އާ ދުވަހަކަށް އިރު ފެނުން ތޮޅެލީ އައިވިންގެ ހިތަށް އުދާސްކަން ވެރި ކުރުވަމުންނެވެ. މާދަމާގެ ހެނދުނުގެ ވަޤުތެއްގައި މާލެ ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް އައިވިން ގެ ބޮޑީގަރޑް ބުނުމުން ބުނެދެން ނޭނގޭ ހުސްކަމަށް އައިވިން އަށް ލިބިގެން ދިޔައެވެ.
ބޮލު ތެރޭގައި އުފެދިފައިވާ ހައިޖާނުގަނޑުން ދުރުވުމަށްޓަކައި އައިވިން އަވަސް އަވަހަށް އެނދުން ތެދުވެގެން ގޮސް ފެންވަރަން ވަނެވެ. ފެންވަރާ ނިމުމާއެކު ވޯކް ޝޮޕަށް ދިޔުމަށްޓަކައި އައިވިން ތައްޔާރުވާން ފެށިއެވެ. ވޯކްޝޮޕްގެ އެންމެ ފަހު ސެޝަން މެންދުރު ނިންމާލުމަށްފަހު ނިމުމުގެ ރަސްމިއްޔާތު ބޭއްވިގެން ދާނީ ހަވީރުގެ ވަޤުތުއެވެ. އައިވިން އަށް ކިރިޔާވެސް ހުސްވަޤުތެއް މިއަދު ލިބޭނީ ރޭގަނޑުގެ ވަޤުތުގައެވެ.
ކޮޓަރީގައި ހުރި އައިވިންގެ އިސްކޮޅުވަރުގެ ދިގު ލޯގަނޑު ކައިރީ ހުރެގެން ޓައީ އަޅަމުން ދިޔަ އިރުވެސް އޭނާގެ ސިކުނޑި ހިސާރު ވެފައިވަނީ ތަފާތު ވަސްވާސް ތަކުންނެވެ. އެއްފަހަރު އޭނާގެ ސިކުނޑި ޒޯޔާއާމެދު ވިސްނައިފިނަމަ ދެވަނަ ސިކުންތުގައި ޒަފަރްގެ ޚިޔާލުތަށް އޭނާގެ ސިކުނޑީގައި ގޯނާ ކުރަން ފަށައެވެ. ޒަފަރް އާއި ޒޯޔާ އާ މެދުގައި އޮންނަ ހީނަރު ގުޅުން އޭނާގެ ލޯކުރިމަތިން ފެނިގެން ދިޔަ އިރު އޭނާއަށް ނުވިސްނެނީ ޒޯޔާ އަދިވެސް ޒަފަރް އާއެކު އުޅެންވީ ސަބަބެކެވެ. ޒޯޔާގެ އުމުރަކީ ތޭވީސް އަހަރުކަން އޭނާ ދެއްކި ވާހަަކަތަކުން އައިވިން އަށް އެނގެޔެވެ. ޒަފަރް ކަހަލަ ސާޅީހުން މަތީ ފިރިހެނަކާ އިނދެގެން ޒޯޔާ އެއުޅެނީ ހަމަ ލޯބިވާތީ ބާވައެވެ. އަނެއްކާ އެހުރިހާ އަނިޔާއެއް ލިބެމުން ދާއިރުވެސް ޒޯޔާ ވަރިނުވެ އެހުންނަނީ މަޖުބޫރީއެއްގެ ސަބަބުންހެއްޔެވެ؟
ސިކުނޑީގައި ކޮށަމުން ދިޔަ އެފަދަ ހުރިހާ ޚިޔާލުތަކާ އެކު އައިވިންގެ ގާތަށް އައި ރުޅީގައި އަޅަމުން ދިޔަ ޓައީވެސް އަތުކޮޅަށް ހޫރާލިއެވެ. ފުންނޭވާތަކެއް ލަމުން އެނދުގެ އެއްފަރާތުގައި އައިވިން އިށީނދެ ބޮލުގެ ދެ އަރިމަތީގައި ދެއަތުން ހިފަހައްޓާލިއެވެ. އިރުކޮޅަކު އެގޮތަށް އިނުމަށްފަހު ރުޅި ހިންދާލަމުން މީހާ ހަމަޔަކަށް އެޅިލިއެވެ. ނިއްކުރި މައްޗަށް ވެރިފައިވާ އިސްތަށިތައް ވާއަތުން މައްޗަށް ނަގާލަމުން ތެދުވެ ޓައީ ނަގާ އަނެއްކާވެސް ތައްޔާރުވާން ފެށިއެވެ.
