Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެވިފާނަން ވިޔޭހިތުގާ-2

Naaaaaash Level 1
October 31, 2020 6 Mins Read
2 Comments

އަލައިކާ ގެ ފަހަތުން ހިނގާފައި ދިޔަ މައިލީން އެއްޗެއް ހަނދާންވި ފަދައިން  ކޮނޑުގައި އަޅުވާފައިވާ ދަބަސް ނަގާ ކުޑަކޮން ހާވާލުމަށް ފަހު އޭގެ ތެރެއިން ފަންސާސް ރުފިޔާ ނެގިއެވެ.އަދި ކައިރީގައި ހުރި އަލައިކާގެ އަތުގައި ހިފާލުމަށް ފަހު ކުޑަ ކޮން ތުން ދަމާލިއެވެ.”ވާޓްޓްޓް…”އަލައިކާ މޫނަށް މަޖާގޮތެއް ހަދާ ލަމުން ދަމާލާފައި އެހެން ބުނުމުން މައިލީން ހޭން ފެށިއެވެ.އަދި އަތުގައި އޮތް ފަންސާސް ރުފިޔާ އަލައިކާ ގެ އަތަށް ދިނުމަށް ފަހު އަލައިކާ ގެ އަތުގައި ހިފައިގެން ފިހާރަ އާއި ދިމާއަށް ދިޔައެވެ.”ހޭ ލީން ވެއިޓް..މިއަދު ވެސް ނުކައި އައީދޯ..”އަލައިކާ ހިންހަމަ ނުޖެހި އެހެން ބުނުމާއި އެކު ކުށްވެރިއެއް ފަދައިން އިސްޖަހާގެން ހުރި މައިލީން މަޑުމަޑުން ބޯ ޖަހާލިއެވެ.”ޕިސް ލީން މަންމަ އަށް..”އަލައިކާ އެހިސާބްއަށްބުނުމާއި އެކު މައިލީން”އިކާ މަންމީ އޯކޭއޭ ދެން ލެކްޗާ ނޭޅިޔަސް..ލީން ދެން ކޮންމެ ދުވަހަކު ވެސް ކައިގެން އަންއާނީ ޕްލީޒް ދޭބަ ގަނެދޭން”އެހެން ބުނުމުން ކޯޗެއްތޯ ގަނެދޭން ވީ ސުވާލު ކުރިއެވެ.”ލީން ބޭނުމީ ޓޫ މައިލޯ އެން ޓޫ އޯރިއޯ”މައިލީން އެހެން ބުނުމާއި އެކު އަލައިކާ އަވަސް އަވަހަށް އެތާ ކައިރި ހުރި ފިހާރައަށް ވަނެވެ.މައިލީން އަކީ އެކަނި ފިހާރަ އަށް ދާން  ނުކެރޭ ކުއްޖެއް ކަމުން އަބަދުވެސް ފިހާރައަށް ދަނީ އަލައިކާ އާއި އެކު އެވެ.

ފިހާރަ އަށް ވައިންހެން ހީނުވެ އަލައިކާ ނިކުތެވެ. އަދި އަތުގައި އޮތް ކޮތަޅު މައިލީން އަތަށް ދިނުމަށް ފަހު އަވަހަށް ދާހިނގާށޭ ބުނެލިއެވެ. ކޮތަޅު އަތަށް ލިބުމާއި އެކު މައިލީން އެތަނުން އެއް މައިލޯ ޕެކެޓް އާއި އޯރިއޯ އެ ނެގުމަށް ފަހު އަލައިކާއަށް ކޮތަޅު ދިއްކޮށްލިއެވެ.”ނޯ އިކާ ކައިގެން މިއައީ ގެއިން..”ކޮތަޅު ދިނުމާއި އެކު އަލައިކާ އެ ކޮތަޅު ހިފަން ދެކޮޅު ހެދިއެވެ.”ދެން އިކާ ޕްލީޒް ހިފާބަ ދޯ ލީން އެހާ ލޯބިން މި ދިނީ އޯކޭ އޭ އިކާ ކައިގެން އަޔަސް  ފަހުން ކާން ވެސް ބޭން ދޭނެ އެއްނު.”މައިލީން އެހެން ބުނުމުން އަލައިކާ ތޭކްސް އޭ ބުނެލުމަށް ފަހު އެ  ކޮތަޅު ދަބަލަށް ލިޔެވެ.މައިލީން އަތުގައި އޮތް މައިލޯ ޕެކެޓް ކަނޑާއިގެން ބޯންފެށިއެވެ.

