Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާވަރު އަންގަދޭހިތްވޭ 3

Annna Level 510 Stories100 Comments100 Login
September 26, 2020 5 Mins Read
30 Comments

ތިންވަނަބައި

ހުސް ޖަވާބު ނުލިބޭ ސުވާލުތަކުން ލައުރާގެ ސިކުނޑި ގޮއްވަމުން ދިޔައެވެ. އެސުވާލު ތަކުގެ ޖަވާބު އިންޓަނެޓުން ވެސް ލިބުމަކީ ނުވާނެ ކަމެކެވެ. ދެން އެސުވާލުތަކުގެ ޖަވާބު ހޯދަން އަހާނީވެސް ވަކި ކާކު ކައިރީގަހެއްޔެވެ؟

***

އެދުވަހު ހަވީރުވާން ކައިރިވަނިކޮށް ލައުރާ ނިކުތީ އެދުވަހު ޒިލާގެ ބޮޑުދައިތަ އަންނަ ވާހަކަ ބުނެފައި ވާތީވެއެވެ. އޭރުވެސް މަންމަ ބުރަކޮށް ބަދީގޭގައި އުޅެއެވެ. ލައުރާވެސް ގޮސް މަންމަ އަށް އެހީތެރިވެދެން ފެށިއެވެ.

އަޞުރު ވުމުގެ ކުރިން ނިންމާލެވުމުން ލިއުޝާގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. އޭރުން ދެން ފެންވަރައި ލައިގެން ހަމަޖެހިލައިގެން ތިރިއަށް ފޭބޭނެ ނޫން ހެއްޔެވެ.

ލައުރާވެސް ދިޔައީ ދާހިތްލައިފައި ހުރުމުގެ ސަބަބުން ފެންވަރައި ތާޒާ ވެލާށެވެ. ފެންވަރައިލައިގެން ނިކުމެ ލައުރާ ފަލަމަސްގަނޑާއި ހަމައަށް އަރާ ނޭވީ ބްރޫ ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއް ގަޔަށް ހެޔޮވަރުކޮށްލިއެވެ.

ކަޅު ދިގު އިސްތަށިގަނޑު ހަތަރު ފަށައް ގަތާލުމުން ލައުރާ ތަފާތު ކަމަށް ދައްކައެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓު ކޮޅެއް ބުރުވާލުމަށްފަހު ލޯގަނޑުގެ ކުރިމަތީގައި ދެފަރާތައް އެނބުރިލީ ރަނގަޅުތޯއެވެ. ހިތްހަމަ ޖެހޭވަރު ވުމުން އަޞުރު ނަމާދު ކޮށްލައިގެން ކޮޓަރިން ނިކުމެ ސިޑި ގިރާކުރުމަށްފަހު މިސްރާބުޖެހީ މައި ދޮރާއި ދިމާ އަށެވެ. އޭރު އެތާގައި އިން ފެންޑާ ފޮޅުމަށް ނޯކަރަކު ހަރާކާތް ތެރިވަމުން ދިޔައެވެ.

ލައުރާ ދެން މިސްރާބުޖެހީ ކާބަޔާއި ދިމާ އަށެވެ. އޭރު ޖުމްލަ ބާރަ މީހުންގެ ޖާގައިގެ ކާމޭޒުމަތީގައި ތަށިތައް އަތުރަން ލިއުޝާ އުޅެއެވެ. ކާތަކެތީގެ މީރުވަސް ލައުރާގެ ނޭފަތުގައި ޖެހުމުން އިޚުތިޔާރުން ބޭރުގައި ލައުރާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ.

“ހާދަ މީރުވަސް އަރައޭ.. ކާހިތް ވެއްޖެ..” ލައުރާ ތަށިތަކާއި ކައިރިވެލަމުން ބުނެލިއެވެ. “ނޫން ލައުރާ.. މެހެމާނުން އައީމަ ކާނީ.. ކުޑައިރުކޮޅަކު ކެތް ކޮށްލާ..” ލިއުޝާ އަވަދިނެތި އުޅެމުން ބުނެލިއެވެ. ތުން ދަމާލައިފައި ލައުރާވެސް މަންމަ އަށް އެހީވެދެން އުޅުނެވެ.

