Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝައިން ( ޕާޓް-8 )

shaai Level 110 Stories
May 24, 2015 6 Mins Read
16 Comments

އެމީހަކު ދެެކެ ހަޔާތުގައިވެސް  ލޯބިވެވުނު މީހާ އަމިއްލައައް އައިސް ލޯތްބަށް އާދޭސް  ކުރުމުން އެއަށް ފުރަގަސް ދެވުނީީތީ އަމިއްލަ ހިތާ ޝަކުވާ ކުރަމުން ޝައިން ކުރިއައް ފިޔަވަޅުއަޅަމުން ދިޔައެވެ.. ” ޝައިން ތި ބުނަން އުޅެ ހަގީގަތް އަހަރެންނަށް މާކުރިންވެސް އެނގެޔޭ ބުނެފިއްޔާ ދެންވެސް ދޭނީ ތި ދިން ޖަވާބުތަ؟… ” ޝިބާންގެ އެ ސުވާލާއެކު ޝައިން އަށް ހީވީ މީހަކު އޭނާގެ ބޯ މަޗަށް ބޮޑު ބަރެއް ވައްޓާލި ހެނެވެ.

ލިބުން ސިހުމާ އެކު ފިޔަވަޅުތަކައް ހުއްޓުން އައިސް ޝިބާން އާއި ދިމާލަށް މޫނު އަބުރައިލެވުނީ ބޭއިހްތިޔާރުގައެވެ. ބޯ އަރިކޮއްލާ ދެލޯ ކުޑަކޮށް ޝިބާން އާއި ބަލާލި ގޮތުން އެތަކެށް ސުވާލެއް ޝިބާން އާއި އަމާޒްކޮއްލި  ކަހަލައެވެ.. ހަމައެކަނި ދުލުގެ ޒަރިއްޔާއިން ބޭރުނުވިކަން އެކަންޏެވެ.  ލޮލުން ފައިބަމުން ދިޔަ ކަރުނަތަކައް ހުއްޓުމެއް ނައެއް ކަމަކު ހިތުގެ ހިގުން ހުއްޓުނު ކަހަލައެވެ. ކިތަންމެ ވާހަކައެއް އެގެން ބޭނުންވެ ކިތަންމެ ސުވާލެއް ކުރަން ބޭނުންވިޔަސް ދޫ ހަރަކާތެއް ނުކުރިއެވެ..

” އަހަރެނައް އެނގޭ ޝައިން ތި ވިސނަނީ ކޮންކަމަކާ ކަން… ޝައިންގެ މާޒީ އެނގޭ ވާހަކަ ބުނީމަ އެނގުނީ ކިހިނެތްތޯއެއްނު ދޯ… އަހަރެން ޝައިން ކުރާ ކޮންމެ ސުވާލަކައް ޖަވާބްު ދޭން ހަމަ ތައްޔާރު.. އެކަމަކު ފުރަތަމަ ރުއިން ހުއްޓާލަބަލަ… ޝައިން ތީ ބަސް އަހާ ކުއްޖެއްނު.. އެހެން ނޫނަސް ސަައިން ރޯއިރު ހީވަނީ ބޭބީ އެއްހެން…” ޝިބާން ޝައިން ގެ މަޑު އަތުގައި ހިފާލަމުން ސަމާސާ ކޮއްލިއެވެ..  އަދި އެ ސަމާސާ ގެ އަސްލު މަގަުސަދު ހާސިލްވީ ޝައިންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެެރިވުމުންނެވެ. ލަދުރަަކި ގޮތަކައް އިސްޖަހާލިއިރު ޝިބާން ހުރީ ޝައިންގެ ކޮންމެ ހަރަކާތަކައް ޝައުގުވެރިކަމާ އެކު ބަލާށެވެ…  މަޑުމަޑުން ދެމީހުން ކައިރި ވަމުން ދިޔައިރު ޝައިން ހުރީ އިސްޖެހިގޮތަށް އިސް ނަގަންވެސް ނޭނގިފައެވެ..  ދެމީހުންގެ ނޭވާ އަވަސް ވަމުން ދިޔައިރު އަތްފައި ގަނޑު ވެފައިވާކަހަލައެވެ. ޝިބާންގެ އަތް މަޑު މަޑުން ޝައިންގެ އަތުގައި ބީހިލަމުން އަތުގެ ހަރަކާތް ހުއްޓުނީ ޝައިންގެ އިސްތަށި ގަނޑާ ހަމައިންނެވެ.. ބޮޑު ހުޅިއެއް ޖަހާލެވިފައިވާ އެ ބޮޑު އިސްތަށިގަނޑު އެއްވެސްް އުދަނގުލަކާ ނުލައި ނިއުޅިގެން ދިޔައީ ޝައިންގެ ބޮލުގައި ޖަހާފައި އިން ދަތި ޝިބާން ނައްޓާލުމުންނެވެ.  ހިނދެއް ހިނދަކަށް  ދެ ހަށިގަނޑު ގާތް ވަމުން ގޮސް އެ ދެމެދަށް ވައިރޯޅި އެއްވެސް ނުވަދެވޭ ވަރަށް ފިތި ބާރުވެއަޖެއެވެ…  ދެމީހުންގެ ހޫނު ނޭވާ އެކުވެފައި ވާއިރު ޝައިން ހުރީ ދެލޯ މަރާ ތަގުޅި ކޮއްލައިގެންނެވެ.