އެކިވާހަކައިގައި މައިލީން އާއި އަލައިކާ ޓިއުޝަން އަށް ދާގެޔާއި ހިސާބް އަށް ދެވުނެވެ.އެއާއި އެކު މައިލީން އަލައިކާ އަށް ވުރެ ކުރިން ވަންނާނެ ކަމަށް ބުނަމުން  ކުޑަކޮން ދުވެލާފައި ގޮސް ދޮރުން އެތެރެއަށް ވައިން މައިލީން ދޮރުންބޭރަށް ނިކުންނަން އައި މީހެއްގެ މޭގައި ޖެހިފައި ވެއްޓެން ދިޔައެވެ.އެއާއި އެކު މައިލީން ގެ އަތުގައި އޮތް މައިލޯ ޕެކެޓް ވެއްޓި  މައިލީން ގެ މުޅި ހެދުމަށް ބުރައިގެން ދިޔައެވެ.ވެއްޓެން ދިޔަ މައިލީން ގެ އުނަގަނޑުގައި އަތް އަޅުލާލުމަށް ފަހު އެ މީހަކު ވެއްޓެން ދިޔަ މައިލީން ހިފެހެއްޓިއެވެ.ވެއްޓެނީކަމަށް ދެލޯމަރާ ބާރުކޮށް ލައިގެން އޮތް މައިލީން އަށް އޭނާ ބިން މަތީޖެހުމުގެ ކުރިން މީހަކު ހިފެހެއްޓި ކަމުގެ އިހުސާސް ކުރެވުމުން ދެލޯ ހުޅުވާލިއެވެ.އެވަގުތު ކުރިމަތިން މައިލީން  އުނަގަނޑު ގައި ހިފަހަށް ޓައިގެން މައިލީން އާއި ދިމާ ބަލަން ހުރި އިޒާން ފެނުމުން ކުޑަކޮން ސިހުނެވެ.ކަޅު ކުލައިގެ ހޫޑީ އަކާއި ކަޅުކުލައިގެ ޖީންސް އެތް ލާފައި ވުމުން އިޒާން ގެ ރީތިކަން ހާމަވަމުން ދިޔަ އެވެ.އިޒާގެ އެ ކަޅުކަން ގަދަ ދެލޮލުގެ ތެރެއަށް މައިލީން ގެބިގެން ދިޔަ އިރު އިޒާން ހުރީ މައިލީން ގެ އުނަގަނޑު ގައި ހިފި ގޮތަށް ދޫކޮށްލަން ނޭނގިފައެވެ.

ފަހަތުގައި ހުރި އަލައިކާ އަށް ފެނުނު މަންޒަރުން ބަލަން ދެލޯބޮޑު ކޮއްލައިގެން އެ ދިމާ އަށް ބަލަން ހުރެވުނެވެ.އަދި އަވަސް އަވަހަށް ޖީންސް ޖީބްއިން ފޯން ނެގުމަށް ފަހު ދެތިން ފޮޓޯ ނަގާލިއެވެ.އެވަގުތު ޓިއުޝަން އަށް އައިސް ވައިން އިޔާންގެ ލޮލުގައި އެ މަންޒަރު އަޅައި ގަތެވެ.އޭނަވެސް އަވަސް ވެ ގަތީ ފޮޓޯއެއް ނެގުމަށެވެ. ނަމަވެސް އިޔާން އަކަށް މާކަ ގިނަ އިރަކު ހަމަ ހިމޭނުން އެއް ނުހުރެ ވުނެވެ.ވަގުތުން ކަރުކެހެލި އެވެ.އެއާއި  އެކު އިޒާން އާއި މައިލީން އަށް ހަމަ ބިމަށް އާދެވުނެވެ.ވަގުތުން މައިލީން ނަގައި ކޮޅަށް ބެހެއްޓުމަށް ފަހު  އިޒާން ނިކުމެގެން ދިޔައެވެ.އެވަގުތު އަލައިކާ އާއި އިޔާންގެ ހިނި ގަނޑު ފަޅައިގެން ދިޔައެވެ.