ތައްޔާރުވެގެން ގެސްޓު ހައުސްގެ ތިރިޔަށް ފޭބި އައިވިން ގަސްތައް ވަށާލާފައި ގޮސް ގެ ފެންނާނެހެން ހުއްޓުނީ ކުޑަ ވަޤުތު ކޮޅަކަށްވެސް ޒޯޔާ ފެންނާނެ ކަމުގެ އުންމީދުގައެވެ. ކަންވީވެސް އޭނާ ބޭނުންވި ގޮތަށެވެ. ޖޯލިފަތީގައި ޒޯޔާއާއި އިތުރު އަންހެން ކުއްޖެއް އިށީނދެލައިގެން އިނެވެ. އުނގުގައި ތައްޓެއް ބައިންދައިގެން ތަރުކާރީތަކެއް ކޮށަމުން ދިޔަ ޒޯޔާ އަށް އައިވިން ފެނުނީ ނަޔާ އޭނާގެ ފައިގާ ކޮށްޓާލުމުންނެވެ. ޒޯޔާ ބަލާލުމާއެކު އައިވިން ރީތި ހިނިތުންވުމެއް ޒޯޔާ އަށް ރައްދުކުރީ އޭނާގެ ހިތް ރޮމުން ދިޔަ ރުއިން ވަންހަނާ ކުރަމުންނެވެ. ޓެކްސީ އައުމާއެކު ފަހަތުން އައި އޭނާގެ ބޮޑީގަރޑް އާއެކު އައިވިން އެދިމާއަށް ހިނގައިގަތެވެ.
އައިވިން އާއި ޒޯޔާ އެކަކު އަނެކަކަށް ހަދިޔާ ކުރި ހިނިތުންވުން ފެނި ނަޔާ އިނީ ހައިރާންވީ ވަރުން އަނގަ ތަންމިނަށް ހުޅުވިފައެވެ.
“ތި އަނގައިން ސޮނިތައް ނުފައިބަނީސް އަނގަ ލައްޕަބަލަ.” ނަޔާ އަށް ވެފައި އިންގޮތް ފެނުމުން ޒޯޔާ ހިނިއައިސްފާ އިނދެ ބުނެލިއެވެ.
“އަހަންނަށް ދެންމެ މިފެނުނީ ކޮން މަންޒަރެއްތަ؟ ކިހިނެއް ތިދެމީހުން ..؟ ކޮން އިރަކު..؟” ނަޔާ އެއްފަހަރާ އެތައް ސުވާލެއް ކުރަން ފެށިއެވެ.
“ސާބަސް ނަޔޫ.. ދެ އަވަށްޓެރިންނަށް ވީމަ އަހަރެމެން ދެމީހުންވެސް އެކަކު އަނެކެއް ފެނިދެނިވެ ރަޙްމަތްތެރި ވެވޭނެ އެންނު..” ޒޯޔާ އާދައިގެ ގޮތަކަށް ބުނެލިއެވެ.
“އެކަމަކު ވަރަށް ސަޕްރައިޒް ވެއްޖެ އިނގޭ.. މަ ހީކުރީ އެއީ ވަރަށް ފޮނި ބޮޑާ މީހެއްކަމަށް.. އާން އެހެންޏަ.. ސަރުކާރުގެ މަތީ މަޤާމެއް ލިބިއްޖިއްޔާ ގިނަ މީހުންނަށް ހުންނަނީ ތިމާއަށް ތިމާ ފެނިފަވިއްޔަ..” ނަޔާ އޭނާ ދެކޭގޮތް ހާމަކޮށްލިއެވެ.
“ކޮންމެ ތާކު އުޅުނަސް އެންމެން އެއްގޮތެއް ނުވާނެ އެންނު..މީހެއް ފެންނަ އިރަކަށް ބަލާލާފަ އެމީހެއްގެ ގޮތެއް ނޭނގޭނެ.” ޒޯޔާ އައިވިން ދިފާޢު ކުރަމުން ބުނެލިއެވެ.
“އޯ ވާއު..މިހާރު އެނގިއްޖެ ތިދެމީހުން އަސްލުވެސް ވަރަށް ކްލޯޒް ކަން.. ކުރިން ނަމަ ކިޔަން ފަށާނެ މަޖިލިސް މެންބަރުން އެހެންނޭ މިހެންނޭ އުޅެނީ..” ނަޔާ ޒޯޔާ އާ ދިމާ ކުރަމުން ބުނެލިއެވެ.
“ދެން ނަޔޫވެސް ދޯ.. ” ނަޔާ ދިމާކުރަން ފެށުމާއެކު ޒޯޔާ ނަޔާގެ ގައިގާ ޖަހާލިއެވެ. އެކަންވެސް ނަޔާއަށް މަޖާވެ އިތުރަށް ދިމާކޮށްކޮށްފައި ހޭންފެށިއެވެ.
” އޭ.. މިރޭ އޮންނަ ބާބަކިއު ވާހަކަ ބުނީމެންނު.. ކިހިނެއްވާނީ ޒޯ އަންނަ އިރު އައިވިންވެސް ގެނައްޔާ.. ” ނަޔާ ކަމެއް ހަނދާންވާފަދައިން ބުނެލިއެވެ.
“އެކަމަކު..” ޒޯޔާ އައިވިން ގެންދިޔުމަށް ފަސްޖެހުނެވެ. އެހެން މީހުން ދެކޭނެ ގޮތަކާ މެދު އޭނާ ކަންބޮޑުވިިއެވެ.
