Skip to content
އެސްފިޔަ

ޔުމްނު (1)

ފަތިހުގެ އިރު އަރަމުންއައި ވަގުތެވެ. ޔުމްނު އިނީ އެރީތި ދޮންވެލިގަނޑު މަތީގައި އެއްވެސް ހިޔާލެއް ފިކުރެއްނެތި އެ ޖާދުވީ ރީތި އިރު އަރަމުންދާ މަންޒަރު ބަލާށެވެ. ފަތިހުގެ އެ ހިތްގައިމު ވަގުތު އެ ރީތި ދޮންވެލިގަނޑު މައްޗަށް ރާޅުތަށް ބީއްސާލާ އަޑު އަހާލުމަކީ މިހާރު ޔުމްނުގެ އާދައެވެ. ޔުމްނުއަކީ ހަންގަނޑުގެ ކުލަ އަލި، އިސްކޮޅުން ކުރު، މަޑު ފިޔާތޮށި ތުންފަތަކާއި މަޑު މުށި ކުލައިގެ ކަޅިއެއް ލިބިފައިވާ މަޑުމައިތިރި، މީހުންނަށް އިހުތިރާމްކުރާ، ހީވާގި، ތެދުވެރި، ދީންވެރި މީހެކެވެ. ޔުމްނުގެ ތުންފަތުގައި މިހާރު އަބަދުވެސް ނުފިލާ ހިނިތުންވުމެއް ވެއެވެ. އެއީ މިހާރު ޔުމްނުގެ ދިރިއުޅުންވަނީ ޔުމްނު ހުވަފެނުންވެސް ނުދެކޭހާ އުޖާލާ ދިރިއުޅުމަކަށް ވެފައެވެ. ޔުމްނުއަށް އެ ގުދުރަތުގެ ރީތި މަންޒަރަށް ބަލަން އިނދެވުނީ ގަޑިން ވީވަރުވެސް ބަލާ ނުލައެވެ. ކުއްލިއަކަށް ޔުމްނު ސިއްސައިގެން ދިޔައީ ފޯން ރިންގްވާން ފެށުމުންނެވެ. ޔުމްނުއަށް ގަޑިން ވީވަރު ފެނުމުން އަނގަ ހާވިއެވެ. އަދި ފޯން ނުނަގައި އަވަހަށް ގެއަށް ދިއުމަށް ދުއްވައިގަތެވެ. ދުވަމުން ދަނިކޮށް އަނެއްކާވެސް ފޯން ރިންގްވާން ފެށިއެވެ. ޔުމްނު ދުވުން މަޑުކޮއްލުމަށްފަހުފޯން ނެގި ގޮތަށް އެކޮޅުން އެއްޗެއް ބުނުމުގެ ކުރިން “މިހާރު މިދަނީ ގެއަށް” މިހެން ބުނުމަށްފަހު ފޯން ކަނޑާލިއެވެ. ޔުމްނު ގެއަށް ދިޔައިރު ޔުމްނުގެ ފިރިމީހާ (އިރުމް)ޔުމްނުގެ އިންތިޒާރުގައި ހުއްޓެވެ. ނަމަވެސް ފިރިމީހާގެ މޫނުމަތިން މިއަދު ޔުމްނުއަށް ފެނިގެން ދިޔައީ ވަރަށް ހާސްވެފައި ހުރި މަންޒަރެވެ. ޔުމްނު ހީކުރީ ޔުމްނު ގެއަށް ނައިސް ލަސްވުމުން ހާސްވެފައި ހުރީ ކަމަށެވެ. މިހެން ހީކޮއްގެން ޔުމްނު އިރުމް ކައިރިއަށް ގޮސް އިރުމް ގައިގައި ބައްދާލުމަށްފަހު ސޮރީ ބުންޔެވެ. އިރުމް ބުންޔެވެ “ކީއްވެ ފުރަތަމަ ގުޅިއިރު ފޯން ނުނެގީ، އިނގޭތަ މިރަށުގައި މިއަދު ވަރަށް ބޮޑު ކަމެއް ހިނގައިފި”. ޔުމްނު އިރުމްއާއި ކުޑަކޮއް ދުރުވެލުމަށްފަހު އެއީ ކޮންކަމެއްހޭ އެހީ އިޝާރާތުންކުޑަކޮއް ބުމައަރުވާލުމަށް ފަހުއެވެ. އިރުމް ޔުމްނު އެއްކޮއް އެތާ ކައިރީ ހުރި ޖޯލީގައި އިށީނުމަށްފަހު މިއަދު ރަށުތެރޭގައި ވެގެން އުޅޭ ކަންތައް ކިޔައިދިނެވެ. ޔުމްނު އިނީބުނާނެ އެއްޗެއް ނޭނގި އަނގަ ހާވެފައެވެ. އަދި އިރުކޮޅެއްފަހުން ހަމައަކަށް އެޅުމަށްފަހު “އެކަހަލަ މީހުންނަކީ ހަމަ ޖަނަވާރުން، ހަމަ މަރަންވީ، އަމިއްލަ އެއްބަނޑު މީހެއްގެ ދަރިއާއި ބެހެން ކެރޭނީ ހާދަ ޖަނަވާރު ވީމައޭ” ޔުމްނުއަށް މިހެން ބުނެ ނިމުން އިރު ރަނގަޅަށްވެސް ރޮވިއްޖެއެވެ. އިރުމް ޔުމްނު ގައިގައި ވަރަށް ލޯބިން ބައްދާލާ ދެން އެކަމާ ނުވިސްނާން ބުންޔެވެ. ޔުމްނު އެ އަންހެން ކުއްޖާއަށް ހިތްވަރު ދިނުމަށާއި އިންސާފް ހޯދައި ދިނުމަށް ހިތާހިތުން ދުޢާކުރިއެވެ.

