ލޯބިންއެކުގާ (12)
ޒަޔާންގެ ލޮލުން އަލިފާންކަނި ބުރަމުންދިއައެވެ. ހަލުވިފިޔަވަޅު ތަކެއްގައިގޮސް ކޮޓަރިއަށް ވަނެވެ. އައިނާދުވަމުން އައިސް ޒަޔާންގެ އަތުގައި ހިފާލުމުން އަތްފޮޅުވާލީ އައިސްފައި ހުރި ރުޅީގެ ސަބަބުންނެވެ. އައިނާ އެހެންމީހަކާ އެހާކައިރީ ހުރުމުން ޒަޔާންއަށް ކެތްނުވީއެވެ. ޒަޔާން އައިނާއަށް އިހުތިރާމުކުރުމުގެ ގޮތުން އައިނާގައިގައި އަތްވެސް ނުލައެވެ. އެހެނަސް އައިނާގޮސް ހުރީ އެހެންމީހެއްގެ އަތުތެރޭގައެވެ. އައިނާ ޒަޔާންއާ ކައިރިވެލިއެވެ. ކަރުނުން ފުރިފައިހުރި ލޮލަކުން ޒަޔާންއަށް ބަލަމުން ވާހަކަ ދެކެވޭތޯ މަސައްކަތް ކުރިއެވެ. “ޒަޔާން ލިސެންޓުމީ.. އިޓްސް ނޮޓް ވަޓް ޔޫ ތިންކް އިޓްއިސް..” އައިނާ އަނެއްކާވެސް ޒަޔާންގެ އަތުގައި ހިފާލިއެވެ. ޒަޔާންގެ މޫނުމަތިން އެއްވެސް އެއްޗެއް އައިނާއަކަށް ނަގައެއް ނުގަނެވުނެވެ. އެހެންކަމުން ވާހަކަ ކުރިއަށް ގެންދަންވެސް އޭނައަށް އުނދަގޫވިއެވެ. “އައި ތޯޓް އިޓްވޯސް ޔޫ..” އައިނާގެ އަޑު އައީ ކެނޑިކެނޑިގެނެވެ. ޒަޔާންގެ ހިތުގައި ނުފިލާ ތަދެއްހުއްޓެވެ. އައިނާއަށް ބަލަންބޭނުން ނުވުމުން ޒަޔާންހުރީ އެއްފަރާތަކަށް ބަލައިގެނެވެ. އައިނާދައްކާ ވާހަކަ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ. އޭނާގެ ހަމަލޮލަށް ފެނުމުން އިތުރަށް ދެން ބުނެދެން އޮތީ ކޮންކަމެއް ހެއްޔެވެ.. އެހެނަސް އައިނާގެ ވާހަކަ އަޑުއެހުމަކީ އެންމެރަނގަޅު ކަމެއްކަމުގައި ޒަޔާންދެކެއެވެ. އައިނާއަކީ އޭނާއަށް ވަރަށް ހާއްސަ މީހެކެވެ. “އައި ވޯންޓް އޭން އެކްސްޕުލެނޭޝަން” ޒަޔާން ހުރިގޮތައް ހުރެ އައިނާއަށް ބަލައިވެސް ނުލާ ހަރުކަށިހަކާއެކު އަމުރު ކޮށްލިއެވެ. އައިނާއަށް ކުޑަކޮށް ހުއްޓުން އެރިއެވެ. އެހެނަސް އައިނާއަށް ލިބުނު ކާޑުދެއްކުމަށްފަހު ވެދިޔަކަންކަން ކިޔައިދޭން ފެށިއެވެ. ހަމަ އެވަގުތު އައިނާގެ ފޯން ރިންގުވިއެވެ. ޒަޔާން ނުރުހުންވެފައި އައިނާއަށް ބަލައިލިއެވެ. އެވަގުތު ފޯނަށްގުޅަމުންދިޔަ ނަމްބަރު ޒަޔާންގެ ލޮލުގައި އަޅައިގަތެވެ. އެނަމްބަރަކީ ކުރީދުވަހު އައިނާއަށް މެސެޖް ކުރި ނަމްބަރެވެ. އެދުވަހު އައިނާބުނީ އެނަމްބަރުން މެސެޖުކުރީ އޮޅިގެންކަމަށެވެ. އެހެނަސް މިހާ ދަންވަރު އެނަމްބަރުން ގުޅާނީ ހަމަ އޮޅިގެން ބާއެވެ. ޒަޔާން އައިނާގެ އަތުގައި އޮތް ފޯން އަތުލިއެވެ. އަދި ފޯނަށް ޖަވާބު ދިނުމަށް ފަހު ސުޕީކަރަށް ލިއެވެ. “އައި.. ވަޓް ހެޕެންޑްް… ޔޫ ސެއިޑް ހީ އިޒް ނޮޓް ހިއާރ.. ހީ ވެންޓް މާލެ.. އާޔޫ އޯކޭ..؟؟” އިމާދުގެ އަޑު އިވުމާއެކު ހީވީ އަލިފާންގަނޑަކަށް އިތުރަށް ދަރުއެޅިހެނެވެ. ޒަޔާންގެ މޫނުފެނުނު މީހަކު ބަސް ހުއްޓޭނެކަން ޔަގީނެވެ. އައިނާ އޭނާގެ އަނގަމަތީ އަތްއަޅަމުން ދެފަރާތައް ބޯ ހަލުވާލިއެވެ. ކުއްލިއަކަށް ޒަޔާން އައިނާގެ ފޯނު މުށިގަނޑު މަށްޗަށް ޖެހިއެވެ. އަދި މަލާމާތުގެ ގޮތަކަށް ހީލަމުން އައިނާއާ ހަތަރުލަޅި ހަމަ ކޮށްލިއެވެ. “ޔޫ ތިންކް އައިމްއަ ފޫލް.. ވަޓް އިޒް ދެއާރ ޓު އެކްސްޕުލެއިން އެނީމޯރ” ޒަޔާންގެ އަޑު ބާރުވެފައި ހަރުކަށްޓެވެ. ކައިރީގައި މީހަކު ހުރިނަމަ ބިރުން ފިއްކަނޑައިގެން ދާނެއެވެ. “އަހަންނަށް ވެސް އެނގޭ އައިނާ އަހަންނާ އިނީ މަންމަމެންގެ އެދުމަކަށްކަން.. އައިނާ ބުނިނަމަ އަހަރެން ހުރީ އައިނާ މިނިވަން ކުރަން.. އެންމެ ފަހަރަކު ބުނެލިނަމަ.. އަހަރެން އައިނާގެ ގައިގަ އަތްލިއަސް ތި ރުޅިއަންނަ މީހާއޭ.. އޭނަ އަތްލީމަ އޯކޭދޯ.. ބަލަ މަމީ އައިނާގެ ހަލާލު ފިރިމީހާއޭ.. ލަދެއްނުގަނޭތަ..” ޒަޔާންގެ ވާހަކަ މެދު ކަނޑާލަމުން އައިނާގެ ދެކޮލުގައި ހިފާ އޭނާގެ ލޮލާ ލޯ ސީދާ ކުރިއެވެ. “މާ ރަނގަޅު ކަމަށް ހެދިގެން އަހަރެން ދިޔައިމަ އެހެން މީހަކާއެކު.. ” އެހެންބުނެ ވަގުތުން ޒަޔާން އައިނާ އެއްފަރާތައް ކޮއްޕާލިއެވެ. އައިނާއަށް ތިރީ މުށިގަނޑުމަތީ އިށީންދެވެުނެވެ. “އެ މެސެޖް އައިމަވެސް ދޮގުހެދިއެއްނު.. މާ މައުސޫމް ކަމަށް ހެދިގެން .. ޔޫ ޑިސްގަސްޓް މީ…” ޒަޔާން އައިނާއަށް ބަލާލީ ނުރުހުމާއެކީގައެވެ.