“ކަމޯން ޒޯ.. ދެން ޒޯ ނޫނަސް އަހަރެމެންނާވެސް ވާނެ އެންނު އޭނަ ފްރޭންޑް ކޮށްދެން ..” ނަޔާ ކުސްތަޅާލިއެވެ.
“އޭނަ ދާން އެއްބަސް ވާނެ ކަމެއް ނޭނގެ..” ޒޯޔާ އަދިވެސް ބެލީ ކޮންމެވެސް އުޒުރެއް ދެއްކޭތޯއެވެ.
“ތިއެއްވެސް އިނގޭނީ އޭނަ ކައިރީ އެހީމައެންނު.. ޕްލީސް..އަހައްޗޭ އިނގޭ..އެހާ ހޭންޑްސަމް މީހަކާ ފްރެންޑް ނުވެ ކިހިނެއް ދޫކޮށްލާނީ..އިނގޭ..ބުނައްޗޭ އިނގޭ..” ނަޔާ ކިޔަން ފަށައިފި ނަމަ ހުއްޓާނުލާނެކަން އިނގުމުން ޒޯޔާ އެންމެ ފަހުން އެއްބަސްވެއްޖެއެވެ.
“ބޯއީ ފްރެންޑެއް ހުންނަ އިރުވެސް އަދިވެސް އިސްލާހުވާކަށް ނޫޅެއޭ..” ޒޯޔާ ވެސް ދޫނުކުރަންވެގެން ނަޔާ އާ ދިމާކުރަން ފެށިއެވެ. ނަޔާވެސް ދޫނުކުރަން ޒޯޔާ ބުނާ ކޮންމެ އެއްޗަކަށް މަޖާވެފައި ރައްދު ދެމުން ދިޔައެވެ.
*******
ވޯކް ޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ޝަރަފްވެރި މެހެމާނުގެ ހައިޞިއްޔަތުން ވާހަކަ ދެއްކުމަށްފަހު ޖަލްސާގެ އިސްވެރިންނާއި އައިވިން ފަހުކަމަކަށް ސަލާން ކޮށްލިއެވެ. ތަނުގައި ބޭއްވެފައިވާ ބިލެއްމީރުކޮށްލުމުގައިވެސް އައިވިން ބައިވެރިވީ ނަމަކަށެވެ. އޭނާ ހުރީ އެއްވެސް އެއްޗެއް ކާން ބޭނުންވާ ހާލަތެއްގައެއް ނޫނެވެ. އެއަށްވުރެ އޭނާ ބޭނުންވީ ޒޯޔާ ދެކިލުމަށެވެ.
ގެއަށް އާދެވުމާއެކު އައިވިން އަވަސް އަވަހަށް ފެންވަރާލައިގެން ނިކުތީ ބެލްކަންޏަށެވެ. ޖީބުގައި އޮތް ފޯނު ނެގުމަށްފަހު އޭނާ ޒޯޔާއަށް ގުޅާލިއެވެ. އޭނާ ޒޯޔާގެ ނަންބަރު ހޯދީ އެތަކެއް އާދޭހެއް ކޮށްގެންނެވެ. ނުދަންނަ މި ބީރަށްޓެހި ރަށުގައި ކަމެއްޖެހިތްޖެނަމަ އެހީވާނެ އެކަކުވެސް ނުހުންނާނެ ކަމަށް ބުނެ އެތައް ބަހަނާއެއް ދައްކައިގެންނެވެ.
“ބިޒީތަ..؟” ފޯނުގެ އަނެއްފަރާތުން ޒޯޔާ ހެލޯ އޭ ބުނެލުމާއެކު އައިވިން އަވަސް އަވަހަށް ސުވާލު ކުރިއެވެ. އޭނާ ހަޤީޤަތުގައިވެސް އެހެރީ ޒޯޔާ ދެކިލުމަށް ކެތްމަދުވެފައެވެ.
ޒޯޔާ ބިޒީއެއް ނޫން ކަމަށް ބުނުމުން އައިވިން އެދުނީ ބެލްކަންޏަށް ނިކުމެލަ ދިނުމަށެވެ. އޭނާ ދައްކަންޖެހޭ ވާހަކައެއް އެބެއްކަމަށް ބުނެއެވެ. ޒޯޔާވެސް އޭނާ ބުނަންޖެހޭ ވާހަކައެއް އެބައޮތް ކަމަށާއި މިދަނީކަމަށް ބުނެ ފޯނު ކުރުކޮށްލިއެވެ. އައިވިން އަށް ވިސްނެމުން ދިޔައީ ޒޯޔާ އާ އޭނާ ދައްކަން އެއުޅޭ ވާހަކަ ހިއްސާކުރާނެ ގޮތަކާމެދުއެވެ. މާދަމާ އޭނާ ފުރައިގެން ދިޔުމުގެ ކުރިން ޒޯޔާގެ ހިތުގައި އޭނާއާ މެދު ވަނީ ކީކޭތޯ ބަލަން އައިވިން ބޭނުންވެއެވެ. ޒޯޔާގެ ދިރިއުޅުން ބަޖުބޫރީއެއްގައި ބަނދެވިފައިވާނަމަ އެކަމުން އޭނާ މިންޖުކޮށްދެން އައިވިން ބޭނުންވެއެވެ.