“ޝިބާން…. ނޫން.. ނޫން… މީ ގޯހެއް… ސޮރީ… ޝިބާން އަޅެ އަހަރެން މަތިން ހަދާން ނައްތާލާ…އަހަރެންމީ އެކަކާ އެކު އުޅެންވެސް ހެޔޮވާ ވަރު މީހެއް ނޫން… އެހެން މީހަކައް ލޯތްބެއް ދެވޭނީ އެ ލޯބި ދޭން އެގިގެނެއްނު… ލޯބި އެއީ ކޮންއެއްޗެއް ކަމެއް އަހަރެންނަކަށް ނޭނގޭ.. ޝިބާ… ޝިބާން އަކީ ވަރައް ރަނގަޅު މީހެއް… ބޭނުން ކުއްޖަކު ބޭނުން އިރެއްގަ ލިބޭނެ… ތިހާ ރަނގަޅު އިންސާނަކައް އަހަރެން ކަހަލަ ހަށިވިިއްކާ…..”  ޝައިން ގެ އަރުބެދުން ކަހަލައެވެ.   ބުނަން އުޅުނު ވާހަކަ މެދާހިސާބުން ނިންމާލަން ޖެހުނީ ހިތައް ކުލަދާނަ ނުވީތީއެވެ. ހިތް ފޮތި ފޮތި ވެގެން ގޮސް ކުދި ކުދި ވިކަހަލައެވެ.  ލޮލުގައި ފޮރުވިފައިވާ މަދު ކަރުނަތައްވެސް ހިފެހެއްޓުމެއް ނެތި އޮހެމުންދިޔައެވެ… އިތުރަށް މަޑު ކުރަން ބޭނުން ނުވީ ވާން ނުޖެހޭ އެތައްކަމެއް ވެދާނެ ކަމުގެ ބިރައްޓަކައެވެ..  މަޑު ފިޔަވަޅުތަކާއެކު ކުރިއަށް ހިނގަމުން ދިޔަ ޝައިން ހުއްޓުނީ  އޭނާގެ ކުރިމައްޗަށް ޝިބާން ހުއްޓުމުންނެވެ… ” ޝައިން.. އޯކޭ.. އެކަމް މި ހިފައިގެންދޭ.. އަހަރެން ހީކުރަން ޝައިންގެ ޖަވާބް ބަދަލް ވާނެކަމަށް.. އަހަރެން އެ ދުވަހަކަށް އިންތިޒާރުވެސް ކުރާނަން..” ބޭރު ނުފެންނަ ކަހަލަ ކޮތަޅެއް ޝައިން އަށް ދިއްކޮށްލަމުން ޝިބާން އޭނާގެ ހިތުގެ އެންމެ ފަހު ބަސް އިއްވައިލިއެވެ.. ޝައިން އެ ކޮތަޅުގައި ހިފާލުމާއެކު އަވަސް ފިޔަވަޅުތަކެއް އަޅައި ލިފްޓް ތެރެއައް ދެމިގަތެވެ.

