Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ފުހެވިގެން ނުދާނޭ – 02 ، 03 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
September 20, 2020 8 Mins Read
9 Comments

(19 ސެޕްޓެމްބަރ 2020 އާ ގުޅޭ )

ކުއްލިއަކަށް އަތުގައި އޮތް ބެލްޓުން އަމްޖަދު އެލީން ގައިގައި ޖެހުނި ތަނެއްގައި ޖަހަމުން ދިޔައިރު މުޅި ގޭތެރޭގައި ގުގުމާލާފައިވީ އެލީންގެ ވޭނުން ފުރިގެންވި އަޑެވެ. ނަމަވެސް، އެކަމަށް އަޅައިލުމެއްނެތި އަމްޖަދު އޭނާ ގައިހުރި ބާރެއް ލާފައި ބެލްޓުން އެލީންގެ ގައިގައި ޖަހަމުން ދިޔައެވެ. ހިނދުކޮޅެއްފަހުން އަޑު މަޑުވަމުން ގޮސް އެއްކޮށް އެލީންގެ އަޑު ހިނދިގެން ދިޔައިރު ހުސްވުމެއްނެތް ކަރުނަތައް ދެލޮލުން ފައިބަމުންދިޔައިރު މަޑުމަޑުން އެ ނިކަމެތި އަންހެންކުއްޖާގެ ދެލޯ މެރިގެން ދިޔައެވެ. ނަމަވެސް އަމްޖަދު ހުއްޓައިނުލައި އެލީން ގައިގައި، ބެލްޓުގެ އެހީގައި ޖަހަމުންދިޔައެވެ. އެ ހިތުގައި ރަޙުމްގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ؟

****
“އޭ ސީރިއެސްކޮށް މާދަން މެރީ ކުރަނީތަ؟ ” ދެލޯ ބޮޑުކޮށްލާފައި އިލްފްއަށް ބަލާލަމުން ރަޔާން އަހާލިއެވެ. ރަޔާންއަށް ބަލާލަމުން ބޯޖަހާލާފައި އިލްފް ދެކޮނޑު އަރުވާލީ ފަރުވާކުޑަ ގޮތަކަށެވެ.

ކަޅުކަންގަދަ އިސްތަށިގަނޑަކާއި ދިގު އިސްކޮޅެކެވެ. ލައިގެން ހުރީ އައިސް ބްލޫ ކުލައިގެ ޖިންސް އަކާއި ކަޅު ކުލައިގެ ޓީޝާޓެކެވެ. ކަޅުކުލައިގެ ކަޅީގައި ވަނީ ލާނެތްކަމުގެ ވިދުވަރެކެވެ. އެއްމިޔަކުން ހީނލައިގެން ހުރި ގޮތުން ބަލައިލި މީހަކަށް ފެންނާނީ ލާނެތްކަމުގެ އިންތިހާއެވެ. އެއީ ރަޔާން އެވެ. ރުޅި އަކީ ކޮބައިކަމެއް، ރުޅި އަންނާނީ ކިހިނެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
ކުއްލިއަކަށް އިލްފްގެ ކޮޓަރީ ދޮރުހުޅުވިގެން ދިޔައިރު ކޮޓަރިއަށް ވަތް ޒުވާނާގެ މޫނުމަތިން ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ހަށިގަނޑެކެވެ. ކަޅުކަންގަދަ ކަޅިއެކެވެ.

“ކައިޝް. ކޮބާ ޑޭން؟ ” ކައިޝްއަށް ބަލާލަމުން ކުޑަކޮށް ހިނިތުންވެލަމުން ރަޔާން އަހާލިއެވެ. އެވަގުތު ކައިޝްގެ ފަހަތުން ދާނިޔަލް ކޮޓަރިއަށް ވަދެގެން އައެވެ. އިސްކޮޅުން ދިގު ބައިމަތި ފުޅާ ހަށިގަނޑެކެވެ. ކަޅުކަންގަދަ އިސްތަށިގަނޑު ކުރުކޮށް ކޮށާލެވިފައި ވިޔަސް ފަންވެފައި ކަޅުކަން ގަދައެވެ. މަޑު މުށިކުލައިގެ ކަޅީގައިވަނީ ތޫނުފިލިކަމެވެ. އެސްފިޔަތަށް ތިރިކޮށްލިގޮތުން ހީވީ ބޮޑު ސިއްރެއް ފޮރުވަން މަސައްކަތްކުރަމުން ދިޔަހެންނެވެ. ލައިގެން ހުރީ ކަޅުކުލައިގެ ހޫޑީ އަކާއި މުށިކުލައިގެ ޖިންސެކެވެ.

ރަޔާން އާއި ކައިޝްގެ އިތުރުން ދާނިޔަލް އަކީ އިލްފްގެ އެއްއަތްކަހަލަ ގާތް ރަހުމަތްތެރިންނެވެ. ރަޔާން އަކީ ލާނެތްކަމުގެ ހައްދެއް ނެތްއިރު ކައިޝް އަކީ މަޑުމައިތިރި ޒުވާނެކެވެ. ދާނިޔަލް އަކީ ބަސްމަދު ވިސްނުންތޫނު ޒުވާނެކެވެ.
މި މީހުންނާއި ޚިލާފަށް އިލްފް އަކީ ރުޅިގަދަކަމުގެ އިންތިހާއެވެ. އެހެން މީހެއް އޭނާއާއި ދޭތެރޭގައި ވިސްނާގޮތެއް ބެލުމަކީ އޭނާއަށް މުހިންމުކަމެއް ނޫނެވެ. އޭނާގެ މޫނުމަތިން ރުޅިވެރިކަން ފިޔަވާ އެހެން އަސަރެއް ފެނުމަކީ އަވާމެންދުރެކެވެ.