މައިލީން ގެ މުޅި މޫނު ވަނީ އެއްކޮން ރަތް ވެފައެވެ.ގަނެފައިވާ ލަދެއްގެ ސަބަބުން ހުރީ ރޮވޭވަރު ވެފައެވެ. އެތަން އަލައިކާ އަށް ފެނުމުން  އަވަހަށް  މައިލީން ގެ ކައިރިޔަށް ގޮސް ހުއްޓުނެވެ. އޭރުވެސް އަލައިކާގެ ފަހަތުގައި ހުރި އިޔާން ގެ ހިނިގަނޑު މަޑު  ނުވެއެވެ.”ލީންންން..ތި ވަރަށް ބުލަޝް ނުވެބަ”އަލައިކާ އަށް މައިލީން ގެ މޫނު ހުރި ގޮތް ފެނުމުން އެހެން ބުނެވުނެވެ.އަދި މައިލީން ގެ އަތުގައި ހިފައިގެން ގޮސް ގެޔަތެރެއަށް ވަނެވެ.މައިލީން އާއި އަލައިކާ ގޮސް ޓިއުޝަން ނަގަން ހާއްސަ ކޮއްފައި އިން ބަޔަށް ވަނެވެ.އަދި އެހެން ދުވަސް ތަކެކޭ އެއްފަދައިން އިންނަ ތަނުގައި ގޮސް އިށީން ހެން ހީނުވެ ޓިއުޝަން މިސް އައިސް އެތެރެއަށް ވަނެވެ.

“ކޮބާ މިއަދު އިޒާން އެންއިޔާން..މިއަދުވެސް ފޭކް ޖައްސާފައި ނާންނަނީތަ އެދެކުދިން” ވަށައިގެން ބަލާލުމަށް ބޯ ހޫރާލަމުން ޓިއުޝަން މިސް އެހެން ބުންޔެވެ.”ނޫން މިސް އިޒާން ޕާސްޕޭޕަރ ބަލާ ގެޔަށް ދިޔައީ..މިހާރު އަންނާނެ..ދެން އިޔާންއަދި ނާދެ.”އަލައިކާގެ ކައިރީގައި އިން ކައިސް އެހެން ބުނުމުން އަލައިކާވަށައިގެން ބަލާލުމަށް  ފަހު މައިލީން ގެ މޫނަށް ބަލާލުމަށް ފަހު ނިތް އަރުވާލުމާއި އެކު މައިލީން ދެކޮނޑު އަރުވާލިއެވެ. “އެކަމް އިޔާން ދެންމެ އަހަރުން ދެމީހުން ފަހަތުން އައި ދޯ..ވެދާނެ އިޒާން ފަހަތުން ދިޔައީ ކަމަށް”އަލައިކާ އެހެން ބުނަމުން މައިލީން އަށް ދޯ އެއްލިއެވެ.އެއާއި އެކު މައިލީން އަވަހަށް ބޯ ޖަހާލިއެވެ.

“އޯކޭ ސޯ ހުރިހާ ކުދިން ވެސް އިސްލާމް ޕާސްޕޭޕަރ ނަގާފަ 2017 ވަނަ އަހަރުގެ މެއި ޖޫން ޕޭޕަރ 2 ހަދަން ފަށާ އިނގޭ..މިހާރު ފުރަތަމަ މޮކް އެކްޒާމް ކައިރި ވަނީ ދޯ އެ އެހެން ވީމަ ހުރިހާ ކުދިން ވެސް  ވާނެ ސީރިއަސް ވާން އިނގޭ..މިސް އުންމީދު ކުރަން ހުރިހާ ކުދިން ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ގެންނާނެ ކަމަށް…”ޓިއުޝަން މިސް އެހެން ބުނުމަށް ފަހު އެބަ އަންނަން ކަމަށް ބުނަމުން ނިކުމެގެން ދިޔައެވެ.އެއާއި އެކު ހުރިހާ ކުދިން ޕާސްޕޭޕަރ ނަގާ ހަދަން ފެށިއެވެ.