ހަޔާތުގައި އެއްވެސް އުފަލެއް ލިބިފައި ނުވާއިރު ލިބެން އުޅުނު އުފަލަށް ފަައިން އަރައި ޗިސްކޮއްލެވުނީތީ ހިތައް ލަެއުނަތް ލެވުނީ ކިތައްފަހަރު ކަމެއް ޝައިން އަކައް ނޭނގެއެވެ… ފުން ހިޔާލައް ގެއްލިފައި ހުރި ޝައިން ސިހުނީ ލިފްޓް ދޮރު ހުޅުވުނު އަޑަށެވެ….   ނަސީބު ރަނގަޅު  ކަމުން  ވަރަށް ފަސޭހަކަމާއި އެކު ޝައިން އަށް ޓެކްސީ އެއް ލިބުނެވެ. ޓެކްސީ ތެރޭގައި އިން އިރުވެސް ލޮލުން ފައިބަމުން ދިޔަ ކަރުނައަށް ނިމުމެއް ނާދެއެވެ..  އިރު އިރުކޮޅާ ކަރުނަ ފޮހެލާއިރު އަނެއް ކަރުން ތިކި ވެއްޓެއެވެ. “ނުނިކުންނަނީތަ؟ ކޮއްކޯ….” ޑްރައިވަރު ޝައިންގެ ގައިގައި ކޮއްޓާލަމުން ބުނެލިއެވެ.. ޝައިން ޝުކުރު އަދާކުރުމައްފަހު ޓެކްސީ އިން ނިކުމެގެން ގެއަށް ވަދެ ފުރަތަމަވެސް މިސްރާބް ޖެހީ ކޮޓަރިއާއި ދިމާލައްށެވެ..  ކޮޓަރިއަށް ވަދެ ދޮރުތަޅުލުމައްފަހު  ކޮތަޅު ނަގާ އަލަމާރިއަށްލިއެވެ. އަދި  އެނދުމައްޗަށް ވެއްޓިގަތީ ހިތަށްލިބިފައިވާ  އަނިޔާ ބޮޑުކަމުންނެވެ..  އެހެން އޮއްވައި ޝައިން  އަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގުނެވެ.. ފުންނިދީގައި  އޮތް ޝައިން އަށް ހޭލެވުނީ މީހެއްގެ ފިރުމުންތަކުން  ލިބެމުން ދިޔަ އަރާމަކުންނެވެ… މޯޅިއަކަށް ދެމިލަމުން ހުޅުވުނު ދެލޯ ބޮޑުކޮއްލެވުނީ ކުރިމަތީގައި  ހުރި ބައްޕަގެ ސޫރަ ފެނުމުންނެވެ.. މިނިކާވަގެއް ޝިކާރަ އަކައް ޖެހިގަނެގެން އޮތް ފަދައިން ޝައިންގެ ބައްޕަ  އަލިމަނިިކު  ޝައިންގެ ގައިމައްޗަށް  އަރައި އޮތެވެ..   ހަޅެއްލަވައި ގަންނަން ހުޅުވި އަނގައިން އަޑެއް ނުނިކުތެވެ. ހަޅެއް ލެވުންވެސް ވާނީ ބޭކާރުކަމަކައް ހުދު ޝައިން އައްވެސް އެނގެއެވެ… ހަށިގަނޑުގައި ހުރި ހުރިހައި މަސްތަކެއް ކައްޓާ ވަކިކޮއްހުސް ކޮއްލިޔަސް ގޭގައި އުޅޭ އެކަކުވެސް އަޅާ ނުލާނެއެވެ..  މަރުވެފައިވާ މައްޔިތެއްހެން ޝައިން އޮތްއިރު އަލިމަނިިކުއޭނާގެ ކަރުހިއްކުން ފިލުވަލުމައްފަހު ތެދުވެ ފަޓުލޫނުގެ ޒިބުދަމާލައިކޮޓަރިން ނިކުމެގެން ދިޔައެވެ…