“ކޮބާތަ ވާންއުޅޭ އަނބިމީހާ؟ އަހަރެމެންނަށް ދައްކާވެސް ނުލަންތަ؟ ” އިލްފްގެ ކޮނޑުގައި އަތުން ޖަހާލަމުން ރަޔާން އެއްސެވެ. ރުޅިވެރި ނަޒަރަކުން ރަޔާންއަށް ބަލާލާފައި އިލްފް އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑުގައި އަތުން ފުނާއަޅާލިއެވެ.

“ވަޓް؟ ” ޙައިރާންވެފައިހުރެ އިލްފްއަށް ބަލާލަމުން ކައިޝްއަށް ބުނެވުނެވެ. ޙައިރާން ނުވާންވީ ސަބަބެއްވެސް ނެތެވެ. ދާނިޔަލްވެސް އެއްބުމަ ހިއްލާލަމުން ސުވާލުގެ ނަޒަރަކުން އިލްފްއަށް ބަލާލިއެވެ. އެ އެންމެންނަށް ނަޒަރެއް ދެމުން ދެކޮނޑު އަރުވާލާފައި އިލްފް އެއްބަސްވުމާއިއެކު ކައިޝް އަނގަ ހުޅުވުނުއިރު ދާނިޔަލްގެ ތުންފަތްމަތީގައި ކުޑަ ހިނިތުންވުމެއް ދުވެލިއެވެ. ރަޔާން އިނީ ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ.

“އަހަރުމެންނަށް ޓްރީޓްއެއް ދޭންވާނެ އެނގެ ތިހެންވިއްޔާ. ” އިލްފްގެ ކޮނޑުގައިޖަހާލަމުން ކައިޝް ބުންޏެވެ. އިލްފް ހަމައެކަނި ދެކޮނޑުއަރުވާލީއެވެ.

“އޭ ޒެފް ނާދޭ……”

“އިލްފް ކައިވެނިކުރަން އުޅޭ ކުއްޖާ އާ ބައްދަލުކޮއްދޭން ހިނގާބަލަ؟ މިގޭގައެންނު އޭނަ އުޅެނީ. ” ރަޔާންގެ ޖުމުލަ މެދުކަނޑާލަމުން ތަންކޮޅެއް ބާރަށް ދާނިޔަލް ބުންޏެވެ. ހީވީ އިލްފްގެ މޫޑު ހަރާބުވެދާނެތީވެ އަވަހަށް ވާހަކަ ބަދަލުކޮށްލަން މަސައްކަތްކުރިހެންނެވެ. އިލްފް ހުންނަ ތަނެއްގައި އެ ނަން ގަނެފިނަމަ ވާނެގޮތް އެންމެ ރަނގަޅަށް އެނގޭނީ ދާނިޔަލް އަށެވެ.

“އާން، ހިނގާ. ” މުއްކެވިފައިވާ ދެއަތް ޖީބަށް ޖަހާލަމުން އިލްފް ހިނގައިގަތީ ކޮޓަރިން ނުކުންނާންށެވެ. ނަމަވެސް، ރަޔާން އާއި ކައިޝްއަށް އިލްފްގެ މޫޑަށް އައި ބަދަލު ފާހަގައެއް ނުވިއެވެ.

“އަހަރެމެން ތިރީގަ މަޑުކުރާނަން. އިލްފް އާދޭ އޭނަ ގޮވައިގެން. ” މިފަހަރުވެސް ދާނިޔަލް އެހެން ބުނުމުން އިލްފް ބޯޖަހާލިއެވެ. ހީވީ އޭނާވެސް މަސައްކަތްކުރަމުން ދިޔައީ ދެންމެ ނަން ގަތް މީހާގެ މައުޟޫއިން އަރައިގަނެވޭތޯހެންނެވެ.

ތިން ވަނަ ފަންގިފިލާއަށް އެރިއިރު އިލްފްގެ ދެލޮލުން ފެންނަމުންދިޔައީ ރުޅިވެރިކަމެވެ. ހަލުވި ފިޔަވަޅުތަކެއް ނަގަމުން ތިންވަނަ ފަންގިފިލާގައިވާ ކޮޓަރިބަރި ތެރެއިން ދެވަނައަށްވީ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. އިރުކޮޅެއްފަހުން ކޮޓަރީ ދޮރު ހުޅުވާލިއިރު ޒީކް އާއި އިލްފްގެ ހަތަރުކަޅި ހަމަވި ނަމަވެސް، ޒީކް އިސްޖަހާލިއެވެ.
“ތިރިއަށް އާދޭ. ” އިރުކޮޅަކު ޒީކްއަށް ނަޒަރުހުއްޓާލައިގެންހުރެ އިލްފް ރުޅިވެރިކަން ހިނދާލަން މަސައްކަތް ކުރަމުން ބުންޏެވެ. ސުވާލުގެ ނަޒަރަކުން އިލްފްއަށް ބަލާލާފައި ކޮޓަރީ ދޮރުލައްޕާލަމުން ޒީކް ނުކުތެވެ.

“ތި އެއްޗެހި ލައިގެން ދަނީ؟ ” އެއްބުމަ ހިއްލާލަމުން ޒީކްއަށް ބަލާލާފައި އިލްފް އަހާލިއެވެ.

ޒީކް އޭނާ ލައިގެން ހުރި ހެދުމަށް ނަޒަރު ހިނގާލިއެވެ. ކަޅުކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމަކާއި ކަޅުކުލައިގެ ޖިންސްއެކެވެ. އަޅައިގެން ހުރީ ތިނެސްކަން ބުރުގަލެކެވެ.

“ކީއްކުރަން ތިރިއަށް މި ދަނީ؟ ” އިލްފް އާއި ހަތަރުކަޅި ހަމަކޮށްލަމުން ޒީކް އަހާލިއެވެ.

“އަހަރެންގެ ރައްޓެހިންނާ ބައްދަލުކުރަން. ” ޒީކްއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އިލްފް ބުންޏެވެ.

