Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާވަރު އަންގަދޭހިތްވޭ 1

Annna Level 510 Stories100 Comments100 Login
September 17, 2020 5 Mins Read
33 Comments

އެއްވަނަބައި

ކޮލެޖުން ނިކުމެގެން އައި އަންހެން ކުއްޖާ ފަރާތް ފަރާތައް ކަޅި ހިންގާލީ ދެކެން ބޭނުންވި މީހާ ނުފެނުމުންނެވެ. މައްޗައް ކަޅިހިންގާލައިފައި ފައި ބިންމަތީގައި ޖަހާލީ ކުސްތަޅާ ގޮތަކަށެވެ. ފިޔާތޮށިކުލަ އަރާ ތުނި ތުންފަތެކެވެ. ވަށްމޫނަކާއި ބަޓަން ނޭފަތެކެވެ. ބޯއެއްފިޔަތައް މައްޗައް ލެނބިފައި ހުރިއިރު ފުންކަނޑެއްފަދަ ލޮލަށް ހިޔަނި އެޅިފައިވެއެވެ.

ތަންކޮޅެއް ކުރުކޮށް އިން މިޒުވާނާ ހަންގަނޑު އަލިވެފައި ބަލާލަން ހިތްގައިމެވެ. އޭނާގެ އެންމެ އަޅައިގަންނަ ސިފައަކީ ގުދުރަތުން ދެއްވާފައިވާ މަޑު ނޫކުލައި ކަޅިއެވެ. އެހެން ވުމުގެ ސަބަބުން މަގުމަތިން ދާހައި މީހެއްގެ ނަޒަރު އޭނާ އަށް ހުއްޓެމުން ދިޔައެވެ. މިކަމުންވެސް އޭނާ އަށް އުނދަގޫތަކެއް ކުރިމަތި ވަމުން ދިޔައެވެ.

ރޭގަނޑެއްފަދަ ކަޅު އިސްތަށިގަނޑު ވަނީ ފިޔާތިށި ކުލައިގެ ވޫލު ކޮޅަކުން އައްސާލެވިފައެވެ. ލައިފައި ހުރި ގަޔަށްދޫ ފަލަމަސްގަނޑައި ހަމއަށް އަރާ ހެދުމުގައި މޭމަތިން ވަނީ ކުދި ރޫތަކެއް ޖައްސާލެވިފައެވެ. އެއާއި ޖެހިގެން ތިރީގައި މާގަނޑެއްގެ ޑިސައިން އިނެވެ. ހުދުކުލައިގެ މިހެދުން އޭނާ އާއި ނުހަނު ގުޅެއެވެ. އެހެދުމުގެ އަތް ވަނީ އުޅަނބޮއްޓާއި ހަމައައިން ވަށްތިރިއެއްހެން ދޫކޮށް ލެވިފައެވެ.

އެތަނަށް މަޑު ކޮށްލި ޕީސީއެކްސް ސައިކަލުގައި އިން ޒުވާނާ އާއި ދިމާއަށް ލައުރާގެ ކަޅި އަމާޒުވިއެވެ. މަޑު ފެހުކުލައިގެ ގަމީސް ކަޅުކުލައިގެ ފަޓުލޫނުގެ ދަށައް ޖަހައިފައި ހުރިއިރު އަޅައިފައި ހުރި ފެހިކުލައިގެ ޓައީއިން ރަސްމީ ކަމަށް ދައްކައެވެ. އަޅައިފައި ހުރި ރޭބަން އައިނު ތިރިކޮށްލުމަށްފަހު ކަޅުކުލައިގެ ކަޅިން ލައުރާއަށް ބަލާލިއެވެ.

“ދޮންބޭ..!! ކީއްވެ ލަސްވީ..؟” ލައުރާ ވިޝާލްގެ ގާތަށް ގޮސް ފުރަތަމަވެސް ކުޑަކުއްޖެއްހެން ޝަކުވާ ކުރަން ފެށިއެވެ. “އޯހް ސޮރީ.. ލައު.. ކުޑަމީޓިން އެއްގައި އިނީމައި ލަސްވީ.. ދެން އެހެނެއް ނުވާނެ.. އެނގޭ ދޮންބެގެ ޕްރިންސަސް.. މީޓިން ކެންސަލް ކޮށްފައިވެސް އަންނާން ލައު ބަލައި..” ވިޝާލް ސަމާސާ ރާގަކަށް ބުނެލިއެވެ.