ކާމޭޒު މަތީގައި އަތުރާފައި ހުރި ބާވަތް ތަކުންވެސް މީހަކު ކުޅުދިޔައި ވާހައި ވެއެވެ. ބަޖިޔަލާއި ކުޅި ބޯކިބަލާއި ކީމިޔާގެ އިތުރުން ބޭރުން އޯޑަރުކޮށްގެން ގެނައި ޕިއްޒާ އާއި ސަބްމެރިންވެސް ހުއްޓެވެ. މީގެއިތުރުން ޕުޑިން އާއި ގަބުޅި ބޯކިބަލާއި ޗޮކްލެޓް ކޭކް ވެސް ހުއްޓެވެ. ބުއިމަކަށް ހުރީ ރޯސް ސިރަޕާއި އޮރެންޖެ ޖޫހެވެ.

“މަންމަ ތަ މިހުރިހާ އެއްޗެއް ހެދީ..؟” ލައުރާ ހައިރާވެލައި އެހިއެވެ. “މަންމަ މީގެ ކޮންމެ އެއްޗެއްގެ މަސްގަނޑު ހެދީ.. ދެން ނޯކަރުން ލައްވައި ފުށައްލީ.. އަވަސް ވާނެ އެއްނު..؟ ދެން މިހުރިހާ އެއްޗެއްގެ ފުށްގަނޑު ގިރާފައި މިގޭގެ އަވަނުން ފިހުނީ.. ދެން އޮފްކޯސް ޕިއްޒާ އެންޑް ސަބްމެރިން އެއީ އޯޑަރު ދީފައި..” ލިއުޝާ ތުވާލިކޮޅކުން އަތް ފުހެމުން ބުނެލިއެވެ.

މާގިނައިރެއްނުވެ ކާރެއްގެ ބަރުގޮނު އަޅާލި އަޑު އިވުނެވެ. “އެއައީ ކަންނޭނގެ ވިޝާލް..” ލިއުޝާ ގޭގެ މައިދޮރާއި ދިމާއަސް މިސްރާބު ޖަހަމުން ބުނެލިއެވެ. އޭރު ސިޑިން ފައިބައިގެން ވަސީލް ވެސް އާދެއެވެ. ކާރުން ފައިބައިގެން އައީ ޒިލާގެ އިތުރުން ޒިލާގެ ބޮޑުދައިތަ އާއި ބޮޑު ދައިތަގެ އަންހެން ކުއްޖެއް ކަމަށްވާ ފިރާ އެވެ.

އޭނާ ލައިފައި ހުރީ ގަޔަށް ބާރު ޓޮޕަކާއި ޖިންސެކެވެ. ލައިގެން ހުރި ޖިންސުގެ ތަންތަން ކޮޅުން ވީދިފައިވެސް ހުއްޓެވެ. ކޮށްފައިވާ ގަދަ މޭކަޕް ފިރާގެ އަސްލު ޞިފަ ގެއްލިފައި ވެއެވެ. ބޮޑުދައިތަ އިނީ ހައުސްކޯޓަކާއި ކަންބުރުގަލެއް ރީތިކޮށް ދަތިޖަހާ އަޅާފައެވެ. ލިއުޝާ އާއި ވަސީލްގެ މޫނުމަތި ފެނިފައި ފިރާ އާއި ހިތްހަމަ ނުޖެހުނުކަން ބޮޑުދައިތަ ފަރީހާ ދެނެގަތެވެ. އަދި އެމީހުން އެކަން ފޮރުވާލި ގޮތްވެސް ކުޅަދާނަ އޭ ހިތައް އެރިއެވެ. އެހެން ނަމަވެސް ފަރީހާ ލަދުގަންނަ ގޮތް ވިއެވެ.