“އެހެންވިއްޔާ އަޅުގަނޑު ތިރިއަށް މިދަނީ ހަމަ އެކަނި އެމީހުންނާ ބައްދަލުކުރަން. ނޮޓް ޓު އިމްޕްރެސް ދެމް. ” އަސަރެއްނެތް ގޮތަކަށް އިލްފްއަށް ބަލާލަމުން ޒީކް ބުންޏެވެ. އިލްފް ކުޑަކޮށް ޙައިރާންވި ނަމަވެސް، އެއްމިޔަކުން ހީނލަމުން ތިރިއަށް ދާން ހިނގައިގަތެވެ. އިލްފްގެ ފަހަތުން ތިރިއަށްދާން ހިނގައިގަތް ޒީކް ފަރުވާކުޑަގޮތަކަށް ދެކޮނޑު އަރުވާލިއެވެ.

***
މަޑުމަޑުން އެސްފިޔަތައް ޖަހާލަމުން ދެލޯ ހުޅުވާލި އިރު ފުރަތަމަ އެލީންއަށް ހުރިހާ ތަނެއް ފެނުނީ ފުސްކޮށެވެ. ދެ ތިން ފަހަރު ލަސްލަހުން އެސްފިޔަތަށް ޖަހާލުމާއެކުގައި އިރުކޮޅެއްފަހުން ތަންތަން ސާފުކޮށް ފެންނަން ފެށުމާއި އެކު އޮވެވުނީ ގޭތެރޭ ބިންމައްޗަށް ވެއްޓުނު ތަނުގައިކަން އެނގުނެވެ. މީގެކުރިން ހިނގި ކަންތައްތައް ހަނދާނަށް އައުމާއިއެކު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތަށް ފައިބާންފެށިއިރު ދެތުންފަތް ފުއަޅުވާލާފައި ހިމޭން ގިސްލުމެއްގެ އަޑު ބޭރުވަމުން ދިޔައެވެ.
ތުރުތުރު އަޅަމުންދިޔަ އަތް ހިއްލާލަމުން ކައިރީގައި އިން ސޯފާގެ އެހީގައި ކޮޅަށް ތެދުވެވޭތޯ މަސައްކަތް ކުރަމުން ކޮޅަށް ތެދުވެވުމާއެކު ކުއްލިއަކަށް އުނަގަނޑަށް އެރި ތަދަކާއިއެކު ބެލެންސްކަޓައިގެން އަނެއްކާ ވެއްޓިއްޖެއެވެ. ދެތުންފަތް ފުއަޅުވާލާފައި އާހެއްގެ އަޑު ބޭރުވި ނަމަވެސް، ދެތުންފަތް ފިއްތާލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ކޮޅަށް ތެދުވަމުން އެއްޗެހީގައި ހިފަހައްޓަމުން ކޮޓަރިއަށް ވަދެވުމާއިއެކު ނަގަމުންދިޔަ ތަދުގެ ސަބަބުން ދޮރުކައިރިއަށް ތިރިވެވުނެވެ. ނިމުމެއްނެތް ކަރުނަތަށް އޭގެ މަޤާމުދޫކޮށް ފައިބައިގަތްއިރު މި މަންޒަރު ފެންނަ މީހެއްގެ ހިތް، ރަޙުމާއި ހަމްދަރުދީއިން ފުރޭނެކަން ގައިމެވެ.

ރިހުން ކުޑަކޮށް ލުއިވުމާއިއެކު ފާރުގައި ދެއަށް ޖައްސާލަމުން އެލީން ކޮޅަށް ދެތުވެއްޖެއެވެ. ކޮޓަރި ތަޅުލުމަށްފަހު ކޮރުޖަހަމުންކަހަލަ ގޮތަކަށް ފާޙަނައާށް ވަންނަން ހިނގައިގަތެވެ. އިރުގަނޑެއްފަހުން ފާޙަނައިން ނުކުމެގެން އައި އިރު ލައިގެން ހުރީ އަތްކުރު ޓީޝާޓަކާއި ކަޅުކުލައިގެ ހަރަވާޅެކެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން އަމިއްލަ ހަށިގަނޑަށް އެލީން ނަޒަރު ހިންގާލިއެވެ. އަތުގެ ތަންތަނުގައި ލަކުނު ހުރިއިރު ބައެއް ތަންތަން ރަތްވެ ފިއްގަނޑު ނަގާފައިވެއެވެ. ބައެއް ތަންތަން ޒަޙަމްވެފައި ހުރިއިރު ލޭގެ އަސަރު ހުއްޓެވެ. ދޮން މޫނުގައި ފަސްއިނގިލީގެ ނިޝާން ހުރިއިރު ތުންފަތްކައިރިން ފަޅައިގެން ގޮސްފައިވާތަނުގައި ލޭގެ އަސަރު ހުއްޓެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ހިންދާލަމުން ލައިގެންހުރި ޓީޝާޓު ކުޑަކޮށް އުފުއްލާލަމުން ބަލާލިއެވެ. ނެޔަފަތީގެ އެހީގައި އެތަނަށް އަނިޔާވެފައިވާއިރު ބެލްޓުގެ އެހީގައި ލިބިފައިހުރި އަނިޔާތަކެވެ. ފުންނޭވާއެއް ލަމުން ދެލޯ މަރާބާރުކޮށްލާފައި ދެލޯ ހުޅުވާލީއެވެ.

“މިއަޅާއަށް ކެއްތެރިކަން ދެއްވާށީ. ” ކުރެހިފައިވާ އަޑަކުން އެލީން ބުނެލީ ޙަމްދު އަޅަމުންނެވެ.