“ދެން އެހެނެއް ނޫނޭ.. ކުރިއަކު ނުބުނޭ ވިއްޔަ  މީޓިން އެއް އޮންނަ ވާހަކައެއް.. އެހެން ވީމައި ޝައުވާ ކުރާނެ އެއްނު..” ލައުރާ ވިޝާލްގެ ސައިކަލު ފަހަތަށް އަރަމުން ބުނެލިއެވެ. ދެމީހުން ސަމާސާ ކުރަމުން ދިޔައި އެދެބެން އެކަކު އަނެކަކު ދެކެ ލޯބިވާ ވަރު ހާމަވާން ހުއްޓެވެ.

ވިޝާލް ސައިކަލު މަޑު ކޮށްލީ ގަނޑު ވަރެއް ފަދަ ގެއެއްގެ ކުރިމައްޗަށެވެ. ތިން ބުރިއަށް ހިތްލާލެވިފައިވާ މިގެ ފެނުނު މީހަކުވެސް ހޭނެތިގެން ވެއްޓޭވަރުވާނެ ކަން ގައިމެވެ. އެގޭގެ ކުރިމަތީގައި ވިޝާލް ސައިކަލު ޕާކު ކޮށްލިއެވެ. މާލޭގެ މަގެއް ނަމަވެސް އެއީ ވެހިކަލް މަދު މަގެއްކަން ފާހަކަ ކުރެވެއެވެ.

އެދެކުދިން ގޮސް އެގޭގެ ބޮޑު ކަޅު ކުލައިގެ ގޭޓު ކައިރީގައި މަޑު ކޮށްލުމުން އެތާގައި އިން ވޮޗަރު ގޭޓު ހުޅުވާލަ ދިނުމުން ވިޝާލް އެމީހާ އަށް ޝުކުރު އަދާކޮށްފައި ހިނިތުން ވުމެއް ދީފައި ދިޔައެވެ. ލައުރާވެސް އެމީހާ އަށް ހިނިތުން ވުމެއް ދީފައި ވިޝާލްގެ ފަހަތުން ދިޔައެވެ.

ވޯކްވޭ އިން ލައިފައި ދިޔައިރު ދެފަރާތުގައި މާގަސްތައް ހައްދާފައި ހުއްޓެވެ. ފިނިފެންމަލާއި، އޯކިޑާއި، އަސުރުމަލާއި، ލިލީ އާއި، މިހެން ގޮސް ނަން ހުސްކޮށެވެ. ވިޝާލް އާއި ލައުރާ ގޮސް ބޮޑު ދޮރުން އެތެރެއަށް ވަތް ތަނުން އެދެކުދިންނަށް މީހަކު ގޮވާލިއެވެ.

“ވިޝް.. ލައު.. ހާދަ ލަސްވީ.. ބައްޕަ އެބައިން ކެއިންނުބެއްލެވިފަ ދެކުދިން ނައިސްގެން.. ހިނގާ އަވަހަށް..” ވިޝާލް އާއި ލައުރާގެ މަންމަ ލިއުޝާ ވަރަށް ލޯބިން ބުނެލިއެވެ. “ލައްބަ މަންމާ.. ހިނގާ..” ލައުރާ އޭނާގެ މަންމަގެ ގައިގައި ބައްދާލައިފައި ބުނެލިއެވެ. ތިންމައިން ވެގެން ގޮސް ކާކޮޓަރިއަށް ވަތްއިރު މޭޒުގެ އެންމެ ކުރިއަށް އިން ޖާގައިގައި އިށިންދެލައިގެން ފޯނުން ކޮންމެވެސް ކަމެއް ކުރަން ދެބައި އުމުރުގެ ފިރިހިނަކު އިނެވެ.

“އަވަހަށް އާދޭ.. ލިއު ނުކަންތަ..؟” ލިއުޝާ ބަދިގެއަށް ވަދެ ހަމަ އެކަނި ތިން ބަތްކާތަށި ހިފައިގެން އައުމުން ވަސީލް ބުނެލިއެވެ. “ހުމްމް.. މިއަދު މީ ހޯމަ ދުވަހެއްނު..؟ އަހަރެން ރޯދައޭ..” ވަސީލް އާއި ޖެހިގެން ކަނާއަތަށް އިން ގޮނޑިގައި އިށިންދެލަމުން ލިއުޝާ ބުނެލިއެވެ.