“މަ އޭރުވެސް ބުނީމެއްނު ފިރާ ގާތު ތިއެއްޗެހި ލައިގެން ނާންނައްޗޭ.. ބަލަ އެމީހުން އެތިބީ ހިތްހަމަ ނުޖެހިފައި..” ފަރީހާ ފިރާ ގޮވައިގެން އެއްކައިރިއަކަށް ޖެހިލައިފައި ބުނެލިއެވެ. “އޮހް ކަމޯން މަމް.. އެމީހުން އެތިބީ އަހަރެން ރީތި ކަމުން އެ ޒިލާގެ ބަދަލު އެމީހުންގެ ދަރިއާއި އަހަރެން ދެވާ ހިތުން..” ފިރާ އޭނާގެ އިސްތަށިގަނޑު ރީތި ކޮށްލަމުން ބުނެލިއެވެ. “ފިރާ!! ތިކަހަލަ ވާހަކަ ދައްކަންޏާ މިތަނުން ދޭ.. ކޮންމެހެން މަ ލަދުގަންނުވަން މިތަނަށް އައީ ކީއްކުރަން.. ޒިލާ ފަކީރުގެ ދިރިއުޅުން ހަލާކު ކުރަން އައިސް ތަ ތިހުރީ..؟” ފަރީހާ ރުޅިވެރިކަމާއި އެކު ފިރ އާއި ދިމާ އަށް އިއްވާލިއެވެ.

“ތެދަށް ބުންނަ މޯމް.. ޒިލާ އަށް އެކަހަލަ މުއްސަނދި ރީތި ފިރިހެން ކުއްޖެއް ލިބުނީމައި ޖޭ ވާން ފަށައިފި.. އަޅޭ ވިޝާލް އަހަރެންނާއި އިންނަ ނަމަ..” ފިރާ އޭނާގެ މަންމަ ދައްކާ ވާހަކަ އާއި އަޅައިވެސް ނުލައި ބުނެލިއެވެ.

“ޚަބަރުދާރު އެހެން ބުނަން.. ޒިލާ ދިރިއުޅުމުގެ ތެރެއަށް މަގޭ ދަރިއަކު ވަދެގެން ނުވާނެ.. އެހެން ނޫނީ ފިރާ ހަމަ ފޮނުވާލާނީ ބައްޕަ ގާތަށް ރަށަށް..” ފަރީހާ ފިރާ އަށް އިންޒާރެއް ދިނުމުން ފިރާ އަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ހީވަނީ ފިރާ ބޭނުން ނުވާ ކަމެއްގެ ވާހަކަ ފަރީހާ އަށް ބުނެވުނުހެންނެވެ.

ފަރީހާ އަށް ގޭތެރެއަށް ވަދެވުނު އިރު އެންމެން ތިބީ ސޯފާ ގައެވެ. ފަރީހާވެސް ގޮސް ޒިލާގެ ގާތުގައި އިށިންދެލިއެވެ. ފިރާ އިށީންނީ ވިޝާލްގެ ކުރިމަތީގައި އިން ސޯފާގައެވެ. އޭނާ ފޯނުނަގައިގެން އޭތިހާވަން ފެށިއެވެ.

“ކޮބާ ކޮންއިރަކު ދެން ދެކުދިން ކައިވެނި ކުރަން ތިނިންމަނީ..” ވަސީލް ލޮލުގައި އިން ނަންބަރު އައިނު ރަނގަޅު ކޮށްލަމުން ބުނެލިއެވެ.

“ވީހާވެސް އަވަހަކަށް..” ވިޝާލް މިހެން ބުނުމުން ކުރިމަތީގައި އިން ފިރާ ވަށްކަޅިން ވިޝާލް އަށް ބަލާލިއެވެ. ވިޝާލްވެސް ފިރާ އަށް ނަޒަރެއް ދީފައި ޒިލާ އާއި ދިމާ އަށް ބަލްނ ފެށިއެވެ.

“އެހެންވީރު ވަކި ތާރީޚެއް ކަނޑައަޅައިފިންތަ..؟” ލިއުޝާ އަހާލިއެވެ.