“އޭ މި ދޮރުހުޅުވާ! ” ބޭރުން އެލީންގެ މަންމަ، މާހިޔާ ހަޅޭއްލަވައިގަތް އަޑު އިވުމުން ސިއްސައިގެންދިޔަވަރުން އެލީންގެ ހިތް ގުޑިގެން ދިޔައެވެ. އަވަސް ހަރަކާތަކާއެކު ދުވެފައިކަހަލަ ގޮތަކަށް ދޮރުހުޅުވަން ދިޔައިރު ގައިގައި ނުރިއްސާކަށް ތަނެއް ނެތެވެ. ނަމަވެސް ލަސްވެއްޖެއްޔާ އަނެއްކާ އިތުރަށްވެސް ވާނީ ހަމަ ތަދެވެ.

“ތިހުރީ އަދިވެސް ތައްޔާރު ނުވެ؟ ” ރުޅިވެރިކަމާއިއެކު އެލީންއަށް ބަލާލަމުން ބަލާލަމުން މާހިޔާ އެއްސެވެ. ސުވާލުންފުރިގެންވި ގޮތަކަށް މާހިޔާއަށް ބަލާލިއިރު އެލީންއަށް އެބުނި އެއްޗެއް ނަގައެއް ނުގަނެވުނެވެ.

“ކަލޭ ހަނދާން ނެތުނީތަ؟ މިރޭ ކަލޭގެ ކައިވެނި ކުރެވޭނެ. އެއް ގަޑިއިރުތެރޭ ރެޑީވޭ. ހެދުން އިންނާނެ އަލަމާރީ. ” ކަމެއް ހަނދާންކޮއްދިން ގޮތަކަށް އިންޒާރުގެ ނަޒަރަކުން އެލީންއަށް ބަލާލަމުން މާހިޔާ އެހެން ބުނެފައި ދޮރު ޖަހާލިއެވެ.

ކަމެއް ހަނދާންވިފަދައަކުން ހުއްޓުން އަރާފައިހުރި އެލީންގެ ދެލޯ އަނެއްކާވެސް ކަރުނުން ފުރުނެވެ. އަށާރަ އަހަރުވިތާ މަހެއް ނުވެ އުޅެނިކޮށް ދިރިއުޅުމެއް ފަށަން ޖެހުނީއެވެ. މަޑު ހިނގުމެއްގައި ގޮސް އަލަމާރީ ކައިރީގައި ހުއްޓިލަމުން ހުޅުވާލިއެވެ. އޭގެތެރޭގައި އިން ހުދުކުލައިގެ ކައިވެނި ހެދުން ފެނިފައި ފުން ނޭވާއެއް ދޫކޮށްލަމުން ހެދުން ގަޔަށް މަހާލަމުން ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން ހެދުމަށް ނަޒަރު ހުއްޓާލިއެވެ. އުނަގަނޑަށް ކުޑަކޮށް ހިފާހައިވާއިރު ފައިގެ ތަނބިކައްޓާއި ހަމައަށް ދިގެވެ. މުޅި ހެދުން ހުދުކުލައިގައިވާއިރު ނޫކުލައިގެ މިނާފުއްތަކެއް ބޭނުންކޮއްފައިވެއެވެ. ދެން އަލަމާރީ ދޮރުހުޅުވާލަމުން ގަދަ ނޫކުލައިގެ ޝޯލެއް ނަގަމުން ރީތިގޮތަކަށް އިސްތަށިގަނޑު ފޮރުވާލިއެވެ. މޫނަށް ނަޒަރު ހިނގާލަމުން އެނދުމަތީގައި ބާއްވާލެވިފައިވާ ހުދުކުލައިގެ ފޮތި ކޮޅަކުން މޫނު ނިވާކޮއްލިއެވެ. މިހާރު ބަލައިލި މީހަކަށް ފެންނާނީ އެލީންގެ ދެލޮލުގެ އިތުރުން އަތްތިލައެވެ. އާންއެކެވެ. އެލީން އަކީ މޫނުބުރުގާ އަޅައިގެން އުޅޭ ޒުވާން އަންހެންކުއްޖެކެވެ. އެހެން ނޫންނަމަ މިޔަދު އަމްޖަދުގެ ނުބައިކަމާއި އެލީން ބަނޑުއަޅާ ވިހެއި މައިމީހަގެ ނުބައިކަން މުޅި ދުނިޔެއަށް ފަޅައަރައިގެން ދިޔައީހެވެ.

“ހިނގާ ދާން. މަންމަ އާ ބައްޕަ ކާރުގަ އެބަތިބި މަޑުކޮއްގެން ” ކޮޓަރީ ދޮރުހުޅުވާލަމުން ތުއި އަޑަކުން ނައުރީ ބުންޏެވެ. މޫނުގައި ފުރާ ފައުންޑޭޝަން ހާކާފައިވާއިރު އިސްތަށިގަނޑު މުށިކުލައިން ޑައިކޮށްލާފައި ވެއެވެ. ލައިގެން ހުރީ ގަޔަށް ބާރު ގަދަ ނޫކުލައިގެ ކަކުލާހަމައަށް އަރާ ހެދުމެކެވެ. ނައުރީއަށް ބަލާލަމުން ބޯޖަހާލާފައި އެލީން ދެއަތުން ހެދުމުގައި ހިފަހައްޓާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ގައިގެ އެތައް މިތަނަށް ތަދުވަމުންދިޔަ ނަމަވެސް، ހިއްވަރުކޮއްލީ އިތުރު އެހެން ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނައުރީ އާއިއެކު މަޖީދިމަގައް ނިކުމެވުމާއިއެކު އެލީންގެ ލޮލުގައި އެތަނުގައި މަޑުކޮއްގެން އޮތް ކަޅުކުލައިގެ ޕްރައިވެޓް ކާރު ފެނުނެވެ. ބަހެއް ބުނުމެއްނެތި ކާރުގެ ފަހަތު ސީޓު ދޮރުހުޅުވާލަމުން ކާރަށް އަރާ ހަމަޖެހިލިއެވެ. ނައުރީ ކާރަށް އެރުމާއިއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ. ހަ ސީޓުގެ ކާރަކަށް ވެފައި ބޮޑުވުމުގެ ސަބަބުން އެންމެންވެސް ހަމަޖެހިލައިގެން ތިބީ ކާރު އެމީހުންގެ މިސްރާބަށް ގެންގޮސްދޭނެކަމުގެ އުންމީދުގައެވެ. ފަނަރަ ވަރަކަށް މިނެޓުފަހުން ކާރުގެ ދުވެލި މަޑުކޮށްލުމާއިއެކު މާހިޔާ އާއި އަމްޖަދުގެ އިތުރުން ނައުރީ ކާރުން ފައިބައިފިއެވެ. ފުން ނޭވާއެއްލަމުން އެލީން ދޮރު ހުޅުވާލަން އުޅުމާއިއެކު ޑްރައިވަރު ދޮރުހުޅުވާލަދިނެވެ. ޝުކުރުއަދާކުރުމަށްފަހު އެލީން ކާރުން ފޭބުމާއިއެކު ކުރިމަތީގައި އިން ބޮޑު ގެއަށް ނަޒަރު ހިނގާލިއެވެ. ގަނޑުވަރެކޭ ތަފާތެއް ނެތެވެ. މަންމަ އާއި ދޮންބައްޕަ އޭނާ ގަދަކަމުން މި ކައިވެނިކުރަން އެއްބަސްކުރުވި ސަބަބު ވަރަށް ރީއްޗަށްވެސް އެލީންއަށް މިއޮތީ ކުރިމަތިން ފެންނާންށެވެ.

