ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (3)
*’ހޫން ދެން ހެވޭ.. އޭތް.. މިތަނަށް ކިޔަނީ ކީކޭތަ އަނެއްކާ؟. ސަންސެޓް ޕާކް އޭތަ؟’ ނައިލީ ވާހަކަ ބަދަލު ކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެއާއެކު އެތާ ތިބި ހުރިހާ ކުދިންތައް ހޭން ފެށިއެވެ. ‘ނޫނޭ ނައި.. ސެންޓްރަލް ޕާކޭ މީ.. ސަންސެޓް ޕާކެއް ނޫން..’ ހެމުން ހެމުން ޔޫލިން ބުންޏެވެ. އެއާއެކު ޔޫނުސް ކެމެރާ ތަކެއް ހިފައިގެން އައިސް އެކި ތަންތާގައި ބަހައްޓަން ފެށުމުން ހުރިހާ ކުދިންވެސް ވާހަކަ ދެއްކުން ހުއްޓާލިއެވެ.*
‘އޯކޭ އެހެންމަ ހިނގާ ދޯ މިގަޑީގެ ޝޫޓިންގ ފަށަން..’ ޔޫނުސް ހުރިހާ ކެމެރާ ތަކެއް އަތުރާ ނިންމާލުމަށް ފަހު އެކުދިންނާއި ކުރިމަތި ލިއެވެ. ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނަކާއި އެއްކޮށް ބޮލުގައި ބޭސްބޯލް ތޮތްޕެއް އަޅައިގެން ހުރުމުން އޭނާގެ ފިރިހެން ވަންތަކަން ހާމަ ވެއެވެ. ދޭތެރެ ދޭތެރެއިން އޭނާ ދިޔައީ އޭނާ އަޅައިގެން ހުރި ރޯލެކްސް ގަޑި އަށް ބަލަމުންނެވެ. ‘އޯކޭ ހިނގާ.. މިހާރު ދިހައެއް އެ ޖަހަނީ.. 12 ޖަހާ އިރު މާލެ ދާން ވާނެ ދޯ..’ ނަވްރީންގެ އިސްތަށިގަނޑާއި ކުޅެމުން ޔޫލިން ވާހަަކަ ދެއްކިއެވެ. ‘އެ ކީއްކުރަން މާލެ ދަނީ؟’ ޔޫނުސް މޫނުމަތީގައި އަވި އައިނު އަޅައިލަމުން ޔޫލިން އާއި ދިމާލަށް ބަލަމުން ބުނެލި އެވެ. ‘އަޅެ ޔޫނުސް ނޭނގޭތަ؟ ޔޫލިން އަށް އަބަދުވެސް ހުރެވޭނީ ބަނޑުހައިވެގެން އެއްނުން.. ޔަގީން އެ އުޅެނީ އަހަރެމެން ގޮވައިގެން މެކް ޑޮނަލްޑްސް އަށް ގެންދަންކަން..’ ނިޒްކާ ބޮލުގައި އަތް އަޅައިލިއެވެ. ‘އެހެން ދޯ.. އެކަމު މެކްޑޮނަލްޑްސް އަކަށް ނެތޭ ދެވޭކަށް..’ ޔޫނުސް ހިނިއައިސްހުރެ ބުނެލިއެވެ. ‘އެއީ؟’ ލިބުނު ސިހުމުގައި ހުރިހާ ކުދިންނަށް ބުނެވެވުނެވެ. ޔޫލިން ނަވްރީންގެ އިސްތަށިގަނޑަށް ދަމާލެވުނެވެ. ‘އައްދޯތް..’ ޔޫލީންގެ އަތް ނައްޓުވަމުން ނަވްރީން ބާރަށް ބުނެވެވުނެވެ. ‘އޫޕްސް..’ އަނގަމަތީ އަތް އަޅަމުން ޔޫލީން ނަވްރީން ގެ ކިބައިން މާފަށް އެދުނެވެ. ‘ކީއް ވެގެން ޔޫނުސް ތި ހެނީ؟ ތިހާ ބޮޑު އިއުލާނެއް އަދި ދުވަހަކު ވެސް ނުކުރޭ؟ ދެން މިފަހަރަު ކީއްވެ މެކް ޑޮނަލްޑްސް އަށްނުދެވެނީ؟’ ޔޫލީން އަނެއްކާ ވެސް ވާހަަކަ ދެއްކިއެވެ. ނަމަވެސް ޔޫނުސް އަށް ޖަވާބެއް ދެވޭވަރު ވީ އޭގެ ތިން މިނެޓު ހާއިރު ފަހުންނެވެ. ‘އެއީ..އެއީ ރާއްޖޭގަ އަދި މެކް ޑޮނަލްޑްސްގެ ބްރާންޗް އެއް ނެތީމަ.. މުސްތަގުބަލުގައި ދެވިދާނެ ކަންނޭގެ ދިރި ހުރިއްޔާމު.. ހަހަހަ.. އަހަންނަށް ހެވެނީ ތި ކުދިންނަށް ވީ ގޮތް ފެނުނީމަ.. ހަހަހަހަ..’ ޔޫނުސް އަށް ހެވޭވަރުން ބަސްތައް އައީ ބުރިބުރި ވެގެންނެވެ. އޭނާ ހެމުން ދިޔައީ އެހާވެސް ގަދައަށެވެ. ބާރަށެވެ. އެއާއެކު އެހުރިހާ ކުދިން މޫނު ކުނި ކޮށް ތުން އޫ ކޮށްލިއެވެ. ‘ދެން ހޭ ވަރު ކަމެއްތަ.. ޔޫނުސް ދާން ބޭނުން ވާ ތަނަކަށް ނުދެވިއްޖެޔާ ޝުޑް ވީ ލާފް ޓޫ؟’ އީނާލް އިރުކޮޅެއް ފަހުން ވާހަކަ ދެއްކިއެވެ. އެއާއެކު ޔޫނުސް އަވަސް އަވަހަށް ހުނުން ހުއްޓާލައިފައި ކެމެރާ އަކާއި ދިމާލަށް ހިނގައިގަތެވެ. ‘އެ އަނގަ ބަންދު ވީ.. މައި އެލެފެންޓް ވާ މޮޅު..’ އަތް ތިލަ ބަޑި ޖަހާލަމުން ނައިލީ ވާހަކަ ދެއްކި އެވެ. ‘އެލެފެންޓޭ؟ އަހަންނަށްތަ ތިގޮވީ؟’ މިފަހަރު ލޯ ބޮޑު ކޮށްލަން ޖެހުނީ އީނާލް އަށެވެ. ނައިލީ އެއްޗެކޭ ނުބުނުމުން އީނާލް އޭނައާއި ދިމާލަށް ދޫ ނެރެލިއެވެ. އެހެންނަމަވެސް ނައިލީ އެކަމެއް ވީކަމަކަށް ވެސް ނެހެދިއެވެ. ‘ހޫން ނެސްޓަމް އޭ ގޮވީމަ ދޯ… އަދިވެސް ގޮވާނަން..’ އީނާލް އަކީ ގޮތް ދޫނުކުރާ ކުއްޖެއްކަމުން ނައިލީ އަށް މިފަހަރުވެސް ރައްދުދިނެވެ. ‘ހޫން ގޮވާބަ.. ނައިވެސް އެލެފަންޓުއޭ ކިޔާފަ ގޮވާނީ..’ ނައިލީ ވެސް އޭނައަށް ރައްދު ދިނެވެ. ދެކުދިން ޒުވާބު ކުރަމުން ދިޔަ އިރު ޔޫނުސް ކެމެރާ ޖައްސާލުމަށްފަހު ލަވަ ޖަހާލިއެވެ. އެއާއެކު އެދުވަހުގެ ޝޫޓިންގް ފެށުނެވެ. ހަމައެހެންމެ ޕާކުގައި ވަގުތު ހޭދަ ކުރަމުން ދިޔަ މީހުން ދުރުން ނަމަވެސް ފޮޓޯ އާއި ވީޑިއޯ ނަގަމުން ދިޔައެވެ. ނަމަވެސް މީހުން ގިނަވާން ފެށުމުން ބަންގްޓަން ގަރލްސް ގެ މުއައްޒަފުންނަށް މަޖުބޫރުވީ އެތާ ތިބި މީހުން ފޮނުވާލުމަށެވެ. މީހުންތައް ދިޔުމުން އަނެއްކާވެސް ޝޫޓިންގ ކުރިޔަށް ދިޔައެވެ.