ފޯން އެލާމް ވާންފެށުމުން ޔުމްނުއަށް ހޭލެވުނެވެ. އަދި އަވަސް އަވަހަށް ފިރިމީހާއަށް ނަމާދަށް ދާން ގޮވުމަށްފަހު އަވަހަށް ފާހާނާޔަށް ވަދެ ވުޞޫ ކޮއްލައިގެން ނިކުމެ ފަތިސް ނަމާދުން ދުވަސް ފެށިއެވެ. މިއަދަކީ ޔުމްނުއަށް ވެސް އަދި އިރުމް އަށްވެސް ވަރަށް ހާއްސަ ދުވަހެކެވެ. މިއަދަކީ މި ދެމަފިރިންގެ ކައިވެންޔަށް2 އަހަރު ފުރުނު ދުވަހެވެ. މިއަދު ހުރިހާ ވަގުތެއްގައިވެސް ފިރިމީހާޔަށް އެންމެ މީރު ކާނާ ތައްޔާރުކުރަން ޔުމްނު ހުރީ ހިތު ލައިގެންނެވެ. އެގޮތުން ހެނދުނުގެ ސަޔަށް ޔުމްނު ތައްޔާރުކުރީ އިރުމް އަށް އެންމެ މީރު ފަރުމަހު ކިރުގަރުދިޔައާއި ރޮއްޓެވެ. މިއަދު ޔުމްނުއާއި އިރުމް ތިބީ ދެމީހުން އެކަކު އަނެކަކަށް ސަޕްރައިޒް ދޭން ހިޔާލުކޮއްގެންނެވެ . ދެމީހުން ހެނދުނުގެ ސައިބޮއެ ނިންމާލުމަށްފަހު އިރުމްގެ މަންމަ ކައިރިއަށް ދާން ނިކުތެވެ. އެ ގެއަށް ދާން ދިޔަ މަގުމަތީގައި ރަށުތެރޭގެ 5 ވަރަކަށް ބޮޑެތި މީހުން ގްރޫޕް ހަދާފައި މާ ވަރުގަދަ ވާހަކައެއް ދައްކާހެން ހީވެގެން އެތަނަށް ޔުމްނު އާއި އިރުމް ވެސް ގާތްވެލިއެވެ. އަދި މާފޯރީގައިކީކޭހޭ ތިކިޔަނީ އެހުމުން، އެތަނުން އެކަކު “މިކިޔަނީމިހާރު މިރަށުގައި ސިހުރުހަދާ މީހާ މިރަށުގެ ހުރިހާ ގެއަކަށް ސިހުރު ހަދައޭ. އޭނާ ވީހާވެސް އަވަހަކަށްޕޮލިހަށް ހަވާލުކުރަން ރަށު އެންމެން ވެގެން ނިކުންނަންވީ. އެހެންނޫނީ އަހަރެމެންނާ އަހަރެމެންގެ ދަރިންތައް ހަލާކުވެގެން ހިނގައިދާނެ.” މިހެން ބުނިވަގުތު އެތަނަށްއައި އެހެން މީހަކު “ކަލޭމެން މިހާރު ތިހެން ކިޔާނެކަމެއްނެތް، ކަލޭމެން ކައިރީ ތިހިރަ ޔުމްނު ތިޔައީ އޭނާގެ ސިހުރުން އެކުއްޖާގެ މުޅި ދިރިއުޅުން ހަލާކު ކުރަން އުޅެފައި ހުރި މީހެއް. އޭރު ރަށުތެރޭގައި އެ ނުބައި ސިހުރުވެރިޔާގެ ވާހަކަ ދެއްކީމައި އެކަކަށްވެސް ނުކެރުން އޭނަޔާ ދެކޮޅަށް އަޑު އުފުލާކަށް. އެންމެން ވެސް ޔުމްނުއާއި ޔުމްނުގެ އާއިލާ އެކަނިވެރިކޮއް ބާކީ ކޮއްލީ. އެންމެންވެސް އެ މޮޅު ސިހުރުވެރިޔާ ދެކެ ބިރުން އަނގައިން ބަހެއް ބުނަން ވެސް ނުކެރިފަ ތިބީ. ދެން މިހާރު ކަލޭމެންގެ ގޭގެއަށް ސިހުރު ހަދަން ފެށީމަ ވަކިކޮން އަނގައެއް ތި ތަޅަނީ”. ޔުމްނުއަށްއެވަގުތު އެތާ ހުންނަން ވަރަށް އުނދަގޫވިއެވެ. މިކަން އިރުމް އަށް އެނގުމުން ވަގުތުން ޔުމްނު ގޮވައިން އެތަނުން ދިޔައެވެ.