“ކޮބާ.. މިހާރު ވިޝާލް އަށްވެސް ވިހި އަހަރުވީ އެއްނު.. ހަރުދަނާ ރަނގަޅު ވަޒީފާ އަކު މިހާރު ދަރިފުޅުވެސް ތިއުޅެނީ..” ވަސީލް ކެއުމުގެ ތެރެއިން ބުނެލިއެވެ. “ބައްޕާ.. ދުރުދުރުން މައުޟޫ ނުގެންދެބަ..؟” ވިޝާލް ވެސް އުލުން ބިސްގަނޑުން އެތިކޮޅެއް ނައްޓާލަމުން ބުނެލިއެވެ.

“ބައްޕަ ދަސްވެފައި އެބަހުރި ވިޝާލް އަށް..” ލިއުޝާ  ހިނިތުންވެލައިފައި ބުނެލިއެވެ. “ބައްޕަ ބުނަން އުޅުނީ.. ދަރިފުޅު ދިރިއުޅުމެއް ފަށާކަށް ގަސްތެއް ނުކުރޭހޭ..” ވަސީމް ބުނެލި އެއްޗަކުން ކޮށިއެރީ ލައުރާއެވެ. ލިއުޝާ އަވަހަށް އައިސް ލައުރާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.

“ނޫން ބައްޕާ.. އަޅުގަނޑުވެސް ތިކަމާއި މިހާރު އެބަ ވިސްނަން..” ވިޝާލް ކުޑަކޮށް ޖެހިލުންވެފައި ހުރެ ނަމަވެސް ބުނެލީ ތަށިގައި އޫހާކަމުންނެވެ.

ލައުރާ ދިމާކުރާ ކަހަލަ ބެލުމެއް ވިޝާލް އަށް ދިނެވެ. ވަގުތުން ވިޝާލް ލައުރާ އަށް ލޯއަޅާލިއެވެ. “ދަރިފުޅު އުޅެނީ ކުއްޖަކާއި ގުޅިގެންތަ..؟” ލިއުޝާ ޝައުޤުވެރި ކަމާއެކު އަޙާލިއެވެ. ވިޝާލް ލަދުން ހުރެ ނަމަވެސް ބޯޖަހާލިއެވެ.

“އެއީ ކޮންކުއްޖެއްތަ..؟ މަންމަ މެންނަށް ދައްކާލަން މިރޭގައި ގެންނަން ވީއެއްނު..؟” ވަސީލްވެސް ލިއުޝާގެ ބަހައް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. “އޯކޭ މަންމަ މެން ރެޑީ ކުރޭ އެނގޭ..” ވިޝާލް ކައިނިމިގެން ފެންތަށި އެއްނޭވައި ބޯލުމަށްފަހު ބުނެލިއެވެ.

އަދި ގޮނޑި ދުރުކޮށްލުމަށްފަހު އަތް ދިވޮވެލައިގެން ވިޝާލް އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ފަހަތުން ލައުރާވެސް ނިކުތެވެ. “އިނގޭތަ ޝޮކިން ނިއުސް އެއް.. ސަމްވަން ވޯޒް ބްލަޝިން އިން ޑައިނިންގ ރޫމް..” ސިޑީގެ ދެތިން ހަރުފަތް ގިރާކުރި ވިޝާލް އާއި އެއްވަރު ކޮށްފައި އޭނާ އާއި ދިމާ ކޮށްލާފައި ލައުރާ ވިޝާލް އަށް ވުރެ ކުރިން މައްޗައް އަރައިގެން ދިޔައެވެ.

ވިޝާލްވެސް ލައުރާގެ ފަހަތުން ދުއްވައިގެންނަން އުޅެފައު ވެސް އެކަން ހަންދާމުން ފޮހެލީ ލައުރާ ގޮސް ކޮޓަރިއަށް ވަނުމުންނެވެ.

