނަށް ޓަކާ ތިއުޅުން ދޫކޮށްލާ….. މަންމަ ބޭނުން ވަރަކަށް އަހަރެން މަންމަ އަށް ލާރިހޯދައިދޭނަން…. މަސައްކަތް ކުރާނަން… ފިހާރައިން ލިބޭ މުސާރަ އެއްކޮށް މަންމައަށް ދޭނަން… އެ މަދިއްޔާ ސުކޫލަށް ނުގޮސް އިތުރަށް މަސައްކަތް ކުރަން ހިނގައިދާނަން….. މަންމަ ތިއުޅުން ދޫކޮށްލާ”އަލްޔަޝްގެ އަޑު ކުރެހިގެން ދިޔައެވެ.”އަލްޔަޝް ބުނަންތަ ވާހަކައެއް މިގޭގަ އުޅެން ބޭނުމިއްޔާ އަހަރެންގެ ކަންތަކާ ނުބެހި ހުރޭ…..މީހުން ކިޔާ އެއްޗެހި އަލްޔަޝް އަޑުއަހަނީއެއްނު….އަހަންނަށް ހެޔޮ މީހުން ކޮންމެއެއްޗެކޭ ކިޔަސް…އަހަރެން ލާރި ހޯދާނީވެސް އުޅޭނީވެސް އަހަރެން ބޭނުން ގޮތަކަށް” ޝަހާދަތް އިނގިލި މޭގައި ޖައްސާލަމުން މާހިރާ މިހެން ބުނެލިއިރު އެއަޑުގައި ވަނީ ރުޅިވެރިކަން އެކުލެވިފައެވެ.ހަރުފިޔަވަޅު ތަކެއް އަޅަމުންގޮސް ކޮޓަރިއަށްވަން މާހިރާ އަށް ބަލަން ހުރި އަލްޔަޝް ގެ އަޅިކުލައިގެ ދެލޯ ކަރުނައިން ފުރިގެން ދިޔައެވެ.ހިތްވަރު ކުރަން މަސައްކަތް ކުރިނަމަވެސް އެކަން ކުރުންވީ އުނދަގޫ ކަމަކަށެވެ.ކޮޓަރިއަށް ދިއުމަށް ފަސް އެނބުރުނު އަލްޔަޝް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.އަލްޔަޝް އާ ފަސްވަރަކަށް ފިޔަވަޅު ދުރުގައި ހުއްޓިލައިގެން ހުރި އިވީން ފެނުމާއެކު އިސްޖަހާލެވުނެވެ.ކަރުނަތަށް ހިނދާލަން މަސައްކަތް ކުރެވުނީ އިހްތިޔާރަކާ ނުލައެވެ.”ދޮންބޭ…ދޮންބެވެސް ރަނގަޅުވާނީ މަންމަ ކަންތަކާ ނުބެހުނިއްޔާ….. މީހުން ކިޔާ އެއްޗެހި މަށަށް ވެސް އަޑު އިވޭ… އެހެނޭ ކިޔާފަ މަންމަ އިސްލާހުވާނެތަ؟ނުވާނެ..ރަންގަޅުވާނީ އެއްޗެކޭ ނުބުނިއްޔާ …އެއީ ނުވިސްނޭވަރު ބޭބީއެއް ނޫނޭ”އިވީންގެ އަޑުގައި ނުރުހުން އެކުލެވިފައި ވިއެވެ.މިފަހަރުވެސް އިވީންއަށް ގޯސްވީ އަލްޔަޝް ހެއްޔެވެ؟ ބާރު ހިނގުމުގައި ކޮޓަރިއަށް ގޮސްވަން އަލްޔަޝް ބަންލާފައި ދޮރު ލެއްޕިއެވެ.އެއާއިއެކު ހީވީ ގެވެސް ކުދިކުދި ވެގެން ބިމަށްފޭބި ހެނެވެ.އަލްޔަޝް ދެލޯ މަރާލުމާއެކު ކަރުނަތަށް އޭގެ މަގާމު ދޫކޮށް އޮހިގަތީ އެޔެއް މިޔެއް ބެލުމެއްނެތިއެވެ. ލޯބިވާ ކޮއްކޮ އެހެން ބުނުމާއިއެކު ހީވީ އަލްޔަޝްގެ ހިތް ކުދިކުދިވެ ފޮތިފޮތި ވިހެންނެވެ.ކޮއްކޮ އިވީންގެ ހިތަށް ހަމަ އަސަރު ނުކުރަނީ ބާއޭ….މަންމަ އުޅޭ ގޮތާއި މެދު ނުވިސްނަނީ ބާއޭ….އަލްޔަޝްގެ ހިތަށް މިފަދަ ވަހުމްތަށް ވަންނަމުން ދިޔައިރު ކަނާއަތުން މޭގައި އަތް ޖައްސާލެވުނީ މެޔައްބާރު ވަމުން ދާ ކަހަލަ އިހްސާސް އެއް ކުރެވުމުންނެވެ.ލޯބިވާ ކޮއްކޮ ފާފައިގެ ތެރެއަށް ވެއްޓޭކަށް އަލްޔަޝް ބޭނުމެއްނޫނެވެ.އަލްޔަޝް ބޭނުމީ އިވީން އަލްޔަޝް ހިނގާ މަގުން ހިނގުމަށެވެ.