“ނޫން އަދި ވަކި ތާރީޚެއް ކަނޑައެއް ނާޅާން.. އަހަރެމެން ދެމީހުން ވިސްނީ މަންމަ އާއި ބައްޕަ އާއި ބޮޑުދައިތަ އަށް ފަސޭހަވާނެ ދުވަހެއް ކަނޑަ އަޅަން.. ދެން ޒީ ބޭނުމެއްނުވޭ ބޮޑު ޕާޓީ އެއް ބާއްވާކަށް.. އަހަރެމެން ވިސްނީ ހަމައެކަނި ރައްޓެހިންނާއި އާއިލާގެ މީހުންނަށް ދަޢުވަތު އަރުވަންކަމަށް…” ވިޝާލް އޭނާ އާއި ޒިލާގެ ފަރާތުން ވާހަކަ ދެއްކިއެވެ.

“ބޮޑުދައިތަ އަށް އޯކޭ ކޮންމެ ދުވަހަކަސް.. ޒިލާގެ އުފަލުގައި ބޮޑުދައިތަގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން..” ފަރީހާ ބުނެލިއެވެ. “އެހެންމަ ކޮން ވަގުތެއް ތިދެކުދިންނަށް ރަނގަޅީ..” ވަސީލް ވިޝާލް އާއި ޒިލާގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“ރޭނގަނޑު ކިހިނެތްވާނެ..؟” ވިޝާލް އަހާލީ ޒިލާ ކުރެންނެވެ. ޒިލާ ބޯޖަހާލުމުން ވިޝާލް ރޭގަނޑޭ ވަސީލް ގާތު ބުނެލިއެވެ. “ކޮން ކުލައެއް ތިކުދިން ފާސް ކުރީ..؟” ލިއުޝާ އަހާލީ ބަދިގެ އާއި ދިމާއަށް ދާން ތެދުވަމުންނެވެ. “ބްލެކް އެން ވައިޓް” މިފަހަރު އެންމެ ލަދުން އިންނަ ޒިލާ ބުނެލިއެވެ.

“ޒިލާ ދަރިފުޅާ.. ބޮޑު ޕާރޓީ އެއް ނުބޭއްވިއަސް ވާނެ ވެޑިން ޑްރެސް ފަހަން..” ލިއުޝާ މިހެން ބުނެފައި ހިނގައިގަތެވެ. ޒިލާ ވެސް ބޯޖަހާލިއެވެ. އެންމެފަހުން އެވާހަކަ ނިމުނީ ތާރީޚެއްވެސް ކަނޑައަޅާފައެވެ. އެއީ މީގެ އެއްހަފްތާ ފަހުން ޒިލާ އާއި ވިޝާލްގެ ކައިވެނި ކުރެވޭ ގޮތަށް ނިމިގެންނެވެ.

ސައި ބޮއެ ނިމުމުން ހުރިހާ އެންމެންވެސް އަނެއްކާ ޖައްސާލީ އަނގަތަޅާލަން ސޯފާގައެވެ. ފަރީހާ އާއި ފަރީވެސް މެއެވެ. ޒިލާ އާއި ވިޝާލް ދިޔައީ އެގޭގެ ޓެރަސް އަށެވެ. އެތަނުން މާލޭގެ އުސް އިމާރާތްތައް ފެނެއެވެ. އެހިސާބަކީ ރަސްފަންނާއި ކައިރި ތަނެއްކަމުން ރަސްފަންނުގައި މޫދައް އެރި އުޅުނު މީހުންވެސް ފެންނަން ހުއްޓެވެ.

“އަހަރެން މިހިރީ ވަރަށް އުފަލުން ޒީ.. އިނގޭތަ..؟ ޒީ ދެކެ އަހަރެން ލޯބިވީ އިއްޔެއަކު މިއަދަކު ނޫން.. އެންމެ ފުރަތަމަ އަހަރެންނަށް ޒީ ފެނުނީ މަގުމަތިން.. ހަނދާންވޭތަ އަހަރެންގެ ކާރަށް އަތްނެގީ ޓެކްސީ އެއްކަމަށް ހީކޮށް.. އެއީ އުޑުމަތި ބަނަ ދުވަހެއް..” ވިޝާލް އުޑުމައްޗައް މޫނު ހިތްލާލަމުން ބުނެލިއެވެ.