ލައުރާ ކޮތަރިއަށް ވަދެފައި އޭނާގެ ލިޔާ މޭޒުމަތީގައި ފޮތް ދަބަސް ބަހައްޓާލިއެވެ. އަދި ފާހާނައަށް ވަދެ ވުޟޫކޮށްލައިގެން އައިސް އެންމެ ފުރަތަމަ ކަމަކަށް މެންދުރު ނަމާދު ކޮށްލިއެވެ. އެއީ ލިއުޝާ ބާރު އަޅައިގެން ވިޝާލް އާއި ލައުރާގެ ހަނދާން ހުންނަން ފެށިން ސުރެއް ހަރުލައްވާފައިވާ ރަނގަޅު އާދައެވެ. އެދެކުދިންވެސް އެކަމަށް ފަރުވާތެރި ވެވެނީ މަންމަ އާއި ބައްޕަ އެކަމަށް ބާރު އަޅައި އަދި އެދެމީހުންގެ ފަރާތުންވެސް ނަމޫނާ ފެންނާތީވެއެވެ.

ލިއުޝާ މިހާރު ލައުރާ ގާތު ބުރުގާ ވެސް އަޅަން ކިޔާތާ ކިތަންމެ ދުވަހެކެވެ. އެކަން ކުރަން ލައުރާ މިހާރު ވަނީ ދެތިން މީހެއްގެ އަތައް ހެދުންވެސް ފަހަން ލިއުޝާ ލައްވައި ޙަވާލު ކޮށްފައެވެ. ލައުރާ ނަމާދުކޮށް އަވަދިވެގެން މުސްލަ އޮޅާލިއެވެ. އަދި ފަސް ދޮރުފަތްލީ އަލަމާރީގައި އެއަށް ޚާއްޞަ ކުރެވުފައިވާ ޖާގައިގައި ބާއްވާލިއެވެ.

ދެން އެއްޗެހި ބަދަލު ކޮށްލައިގެން އައިސް އެކިންގް ސައިޒް އެނދުގައި ޖައްސައިލީ ވެފައިހުރި ވަރުބަލި ފިލުވާލާށެވެ. އެނދުމަތީގައި އޮށޯވެ އޮވެ ކައިރީގައި އިން ސައިޑް ކަބަޑު މައްޗައް އަތްފޯރުވައި އޭސީ ރިމޯޓް ނަގައި ފިނި ބާރު ކޮށްލިއެވެ.

ލައުރާގެ ކޮޓަރީގެ ފާރުތަކުގައި ލައިފައި ވަނީ ލައުރާގެ އެންމެ ރީތި ކުލަ ކަމުގައި ވާ މަޑު ނޫކުލައެވެ. ހަތަރު ފާރު ފަޅުފިލުވާލައިފައިވެސް ވަނީ ހަމަ އެކުލައިންނެވެ. ބޭޑްރޫމް ސެޓު ހުރީ ހުދުކުލައިންނެވެ. ލައުރާއަކީ ގެންގުޅޭ ތަކެތީގައި އަލި ކުލަ އަށް ލޯބިކުރާ ކުއްޖެކެވެ. ނަމަވެސް ލާ އަންނައުނުގައި ލައުރާ ލޯބިކުރަނީ ގަދަ ކުލައަށެވެ.

އެނދުގައި ލައުރާ ޖެހުނު ކަމެއް ނޭނގެއެވެ. ދެލޮލަށް ބަރުވެ ލައުރާގެ އެސްފިޔަތައް ތިރިކޮށްލެވުނެވެ. މާގިނަ އިރެއް ނުވެ ނިދީގެ ފުންކަނޑައް ލައުރާ ޣަރަގު ވިއެވެ.

ދެން ލައުރާ އަށް ހޭލެވުނީ ލިއުޝާ ގޮވާ އަޑަށެވެ. “ދަރިފުޅާ.. ދަރިފުޅާ.. ލައުރާ ތެދުވެބަލަ.. ހައެއް ޖަހަނީ އޭ.. އަދި އަޞުރު ނަމާދުވެސް ނުކުރަމެއްނު..؟” ލިއުޝާ ލައުރާގެ ގައިގައި ކޮއްޓާލަމުން ބުނެލިއެވެ. “ހޫމް މަންމާ.. މިތެދުވަނީ އޭ..” ނިދީތެރޭގައި ލައުރާ ބުނެލިއެވެ.

