ރިންގު ޓޯން
އަހަރެންނަށް ހޭލެވުނުއިރު އަހަރެން އޮތީ ދާހިއްލާ ފޯވެފައެވެ. ރުޅިއައިސްފައި ސީލިންގާއި ދިމާލަށް ބަލާލީ ފަންކާގެ ދުވަސް ދުއްވާލާނަމޭ ހިތައެވެ. ފަންކާ ހުއްޓިފައި ހުރުމުން ކޮއްކޮގެ ކަމަކަށް ހަދާފައި އަހަރެން ދޮރުކައިރީގައި ހަރުކޮއްފައި ހުރި ފަންކާގެ ޑިމަރާ ދިމާލަށް ދިޔައީ ކޮއްކޮއާއި ދިމާލަށް ހިތާހިތުން އެއްޗިހި ކިޔަމުންނެވެ.
” ސިޓް..! ކަރަންޓެއް ނެތް..! ” އައި ރުޅީގައި އަހަރެންނަށް ބާރު އެތިފަހަރެއް ޖަހާލެވުނީ ކޮޓަރީގެ ފާރުގައެވެ. އަތަށް ދަތުވި ނަމަވެސް ކައިރީގައި ހުރި ގޮޑީގައި އަޅުވާފައި އޮތް އަހަރެންގެ ބުރުގާ ބޮލަށް ހެޔޮވަރު ކޮއްލައިގެން ބޭރަށް ނިކުތީ ކަރަންޓަށް ވީގޮތެއް ބަލާލުމަށެވެ. ” މަންމަ އަހަރެންނަށް ހާރުކާންވެސް ގޮވާނުލަނީތަ..؟ ” ސިޓިންގްރޫމްގައި ހުރި ގަޑި ފެނިފައި އަހަރެންނަށް ހުއްޓެވުނެވެ.
އަހަރެން ދިޔަގޮތަށްގޮސް މަންމަމެންގެ ކޮޓަރީގެ ދޮރުގައި ދެފަހަރަކަށް ޓަކިޖަހާލަމުން ގޮވާލީއެވެ.
” މަންމާ…! މަންމާ..! ” އަހަރެން ގޮވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަންމަ އައިސް ދޮރުހުޅުވާލިއެވެ. އޭރު މަންމަގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ.
” ދަރިފުޅާ..! މަންމައަށް މިހޭލެވުނީ…! މާމަ ނާދޭ ދޯ ރޭގައި ހާރުކާން ގޮވާކަށްވެސް…! ” އޭރު މަންމަގެ ދެލޮލުގެ ކަޅިއެއްކޮއް ފެންނަން ހުއްޓެވެ. އަހަރެންނަށް ބަނޑުގައި އަތްހާކާލެވުނީ އޭރުވެސް ބަނޑުފައިވެފައި ހުރުމުންނެވެ. ކުރީދުވަހު ރޯދަވިއްލިގޮތަށް އިތުރުއެއްޗެއް ނުކައި އަހަރެން ހުރީވެސް ހާރުގަޑީގައި ރަނގަޅަށް ކާލާނަމޭ ހިތައެވެ.
” ދެން މަންމަ ކީއްކުރަންތަ ކޮންމެ ރެއަކު ހާރުގަޑީގައި މިހާ ދުރަށް ހިނގާފައި ތިއަންނަނީ…! މަންމަ މިހާރުވެސް ތިއުޅެނީ ނުލާހިކު ބަލިވެ…! ” އަހަރެންގެ ހަނދާނަށް އައީ ކުރީދުވަހު މަންމަ މާމައާއި ދިމާލަށް ބުނިބަހެވެ.
މާމަ ކޮންމެ ރެއަކު މަންމައަށް ގޮވަން އަންނާތީ އެކަމާ ހިތްހަމަ ނުޖެހިގެން އެގަޑީގައި ނައުމަށް ތަކުރާރުކޮއް މާމަ ގާތުގައި މަންމަ ބުނެގެން މާމަ ނައިމަ ވީވަރަކީ މިއީއެވެ. ގަޑިން މެންދުރުން އަނބުރާ ދޭއްޖެހިއިރު އަހަރެންގެ ގައިގައި ހިރިލާނެވަރުވެސް ނެތިގެން އަހަރެންއޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އެހެން އޮތްއިރު އަހަރެންނަށް ކޮޓަރީގެ ފާރުގައި ހަރުކޮއްފައި ހުރި ބޮޑުގަޑިއަށް ބެލުނު އަދަދެއްވެސް ނޭގެއެވެ. މީގެ ކުރިން އެގަޑިއަކީ ނުލާހިކު އަވަހަށް ހިނގާ ގަޑިއެވެ. ގޭގައި ހުންނަ ވޮށިންމެސަނުގެ ބުރަފައްޗައްވުރެ އެންމެ ތަންކޮޅެއްވެސް ދެރަނުވާނެއެވެ. އެކަމަކު މިއަދު ފިނިހަކެއް ފަދައެވެ. އަދި މިކަހަލަ ދުވަހެއްގައި ނޫނީ ކަރަންޓުވެސް ކެޑޭކަށް ނޭގޭނެއެވެ. މަރުވެފައި އޮތް މައްޔިތެއް ފަދައިން ހިރިވެސްނުލާއޮވެ ގަޑިއާއި ދިމާލަށް ފަތިވަރު ގޮވަމުން އަހަރެން ދިޔައީމެވެ.
