Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ވޭން

unkown Level 1
September 17, 2020 2 Mins Read
5 Comments

ފަތިސް ނަމާދަށް ތެދުވި ގޮތަށް އަދި މިއުޅެނީ ހިންދަމައި ނުލެވިގެންނެވެ. ފިރިމީހާ ވަޒީފާއަށް ދާންވާއިރަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ގޭދޮށް ކުނިކަހާ ގޭތެރެ ފޮޅާ މޮޕްކުރުމުގައެވެ. ނުވިތާކަށް ގޭގެ އެންމެނަށް ސައި ތައްޔާރު ކުރުމަކީ އަހަރެންގެ ދުވަހީ ތާވަލުގެ އެންމެ ކުރިއަށް އަންނަ އެއްކަމެވެ. އެހުރިހާ ކަމެއް ކޮށް ނިންމާލެވޭ އިރު ވަޒީފާއަށް ދާން ތައްޔާރުވާން އަހަންނަށް ލިބޭނީ ވިއްސަކަށް މިނެޓެވެ. ސައިކަލު ދުއްވަން ފިރިމާހާ ދަސްކޮށްދިން ކަމީ އަހަންނަށް ލެއްވި އެންމެ ބޮޑު ނަސީބެވެ. އެހެން ނޫންނަމަ ކޮންމެ ދުވަހަކީ އޮފީހަށް އަހަރެން ގަޑި ޖެހޭނެ ދުވަހެކެވެ.

ވަރަށް އަވަސްކޮށް ފެންވަރާލާގެން ނިކުމެ ތައްޔާރުވާން ހުއްޓުނު އިރު ފިރިމީހާ ތައްޔާރުވެ ނިމިއްޖެއެވެ. ތައްޔާރުވާން ލޯގަނޑު ކައިރިއަށް ހުއްޓި އަމިއްލަ މީހާ ފެނުމުން ހުދު އަމިއްލަ ނަފްސަށްވެސް ގަބޫލު ނުކުރެވުނު. ލޯގަނޑުން ފެންނާން އެހެރީ އަހަރެން ކަމާމެދުވެސް އަހަންނަށް ޝައްކެވެ. ލޯކައިރި ކަޅުވެ ވަށައިގެން ކަޅު ދާއިރާއެއް ލެވިފައި ވީއިރު މޫނުމަތިން ހީވަނީ ތިން ހަތަރު މަސް ވަންދެން ބަލި އެދުގައި އޮތް މީހަކު ހެނެވެ. ރީތި ވަރަކަށް ފަލަވެލައިފައި ހުރި އަހަރެން މިހާރު ހީވަނީ ކާޑުބަލި ޖެހިފައި ހުރިހެންނެވެ. ތުންފަތުގައި ތެތް ކަމެއް ނެތްއިރު ފެންމަދުވެ ތުންފަތް ވަނީ ފަޅަފަޅާގެން ގޮސްފައެވެ. ހުއްޓާނުލާ މަސައްކަތް ކޮށްކޮށް އެއްއިރެއްގައި މަޑު މަޑުކޮށް ހުރި އަތާއި އިގިލިތަށް މިހާރު ހުރީ ހަންގަނޑު ބޯވެ ފަޅަފަޅާގެން ދާން ކައިރި ވެފައެވެ. މާއިޒުއާއި އިނދެގެން މިގެއަށް އައިއިރު އަހަރެން ހުރި ގޮތާއި މިވީ އެއްއަހަރު ތެރޭ އަހަންނަށް އައިސްފައި ހުރި ބަދަލު ފެނިފައި އަމިއްލަ މީހާ އާއި މެދު ފަރުވާކުޑަ ކޮށްލެވުނު ވަރު އަހަންނަށް އިހުސާސް ކުރެވި މާޒީ އާއިމެދު ވިސްނާލަން މަޒުބޫރު ކުރުވާފިއެވެ.

