Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަ

ބިރުވެރި މާޒީ

Eekko_11 Level 110 Stories
September 21, 2020 7 Mins Read
8 Comments

އަހަރެން އިނީ އަތިރިމަތީގެ ރާޅުޖަހާ ހިސާބުގައެވެ. ތަންކޮޅެއް ދުރުގައި އަހަރެންގެ ފިރިމީހާ އިނެވެ. އަހަރެންގެ ހިޔާލު ގުޅިފައިވަނީ އަހަރެންގެ އުފާވެރި އާއިލާއާއެވެ. އަހަރެންގެ ފިރިމީހާއަށް ކެތްނުވެގެން އައިސް އެންމެ ފަހުން އަހަރެންނާއި ސުވާލުކުރިއެވެ. އަހަރެންގެ އާއިލާއަށް ވީ ގޮތަކާއި ބެހޭ ގޮތުންނެވެ. އާނއެކެވެ. އަހަރެމެންގެ ކައިވެންޏަށް އެތަކެއް ދުވަސްތަކެއް ވެފައިވާއިރު ވެސް އަހަރެންގެ ފިރިމީހާއަށް އަހަރެންގެ އާއިލާއާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭނެއެވެ. އަހަރެން މާޒީއަށް ފީނާލުމަށްފަހު ކިޔައިދޭންފެށީމެވެ.
* * * * * * * * * *
އަހަރެންނަކީ މާގަސްތައް ދެކެ ވަރަށް ލޯބިވާ ކުއްޖަކީމެވެ. ސަންފްލާވާ އަދި ލެވެންޑާއަކީ އަހަރެންގެ ފެވަރިޓްއެވެ. އަހަރެންގެ ގޭގައި ބޮޑު ބަގީޗާއެއް އޮވެއެވެ. އެތާގައި ހުންނަނީ މުޅިންވެސް ސަންފްލާވާ އަދި ލެވެންޑާއެވެ. ބައެއްމީހުން އަހަރެންނާއި ދިމާލަށް އެދެނަމުން ގޮވާވެސް ހަދައެވެ. އެއިން ކޮންމެ ފަހަރަކު އަހަރެން ހީލަމެވެ. އަހަރެންގެ ރީތިކަމަށް ތައުރީފުކުރާ މީހާވެސް ބުނެހަދައެވެ. “އަހަރެންގެ ގޭގައި ހައްދާފައިވާ ބަގީޗާއަށް ވުރެ އަހަރެން ރީއްޗެވެ.” ނަމަވެސް އެކަމާ އަހަރެން ފޮންޏެއް ނުވަމެވެ. މީހުންގެ ކުރިމަތީ ފާޑުފާޑުގެ ގޮތްގޮތަކަށް ނޫޅެމެވެ.
އަހަރެންގެ ކިބައިގައި މިކަހަލަ ރަނގަޅު އާދަތައް ހުރިކަމުގައި ވިޔަސް އަހަރެންގެ މަންމައާއި ކޮއްކޮއަކީ ފޮނިކަމުގެ އިންތިހާއެވެ. ލައިގެން އުޅޭނީ މިޒަމާނުގެ ފެޝަން ހެދުމެވެ. މޫނުގައި މޭކަޕު ނުކޮށް ކޮޓަރިން ބޭރަށް ނިކުމެވޭ ކަމަކަށް ނުވެއެވެ. އަހަރެން އެކަމާ ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް އެއްޗެކޭ ނުބުނަމެވެ. މައިންބަފައިންނާއި ދިމާލަށް އެއްޗެއްސަށް ނުކިޔަމެވެ. އަހަރެންގެ ބައްޕަ އަހަރެން ދެކެ ވަރަށް ލޯބިވާނެއެވެ. އަބަދުވެސް އަހަރެންގެ ރަނގަޅުކަމުގެ ވާހަކަ ދައްކާތީ ކޮއްކޮ ހުންނަނީ އެކަމާ ހަސަދަވެރިވެފައެވެ. ކޮއްކޮދެކެވެސް ބައްޕަ ލޯބިވެއެވެ. ނަމަވެސް އެކަން ފާޅުނުކުރަނީ ކޮއްކޮގެ އުޅުން އިތުރަށް ގޯސްވެދާނެތީއެވެ.
އަހަރެންގެ އާއިލާ އުޅެނީ ބޮޑު ގަނޑުވަރެއް ކަހަލަ ގެއެއްގައެވެ. ރަށުގައި ތިބި އެންމެ މުއްސަނދި ދެމަފިރިންނަށް ލިބިފައިވާ ދެކުދީންނަށް ވުމާއެކު އަހަރެންނާއި ކޮއްކޮއަށް ވަނީ މުއްސަނދި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އަދި ޝަރަފު ލިބިފައެވެ. ނަމަވެސް ކޮއްކޮ އެކަމާ ފޮނި ވާވަރަށް އަހަރެން ފޮންޏެއް ނުވަމެވެ. މީހުންގެ ނަޒަރުގައި އަހަރެންގެ އާއިލާއަކީ ދެއްކުންތެރި އާއިލާއެކެވެ. ބައެއް މީހުން އަހަރެންގެ ގެއަކީ ބިރުވެރި ނާމާން ގެއެކޭވެސް ކިޔާ ހަދައެވެ. އަހަރެންގެ ބަގީޗާ ތެރެއިން ރަތްދެލޯ ފެންނަކަމަށް ބައެއްމީހުން ކިޔައެވެ. ނަމަވެސް އެކަމާ އަހަރެން އަޅައެއް ނުލަމެވެ. މީހުންގެ ވާހަކަތަކުން އަހަރުމެންނަށް ވާނެ އެއްވެސް ފައިދާއެއް އަދި ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެތީއެވެ.
އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. އަހަރެންނަށް ހޭލެވުނީ ފޯނުގެ ރިންގުގެ އަޑަށެވެ. ވަގުތުން ފޯނުން ގަޑި ބަލައިލީމެވެ. 2 ޖެހީއެވެ. އަހަރެން ފޯނު ނަގާކަށް ގަސްދެއް ނުކުރަމެވެ. އެހެން ނަމަވެސް ފޯނުގެ ރިންގަކަށް ބަދަލެއް ނާދެއެވެ. އެހެންކަމުން ފޯނު ސައިލެންޓަށް ލުމަށްފަހު އޮށޯވެ އޮވެ ނިދީއެވެ.
ފަތިހު އަހަރެންނަށް ހޭލެވުނީ ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވެ ފެންވަރައިގެން ނަމާދު ކޮށްލަން އަވަސްވެގަތީމެވެ. ނަމާދު ކޮށްލުމުން އެލިބޭ ހިތްހަމަޖެހުން އެހެން އެއްވެސް ކަމަކުން ނުލިބޭނެކަން އަހަރެންނަށް ޔަގީންވެއެވެ. ނަމާދު ކުރުމަށްފަހު އަހަރެން ގޭގެ މަސައްކަތްތަށް ކުރަން އަވަސްވެގަތީމެވެ. އަހަރެންނަށް 19 އަހަރު ވިޔަސް އަދި މީހަކާ ކައިވެނި ކުރާ ހިޔާލެއް އަހަރެންގެ ނެތެވެ. ކުއްޖަކާ ރައްޓެހިވާ ހިތެއް ނެތެވެ. އެންމެ ކުޑަމިނުން ފިރިހެން ކުއްޖަކާ ވާހަކަ ދައްކާކަށް ވެސް އަހަރެން ބޭނުމެއް ނުވެއެވެ.
އަހަރެން ގޭގެ ގޯތިތެރެ ކުނިކެހުމަށްފަހު ބަގީޗާގައި މިލާފައިވާ މާތަކާއި މޯޅިވެފައިވާ ކުރިތައް ނަގައި ކުނިވަށިގަނޑަށް އަޅާލީމެވެ. އެވަގުތު އަހަރެންނަށް އިވުނީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. މިހިސާބުގައި ވެސް ކުޑަކުއްޖެއް ގެންގުޅޭ މީހަކު ނެތުމާއި އެކީގައިވެސް މެއެވެ. ދެން އަހަރެންނަށް އިވުނީ ފިރިހެން ކުއްޖަކު ހަޅޭއްލަވައިގަތް އަޑާއި ސަލާމަތަށް އެދި ރޮއެގަތް އަޑެވެ. ނަމަވެސް އަހަރެންނަށް އެވީ ކީއްކަމެއް ނޭގުނެވެ. އަހަރެން އެހައިރާންކަން މަތީގައި ހުއްޓައި ކޮއްކޮ ރީތިވެގެން އައިސް ބަގީޗާއަށް ވަނެވެ. އަހަރެންނާއި ދިމާލަށް ބަލައިލުމަށްފަހު ސައިހަދާދޭން އެދުނެވެ.
އެއީ ކޮއްކޮއާއި މަންމަގެ އާދައެވެ. ގޭގެ ހުރިހާ މަސައްކަތެއް އަހަރެންނަށް ޖެއްސުމަށްފަހު ޓީވީ ބަލަން އިނުމެވެ. ނަމަވެސް އެކަމާ އަހަރެން ޝަކުވާއެއް ނުކުރަމެވެ. ހެޔޮހިތުން އެކަންތައް ކޮށްދެނީ އަހަރެންގެ ލޯބިވާ އާއިލާއަށްޓަކައެވެ.
“ދައްތާ…. އަވަހަށް ސައިހަދާދީބަލަ….. ދާންވެއްޖެ އެކުވެރިއެއްގެ ގެއަށް…..” އަހަރެންގެ ކޮއްކޮ ކައިޝާ ގޮވާލި އަޑަށް އަހަރެން ސިއްސައިގެން ދިޔައެވެ. އަވަހަށް ގޮސް ބަދިގެއަށް ވަނުމަށްފަހު ސައިހަދާދިނީމެވެ. އޭރު މަންމައާއި ބައްޕަ ކޮޓަރިން ނުކުމެގެން އައިސް ކާގެއަށް ވަނެވެ. ބައްޕަ އަހަރެންނަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަހަރެންވެސް ރައްދުގައި ހީލީމެވެ.
މަންމައާއި ބައްޕަ އަދި ކައިޝާ ސައިބޮއެ ނިމުމުން ތަށިތައް ނެގުމަށްފަހު އަހަރެން ސައިބުއީމެވެ. އަހަރެން ސައިބޮއެގެން ކާގެއިން ނުކުމެ ގޮސް ކޮޓަރިއަށް ވަދެ ފޯނު ބަލައިލީ ރޭގެ މަތިން ހަނދާންވުމުންނެވެ. ފޯނު ހުޅުވާލިއިރު ލިބުނީ ހައިރާންކަމެކެވެ. އެއްވެސް މިސްކޯލެއް ނެތެވެ. ކޯލް ލޮގު ބެލިއިރު ވެސް އެއްވެސް ކޯލެއް އައިސްފައެއް ނުވެއެވެ. އަހަރެން އެކަމާ ވަރަށް ވިސްނީމެވެ. ނަމަވެސް ވީ ކީއްކަމެއް ސިކުނޑިއަކަށް ނުވަނެވެ.
