ޔުމްނު ގެ އުމުރުން އޭރު ވާނީ 12 އަހަރެވެ. ޔުމްނު އުޅުނީ ގްރޭޑް 6 ގައެވެ. އެއީ 2011 ވަނަ އަހަރެވެ. ޔުމްނުގެ މަންމަ ނޭފަތް އޮޕަރޭޝަން ކުރުމަށްޓަކައި ޔުމްނުގެ ބައްޕަ އެއްބަނޑު ދޮންބޭބެގެ ގޭގައި ޔުމްނު ބެހެއްޓުމަށްފަހު އިންޑިޔާއަށް ދިޔައެވެ. ޔުމްނު ވެސް ބޭނުންވީ އެގޭގައިހުންނާށެެވެ. ސަބަބަކީ އެގޭގައި ޔުމްނުއާއި އެއްއުމުރެއްގެ ޔުމްނުއާއި އެއް ކްލާހެއްގައި އުޅޭ އަންހެންކުއްޖެއް ހުންނާނެއެވެ. އެއީ ޔުމްނުގެ ބެސްޓް ފްރެންޑެވެ.
ޔުމްނުގެ ހަގަށްހުންނާނީ ޒިޔަން އެވެ. ޒިޔަން ދާން ބޭނުންވީ ބައްޕަ އެއްބަނޑު ކުޑަބެގެ ގެއަށެވެ. އެހެންކަމުން ޒިޔަން ހުރީ ކުޑަބެ ގޭގައެވެ.
ދުވަސްތައް ހަލުވި ކަމާއެކު ހިނގަމުން ދިޔައެވެ. ޔުމްނުގެ ކިޔެވުމަށް ކުއްލިއަކަށް ވަރަށް ބަދަލުތައް އަންނަން ފެށިއެވެ.
މީގެކުރިން ޔުމްނުއަކީކިޔެވުމުގައި މުޅި ސްކޫލުންވެސް އެންމެ މޮޅު ދަރިވަރެވެ. ކިޔެވުމުގައި ނޫނަސް ކުޅިވަރު ކުޅުމުންވެސް އެއްވަނައިގައި އުޅެނީ ޔުމްނުއެވެ.
ނަމަވެސް 2011 ވަނަ އަހަރު ނިމިގެން ދިޔައީ ޔުމްނުގެ ހިތް ރޮއްވާލައިފައެވެ.
ފުރަތަމަ ޓާރމް އަދި ދެވަނަ ޓާރމްގައިވެސް ‘ސީ’ ރިޕޯޓެއް ޔުމްނުއަށް ލިބުމުން ހައިރާންވީ ޔުމްނުގެ އާއިލާ މީހުން އެކަންޏެއް ނޫނެވެ. މުޅި ރަށުރަށްޔިތުންވެސް ތިބީ އެކަމާ ހައިރާންވެ ބުނާނެ އެއްޗެއް ނޭންގިފައެވެ.
ޔުމްނުގެ މަންމައާއި ބައްޕަ މިކަމާ ވަރަށް ލަދުގަތެވެ. އަދި ޔުމްނުއާއި ދިމާލަށް ވަރަށް އެއްޗިހިވެސް ކިޔެވެ. ޔުމްނުއަށް ހަމައެކަނި ބުނެވެނީ “ނޫން އަޅުގަނޑު ކިޔެވިން” މިހެން އެކަންޏެވެ.
ޔުމްނު ވަރަށް އެކަނިވެރިވިއެވެ. އާއިލާ އެންމެންވެސް ޔުމްނުމަންމަ ނެތުމުން ކިޔަވަން ފަރުވާކުޑަ ކުރީއޭ ކިޔައިގެން ޔުމްނުއަސް ހިތްވަރު ދިނުމުގެ ބަދަލުގައި އެއްޗިހިކީއެވެ. އާއިލާ މީހުންގެ އެއްވެސް ހިތްވަރެއް އެއްވެސް ސަޕޯޓެއް ޔުމްނުއަށް ނުލިބުމުން ޔުމްނު ކިޔެވުންމަތިން ވަރަށް ފޫހިވާންފެށިއެވެ.