ހުޅުވިފައިވާ ބޮޑު ހުދުކުލައިގެ ގޭޓުން އެތެރެއަށް ވަދެގެން ދިޔައިރު އަދި މެހެމާނުންނެއް ނާދެއެވެ. އަދި ކައިވެނި ކުރެވެން ބައިގަޑިއިރު އޮތުމުން ނޯކަރުމީހުން ތަންތަން ޒީނަތްތެރިކުރުމުގައި މަސްޢޫލުވެގެން އުޅެވެ. މާހިޔާ އާއި އަންޖަދުގެ އިތުރުން ނައުރީ އެލީންއަށް ވުރެ ކުރިން ހިނގާފައިގޮސް ގޭތެރެއަށް ވަދެގެން ދިޔައިރު އެލީން އެމީހުންގެ ފަހަތުން ގެއަށް ވަންނަން ހިނގައިގަތެވެ.

ނަމަވެސް އެލީންގެ ދެލޯ ބޮޑުވެގެން ދިޔައީ ކުއްލިއަކަށް މީހަކު އޭނާގެ އަނގަމަތީގައި އަތް އަޅަމުން އެމީހާގެ ހަކަތައެކުލެވިފައިވާ ބާރުގަދަ އަތް އެލީންގެ އުނަގަނޑުގައި ވަށާލުމުންނެވެ.

ގަދަ ހަދަމުން ދިޔަ ނަމަވެސް، އޭނާ ހިފަހައްޓައިގެން ހުރި މީހާގެ ބާރުގަދަ އަތުތެރޭގައި އެލީންއަށް ގަދައެއް ނުދެއްކުނެވެ. އެ ޒުވާނާ އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިގޮތުން ނަގަމުންދިޔަ ދިލަ ތަދުން އެލީންގެ ދެލޯ ފެންކަޅިވެއްޖެއެވެ. ނަމަވެސް، ހިތްވަރުކޮށްލާފައި ދެލޯ މަރާލަމުން އޭނާގެ އަންނާރުކޮޅެއްފަދަ ހުދު ދަތްތަކުން ތުރުތުރު އަޅަމުންދިޔަ ތުންފަތުގައި ދަތްއަޅާލީ އާހެއްގެ އަޑު ބޭރުވާން އުޅުމުންނެވެ. އެ މީހާގެ އަތްދަށުން ސަލާމަތް ނުވެވޭނެކަން ޔަޤީންވުމުން ކުރެވެމުންދިޔައީ ބޭކާރު މަސައްކަތެއްކަން އެނގުމުން އެލީން މައިތިރިވިއެވެ. ކުއްލިއަކަށް ބުރަކަށި ފާރުގައި ޖެހިފައި މަތަވިއިރު ފާރާއި އެ ޒުވާނާއާއި ދޭތެރޭގައި އެލީން ފިތިގެންދިޔައެވެ.

ކަޅުކުލައިގެ ދެލޮލުން ރުޅިވެރިކަން ފެންނަމުން ދިޔައިރު މުނޫމަތިންވެސް ފެންނަމުންދިޔައި އެ އަސަރެވެ. ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ހަށިގަނޑެކެވެ. ކަޅުކަންގަދަ ބުމަ ގޮށްގަހާލައިގެން ހުރިއިރު އެ ކަނޑެއްފަދަ ކަޅުކުލައިގެ ދެލޮލުގައިވީ އަނދިރިކަމާއި ރުޅިވެރިކަމެވެ. ކުރުކޮށް ކޮށާލެވިފައިވާ ވަރުގަދަ ފަން އިސްތަށިގަނޑުން ބައެއް އެދެލޮލަށް ނިވާ އަޅާލުމުން އިތުރަށް ރީތިކަމަށް ދެއްކިއެވެ.

“ތީ…ތީ ކާ..” ހިތްވަރުކޮށްފައި އެލީން ވައިއަޑުން ބުނަން އުޅުނެވެ. ނަމަވެސް އެ ޒުވާނާ އެލީންގެ ޖުމުލަ މެދުކަނޑާލިއެވެ.

“ޝްޝް..އަހަންނަކީ ކާކުކަންވެސް ނޭނގޭތަ؟ ” އެދެލޮލުގައިވި ރުޅިވެރިކަން ނުފިލިއްކަމަކު ބުމަ ހިއްލައިލަމުން އެ ޒުވާނާ ހަރުކަށިކަމާއެކު އަހާލިއެވެ. އެލީން ހަމައެކަނި ބޯޖަހާލަމުން އިސްޖަހާލިއެވެ.