ބެލްކަންޏަށް ޒޯޔާ ނިކުތުމާއި އެކު އައިވިންގެ ހުރިހާ ސަމާލުކަމެއް ޒޯޔާއަށް ދެވުނެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ޒޯޔާގެ މޫނުން އޭނާއަށް ފެންނަނީ ސާދާ ކަމެވެ.
“ކޮން ވާހަކައެއް ބުނަންވެފަ އޮތީ..” ޒޯޔާ ސީދާ މަޢުޟޫއަށް ދިޔައެވެ. އައިވިން އަށް ބެލްކަނީގެ ފާރުގައި އޭނާގެ ދެއަތް ބާރުކޮށްލެވުނީ ވާހަކަ ފަށާނެ ދިމާއެއް ނޭނގުމުންނެވެ.
“އަހަރެން.. އަހަރެން މިއުޅެނީ މާލެ ދާން ފުރަން..” އައިވިން ލަސްލަހުން ބުނެލިއެވެ. އައިވިން ހީކުރި ގޮތާ ޚިލާފަށް ޒޯޔާގެ ފުށުން އެއްވެސް ތަފާތުކަމެއް ނުފެނުނެވެ. ކުރިންވެސް ހުރިހެން ބެލްކަނީގެ ރެއިލިންގް ގައި ހިފަހައްޓާލައިގެން ޒޯޔާ ހުއްޓެވެ.
“އެއްޗެކޭ ނުބުނާނަންތަ..؟ އަހަރެން ފުރައިގެން ދިޔަޔަސް ޒޯޔާ ދެރައެއް ނުވާނެދޯ..؟” އައިވިންގެ ހިތް އެދެމުން ދިޔައީ ޒޯޔާ އޭނާ ހުއްޓުވުމަށެވެ. އޭނާ ދޫކޮށްފައި ނުދިޔުމަށް އެދި ޒޯޔާ އާދޭސްކުރަން އެހިތް ބޭނުންވިއެވެ.
“އަހަރެން ކީކޭ ބުނާނީ.. އަބަދު މިރަށުގައި އައިވިން އަށް ނުހުރެވޭނެ އެންނު.. އައިވިންގެ ދިރިއުޅުމާއި ވަޒީފާ އޮތީ މާލޭގަ.. އެހެންނޫނަސް ރަށްފުށުގައި އުޅޭ ހިތެއް ނުވެއޭ ބުނީމެންނު.. އެހެންވީމަ އައިވިން ބޭނުންވާ ގޮތަށް މާލެ ދެވޭތީ އަހަރެން އުފާވަނީ..” ޒޯޔާ އޭނާގެ އިޙްސާސްތައް ކުޅަދާނަ ކަމާއެކު ފޮރުވާލުމުގައި ކާމިޔާބު ހޯދިއެވެ. އެހެނަސް ހަޤީޤަތަކީ އައިވިން ފުރަން އުޅޭ ޚަބަރު ލިބުމާއެކު ޒޯޔާ އެއްކޮށް މާޔޫސްވެގެން ދިޔަ ކަމެވެ. ނަަމަވެސް އައިވިން އަކީ އޭނާގެ ދިރިއުޅުމަށް އައިސް ހުރި ވަޤުތީ މެހެމާނެއްކަން ޒޯޔާ އަބަދުވެސް ދަނެއެވެ.
ޒޯޔާގެ ޖަވާބާ އެކު އައިވިންގެ ހިތް ގެނބިގެން ދިޔައެވެ. ޒޯޔާއަށް ވިސްނޭނެނަމައެވެ. ޒޯޔާ ފެނުމަށްފަހު އޭނާ މިރަށުން ދާހިތެއް ނުވެއެވެ. މިއީ އޭނާ ބޭނުންވާ ގޮތެއްނޫނެވެ.
“ޒޯޔާ ބުނަން އުޅުނީ ކޮންވާހަކައެއް..” ހިތަށް ލިބުނު މާޔޫސްކަން ފޮރުވާލުމަށްޓަކައި އައިވިން މަޢުޟޫ ބަދަލު ކޮށްލިއެވެ.
“މިއަދު ޖޯލިފަތީ އަހަންނާއެކު އިނެންނު އަންހެއްކުއްޖެއް.. އެއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް.. މިރޭ އޭނަގެ ރަޙްމަތްތެރިންތަކެއް ބާބަކިއު ހަދާތީ އައިވިން އަށްވެސް ދަޢުވަތު ދޭށޭ ބުނީ..” ޒޯޔާ ކިޔައިދިނެވެ.