“ހޭ އިކާ ދެކުނިން ތަ ލީން ގެ ޕާސްޕޭޕާ ދެންމެ ހިފާގެން ދޯ އައީ އެކަމް ބޭގް ގަވެސް ނެތް..”ހާސް ކަމާއި އެކު މައިލީން އަލައިކާ އަށް ގޮވާލުމަށް ފަހު އެހެން ބުނިއެވެ.”ލީން ހިފައިގެން ކަންނެއިގެ އައީ..އާން ދޭބަ އެތާ ބޭރުބަލާލަން އެއްކަލަ އިރު ވެއްޓެން ދިޔަ”އަލައިކާ އެހިސާބް އަށް ބުނުމާއި އެކު މައިލީންް އޯކޭއޯކޭ އޭ ކިޔާފަ ގޮނޑިން ތެދުވިއެވެ.އެވަގުތަކީ އިޒާން އާއި އިޔާން ވެސް އައިސް އެތެރެއަށް ވައިން ގަޑި  އެވެ. އެދެމީހުން އެތެރެއަށް ވަނުމާއި އެކު މައިލީން އިސްޖަހާލައިގެން ހުރެ އަވަހަށް އެތަނުން ނިކުންނަން ދިޔައެވެ.”ކޮންތާކަށް މައިލީން އެ ދިޔައީ..”އިޔާން އައިސް އަލައިކާގެ ކުރިމަތީ އިން ހުސް ގޮނޑީގައި އިށީން ނަމުން އަލައިކާ އާއި ސުވާލް ކޮއްލިއެވެ.

“ލީން އެދިޔައީ އޭނަ ޕާސްޕޭޕަރ ބަލާ..ވެއްޓިފަ ކަންނެއިގެ ވީ އައި ތިންކް”އަލައިކާ އެހެން ބުނުމާއި އެކު  އިޔާން އިޒާންގެ މޫނަށް ވަގުތުން ބަލާލިއެވެ.އެއާއި އެކު އިޒާން އަވަސް އަވަހަށް އޭނާގެ ދަބަަހުން ދެޕާސްޕޭޕަރ ނަގާ މައިލީން އިން ގޮނޑި އާއި ދިމާލުގައި ބޭއްވިއެވެ.އެވަގުތު ބޭރުން އައިސް އެތެރެއަށް ވައިން މައިލީން ގެ މޫނުމަތި ފެނުމުން އަލައިކާ އަށް ވީގޮތް އިނގުނެވެ.މައިލީންގެ މޫނުމަތިން ހާސްވެފައި ހުރި ވަރު އަންގައިދެއެވެ.”ލީން ގެ ޕާސްޕޭޕަރ ނެތް އެތާ އެކަމް ހިފައިގެން ކަންނެއިގެ ދޯ އާދެވުނީ..”މައިލީން ހާސްވެފައި އެހެން ބުނުމާއި އެކު އަލައިކާ އަވަސް އަވަހަށް އެތާ އޮތް ޕާސްޕޭޕަރ މައިލީން އަށް ދައްކާލި އެވެ.އެއާއި އެކު މައިލީން ވަގުތުން އިޒާން އާއި ނަވީން ގެ މޫނަށް ބަލާލުމާއި އެކު ދެމީހުން އެއްކޮން ހިނިތުން ވެލިއެވެ.ވީގޮތް ނަގައި ގަނެވުމާއި އެކު މައިލީން ވެސް ކުޑަކޮން ހިނިތުން ވެލިއެވެ.އަދި އަވަސް އަވަހަށް ގޮޑީގައި އިށީނުމަށް  ފަހު ޕާސްޕޭޕަރ ހެދުމާގެން އުޅެން ފެށިއެވެ.