“ލައު.. ދެން ތެދުވެބަލަ ލައުރާ..” ލިއުޝާ އަނެއްކާވެސް ބުނެލިއެވެ. ލިއުޝާ އެކޮޓަރިން ނިކުތީ ލައުރާ ނަގައި ފާހާނައަށްވެސް ވައްދާފައެވެ. ލައުރާވެސް އަވަސްކޮށްލައިގެން ނިކުތީ ނަމާދު އަޅާފާނެތީވެއެވެ. އެކަމުން ލިބޭނެ ފާފަ ލައުރާގެ ހިތަށް ވަޒަން ކޮށްލަންވެސް ދައްޗެވެ.

ލައުރާ ކޮޓަރިން ނިކުތީ މަޣުރިބު ނަމާދުވެސް ކޮށްލައިގެން ޤުރުއާންވެސް ކިޔަވައިލައިގެންނެވެ. އޭރު ގޭގައި ގެން ގުޅޭ ދެތިން ނޯކަރަކު ގޭތެރެ ފޮޅައި ސާފު ކުރުމުގައި އުޅެއެވެ. ބަދީގޭގައި އެކަނި ކައްކަން އުޅުނު ލިއުޝާ ފެނި ލައުރާ ހައިރާންވިއެވެ.

އެކައި މާއެކަނި ވެގެން ބައިވަރު ކާނާ ވަނީ ތައްޔާރު ކޮށްފައެވެ. “މަންމާ.. ހައު ޑިޑް ޔޫ މެނޭޖް..؟” ލައުރާ ހައިރާންވެފައި އެހިއެވެ. “މީއެހާ ބުރަ މަސައްކަތެއް ނޫނެއްނު.. އެހެން ނޫނަސް ދަރިފުޅައް ވެސް އެނގޭނެ މަންމަ ކައްކަން ލޯބިކުރާކަން..” އެއީވެސް ތެދެކެވެ. ކިތަންމެ މުއްސަންޖަސް ކިތަންމެ ފައިސާ އެއް ލިބުނަސް ކިތަންމެ އަރާމު ދިރިއުޅުމެއް ލިބުނަސް އެގޭގައި ލިއުޝާ ކައްކާ އެއްޗެއް ނޫނީ ނުކެވޭނެއެވެ. ހަމައެކަނި ޚާއްޞަ ދުވަސްދުވަހު ގޭތެރެ ސާފު ކޮށްލަން އަންނަ ދެތިން ނޯކަރުން ގެންގުޅެއެވެ. އެހެން އުޅެފައި ލައުރާވެސް މަންމަ އަށް އަތްގާތް ކޮށްލަދެއެވެ.

އިޝާ އަށް ގޮވަންވާއިރަށް ހުރިހާ އެއްޗެއް ކައްކައި ނިންމާލީ ލައުރާގެވެސް އެހީތެރިކަމާ އެކީއެވެ. ދެމީހުން ނަމާދު ކޮށްލައިގެން އައި އިރު ވަސީލް އާއި ވިޝާލްވެސް މިސްކިތުން ފައިބައިގެން އަންނަނީ އެވެ. “ދަރިފުޅު އެމަންޖެ އަށް ގަޑި ކިއީ ކިހާއިރަކު..؟” ލިއުޝާ އަހާލިއެވެ. “އަހަރެން ބުނިން އިޝާ ނަމާދު ކޮށްލައިގެން ބަލައި ދާނަމޭ..” ވިޝާލް އޭނާގެ މަންމަ އަށް ބުނެލިއެވެ.

ލިއުޝާ ބޯޖަހައިލައިފައި މިސްރާބުޖެހީ މޭޒުމައްޗައް ކާން ހަދާށެވެ. ތަށިތައް އަތުރައިފައި ހުރިހާ އެއްޗެއް ހަމަތޯ ލިއުޝާ ބަލާލިއެވެ. ރެޑް ސޯސް ސްޕެގެޓީ އާއި ވައިޓް ސޯސް ޕާސްޓާ އެވެ. ބަތާއި ކުކުޅު ކުކުޅު ރިހައިގެ އިތުރުން ޑެވިލްޑް ފިޝް އާއި ރޮއްޓެވެ. ކިއުކަންބާ އާއި ފަތާލައިގެން ސެލެޑެއް ހުރިއިރު ސްވީޓް ސެލެޑްވެސް ހަދާފައި ހުއްޓެވެ. އެފަތް ބިނީ ލިއުޝާގެ ބަގީޗާ ގައިއިން އަލަ ގަހަކުންނެވެ.