ބަންގްޓަން ގަރލްސްގެ ޝޫޓިންގް ކުރިޔަށް ދާ ވަގުތު އެކުދިންގެ ތައާރަފަކަށް ދަމާ ހެއްޔެއެވެ. މިކުދިންނަށް ދޮން ހަންގަނޑަކާއި ހިމަ ތޮޅި ހަށިގަނޑެއް ލިބިފައިވެއެވެ. އެ ކުދިންގެ ދޮން މޫނުގައި އިރު އިރު ކޮޅާ މާނަވީ ހިނިތުންވުމެއް ކުޅެލައެވެ. ބަލައިލާ ކޮންމެމީހަކަށް ވެސް މިކުދިންނަކީ އުފާވެރި ކުދި ބައެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ލަވްޒާ އަކީ މިއަށް އަންހެން ކުދިންގެ ތެރެއިން އެންމެ ބޮޑަށް ހުންނަ ކުއްޖާއެވެ. އުމުރުން 20 ގެ ލަވްޒާ އަކީ ވަރަށް އާދައިގެ އާއިލާ އަކުން އައިސްފައިވާ ކުއްޖެކެވެ. މައިންބަފައިންނަށް ލިބުނު 3 ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ލަވްޒާ އަކީ ކިޔެވުމުގައިވެސް ބޮޑެތި ކުރި އެރުން ތަކެއް ލިބިފައިވި ކާމިޔާބީ ދަރިވަރެކެވެ. އަދި އުމުރުން އެންމެ ފަނަރަ އަހަރުގައި އޭނާ ބަންގަޓަން ގަރލްސް އަށް ވަނީ ގިނަ ގުނަ އުންމީދު ތަކަކާއި އެކު އެވެ. އެކަމުގެ ފޮނި ނަތީޖާވެސް ދިޔައީ ފެނިގެންނެވެ. 2016 ވަނަ އަހަރުގެ ޖީސީ އޯލެވެލް އިން އެކައުންޓިންގ ދާއިރާ އިން މުޅި ދުނިޔެއިން ދެވަނަ ވަނީ ލަވްޒާ އަށް ލިބިފައެވެ. މަޑުމައިތިރި މިޒާޖެއް ލިބިފައިވާ ލަވްޒާ އަކީ މިހާރު އޭނާއަކީ ބަންގޓަން ގަރލްސް ގެ އިސް ލަވަ ކިޔުންތެރިޔާއެވެ. އިނގެރޭސިން ބުނާނަމަ ‘މެއިން ވޯކަލިސްޓް’ އެކެވެ.
ލަވްޒާ އާއި ޖެހިގެން ހުންނަނީ ޒައިނީ އާއި ނިޒްކާއެވެ. ދެކުދިންނަށް ވެސް 19 އަހަރެވެ. އެހެންނަމަވެސް ޒައިނީ ނިޒްކާ އައްވުރެން ބޮޑު ވާނީ ތިން މަސް ދުވަހެވެ. އެހެންކަމުން ދެން ޖެހިލާނީ ޒައިނީ އަށެވެ. އުމުރުން15 އަހަރުގައި މި ބޭންޑް އަށް ވަން ޒައިނީ އަކީ މަޖާ މިޒާޖެއްގެ ވެރިއެކެވެ. މުއްސަނދި އާއިލާ އަކުން އައިސް ފައިވާ ކުއްޖެއް ކަމުން އޭނާ ބޮޑު ވީ އޭނާއަށް ބޭނުން އެއްޗެއް ލިބެމުންނެވެ. ގިނަ މުއްސަނދި ކުދިންނާއި ޚިލާފަށް ޒައިނީ އަކީ އޭނާއަށް ލިބޭ ރިޒުޤަށް ޝުކުރުވެރިވާ ކުއްޖެކެވެ. އެއްވެސް ކަހަލަ ބޮޑަ ވެރިކަމެއް ނުގެންގުޅެއެވެ. ކިޔެވުމަށް ފަރުވާތެރި އެވެ. ރަހުމަތްތެރިން ގިނައެވެ. މައިންބަފައިންނާއި ކޮއްކޮ މެންގެ ލޯބި އިންތިހާ އަށް ލިބިފައެވެ. 2017 ވަނަ އަހަރުގެ އޯލެވެލް އިން ޤައުމު ފެންވަރުގެ ވަނަ އެއްނުލިބުނަސް، އޭނާއަށް ވަނީ މުޅި ސްކޫލުގެ ޓޮޕް 10 ގައި ހިމެނިފައެވެ. އެތުލެޓިކްސްގެ ދާއިރާ އިން ވެސް އޭނާއަށް ވަނީ އެހާމެ ގިނަ އަދި ފަޚުރުވެރި ކާމިޔާބީތަކެއް ލިބިފައެވެ.