ގެޔަށް ގޮޮސް ވަދެވުމާއި އެކު މައިލީން އަވަސް ވެގަތީ ކެއުމަށެވެ.އެހެން ކަމުން ދަބަސް ކޮޓަރިއަށް ލާފައި ކާގެއަށް ވަދެ އަތް ދޮވެލައިގެން  އައިސް ކާންފެށިއެވެ.ކައި ނިންމާލައިގެން ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓި ގަތީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑު ކަމުންނެވެ.އެނދު މަތީ ގައި އޮތް ފޯން ނެގުމަށް ފަހު ގަޑި ބަލާލުމާއި އެކު ފުންމައިގެން އެނދުން ތެދުވެވުނީ އަސުރު ނަމާދު ނުކޮށް އޮތް ކަން ހަނދާން ވުމާއި އެކުއެވެ.އޭރު ގަޑިން6 ޖަހަން ކައިރި ވެފައި ވާތަން ފެނުމުން މައިލީން އަވަސް އަވަހަށް ނަމާދު ކޮށްލުމަށް އަވަސްވެ ގަނެވުނެވެ.

ނަމާދު ކޮށް ނިމުނު ތަނާ ފޯން އަށް ނޮޓިފިކޭޝަން އެތް އައި އަޑު އިވުމުން ގޮސް ބަލާލި އިރު ސޮރީ ޖަހާފައި މީހަކު މެސެންޖާ އިން މެސެޖް ކޮށްފައި އިން ތަން ފެނުމުން ނޮޓިފިކޭޝަން އަށް ފިތާލެވުނެވެ.އެއާއި އެކު ކޮންވަޒޭޝަން ހުޅުވިގެން ދިޔައެވެ.މެސެޖަކީ އިޒާން ފޮނުވި މެސެޖަކަށް ވުމުން މުޅިމީހާގެ މޫނު ރަތް ވެގެން  ދިޔައީ މިއަދުގެ ހާދިސާ ސިފަވެގެން ދިޔުމުން އެވެ.

ކުޑަކޮން ވިސްނާލުމަށް ފަހު މެސެޖަށް ރިޕްލައިދޭން މައިލީން އަވަސްވެގަތެވެ.ނަމަވެސް އެކަމަށް ހުރަސް އެޅީ އެގަޑީ އައި ފޯން ކޯލް ގެ  ސަބަބުން އެވެ.ގުޅީ މައިލީން މަންމަ ކަމުން ހަމަޖެހިލައިގެން އެނދު މަތީ  އޮށޯވެލައިގެން މަންމަ އާއި ވާހަކަ ދައްކަން ފެށިއެވެ.މަގްރިބް ނަމާދު ބަންގި ގޮވުމާއި އެކު ފޯން ބާއްވާފައި  ނަމާދު ކުރަން މައިލީން އަވަސް ވެގަތެވެ.އެހެން ރޭ ތަކެކޭވެސް އެއްފަދައިން މިރޭވެސް ނަމާދު ކޮށް  ނިންމާލައިގެން އައިސް ޔާސީން ސޫރަތް ކިޔަވަން ހަތިމް ހިފައިގެން އެނދުމަތީ އަރާ ހަމަޖެހިލައިގެން އިށީނެވެ.

7 ޖަހަން ކައިރި ވެފައި ވުމާއި އެކު ހަތިމް ބާއްވާލާފައި މައިލީން ގޮސް ސްޓަޑީ ޓޭބަލް ކައިރީ ހުއްޓިލިއެވެ.އަދި ގޮނޑީގައި ބައިންދާފައި އިން ސްކޫލް ބޭގް އިން ފޮތްތަށް ނަގައި މިއަދު ދީފައިވަނީ ކޮން ފިލާވަޅު ތަކެއްތޯ ބަލާލިއެވެ.ދެތިން ފިލާވަޅު ހަދަން ދީފައި އިނުމާއި އެކު ގޮނޑި ދަމާލާފައި މައިލީން ގޮނޑީގައި އިށީންދެ  ހަމަޖެހިލިއެވެ.

