އެކުގައިވާނަމޭ 3
މެންދުރު ނަމާދު ކޮއްގެން ކިޔާރާ ކޮޓަރިން ނުކުމެ ކައިލް ގޭގައި އުޅޭތޯ ބެލިއެވެ. ނެތްކަން ޔަގީން ކޮށްފައި ކައިލްގެ ކޮޓަރިއަށް ވަދެ އޭނާގެ ފޯނު ހިފައިގެން ނުކުތެވެ. ކުރާނެ މާބޮޑު ކަމެއް ނެތުމާއެކު މެންދުރު ކާން އެކަކު ވެސް އަދި ނާންނާތީ ކިޔާރާ ދިޔައީ ނައިނާ ކޮޓަރިއަށެވެ. ކޮޓަރި ދޮރުގައި ޓަކި ޖަހާލިތަނާ ނައިނާ ދޮރު ހުޅުވާލައިފި އެވެ.
“ވީ ހެވެންޓް މެޓް ބިފޯރ ޕާސަނަލީ. އައިމް ކިޔާރާ”. “އައިމް ނައިނާ” ނައިނާ ހީލުމަށްފަހު ސަލާމްކޮށްލިއެވެ. “އާރ ޔޫ ސެވެންޓީން؟” ނައިނާ ކިޔާރާ ކައިރީ އެނދުގައި އިށީނުމަށް އިޝާރާތްކޮށްލަމުން އަހާލިއެވެ. “ޔެސް މިދިޔަ ހަފްތާގަ ފުރުނީ” ކިޔާރާ ވަށައިގެން ނަޒަރު ހިންގާލަމުން ބުނެލި އެވެ. އެ ކޮޓަރި ވަނީ ނައިނާ ވަރަށް ރީތިކޮށް ތަރުތީބު ކޮއްލާފަ އެވެ. މަޑު އަޅި ކުލަ ލެވިފައިވާ އެ ކޮޓަރީގައި ވަނީ ހުދު ކުލައިގެ ފަރުނީޗަރެވެ. ޑަބަލް އެނދަކާއި، ދެދޮރުފަތް ލީ އަލަމާރި އަކާއި، ޑްރެސިންގް ޓޭބަލް އަދި ސްޓަޑީ ޓޭބަލް އެއް ހުއްޓެވެ. “ކޮބާ އާ ސްކޫލަށް ދާން ތައްޔާރުތަ؟” ކިޔާރާ އަހާލިއެވެ. “ޔެސް ބަޓް ނާވަސް” ނައިނާ ބޯ ޖަހާލަމުން ބުންޏެވެ.
ދެކުދިން ދާން ހަމަ ޖެހިފައިވާ ސްކޫލަކީ ވައިޓްމޯރ ހައި އެވެ. ދެކުދިންނަށް ވެސް މީ އޭލެވެލް ފަހު އަހަރެވެ. މީ ހައި ސްކޫލެއް ކަމުން އެތާ ކިޔަވައިދެނީ އޭލެވެލް އަށް އެކަންޏެވެ. ސްކޫލް އިންނަ ކޮމްޕައުންޑް ތެރޭގައި ވައިޓްމޯރ ކޮލެޖް ހުރެއެވެ. އައިޒަންއާއި ކައިލް ދަނީ އެ ކޮލެޖަށެވެ. އަދި މީ އެކުދިން ކޮލެޖަށް ދާ ފުރަތަމަ އަހަރެވެ. ކިޔާރާ ކުރިން ދިޔަ ސްކޫލުން ކެނޑި ވައިޓްމޯރ ހައި އަށް ބަދަލުވީ ކައިލް އާ ދެކުދިން އެއްތާކަށް ދާން ފަސޭހަ ވާނެ ތީ އެވެ. ނައިނާ އާއި އައިޒަން އެއްމެ ފަހުން ކިޔެވީ މާލޭގެ ސީއެޗްއެސްސީ އިންނެވެ. އައިޒަން އޭލެވެލް ނިމި ލިބުނު ސްކޯލާރޝިޕް ގައި އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ބޭނުން ގައުމެއްގެ ބޭނުން ކޮލެޖަކުން ކިޔަވަން ފުރުސަތު ލިބުމުން އިޙްތިޔާރު ކުރީ ވައިޓްމޯރ ކޮލެޖެވެ. ކޮލެޖަށް އެޕްލައިކުރުމުގެ ކުރިން ކައިލް އާ މަޝްވަރާ ކުރީ ކޮލެޖުގެ ފެންވަރު ރަނގަޅު ތޯ ބެލުމަށެވެ. އަދި ދެކުދިން އެއް ކޮލެޖަށް ދާން ބޭނުންވެގެން ނެވެ. އެޕްލައިކުރީ ހިތްހަމަ ޖެހޭ ވަރު ވުމުންނެވެ. ކޮލެޖާއި ހައިސްކޫލް އެއްތާކު ހުރުމުން އާއިޒް އައިޒަން އާއެކު ނައިނާ ފޮނުވީ ނައިނާ ވެސް ދާހިތުން ހުރުމުން ނެވެ.