ޔުމްނު އަށް ވަރަށް ފުން އަސަރެއް ކޮއްފިކަން އެނގުމުން އިރުމް ޔުމްނު ގޮވައިގެން މަންމަ ގެއަށް ނުގޮސް އަނބުރާ ގެއަށް ދިޔައެވެ. ޔުމްނުއަށް ގެއަށް ރަނގަޅަށް ނުވަދެވެނިސް އަޑުން އަޑުނަގާފައި ރޯން ފެށުނެވެ. އިރުމް ޔުމްނު ގޮވައިން ގެއަށް ވަދުމަށްފަހު ޔުމްނު ގައިގައި ވަރަށް ލޯބިން ބައްދާލާ ބޮލުގައި ފިރުމަންފެށިއެވެ. އަދި ނުރޮއެ ހުއްޓާލުމަށް އެދި އާދޭސް ކުރިއެވެ. ޔުމްނު ރޯ އަޑު އިވުމަކީ އިރުމްގެ ހިތަށް ވަރަށް ތަދުވާ ކަމެކެވެ. ނަމަވެސް ޔުމްނުގެ ރުއިމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މިއަދު ޔުމްނު އެވަނީ ވަރަށް ބޮޑަށްވެސް ހިތުގައި ޖެހިފައެވެ. އެއީ ޔުމްނުއަށް ޔުމްނުގެ މާޒީ ހަނދާން ވުމުންނެވެ.

މީގެ 9 އަހަރު ކުރި

އިންތިޒާރް ކޮއްލައްވާ………………

Comments (6)

  1. Noo_ra

    Varah reethi…. ❤️❤️?waiting for the next part…

  2. Ram

    Vvvvv reethi maasha allah next part??????❤❤❤❤???

  3. ⛦Xoya⛧

    Curiously waiting for the next part. Maasha Allah. Varah reethi story. ???

  4. Yumnu

    Varah reethi ??
    Waiting for next part??

  5. Raaya

    masha allah vrh reethi furathama bai! baeh than than eba huri sukun massala… dhn sifa kurun thah ithurah reethi kohlanvy… eyrah hama vrh salhi vaane vaahaka! ummeedhu kuran mibai thah rangalhu kohlaane kamah… and dialogue thah paragraphge therein nugenes vakin genesdhefiyya kiyaalan vrh fasheyha vaane… mee hama ekani suggestion eh… dhn yankko beynun gotheh hadhaala ingey 🙂 <3

  6. NO ONE?

    Waiting for the the next part… ?

Comments are closed.