Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާވަރު އަންގަދޭހިތްވޭ 2

Annna Level 510 Stories100 Comments100 Login
September 22, 2020 4 Mins Read
17 Comments

ދެވަނަބައި

ކާރުގެ ދޮރުހުޅުވައިފައި ނިކުތް ވިޝާލް މިސްރާބުޖެހީ ކާރުގެ އަނެއް ފަރާތާއި ދިމާއަށެވެ. ވިޝާލް ކާރުގެ ދޮރު ހުޅުވާލަމުން ނިކުތް އަންހެން ކުއްޖާފެނި ލައުރާގެ އަނގަމަތީގައި އަތްއެޅުނެވެ.

***

“ޒިލާ..!!!” ލައުރާ ހައިރާންވެފައި ބުނެލިއެވެ. “ލައުރާ…!!!” ޒިލާވެސް ހައިރާން ކަމާއި އެކު ބުނެލިއެވެ. “ތިދެމީހުން ދަންނަންތަ..؟” ވިޝާލް ހައިރާންވެފައި އެހިއެވެ. “އޮފް ކޯސް.. އެންޑް ނުދަނެ ކިހިނެތްވާނީ.. ޒިލް އިޒް މައި ބެސްޓް ފްރެންޑް..” ލައުރާ އުފާވެފައި އެހިއެވެ.

“މިއޮތް ހުރިހާދުވަހު ޒިލް ބުނީ ޝާލް އަކީ އަހަރެންގެ ދޮންބެތަ..؟ އޯހް ހައު ސްޓުޕިޑް އައިއޭމް..” ލައުރާ އޭނާގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ. ޒިލާވެސް ބަހެން ނުބުނެ އިނީ ވިޝާލްގެ މަންމަ އާއި ބައްޕަ ތިބުމުންނެވެ. “ޒިލާ ގޮވައިގެން ބޭރުގަތަ ވިޝާލް އިންނަނީ.. އާދޭ އެތެރެއަށް..” ލައިޝާ ގިތްހެޔޮ ކަމާއެކީ ވާހަކަ ދެއްކުމުން ޒިލާގެ ތެޅެމުން ދިޔަ ހިތް ހަމައަކަށް އެޅުނެވެ. އެންމެ ހިތްހަމަ ޖެހުނީ ވިޝާލް އަކީ ލައުރާގެ ބޭބެ އަށް ވީތީއެވެ.

“ބުނީމެއްނު އަހަރެންގެ ޕޭރަންޓްސް ވަރަށް ކޫލް ވާނޭ.. ހިނގާ އެތެރެއަށް..” ވިޝާލް ޒިލާގެ ކަންފަތް ދަށައް ގުދުވަމުން ބުނެލިއެވެ. ވިޝާލް ހިނގައިގަތުމުން ފަހަތުން ޒިލާވެސް ހިނގައިގަތެވެ. ލައުރާ ހިނގައިގަތީ ޒިލާ އާއި އެއް ކޮށެވެ.

ހުރިހާ އެންމެން ސޯފާގައި އިށީންދެލިއިރު ލައުރާ އާއި ޒިލާ އާއި ވިޝާލް ތިބީ އެއް ސޯފާގައެވެ. ވަސީލް އާއި ލިއުޝާ އެއް ސޯފާގައެވެ. “ދަރިފުޅާ ޒިލާ ކިހިނެތްތަ..؟” ވަސީލް ‘ދަރިފުޅު’ ކިޔައިގެން މުޚާތަބު ކުރުމުން ޒިލާގެ ހިތް ފުރިގެން އައެވެ.

“ރަނގަޅު ބޭބޭ..” ޒިލާވެސް ޖަވާބު ދިނެވެ. “ދެން ބޭބެ އޭ ނުކިޔާ.. މިހާރު ތީ މިގޭގެ ކުއްޖެކޭ.. ބައްޕަ އާއި މަންމަ ކިޔައިގެން މުޚާތަބު ކުރޭ އިނގޭ..” ވަސީލް ނުހަނު ލޯބިން ބުނެލިއެވެ. “ކޮބާ ޒިލާގެ މަންމަ އާއި ބައްޕަ..” ޒިލާ އެންމެ ޖެހިލުންވި ސުވާލު ލިއުޝާ ކޮށްލިއެވެ.

ޒިލާ ވަގުތުން އިސްއޮބާލީ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ނުދައްކަން ވެގެނެވެ. ވިޝާލް ހަށިގަނޑު ސީދާ ކޮށްލީ އެސިވާލައް ޖަވާބު ދޭން ތައްޔާރުވި ފަދައިންނެވެ. “މަންމާ.. ބައްޕާ..” ވިޝާލް އެދެމީހުންނަށް ވަކިން ބަލާލައިފައި އޭނާގެ ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ.

“ޒީގެ މަންމަ އާއި ބައްޕަ ވަނީ ޒީގެ އުމުރުން ސާދަ އަހަރުގައި ނިޔާވެފައި..” ވިޝާލް ބުނެލިއެވެ. “ވަރަށް ސޮރީ އެނގޭ ޒިލާ ދަރުފުޅާ.. އާދެބަލަ މަންމަ ކައިރިއަށް..” ލިއުޝާ އޭނާގެ ކަނާތް ފަރާތުގައި އޮތް ހުސްތަނަށް އިޝާރާތް ކުރަމުން ބުނެލިއެވެ.

ޒިލާވެސް ކިޔަމަންތެރިކަމާއެކީ ގޮސް ލިއުޝާ ކައިރީގައި އިށީންދެލިއެވެ. ލިއުޝާ ޒިލާގެ ބުރަކަށީގައި ފިރުމާލީ ހިތްވަރު ދޭފަދައިންނެވެ. “އެއީ ޒިލާ ތީނީ ވަރަށް ބިރުންދޯ.. އެއްވެސް ބިރެއް ގަންނާނެ ކަމެއްނެތް.. ޒިލާ ދެކެންވީ މިއި ހަމަ ޒިލާގެ މަންމަ އާއި ބައްޕަ ކަމަށް.. އެނގޭ.. މިގޭގެ ދޮރު އަބަދުވެސް ހުންނާނެ ޒިލާ އަށް ކަމެއް ޖެހޭދުވަހަކުން ހުޅުވިފައި..” ޒިލާގެ ދަތްދޮޅި ދަށް އަތް ލައްވާލައި ޒިލާގެ އިސްއުފުލާލަމުން ލިއުޝާ ބުނެލިއެވެ.

“ދެން ހިނގާ ކާން ދާން..” ލިއުޝާ އެންމެންނާއި މުޚާތަބު ކުރަމުން ބުނެލިއެވެ. ވަސީލް ސޯފާއި ތެދުވުމުން އޭނާގެ ފަހަތުން ލިއުޝާ ހިނގައިގަތެވެ. ލިއުޝާގެ ފަހަތުން ވިޝާލް ހިނގައިގަތް އިރު ލައުރާ އާއި ޒިލާ ހިނގައިގަތީ އެއްކޮށެވެ. ދެމީހުން ވާހަކަ ކައިގައި ދިޔައިރު އެތާގައި ބަޔަކު ތިބިހެންންވެސް ހީނުވެއެވެ.

ވަސީލް އޭނާ އަބަދުވެސް އިށިންނަ ގޮނޑީގައި އިށިންނުމުން ލިއުޝާ ވަސީލްގެ ކަނާތް ފަރާތައް އިން ގޮނޑީގައި އިށިންނެވެ. ވަސީލްގެ ކަނާތް ފަރާތައް އިން ގޮނޑީގައި ވިޝާލް އިން އިރު އޭނާ އާއި ޖެހިގެން އަބަދުވެސް އިންނަނީ ލައުރާކަމަކު މިފަހަރު އެތާގައި އިނީ ޒިލާއެވެ.

ލިއުޝާ އާއި ޖެހިގެން އިންގޮނޑީގައި ލައުރާ އިށީންނެވެ. ކުރިމަތީގައި އިން އެކުވެރިޔާ އަށް ހިނިތުން ވުނެއް ދީފައި ލައުރާ މަޑުކުރީ ފުރަތަމަ ބައްޕަ ބަތްކާތަށި ނަގަންދެންނެވެ. ވަސީލް ތަށިނެގުމުން ފަހަރަކު މީހަކު ތަށިނަގާފައި އެމީހަކު ބޭނުންވާވަރަކަށް އެއްޗެހި އަޅަންފެށިއެވެ.