“ޒެވިޔަން. އަހަރެން މިއީ ކާކުކަން ވަރަށް އަވަހަށް އެނގޭނެ. ” އެލީންގެ އަތުން ދޫކޮށްލަމުން ފަސްއެނބުރި އައިކޮޅަށް ހިނގައިގަންނަމުން އެ ޒުވާނާ ބުންޏެވެ.

ހުއްޓުންއަރާފައިހުރި ނަމަވެސް ގަދަކަމުންކަހަލަ ގޮތަކަށް ފިޔަވަޅުތަށް ކުރިއަށް ނަގަމުން އެލީން އަވަސްވެގަތީ އެގެއަށް ވަނުމަށެވެ. ނަމަވެސް ދާނެވަކި ދިމާލެއް ނޭނގުމުން އެލީންގެ ހިތްނުތަނަވަސްވެއްޖެއެވެ. ކުއްލިއަކަށް ބާރުގަދަ އަތެއް އެލީންގެ އުނަގަނޑުގައި ވަށާލެވިގެންދިޔައިރު އިވުނީ އެންމެ މީހެއްގެއަށެވެ. ދޮންބައްޕަ އަމްޖަދުގެ އަޑެވެ.

“ކަލޭ ނުފެނިގެން މާހިޔާ އެބަ އުޅޭ ހާސްވެގެން. ފިލަންތަ ތި އުޅެނީ؟ ” ރުޅިވެރިކަމާއެކު އެލީން އާއި އަމްޖަދު ސުވާލުކޮށްލިއެވެ.

“ނު..ނޫން. އޮޅުނީ. ” އިސްޖަހާލައިގެންހުރެ އެލީން ބުނެލީ ވައިއަޑުންނެވެ.

“ހްމްމް. ހިނގާ! ” އެލީންގެ ބުރަކަށީގައި ހިފާ ކުޑަކޮށް ކުރިއަށް ކޮއްޕާލަމުން އަމްޖަދު ބުންޏެވެ.

ކައިވެނިކުރަން ހަމަޖެހިފައިވާ މާޙައުލަށް ވަދެވުމާއިއެކު މާހިޔާ އެލީން ގެނެސް ބޭނދީ އެލީންގެ ވާންއުޅޭ ފިރިމީހާ ކައިރީގައެވެ. އެ ޒުވާނާގެ ތޫނު ނަޒަރު އެލީންއަށް ހުއްޓިފައިވާކަން އެނގުމުން އެލީން މަޑުމަޑުން އިސްއުފުލާލަމުން އެ ޒުވާނާއަށް ބަލާލުމާއިއެކު ދެލޯ ކުޑަކޮށް ބޮޑުވިއެވެ. އެއީ ޒެވިޔަން ނޫން އިތުރު ދެވަނަ އެހެން މީހެއް ނޫނެވެ. ޒެވިޔަން އެއްމިޔަކުން ހީނލިވަގުތު ޤާޒީ އޭނާގެ ވާހަކަ ފެށިއެވެ.

***

މުޅި މާޙައުލަށް މަރުފަދަ ހިމޭންކަމެއް ވެރިވެފައިވީ ނަމަވެސް، ކުއްލިއަކަށް އިވިގެންދިޔައީ އެއްޗެއް ތެޅިގެންދިޔަ އަޑެވެ.

“ޑޫ ޔޫ ރިއަލީ ތިންކް އައި ވިލް ޑޫ ދެޓް ޑޭޑް؟ އޭނަ ކައިރީ ބުންޏަސް ނާންނާނެ. ” ފުން ނޭވާއެއްލަމުން ރުޅިގަނޑު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އިލްފް ބުންޏެވެ.

“އިލްފް! ހަމަޖެހިބަލަ. އެނގެއެއްނު ޔޫ ހޭވް ނޯ އަދާރ ޗޮއިޒް. ” އަޑަށް ބާރުލަމުން އަހްވަމް ބުނުއްވިއިރު މޫނުމަތީގައިވަނީ ހަރުކަށިކަމެވެ.

“ފައިން! އެކަމް ރިމެމްބަރ. މީ އަޅުގަނޑު ޑޭޑް ބުނާ ކަމެއް ކުރާނެ އެންމެފަހު ފަހަރު އެންޑް އައި ޑޯންޓް ކެއަރ ” އަހްވަމް ބުނާނެ އެއްޗެއް އަޑުއެހުމެއްނެތި ބައްޕައަށް ފަސްދެމުން އިލްފް ހިނގައިގަތީ ކޮޓަރިއަށް ވަނުމަށެވެ.

ފުން ނޭވާއެއް ލަމުން އަހްވަމް ރޫބީއަށް ބަލާލި އިރު އަހްވަމްގެ ތުންފަތްމަތީގައިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ރިޔާ ފުންނޭވާއެއް ދޫކޮށްލިއިރު ޒީކްގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. ނަމަވެސް، އޭނާ ވިސްނަމުންދިޔައީ އިލްފް އެހާ ރުޅިއަންނަން ޖެހުނު ކަމަކާއެވެ.