ޒަޔާންގެ ކަންކަން ހުރިގޮތުން އައިނާއިތުރަށް ދެރަވިއެވެ. އޭނައަށް ގިސްލެވެން ފެށުނީ އެހާހިތްދަތިވެފައި ހުރުމުންނެވެ. ޒަޔާން ހަލުވިކަމާއެކު ކޮޓަރިން ނިކުމެގެން ދިއުމުންވެސް އައިނާއަށް އިނދެވުނީ އިތުރަށް ހިރިލަންވެސް ނޭނގިފައެވެ. ދެން ޢޭނަކުރާނީ ކީއްހެއްޔެވެ. ޒަޔާންއަށް މިރޭ ހުރިހާވާހަކައެއް ކިޔައިދޭން އޭނަ ހުރީ ތައްޔާރު ވެގެންނެވެ.. އެހެނަސް ކަންތައް ވެގެން ދިޔައީ ދިމާއިދިކޮޅަށެވެ. މިހެންކަންތައް ވެގެން ދިޔައީ ކީއްވެބާއެވެ. ޒަޔާންގެ ބަދަލުގައި އިމާދު އެތާ ހުންނަންވީ ކީއްވެބާއެވެ. އައިނާއަށް ގުޅާފަ އިމާދު އެހެން ވާހަކަ ދެއްކީ ކީއްވެބާއެވެ. ވިސްނަމުން ދިޔަވަރަކަށް އައިނާގެ ސިކުނޑިއަށް ބާރު ބޮޑުވަމުން ދިޔައެވެ. ކުރިމަތީ ބުރަބުރައިގެން ގޮސްސަހުރި ފޯނުގެބައިތަކަށް ބަލައިގެން އައިނާއިނީ ހުވަފެނީ ގޮތަކަށެވެ.
…..
ޒަޔާންނިކުމެގެން ދިޔައިރު އޭނާގެލޮލުން ކަރުނަފައިބައެވެ. ކައިރީގައި ހުރި ގަހަށް އަތުގެހަމަލާއެއް ދިނުމަށްފަހު ފުންކޮށް ދެތިންފަހަރު ނޭވާލީ އައިސްފަ ހުރި ރުޅި ކޮންޓުރޯލް ކުރާށެވެ. ލޮލުންފައިބަމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ދަތްކުނދި ވިކާލިއެވެ. އޭރު އޭނާގެ މުޅި މޫނުވަނީ ރަތްވެފައެވެ. އޭނައަިނާއާ މެދު ފޮނި އުންމީދުތަކެއް ކުރިއެވެ. އެހެނަސް އައިނާ އޭނައަށް ބޭވަފާތެރިވީއެވެ. ޒަޔާން އަތިރިމަށްޗަށް ނިކުތްއިރު ތަނުގެ މުވައްޒިފުން ގޮވައިގެން މާލެދާ ލޯންޗެއް ފެނުނެވެ. ލޯންޗަށް އަރާހަމަޖެހިލީ އިތުރަށް އައިނާފެންނަ ހިސާބުގަ ހުންނަން ބޭނުންނުވުމުންނެވެ.
އެދުވަހު އިރު ފެނުންތޮޅިލި އިރުވެސް އައިނާއިނީ ހަދާނެގޮތެއް ނޭންގިފައެވެ. ގިނައިރު ރުއިމުގެ ސަބަބަުން އެރީތި ދެލޯވަނީ ރަތްވެފައެވެ. ދެކޮލަށް ޖަންބުކުލަ އަރާފައިހުރިއިރު އެ ދިގު އެސްފިޔަތަކުގައި އަދިވެސް ތެތްކަން ހުއްޓެވެ. އައިނާއިންގޮތުން އޭނާއެތަނުން ތެދުވަން ހިޔާލުނުކުރާކަން އެނގެއެވެ. ދުވަސްދެބައިވެގެން ދިޔައިރުވެސް އައިނާ ކޮޓަރިން ނުނިކުންނާތީ ރައުފިއްޔާހުރީ ކަންބޮޑުވެފައެވެ. ރައުފިއްޔާ ހީކުރީ ޒަޔާން ދިއުމުން އައިނާއަށް އައި ބަދަލެއް ކަމަށެވެ. ރޭގައި ހިނގި އެއްވެސް ކަމެއްގެ ހިލަމެއް ރައުފިއްޔާމެނަކަށް ނުވެއެވެ. އެހެންމކަމުން ދަތުރު ކުރުކޮށްލުމަށްފަހު މާލެދާން އެމީހުންނިންމިއެވެ. އައިނާ ކޮޓަރިން ނިކުތީ މާލެދާން ވީމައެވެ. އެއްވެސް މީހަކާ ވާހަކަ ނުދައްކާ އައިނާއިނީ ޒަޔާންއާ ކުރިމަތިލާނެގޮތް ނޭންގިފައެވެ.
…..