“އޯކޭ..ދާން ވީމަ ޒޯޔާ ގުޅާލާ އަހަންނަށް.. މިގަޑީ ވަރަށް ވަރުބަލިވެފަ މިހިރީ..ރެސްޓު ކޮށްލަން މިދަނީ..” އައިވިން އެހެން ބުނެލުމަށްފަހު ކޮޓަރިތެރެއަށް ވަދެ ބެލްކަނީގެ ދޮރު ކަހާލިއެވެ.
ބެލްކަނީގެ ދޮރުގައި ލެނގިލައިގެން ހުރި އައިވިން ދެލޯ މަރާލިއެވެ. ޒޯޔާގެ ވާހަކަ ހުރިގޮތުން އެހިތުގައި އައިވިން އަަށް އެއްވެސް ހާއްސަކަމެއް ދެވިފައިނުވާކަން އިނގެއެވެ. އެހެނަސް އޭނާގެ ބަސްނާހާ ހިތް އެކަން ޤަބޫލު ކުރާކަށް ބޭނުމެއްނުވެއެވެ. އޭނާ ބާބަކިއުގައި ބައިވެރިވާން އެއްބަސްވީވެސް ޒޯޔާ އާއެކު ވަޤުތު ކޮޅެއް ހޭދަކޮށްލެވޭނެތީއެވެ. ކަންދިމާކުރާ ގޮތުން އެއީ އޭނާ އަށް ޒޯޔާއާއެކު ހޭދަކުރަންލިބޭ އެންމެ ފަހު ވަޤުތު ކޮޅަށް ވެދާނެތީއެވެ.
********
ރޭގަނޑު އަށެއް ޖެހުމާއެކު ޒޯޔާ ގުޅިއެވެ. އައިވިން ތިރިއަށް ފޭބި އިރު ޒޯޔާ ގޭގެ ދޮރުމަތީ ހުއްޓިލައިގެން ހުރި އިރު ހެނދުނު ފެނުނު އަންހެންކުއްޖާވެސް ހުއްޓެވެ.
“އައިވިން މިއީ ނަޔާ.. އަހަރެންގެ ބެސްޓް ފެރެންޑް.. ނަޔާ މިއީ އައިވިން..” ޒޯޔާ އައިވިންް އަށާއި ނަޔާ އަށް އެކަކު އަނެކެއް ތަޢާރަފް ކޮށްދިނެވެ.
“ނައިސް ޓު މީޓް ޔޫ..” ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެލައިގެން ހުރެ ނަޔާ އައިވިން އާ ސަލާމް ކޮށްލިއެވެ. ނަޔާގެ ފުޅާ ހިނިތުންވުން ފެނި ޒޯޔާގެ ގާތަށް ހިނިއައެވެ.
ތިންމީހުން ބާބަކިއު ހަދާ ސަރަޙައްދަށް މިސްރާބުޖެހި އިރު ނަޔާ އަނގަ ހުއްޓާނުލާ އައިވިން އާ ތަފާތު ސުވާލުތައް ކުރަމުން ދިޔައެވެ. އެންމެ ފަހުން ނަޔާ އަނގަ މަޑުންލީ ޒޯޔާ ދެން ސުވާލު ނުކުރާށޭ ކިޔާ އެއްޗެހި ކިޔައިގަތުމުންނެވެ.
ބާބަކިއު ހަދާ ސަރަހައްދަށް ދެވުނު އިރު ނަޔާގެ ރަޙްމަތްތެރިން އަލިފާންގަނޑު ވަނީ ރޯކޮށްފައެވެ. ނަޔާ އެންމެންނަށް އައިވިން ތަޢާރަފް ކޮށްދިނީ އޭނާގެ ރަޙްމަތްތެރިއެއްގެ ގޮތުގައެވެ. އެހެން އެންމެންނާއެކު ބާބަކިއު ހެދުމުގައި އައިވިން ހަރަކާތްތެރިވަމުން ދިޔަ އިރު އޭނާގެ ނަޒަރު އިރު އިރުކޮޅާ ޒޯޔާއަށް ހުއްޓެއެވެ. އޭރު ޒޯޔާ އިނީ އަލިފާންގަނޑާއި ތަންކޮޅެއް ދުރުގައި ހުރި ސިމެންތި ގޮނޑިއެއްގައި އިށީނދެގެންނެވެ. ދުމުގެ އަސަރު ކުރާނެ ކަމަށް ބުނެ ޒޯޔާ އެއްވެސް ގޮތަކަށް މަސައްކަތުގައި ބައިވެރި ވާކަށް ނަޔާ އެއްބަހެއް ނުވިއެވެ. އޭނާއަކީ ނަރުހެއްކަމުން މީހުންގެ ސިއްހީ ކަންކަމުގައި އޭނާ ދުލެއް ނުދޭނެއެވެ.
އިރުކޮޅެއްގެ ތެރޭގައި ކުކުޅާއި ފަރުމަސްތައް ގްރިލް ގެ މައްޗަށް ފިހަން ލިއެވެ. އެންމެ ފަހުން ސޮސެޖް ތަކާއި ގާލިކް ބްރެޑް ފިހުނު އިރު މުޅި ތަނުގައި ކާއެއްޗެހީގެ މީރުވަސް ފެތުރިފައިވާއިފު އިތުރަށް ބަނޑުހައިކަން އިޙްސާސްވާވަރު ވެއެވެ.