****

ކޮޓަރިއަށް ވަދެވުމާއެކު ބަންލާފައި ދޮރުޖަހާލަމުން އިލްފް އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެ ނޫކުލައިގެ ދެލޮލުން ފެނިގެންދިޔައީ ނިމުމެއް ނެތް ރުޅިވެރިކަމެވެ. މުއްކެވިފައިވާ އަތުން ފާރުގައި އެތިފަހަރެއް ވީއްލާލާމުން ހަމަޖެހެވޭތޯ މަސައްކަތް ކުރިނަމަވެސް، އޭނާގެ ރުޅިގަނޑު ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ. އަހްވަމް އިލްފް ކައިރީގައި ކުރަން ބުނި ކަންތައް ކުރާނޭ ގޮތަކާ ދޭތެރޭގައި ވިސްނާލަމުން ޖީބުގައި އޮތް ފޯނު ނަގަމުން ނަންބަރަކަށް ޑައިލް ކޮއްލިއެވެ. އިރުކޮޅެއް ފަހުން އެކޮޅުން ފޯނު ނެގުމުން އިލްފް ފުންނޭވާއެއް ލަމުން ވާހަކަދައްކަން ފެށިއެވެ. ވާހަކަ ނިމޭނެ ގޮތް ހީވީ އެކޮޅުން ފޯނު ނެގީއްސުރެން އޭނާއަށް އެނގޭ ހެންނެވެ.

“ކިހިނެއްވީ؟ ” އެންމެ ފުރަތަމަވެސް އިލްފްއަށް އިވުނީ އެ ޒުވާނާ ރުޅިވެރިކަމާއެކު އެހެން ބުނި އަޑެވެ.

“އަހަރެންގެ ކައިވެންޏަށް އަންނަން ދައުވަތު އަރުވަންވެގެން. ” އަޑުގައި އެއްވެސް އަސަރެއް ނެތް އިރު އިލްފް ބުންޏެވެ.

“އަހްވަމް މަޖުބޫރުކޮށްގެން ދޯ ތި ގުޅީ؟ އެހެ. ” މަލާމާތުގެ ހުނުމަކާއިއެކު އެޒުވާނާ ބުންޏެވެ.

“އާދެވޭނެތޯ ނާދެވޭނެތޯ އަހަން މި ގުޅީ. ” ސުވާލަކަށްވުރެ ބޮޑަށް އިލްފް އެހެން ބުނިއިރު ހީވީ މީހެއް ބުނި އެއްޗެއް ބުނިހެންނެވެ.

“ހްމްމް. ލެޓްސް ސީ ބްރަދާރ. އެކަމް ވައި ޑޯންޓް ޔޫ ޓެލް މީ އެބައުޓް އިޓް! ” އެ ޒުވާނާގެ އަޑުގައިވީ ލާނެތްކަން ކުއްލިއަކަށް ސީރިޔެސްކަމަށް ބަދަލުވެގެން ދިޔައެވެ.

“ކިތައްފަހަރުތަ ޒެފް ކައިރީ ބުނަން ވީ؟ އައި . ވިލް . ނޮޓް . ޓެލް . ޔޫ. ” އަޑަށް ހަމަހިމޭންކަން ގެންނަމުން އިލްފް އެހެން ބުނި އިރު އެ އަޑުގައިވީ އިންޒާރެވެ. ނަމަވެސް، އެކޮޅުން ވާހަކަދައްކަމުންދިޔަ ޒުވާނާ އެކަމަށް ސަމާލުކަމެއް ނުދިނެވެ.

“ޔޫ ނޯ ވަޓް! އިޓްސް އޯލް ޔުއަރ ފޮއުލްޓް. އެ ދުވަހު އިލްފް އެމީހުންނަށް އެހީވިނަމަ ދޭ ވިލް ބީ ހިއަރ. އިލްފް އާ ހެދެ މިޔަދު އެމީހުން ނެތީ. ޖަސްޓް ބިކޯޒް އޮފް ޔޫ! ” ރުޅިވެރިކަމާއެކު އެކޮޅުން އެހެން ބުނުމަށްފަހު ފޯނު ކަނޑާލުމާއެކު އިލްފްގާތަށް އައި ރުޅިން ފޯނު ހޫރާލުމާއެކު ފާރުގައިޖެހިފައި ކުދިކުދިވެގެން ދިޔައެވެ.

***

“އަންބި ޤަބޫލުކޮށްފިން. ” ޒެވިޔަން އެހެން ބުނެލުމާއެކު އެލީން ދެއަތް މުއްކަވާލަމުން އޭނާގެ އެސްފިޔަތައް ލައްޕާލިއެވެ. ނުވެސް ދަންނަ މީހެއްގެ މިލްކަކަށް އޭނާ ވެގެން ދިޔައިރު ޒެވިޔަން އޭނާއަށް ކޮންމެފަދަ ގޮތެއްވެސް ހަދައިފާނެއެވެ. މީގެ އިރުކޮޅެއް ކުރިން ހިނގާދިޔަ ހާދިޘާއިން ވެސް އެލީންއަށް އެނގުނީ އެންމެ ދެކަމެވެ. ޒެވިޔަން އޭނާ ބޭނުންވާއެއްޗެއް ގަދަކަމުންވެސް ހޯދާނޭ ކަމާއި އޭނާއަށް ކޮންމެފަދަ ގޮތެއްވެސް ހަދަން ފަސްނުޖެހޭނޭ ކަމެވެ.

ކުއްލިއަކަށް އެލީން ސިހިގެން ދިޔައީ މީހަކު އޭނާގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓުމުންނެވެ. ކުޑަކޮށް ތަދުވިނަމަވެސް އޭނާގެ އަތުގައި ހިފަހައްޓައިގެންހުރި ޒެވިޔަން އާއި ހަތަރުކަޅި ހަމަކޮށްލެވުމާއެކު ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. ދެމީހުން ގޮނޑިން ތެދުވަމުން ދެމީހުންނަށް ޙާއްޞަ ކުރެވިފައިވާ ސްޓޭޖްގައި ހުއްޓިލިއިރު މީހަކަށްފަހު މީހެއް ކައިވެންޏަށް މަރުޙަބާ ކިޔަމުންދިޔައެވެ.

***

އިވެމުންދިޔައީ މީހުންގެ ހިތްތައް ފޫއަޅުވާލާކަހަލަ ވޭނީ ގިސްލުމެއްގެ އަޑެވެ. އެ އަޑުގައި އެތައް އިޙުސާސެއް އެކުލެވިގެން ދިޔައެވެ. ނަމަވެސް، އަޅާލާނެ އެކެއްވެސް އެ ތަނުގައި ނެތީކަންނޭނގެއެވެ.