އައިނާ މާލެދެވުމާއެކު އަވަހަށް ގެއަށްދިޔައީ ޒަޔާންއާ ދިމާވާނެ ކަމުގެ އުންމީދުގައެވެ. އެހެނަސްޒަޔާންގެ އެއްވެސް ހިލަމެއް ގެއަކުންނުވެއެވެ. އައިނާ ޒަޔާންއަށް ހުރިހާ ވާހަކައެއް ކިޔައިދެން ބޭނުންވެއެވެ. އެހެންނަމަވެސް މި ހިނގި ކަންކަމުގައި އައިނާއަށް ނަގައިނުގަނެވޭ ކިތަމެ ކަމެއް އެބަހުއްޓެވެ. އައިނާގެ ފޯނުހަލާކުވެފައި އޮތުމުން އައިނާއަކަށް ޒަޔާންއަކަށް ނުގުޅެއެވެ. އެހެންނޫނަސް ބޭރަށްގޮސް ހަދާހާ އައިނާގެ މޫޑު ރަނގަޅެއްވެސް ނޫނެވެ. މިފަދަ ވިސްނުންތަކަށް ގެއްލިފައި އިންދާ ގޭގެ ބެލްޖެހި އަޑު އިވުނެވެ. އައިނާފުންމައިގެން ތެދުވެގެން ދުވަމުން ދޮރުހުޅުވަން ދިޔައީ ޒަޔާންކަމުގެ އުންމީދުގައެވެ. ދޮރުހުޅުވިއިރު އައިނާގެ ނިއްކުރިން ދާތިކި ބަބުޅަމުން ދިޔައެވެ. ދޮރު ހުޅުވުމާއެކު އައިނާގެ ބަޑިފަޅައިގެން ދިޔައެވެ. ގިސްލަގިސްލާފައި ކުރިމަތީގައިހުރި ނިޝާގެ ގައިގައި ބައްދާލީ ދެން ކެތެއްނުކުރެވޭނޭ ބުނާފަދަ ގޮތަކަށެވެ. އެހާއަވަހަށް ގޮސް ދޮރުހުޅުވީ ޒަޔާންއަންނާނެ ކަމަށެވެ. މިހާރު ރުޅިއަޔަސް އަންނަން ވެއްޖެނޫންހެއްޔެވެ. މިހާރު އިރުވެސް އޮއްސުނީއެވެ. ކުއްލިއަކަށް އައިނާ ރޯންފެށުމުން އައިނާއަށް ބޮޑުކަމެއް ދިމާވިކަން ނިޝާއަށް ނަގައިގަނެވުނެވެ. އަވަހަށް އައިނާގެންގޮސް ސޯފާގައި ބޭންދުމަށްފަހު ނިޝާ މަޑުކޮށްލީ އައިނާ ހަމައަކަށް އެޅެންދެނެވެ. އެތައްއިރަކު ރުއިމަށްފަހު އައިނާ ނިޝާއަށް އެވާހަކަތައް ކިޔައިދޭން ފެށިއެވެ. އައިނާގެ ވާހަކަ ނިމުނުއިރު ނިޝާއިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޒަޔާންއަށް ކަންކަން ގަބޫލުކުރަން ދަތިވާނެވަރު ނިޝާއަށް ވިސްނުނެވެ. އަދި އައިނާއަށް ހިތްވަރުދެމުން ކެތްތެރިވުމަށް ބުންޏެވެ. އަދި އަވަހަށް ފިހާރައަށް ގޮސް އައިނާއަށް ފޯނެއްވެސް ގެނެސްދިނެވެ. ނިޝާ އައިނާކައިރީ މަޑުކުރަން ބޭނުމަސް ގެއަށް ގިޔައީ ޒަޔާންއަޔަސް އޭނާހުރުމުން އެމީހުން މައްސަލަ ހައްލުކުރަން އުނދަގޫވެދާނެ ކަމަށް ވިސްނާފައެވެ.