އަހަރެން ކައިޝާ، މަންމަ އަދި ބައްޕަގެ ގާތުގައި ވެސް އެހީމެއެވެ. އެމީހުންގެ ފަރާތުން ލިބުނީ އެއްޖަވާބެކެވެ. “އަހަރެންގެ ފޯނަކާއި ނުބެހެމެވެ.”
މެންދުރުގެ ވަގުތެވެ. ކައްކާ ނިމުމުން އަހަރެން އިނީ ގޭގެ ބަގީޗާގައެވެ. އަތުގައި އަހަރެންގެ ފޯނު އޮތެވެ. އަހަރެން ވިސްނަމުން ދިޔައީ ރޭގެ ހާދިސާއާއި މެދުގައެވެ. އަހަރެންގެ ފޯނާއި މީހަކު ނުބެހޭނަމަ އެކޯލުތައް ޑިލީޓްވީ ސަބަބެއް ވެސް އޮންނަން ޖެހޭނެތާއެވެ. ވިސްނާ ވިސްނާ އެންމެ ފަހުން އަހަރެން ނިންމީ އަހަރެންނަށް މީހަކު ނުގުޅާ ކަމަށެވެ. އެއީ އަހަރެންނަށް ހީވި ގޮތެއްކަމަށެވެ.
ރޭގަނޑު ދަންވަރުގެ ވަގުތެވެ. ގަޑިން 2 ޖެހިއިރަށް އަހަރެންގެ ފޯނު ރިންގު ވާން ފެށިއެވެ. އަހަރެންނަށް ހޭލެވުނެވެ. ނަމަވެސް މިރޭވެސް ފޯނު ނަގާކަށް ބޭނުމެއް ނުވިއެވެ. އެހެން ކަމުން ކުރީރޭ ކަންކުރި ފަދައިން ކަންކޮށް ނިދާލީއެވެ.
ހެނދުނު ހޭލިއިރު އަހަރެންގެ ބޮލުގައި ރިހުމެއް ހުއްޓެވެ. އެހެންވެ، ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުމަށްފަހު އައިސް އޮށޯތްތަނާ ނިދިއްޖެއެވެ. އަހަރެންނަށް ހޭލެވުނީ ހަވީރު ހަތަރުގަޑި ބައިވަނިކޮށެވެ. އަވަހަށް ނިކުމެ ކާގެއަށް ދިޔައިރު ކައްކާފައި ހުއްޓެވެ. މިއަދު ކެއްކީ ކާކުބާއޭ އަހަރެންގެ ހިތައް އެރިއެވެ. މަންމަމެން ގާތު އެހުމުން އެމީހުން އަހަރެންނަށް މަލާމާތްކުރިއެވެ. އަހަރެން ކައްކާފައި އޮޅުވާލަނީދޯއޭ ބުންޏެވެ.
އަހަރެން އެކަމާ ވިސްނާ ވިސްނާ އަނެއްކާވެސް ބޮލުގައި ރިހެން ފެށިއެވެ. ހީވަނީ ބޮލުގައި މަރުތޭލަކުން ތަޅާހެންނެވެ. އެހާވެސް ބޮލަށް ތަދުވާން ފެށިއެވެ. އެންމެ ފަހުން ކެތްނުވެގެން ބޭސްގުޅައެއް ކާލުމަށްފަހު އޮށޯވެ އޮވެ ނިދީއެވެ.
މިގޮތަށް ދެހަފުތާ ވޭތުވެގެން ހިނގައްޖެއެވެ. ކޮންމެ ރެއަކު މެންދަމު ގަޑިން ބަރާބަރު 2 ޖަހާއިރު އަހަރެންގެ ފޯނު ރިންގުވެއެވެ. ނަމަވެސް ހޭލާއިރު މީހަކު ގުޅާފައިވާ ކަމަކަށް ނޯވެއެވެ. އެކަންކަމާއި ހެދި އަބަދުވެސް ހުންނަނީ އަހަރެންގެ ބޮލުގައި ރިއްސާފައެވެ. ނަމަވެސް އެންމެ ހެއްވާ ތަންކޮޅަކީ އަހަރެން ނިދާފައި އޮންނަ ވަގުތުތަކުގައި ވެސް ގޭގެ މަސައްކަތް ބަރާބަރަށް މީހަކު ބަލަމުން ގެންދާކަމެވެ. އަހަރެން ނިދާފައި އޮންނައިރު މީހަކު އަހަރެންގެ ބޮލުގައި ގަނޑުފެނުން މަސާޖުކޮށްދޭ ހެންވެސް ހީވާން ފަށައިފިއެވެ. ނަމަވެސް އަހަރެން މިކަންތައް ހިއްސާކުރާނެ ފަރާތެއް ނުހުރެއެވެ. އާއިލާ މީހުން އަހަރެންގެ ވާހަކަތައް ގަބޫލުނުކުރާނެކަން އަހަރެންނަށް ޔަގީންވެއެވެ. ބައްޕަވެސް ރަށުގައި އުޅޭ ވަގުތު މަދުވެފައި ރަށުން ބޭރުގައި އުޅޭ ވަގުތު ގިނަވާން ފެށުމުގެ އަސްލަކަށްވީ ބައްޕައަށް ރަށުން ބޭރުން ވަޒީފާ ހަމަޖެހުމެވެ.
އަހަރެން މިކަންކަމާއި ވިސްނަމުން ގޮސް އެންމެ ފަހުން ހިޔާލަކަށް އައީ ރޭގަނޑަށް އެގުޅާ ނުދަންނަ މީހާގެ ކޯލު ނެގުމެވެ. ކޮންމެ ގޮތެއް ވިޔަސް އެމީހަކު އެގުޅަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައެވެ. އަހަރެން ޖެހޭނީ އެގަޑީގައި ހޭލާ ހުންނަންކަން އަހަރެންނަށް ޔަގީންވީ އެހިސާބުންނެވެ.
އަހަރެން ހޭލާ ހުރީމެވެ. ގަޑިން 2 ޖެހުމާއެކު އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އަވަސް އަވަހަށް ފޯނު ނެގީމެވެ. އެކޮޅުން ވާހަކަދެއްކީ ފިރިހެނެއްކަން ޔަގީންވެއެވެ. އެމީހާއަށް އަހަރެންގެ ނަމާއި ނަމްބަރު އެނގުނު ގޮތެއް އޮޅުންފިލުވީމެވެ. އެމީހާ ބުނިގޮތުގައި އަހަރެންގެ ނަން އެނގުނީ ކައިޝާ އެއްދުވަހު އަހަރެންނަށް ގޮވާލި އަޑު އިވުނީމައެވެ. އާނއެކެވެ. ކައިޝާ ގިނަފަހަރަށް އަހަރެންނާއި މުޚާތަބުކުރަނީ އަހަރެންގެ ނަމުންނެވެ. އަހަރެންގެ ނަމްބަރު ލިބުނު ގޮތެއް އޭނާ ނުބުންޏެވެ. ނަމަވެސް އެމީހާ ވާހަކަދެއްކުން ހުއްޓައެއް ނުލިއެވެ. ފަތިސް ނަމާދު ބަންގީގެ އަޑު އިވުމާއެކު އެމީހާގެ އަޑު ކެނޑިއްޖެއެވެ. އަހަރެން ފޯނާއި ދިމާލަށް ބަލައިލީމެވެ. މީހަކަށް ގުޅާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނުވެއެވެ.
ބިރުން ގޮސް މުޅި މީހާ ތުރުތުރުއަޅަން ފެށީ އެ ހިސާބުންނެވެ. އަހަރެން އެމީހާއާއި ވާހަކަ ދެއްކީ ކިހިނެތް ކަމާމެދު އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ނަމަވެސް ސިކުނޑީގައި އެނބުރެން ފެށީ ޖަވާބު ލިބެން ނެތް ސުވާލުތަކެކެވެ.
ފަތިސް ނަމާދު ކޮށްގެން އަހަރެން އައިސް އެނދުގައި ޖައްސާލިތަނާ ވަރަށް ގަދައަށް ނިދި އަތުވެއްޖެއެވެ. ސިކުނޑިން ހުރިހާ ހިޔާލުތަކެއް ނެރެ އެއްލާލުމަށްފަހު އޮށޯވެލީމެވެ. އެއާއެކު ލެއްޕުނު ދޮރުފަތެއްހެން އަހަރެން އެސްފިޔަތައް މެރިއްޖެއެވެ.
ނިދީގެ ތެރޭގައި އަހަރެންނަށް ފެންނަން ފެށީ ވަރަށް ބިރުވެރި އެއްޗެކެވެ. މުޅި ގައިގައިވަނީ ކެހެރި ފަޅާފައެވެ. ލޯހުރީ ރަތްކުލައިގައެވެ. އޭތީގެ އަނގައިން ދަވަ ފާޑުގެ އެއްޗެއް ފައިބަމުން ދިޔައެވެ. ނަމަވެސް އޭތީގެ ކައިރީގައި ހުދު ހެދުމެއްގައި ހުރި އަންހެނަކާއި ކުޑަ އަންހެން ކުއްޖެއް ހުއްޓެވެ. އެކުއްޖާގެ އުމުރު ވާނީ ގާތްގަނޑަކަށް 3 އަހަރުހެން ހީވެއެވެ. އެދެމީހުން ތިބީ ހިނިތުންވެލައިގެންނެވެ. ދެން ފެނުނީ އޭތި އަހަރެންނާއި ދިމާލަށް އުދުހިފައި އަންނަތަނެވެ. ސިއްސައިގެން ގޮސް އަހަރެންނަށް ލޯ ހުޅުވާލެވުނެވެ. އޭރު މުޅިމީހާ ވަނީ ދާހިތްލާ ފޯވެފައެވެ. މާނެވާ ލެވެއެވެ. އަހަރެން އަވަސް އަވަހަށް ފެންވަރައިގެން ނިކުމެ ފެންތަށްޓެއް ބޯލީމެވެ.
އެއަށްފަހު ގަޑި ބަލައިލީމެވެ. ގަޑިން 10 ގަޑި ބައިވީއެވެ. އަހަރެން ފުރަތަމަވެސް ބެލީ ސައިހަދާފައި ހުރިތޯއެވެ. އާނއެކެވެ. ވަރަށް ފުރިހަމަކަމާއެކީ ސައިހަދާފައި އެބަހުއްޓެވެ. އަހަރެން އެއްވެސް ހިޔާލެއް ފިކުރެއް ނެތި ސައިބޮއެގެން ނިކުމެ ބަގީޗާގައި ޖައްސާލިތަނާ ކުރީ ދުވަހު އިވުނު އަޑު އިވުނެވެ. އަހަރެން ވިސްނަން ފެށީމެވެ. މިވަނީ ކީއްކަން ނޭނގޭތީ އަހަރެންގެ ބޯ ހާސްވާން ފެށިއެވެ.
އިތުރު އެއްހަފުތާ ވޭތުވެއްޖެއެވެ. ކޮންމެ ރެއަކު އަހަރެންނަށް އެމީހާގެ ފޯނު ނެގެއެވެ. ވާހަކަ ދެއްކެއެވެ. ނަމަވެސް ފަތިސް ނަމާދު ބަންގި ގޮވާއިރަށް އެމީހާ ދަނީ ކޮންތާކަށް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެންމެ ކުޑަމިނުން މީހަކަށް ގުޅާފައިވާ ކަމުގެ ނިޝާނެއް ވެސް ފެންނާކަށް ނުހުރެއެވެ. ނަމަވެސް އެކަންތައް އަހަރެންނަކަށް ނުވިސްނެއެވެ.