“ދެން ވިޝާލް.. މިހާރު ތިހެންވެސް އަހަރެން ގާތު ބުނެވިއްޖެ ކިތަށް ފަހަރު.. ޝާލް އަހަރެން ގާތު ތިހެން ކޮންމެ ދުވަހަކު ނުކިއަސް އަހަރެންވެސް އެދުވަސް ހަނދާން ހުންނާނެއޭ..” ޒިލާ ވިޝާލްގެ އަތުގެ މުލައްދަނޑީގައި އެލިގަންނަމުން ބުނެލިއެވެ.

“ހުމްމް.. ހަމަ ކިޔެނީ އޭ.. ލޯބިވާތީ.. ހެހެ.. އައި ލަވް ޔޫ ޒީ..” ވިޝާލް ވެސް ޒިލާގެ އަތްމަތީގައި އަތް ބާއްވާލަމުން ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ ޝާލް..” ޒިލާ އިތުރަށް ވިޝާލްގެ ގަޔާއި ކައިރވެލަމުން  ބުނެލިއެވެ.

“ހޫންންނ… މިތިބީ މިތާގައޭ ދޯ.. ޕިސް ޕިސް ޕިސް.. އަހަރެން ޒިލް ހޯދާތާ ކޮން އިރެއް މިހާރު..” ލައުރާ ކުސްތަޅަމުން އައިސް ޒިލާގެ އަތުގައި ހިފިއެވެ. އަދި އެތަނުން ފައިބަން ދިޔައީ ޒިލާ ގޮވައިގެންނެވެ. ވިޝާލް ބޯހޫރުވާލީ ލައުރާގެ ކަންތައް ހުންނަ ގޮތުންނެވެ. އަދި މިގެއަށް އެއްކޯށް ގެނައީމާ ކިހާވަރެއް ވާނެބާއޭ ވިޝާލްގެ ހިތަށް އެރިއެވެ. ވިޝާލް އެތަނުން ފައިބަން ގަސްތެއް ނުކުރެއެވެ. އޭނާ އަނެއްކާވެސް ރެއިލިންގައި އަތް އަޅުވައިފައި ކުރިމތިން ފެންނަށް ހުރި އިމާރާތް ތަކަށް ނަޒަރު ހުއްޓާލިއެވެ. އެހެން ހުއްޓައި އޭނާ އަށް ޓެރަސް އަށް ވަންނަ ދޮރު ހުޅުވާލިއެވެ.

***

“ލައޫ.. ތިގޮތަށް އަހަރެން ގެނައިމަ ވިޝާލް ހީކުރާނީ ކީކޭ..؟” ލައުރާ ޒިލާގެ އަތުގައި ހިފައިގެން އައިސް ލައުރާގެ ކޮޓަރިއަށް ވެއްދުމުން ޒިލާ ބުނެލިއެވެ. “ހޫންން.. ހާދަ ވަރެކޭ ދޯތިވީ ދޮންބެ ކައިރިން ޒިލް ގެނައީމަ..” ލައުރާ ޒިލާ އާއި ދިމާކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ދެން އެހެނެއް ނޫނޭ ލައޫ..” ޒިލާ އޭނާ ލަދުގަތްކަން ލައުރާ އަށް ފަޅާއަރައި ދާނެތީ ބުނެލީ ލައުރާ އިންފަޅި ނޫން އަނެއްފަރާތައް އެނބުރެމުންނެވެ. “އަސްލު އަހަރެން މިތަނަށް ގެނައީ މަންމަ ބުނެގެން ޒިލް ގާތު ވާހަކަ އެއް ބުނަންށޭ..” އެނދުގައި އޮށޯވެލަމުން ލައުރާ ބުނެލިއެވެ. ޒިލާވެސް ގޮސް ލައުރާގެ ކައިރީގައި އިށިންދެލިއެވެ.