……
ދެލޯމަރާލާހާ އަވަހަށް ދުވަސްތައް ފާއިތުވެއްޖެއެވެ. އެހެނަސް ޒަޔާން އަދިވެސް ގެއަކަށްނާދެއެވެ. އައިނާގުޅުމުން ފޯނުވެސް އޮންނަނީ ނިއްވާލާފައެވެ. އެހެންކަމުން އައިނާހުންނަނީ ވަރަށް ހިތްދަތިވެފައެވެ. އޭނާގެ ރީތި ތުންފަތްވެސް ހުރީ ހިކިފައެވެ. ރަނގަޅަށް ނުކެވޭތީ ގައިގަ ވަރެއްވެސް ނުހުރެއެވެ. އައިނާކަނީ ވެސް ނިޝާ އެތައްވަރަކުން އާދޭސް ކޮށްގެނެވެ. ނިޝާ ކޮންމެދުވަހަކުވެސް އައިނާކައިރިއަށް އާދެއެވެ. އަދި އެތައް ވަގުތެއް އައިނާއާއެކު ހޭދަކުރެއެވެ. އެހެނަސް އެވެގެންދިޔަ ކަންކަން އައިނާގެ އެތެރެހަށި ކަމުން ގެންދަނީއެވެ. އެކަމާ ވިސްނާލިއަސް އައިނާގެ ނޭވާކުރުވެއެވެ. ނިޝާ އައިނާގެ ކަންކަން ބަލަމުންދިޔައީ ޒަޔާންއާވެސް ގުޅޭތޯ ބަލަމުންނެވެ. ޒަޔާންގެ އާއިލާކުރެން އަހަން ނުކެރުނީ އައިނާއެކަން އެމީހުނަށް އަންގަން ބޭނުންނުވުމުންނެވެ.
….
އައިނާބޯމަތީ އަތްބާވައިގެން އޮތީސޯފާގައެވެ. ކުޑަކޮށް ލޯ ހުޅުވާލައިގެން އޮތްއިރު އެލޮލުގައި ކުރިންހުންނަ ވިދުމެއް މިހާރަކު ނެތެވެ. ބޭރުދޮރުގެ ބެލްއަޅާލިއަޑަށް އައިނާ ދޮރުހުޅުވަން ދިޔައެވެ. އޭރު އޭނާގެ އަތްތުރުތުރު އަޅަމުން ދިޔައެވެ. “މަންމާ” އައިނާދޮރު ހުޅުވާލުމާއެކު ދޮރުކައިރި ހުރި ރައުފިއްޔާ ފެނުމުން ގޮވާލިއެވެ. ރައުފިއްޔާ ހިނިތުންވެފައި ހުރިއިރު އޭނާގެ އަތުގައި ތަށިބަރިއެއް ހުށްޓެވެ. “ދަރިފުޅުގެ ހަބަރެއް ނުވާތީ މަންމަމިއައީ.. ބަލީތަ؟؟” އައިނާގެ މޫނުމަތި މިލާފައި ވުމުން ރައުފިއްޔާއަށް އަހާލެވުނެވެ. “ބަލީކީ ނޫން” ރައުފިއްޔާ ވަންނަން ތަންދައްކަމުން އައިނާ ބުނެލިއެވެ. ރައުފިއްޔާ ގެއަށް ވަދެގެން ދިޔައިރު ކަޑަކޮށް ހުއްޓުން އެރިއެވެ. އެއްވެސް އަލިކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އައިނާގެ ކަންކަން ހުރިގޮތުންނާއި ޒަޔާން ގުޅާފައި މިގެއަށް އަންނަން ބުނުމުން ދެމީހުންގެ މަދުގައި މައްސަލައެއް ޖެހިގެން އުޅޭކަން ރައުފިއްޔާއަށް އެނގުނެވެ. އައިނާ ރައުފިއްޔާގެ ފަހަތުން އައެވެ. އޭރު ރައުފިއްޔާ ބަދިގެއްށް ގޮސް އޭނާގެންއި ތަށިތަކުގައި ހުރި އެއްޗެހި އެހެންތައްޓަކަށް ހުސްކޮށްލުމަށްފަހު ތަށިދޮންނަނީއެވެ. “ވަރަށް ފޫހިވޭދޯ… ޒަޔާން އަންނައިރެއް ބުނިތަ؟؟” ރައުފިއްޔާ ތަށި ދޮންނަން ހުރެ ކޮށްލި ސުވާލުން އައިނާ ގަނޑުވިއެވެ. ޒަޔާން ކޮންތާކަށް ދިޔައީ ހެއްޔެވެ. އައިނާއަށް އެކަން ނޭންގުނީ ކީއްވެ ހެއްޔެވެ.. އައިނާގެ އަޑެއް ނީވުމުން ދެވަނަ ފަހަރަށް ރައުފިއްޔާ އެހެން އަހާލީ ތަށި ބަންޑުން ޖަހަމުންނެވެ. “ހޫންންން” އައިނާގެ މިޖަވާބުން އެމީހުންގެ މެދުގައި މައްސްލައެއް އެބައޮތްކަން ރައުފިއްޔާއަށް ޔަގީންވިއެވެ. އަދި އައިނާއަށް އައި ބަދަލުން އައިނާއަށް އެކަން ނޭންގޭކަންވެސް އެނގުނެވެ. އެކަހަލަގެ ކަންކަން ދެނެގަންނަން ރައުފިއްޔާއަށް މާބޮޑު ކަމަކަށް ނުވެއެވެ. އޭނާގެ ކައިވެންޏަށް މިހާރު 30 އަހަރު ވީވިއްޔާއެވެ. އެހެނަސް ރައުފިއްޔާއަކީ ދަރިންގެ ކަންކަމާ ބެހޭނެ މީހެއްނޫނެވެ. ނަސޭހަތް ދިނަސް އެކުދިންގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ އެކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާ ކަމެއްކަމަށް އޭނާގަބޫލު ކުރެއެވެ. އައިނާ ރަކިގޮތަކަށް ރައުފިއްޔާއަށް ބަލައިލަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. އައިނާގެ އަތަށް ކާއެއްޗެހި ހުރި ތަށްޓެއް ދިއްކޮށް ލުމަށްފަހު ކެއުމަށް ބުންޏެވެ. އައިނާކުޑަ ކުއްޖެއްފަދައިން ބަސް އަހއިގެން ކާންފެށިއެވެ. ރައުފިއްޔާ ސޯފާގައި އިށީދެގެން އިންއިރު އައިނާ އިރުކޮޅަކާ ނޭފަތް ދަމާއަޑު އިވެއެވެ. އެހެންކަމުން އައިނާ ރޮނީކަން ރައުފިއްޔާއަށް އެގުނެވެ. އޭނަ މިރޭ އެގެއަށް އައީ ޒަޔާން ގުޅާފައި އައިނާއުޅޭ ގޮތެއް ބަލަން އެދުމުންނެވެ. ރާދުގެ ވާހަކަ ތަކުން އައިނާ އޮފީހަށް ނުދާކަން ހާމަވެއެވެ. އެހާކުއްލިގޮތަކަށް ޒަޔާން ބެންކޮކަށް ދިއުމުން ރައުފިއްޔާ ހިތްހަމަވެސް ނުޖެހުނެވެ. ކުރިން އައިނާ އޮފީހަށް ނުގޮސް، ރިސޯޓުން އައިއިރު އެހެންހުރީ ޒަޔާން ދިއުމުންކަމަށް އެމީހުނަށް ހީކުރެވުނެވެ. އެހެނަސް އެގެއަށް އައުމުން މައްސަލައަކީ ކުޑަމައްސަލައެއް ނޫންކަން ރައުފިއްޔާއަށް އެނގުނެވެ.ޒަޔާން އައިނާއަށް ނާންގާ ދާނީ ވަރަށް ހިތްހަމަނުޖެހުމުންނެވެ. ޒަޔާންއަކީ ކުރިން ރައުފިއްޔާއާ ޒިޔާން މައްސަލައެއް ޖެހިގެން ވަކިވާން އުޅުމުން އެގޮތައް ފަރީދާ ކައިރިއަށް ދިޔަމީހެކެވެ. އޭނާ އެނބުރި އައީ އެމީހުން ވަކިނުވާނެކަމަށް ވައުދުވުމުންނެވެ. ޒަޔާން އަމިއްލައަށް އައިނާއަށް ގުޅަންބޭނުން ނުވަނީ އޭނަގޮތްދޫނުކުރާތީކަން ރައުފިއްޔާއަށް މީ ރޭގަނޑު ފަދައިން އެނގެއެވެ. އަދި މިމައްސަލަ އަކީ ކޮންމެވެސް ވަރަކަށް އެހީ ލިބިގެން ހައްލުވާނެ މައްސަލައެއްކަން އެނގޭތީ އަވަހަށް ފޯންނަގާ ޒަޔާންއަށް ގުޅާލިއެވެ….
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Maasha allah vvv reethi engey
thankyou Ram.. takecare
Ma sha allah ❤️ vrh reethi mi part ves keep it up dear ❤️
hey zayaan.. dhn filaign noolhe aadhebala.. hehe.. thankyou. TC
zayaan aa aina gulhuvahcheyy…..
hello aina.. thats upto you dear.. hehe