“ދޮން..ދޮންބޭ..ޕްލީޒް..ހެލްޕް މީ..” ވައިއަޑުން އެހެން އެ އަންހެންކުއްޖާ ބުނި ނަމަވެސް، އެތަނުގައިހުރި ފިރިހެންކުއްޖާ ގުޑެވެސް ނުލާ ބަލަހައްޓައިގެންހުއްޓާ އެ އަންހެންކުއްޖާ ހަޅޭއްލަވައިގަތް އަޑަށް ނޭވާ ހިފަހައްޓާލެވުނެވެ. ދެން ފެނިގެންދިޔަ މަންޒަރަކުން އެ ފިރިހެންކުއްޖާގެ ހިތް ގުޑިގެންދިޔައެވެ. އެ އަންހެންކުއްޖާގެ ހުއްޓުމެއްނެތް ވޭނީ ހަޅޭކުގެ އަޑު އެ ފިރިހެންކުއްޖާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ހުއްޓުމެއްނެތިއެވެ.

 

އެ އަންހެންކުއްޖާގެ އަޑު ގަދަވަމުންދިޔަ ވަރަކަށް އެ ފިރިހެންކުއްޖާ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފަހަތަށް އަޅަމުންގޮސް ކަޅުއަނދިރިގަނޑެއްހެން އޮތް ފާރުގެ ބިތުގެ ކަނުގައި ބުރަކަށިޖައްސާލަމުން ކަކޫމައްޗަށް ތިރިވިއެވެ. އެ އަންހެންކުއްޖާއަށް ވަމުންދިޔަ ހާލުފެނިފައި އިސްދަށަށް ޖަހާލުމާއެކު އެ ފިރިހެންކުއްޖާގެ ނަޒަރު ހުއްޓުނީ ވީދިފައިވާ ހުދު ޓީޝާޓުގެ ވީދެފައިވާ ތަނުން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ލޭތަކަށެވެ. ޓީޝާޓު ކުޑަކޮށް އުފުއްލާލުމާއިއެކު ފެނުނީ ދިގުކޮށް ޒަޙަމްވެފައިވާ ތަނެވެ. ނަމަވެސް، އެ ފިރިހެންކުއްޖާގެ ގައިން ހީބިހިނަގައިގެން ދިޔައީ އެ އަންހެންކުއްޖާ ހަޅޭއްލަވައިގަތް އަޑު އިވުމުންނެވެ.

 

އަވަސް ހަރަކާތަކާއިއެކު އިސްއުފުލާލަމުން އެ ދިމާއަށް ނަޒަރު ހުއްޓާލުމާއިއެކު ފެނުނު މަންޒަރަކުން އެ ފިރިހެން ކުއްޖާއަށް ނޫނެކޭ ކިޔާފައި އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. ދުއްވައިގަންނަން ކުރިއަށް ފިޔަވަޅެއް އަޅަން އުޅުމާއެކުހެން ގައިގެ ވަރު ދޫވެގެން ވެއްޓުނީ ލޭމަދުވުމުގެ ސަބަބުންކަންނޭނގެއެވެ. ވޭނުން ފުރިގެންވި ގޮތަކަށް އެ އަންހެންކުއްޖާއަށް ބަލާލަމުން އެ ފިރިހެންކުއްޖާ އާދޭސްކުރަމުންދިޔައީ އަންހެންކުއްޖާ ކައިރީގައި ހުރި ރަޙުމެއް ކުލުނެއްނެތް ފިރިހެން މީހާ ކައިރީގައެވެ. ކުއްލިއަކަށް އިވުނު ބާރު އަޑަކުން އެ ފިރިހެންކުއްޖާ ދިޔައީ ސިއްސައިގެންނެވެ.

– ނުނިމޭ –

ވޯޑް ކައުންޓް: +1900

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (3)

love is sour n sweet
Next

ހުދާއްކޮ 2

Next
love is sour n sweet
September 20, 2020

ހުދާއްކޮ 2

Previews
September 20, 2020

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (3)

9 Comments!

  1. Malsa moosa - lysh - says:
    September 20, 2020 at 1:28 pm

    Salaam readers. Hope you all will like it. Next part will also upload real soon. Take care all, lysm all! Salaam.

  2. Starlight vixx says:
    September 20, 2020 at 1:57 pm

    Me first tha anyways varah reethi mi part ves curiously waiting for the next part ☺️☺️☺️☺️ take care ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Malsa Moosa (Lysh) says:
      September 20, 2020 at 2:30 pm

      Thanks Starlight vixx. 🙂 you too take care be safe. Salaam

  3. Am❤❤❤ says:
    September 20, 2020 at 4:39 pm

    Waiting for the next part
    And this part is amzing

    1. Malsa Moosa (Lysh) says:
      September 20, 2020 at 8:08 pm

      Thank you, Am. 🙂 stay safe. Salaam

  4. R¥N says:
    September 21, 2020 at 9:16 am

    Maasha Allah ????varah reethi ??curiously waiting for the next part ????????????????????Ryn handhaaneh neh vaahka kiyaafa comment kuraakah.. Sry for the late reply ?

    1. Malsa Moosa (Lysh) says:
      September 26, 2020 at 5:15 pm

      Nooney, it’s okay. Thanks Ryn. Tc, salaam ??

  5. Ram says:
    September 21, 2020 at 12:21 pm

    VVV reethi maasha allah???????

    1. Malsa Moosa (Lysh) says:
      September 26, 2020 at 5:15 pm

      Thank you ram. Salaam☺️

Comments are closed.

Next Episodeފުހެވިގެން ނުދާނޭ – 04 ، 05 –←


All Right Reserved!