“ކޮން ވާހަކައެއް..؟” ލަރާގެ ފައިގައި ޖަހާލަމުން އަހާލިއެވެ. “މަންމަ ބުނީ މިރޭގައި މިގޭގަ މަޑު ކޮށްލަދޭން ވީނޫންހޯ.. އަށްގަޑި ބައިކަންހާއިރު ފިހާރައަށް ގޮއްސަ ދަމުން ޒިލް ގެއަށް ލާގޮތަށް..” ލައުރާ ދެފައި ތަޅުވަމުން ބުނެލިއެވެ. “ތިވާހަކަ ބުނަން އަހަރެން މިތަނަށް ގެނައީ..؟ އަޅެ އެތާގައި ހުއްޓައް ވެސް ބުނެވިދާނެ ނޫންތަ..؟” ޒިލާ ޝަކުވާ ކުރާ ރާގަކަށް ބުނެލިއެވެ.

“ހޫމް.. މަންމަ ބުނީ އޭ ދޮންބެ ގާތު މިވާހަކަ ނުބުނާށޭ.. ޔޫ ނޯ ދޯ މަންމަ މެން ބޭނުމެއް ނުވާނެކަން ގޯސް ކަމެއް ހިނގާކަށް..” ލައުރާ ސީރިއަސް ވެލަމުން ބުނެލިއެވެ. ޒިލާވެސް ބޯޖަހާލީ އެކަމަށް އެއްބަސްވާކަން އަންގައި ދެމުންނެވެ.

***

ވިޝާލް އަނެއް ފަރާތައް އެނބުރުނީ މީހަކު ހުރި ކަމުގެ އިހުސާސް ވުމުންނެވެ. އޭނާ އަނެއް ފަރާތައް އެނބުރުނީ ޒިލާ ކަމަށް ހީކޮށެވެ. ނަމަވެސް ކުރިމަތީގައި ހުރި މީހަކު ފެނުމުން ވިޝާލް ދެލޯ ބޮޑުވިއެވެ

“ފިރާ..؟! މިތާ ކީއްތިކުރަނީ..؟” ވިޝާލް ހައިރާންވެފައި އެހިއެވެ. “އެ ޒިލާ އަކާއި މެރީ ކުރެވޭތީ ތިހުންނަނީ ވަރަށް އުފަލުން ދޯ ވިޝާލް.. ހަނދާން ކުރައްޗޭ.. އަދިވެސް އަހަރެން ވައުދު ހަނދާން ނައްތައެއް ނުލަން..” ފިރާ ބުނެލިއެވެ.

“މިހާރު އެއީ ކޮން ދުވަހެއް.. ދެއަހަރު ކުރިންވީ ކަންތައް އަދިވެސް ފިރާ ހަނދާން ހުރިޔަސް އަހަރެން ހަނދާނެއް ނުވޭ..” ވިޝާލް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

އިހުމާލު

Next

ނޭދެމޭ ވަކިވުމެއް-15

Next
September 26, 2020

ނޭދެމޭ ވަކިވުމެއް-15

Previews
September 26, 2020

އިހުމާލު

30 Comments!

  1. ?Ril? says:
    September 26, 2020 at 8:46 pm

    Wow mi part ves vrh sali ❤️❤️❤️❤️???
    Masha Allah keep it up ❤️❤️❤️???
    Mi firaa haadha kantha bodey dhw Pis Pis???
    Fainally zilaa aa vishaal marriage date ves Fainally kuree dhw Hope dhen edemeehun amaaankanmathee Marry kureveyne kamah ❤️❤️❤️❤️???????
    Vishaal aa firaa ge Secret eh othy thr anekaa???
    So curious ?????
    Waiting for the next part ❤️❤️
    Luv uuuu❤️❤️❤️
    stay safe❤️❤️

    1. ?Ril? says:
      September 26, 2020 at 8:47 pm

      Me first dhw yeyeyey Fainally ❤️❤️❤️????????????????

