މީހުންގެ ތޫނު ނަޒަރު ޝައިން އަށް ހުއްޓިފައި ވާކަން ހުދު ޝައިން އައްވެސް އިހްސާސް ވިއެވެ. އެންމެންގެ ލޯތައް އަމާޒުވާން ފެށުމުން އުދަނގޫ ވެގެން ޝައިން ދާން .އެނބުރިލި ވަގުތު ފެނުނު މަންޒަރުން ނޭވާ އެތެރެ ހަށީގައި ތާށިވިކަހަލައެވެ
ކަޅުކުލައިގެ އަތް ދިގު ގަމީހަކާއި ވޭނި ބްލޫ ކުލައިގެ ސްކިނީގައި ސުނާމީ ބިނާއަށް ވަދެގެން އެ އަންނަނީ ޝިބާން ނޫން ދެވަނަ މީހެއް ނޫނެވެ. ކަނދުރާއައްވުރެ ތިރިއަށް ހުރި އިސްތަށި ގަނޑު ކިރިޔާ ކަނދުރާގައި ޖެހޭ ވަރަށް ކޮށާލާފައި ވެއެވެ. އަތްދިގު ގަމީހުގެ އަތް އުޅަބޮއްޓައްވުރެ މައްޗަށް އޮޅާލާފައި އޮތުމުން އިތުރަށް ފިރިހެން ވަންތަ ކަމައް ދައްކައެވެ.
މަޑު ހިގުމެއްގައި ޝިބާން ހިނގާލާފައި އައިސް ޝައިން ގާތައް ހުއްޓެލި އިރު ވެސް ޝައިން ހުރީ އާޝޯހު ވެގެން ހުޅުވުނު އަނގަ ލައްޕާލަންވެސް ނޭނގިފައެވެ. ” ވާއު… ޔޫ ލުކް އޯސަމް ޓުނައިޓް… އަސްލުވެސް ވަރަށް ރީތި!!!… ” ޝިބާން ބުނެލިއެވެ.. ކަޅު ކުލައިގެ ތިރި ފުޅާ ހެދުމުގައި ހަގީގަތުގައިވެސް ޝައިން ފެންނަނީ ހަމަ ޕަރީއެއް ފަދައިންނެވެ. ލޮލުގައި އަޅާފައިހުރި އަދުން ފިޔަވާ އިތުރު މޭކްއަޕް އެއް ނެތް އިރުވެސް އެ މޫނު މަތީގައި ވަނީ އެންމެން ގެ ހިތް އަތުލާ ފަދަ ރީތި ކަމެކެވެ.. ” ޝިބާން ވެސް ވަރަށް ހެންޑްސަމް މިރޭ…” ނުކިޔަމަންތެރި ކަމާއެކު ޝައިންގެ މޫނުމަތީގައި ބޮސްދެމުންދިޔަ އިސްތަށި ތައް ރަނގަޅު ކޮއްލަމުން އިސްޖަހާލުމާއެކު ޝައިން މުހާތަބު ކުރި ގޮތް ޝިބާން އަށް ވަރައް ކަމުދިޔައެވެ..
ހޫމް ދެންބުނެބަލަ… ކީއްކުރަންތަ އެހާވަރަކުން ދިމާކުރަން އުޅުނީ… ކަމެއް ވީތަ އަނެއްކާ…” ސުނާމީ ބިނާގެ ބުރު މަތީގައި އިށިންދެލަމުން ޝައިން ޝިބާން އާއި ސުވާލު ކޮއްލިއެވެ… ” ޝައިން އަހަރެންނާއެކު ތަނަކަށް ދާން ކެރޭނެތަ؟ ޕްލީޒް ނޫނެކޭ ނުބުނާތި…” ޝިބާން ޝައިންގެ އަތުގައި ހިފާލަމުން އެދުނެވެ. ޝައިން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމާއެކު ޝިބާން ޝައިންގެ އަތުހިފާލައިގެން ގެންގޮސް ކާރައް އެރުވި އިރު ތުންފަތެގައި ވަނީ ކާމިޔާބުގއ ހިނިތުންވުމެކެވެ.