ރަށުން ގްރޭޑް 10 އަކާއި ހިސާބަށް ނުކިޔެވޭތީ 2012 ވަނަ އަހަރު ގްރޭޑް 7ކަށް ޔުމްނު ކިޔަވަންލީ ނ.ހޮޅުދޫ އަށެވެ.
ހޮޅުދޫގައި ޔުމްނު ކިޔަވަން ހުރީ ޔުމްނު ގެ ދޮންބެއާއި އެއްކޮށް ދޮންބެ ކިޔަވަން ހުރި ގޭގައެވެ.
ދުވަސްތައް ހިނގަމުން ދިޔައީ ވަރަށްވެސް ހަލުއިކަމާއެކުގައެވެ. ނަމަވެސް ޔުމްނުގެ ކިޔެވުމަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ގްރޭޑް 7،8 ހޮޅުދޫގައި ކިޔެވުމަށްފަހު 9 އަދި 10 ކިޔަވަން ޔުމްނު ބަދަލުވީ ނ.މަނަދޫއަށެވެ.
ޔުމްނުއަކީ ފިރިހެންކުދިން ހިތްކިޔާ ކަހަލައެތައް ސިފައެއް ލިބިފައި ހުރި އަންހެން ކުއްޖެއްކަމުން، ހޮޅުދޫގައި ޔުމްނު ކިޔަވަން އުޅުންއިރުވެސް އެތައް ފިރިހެންކުދިންނެއް ޔުމްނުއާއި ހެދި ދީވާނާ ވަމުންދިޔައެވެ. އަދި އެތަނުން އެއް ސޮރަކު ވަނީ ޔުމްނުގެ ހިތް އަތުލާފައިވެސް މެއެވެ. ޔުމްނު މަނަދޫއަށް ކިޔަވަން އައިއިރުވެސް ހޮޅުދޫ ސޮރާ އޮތް ގުޅުމަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް 2014 ވަނަ އަހަރުގެ(9ގެ އަަހަރު) މެދުތެރެއިން އެސޮރު ވަނީއެހާ ދުރުގައި ތިބެގެން ރިލޭޝަން ކުރިއަށް ނުގެންދެވޭނެ ކަމަށްބުނެ ޔުމްނުއާއި ރުޅިވެފައެވެ.
ޔުމްނު މިކަމާއި ދެރަވިޔަސް ފަހުން އެހާބޮޑަކަށް އެކަމަކާއި ނުވިސްނައެވެ.
މަނަދޫގަައި ކިޔަވަން އުޅުމުގެ ތެރޭގައި ޔުމްނުއާއި އަޅައިގަނެގެން އުޅުން އެރަށުގައި ވަރަށް މަޝްހޫރު ގްރޫޕެއްގައި އުޅުން ވިޝާހް ނަމަކަށް ކިޔާ ސޮރަކު ޔުމްނު ފެންނަ އިރަށް ޔުމްނުއަށް ސިއްރު ސިއްރުން ބަލާ ފަހުން ފަހުން އައިސް ވާހަކަ ދައްކަމުންގޮސް ޔުމްނު އެސޮރުގެ ޖާދޫގައި ރަނގަޅަށް ޖެއްސުވިއެވެ.
ޔުމްނުއަށްވަނީ ވިޝާހްދެކެ އިންތިހާޔަށް ލޯބިވެވިފައެވެ. ނަމަވެސް ވިޝާހް ޔުމްނު ބޭނުންކޮއްލީ ކުޅޭ ކުޅޭ ބުދެއްފަދައިންނެވެ. ޔުމްނު ވިޝާހްދެކެ އިންތިހާޔަށްލޯބިވިޔަސްޔުމްނުއަކީ އަހުލާޤް ރަނގަޅު ކުއްޖެއްކަމުން ޔުމްނުގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވޭކަހަލަ އެއްވެސް ކަމެއް ޔުމްނު ވިޝާހްއާއިއެއްކޮށް ނުކުރެއެވެ.