ހުރީ ފިލާވަޅުތަށް ނިންމާލާފައި ތެދުވި އިރު8 ޖަހަން ކައިރި ވެފައި ހުރުމާއި އެކު އިޝާ ނަމާދު ކޮށްލަން  މައިލީން އަވަސް ވެގަތެވެ.އިޝާނަމާދު ކޮށް ނިންމާލައިގެން ފޯން ހިފައިގެން އެނދު މައްޗަށް އަރާ އޮށޯ ވެލުމަށް ފަހު މެސެންޖާއަށް ވަދެލިއެވެ.އޭރު އިޒާން ގެ ފަރާތުން މެސެޖެއް އައިސް ފައި އިން ތަން ފެނުމުން ވަގުތުން ހުޅުވާލިއެވެ.”ދެން ހަމަ މާފް ނުކުރާނަން ދޯ އޯކޭއޭ އިނގޭދެން އިގްނޯރ ކުރިޔަސް “ދެރަވެފަ އިން އިމޯޖީ އަކާއި އެކު އިޒާން އެހެން ފޮނުވާލާފައި އިނުމުން މައިލީން އަށް އިޒާން ގެ މެސެޖް  އަށް ރިޕްލައި ނުދެވޭކަން ހަނދާން ވިއެވެ.

“އިޓްސް އޯކޭ ބޯއީ..އަސްލު ލީން ވެސް ނުބަލާ ވަންނަން އައީމަ ވީ ގޮތް އެއީ..ސޮރީ އެހެން ވީމަ..އެން ސޮރީ އިގްނޯރ އެއް ނުކުރަން އަސްލު އެ ގަޑީ މޯމް ގުޅީ ދެން މޯމް އާ ވާހަކަ ދައްކާފަ ފޯން ބޭއްވި އިރު ރިޕްލައި ކުރަން ހަނދާން ނެތުނީ…ސޮރީ..”މައިލީން އިޒާން އަށް ވީ ގޮތް ކިޔާ ދިނުމަށް ފަހު މާފަށް އެދުނެވެ. “ހޫމްމްމް ހޫމްމްމް ދެން ސޮރީ ނުކިޔާނެ އިނގޭ ގާލް..ހެހެ..”މައިލީން ރިޕްލައި ކުރުމާއި އެކު އިޒާން ވެސް  ވަގުތުން ރިޕްލައި ކުރިއެވެ.އެ ގޮތަށް އެތަށް އިރެއް ވަންދެން މައިލީން އާއި އިޒާން ވާހަކަ ދައްކަން ތިއްބެވެ.

ފޯނަށް ގޮސް ގެއްލިފައި އިން މައިލީން ސިހުނީ މީހަކު ގުޅަން ފެށީމައެވެ.ގުޅަނީ އަލައިކާ ކަމަށް ވުމުން  މައިލީން ވަގުތުން ފޯން ނެގިއެވެ.”ހާއީ ބޭބީ…ކިހިނެއް ވީ އޯ ތި ގުޅީއަނެއްކާ މި ގަޑީ”ފޯން ކަންފަތުގައި  ޖަހާލުމަށް ފަހު މައިލީން ވާހަކަ ދައްކަން ފެށިއެވެ.”ހާއީ ބޭބީ އޯ އަދި ބުނެއްޖެ އެއްނު..އަޅެ ލީން ކޮން ބިޓަކާ ވާހަކަ ދައްކަނީތަ ތި މިރޭ…ކޮންއިރެއް މެސެންޖާއިން ވެސް ގޮވާތާ ހަމަ އޮންލައިން ގަ މިއޮށް ހުރިހާ އިރު ތީނީ..އެކަމް އިކާ ގޮވީމަ ހަމަ އިގްނޯރ ކޮށްފަ ތީނީ..އޭނަ އުޅޭ އިޒާން އަށް ވެސް ވަރަށް ގޮވައިފިން އެކަމް  ހަމަ އަނގައިން ވެސް ނުބުނި…”އަލައިކާ ފޯން ނެގުމަށް ފަހު ޝަކުވާ އޮއްސާލިއެވެ.