ހަތަރެއް ޖަހާލިހާއިރު ކަރަންޓު ލިބުމުން ފެންވަރާލައިގެން އަހަރެން ސިޓިންގްރޫމަށް ނިކުމެއިނީ ޓީވީ ބަލާށެވެ. ފަހަރަކު ޗެނަލެއް ބަދަލް ކުރަމުން ދިޔައިރު ކޮއްކޮ ތަންކޮޅެއް ދުރުގައި ހުރި ގޮޑިއެއްގައި އޭނަގެ ފޯނާކުޅެން އިނެވެ. މަންމަ އާއި މާމަ އަވެދިނެތި ބަދިގެ ތެރޭގައި އުޅެއެވެ. ބައްޕަ ބޮޑުބެމެންނަށް ރޯދަވިއްލަން ދައުވަތުދީފައި އޮތުމުން ބޮޑުބެވެސް ފަސްގަޑި ބައިކަންހާއިރު އައިސްފިއެވެ. އިރުކޮޅެއްނުވެ އަހަރެންނަށް އިވުނީ ބަންގިގޮވަން ފެށިއަޑެވެ. ބަންގިގެ އަޑުއިވިފައި ކާގެއާއި ދިމާލަށް އަހަރެންނަށް ދެވުނީވެސް ދުވެފައެވެ.
އަހަރެން ދިޔަގޮތަށްވެސް ކަރާފަނިތައްޓެއް ތުނބުގައި ޖެހިގޮތަށް ހުސްކޮއްލީމެވެ. އެމަންޒަރު ފެނިފައި ބައްޕަގެ ދަތްދޮޅި ހީވީ ވެއްޓި އުނގުގައި ޖެހުނުހެނެވެ. ކޮއްކޮވެސް އެއްފަހަރު އޭނަގެ ފޯނަށް އަނެއްފަހަރު އަހަރެންނަށް ބަލަހައްޓައިގެން އިންއިރު ހީވަނީ އަޖައިބެއްފެނި އަންތަރީސްވެފައި އިންހެނެވެ. އަހަރެން ދުވެފައި ދިޔަ އަޑަށް ބަދިގެއިން ނިކުތް މަންމައާއި މާމަގެ އިތުރުން ބޮޑުބެގެ ހާލަކީވެސް އެއީއެވެ. ކޮއްކޮ އޭނގެ ފޯނަށް އައި ކޯލު ބިޒީކޮއްލުމުން ބަންގީގެ އަޑުވެސް ވަގުތުން ކެޑިއްޖެއެވެ. ކަންތައްވި ގޮތް ރޭކާލުމުން ލަދުން އަހަރެންނަށް ނުރޮވުނީ ކިރިޔާއެވެ. އަހަރެން ބަލާލިއިރު ކޮއްކޮ ފާޑަކަށް ހެވިފައި އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ކޮއްކޮ ފޯނުގެ ރިންގު ޓޯނުގެ ސަބަބުން ހުރިހާ ލަނޑެއް މިލިބުނީ އަހަންނަށެވެ.
21 Comments!
Comments are closed.


Joke eh dho. Hamagaimuves storyakaa vahthareh noon.btw nyc joke.
V majaa….. ekamaku asluvx vaahaka ehtha mee????
haadha kahnneh kuhjekey dhw ulheny..mamma aa maama badhigeyga ulhey iru ves tv balan..
Hehe hyhy halaak, v rangalhu vaane a level ge dhivehi kiuavaa kudhinnah mi kahala ehchi, smaasa adhabu liyan hes kiyaafa salhi.. thnxx
Mi kiyan iniru Mi hithah araneee samaasaaa adhabakah rangalhu vaaanEy… Ekam Mihaaaru test ves nimihje viyya
Varah foohiVefa hutta thi hevvaaly …
vvv majaa…by the way mee hama hageegee vaahakaehttha?
hahaha….v maja hyhy bandu goh laifi….nice joke..looking for more jokes n stories from u…. keep it up…
Vrh majaa… He he hee…
Ehvex majaleh noon :-/
mi nimuneetha… adhi onnaanetha eh bai.. konmeakas varah entertain vehjje…
V majaa ..heehee halaak
Nyc joke bt catogaryga y loabi jahaafa
salhi
Hehehe majaadhow
P-: nice one ..hehe
nice
Nyce joke…
Adhi meege baivaru jokes liyaane Jonah ummeedh kuran……
Hahaha
V.majaa;-)
Shalhi joke eh
Salhi varen ????
Very funny