މާގިނަ ދުވަސްތަކެއްނުވެ ޔުމްނުއަށް ވިޝާހްގެ ހަޤީގަތް ހާމަވެއްޖެއެވެ. އަދި ވަގުތުން ވިޝާހްއާއި އެއްކޮށް އިތުރަށް އެންމެ ވަގުތުކޮޅަކުވެސް އުޅޭކަށް ބޭނުމެއް ނެތޭ ބުނުމަށްފަހު ވިޝާހްއާއި ޔުމްނު ރުޅިވިއެވެ. ނަމަވެސް އެ އަހަރުގެ ތެރޭގައި އަލުން ކިތޭފަހަރަކު ޔުމްނު ވިޝާހްއާއި ރައްޓެހިވިއެވެ.
2014 ވަނަ އަހަރު ވެސް ނިމިގެން ދިޔައީ ހަމަ މިދިޔަ 2 އަހަރެކޭ އެއްގޮތަށް ޔުމްނުއަށް “ސީ” ގްރޭޑްއެއް ލިބިގެންނެވެ.
ޔުމްނު މިހާރު އެކަމަކާއި އެހާ ދެރައެއްނުވެއެވެ. ސަބަބަކީ ޔުމްނު މިހާރު ކިޔެވުންދެކެ އިންތިހާޔަށް ފޫހިވެފައިވާތީއެވެ.
2015 ވަނައަހަރު ފެށުންއިރު ޔުމްނު ހުރީ ސިންގަލް ކޮށެވެ. މިއަހަރު ޔުމްނު ހުރީ އެއްވެސް މީހަކާއި ރައްޓެހިނުވާން ހިތުލައިގެންނެވެ. އަދި މިއަހަރަކީ ޔުމްނުގެ ކިޔެވުމުގެ އެންމެ ފަހު އަހަރުކަމުން ޔުމްނު ބޭނުންވީ މިއަހަރު ވަރަށް ރަނގަޅަށް ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ހޯދާށެވެ. ނަމަވެސް މިކަންކުރަން ޔުމްނު ހިތުލީ އެހެން ބަޔަކަށްޓަކައެއްނޫނެވެ. ހަމައެކަނި ޔުމްނުއަށް ޓަކައެވެ.
2015 ވަނައަހަރު ޔުމްނުއާއި ކައިނާއާއި އުޅުނީ ވަރަށް ރަހުމަތްތެރިކޮށް އެކުއެކީގައެވެ. ކައިނާއަކީ ކުރިންވެސް ޔުމްނުއާއި އެއް ކްލާހެއްގައި ކިޔެވި ކުއްޖެކެވެ. ނަމަވެސް އޭރު ކައިނާއާއި ޔުމްނު އެހާ ރައްޓިއްސެއް ނުވާނެއެވެ.
ދުވަސްތައް މަޑުމަޑުން ފާއިތުވަމުން ދިޔައެވެ.
އެއްދުވަހެއްގެ އިރުއޮއްސުން ވަގުތެވެ. ޔުމްނު ވަރަށް ބޮޑަށް ބަނޑަށް ތަދުވެފައި އަކުނިވަޔަށް ދަމާތީ އެނދު ކައިރީ އޮވެގެން އަޑުން އަޑު ނަގާފައި ރޮމުން މަންމަޔަށް ގޮވަމުން ދިޔައެވެ. މިއަޑު ޔުމްނު ކިޔަވަން ހުރިގޭގައި އުޅޭ ބޭބެއަށް އިވިގެން އައިސް ދޮރުހުޅުވާ ބަލާލިއިރު ޔުމްނު އޮތީ ނޫވެފައެވެ. ވަގުތުން އެމްބިއުލެންސަށް ގުޅައިން ޔުމްނު ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި ޔުމްނުގެ މަންމައަށް މިހަބަރު ލިބުމުން ވަގުތުން ރަށުން ފުރައިން މަނަދޫއަށް އައެވެ.
ޔުމްނުގެ މަންމައަށް ޔުމްނު ފެނުމުން އަޑުންއަޑުނަގާ ރޯންފެށިއެވެ. ޔުމްނުއަށް ވެފައިއޮތްގޮތް ފެނިފައި ޑޮކްޓަރުންވެސް އުޅުނީ ތެޅިފޮޅެމުން ޔުމްނުގެ އެ ގަނޑުވެފައިވާ ހަށިގަނޑު މަޑުކޮށްލެވޭތޯއެވެ.