ލައުރާ ފުރަތަމަވެސް ކައިރި ކޮށްލީ ޕާސްޓާ ތައްޓެވެ. ޕާސްޓާ ކޮޅެއް އެޅުމަށްފަހު ސްޕެގެޓީ ކޮޅެއްވެސް އޭނާގެ ތައްޓައް ލިއެވެ. އަދި ދެވައްތަރުގެ ސަޓަނި ލުމަށްފަހު ނިކަން މީރުކޮށް ލައުރާ ކާންފެށިއެވެ. “ދަރިފުޅާ.. މަންމަ އަބަދުވެސް ބުނަމެއްނު ލަސްލަހުން ކާށޭ.. އެހެން ނޫނީ ކުށި އަރާފާނެއޭ.. ތިލަސްލަހުން ކެއަސް މީހަކު ތިތަށިން ކާކަށް ނާންނާނޭ..” އަވަސް އަވަހަށް ކަމުން ދިޔަ ލައުރާފެނި ލިއުޝާ ދެފަރާތައް ބޯހޫރުވާލިއެވެ.

ލިއުޝާ މިހެން ބުނުމުން ކުޑައިރުކޮޅަކަށް ލަސްވިއަސް އަނެއްކާވެސް ލައުރާ އަށް ކެވެން ފެށުނީ އެގޮތަށެވެ. ވަސީލްވެސް މިޙާރު އެއްފަހަރު ލައުރާގާތު ބުނެފިއެވެ.

ކައިނިމުމުން ވިޝާލް ގާތު ވަސީލް އެދުނީ ލަސްނުކޮށް ޒިލާ އޭނާގެ ގެއަށް ލުމަށެވެ. އަދި ހުރިހާ އެންމެންވެސް ޒިލާ އާއި ވިޝާލް އާއި އެއްކޮށް ދޮރާއި ހަމައަށް ދިޔައެވެ. “ދަރިފުޅާ.. ދަރިފުޅުގެ އެއްވެސް ބެލެނިވެރިއެއް ހުރޭތަ..؟” ލިއުޝާ ޒިލާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ލައްބަ.. އަޅުގަނޑު މާލޭގައި އުޅެނީ ބޮޑުދައިތަ ކައިރީގައި..” ޒިލާވެސް ހިނިތުން ވެލަމުން ޖަވާބު ދިނެވެ. “އެހެންތަ..؟ މާދަން އެހެންވީރު ހަވީރުގައި ބޮޑުދައިތަ ގޮވައިގެން އަންނަން ވީއެއްނު މިގެއަށް..” ލިއުޝާގެ މިބަހަށް ޒިލާ ބޯޖަހާލިއެވެ.

ވިޝާލް އާއި ޒިލާ ކާރުގައި ގޭޓުން ނިކުންނަން ދެން ލިއުޝާއާއި ވަސީލް އަދި ލައުރާ މަޑުކުރުމަށްފަހު އެދެމީހުން ލޯމަތިން ގެއްލުމުން އެތިން މީހުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ލައުރާވެސް އިތުރަށް މަޑު ކުރަން ނަހަދައި ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗައް ވެއްޓިގަތެވެ.

ކައިރީގައި އޮތް ފޯނު ބަލާލިއިރު ނުދަންނަ ނަންބަރަކުން މެސެޖުކޮށްފައި އޮތެވެ. ޖަހާފައި އިނީ ހަމަ އެކަނި ހައި އެކެވެ. ލައުރާ އަޅާވެސް ނުލައި ފޯނު ބާއްވާފައި ލިޔާމޭޒުކައިރިއަށް ޖެހިލީ ކޮލެއްޖު ފިލާވަޅުތައް ނިންމާށެވެ.

ލައުރާ ހަދަމުން ދަނީ ބިސްނަސް މެނޭޖްމެންޓް ކޯހެކެވެ. އަދިކިރިޔާ އެކޯސް ފެށުނު އިރު ލައުރާ ދަނީ ކަށިން ހިތްވަރު ނެރެ ބައްޕަމެން ފަޚުރުވެރިވާފަދަ ވަނައެއް ހޯދުމަށް މަސްކަތް ކުރަމުންނެވެ. ވަސީލްމެން ލައުރާ އެހެން ގައުމަކަށް ކިޔަވަން ފޮނުވަން އުޅުމުންވެސް ލައުރާ އެކަމާއި އެއްބަސް ނުވީ މަންމަ އާއި ބައްޕަ ކައިރީގައި ތިބެ ކިޔަވަން ބޭނުންވާތީވެއެވެ.