އަހަރެން އެންމެ ފަހުން އެއްރޭ އެމީހާއާއި ވާހަކަދައްކަމުން ބަގީޗާއަށް ނުކުމެލީމެވެ. ހިތްފަސޭހަ ފިނި ވައިރޯޅި ޖެހޭ މިވަގުތުވެސް އަހަރެންގެ ހިތްވަނީ ހާސްވެފައެވެ. ދަންވަރު ބޭރަށް ނިކުތުމަކީ އަހަރެން މާ ގަޔާވާ ކަމެއް ނޫނެވެ. ނަމަވެސް އަހަރެން ނިކުތީ ހިތްހަމަ ޖައްސާލުމަށެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ކުރިމަތީގައި މީހަކު ހުރިހެން ހީވުމުންނެވެ. އަވަހަށް ކުރިމަތި ބަލައިލިއިރު ހުރީ މިއިން ދުވަހަކުވެސް ނުދެކޭހާ ފުރިހަމަ ޒުވާނެކެވެ. އަހަރެންނަށް ބަލަހައްޓައިގެން ހުރެވުނެވެ. ނަމަވެސް އަހަރެންނަށް ހައިރާންކަން ގެނުވީ އަހަރެންނަށް ގުޅައިގެން ހުރި މީހަކީ އޭނާކަން އެނގުމުންނެވެ.
އަހަރެން އެފިރިހެން މީހާގެ ގާތުގައި ހުއްޓެލީމެވެ. އެމީހާ ފޯނު ބޭއްވުމަށްފަހު އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައީ އޭނާގެ ރަތްކުލައިގެ ކަޅި ފެނިފައެވެ. ބިރުން ގޮސް މީހާ ތުރުތުރު އަޅައިގަތެވެ. ކުއްލިއަކަށް އެމީހާގެ ސިފަ ބަދަލުވާން ފެށިއެވެ. ސިކުންތެއްގެ ތެރޭގައި އޭނާ ބަދަލުވެފައި އެހުރީ ކޯއްޗަކަށްކަން އެނގޭ ހެއްޔެވެ؟ އަހަރެންނަށް ހުވަފެނުން ފެނުނު އެއްޗަށެވެ.
އަހަރެން ގަތް ބިރުން ވަރަށް ބާރަށް ހަޅޭއް ލަވައިގަތީމެވެ. ދެން ވީގޮތެއް ނޭނގުނެވެ. އަހަރެން އަނބުރައިގަނެގެން ވެއްޓުނެވެ.
“ދަރިފުޅާ….. ދަރިފުޅާ ރައިޝާ…..” އަހަރެންނަށް ލޯ ހުޅުވާލެވުނީ އަހަރެންގެ މަންމަ ގޮވާ އަޑަށެވެ. އަވަހަށް ތެދުވެ ވަށައިގެން ހޯދާލުމަށްފަހު ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އަހަރެންގެ މަންމަ ގަތީ އަމަށަކު ބިރެއް ނޫނެވެ. ބިރުން ހިތް ހުއްޓިދާނެހެން ހީވި ވަގުތު ކޮޅަކަށްފަހު އަހަރެން ހަމައަކަށް އެޅުނެވެ. އޭރުވެސް މީހާވަނީ ދާހިތްލާ ފޯވެފައެވެ.
އަހަރެން މަންމަގެ ގާތުގައި ފަންޑިތަހަދާ މީހަކު ގެނެސްދިނުމަށް އެދުނީމެވެ. އަހަރެންނަކީ ފަންޑިތަ، ސިހުރުފަދަ ކަންތައްތައް ގަބޫލުކުރާ ވެސް މީހެއް ނޫނެވެ. ނަމަވެސް އަހަރެން ކުރުނުކޮށް ކިޔަން ފެށުމުން އެންމެ ފަހުން މަންމަ އެއްބަސް ވެއްޖެއެވެ. އަދި ބައްޕައާއި އެކީ ގޮސް ފަންޑިތަހަދާ އަލިބެ ގޮވައިގެން އައެވެ.
އަހަރެން އަލިބެއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަލިބެ ބުނިގޮތުން އަހަންނަށް ވަނީ ޖިންނިއެއް އަވަލާފައެވެ. ނަމަވެސް އަހަރެން އެކަމާ އެއްބަހެއް ނުވީމެވެ. އަހަރެން ބަރާބަރަށް ނަމާދުކުރަމެވެ. ދެނަމާދު ދޭތެރޭގައި ގުރުއާން ކިޔަވަމެވެ. އަހަރެންގެ ފަހަތުން ޖިންނިއެއް އުޅުމަކީ ނާދިރުކަމެކެވެ.
އަލިބެ އަހަންނަށް ފަންޑިތަ ހެދުމަށްޓަކައި އެރޭ ގެއަށް އައެވެ. އޭރު އަހަރެންގެ ބައްޕަ ވަނީ އަލިބެ ބުނި ތަކެތި ހޯދާ ގޭތެރޭގައި ބަހައްޓާފައެވެ. އަހަރެންގެ ގޭގައި ފަންޑިތަ ހަދާ ވާހަކަ އަޑުއިވުނު ބައެއްމީހުން އަހަރެންގެ ގާތުގައި އެ ޖިންނިއާއި ބެހޭގޮތުން އެހިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. ނަމަވެސް އެއީ ބިރުވެރި ރެއެއްކަން ކަށަވަރެވެ. އަހަރެންނަށް އެރޭގެ މަތިން ހަނދާން ނައްތާ ނުލެވޭނެކަން ޔަގީނެވެ.