“ކިޔާރާ ގެ ފެމިލީ މި ކޮޅަށް ބަދަލުވީ ކޮން އިރަކު؟” ނައިނާ އަހާލިއެވެ. “ދޮންބެ ގްރޭޑް އަށެއް ނިންމާފައި. އޭރު ކިޔާރާ އުޅުނީ ސެވަންގައި. އައިޒަން އާ ކައިލް އާ އޭރު ކިޔެވީ އެއްކޮށް. މި ކޮޅަށް ބަދަލުވި ފަހުންވެސް އައިޒަން އަށް ގުޅައި ޓެކްސްޓް ކޮއް ހަދާނެ. ބުނި އެވަރު ފްރެންޑެއް ދޫކޮށްލަން ހެޔޮނުވާނެ ނޫން ހެއްޔޭ.”ކިޔާރާ ހެމުން ކިޔައިދިނެވެ. ނައިނާ އަށް ކުރިން ކައިލް މާލެއިން ފެނިފައި ވެއެވެ. އެދުވަހު ކައިލް އައީ އައިޒަން ކައިރި އަށް އެއްޗެއް ބަލައެވެ. އެހެން އެކިވާހަކަ ދައްކަމުން ދަނިކޮށް ދޮރުގައި ޓަކި ޖަހާ އަޑު އިވިގެން ނައިނާ ދޮރު ހުޅުވި އެވެ. “ކިޔާރާ ވެސް މިތާގައި ދޯ. ދެކުދިން އާދެ ކާންދާން. އެހެން އެންމެން ފަށައިފި.” އަމީނާ އެހެން ބުނެފައި ހިނގައްޖެއެވެ. ނައިނާ ދާން އުޅެފައި މަޑުކޮށް ލިއެވެ. ”ވަން މޯ ތިންގް.. ތީ އަސްލު ބްލޮންޑް ހެއާރ އެއްތަ ނޫނީ ޑައި ކޮށްފަތަ؟“ ”މީ އަސްލު ބްލޮންޑް ހެއާރ. ވަރަށް ގިނަ ކުދިން އަހާ ތިހެން. ކިޔާރާ މަންމަ ފަރާތު މާމަ އަކީ ފްރާންސް މީހެއް. މާމަ ފަރާތުން ލިބުނު ކުލައެއް މީ“ ކިޔާރާ ޖަވާބު ދިނެވެ.
ކާންވެގެން ތައްޓަށް އެއްޗިހި އަޅައިގެން ގޮނޑީގައި އިށީންނަން އުޅުނުތަނާ ކާގެއަށް ވަތް ކިޔާރާ ފެނިފައި ކައިލް އޭނާގެ ދެލޮލާ ދިމާއަށް ދެ އިނގިލި ދިއްކޮށްފައި ކިޔާރާ ގެ ދެލޮލާއި ދިމާއަށް އިޝާރާތް ކޮށް ލިއެވެ. އެއީ އެމީހުން ކުޑައިރުއްސުރެ ބަދަލު ހިފުން އޮންނާނެ ކަން ބުނުމަށް ކުރާ ކަމަކެވެ. ”އޯކޭ! ވަރަށް ބިރު ގަނެއްޖެ.“ ކިޔާރާ ހީގަތެވެ. އައިޒަން އާއި ނައިނާ އިނީ އެ ދެބެން އުޅޭ ގޮތުން ހިނިއައިއްސަ އެވެ. އަމީނާ އާއި މާނިހު އަށް މީ އާ ކަންކަމެއް ނޫނެވެ. މެންދުރަށް ހަދާފައި ހުރީ ޓޮމާޓޯ ބަތެވެ. ރަހަ ވެސް އެހާ މީރެވެ.
”އޯކޭ ދޯ މިއަދު އައިޒަންއާ އެއްކޮށް ބޭރަށް ދިޔަސް ތަންތަން ބަލާލާ ހަދަން. ތަންކޮޅެއް ގިނަ އިރު ވެދާނެ. އެހެންވެ މި އަހާލީ.“ ކައިލް ކެއުމުގެ ތެރެއިން ބުންޏެވެ. ”އޯކޭ. ކިޔާރާ އާއި ނައިނާ ވެސް ގެންދަން ވާނެ.“ މާނިހު އެހެން ބުނުމާއެކު ކިޔާރާ ވަގުތުން ޔެސް އޭ ބުނެލި އެވެ. ”ކަންތަކާ ޖެހުނީ“ ކައި ނިމިގެން އަތް ދޮންނަން ހުރެފައި ކައިލް ބުންޏެވެ. އޭރު އެންމެން ކަހަލަ ގޮތަކަށް ކައި ނިމިއްޖެއެވެ އެވެ. މާނިހު އަވަސްއަރުވާލައިގެން ދިޔައީ އޮފީހަށެވެ. ”އޯކޭ އެންމެން 4 ގަޑި ބަޔަށް ރެޑީ ވާތި. ކިޔާރާ ލަސްވެއްޖެޔާ މަޑެއް ނުކުރެވޭނެ އިނގޭ“ ކައިލް ލާނެތް ހިނިގަނޑަކާއެކު ކައިލް ބުންޏެވެ. ނައިނާ އާއި އައިޒަން އޭރު ތިބީ އާއިޒްއާއި އަމީލިޔާއަށް ވީޑިއޯ ކޯލް ކޮއްގެންނެވެ. ކޯލް ނިމުމުން ދެކުދިން ދިޔައީ މިއަދު ހަވީރު ބޭރަށް ދިއުމުގެ ކުރިން ކުޑަކޮށް ނިދާލާށެވެ. ކައިލް އާއި ކިޔާރާ ވެސް ދިޔައީ އެމީހެއްގެ ކޮޓަރި އަށެވެ.
2 Comments!
Comments are closed.

Wow vv salhi Inge??
Kn iraku next part genesdeniii…… Varah reethi..next part thankolheh dhigu kohlahchey ?