 މަޑުމަޑުން އެދުން ތެދުވެގެންފާހާނާއަށް ވަދެ މުޅި ގަޔައް ފެން އަޅަމުން އުގުޅަމުން ދިޔައިީ ބައްޕަގެ ބީހުންތަކުގެ އަސަރު ފިލާތޯއެވެ..  ގައިގެ އެތަން މިތަނުން ނަގަމުން ދިޔަ ދިލައަށް ނުބަލައި  މުޅި ގައިގައި ބޯކޮށް ސައިބޯނި ލަމުންދިޔައީ އެެ އަތް ޖެހުނު ކޮންމެެ ތަނެއްގައި ނަޖިސް އުގުޅިފައިވާ  ފަދައިިންނެވެ..  ލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތަކާއި އެކު މަޑު ގިސްލެވުމެއް މުޅި ފާހަނާއި އެކު ކޮޓަރިއަށްވެސް ފެތުރިގެންދިޔައެވެ.. ” މަންމާ… އަހަރެން ސަލާމަތް ކޮއްދީ.. ހެޔޮނުވާނެ.. މިނުލަފާ މީހުން ފުރިގެންވާ ކިއްލާއިން އަހަރެން ނެރެދީ…” ޝައިން އަށް ބޭ އިހްތިޔާރުގައި ބާރު ބާރައް ރޯން ފެށުނެވެ.. ނަމަވެސް އެ އަޑު އަހަން އެކަކުވެސް ނާންނާނެ ކަން އެގޭތީ ކަރުނަ ފޮހެލާފައި ފާހަނައިން ނިކުމެ ހެދުން ބަދަލު ކުރުމަށް އަލަމާރީގެ ދޮރުހުޅުވާލިތަނާ މިރޭ ޝިބާން ދިން ކޮތަޅުފެނުނެވެ.. ކޮތަޅު ނަގައި މޭޒު މަތީ ބޭންދުމަށްފަހު އެއްޗެހި ބަދަލް ކޮއްލިއެވެ. އެއަށްފަހު ކޮތަޅުހިފައިގެން އެދަން އެރި އިރު އޭގައި ވަނީ ކޮން އެޗެއްތޯ ބަލާލުމަށް އެ ދެލޯ ބޭގަރާރް ވެފައިވެއެވެ.

ކޮތަޅުން ނެގި އެ ޕާރްސަލް ހުރީ ތިން ބަރިއަށް ހަދާފައެވެ.  ކޮންމެ ބައެއްގައި ވަކިން ނަމްބަރު ޖަހާފައިވާއިރު ތިން ބަރި އިނީ ތިން ކުލައިން ޕާރުސަލް ކޮއްފައެވެ.. ފުރަތަމަ އިން ބަރި ކަނދާލިއިރު ސިތީއެއް އޮތެވެ… އަވަސް އަވަހައް ސިޓީ ކަޑައި ބަލާލިއެވެ..