އެކަމާއި ވަސީލް އާއި ލިއުޝާވެސް އެއްޗެކޭ ނުބުނީ ލައުރާ އެދޭކަމަކަށް ފުރަގަސް ނުދޭންވެގެންނެވެ.

***

ކޮލެޖަށް ވަދެގެން އައި ލައުރާގެ ނަޒަރު ހުއްޓުނީ ބެންޗެއްގައި އިން ޒިލާ އަށެވެ. އަދި ފުރަތަމަ ގަޑި ފެށެން ވަގުތު އޮތުމާއެކު ލައުރާ މިސްރާބު ޖެހީ އެދިމާއަށެވެ. “ހެއި ޒިލް..” ލައުރާ ގޮވާލިއެވެ. “ލައު..” ލައުރާ ފެނުމުން ޒިލާގެ މޫނުމައްޗައް ރީތި ހިނިތުންވުމެއް ވެރިވިއެވެ. “ހުމްމްމ.. ޒިލް އެއް ނޫންދޯ ކިޔަންވީ.. ދެން މިހާރު ކިޔަންވީ ފަހަރި..” ލައުރާ ޒިލާ އާއި ސަމާސާ ކޮށްލަމުން ބުނެލިއެވެ.

“ހުމްމް.. މި ލައުގެ ކަންތައް ވަރަށް ބޮޑު ވާނެ…” ލައުރާގެ އަތްމަތީގައި ޖަހާލަމުން ޒިލާ ބުނެލިއެވެ. “އޭއި.. ކޮލެޖައް އާ ކުއްޖެއް އައިސްގެން އެބައުޅޭ.. ލައު ނުދެކެންތަ..؟” ޒިލާ ލައުރާގެ ކަންފަތް ދަށުގައި ބުނެލިއެވެ.

“ހުމްމްމ.. މިޙާރު އޭނަ އަށް ހިތް ކިއީ ދޯ..؟” ލައުރާ ސަމާސާ ރާގަކަށް ބުނެލިއެވެ. “ހުއް.. އަހަންނެއް ނޫޅެން އަހަރެންގެ ޝާލް ދޫކޮށްލައިފައި އެހެން މީހެއްގެ ގާތައް އަންނާކަށް..” ޒިލާ ފޮނިވެލާފައި ބުނެލިއެވެ. “ހޫންންނ.. އަހަރެންގެ ދޮންބެ ދެކެ ހާދަ ލޯތްބެކޭ ދޯ ތިވަނީ.. ޖޭ ވެއްޖެ..” ލައުރާ ރާގު އަޅުވާލަމުން ބުނެލިއެވެ.

“ހުއް.. މި ލައުރާގެ އަނގައިން އެރުމަކީ ނާދިރު ކަމެއް..” ކައިރީގައި އިން ދަބަސް ނަގައި ކުލާހަށް ދާން މިސްރާބު ޖަހަމުން ބުނެލިއެވެ. ޒިލާގެ ފަހަތުން ކަހަލަ ގޮތަކަށް ލައުރާވެސް ދިޔައެވެ. ލައުރާ ގޮސް ކުލާހަށް ވަތް އިރު އިނީ އެންމެ ފަހަތުން ހުސް ދެގޮނޑި އެވެ. އޭގެތެރެއިން އެންމެ އެތެރޭގައި އިން ގޮނޑީގައި ލައުރާ ގޮސް އިށީންނެވެ.

އޭރު ކިޔަވައިދޭ އަންހެން ޓީޗަރެއް އައިސް ކުލާހައް ވަންނަނީ އެވެ. ލައުރާ އިނީ ބޭރު ބަލަންށެވެ. އެމިސް އައިސް ވަތްއިރުވެސް ލައުރާއަކަށް ނޭނގުނެވެ. މިސްވެސް ކޮންމެހެން ލައުރާ އާއި ވެގެން ނޫޅެއެވެ.