ދެން ނިޒްކާ އަށް ޖެހިލަމާ ހެއްޔެވެ. ނިޒްކާގެ ތަޢާރަފެއް ވާނީ ޕާޓް 1 ގައި ގެނެސް ދީފައެވެ. ނަމަވެސް ކުޑަ އަލިއަޅުވާލުމަކަށް ދަމާތޯވެ. އުމުރުން14 އަހަރުގައި ބަންގްޓަން ގަރލްސް އަށް ވަން އިރު އޭނާ އަށް ވަނީ އެކި އެކި އިންޒާރު ތަކާއި ކުރިމަތި ލާން ޖެހިފައެވެ. އެކަންކަމަށް އަޅާނުލާ އޭނާ ދިޔައީ ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ. އެކަމުގެ ފޮނި ނަތީޖާ އޭނާއަށް ވަނީ ލިބިފައި އެވެ. އޯލެވެލް އިން ގަދަ 10 ގައި އޭނާގެ ނަން ރަން އަކުރުން ފަވާލެވިފައިވަނީ އެއް ވަނައިގައެވެ. މައިންބަފައިންގެ ބަސްއެހުމުގެ ވެސް ނަތީޖާއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


WHAT.. NOT AGAINNN.. GUYS WHT TO DO
A EE MEE KIHINEH MITHANAH….????
Ryn i thrrr..kiyaafa com kohlaanan
yesshhh dear…
Maasha allah ???????????????????????varah obi mi part vx girls ???????????????????????hama speechless ??????????????????????lysm girlsss ?????????Tc
jazaakillah khaira ryn..??????????????????????????????? thank you so much… means a lot to us…❤️❤️❤️ lymmmmm…❤️❤️❤️❤️❤️❤️❤️❤️ tc..???
Wow mi part vess vrh sali❤️❤️❤️❤️
Masha Allah keep it up sisss❤️❤️❤️❤️❤️
Hehehhehehehhe yooosuf ah vure ves ginain Ril Ah hevihje??????????????
Mihaaru lolun fenfaabaa varu ves vehje hehehhehe???????????????
Elephant, nestem ehehheeh omg this is so funny seriously???????????????
Guysss keep it up ingey ❤️❤️❤️❤️❤️
Waiting for the 4th part ❤️❤️❤️❤️
Love u all soo much ❤️❤️❤️
Stay safe and take care❤️❤️❤️❤️❤️❤️
Wooow vhk vvvvvv salhi . Neomu Neomu joaaaaaaa. BTW are any of you a MOA? I’m a MOARMY. My BTS bias is V and TXT bias is Soobin. Saranghae ❤️❤️❤️❤️❤️❤️ borahae ???? fighting ✊✊✊✊
MEEEEEEEEEEEEE IM A MOAAAAAAAA
_ARMY_ MINE IS SOOBIN TOOOOO.. THEN WRECKER IS YEONJUN.. OMG DID U LISTEN TO CAT AND DOG?? DATS MY FAV SONG BY THEM.. OMG SO HAPPY TO MEET A MOARMY!! FINALLY
-author ARMY-
guys we are gonna make a new account
see ya
Next part?????