” ލޯބިވާ ޝައިން އަށް.. އަހަރެން ޝައިން ފެނުނީ މީގެ މަހެއްހާ ދުވަސް ކުރިން.. ފެނުނު ފުރަތަމަ ފަހަރުން ތި ސޫރަ ހިތުގައި ބިންވަޅު ނެގިގެން ދިޔަ.. ތި ލޯބި ހާސިލް ކުރަން ބޭނުންވި.. އޭރު ތިއީ ކީއްކުރާ ކޮން ނަމެއް ކިޔާ ކާކު ކަމެއްވެސް ނޭނގޭ.. ވަރައް މަސައްކަތް ކުރިން ޝައިން މަތިން ހަދާން ނައްތާލަން.. ހިތައްއެރި އެންމެ ފަހަރަކު ފެނިގެން ކޮން ލޯތްބެއްހޭ ވެވޭނީ.. ނަމަވެސް އަބަދުވެސް ތި ސޫރަ ހިތަުގައިވޭ.. ޝައިންގެ ނަން ފުރަތަމަ އެނގުނު ރޭ ޝައިން މަތިން ފޫހި ވާންފެށިހެން ހީވި.. ނަމަވެސް އެރޭ ކަންތައް ވީ ގޮތުން ޝައިން އާއި މެދު ހިތުގައި ހަމްދަރުދީ އުފެދުން.. އެރެއައްފަހު ޝައިން ތިކަމުން ސަލާމަތް ކޮއްގެން  އަމިއްލަ މިލަކަކަށް ހަދަން ހިތުގައި އަޒުމް ކަނޑައެޅިން… ތިހާ ހާލުގައި އުޅޭ ކުޖެއް ހަޔާތުގައިވެސް މި ދެކުނީ އަލަށް.. އަސްލުވެސް ޝައިން ހާދަ ހިތްވަރު ގަދައޭ އަހަރެން ހިތަށް އަރާ… އެއްވެސް މީހަކު ތި ލިބެމުން ދާ އަނިޔާއައް އަޅާނުލާ އިރު ތީ އިންސާނެކޭވެސް ހިތައް ނާރަނީތަ…

ޝައިން އަހަރެން ޝައިން ދެކެ ވަރައް ލޯބިވޭ.. ހިތަށް އަރަނީ ޝައިން ލިބޭނެ ބާއޭ.. ލޯބި އެއީ ގަދަކަމުން ވެވޭ އެއްޗެއްނޫން… އަހަރެން ހަޔާތުގަ މީހަކު މިހާވަރަށް ބޭނުމެއްނުވޭ… ޝައިން ޕްލީޒް އަހަރެންނާއި އެކު އުޅެން އާދެބަލަ.. އައި ޕްރޮމިސް ޔޫ ދެޓް އައި ވިލް ޓްރީޓް ޔޫ ލައިކް ޕްރިންސެސް.. ބޭނުން ހުރިހާ އެއްޗެއް ހޯދަދޭނަން.. ބޭނުން ކޮންމެ ކަމެއް ކޮއްދޭނަން… ޕްލީޒް ޝައިން އަހަރެން މި މޮޔަވަނީ…

އަހަރެން ބޭނުނަ އިރަކު ޝައިންގެ ހާލު ބެލޭ ގޮތެއް ނުހުނާތީ އެކަމާ ވިސްނަން ރޭ ނުނިދި އޮންނަން.. ޝައިން ކަމަކު ބޭނުން ވިޔަސް އަހަރެންނައް ވެސް އެނގޭނެ ގޮތެއް ނެތް… ލޯބިވާ.. އަހަރެންނައް އެނގޭ ޝައިން އަހަރެން ދޭ އެއްވެސް އެއްޗެއް ގަބޫލް ކުރަން ފަސް ޖެހޭނެކަން.. އަހަރެންނަކީ އެހަކަށް ދުވަހަކު ފެނުނު މީހެއް.. އެކަމަކު އަހަރެން ޝައިން އަށް ކޮށްދޭ އެއްވެސް ކަމެއް ކޮއްދެނީ އޭގެން ބަދަލެއް ހޯދާކަށް ނޫން..ޕްލީޒް ޝައިން އަހަރެން މިދޭ ހަދިޔާ ގަބޫލް ކުރާތި.. އައި ލަވް ޔޫ.. ޓެކަ ކެއަރ.. ޝައިން ދެކެ ލޯބިވާ ޝިބާން..”