އިރުކޮޅަކުން އިވުނީ ރީތި ހިތްގައިމު ބަރު ފިރިހިން އަޑަކުން މީހަކު ސަލާން ގޮވާލި އަޑެވެ. “އޮހް.. އާކުއްޖެއް ދޯ.. އެންމެ ފަހަތުގައި އިން ގޮނޑީގައި އިށީންނަން ދޭ..” ބޯޑުގައި ކޮންމެވެސް އެއްޗެއް ލިޔަން އިން ޓީޗަރު ބުނެލިއެވެ.

މާލޭގެ ހަލަބޮލި މަގިމައްޗައް ނަޒަރު ހުއްޓާލައިގެން އިން ލައުރާ ސިހުނީ ދާދި ގާތުން މީހަކު ހިލަންވެގެނެވެ. ލައުރާ އެނބުރި ބަލައިލި އިރު ނުވެސް ދަންނަ ޒުވާނަކު އިނުމުން ލައުރާ ސިހުނެވެ. ލައުރާ ބަލާލި ވަގުތަކީ އެޒުވާނާވެސް ބަލާލި ވަގުތެވެ. ވަގުތުން ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ލައުރާގެ ހިތައް އެނގުން ވެލައިގެން ދިޔައެވެ.

ކައިރީގައި އިން ޒުވާނާ އަޅައިވެސް ނުލައި އަނެއް ފަރާތައް އެނބުރުމުން ލައުރާގެ ހިތައް ތަދުވެގެން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް ޓީޗަރު ކިޔައިދެން ފެށުމުން ލައުރާ އަށް އެދިމާ އަށް ސަމާލުކަން ހުއްޓުނެވެ.

***

އެދުވަހު ގެއަށް ދިޔައިރުވެސް ލައުރާގެ ހިތުން އެޒުވާނާގެ ތަސްވީރު ފުހެވިގެން ދާގޮތެއް ނުވިއެވެ. ސިކުނަޑީގައ ކޮއްޓަމުން ދިޔައީ އޭނާގެ ހިތްގައިމު އަޑެވެ. ހިތުގެ އަޑިގައި ކުރެހުނީ އޭނާގެ ތަސްވީރެވެ.

ކަޅު ފަން އިސްތަށިގަނޑެވެ. ގަދަ މުށި ކުލައިގެ ކަޅިން ލައުރާ އަށް ހުސްކަން ފިޔަވައި އެއްވެސް އެޗެއް ނުފެނުނެވެ. ބޯވަރުގަދަ ބުމައެވެ. ތުނިކޮށް ބަހައްޓާފައިވާ ތުނބުޅިން އެފިރިހެން ވަންތަކަން އިތުރު ކޮށްދެއޭ ލައުރާގެ ހިތައް އެރިއެވެ. ބާމަތި ފުޅާ ދިގުއިސްކޮޅެއްގެ ޒުވާނާ ލައިގެން އިން މުށިކުލައުގެ ޓީޝާޓާއި ކަޅު ޖިންސައް ދަންދެން ލައުރާ އަށް ކަމުދިޔައެވެ. ގަޔަށް ހިފާލައިފައިވާ ޓީޝާޓު އޭނާގެ ލޮލާއި ނިކަން ގުޅެއޭ ލައިރާގެ ހިތައް އަރަމުން ދިޔައެވެ.

ދެވަނަ ސިކުންތުގައި ލައުރާ ހައިރާންވީ އެނުދަންނަ ޒުވާނާ އާއި މެދު އެހާވަރަށް ވިސްނެންވީ ސަބަބެއް ޚުދު ލައުރާ އަށް ވެސް ނޭނގުމުންނެވެ. ލައުރާ އޭނާ އާއި މެދު އެކަހަލަ ވިސްނުންތައް ގެންގުޅެވެންވީ ސަބަބެއް ނޭނގުމުންނެވެ.

އޭނާ އަށް މިވަނީ ކިހިނެތް ހެއްޔެވެ؟ އެޒުވާނާ ފެނުމުން ހިތައް އެނގުން ވެލަނީ ކީއްވެހެއްޔެވެ؟ އެޒުވާނާގެ ތަސްވީރު ދެލޯމަރާލުމުންވެސް ސިފަވަނީ ކީއްވެހެއްޔެވެ؟ އެޒުވާނާ އާއި މެދު ޚިޔާލު ކުރެވުމުން ލަދުގަންނަ ގޮތް ވަނީ ކީއްވެހެއްޔެވެ؟ އެޒުވާނާ ފެނުމުން އޭނާގެ ބަނޑުގައި ކޮކާ އުދުހޭހެން ހީވަނީ ކީއްވެހެއްޔެވެ؟ އެގޮތްނޭނގޭ ޒުވާނާ އާއި މެދު ތަފާތު ނަޒަރަކުން ދެކެވެނީ ކީއްވެހެއްޔެވެ؟