މަންމަ އަޅަމުންދާ ކަޅު އަނދިރި ގިނަ ގޯޅިތަށް އިވީން އިހްތިޔާރު ކޮށްފާނެތީ އަލްޔަޝް ބިރުގަނެއެވެ.ހުރި ހަމައެކަނި ކޮއްކޮ މަންމައާއި ބޭބެ ފަދައިން މަގު ގެއްލިދާކަށް އަލްޔަޝް ބޭނުމެއްނޫނެވެ.އިވީން އަށްޓަކައި އަލްޔަޝް އެހުރީ ޖާނުން ގުރުބާންވާން ތައްޔާރަށެވެ.އެންމެ ފަހަރަކުވެސް އިވީން އަލްޔަޝް އާއިމެދު ވިސްނާލާނެ ނަމައެވެ.އިވީން އަށްޓަކައި އަލްޔަޝްގެ އަތުކުރި ވަނީ އޮޅާލާފައެވެ.އުންމީދާއެކު ކިތަންމެ ބޮޑު ހިތާމައަކާއިވެސް އިވީން އަށްޓަކައި އަލްޔަޝް ކުރިމަތި ލާނެއެވެ.އެކަމަކު މިގޮތަށް ކަންތައް ވެދާނެ ބާއޭ…… އިވީން އަލްޔަޝް ފަދަ ރަނގަޅު ކުއްޖަކަށް ވެދާނެ ބާއެވެ.މާހިރާ ފަދައިން އިވީންވެސް އަނދިރިކަމާއި ފާފައިގެ ގޯޅި ނާޅާ ހިނގައި ދާނެބާއެވެ.
*******************************************************************************
ސްޓޭޝަން ދޮރުމަތީ ހުއްޓިލައިގެން ހުރި އާލިމް ގާތުގައި ފުލުސް އޮފިސަރަކު ހުއްޓިލައިގެން ހުއްޓެވެ.އެދެމީހުން ދައްކަމުންދިޔަ ވާހަކަތަށް ނޭނގޭ ހާލު މަގުމަތިންދާ ގިނަ ބައެއްގެ ސަމާލުކަން އާލިމް މެންނަށް ދަނީ ހުއްޓެމުންނެވެ. މަގަށް ނުކުމެގެން އައި އާލިމް އިރު އިރު ކޮޅާ ފަސްއެންބުރި ފަހަތަށް ބަލައިލައެވެ.ހީވަނީ އެ ފުލުސް އޮފިސަރު ސްޓޭޝަން ދޮރުމަތީ ހުރިތޯ ބަލާހެނެވެ.އާލިމް ދާން ބޭނުންވާ ހިސާބަށް ދެވުނީ ކަންނޭނގެއެވެ.މަގުގެ ދެފަރާތް ބަލާލަމުން މަގުގެ އަރިމަތީ ހަދާފައިވާ ޕިކަޕު ގަރާޖެއްގެ ތެރެއަށް ދެމުގަތީ ހަށިގަނޑަށް އަވަސް ހަރަކާތް ތަކެއް ގެންނަމުންނެވެ.ގަރާޖު ތެރެއަށް ވަދެވުމާއި އެކު އާލިމް އޭނާ ލައިގެންހުރި ފަޓުލޫނު ޖީބުގައިވާ ފޯނުނަގާ ހަތް ނަންބަރު ޖަހާލަމުން ޑައިވް ކޮއްލިއެވެ.ކަންފަތުގައި ފޯނު ޖަހައިގެން ހުރި އާލިމްގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ ބޮޑު މަގަށެވެ.ދެތިން ފަހަރު ރިންގު ވުމާއިއެކު އެކޮޅުން ފޯނުނެގީ ފިރިހެނެކެވެ.”ހެލޯ”އާލިމް އަށް ބުނެވުނީ މިހާ ހިސާބަށެވެ.”ބްރަދަރ ކައޭ ދޫކޮށްލީ…. އެމީހުންނަކަށް ނުހިފެހެއްޓުނު ދޯ” ފޯނުގެ އަނެއް ފަރާތުން ވާހަކަ ދައްކަން ފެށި ޒުވާނާ އާލިމްއަށް ބުނެލިއެވެ.”ހެހެ… އެމީހުންނަށް ހިފެހެއްޓޭނެ ތަ؟ އެމީހުންނަށް ވުރެވެސް މަ ސިކުންޑި މާ ރަނގަޅޭ ބްރޯ ކުށެއް ކުރިއްޔޭ ކިޔާފަ ފޯރީގަ ދެއަތް ފުރަގަހަށްލާ ބިޑި އަޅުވައިގެން ގެންދާނެ…. އަނެއް ދުވަހު ދޫކޮށްލާނެ… މަ ހިތަށް އަރާ އެސޮރުމެން ފުލުހުންނޭ ކިޔާފަ ނޫ ޔުނީފޯމު ލައިގެން ގައުމަށްޓަކައޭ ކިޔާފަ އެތިބެނީ ކީއްކުރަން ބާއޭ…. ބޮލުގަ އެ އިންނަނީ މީދާ ކޭ އުނބެއް އެކަމަކު އަދި މާ ފޮނިވެގެން އުޅޭނެ”އާލިމްގެ ވާހަކައާއި އެކު ފޯނުގެ އަނެއްފަރާތުން ވާހަކަދައްކަމުން ދިޔަ ޒުވާނާގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.”