ވަޒީފާއަށް ސަލާން ބުނެފައި، ވެފައި ހުރި ވަރުބަލި ކަމާއި އެކު އެނދަށް ވެއްޓިގަތީ ގަޑިއެއްގެ އިރުވެސް ނިދާލެވޭނެ ކަމަށެވެ. އެހެނަސް ކިންގް ސައިޒު އެނދުގެ ދިމާ މަތިން ފާރުގައި ހަރުކޮށްފައި ހުރި އެކި ވަރުގެ ތަސްވީރުތަށްފެނި ނިދި މާދުރަށް ދަތުރު ކުރި ކަހަލައެވެ. އެއީ އަހަންނާއި މާއިޒު ހަތް އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނި ކުރި ދުވަހު ރީތި ހުދު އަތިރި މަތީ ބޭއްވި ބޮޑު ޕާޓީގެ ތެރެއިންނާއި އަދި އޭގެ ފަހުން ހުޅުމާލޭގައި ނެގި ފޮޓޯ ތަކުގެ ތެރެއިން ފުރޭމް ކުރެވިފައިވާ ތަސްވީރު ތަކެވެ. މާއިޒުގެ ދެލޮލުން އެފެންނަ ލޯބި އަދިވެސް ހަމަ އެތާޒާކަން މަތީ އަހަންނަށްޓަކާ ލިބޭކަން އިތުރު މީހަކު އަހަންނަށް ބުނެދޭކަށް ނުވެސް ޖެހޭނެއެވެ. އެއީ ދުނިޔެއިން ކޮންމެ މީހަކުވެސް ލިބުމަށް އެދޭނެ ކަހަލަ ފުރިހަމަ އިންސާނެކެވެ. އެހެންވީއިރު އަހަންނަށް މަދުވީ ކޮންކަމެއް ހެއްޔެވެ. މިވީ އަހަރެއްހާ ދުވަސްތެރޭ އަހަރެން ބަރުދާސްތުކުރި ހިތްދަތި ދިރިއުޅުމާއި އެ ވޭންތަށް ފަހަރުގައި މާއިޒުއަށް ނޭންގެނީ ކަންނޭނގެއެވެ. ނޫނީ މާއިޒުގެ މައިންބަފައިންގެ ފަރާތުން އަހަންނަށް ކުރިމަތިވި ހިތްދަތިކަމާއި މާއިޒްގެ ބޮޑަށް ތިބި ދެ ބޭބެއިންގެ އަބިންގެ ފަރާތުން އަހަންނަށް ކުރިމަތިވި ތުރާތަށް އަދިވެސް ހަމަ އެގޮތުގައި އޮތްކަން އިނގި ހުރެވެސް މާއިޒަށް ކުރެވޭނެ ކަމެއް ނެތީ ކަންނޭނގެއެވެ. އަހަންނަށް ލިބުނު އެންމެ ބޮޑު ހިތްދަތި ކަމަކީ އެމީހުން އަހަރެން ބަލައިނުގަތް ކަމެވެ. ކައިވެއްޏަށްފަހު އަހަރެން އުންމީދުކުރި ދިރިއުޅުން މާދުރަށް ގޮސް އޮބާލިތާ މިހާރު ކިންތަންމެ ދުވަހެއް ވެއްޖެއެވެ. އެމީހުންގެ ނޯކަރަކަށްވެގެން މުޅި އުމުރު މިގޮތަށް ހޭދަ ނުކުރެވޭނެކަން އިނިގި ހުރެވެސް ކެތްތެރި މިވަނީ ހަމަ ކޮންމެވެސް ދުވަހަކުން ހުރިހާ ކަމެއް ބަދަލުވާނެ ކަމަށެވެ. (ނުނިމޭ)

Share Article

Follow Me Written By

unkown

Level 1

Its real. Lets be aware that violence do happen..

Other Articles

Previous

ލޯބިވާއޭ 5

Next

ތިއީއޭ މިހިތުގެ މަންޒިލަކީ..(6 ، 7)

Next
September 17, 2020

ތިއީއޭ މިހިތުގެ މަންޒިލަކީ..(6 ، 7)

Previews
September 17, 2020

ލޯބިވާއޭ 5

5 Comments!

  1. Ram says:
    September 17, 2020 at 1:01 pm

    Maasha allah vaahaka vvv reethi ekamaku thankolheh kuree?????? next part digu kohlaathi engy

    1. unkown says:
      September 19, 2020 at 4:50 pm

      thanks all..this is my very first story..i have submitted senond part..do read and comment..XOXO

  2. unknown queen says:
    September 17, 2020 at 6:42 pm

    Salhi?
    Whn next??

  3. Anonymous says:
    September 17, 2020 at 9:06 pm

    Warah warah salhi
    Heekuran next part awahah up kohla dheyne kamah

  4. Love says:
    September 19, 2020 at 8:52 pm

    Varah salhi

Comments are closed.



All Right Reserved!