“އައި ލަވް ޔޫ ޓޫ” ޝައިން އަށް ބޭއިހްތިޔާރުގައި ކިޔާލެވުނެވެ.. ސިޓީ ފައްޖަހާލުމައްފަހު ދެން އިން ބައި ހުޅުވާލިއެވެ.. ލިބުނު ހައިރާން ކަމާއި އެކު ދެލޯ ބޮޑުވެގެން ދިޔައީ ފޮށީ ތެރޭގައި އޮތް ސްކްރީން ބޮޑު ފޯނު ފެނުމުންނެވެ.. އަނެއްކާ ޝިބާން ކުރަން އުޅެނީ ކީއްބާއޭ ހިތައް އެރިއެވެ.. ފޯނު ހުޅުވައި ލުމުގެ ކުރިން އެނދުން ތެދުވެގެންގޮސް ދޮރު ތަޅުލެވިފައިތޯ އަދިވެސް އެއްފަހަރު ބަލާލީ ދޮން މަންމަ އަށް ފެންނަ އިރަށް އެ އަތުލައިގެން ގެންދާނެތީއެވެ… ދޮރު ތަޅުލެވިފައިކަން ޔަގީން ވުމުން ދުވެފައި އައިސް ގޮދަނޑި މަތީގައި ބަޑުވަތައް އޮށޮއްވެ ފޯނު އޮން ކޮއްލިއެވެ.. ފޯނު ހުޅުވުމާއި އެކު  ދެތިން މެސެޖް އެއްފަހަރާ ކަހަލަ ގޮތަކައް އައެވެ. ޝައިނަ އަވަސް އަވަހައް މެސެޖް ތައް ބަލާލިއެވެ… ޝިބާން ގެ ނަމުން ސޭވް ކޮއްފައި އިން ނަންބަރުން އައިސްހުރި މެސެޖް ތަކަކައް ވާތީ އިތުރައް ކިޔާލުމައް ޝައުގު ވެރިވިއެވެ. ” ޝައިން …މީ ޝިބާން އެނގޭ..” ފުރަތަމަ މެސެޖްގައި އޮތެވެ.. ޝައިން ތުންފަތަށޤ ލުއި ހިނިތުންވުމެއް ވެރިވިއެވެ….

“ޝައިން… ޝައިން… ދޮރުތަޅުލައިގެން މަރުވީތަ؟.. ހުޅުވަބަލަ”  ޝިބާން ގެ ފޮނި ހިޔާލައް ގެއްލިފައި އޮތް ޝައިން ސިހިފައި ތެދުވެ އެއްފަހަރާކަހަލަ ގޮތަކައް ޝިބާން ދިން އެއްޗެހިތައް ގުޅިއަކަށް އަލަމާރީގެ ތަޅުލާ ވަތްގަނޑައް ގަޅާލިއެވެ… އަވަސް އަވަހައް ތެދުވެގެން ގޮސް ދޮރުހުޅުވި އިރު ދޮރުމަތީގައި ހުރި ޒުހުރާގެ ދެލޮލުން އަލިފާން ކަނި ބުރައެވެ…  ” ހެނދުނު ވީ އިރުވެސް އެނދުން ތެދުވަން ވެސް ނޭނގިފައި ތިއޮތީ ތިއަކީ މަހަރާނީ ދޯ.. މިހާރު 7 ޖަހަން ގާތްވަނީ އަދިވެސް މަގޭ ކޮފީ ނުލިބެ.. ދެރަވެއްޖެ ކަމެއް ހުވާ… އެއްޗެއް ބޭނުން ވިޔަސް މިހާރު ޖެހެނީ މީނަގާތު އާދޭސް ކުރަން… ތިހެން އަބަދު މަހަރާނީ ހެދިފައެއް ނޫޅެވޭނެ މިގޭގައެއް.. މިހާރު ލައްކަ ދުވަސް ވެއްޖެއްނު ފިޔަކޮށާ ނުލެވޭތާ.. ހުރެބަލަ މިއަދު ހަމައަކަށް އަޅުވާލާނަން…”  ޒުހުރާ ޝާއިންގެ އިސްތަށި ގަނޑައް އަތް މަހާލައި ދަމައިގަންނަމުން ބުނެލިއެވެ. މިއިން ކަމަކަށް ތައްޔާރު ނުވެ ހުރި ޝައިން އަރިއަޅަލައިގެން ވެއްޓި އަނގަފަޅާއިގެން ދިޔައެވެ.. ޝައިންއަށް ލިބެމުން ދިޔަ އަނިޔާއަށް ބެލުމެށްނެތި ޒުހުރާ  ޝައިން ތަޅުންމަތީގައި ދަމަމުން ގެންގޮސް ބަދިގޭ ކަނަކަށް ލައްކޮއްލިއެވެ….