ހުސް ޖަވާބު ނުލިބޭ ސުވާލުތަކުން ލައުރާގެ ސިކުނޑި ގޮއްވަމުން ދިޔައެވެ. އެސުވާލު ތަކުގެ ޖަވާބު އިންޓަނެޓުން ވެސް ލިބުމަކީ ނުވާނެ ކަމެކެވެ. ދެން އެސުވާލުތަކުގެ ޖަވާބު ހޯދަން އަހާނީވެސް ވަކި ކާކު ކައިރީގަހެއްޔެވެ؟

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ދިރިއުޅުން އަލިކޮށްދިން 10

Next

ފުހެވިގެން ނުދާނޭ – 04 ، 05 –

Next
September 22, 2020

ފުހެވިގެން ނުދާނޭ – 04 ، 05 –

Previews
September 22, 2020

ދިރިއުޅުން އަލިކޮށްދިން 10

17 Comments!

  1. A aaR says:
    September 22, 2020 at 10:33 am

    Here is the 2nd prt.. hope you would love it.. next prt soon.. 🙂 insha Allah..

  2. ✨Anaa naako✨ says:
    September 22, 2020 at 10:44 am

    Vrh reethi mi part ves❤️❤️❤️?Masha Allah curiously waiting for the next part……………… stay safe and sound

    1. A aaR says:
      September 22, 2020 at 2:27 pm

      Jazaakallah khairan anaa naako.. stay safe too

  3. Starlight vixx says:
    September 22, 2020 at 10:51 am

    Varah reethi mi part ves curiously waiting for the next part next part mi ah vure dhogu kohlachcheyyy pleaseeeee

    1. Starlight vixx says:
      September 22, 2020 at 10:52 am

      I mean dhigu*

    2. A aaR says:
      September 22, 2020 at 2:46 pm

      Jazaakallah khairan starlight vixx.. it’s more than 1000 words..

  4. Shaima shaee says:
    September 22, 2020 at 11:22 am

    Vrrreeeethi salhi kamun obinovey ?????????☺️☺️☺️Curiously waiting for the next part Luv ya sis

    1. A aaR says:
      September 22, 2020 at 2:54 pm

      Jazaakallah khairan shaima shaee

  5. Unknown says:
    September 22, 2020 at 1:40 pm

    Varah reethi?? masha allah

    1. A aaR says:
      September 22, 2020 at 2:55 pm

      Jazaakallah khairan unknown

  6. R¥N says:
    September 22, 2020 at 5:01 pm

    Maasha Allah sisoo..varah reethi…curiously waiting ????????

    1. A aaR says:
      September 22, 2020 at 6:04 pm

      Jazaakallah khairan Ryn

  7. ?Ril? says:
    September 22, 2020 at 5:43 pm

    Wow mi part ves vrh sali ❤❤
    Masha Allah ????
    Vrh sali ingey ???❤❤❤
    Omg zilaa aa Lauraa evy enme fahun best frnds ah dhw heheh????
    Vrh guley zilaa aa vishaala aa ?????????????❤❤❤
    And Laura is in love thooche dhw hehe
    And e boy akee saahil dhw heevany???????❤❤❤????
    Waiting for the next part ???
    Love uuu❤❤❤
    Stay safe❤❤

    1. A aaR says:
      September 22, 2020 at 6:05 pm

      Jazaakallah khairan Ril.. dhen balama dho.. lyt.. 🙂 stay safe 2

  8. ❤shyn❤ says:
    September 22, 2020 at 9:44 pm

    Woow..???????mi bai ves hama superb…??????…curiously waiting for the nxt prt?????
    Lysm❤❤❤❤❤
    Tc?????

  9. Blink says:
    September 24, 2020 at 9:53 pm

    I love this story

  10. Lily says:
    September 25, 2020 at 7:21 pm

    ކޮބާ އެއްވަނަ ބައި??

Comments are closed.

Next Episodeލޯބިވާވަރު އަންގަދޭހިތްވޭ 3←


All Right Reserved!