ޝިބާން ކާރައް އަރާ ދުއްވާލުމާއެކު ޝައިންވެސް ހަމަޖެހިލައިގެން ކާރުގެ ޝީޓްގައި ލެގިލިއެވެ. 15 މިނިޓްގެ ދަތުރަކަށްފަހު ގްރޭ ކުލައިގެ ޕްރައިވެޓް ކާރު މަޑުކޮށްލީ 10 ބުރީގެ ބޮޑު އިމާރާތެއް ކައިރިއަށްށެވެ. ކާރު ގޭޓުތެރެއަށް ވަނުމާއެކު އެކިފަރާތުގައި ހަރަކާތްތެރިވަމުންދިޔަ ނޯކަރުންތައް މަޑުޖެހިލިއެވެ. އަދި އެތަނުން ނޯކަރެއް އައިސް އެ ދެމީހުން ނިކުންނަން ދޮރުހުޅުވާލަދިނެވެ. ވާނުވާ ނޭނގި ޝައިން އަށް ބަލާލެވުނީ ޝިބާންގެ މޫނައްށެވެ. ޝިބާން ލުއި ހިނިތުންވުމެއް ތުންފަތައް ވެރިކުރުވަމުންޝައިންގެ އަތުގައި ހިފައިލިއެވެ. “ޝައިން… އަދި އެއްކަމެއް ކޮއްދީފާނަންތަ؟ ޕްލީޒްލޯމަރާބަލަ… ޝިބާން ބުނީމަ ލޯ ހުޅުވާނީ.. ޕްލީޒް…” ޝިބާން ޝައިން ގެ މޫނައް ބަލާލުމައްފަހު ބުނެލިއެވެ. އަދި ޝައިންގެ ލޯމަތީގައި ރަތްކުލައިގެ ފޮތިކޮޅަކުން ލޯމަތީގައި ބަނދެލިއެވެ. އެއަށްފަހު ބިލްޑިންގެ ތެރެއައް ވެއްދުމައްފަހު ލިފްޓައް އެރުވިއެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓެރެސް މައްޗަށް ލިފްޓް މަޑުކޮއްލިއެވެ. މަޑު ހިގުމެއްގައި ޝިބާން ޝައިންގެ އަތުގައި ހިފާލައިގެން ހިގަމުންގޮސް ޓެރެހުގެ މެދެއްހާ ހިސާބު މަޑުކޮއްލިއެވެ. އަދި ޝައިންގެ އަތުން ދޫކޮއްލިއެވެ. “ޝިބާން … ދެން އޯކޭތަ ފޮތިގަނޑު ނައްޓާލިޔަސް..” އެހެން އަހާލުމާއެކު ޝައިން ލޮލުގައި އަޅާފައިވާ ފޮތިގަނޑު ނައްޓާލިއެވެ..
ޝައިންގެ އަތްފައި ފިނިވެ ހަށިގަނޑުގައި ލޭ ހިގުންވެސް ހުއްޓުނުކަހަލައެވެ. އަވަސް އަވަހައް އެސްފިޔަ ޖަހާލެވުނީ ލޯކުރިމަތިން ފެންނަމުންދިޔަ މަންޒަރު ގަބޫލަ ކުރަން އުނދަގޫ ވީތީއެވެ. ރަތާ ހުދުގެ ކުދި ބޮކިތަކުން މުޅި ރެއިލިން ޖަރީކުރެވިފައި ވާއިރު އެލުވިފައިވާ ޕޮޓްތަކުގައި ހައްދާފައިވާ ރީތި މާތަކުން ދުވާ މީރުވަސް މުޅި ޓެރަސް ވަނީ އެއްވަސް ވެފައެވެ. މުޅި މާހައުލް ގެ ރީތި ކަން އިތުރައް ފުރިހަމަ ވަނީ ދުރުން ފެންނަމުން ދިޔަ ބޮޑު ހަނދުގެ ސަބަބުންނެވެ.. ޝައިން ހުރީ ނޭވާލާންވެސް ހަދާން ނެތިފައެވެ..
ހ”ޝައިން… ވިލްޔޫ ބީ މައި ގާރލް.. ޕްލީޒަ… އައި ރިއަލީ ލަވްޔޫ…” ޝައިން ފަސް އެބުރި ބަލާލީ ފަހަތުގައި ހުރި ޝިބާން އިއްވައިލި ބަސްކޯޅު ގަބޫލް ނުކުރެވިގެންނެވެ. މާނަ ފޮން ބެލުމަކުން ޝައިން ޝިބާންގެ މޫނައް ބަލާލިއިރު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ޝައިންގެ ހިތުގައި އެތަކެށް ސުވާލެއް އުފެދެމުން ދިޔައިރު ޝިބާން ހީވަނީ އެ ހުރިހާ ސުވާލައް ތައްޔާރު ވެގެން ހުރިހެންނެވެ.