ޑޮކްޓަރުންނާއި، ނަރުހުންނާއި، ޔުމްނުގެ މަންމައާއި، ޔުމްނު މަންމައާއި އެއްކޮށް އައި ޔުމްނުގެ ތިމާގެ ބޭބެއާއި އެންމެންވެގެން ޔުމްނުގެ މުޅި ހަށިގަނޑު ހޫނުކުރުމަށްޓަކައި އަތްހޭކިއެވެ.
ގަޑިއެއްހާއިރު ވަންދެން ޔުމްނުގައިގައި އަތްހޭކުމަށްފަހު ޔުމްނު ހަމަޔަކަށް އެޅި މީހާ އެއްކޮށް ނޯމަލްވިއެވެ. ނަމަވެސް ޑޮކްޓަރުން ޔުމްނު ދޫކޮއްލާކަށް ބޭނުމެއް ނުވިއެވެ. އެރޭ ހޮސްޕިޓަލުގައި މަޑުކޮއްލުމަށް ބުނެ އަނެއްދުވަހު ދޫކޮއްލާނެކަމަށް ބުންޏެވެ. ޔުމްނު މިކަމާ ވަރަށް ފޫހިވިއެވެ. ޔުމްނުއާއި ޔުމްނުގެ މަންމަ އެކަނިވުމުން މަންމަ ޔުމްނުކައިރީ ވީ ކިހިނެއްހޭ އަހާލިއެވެ.
“ބަނޑަށް ތަދުވީ ފުރަތަމަ، ދެން ކުއްލިއަކަށް ބަނޑަށް ތަދުވަމުންވަމުން ގޮސް ބަނޑާއި ދިމާލުން އަކުނިވަޔަށް ދަމައިގަތީ، ދެން މަޑުމަޑުން މުޅި ދެފަޔަށް ވެސް ވާންވެފަ އަކުނިވަޔަށް ދަމައިގަތީ. އެއީ ހަނދާން ވާވަރު” ޔުމްނު ބުންޏެވެ.
ޔުމްނުގެ މަންމަ އިތުރަށް އެއްޗެކޭ ނުބުނެ ޔުމްނު ކައިރީ ދެން އަވަހަށް ނިދަން ބުނުމަށްފަހު ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.
އޭގެ އަނެއްދުވަހު ޔުމްނު ހޮސްޕިޓަލުން ދޫކޮށްލުމުން ޔުމްނުގެ މަންމަ ފުރައިން ރަށަށް ދިޔައެވެ.
2015 ވަނައަހަރުގެ ބޮޑުއީދު އައުމުން ޔުމްނު ޔުމްނުގެ ރަށަށް ދިޔައެވެ. ބޮޑު އީދަކީ ޔުމްނުއަށް ވަރަށް މަޖާ ދުވަސް ކޮޅެކެވެ.
ބޮޑުއީދުގެ 3ވަނައަށް ވާ ދުވަހަކީ މާލިނެރޭ ދުވަހެވެ. ޔުމްނު ޔުމްނުގެ މަންމައާއި އެއްކޮށް މާލި ނެރޭތަން ބަލާލަން ބޭރަށް ނިކުތެވެ.ޔުމްނުމެންނަށް ނިކުމެވުންއިރު މާލިތަށް ބަނދަރާ ފަޅިއަށް ދަނީއެވެ. ޔުމްނުމެންވެސް ބަނދަރަށް ދިޔައެވެ. ބަނދަރުގައި ތިއްބައި ކުއްލިއަކަށް ދެލިމާލިތަށް މީހުންގައިގައި ދެލިހާކަން ދުއްވައިގަތެވެ.