ހުރިހާ އެއްޗެއް ފިހެވުމާއެކު އެންމެން ކެއުމަށް އިންސާފު ކުރަން ފެށިއެވެ. ކައި ނިންމާލުމަށްފަހު އެންމެން ގެޔަށް ދޔުމަށް ތައްޔާރުވެވުނީ އެގާރަ ޖެހިފަހުންނެވެ. ނަޔާވެސް އޭނާގެ ލޯބިވެރިޔާ އާއެކު ގެޔަށް ދާން ހިނގައިގަތުމުން އައިވިން އާއި ޒޯޔާ ދާންޖެހުނީ އެކަންޏެވެ. ދެމީހުން އެކީ ހިނގާފައި އައި އިރު ދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.
“ޒަފަރް އަންނަނީ ކޮން އިރަކުން..” އެ މަޢުޟޫ އަށް ވާހަކަ ނުދެއްކުމަށް ހިތަށް އަރާފައިވެސް އައިވިން އަކަށް ނުހުރެވުނެވެ. އޭނާގެ ހިތަށް އުނދަގޫ ކުރަމުންދާ ސުވާލުތަކުގެ ޖަވާބު ހޯދަން އައިވިން ބޭނުންވެއެވެ.
“ނޭނގެ އަދި..” ޒޯޔާގެ ޖަވާބު ނުހަނު ކުރެވެ. އޭނާ ކުރި ސުވާލާ ޒޯޔާ ގަޔާނުވީހެން ހީވެ އައިވިން އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
“ޒޯޔާ ޒަފަރް އާ މެރީ ކުރީ ކޮން އިރަކު..؟” އައިވިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
“މީގެ އެއް އަހަރު ކުރިން..ހިނގާ އަވަހަށް ގެޔަށް ދާން.. އަހަރެން ވަރަށް ނިދި އައިއްސި..” ޒޯޔާ އޭނާގެ ހިނގުން ބާރުކޮށްލިއެވެ. ހަޤީޤަތުގައި އައިވިންގެ ސުވާލުތަކުން ޒޯޔާއަށް އުނދަގޫވީއެވެ. ޒަފަރް އާއި ބެހޭ އެއްވެސް ވާހަކައެއް ދެއްކުމަކީ އޭނާއަށް ފަސޭހަ ކަމެއްނޫނެވެ.
“ޒޯޔާ ކީއްވެ..؟” އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔަ ޒޯޔާ ހުއްޓުނީ އައިވިންގެ ސުވާލުންނެވެ. ފަހަތް ބަލާލި އިރު ހުރި ފިޔަވަޅު މަތީ ހުއްޓިގެން ހުރި އައިވިންގެ ނަޒަރު ސީދާ އަމާޒުވެފައިވަނީ ޒޯޔާ އަށެވެ. ޒޯޔާ އައިވިން އަށް ބަލައިލީ ސުވާލު އުފެދިފައިވާ ގޮތަކަށެވެ.
“ކީއްވެ ޒޯޔާ ޒަފަރް އާއެކު އަދިވެސް ތިއުޅެނީ..؟” އައިވިން މަޑު މަޑުން ބުނެލި އިރު އެ އަޑުގައި ވަނީ އާދޭހެވެ.
“އައިވިން ކީކޭ ތިކިޔަނީ..؟ އަަހަންނަކަށް ނުވިސްނުން..” ޒޯޔާ އަށް އައިވިންގެ ވާހަކަތައް ފަހުމް ނުވުމުން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.
“އަހަރެން ދެކުނިން..ޒަފަރް ޒޯޔާއަށް ހެދިގޮތް.. ޒޯޔާގެ ނިއްކުރިއަށް ވީގޮތް އަހަންނަށް ފެނުން..” އައިވިންގެ ވާހަކަ އާއެކު ޒޯޔާގެ ދެލޯ ބޮޑުވިއެވެ. އެއީ އޭނާ މުޅި ދުނިޔެއަށް ސިއްރުކޮށްގެން އުޅުނު ކަންތަކެވެ. އައިވިން އަށް އެކަން ފަޅާ އެރުމުން ޒޯޔާ އިސްޖެހިގެން ދިޔައެވެ.
“ޒޯޔާ އެހުރިހާ އަނިޔާއެއް ލިބޭ އިރުވެސް ކީއްވެ ޒަފަރް އާއެކު ތިއުޅެނީ..؟ ޒަފަރް ދެކެ އެހާ ވަރަށް ލޯބިވާތީތަ.. ނުވަތަ ޒަފަރްގެ ނުފޫޒުންތަ..؟ އައިވިން ޒޯޔާގެ ކައިރީ ހުއްްޓިލަމުން ސުވާލުކުރިއެވެ. އެހެނަސް ޒޯޔާ އެއްވެސް ހަރަކާތެއް ކޮށްނުލާ އިސްޖަހަައިގެން ހުއްޓެވެ.