އަލިބެ ފަންޑިތަ ހައްދަން ފެށިއެވެ. އަހަރެންނަށް އެކިވަރުވަރުގެ އުނދަގޫ ވަމުން ދިޔައެވެ. ބައެއްފަހަރު ހީވަނީ ބޯފަޅައިގެން ދާން އުޅޭހެންނެވެ. އަނެއްބައި ފަހަރު ހީވަނީ މީހާ އުދުހިގެން ހިނގައިދާނެ ހެންނެވެ. އަހަރެންނަށް ހަޅޭއްލަވަން ފެށުނެވެ. ކީއްވެކަމެއް ނޭނގެއެވެ. އަހަރެންގެ ބޮލުގައި މީހަކު ހިފަހައްޓައިގެން ހުރި ކަމުގެ އިހުސާސް ވާން ފެށިއެވެ.
ކުއްލިއަކަށް އަހަންނަށް ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެވުނީ ކުރިމަތިން ފެނުނު ބިރުވެރި އެތީގެ ސަބަބުންނެވެ. އަހަރެންގެ ހުވަފެނުގައި ފެނުނު ބިރުވެރި އެއްޗެވެ. އޭތީގެ ކައިރީގެ އެއްކަލަ އަންހެން މީހާއާއި ކުޑަކުއްޖާވެސް ބަލަހައްޓައިގެން ތިއްބެވެ.
“ކަލޭ މި އަންހެން ކުއްޖާއާއި އަޅައިގަނެގެން އުޅޭ ސަބަބު ބުނެދީ….” އަލިބެ ކިޔެވުމުގެ ދޭތެރެއިން ގޮވާލިއެވެ. އެއާއެކު އޭތި ބިރުވެރި އަޑަކުން ހޭންފެށިއެވެ.
އޭތީގެ ޖަވާބެއް ނުލިބުމުން އަލިބެ އަލިފާންގަނޑު ބޮޑުކޮށްލުމަށްފަހު ސުވާލު ތަކުރާރު ކޮށްލިއެވެ. މިފަހަރުވެސް އޭތި ފެށީ ހޭށެވެ. ތިންވަނަ ފަހަރަށް އަލިބެ އެ ސުވާލު ތަކުރާރު ކޮށްލުމާއެކު އޭތީގެ ވޭނީ ހަޅޭކުގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ. އެއީ އަލިބެ އަލިފާންގަނޑަށް ޖެހި ފިޔޮހީގެ ސަބަބުންކަން އަހަރެންނަށް އެނގުނީ މާ ފަހުންނެވެ.
“އެ އަންހެން ކުއްޖާ އަހަރެންގެ ދަރިފުޅު މަރާލީ…..” އޭތީގެ ބިރުވެރި އަޑުން އެހެން ބުނުމާއެކު އަހަރެން ހައިރާންވިއެވެ. އަހަރެން މީހަކު މަރާލީ ކޮންއިރަކުބާއޭ ހިތައް އެރިއެވެ.
“ކީކޭ….” އަލިބެ އޭގެ ތަފުސީލަށް އެދުމުން އޭތި ކިޔައިދިނީ އޭތީގެ އާއިލާގެ ވާހަކައެވެ. އޭތީގެ ކުޑަ ފިރިހެން ދަރިފުޅު މަރާލީ އަހަރެންކަން ބުނުމުން އަހަރެން އިނީ ގުޑިލަން ވެސް ނޭނގިފައެވެ. އޭރު އެ އަންހެން މީހާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ ކުލަވަރެވެ.
“އާނ….. އެ އަންހެން ކުއްޖާ އަހަރެންގެ ކުޑަ ދަރިފުޅު މަރާލީ….. އެންމެ ފަހުން ބަގީޗާ ސާފުކުރި ދުވަހު އެ އަންހެން ކުއްޖާ އަހަރެންގެ ދަރިފުޅުގެ ގަޔަށް ފައިން އެރީ….. އަހާބަލަ އެ ދަރިފުޅުގެ ރުއިމުގެ އަޑެއް ނީވޭތޯ؟… އަހާބަލަ އެ ދަރިފުޅު ސަލާމަތަށް އެދި ގޮވިއިރު ކުރީ ކީއްތޯ؟..” އޭތީގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.
އެއާއެކު އަހަރެންނަށް އެހުރިހާ މަންޒަރެއް ފްލޭޝްބެކްގެ ސިފައިގައި ފެންނަން ފެށިއެވެ. އަހަރެންނަށް އިވުނު އަޑެވެ.. ސަލާމަތް ކޮށްދޭން ގޮވި ގޮވުމެވެ.
“އަހަރެން އެކަން ކުރީ ގަސްތުގައެއް ނޫން….” އަހަރެންނަށް ބުނެވުނެވެ. އެއާއެކު އެ އަންހެން މީހާ އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަދި މަޑުމަޑުން ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. އެ އަންހެން މީހާ އަހަރެންނަށް ހުރިހާ އެއްޗެއް ކިޔައިދިނެވެ. އަހަރެން ބަލިވެ އުޅުނު ދުވަސްތަކުގައި އެގޭގައި މަސައްކަތް ކޮށްދިނީ އޭނާކަމާއި އެކަން ކުރީ އޭތީގެ ކިބައިން އަހަރެން ސަލާމަތް ކޮށްދިނުމަށް ކަމެއެވެ. އަދި އެ ކުޑަ ދަރިފުޅަކީ އޭނާގެ ދަރިފުޅުކަން ވެސް ބުނެދިނެވެ.
އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އަހަރެންނަށް ނޭނގުމެއްގެ ތެރޭގައި ކުރެވުނު ކަމަކަށް އަހަރެންނަށް އަދަބު ލިބެނީ ކީއްވެތޯ އަހާލީމެވެ. އެއާއެކު އެ އަންހެން މީހާ އޭތީގެ ކުރިމަތީގައި ހުއްޓުނެވެ.
“އަހަރެންނަށް ފެންނަނީ މި އަންހެން ކުއްޖާ ދޫކޮއްލަން….” އެ އަންހެން މީހާ ވާހަކަދެއްކީ އެ ބިރުވެރި އެއްޗާއެވެ. އާދެ! އޭނާގެ ފިރިމީހާއާއިއެވެ.
“ކީއްކުރަން ސަނާ…. އެއީ އަހަރުމެންގެ ދަރިފުޅުގެ ގާތިލް….” އެ ބިރުވެރި އެތި ފިރިހެނެއްގެ ސިފަޔަށް ބަދަލުވިއެވެ. އޭރު އޭނާ މޫނުމަތީގައި ވަނީ ހިތާމައިގެ އަސަރެވެ. “ނޫން…. ބަދަލު ހިފުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން…. އޭނާއަށް އެކަން ކުރެވުނީ ނޭނގުމެއްގެ ތެރޭގައި…..” ސަނާ އެ ފިރިހެން މީހާއަށް ވިސްނާދިނެވެ. އެއާއެކު އެދެމީހުން އެކުޑަ ދަރިފުޅާއެކު އަހަރެންނާއި އަހަރެންގެ އާއިލާ ދޫކޮށްފައި ދިޔައީއެވެ.
އަލިބެއަށް އެއްވެސް ކަމެއް ކުރަން ނުޖެހުނަސް އެ ކޮށްދިން ކަންތަކުގެ ބަދަލު އަހަރެންގެ މަންމައާއި ބައްޕަ ދިނެވެ. އަލިބެ ގެއަށް ދިޔުމުން އަހަރެމެން ނިދީއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ހޭލިއިރު އަހަރެންނަށް ލިބުނު ހަބަރަކުން އަހަރެން މި ދުނިޔެއިން މޮޔަނުވީ ކިރިޔާއެވެ. އަހަރެންގެ މަންމައާއި ކޮއްކޮ ވަނީ އިހާނެތިގޮތަކަށް މަރާލާފައެވެ. ގަނޑުކޮޅެއްގައި “ރިވެންޖް ” މިހެން ޖަހާފައި ވުމުން އެކަން ކުރީ އެ ބިރުވެރި އެތިކަން އެނގުމުން އަހަރެން ރުއީމެވެ. އަހަރެންނަކީ ކިހާ ސުންޕާ މީހެއް ހެއްޔެވެ؟ އަހަރެންނާއި ހެދި މަންމައާއި ކޮއްކޮ މިދުނިޔެއިން ވަކިވީއެވެ.
އަހަރެންގެ ބައްޕަވެސް 2 އަހަރު ފަހުން އެވޭނުގައި މަރުވީއެވެ. އަހަރެން މުޅިން އެކަނިވެރިވީއެވެ. އޭގެ ފަހުން އަހަރެން ބަގީޗާދެކެ އަދި މާގަސްތައް ދެކެ ފޫހިވާން ފެށީއެވެ. އަހަރެންގެ މަންމަ އަދި ކޮއްކޮ ނިޔާވީ އަހަރެންގެ ކުށަކުންނެވެ. އަހަރެން ބަގީޗާ ނުހެއްދިނަމަ މިހެން ނުވީސްކަން ކަށަވަރެވެ.
* * * * * * * * *
މިހާ ހިސާބަށް ކިޔުނުއިރު އަހަރެންނަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. އަހަރެންގެ ފިރިމީހާ އަހަރެންނަށް ހިތްވަރުދިނެވެ. ދުނިޔެއާއި ކެރިގެން ކުރިމަތިލުމަށެވެ. އަހަރެން މިހާރު މި ދިރިއުޅެމުން ދަނީ އަހަރެންގެ ފިރިމީހާގެ ގޭގައެވެ. ބައްޕަ ނިޔާވުމުގެ ކުރިން ކުރި މި ކައިވެންޏަށް މިހާރު 2 އަހަރާއި 3 މަސްވީއެވެ. އަހަރެން މިހާރު މިވަނީ އެގެއާއި އެތައް ހާސް ދުރަށް އައިސްފައެވެ. އެގެއަކީ އަހަރެންގެ ބިރުވެރި މާޒީ ވަޅުލެވިފައިވާ ތަނެވެ. އަހަރެން އެމާޒީ ހަނދާން ކުރަން ބޭނުން ނުވިޔަސް އަހަރެންގެ މަންމައާއި ކޮއްކޮގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންނަށް އެ ބިރުވެރި ދުވަސްތަކުގެ މަތިން ހަނދާންވެއެވެ. އާނއެކެވެ. އެއީ އަހަރެންގެ ބިރުވެރި މާޒީއެވެ.