ކަކުލުގެ ހަންމެށިފައިވާ ތަންތަނުން ލޭ އަންނަމުން ދިޔައިރު ފައިގެ އިގިލީގެ ކޮޅުތައްވެސް ވަނީ ގޭނި ލޭއައިސްފައެވެ. ކުއްލި އަކަށް ޒުހުރާ އައިސް ޝައިންގެ ހަންމެށިފައިވާ ތަނުގައި ހުނުކޮއްފައިއޮތް ދޭފަތް ޖެއްސިއެވެ. ހަޅެއްލަވައިގަންނަންވެސް ނޭނގިފައި ހުއްޓާ ޒުހުރާގެ ދެވަނަ ހަރަކާތާއި އެކު ނެގި ވަޅި ފެނި  ޝައިން ސިހުނެވެ.. މަޑުމަޑުން ފަހަތަށް ޖެހެވެމުން ދިޔައީ އެ ވަޅީން ލިބޭނީ ކޮން އަނިޔާއެއްކަމެއް ނޭނގޭތީއެވެ… ” ކަލޭ ހީކުރަނީތަ ކަލޭތީ މިގޭ ބޮޑުމީޙާ ކަމައް.. ބަލަ މަ ކަލޭ މިބަލަނީ މަށައް ހިދުމަތް ކޮއް މަގޭ ނޯކްރީކަން ކުރަން ކަމެއް ނޭނގޭތަ… ކަލޭ ބަފާގެ ވަހުށިއްޔަތު ފުއްދަމުން ދާއިރު ކަލޭގެ މުޑުދާރުކަން އޭގެންވެސް އެނގޭ..” ޒުހުރާގެ ވިހަ ބަސްތައް ޝައިން އަށް އަމާޒް ވަމުން ދިޔައިރު ވަޅި ހުރީ ޝައިންގެ ލޮލާއި ދިމާލައް ސީދާވެފައެވެ..

ޝައިން އަށް ދެލޯމަރައި ތަގުޅި ކޮއްލެވުނެވެ.. ޒުހުރާ ކުއްލިއަކައް ޝާއިންގެ އަތުގައި ހިފައި ވަޅީގެ ކޮޅޫހަރާލިއެވެ.. އަދި އަވަސް ހަރަކާތާއި އެކު  ހަރާލެވިފައިވާ ވަޅީގެ ކޮޅު އިންވަރައް އަތުގައި އަޅައި ދަމާލިއެވެ… އެއަށްފަހު ވަޅި ދުރައް އެއްލާލުމައްފަހު ޝައިންގެ ގައިގައި ކޮޅުފައިން ޖަހާ ކޮއްޕާލިއެވެ.. ގައިގައި ވަރެއްނެތި އިން  ޝާއިންގެ ބޯޖެހުނީ ކަބަޑުގެ އަތްގަނޑުގައެވެ. ..