ލ”ޝައިން ހިތަށް އަރާފާނެ އަހަރެން މިހެން މި ބުނީ މަޖަލަކަށޭ… ބަޓް ޓްރަސްޓް މީ.. އައި ރިއަލީ ޑޫ ލަވް ޔޫ… ޕްލީޒް އަހަރެން ބޭނުމީ ޝައިން އަހަރެންގެ މީހަކައް ވާން.. އަހަރެނަ ފުރާނަ ފަދައިން ޝައިން ދެކެ ލޯބިވޭ.. . ނޭގެ ކީއްވެކަމެއް މިހެން މިވީ… އެކަމް ޝައިން ފުރަތަމަ ދުވަހު ފެނުން ފަހުން ތިނޫން ސޫރައެއް މި ހިތަކައް ނާދެ.. ތި އަޑު އިވޭ ކޮންމެ ފަހަރަކު ހިތުގައި މީހަކު ފިރުމާ ފަދަ އިހްސާސެއް ކުރެވޭ.. އަބަދު ބޭނުންވޭ ދެކެން.. އަބަދު ތި އަޑު އަހާ ހިތްވޭ.. ތި ނޫން މީހަކު ދެން އަހަރެން ބޭނުމެއް ނޫން…” ޝިބާން އޭނާގެ ހިތުގެ އުދާސް ތައް ބޭރުކޮށް ނިންމާލިއިރު އެ ދެލޯލުގައި ގިނަވަމުން ދިޔަ ކަރުނަތައް ނުކިޔަމަން ތެރި ކަމާއެކު އެ ރީތި ކޯތާފައި މައްޗައް އޮހިގަތެވެ. ޝިބާން އިސްއޮބާލުމައް މަޖުބޫރުވީ އެ ކަރުނަތައް ޝައިން އައް ފޮރުވަން ބޭނުންވީތީއެވެ.
ލ” ޝިބާން އައް އަހަރެންގެ ހުރިހާ ކަމެއް އެނގޭ ދުވަހުން އަހަރެން ބޭނުމެއް ނުވާނެ… އެ ދުވަހުން ތިވާ ލޯބި ނަފްރަތައް ބަދަލްވެގެން ހިގައިދާނެ.. ލޯބި މަތިން ފޫހި ވެދާނެ.. އަހަރެންގެ މޫނު ދެކެންވެސް ބޭނުން ނުވާނެ.. އެހެންވީމަ އެންމެ ރަނގަޅު ވާނީ ޝިބާން ތިހިޔާލް ދޫކޮއްލާފައި ޝިބާން އާއި ހަސަބާ ނަސަބުގެ ގޮތުން ގުޅޭ ކުއްޖެއް ހޯދިއްޔާ..” ޝައިން އަމިއްލަ ހިތް ކުދިކޮއް ކޮށާލަމުން ބަސްތައް އަމުނާލީ ހިތައް ކުޅަދާނަ ނުވެގެންނެވެ. ލޮލުން ފައިބަމުން ދާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އެތަނުން ނިކުމެގެން ދާން އަބުރާލިއެވެ.. އެމީހަކު ދެެކެ ހަޔާތުގައިވެސް ލޯބިވެވުނު މީހާ އަމިއްކައައް އައިސް ލޯތްބަށް އާދޭސް ކުރުމުން އެއަށް ފުރަގަސް ދެވުނީީ އަމިއްލަ ހިތާ ޝަކުވާ ކުރަމުން ޝައިން ކުރިއައް ފިޔަވަޅުއަޅަމުން ދިޔައެވެ.. ” ޝައިން ތި ބުނަން އުޅެ ހަގީގަތް އަހަރެންނަށް މާކުރިންވެސް އެނގެޔޭ ބުނެފިއްޔާ ދެންވެސް ދޭނީ ތި ދިން ޖަވާބުތަ؟… ” ޝިބާންގެ އެ ސުވާލާއެކު ޝައިން އަށް ހީވީ މީހަކު އޭނާގެ ބޯ މަޗަށް ބޮޑު ބަރެއް ވައްޓާލި ހެނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


i think u should check sunonline stories…..plz write dat much longer..btw story hama reehchey bunaany
Iiyaane echeh neygigen echeh liyelaa mi up kuranee. V foohivey kiyan fashaa 5 sec nuvanis nimry. U ah nuvanya stop it. Fake writers
story v reethi..but than kolheh kuru dhn faharakun digukoh liyaane kamah unmeedh kuran
Story v kuru but v nice mi story…keep it up
Kuru, ekm v v reeethi
Haadha kurey dhw…..
Story v nice ….v avahah up kohdhechey…
Ekam dhigukoh….v kiyaa hithun meenii
:)….!
Varah reethi ekamaku kuru
Vaahaka is awesome ….but thankolheh dhigukoh dhenfaharakun liyaane kamah
Ummeedhu kuran….. 🙂
Story kuru but it’s nice.. Keep it up .. Next part avahah up kurachey ( dhigukoh) .looking forward to the next part
vvv reethi ekamaku maakuree konme dhuvahakuves thankolhey up kolladheebala
alhe kobaatha mivaahaka liyaa kujjaa plz plz plz up kolladheebala vaahaka