“ޓެލް މީ ޒޯޔާ… އޭރުންނެންނު އަހަންނަށް އެހީވެވޭނީ..؟ ޒޯޔާގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން އައިވިން ބުނެލިއެވެ. އޭނާގެ ކެތްތެެރިކަން ޒޯޔާ އިމްތިހާނު ކުރާނީ ކިހާ އިރެއް ވަންދެން ހެއްޔެވެ؟
“އާން.. އަހަރެން މިއުޅެނީ ޒަފަރް ދެކެ ލޯބިވާތީ.. ރުޅި އަައީމަ ކޮންމެ މީހަކަށްވެސް އެފަދަ ކަމެއް ކުރެވިދާނެ.. އޭގެ މާނައަކީ އެމީހަކީ ގޯސްމީހެކޭ ނޫން.. ” ހިތާ ދެކޮޅަށް އައިވިން އާ ދިމާއަށް ބަލާލަމުން ޒޯޔާ ބުނެލިއެވެ. އޭރު އެދެލޮލުގައި ކަރުނަތިކިތައް މުތީ ތަކެއްހެން ބަބުޅަމުން ދިޔައެވެ.
“އައިވިން ވެސް އެންމެ ރަނގަޅުވާނީ އަހަރެމެން ދެމީހުންގެ ދެމެދުގައި ހިނގާކަންތައްތަކާ ނުބެހުނިއްޔާ..” ޒޯޔާ ހަރުކަށިކޮށް އެހެން ބުނެލުމަށްފަހު ބާރުބާރަށް ކުރިޔަށް ހިނގައިގަތެވެ. ޒޯޔާގެ ވާހަކަތަކާއެކު ގަނޑުވެފައި އައިވިން އަށް އޭނާ ހުރިފިޔަވަޅު މަތީ ހުރެވުނީ ދެން ހަދަންވީ ގޮތެއް ނުވިސްނިފައެވެ.
ރޭގަނޑު ހަތަރު ދަމު އައިވިން ހޭދަކުރީ ވިސްނުމުގައެވެ. އަމިއްލަ ނަފްސަށް މަޖުބޫރު ކުރުވައިގެން ފޮށްޓަށް އެއްޗެހި އަޅާ ފުރުމަށް ތައްޔާރުވީ އިރުވެސް އައިވިންގެ ހިތް އެދި ގޮވަމުން ދިޔައީ ރަށުގައި މަޑުކުރުމަށެވެ.
ފަތިސް ވުމާއެކު އައިވިން ޒޯޔާގެ ފޯނަށް މެސެޖު ކޮށްލިއެވެ. އޭނާ ފުރަނީ ކަމުގައި ބުނެ ރޭގައިވީ ކަންތަކަށް އައިވިން މަޢާފަށް އެދުނެވެ. ފަހު ފަހަރަށް އައިވިން އޭނާއާއި ޒޯޔާގެ ހުރިހާ ހަނދާންތަކެއް ގުޅިފައިވާ ބެލްކަންޏަށް ބަލައިލިއެވެ. އެހެނަސް ޒޯޔާގެ ކޮޓަރީގެ ބެލްކަނީގައި ހުއްޓިލައިގެން ހުރި ޒަފަރް ފެނުމުން އައިވިންގެ ނޭވާވެސް ހުއްޓުމަކަށް އައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.







Salaam dear readers.. Here is 12th part of neydhemey vakivumeh.. As i promised i tried to make this part longer..Hope u all will like this part.. let me know what u guys think n pls correct out my mistakes.. As always can’t appreciate enough for the support u all r showing for this story. Thank u so much. Gud night?❤?
Wow Maasha allah V reethi mi part vx sisoo
Alhey Zoya keevetha Aivin kaireega like Vaa vaahaka nubunee.. N Zafar aeetha.. Aivin ah Hama dhaan Dhw jeheynee
Waiting for nxt part sisoo
Stay safe
Lyyysssmmm
Thank u soo much LamHaa. V ufaavejje mi bai ves kamudhiyaeema dear ah.. ya dhw.. Zoaya buninama things might have changed.. yess zafar aee?. Hingaa dhw Aivin dhn hadhaa gotheh balamaa. Next part In sha Allah avahah up kohleveythoa balaanan.. u too stay safe dear.. lymmm?❤
Masha allah?????????♥️♥️♥️✨✨✨✨✨ mi part vx varah varah reethi♥️✨♥️✨♥️✨♥️✨♥️??????? when next part???? ??? Curiously waiting for it, ?❤️?❤️ ly wonder
Thank u soo much Sher.. v ufaavejje mi bai ves kamudhiyaeema.. Next part In sha Allah day after tomorrow ga up kohla dheynan.. lym dear?❤
Wowww masha Allah vvvvv reethi
Keep it up
when next?