ވިޝާލް އިންނަން އުޅޭ އަންހެން ކުއްޖާ އަށް ފުރިހަމަ މެހެމާން ދާރީ އަދާކުރުމަށް ވަސީލް ވަނީ އެންމެންނަށްވެސް އިރުޝާދު ދީފައެވެ. ލިއުޝާވެސް އަލައިގެން ހުރި ވަށްބުރުގާ ރަނގަޅު ކޮށްލުމަށްފަހު ހުރިހާ އެންމެންވެސް އިނތިޒާރު ކުރީ ވިޝާލް އަންނާނެ އިރަކަށެވެ.

އެގޮތުގައި މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ވިޝާލް އައި ކާރު ގޭގެ ކުރިމަތީގައި މަޑުކޮށްލި އަޑު ޖެހުނީ ވަސީލްގެ ކަންފަތުގައެވެ. ވަސީލް ހިނގައިގަތީ ގޭގެ މައިދޮރާ ދިމާއަށެވެ. ފަހަތުން ލިއުޝާ އާއި ލައުރާވެސް ހިނގައިގަތެވެ.

ކާރުގެ ދޮރުހުޅުވައިފައި ނިކުތް ވިޝާލް މިސްރާބުޖެހީ ކާރުގެ އަނެއް ފަރާތާއި ދިމާއަށެވެ. ވިޝާލް ކާރުގެ ދޮރު ހުޅުވާލަމުން ނިކުތް އަންހެން ކުއްޖާފެނި ލައުރާގެ އަނގަމަތީގައި އަތްއެޅުނެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

މައުވާ

Next

ދިރިއުޅުން އަލިކޮށްދިން 8

Next
September 18, 2020

ދިރިއުޅުން އަލިކޮށްދިން 8

Previews
September 17, 2020

މައުވާ

33 Comments!

  1. A aaR says:
    September 17, 2020 at 8:59 pm

    here is the 1st part.. hope you all would love it.. mi dhuvaskolhaky thankolheh busy dhuvasthakeh kamun week waku 2 episode neredeveytho vv masahkai kuraanan insha Allah.. de episode nuvanyamun madhuvegen 1 nereynan insha Allah.. stay safe.. 🙂 TC

  2. hoodie gurrl says:
    September 17, 2020 at 9:31 pm

    omg…. vrh suprise vejje mi vhk fenuneema…. first part vx hama Amazingg…. keep it up darl… u r one of my fav author….

    1. hoodie gurrl says:
      September 17, 2020 at 9:34 pm

      me first thr….

    2. A aaR says:
      September 19, 2020 at 9:05 pm

      Jazaakallah khairan hoodie gurrl..

    3. A aaR says:
      September 19, 2020 at 9:10 pm

      Yh

  3. ?Ril? says:
    September 17, 2020 at 9:55 pm

    Hii A aaR
    Wow it new stry
    Vrh Sali ingey amazing Hama
    Sifakurun ves Hama vrh fahkaa vaahaka kiyaalaa iru Hama heevany stry therey hen indeveny hehehe
    Sali ingey
    Anehkaa kon girl eh baa she e nikuthy I am so curious for next one
    I missed uuuu sooo much
    Love you
    Stay safe

    1. A aaR says:
      September 19, 2020 at 9:12 pm

      Jazaakallah khairan Ril.. miss u too.. lyt stay safe

  4. NAANI says:
    September 18, 2020 at 9:16 am

    Omg.. Vrh salhi first part???masha allah ❤️❤️
    Keep it up darling??
    Curiously waiting for the next part….
    Tc❤️❤️

    1. A aaR says:
      September 19, 2020 at 9:13 pm

      Jazaakallah khairan Naani.. tc

  5. Afu says:
    September 18, 2020 at 10:48 am

    Hii
    Masha Allah varah varah reethi ♥️♥️ aslu cover pic salhi kamun kiyaa hih v ?? hama cover aaa ehvarah 1 prt vx hama varah salhi ♥️♥️ anehka Kon kuhjjeh baa e nikuthee Laura gr frnd eh baa ?? Curiously waiting for nxt ??? stay safe ♥️♥️ tc ♥️? saranghae ❤️❤️❤️❤️

    1. A aaR says:
      September 19, 2020 at 9:15 pm

      Jazaakallah khairan Afu.. balama dho.. saranghae.. stay safe

  6. ??? says:
    September 18, 2020 at 11:09 am

    K pop guys in the pp. V nice pp eh.. N varah Salhi prt
    Eh…..keep it up… A aar.. Hope nxt part will be come soon…. TC❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Curiously waiting….. ??????????????