Share Article

Follow Me Written By

Eekko_11

Level 110 Stories

I am a 14 year old girl who loves to read and write stories. ? Both positive and negative comments are welcomed. Feel free to comment. Can contact me via Instagram: _.eener_sh._

Other Articles

Previous

ވޭން-2

Next

ގިސްލަމުން ބުނީމޭ، ދޫކޮށްނުލާށޭ (2)

Next
September 21, 2020

ގިސްލަމުން ބުނީމޭ، ދޫކޮށްނުލާށޭ (2)

Previews
September 21, 2020

ވޭން-2

8 Comments!

  1. R¥N says:
    September 22, 2020 at 4:47 pm

    Maasha Allah ????varah reethi mi vaahka ????keep it up eekko..ryn 1 thrrr???

    1. Eekko_11 says:
      September 23, 2020 at 8:18 am

      Thank you so much ryn??
      Yeah you are first????☺️??☺️

  2. ❤shyn❤ says:
    September 22, 2020 at 9:47 pm

    Varah reethi story…???.maasha Allah…????..keep it up dear ❤❤❤

    1. Eekko_11 says:
      September 23, 2020 at 8:26 am

      Thank you so much shyn???
      Stay safe

  3. iyaadh says:
    October 6, 2020 at 5:01 pm

    masha allah….vrh reethi mi vaahaka

    1. Eekko_11 says:
      October 14, 2020 at 7:55 am

      Thank you so much☺️☺️

  4. maasha says:
    October 7, 2020 at 9:51 am

    Nice

    1. Eekko_11 says:
      October 14, 2020 at 7:55 am

      Thank you☺️☺️

Comments are closed.



All Right Reserved!