“އަޅެ ސޮރީ…އަސްލު ކިހިނެތް ވީ އޯ ގޮވީ އަނެއްކާ…އެކަމް ލީން ދެންމެ ކަންނޭންގެ މި އޮންލައިން ވީވެސް..”މައިލީން އަވަސް އަވަހަށް އަލައިކާ ކައިރި ވީ ގޮތް އޮޅުން ފިލުވަން މަސައްކަތް ކުރީ ވާހަކަ އޮޅުވާލުމުގެ  ގޮތުން އެވެ..އިޒާން ވެސް އަލައިކާ ގޮވީމަ އަނގައިން ނުުބުނިވާހަކަ ބުނުމުން އަލައިކާ ޝައްކު ކޮށްފާނެތީ އެވެ.”އަސްލު ގޮވީ ޗެމިސްޓްރީ މިސް ބުނީ ކޮން އަހަރެއްތޯ ހަދައިގެން އަންނަން މާދަން އަންނަ އިރު އެހެން  އަހަން  ގޮވީ އެކަމް ދެން އޯކޭ އިޔާން ކައިރި އެހީ އެންމެ ފަހުން މި…އެން ލީން8 ހާއިރު އޮންލައިން ވިތަން ފެނިގެން ގޮވީ އަހަން ދެން އަނެއްކާ ދެންމެ ލީން ރިޕްލައި ދިންތޯ ބަލަން އޮންވި އިރުވެސް އޮންގަ އެއްނު ތީނީ…”އަލައިކާ އެހެން ބުނުމާއި އެކު މައިލީން ވަޓް އޭ ކިޔާ ގަޑި ބަލައި ލިއެވެ.އޭރު ގަޑިން 9:15 ވާން ކައިރި ވެފައި ވާތަން ފެނުމާއި އެކު މައިލީން ދެލޯ ބޮޑު ވެގެން ދިޔައެވެ.

އަވަސް އަވަހަށް ފޯން ބޭއްވުމަށް ފަހު އަދި އެއްފަހަރު ގަޑިއަށް ބަލައިލީ ޔަގީން ކޮއްލުމުގެ ގޮތުން އެވެ.”ނޯޯނޯނޯ ދެން އަޅޭ ނޯ”މައިލީން މޫނުމަތީ އަތް އަލައިގެން އިނދެ އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް މަޑުމަޑުން  އެހެން ކިޔަމުން ދިޔައެވެ.އަދި އަވަސް އަވަހަށް ކޮޓަރިން ނިކުމެ ކާކޮޓަރިއަށްދިޔުމަށް މިސްރާބް ޖެހިޔެވެ.”އަހާ  މައިލީން ތި އައީދޯ ކާން..ދައްތަ މައިލީން ކާން އަންނަން ދެން މީނީ..މައިލީން ފިލާވަޅު ދަސްކުރަން އާންމުކޮން އިންނަ ގަޑި ވީމަ ކާން ނުގޮވީ.. ހިނގާ އަވަހަށް ކާން..”ދައްތަ އެހެން ބުނުމާއި އެކު މައިލީން ބޯޖަހާލަމުން  އަވަހަށް ކާކޮޓަރިއަށް ހިނގައިގަތެވެ.

 

 

Share Article

Follow Me Written By

Naaaaaash

Level 1

Other Articles

Previous

ވަމޭ ތިލޯބި އެދިއެދި ( ސާދަވަނަ ބައި )

Next

ތިން ލަފްޒުން (9)

Next
October 31, 2020

ތިން ލަފްޒުން (9)

Previews
October 31, 2020

ވަމޭ ތިލޯބި އެދިއެދި ( ސާދަވަނަ ބައި )

2 Comments!

  1. ?Ril? says:
    November 1, 2020 at 7:21 am

    Wow mi part vesss vrh sali ????
    Masha Allah keep it up ❤️❤️❤️❤️❤️❤️
    Aleyyyy maileen aa izaan is soo cute adhi maileen vehtunu thankooo vrh lwbi???❤️❤️❤️❤️❤️❤️❤️❤️❤️???
    Hehhehheh??????????
    Waiting for the next part❤️❤️❤️❤️❤️
    Avaha up kohladeychey Next part ❤️❤️❤️❤️❤️
    Love u❤️❤️❤️❤️❤️
    Stay safe and take care ❤️❤️❤️❤️❤️❤️

    1. Naaaaaash says:
      November 2, 2020 at 3:19 pm

      Thank you Ril❤️
      In sha Allah next part ves varah avahah up Kohla dheynan☺️
      Ly❤️
      Stay safe ☺️❤️

Comments are closed.



All Right Reserved!