ޔުމްނު ހުރީ ތަންކޮޅެއް ދުރުގައިކަމުން ޔުމްނު ހީކުރީ ދެލިމާލިތަކަށް ޔުމްނު ނުފެންނާނެ ކަމަށެވެ. އަދި އެހެން ހުރެފައި އެކި ދިމަދިމާލަށް ކަޅި އުކަމުން ދަނިކޮށް ޔުމްނުއަށް ފެނުނީ ރީތި ހިނިތުންވުމަކާއި އެއްކޮށް ކުޑަކުޑަ2 ކުދިން އުރާލައިގެން ހުރި އިރުމްއެވެ.
އިރުމް ހީލައިފައި ހުރިގޮތް ފެންނަ ކޮންމެ އަންހެންކުއްޖެއްގެވެސް ހިތް ކަތިލެވޭނެކަން ގައިމެވެ. ހަމަގައިމުވެސް ޔުމްނުގެ ހިތް އިރުމް ކަތިލައިފިއެވެ.
ޔުމްނުއަށް އިރުމްއާއި ދިމަނޫން އެހެން ދިމާލެއް ނުބެލެއެވެ. އެއީ ހާދަހާވާ ޖާދުވީ ހިނިތުންވުމެކެވެ.
ކުއްލިޔަކަށް ޔުމްނު ސިއްސައިގެން ގޮސް ހަޅޭލަވައިގަނެވުނީ ޔުމްނުގެ ފުރަގަހުން މީހަކު އައިސް ޔުމްނު ގައިގައި އޮޅުލައިގަތުމަށްފަހު މޫނުގައި ދެލި އުނގުޅުމުންނެވެ. ޔުމްނު ގައިގައި ދެލި އުނގުޅީ ޔުމްނުގެ ކަޒިން ބޭބެއެކެވެ.
ޔުމްނު ޔުމްނުގެ ބޭބެއާއި ދިމާލަށް ބަލާލާފައި ތުން ދަމާލިއެވެ. އަދި ހޭއަރުވާލަނަމޭ ބުނެ ބޭބެ ފަހަތުން ދުއްވައިގަތެވެ. ނަމަވެސް ޔުމްނުއަކަށް ޔުމްނުގެ ބޭބެ އަތެއް ނުޖެހުނެވެ. ދެން ޔުމްނު ދުވުން ހުއްޓާލުމަށްފަހު މާލި ކުޅެ ނިމުމުން މަންމައާއި އެއްކޮށް ގެޔަށް ދިޔައެވެ.
ޔުމްނު ޔުމްނުގެ ހުރިހާ ސިއްރެއް ހިއްސާކުރަނީ ޔުމްނުގެ ދޮންބެއަށެވެ. ޔުމްނު ދޮންބެ ކައިރީ އިރުމް ވާހަކަ ބުންޏެވެ. އަދި އިރުމްގެ ނަމްބަރ ދިނުމަށްވެސް ބުންޏެވެ. ދޮންބެ ޔުމްނުއާއި ވަރަށް ދިމާކުރިއެވެ. ކުރިން ޔުމްނު އެހާ ނަފުރަތް ކުރާ މީހަކަށް ޔުމްނުގެ ހިތް ދީގެން އުޅޭތީއެވެ.
އާނއެކެވެ! އިރުމްއަކީ ޔުމްނު ކުރިން ވަރަށް ރުޅިއަންނަ މީހެކެވެ. ސަބަބަކީ ސިނގިރޭޓް ބޯތީއެވެ.
ނަމަވެސް މިއަދު މިވަނީ ނަފްރަތް ލޯތްބަށް ބަދަލުވެފައެވެ. ޔުމްނު ހިތަށްއެރިއެވެ. “ނަފްރަތަކީ ލޯބީގެ ފެށުމޭ” މީހުން ބުނެ އުޅެނީ ހަމަތެދެއްވީމަތާއެވެ!
އަނެއް ޕާރޓަށް އިންތިޒާރް ކޮއްލައްވާ!
5 Comments!
Comments are closed.

Vaahakaage ehbaa nufeney alun submit kohdhyba varah Kiyaahithun mihury
E thedheh
Vrh bodu thedeh ehba nufene
Veehaavx avahakah e araafa in error rangalhu kohleveytho balaanan insha allah
Yesss!..thank u….anyways hope this story will be beautiful……keep it up….gud luck