އޭދެން ކައޭ އާދެބަޔަ މަ މިހުރީ އެއްކައެތާ” އާލިމް މިހެން ބުނެލަމުން ފޯނު ކަނޑާލިއެވެ.އާލިމް ހުރި ގަރާޖް ކުރިމައްޗަށް އައިސް ހުއްޓާލި ސައިކަލު ފެނުމާއި އެކުއާލިމް ސައިކަލާއި ކައިރިއަށް އައެވެ.” ބުރަދަރ މަ ހިއެއްނުކުރަން ކަލޭ ދެން އެހާ އަވަހަށް ފެންނާނެކަމަކަށް.އެހެންނު ވާނީ އެތިކޮޅާއެކީ ވިއްޔަ ދޯ ގެންދިޔައީ.ކައޭ ކިހިނެއްތަ އެހާ ފަސޭހައިން ސަލާމަތްވީ” ސައިކަލުގައި އައިސް މަޑުކޮށްލި ޒުވާނާއާލިމް ސައިކަލާ ގާތް ވެލުމާއި އެކު ވާހަކަދައްކަން ފެށިއެވެ.” ކަލޯ މަށަށް އެމީހުން ދިނީ ވަރުގަދަ ފަތުވާއެއް މަކައިރީ ބުނީ ބޭނުމީ އަބަދު ތިކަހަލަ ކުށް ކޮށްގެން ޖަލުގަ އޮންނަން ހޭ ނޫނީ އިސްލާހު ވާން ހޯ…. ހުކުމް އިއްވަންދެން ރަށަށް ފޮނުވިދާނޯ. ކަލޯދެން މަށަކަށް ނޭނގެ އެކީ ހުރިހާ އެއްޗެއް. ކައެއަށް ދެން އިނގެއެއްނު މަ ވަރަށް އެކްޓު ބޮޑުވާނެކަން މަ ބުނީ މަ ބޭނުމީ އިސްލާހުވާށޭ” އާލިމް ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ މޫނު މަތީ ވީ ކާމިޔާބީގެ ފޮނި އަސަރުތަކެވެ.”ދީބަލަ ފެގެއް “ސައިކަލަށް އަރަމުން އާލިމް ބުނެލިއެވެ.”އަހަރުން ބަސްޓު ކޮއްލި މީހަކު ފެނިއްޖެއްޔާ ހުވާ މިބުނީ އެމީހަކު ކޮށާލާނަން”އެ ޒުވާނާ ސައިކަލު ސްޓާޓް ކޮށްލަމުން ބުނެލިއެވެ.ތުނބުގައި ސިނގިރޭޓު ޖަހާލަމުން އެތެރެއަށް ދަމާލި އާލިމް ދެވަނަ ސިކުންތުގައި ނޭފަތާއި އަނގައިން ދުންތަށް ބޭރު ކޮށްލިއެވެ.
***************************************
މެންދަމުގެ ވަގުތެވެ.އަރާމު ނިންޖަކުން ނިދާފައި އޮތް އަލްޔަޝް އަށް ހޭލެވުނީ ކަރު ހިއްކައި ގަނެގެންނެވެ.މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ކޮޓަރިން ނުކުން އަލްޔަޝް އަށް ހުއްޓެވުނެވެ.ހީވީ ދެފައިގައި ކަސްތޮޅު އެޅުނު ހެންނެވެ.މުޅި މީހާ ގަނޑުވެ ދެލޯ ބޮޑުވެގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރުގެ ސަބަބުންނެވެ.އެފަދަ މަންޒަރެއް ކުރިން ފެންނާނެ ކަން އިނގުނު ނަމަ އަލްޔަޝްގެ ހިޔަނި ވެސް ކޮޓަރިން ބޭރަށް އެޅުނަކަ ނުދިނީހެވެ.
(ނުނިމޭ)
3 Comments!
Comments are closed.

salaam hurihaa kiyuntherin……finally miothy 4th part….. welcome to positive and negative comments…. I am all ears to hear your comments…….
Varah reethi mi part ves
Waiting for the next
thanks Maany…. insha allah varah avahah next part libeyne