ބައިގަނޑި އިރު އިންތަނުން ހިރިލަންވެސް ނޭނގިފައި އިން ޝައިން ކުކުރި ކުކުރިފައިވެސް ތެދުވީ އިތުރައް އެހީވާނެ މީޙަކު ނާންނާނެކަން ޔަގީންވާތީއެވެ.. އަތުން އޮހޮރެމުން ދިޔަ ލެއިން މުޅި ބަދިގޭގެ ކަން ފެވިފައިވާއިރު ހުނު ދޭފަތް ޖެހުނު ތަނުން ދިލަނަގާވަރުން ކެތްކުރެވޭވަރެއްނޫނެވެ… ފިރުކިފަކަހަލަ ގޮތަކަށް ކޮޓަރިއާއި ހަމައްށް ދެވުނުތަނާ ގޭގެ ދޮރުމަތިން އިވުނު އަޑުން ހިތުގައި ސުވާލު އުފެދި ހައިރާން ކަމާއިއެކު އެ ދިމާލައް ބަލާލެވުނެވެ…

***ނުނިމޭ***

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shaai

Level 110 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 14

Next

ފިޔަވަޅު 2ވަނަ ބައި

Next
May 25, 2015

ފިޔަވަޅު 2ވަނަ ބައި

Previews
May 24, 2015

ހިތަކުން ނުފިލާނެ 14

16 Comments!

  1. IFA says:
    May 24, 2015 at 5:12 pm

    VR VR RETHI <£

  2. shaai says:
    May 24, 2015 at 5:15 pm

    🙂
    THANK YOU IFA.. <3

  3. flower says:
    May 24, 2015 at 5:22 pm

    Nice mi part vess…haadha hih thalhuvaalaafa thi nimaaly..kihineh vaanbaa mi ulheny….next part vvvvvvv avahah kiyaalan libeyne kamah hykuran

  4. avik says:
    May 24, 2015 at 6:01 pm

    haadha salhiey avahah up kohdhehchey aneh prt

  5. avik says:
    May 24, 2015 at 6:02 pm

    aslu mi stery regularly up kuraanama varh suprt libeyney.. shaai lwbi avahah up kurahcheyyyyyyyplz plz plz plz plz plz plz

  6. nishy says:
    May 24, 2015 at 6:39 pm

    Vvvv reeethi . .waiting

  7. aroooo says:
    May 24, 2015 at 6:56 pm

    Avahah up kurahchey plx plx

  8. mimmy says:
    May 24, 2015 at 7:31 pm

    V salhi…….

  9. SHAAI says:
    May 24, 2015 at 7:32 pm

    ASLU SHAAI BIXEE KOH ULHEYTHEE UP NUKUREWENY.. WARAH BEYNUN REGULAR KOH UP KURAN… THIS TIME I WILL UP IT SOON OK GUYS… THANK YOU FOR YOUR SUPORT…. 🙂

  10. nazi says:
    May 24, 2015 at 11:16 pm

    vvv reethi kiyaahithun mi inee keymadhuvefaplz plz plz avaha up ko dheychey vaahaka vara molhu

  11. butterfly says:
    May 25, 2015 at 7:23 am

    Plx alhe mihaa kiyaahithun inthixaaru kuraa iru avahah up kohdhrynama but mi part ves v salhi

  12. sis says:
    May 25, 2015 at 8:08 am

    Shine adhi alh mi comment kurany!ekamaku konme bash he’s regular koh kiyan . mi bai hama reethi kamun comment nukoh hama nuhurevuny! Love this story!please upp soon

  13. irey says:
    May 25, 2015 at 1:15 pm

    Varah reethi

  14. shaa says:
    May 25, 2015 at 9:21 pm

    varah reethi mi part ves awahah up kohdehchey…….. thihaa busy kohulhemunves waahaka up kohdheythee varah bodah sukuriyya

  15. july says:
    May 26, 2015 at 10:36 am

    v reethi mi part ves

  16. alma says:
    May 26, 2015 at 3:07 pm

    so nice i cant even belive.wow

Comments are closed.

Next Episodeޝައިން ( ޕާޓް-9 )←


All Right Reserved!