Thank u soo much sama. V ufaavejje mi bai kamudhiyaeema.. Next part In sha Allah day after tomorrow ga..
❤️❤️Wow mi part ❤️ves vrh❤️❤️ sali ??❤️❤️❤️??
❤️Masha Allah keep it up sis ❤️❤️❤️???????
??????Zafar eh gana soru aeee dhw???? Pis Pis sis thihen ulefaa zafar Ah varugada ladeh dhey thi ingey ????heheh????
????And vrh dera vey aivin dhaathee?? He is so nice dhww??❤️❤️???
??Zoya ves dhw ??plss Sis give Zoya a❤️❤️ happy life ❤️❤️❤️ingey??❤️❤️?????
❤️❤️And sis vrh bodah srry 11 th part ah cmnt nukurevuny?????? but still Ril keen e part vrh sali e part ves ❤️❤️❤️❤️❤️??????
❤️❤️Waiting for the ❤️❤️❤️next part ❤️❤️❤️
❤️❤️Love u sooo muc❤️❤️❤️
❤️❤️Stay safe ❤️❤️❤️
Thank u soo much Ril.. v ufaavejje dear ah mi bai ves kamudhiyaeema.. yeah zafar aeee?. Yess..mihaaruves varugadha landeh plan kuramun midhany wonder?. Hingaa dhe Aivin n zoaya hadhaa gotheh ves balamaa.. yess.. it’s sad that he’s leaving ?. It’s okay dear.. no need to apologise.. free vaa faharu comment kohleema rangalhu vaane?. N so happy u liked the previous part too. Next part In sha Allah day after tomorrow ga.. u too stay safe dear.. lymmm?❤
Vvvv reethi ?♥️
Whn nxt???waitinggg
Thank u soouch Unknown queen. V ufaavejje mi bai ves kamudhiyaeema.. next part In sha Allah day after tomorrow ga up kohla dheynan ? ❤
Zafar gandu aisgen dhw miulhenii, haadha foossei vey ?????? dhen hunnaane zoya ah Aniyaa kollaaafa..dhen Zoya rulhi aima ehen vaaneyy bunyas aiye iskuraakah nujeheyne dhw.. Zafar gandu ???????????
Aivin ehaaa rangalhu iru ves zoya akah ehves vaahaka eh kiyaidheykah nukerey ?????????????????
Aivin dhera nukoh balaaaaaa wonder ???????????????????
Btw mi part ves Hama Varah Varah Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ maa sha Allah ❤️❤️❤️❤️❤️❤️❤️ curiously waiting waiting waiting for the next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ love you wonder ❤️ take care ❤️❤️❤️❤️
❤️❤️❤️Stay home and stay safe ❤️❤️❤️❤️
??Aivin Dhera nukurahchey wonder??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????
Hehe.. Livy is soo angryy dhw.. asluves.. kithanme rulhi ayas dear bunaahen aih iskuraakah nujehey.. i totally agree.. let’s see dhw dhn Aivin and zoaya ah vaagotheh.v ufaavejje mi part ves dear ah kamudhiyaeema.. okay..dear buneethy ves Aivin happy kohla dheynan ingey when the right time comes.. u too tvgc n stay safe dear… Lymmmm?❤
Maashaa Allah……… V v v v v v v v v v salhi……… I like this part too…..keep it up……..love you……
Thank u soo much Epiphany.. v ufaavejje mi bai ves kamudhiyaeema.. lymm dear?❤
What? What? What? ZAFARU aeee???? Masha Allah hurihaa epi eh vx vvvv reethi?????Dhen E meeha aeema cmnt nukoh nuhurevunee???????❤️❤️❤️❣️❣️❣️❣️❣️Alhey zoa gandaaa????buneba loabi vey thimannna vxxx????hama huregen Aivin hithah pin haraa eba…. Pis pis Naya biteh Hunna iru vx Aivin aa alhaiganfa ??? dhooniiiii miss u a lotttt?????love you hetakahhh??????❣️❣️❣️❣️❣️❣️SH SS TC
WARNING❗❗❗❗
IF ANYONE KNOWS WHO AM I DO NOT TELL MY NAME
Alheyyyy.. haaai Zoaya.. hehe.. i know who u r dear.. awnn..i missed u hetakah toooo?. Hehe.. something good at least happened by zafar coming..v ufaavejje dear ge comment eh fenunyma.. zoaya athun pin foshi foruvan jeheyny?. Aivin maa handsome veema nayaa ahves nuhurevunyy eyy..hehe.. u too b safe dear.. lymmmmm?❤
Hey… Sorry 4 my late comment…. OMG.. Oh my God…
E zafar gandu Aeetha hama… No No No No…. Can’t believe this…. Zoya become scared Dhw… Zoya vs aslu
Loabi vey Dhw Aivin dheke… Soooooooo nice…. Hey
Wonder vvvvvvvvvvvv nice Mi part ves… Curiously waiting 4 nxt prt of yours. ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?????❤️?❤️?❤️???❤️?❤️?❤️?❤️❤️TC, ??????????????????????????