    2. A aaR says:
      September 28, 2020 at 6:14 pm

      Jazaakallah khairan Ril.. yh ur first.. lyt stay safe

  2. ?KIMTAETAE-JEONKOOKIE? says:
    September 26, 2020 at 8:59 pm

    woooooowwwww vvv reethi??❤️❤️❤️
    anehkaa vishaal aa firaa aa dhemyhun kurine kn vaudhehbaa v?
    varah curious kohlaafa thi nimmaaly ?????????
    luv u ?????
    stay safe ??????

  3. Maany says:
    September 27, 2020 at 9:36 am

    Wow mi part vx varah reethi masha Allah vvvvvvrah curious mi firaa haadha nulafaee dhw
    Waiting for the next
    Ly ❤️❤️❤️

    1. A aaR says:
      September 28, 2020 at 6:14 pm

      Jazaakallah khairan Many.. lyt

  4. Anonymous says:
    September 27, 2020 at 9:37 am

    Me second

    1. A aaR says:
      September 28, 2020 at 6:15 pm

      Yh

  5. Maany says:
    September 27, 2020 at 9:39 am

    Anonymous aee Maany ingee nanujeheethee anonymous eree ???

    1. A aaR says:
      September 28, 2020 at 6:15 pm

      🙂 it’s ok

  6. R¥N says:
    September 27, 2020 at 9:47 am

    Maasha Allah ❤️❤️varah reethi mi part ves ?firaa kanthah bodu kamun dhw.. ?so curious ?waiting for the next part ?ly

    1. A aaR says:
      September 28, 2020 at 6:16 pm

      Jazaakallah khairan Ryn.. lyt

  7. Nuzu says:
    September 27, 2020 at 10:07 am

    Masha Allah varah??? varah reethi mi part ves

    1. A aaR says:
      September 28, 2020 at 6:16 pm

      Jazaakallah khairan Nuzu

  8. Jumaa says:
    September 27, 2020 at 10:28 am

    Varah reethi mi part ves❤❤ curiously waiting for the next part??

    1. A aaR says:
      September 28, 2020 at 6:17 pm

      Jazaakallah khairan jumaa

  9. ❤shyn❤ says:
    September 27, 2020 at 1:24 pm

    Maashaa Allah..❤❤❤❤.v.reethi mi part ves…????curiously waiting for the nxt part ????

    1. A aaR says:
      September 28, 2020 at 6:17 pm

      Jazaakallah khairan shyn

  10. Lisa says:
    September 27, 2020 at 1:42 pm

    Masha Allah Farah reethi

    1. A aaR says:
      September 28, 2020 at 6:18 pm

      Jazaakallah khairan lisa

  11. Am❤❤❤ says:
    September 27, 2020 at 2:13 pm

    V salhi
    Waiying fr the next prt

    1. A aaR says:
      September 28, 2020 at 6:18 pm

      Jazaakallah khairan Am

  12. Taekook says:
    September 29, 2020 at 5:07 pm

    Avahah 4 vana part nerebala dhww.kiyaahithun !ihaarunhurevenykii noon

    1. A aaR says:
      September 29, 2020 at 6:14 pm

      Yh

  13. Armyforever says:
    September 29, 2020 at 5:09 pm

    Masha Allah vrh furihama.avahah 4part up kohladhehvaa

    1. A aaR says:
      September 29, 2020 at 6:14 pm

      Jazaakallah khairan Armyforever

  14. Lisa says:
    September 29, 2020 at 5:12 pm

    Thank you A aaR

    1. A aaR says:
      September 29, 2020 at 6:15 pm

      Wlcm

  15. Lisa says:
    September 29, 2020 at 5:16 pm

    4 vana part nerebala avahah.i can’t wait????

    1. A aaR says:
      September 29, 2020 at 6:15 pm

      Yh

Comments are closed.

Next Episodeލޯބިވާވަރު އަންގަދޭހިތްވޭ 4←


All Right Reserved!