    1. A aaR says:
      September 19, 2020 at 9:16 pm

      Jazaakallah khairan

    2. Blink says:
      September 20, 2020 at 12:10 am

      Pic fenuneema aslu kiyaa hiyvee. Varah reethi vaahaka eh.

  7. ?BLACK PINK says:
    September 18, 2020 at 11:13 am

    Ohhh… Varah Salhi Mi prt…. Ohhh i vs cover pic salhi
    Kamun kiyaa Hih V… Vvvvvvv nice… Keep it up. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????

    1. A aaR says:
      September 19, 2020 at 9:17 pm

      Jazaakallah khairan black pink

  8. R¥N says:
    September 18, 2020 at 12:55 pm

    Maasha Allah ❤❤❤❤❤❤❤❤varah reethi mi part ??????cover pic ves varah salhi ????I like that ?????Curiously waiting for the nxt ?????Tc ???lysm??

    1. A aaR says:
      September 19, 2020 at 9:18 pm

      Jazaakallah khairan Ryn

  9. Epiphany정국❇ says:
    September 18, 2020 at 6:46 pm

    Maashaa Allah v v v v furihama……..Last story as alhaa balaafa improvements eba feney…….. Keep it up…….Very nice………. Curiously waiting…….. Tc……

  10. ❤️shyn❤️ says:
    September 18, 2020 at 7:47 pm

    Wooow.. This part is awesome???.. Curiously waiting for the nxt part.. Lve u ??

    1. A aaR says:
      September 19, 2020 at 9:19 pm

      Jazaakallah khairan shyn

  11. aalif XL says:
    September 19, 2020 at 8:41 am

    Hi A aar……nice to see ure another story…mi part ves vrh salhi……hope this story will be beautiful…..keep up ure hard work…..gud luck

    1. A aaR says:
      September 19, 2020 at 9:20 pm

      Jazaakallah khairan aalif xl

  12. ?flower? says:
    September 19, 2020 at 2:01 pm

    Wow new Story eh varah reethi Masha allah hama speechless anekkaa kon girl eh baa enukuthee
    Waiting for the next

  13. ?flower? says:
    September 19, 2020 at 2:02 pm

    Wow new story eh varah reethi Masha allah anekkaa kon girl eh baa enukuthee
    Waiting for the next

  14. Jeon Jungkook says:
    September 19, 2020 at 7:28 pm

    Woooooow this story is amazing… Cover pic ga jungkook and v inyma Mi story kiyaalaa hiyy v coz jungkook is my world and the story was great… And imma BTS A.R.M.Y… are you a BTS A.R.M.Y too?? Just asking ??????

    1. A aaR says:
      September 19, 2020 at 9:22 pm

      Jazaakallah khairan jeon jungkook.. no I’m not a fan of bts… But I watch k series..

  15. Blink says:
    September 20, 2020 at 12:23 am

    Cover pic varah fair gotakah inee. Because my sister’s favourite person in the world is Rosé. And my bias from blackpink is Jisoo. Vrah reethi cover pic ves vaahaka ves varah reethi. Saranghae. Stay safe. Annyeong

  16. aalif XL says:
    September 20, 2020 at 1:23 pm

    Alhugandu eha kiyaa hihnuvi mivaahaka ge cover pic in gothun ekm A aar liyefa in vaahaka akah v ma mikiyany…..cuz A aar liyaa vaahaka thah salhi kamun

  17. Am❤❤❤ says:
    September 20, 2020 at 1:54 pm

    V reethi
    Keep going
    U can do it

  18. Kim taehyung says:
    September 21, 2020 at 8:41 am

    Vrh Reethi next part up kohla dheeba avahah

  19. jaishath says:
    September 24, 2020 at 7:14 am

    vrh reethi bts and blackpink ge pic eh fenunyma v kiyaaa hiyvee, keep it up.

  20. someone says:
    September 26, 2020 at 10:52 am

    v salhi ummeeedhu kurivarah vure salhi masha allah ?

Comments are closed.

Next Episodeލޯބިވާވަރު އަންގަދޭހިތްވޭ 2←


All Right Reserved!